Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ހަތްވަނަބައި)

Awa Level 4100 Comments10 Stories100 Login
November 19, 2017 6 Mins Read
48 Comments

އޮފީހުގައި ބުރަ ދުވަހެއްކަމުން ރެހާން އިނީ ފުދޭވަރަށް ޕްރެޝާރގައެވެ. ދުވަހަކީ މުވައްޒަފުންގެ ފަރާތުން އަންނާނެ ޝަކުވާއެއް އަހަން އެންމެ ބޭނުންވި ދުވަހެއްވެސް ނޫނެވެ. ނަމަވެސް ބައެއް ސީނިއާ ނަރުހުންގެ ކިބައިން ތަނުގެ ބައެއް މުވައްޒަފުންގެ ހެދުންއެޅުން ހުންނަ ގޮތުގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ރެހާންއަށް އެ މައްސަލަ ހުށައެޅިއެވެ. ހާއްސަކޮއް ޒުވާން ނަރުހުން ޔުނީފޯމް ބޭނުން ނުކުރާ ގަޑި ތަކުގައި އެކަށީގެންނުވާ ހެދުންތަށް ބޭނުންކުރުމަކީ ހޮސްޕިޓަލުގެ މުވައްޒަފުންނާމެދު ރަށުގެ މީހުން ނޭދެވޭ ވާހަކަ ދައްކާނެ ކަމެއް ކަމުގައިވެސް އެމީހުން ފާހަގަކުރިއެވެ. ރެހާން ވެސް މިކަމާމެދު ވިސްނާލުމުން މިއީ ރަނގަޅުކުރަން ޖެހިފައިވާ ކަމެއްކަން އެނގުނެވެ. ކުރީދުވަހުގެ މީޓިންއަށް އައިއިރު ބައެއް މުވައްޒަފުން ލައިފައި ހުރި ހެދުމުން ޚުދު ރެހާންވެސް ލަދުން އިސްޖަހާލަން ޖެހުނެވެ. މިމައްސަލަ ހުށައެޅުމާއެކު ވަރަށް ކުއްލިގޮތަކަށް އެރޭ ބައްދަލުވުމެއް ބޭއްވިގެން ދިޔައެވެ.

ބައްދަލުވުމުގައި މުޅިންވެސް ދެކެވެމުން ދިޔައީ ހޮސްޕިޓަލަށް އަންނައިރު ހެދުންއަޅަންޖެހެ ގޮތުގެވާހަކައެވެ.
“އަސްލު އަޅުގަނޑު ވަރަށް ދެރަވޭ މިކަހަލަ ވާހަކަތަކެއް ތިބޭފުޅުންނަށް ކިޔާދެން ޖޭތީވެސް. ތިހުރިހާބޭފުޅުންނަކީވެސް ކިޔަވައިގެން ތިބި މީހުންކަމަށްވުމުން ވަޒީފާގެ މާހައުލުގައި އަމަލުތައް ހުންނަން ޖެހޭ ގޮތް އެނގިލައްވާނެ. އަދި ހާއްސަކޮށް ހޮސްޕިޓަލްފަދަ މާހައުލެއްގައި މަސައްކަތް ކުރާއިރުގަ ބޭނުންކުރަން ޖެހިލައްވާނީ ޑީސެންޓް ވާޑްރޯބެއްކަން އެބަ ދަންނަން. ތަނަށް ހިދުމަތް ލިބިގަންނަން އަންނަ ބޭފުޅުންވެސް މުވައްޒަފުންނަށް އިޚްތިރާމް ކުރައްވާނީ އޭރުން. ފިރިހެން ބޭފުޅުންވެސް ވަޒީފާއަށް ދުރުވާއިރުގަ ތިއްބަވަންވާނީ ވަރަށް އޮފިޝިއަލްކޮށް. ހަމައެގޮތަށް އަންހެން ކަނބަލުންވެސް ހެދުންއެޅުމުގައި ސަމާލުވެލައްވަން ވާނެ. މިއަންނަނީ ފެޝަން ޝޯވް އަކަށް ތައްޔާރުވެގެނެއް ނޫންކަން ވިސްނަންވާނެ. ނަމަވެސް މަދުން ނަމަވެސް އެބަ ފެނޭ އެކަށީގެންނުވާ ހެދުންތަކުގަ. ދެން އަންހެން މުވައްޒަފުންނަށް ބުނެލަން އޮތީއެހެން މީހުން ވެސް ތިބާއަށް ގަދަރު ކުރާނެފަދަ ގޮތަކަށް ހެދުންއެޅުން ބަހެއްޓުން ވަރަށް މުހިންމޭ ބައެއް މުވައްޒަފުންނަށް ހީވަނީ އެބޭފުޅުން ހިތުހުރި ގޮތަކަށް ނުކުމެވިދާނެއޭ. އެކަމް އަޅުގަނޑު އުއްމީދުކުރަން ކުރިޔަށް އޮތްތާގައި މިކަން ރަނގަޅުވެގެން ދާނެކަމަށް.” ޒިންމާދާރު ވެރިޔެއް ފަދައިން ރެހާން އޭނާގެ މުވައްޒަފުންނަށް ވިސްނާދިނެވެ. އެންމެފަހުން ބުނެލި ޖުމްލަ އައިޝާއަށް ބަލަން ހުރެފަ ބުނުމުން އެއީ ސީދާ އޭނާޔަށް ފޮނުވި ބަހުގެ ހަމަލާއެކޭ ހިތައްއެރިއެވެ. އައިޝާ ކޮންމެ ހެދުމެއް ލިއަޔާ ރެހާންއަށް ކީއްހެއްޔެވެ. ބޮލަށް ކޮންމެ ވައްތަރެއް ޖެއްސިނަމަވެސް ރެހާންއަށް ވަނީ ކޮން އުނދަގުލެއްހެއްޔެވެ.

“އަންހެން މުވައްޒަފުންނަށް އިތުރަށް ދޭންހުރި މައުލޫމާތުތަށް މިތިއްބެވި ސީނިޔާ ނަރުހުން ކިޔައިދެއްވާނެ.” ރެހާން އެހެން ބުނެލުމަށްފަހު ނުކުތީ ޒާމިންއަށް މި މީޓިންގެ ހަބަރުތަށް ކިޔާދޭށެވެ.
“ބުރޯ. ހާދަ ވަރެއް ކޮއްލާފަ ތިނުކުތީ. ނޫނޭ ވާ ސަޅި ސްޕީޗެއް. ޑްރެސްކޯޑް ކިޔާދެން ފެށުމުން އަންހެން މަންޖެތަށް އެބަތިބި މައިމަރުވެފަ ތިބި މާކަނާ ތަކެއްހެން. އެހެން ހަދާކަށް ނުވާނެދޯ ” ރެހާންއާ އަރާ ހަމަކޮއްލަމުން ރާއިން އޭނާޔާ ދިމާކޮއްލިއެވެ. ރާއިންއާ ދިމާވުމުން ދެމީހުން ދިޔައީ ކޮފީއަކަށެވެ.

މީޓިން ނިންމާފައި ނިކުތް އައިޝާ އަވަސްވެގަތީ ޒާމިންއަށް އޭނަ ގެންގުޅުނު ސްކޭންތަށް ދައްކާށެވެ. ޒާމިންއަބަދުވެސް އަލްޓްރާ ސައުންޑް ސްކޭންތަށް ބެލުމަށް ވަރަށް ފޯރި ހުންނާނެއެވެ. އެހެންކަމުން އައިޝާ މާބަނޑު އަންހެނެއްގެ ސްކޭން ހައްދައިފިނަމަ އަބަދުވެސް ޒާމިންއަށް ދައްކާނެއެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިޝާ އައިއިރު އޭނާގެ ނަޒަރު ހުރީ އަތުގައިވި ސްކޭން ގަނޑަށެވެ. އެވަގުތަކީ ރެހާންވެސް ޒާމިންއާ ބައްދަލުކުރަން އައިވަގުތެވެ. ފޯނުން މީހަކާ ވާހަކަދައްކަމުން އައިއިރު ތަންކޮޅެއް ބާރަށް ހިނގަމުންއައީ އަތުގައި އޮތް ފައިލުން ނަޒަރު ވަކިކޮއްލުމެއް ނެތިއެވެ. ދެމީހުންވެސް ނުބަލާ އައުމުން އެކަކު އަނެކެއްގެ ގައިގައި ވަރަށް ބާރަށް ލައިގަތެވެ.

“އައްދޯތް. ތަންތަނުގަ އުޅޭއިރު ބަލާލުމެއް ކަމެއްވެސް ނޯވޭ ދޯ.” ރެހާންގެ ދަތްދޮޅީގައި އައިޝާގެ ނިއްކުރި އައިސް ޖެހުމުން އޭނަޔަށް ވަރަށް ތަދުވިއެވެ. އެވަގުތު އައިޝާއައްވެސް ވީތަދުން އައުޗްއޭ ބުނެލެވުނެވެ. އަވަހަށް ދުރުވެލީ ރެހާންކަން އެނގުމުންނެވެ. ރެހާންގެގައިންދުވީ ‘އަންލިމިޓެޑް’ ގެ ހިތްގައިމުވަހުން އައިޝާގެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރުކުރުވައިފިއެވެ.

ކިހާދެރަކަމެއް. ތިހެންވެއޭ މިއަދު މީޓިންގަވެސް ބުނީ ހެދުންއެޅުމުގަ ފަރުވާތެރިވާށޭ. މީހުންނަށް ދެއްކެން ބޯހާވަލައިގެން ތިމާމީ މާރީތި މީހެއްކަމަށް ދެއްކެން ވަޒީފާއަށް ނުކުންނަނީ.” އައިޝާ އަވަސްކުރަން އުޅުމުގެތެރޭގައި އިސްތަށިގަނޑު ރެހާންގެ މޫނުގައު ހޭކިލުމުން ރެހާންގެ ރުޅިއިންތިހާއަށް ގަދަވިއެވެ. އައިޝާގެ ސަބަބުން ދިމާވާކަންކަމުން ރެހާންގެހިތުގައި ކަފުންކޮށް ވަޅުލައިފައިވާ އިހްސާސްތަށް ހޭލައްވާލާތީ ރެހާންއަށް އައިޝާދެކެ ރުޅި އާދެވެއެވެ. ރެހާންގެ އެޖުމްލައިން އައިޝާވެސް އިތުރަށްވީ ފޫއްސެވެ. އައިޝާއަށް ވެގެންވަންޏާ އޭނާ ދުވަހަކުވެސް ރެހާންގެ ކުރިމައްޗަކަށް ނާރާނެއެވެ.

” ކިހިނެއްވެގެންތަ ވެގެން މިއުޅެނީ.” ޒާމިން ކެބިންގައި އިނދެފަ ނުކުތީ ދޮރުމަތީގަ މާބޮޑަށް އަޑުގަދަވާހެން ހީވެގެންނެވެ.
“މާބޮޑު ކަމެއްނުވޭ. ބަލާ ނުލާ އަންނަންް ހަދައިގެން ކުޑަ އެކްސިޑެންޓެއްވީ. އަން މިފައިލުގަ ހުރި ލިޔުންތަށް އަދި ޗެކްކޮއްލަށްޗޭ. ލިސްޓްވެސް އިންނާނެ. އިތުރަށް އެއްޗެއް ބޭނުންވަންޏާމުން ބުނެލާތި” އައިޝާ ހުރުމުނަ ރެހާން މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ” އޯކޭ. އާޝީ. ތިހުރީ ކިހިނެއްވެފަ. ރުޅިއައިސްގެން ނިއްކުރިވެސް ތިހުރީ ރަތްވެފަ އެއްނު.” އައިޝާގެ ނިއްކުރިން ރަތްވެފަހުރިތާގައި ޒާމިން މަޑުމަޑުން އަތްޖައްސާލަމުން ދިމާކޮއްލިއެވެ. ރެހާންއާ އައިޝާގެ ކޯޅުންގަނޑެއް ހިނގީކަން ޒާމިންއަށް އެނގުނެވެ. އައިޝާ ލޯއަޅާލުމަށްފަހު ރުޅިއެއް ނާދެއޭބުނެ ޒާމިންއާ އެކުގައި ކެބިންގެ ތެރެއަށް ދެމިގަތެވެ.

******
“މަންމާ. މާދަމަޔަށް ލޯންޗުން ޖާގަ ނަގާފަ އިންނާނީ. މަންމަ އެކަނިން ދާކަށް އަޅުގަނޑު އެހާ ހިތްހަމައެއް ނުޖެހޭ.” ރާއިން އޭނާގެ މަންމަގާތުގައި ޝަކުވާކޮއްލީ ކުޑަކުއްޖެއް ފަދައިންނެވެ.
” އެހާގިނައިރެއްވެސް ނުވާނެއެއްނު ދަރިފުޅާ. އެހެންނޫނަސް މާލޭކޮޅުން ބައްޕަ ހުންނާނެ ބަލާ އައިސް. އަނެއްކާ ދަރިފުޅު މާލެގޮސްފިނަމަ އެކުވެރިންވެސް ނުލާހިކު ދެރަވާނެއެއްނު. އެމީހުންކައިވެންޏަށް ދަރިފުޅު ހުންނަންވާނެ. ދެން މިކަން މާ ބޮޑުކަމަކަށް ނަހަދަބަލަ” ނަސްރީނާ ރާއިންއަށް ވިސްނައި ދިނެވެ. ކޮންމެހެން ދާން ނުޖެހޭނަމަ އޭނަވެސް ނުދިޔައީހެވެ. އެކަމަކު ކުޑަހުޅުގެ ރިހުން ނުކެނޑެތީ ކޮންމެހެންވެސް ޑޮކަޓަރަކަށް ދައްކާލުން މުހިންމެވެ.

“މަންމަ ދިޔައިމަ ވަރަށް ފޫހިވާނެ. އަނެއްކާ އެ ލަންކާ މީހާ ކައްކާ އެއްޗެއް ކާކަށް ނުކެރޭނެ.” ރާއިންއިނީ މަންމަ ދެހަފްތާއަށް ނަމަވެސް ދާތީ ވަރަށް ދެރަވެފައެވެ.
” ދަރިފުޅު އެކަމާ ހާސްވާކަށް ނުޖެހޭނެ. ޒަމްރާއްތަ ބުނީ މަންމަ ރަށަށް އަންނަންދެން ދަރިފުޅު ކާންވާނި އެގެއިންނޯ. މިއަދު މިގެޔަށް އައިމަ މަންމަ ދާވާހަކަ ދެއްކީމަ އެހެން ބުނީ”. ނަސްރީނާއާ ޒަމްރާއާ ދެމެދުގައި ވަނީ ރާއިންމެންގެ ސަބަބުން ގާތް ގުޅުމެއް އުފެދިފައެވެ.
” މަންމަ ރަށަށްއައިމަ އިންނާނެ ވަރަށް ބޮޑު ސަޕްރައިޒެއް އިނގޭ. މަންމަ އެންމެ ބޭނުންވާ ކަންތަށް ކޮއްދޭނަން އިރާދަކުރެއްވިއްޔާ ” ރާއިން ރާވަމުން ދިޔަ ޕްލޭނަތަކާމެދު ވިސްނާލަމުން ބުނެލިއެވެ.
“އަނެއްކައި މަންމައަށް ދައްކާލަން މިގެޔަށް ކުއްޖަކު ގެންނަނީތަ.” ނަސްރީނާ ރާއިންގެ ބޮލުގައި ފިރުމާލިއެވެ. ފަހުން އިނގޭނެކަމަށް ބުނެ ރާއިން ނުކުމެގެން ދިޔައީ ރެހާންއާ ބައްދަލު ކުރުމަށެވެ.

******
ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ޒާމިންމެން ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސްވެސް ގާތްވަމުން ދިޔައެވެ. ކައިވެނީގެކަންކަމުގައި ރެހާން އައިޝާއަށް އެހީތެރިވަމުން ދިޔަނަމަވެސް އަދިވެސް އެދެމެދުގައި ވަނީ ބޯފާރެއްލެވިފައެވެ. އެ ގުޅުން ރަނގަޅު ކުރާކަން އެކަކުވެސް މަސައްކަތެއް ނުކުރެއެވެ. އެޔާ ޚިލާފަށް ރާއިންއާ އައިޝާގެ އެކުވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. ޒާއިންގެ ކައިވެނީގެ ކަންތަށްތަކުގައި ރާއިންވެސް ދިޔައީ އެމީހުންނަށް އެހީތެރިވަމުންނެވެ. ތިންމީހުން ތިބޭނަމަ އެތަނެއްގެ ހިނމޭކަން ނަގާލާނީ ރާއިންއެވެ. ރާއިންގެ މަޖާ ޖޯކުތަކުން ރެހާންއާ އައިޝާއަށް ހެވުނުކަމުގައި ވިޔަސް އެމީހުން މާގިނަ ވާހަކަތަކެއް ނުދައްކާނެއެވެ. އެދެމީހުންގެ މެދުގައިވާ ނުތަނަވަސްކަން ރާއިންއަށްވެސް އިހުސާސްވެ އެގުޅުން ރަނގަޅުކުރެވޭތޯ އެތައް މަސައްކަތެއް ކުރެއެވެ. ކައިވެންޏަށް އެންމެ ދުވަހަކަށް ވެފައިވާއިރު މާލެންގެންނަން ހަމަޖެހިފައިވާ ހެދުންތައް ބަލާ ދިޔައީވެސް އެތިންމީހުންނެވެ.

އެންމެންގެ ހެދުންތަށް ބެލަން ސޯފާގައި ތިބިއިރު ފޯރި އަރުވާލައިފައި އުޅުނީ ހޫދުއެވެ. ރެހާން ހޫދުގެ ހެދުން ގެނެސްދިމުން ނިކަން އުފާވެފައި ހުރެ ފަހަރަކު މީހަކަށް އެދައްކަމުން ދިޔައެވެ. މިތަން ބަލަން ރެހާން މަޖާވެލައިފައި އިނެވެ.
” ވާއު. ބިއުޓިފުލް. މިންނުލީމަ މާދަމާގަ ޒާންއަށްވެސް މިންނު ގެއްލޭނެކަންނޭގެ. މިންނުއަށް އެނގޭތަ. އަހަރެން ލީ ހެދުމަށްވުރެވެސް މިހެދުން މާރީތި” މަންހާގެ ކައިވެނީގެ ހެދުންފެނި އައިޝާއަށް އޭނާގެ މާޒީ ހަނދާންވިއެވެ. ބުނެވުނުބަހާމެދު ރަނގަޅަށް ވިސަނާލުމުން އެތާގައި ރެހާންއާ ރާއިން ތިބިކަން އެނގި ލަދުގަތެވެ. އެއީ އައިޝާ ބުނެގެން ވާނެ އެއްޗެއް ނޫކަން ރޭކާލިއެވެ.

” ކޮބާތަ މަންމައާ އާޝިގެ ހެދުން. އެވެސް ނިކަން ދައްކާލަބަލަ. މިންނު އިއްޔެއްސުރެ އެއުޅެނީ އެބަލާހިތުންނޭ” ތަނަށް ވެރިވި ހަމަހިމޭނަކަން ފޫދުއްވާލީ ޒާމިންއެވެ. މަންހާގެ އިތުރު ސުވާލެއް އައިޝާއާ މިވަގުތު ކުރިމަތިވެދާނެތީ ޒާމިން ސަމާލުވެލިއެވެ. އައިޝާ ޒާމިންއަށް ބަލާލީ ޝޫކުރުވެރި ނަޒަރަކުންނެވެ.

“އެޔަށް ވީގޮތް އެނގޭނީ މަންމަމެންނަށް އެކަނި. މަންމަގެ ހެދުން ބަލާފައި އައިޝާގެ ހެދުން އޭނަ މަންމައަށްވެސް ނުދެއްކި” ޒަމްރާގެ ހެދުން ދައްކަން އެއްބަސް ނުވިނަމަވެސް އޭނައިނީ އައިޝާގެ ހެދުންވެސް ބަލާހިތުންނެވެ.
“އަހަރެންގެ ހެދުން ބަލާ މާދަން ހަވީރުން. އޭގެ ކުރިޔަށް ހޫޑީއަށްވެސް ނުދައްކާނަން.” އައިޝާ ހޫދުގެ ކޮލުގައި ހިފާލަމުން ބުންޏެވެ
” މިންނުއަށް ހީވަނީ ހޫދުގެ މަންމަ ލަނީ ސުތުލިގޯންޏެއްހެން. އެހެންވެގެން ލަދުންނޭ ހޫދުއަށްވެސް ނުދައްކަނީ” މަންހާވެސް ވަކި އަގަޔަކުން ދެރައެއް ނުވިއެވެ. އެސަކަރާތްގަނޑުގައި ތިބި މީހުން އެތަނުން ތެދުވީ ހަވީރުގެ ސަޔަށެވެ.

*****
ގޭތެރެވީ ވަރަށް ފުރިހަމަޔަށް ތައްޔާރު ކުރެވިފައެވެ. ކައިވެނިކުރަން ތިބުމަށް ހަމަޖައްސައިފައިވާ މޭޒު އަދި ވަކިން ޗާލެވެ. އަޅިކުލައިގެ ފޮތިގަނޑަކުން ފޮރުވާލެވިފައި ވާއިރު މެދުގަައި ފިނިފެނަމަލުގެ ގުލްދަސްތާއެއް ބާވައިފައި އޮތެވެ. އަޅުކުލައިގެ ގަމީހާއެކު ފިޔާތޮށި ޓައީއެއް އަޅއިގެންހުރި ޒާމިން ފެނުނު ކޮންމެކުއްޖަކުވެސް މަންހާއާމެދު ހަސަދަވެރިވާނެކަން ގައިމެވެ. މޭޒުދޮށުގައި ޒާމިންއާއެކު ރެހާންއާ ރާއިން އިށީނދެލައިގެންތިބީ ޒާމިންގެ އާއިލާ އިތުރުމީހަކު ނެތީމައެވެ. ކައިވެންޏަށް އަންނަން ބައްޕަ އެއްބަސް ވިނަމަވެސް އާދެވޭވަރުވާނީ ޕާޓީއަށެވެ.
” ބަލާލަބަލަ އެހެރަ އަންނަ ފިނިފެންމަލެއް” އައިޝާއާއެކުގައި ސިޑިންފައިބައިގެން އަންނަ މަންހާފެނުމުން ރާއިން ޒާމިންގެ ގައިގައި ކޮއްޓާލިއެވެ. ރާއިންބުނީ ހަމަތެދެކެވެ. އަލަށް ފޮޅިފަހުރި ފިނިފެނަ މަލެކޭ މަންހާއެކޭ ތަފާތެއް ނެތެވެ. އެހާޗާލެވެ. މަންހާފަދަ އަހުލާގުރަނގަޅު ރީތި ކުއްޖަކު ލިބުނުން ޒާމިން އެނާގެ ނަސީބާމެދު ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ. މަޑުހިނގުމެއްގައި އައިސް ޒާމިންއާ ޖެހިގެންއިން ގޮނޑީގައި މަންހާއިށީން އިރު ލަދުވެތިކަން މޫނުމަތިން ފާޅުވަމުން ދެއެވެ. އިސްދަށަށް ޖަހާލައިގެން އިންއިރު ތުންފަތް މަތީގައިވާ ހިނިތުންވުންފެނި އައިޝާގެ ލޯ ފެންކަޅިވެގެން ދިޔައެވެ. މިއަދަކީ އައިޝާ ދެކެން އެންމެ ބޭނުންވާ އެއްދުވަހެވެ. އޭނާގެ އެންމެ ގާތްދެއެކުވެރިން ގުޅުން ވެގެނަދާނީ އައިޝާއަށް ލިބިގެންދާނެ ބޮޑު އުފަލަކަށެވެ. ގާޒީ އައިސް ކައިވެނީގެ ހުތުބާ ލައިދިންއިރު މުޅިތަނަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެވާހަކަތަށް އަހަށް އިނުން އައިޝާއަށްވީ ބޮޑުކަމަކަށެވެ. އެހެންކަމުން އައިސްތިބި މީހުންނަށް ސައިތައްޔާރުކުރުމުގެ ބަހަނާގައި އައިޝާ ދިޔައީ ކާގެއަށެވެ. ރެހާންއާ ރާއިންއާ ދެމީހުންވެސް ގާޒީ ދައްކަމުންދިޔަ ވާހަކަތަށް ކަނުލާ އަޑުއަހަމުން ދިޔައިރު އެތައް އިހުސާސްތަކެއް ހިތައް އަރާ ފައިބަމުން ދިޔައެވެ. ކައިވެނިކޮށްދީ ނިމުމުން ޒާމިންއާ މަންހާގެ ހިތަށް ބަޔާކުރަންދަތި އުފަލެއް ލިބިގެން ދިޔައެވެ. ހަތަރު އަހަރުވީ ގުޅުމުގައި ކައިވެނީގެގޮށް ޖެހިގެން ދިޔައިރު ޒަމްރާވެސް ހުރީ އޭނާގެ ދަރިފުޅަށް ޒާމިންކަހަލަ ރަނގަޅު ފިރިޔެއް ލިބުނީތި އިންތިހާއަށް އުފާވެފައެވެ. އެންމެން މުބާރަކްބާދީ ދެމުން ދިޔައިރު މަންހާގެ ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ.

” އަހަރެން ހީކުރީ އެހެން ކުއްޖެއްކަމަށް ޒާމިންކައިރީގަ އިނީ. މިންނުއަށް އެހެން ލަދުގަންނަން އެގޭކަމެއް ނުދަންނަން” ރެހާން ޒާމިންމެންގާތުގައި ހުއްޓިލަމުން މަންހާއާ ދިމާކޮއްލިއެވެ. ރާއިންވެސް މިކަމުގައި ބައިވެރިވެލިއެވެ
“ކޮންމެހެން އަހަރެންނާ ދިމާކުރާނެކަމެއް ނެތް ދެމީހުން. ތިމީހުން މީހުންނާ އިންނަދުވަހަކުން ތިޔެއް އަންގާލާނަމޭ. ލަދުން ބޯހަލާކުވާވަރު ނުކުރިއްޔާ އަހަރެންގެ ނަންބަދަލުކުރަން ޖެހޭނީ” މަންހާވެސް ދޫކުރާކަށް ބެނުމެއް ނުވިއެވެ.
” ސަކަރާތް ޖަހަން ނުތިބެ ދާވީ ޕާޓީއަށް ތައްޔާރުވާން. ދެން މާގިނައިރެއްވެސް ނެތެއްނު. ދަރިފުޅާ މިންނު. އައިޝާ ދިޔައީ އެސަރަހައްދުގައި ހުރިހާކަމެއް ބަރާބަރަށް ނިމުނުތޯ ޗެކްކޮއްލަން. ބުނި ދެން ދިމާވާނީ ޕާޓީއިންނޯ” ޒަމްރާ އެންމެން ފޮނުވީ ޕާޓީ ފެށޭ ވަގުތު ކުޑަތަންވެފައި ވާތީއެވެ.

ހަވީރުވެގެން ދިޔައިރު ރަށުގެ ތުނޑިމަތިވީ ކައިވެނި ޕާޓީއަށް ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. އެއްވެސް ތަރުތީބެއްނެތި އުކާލެވިފައިވާ މާތަކެއް ފަދައިން މޭޒުތަކާ ގޮނޑިތައް އަތުރާލެވިފައި ވެއެވެ. މޭޒުތައްމަތީގައި ވާ އަޅިކުލައިގެ ފޮތިގަނޑުގައި މަޑު ފިޔާތުށި ކުލައެއްގެ ފޯގާ އެލުވާފައި ހުއްޓެވެ. ގޮނޑިތައްވެސް އަޅިކުލައިގެ ފޮތިގަނޑަކުން ފޮރުވާލައިފައި ވާއިރު ފިޔާތޮށިކުލައިގެ ރިބަނަކުން މެދުގައި އައްސާފައި ހުއްޓެވެ. ޒާމިންމެން ތިބެން ހަމަޖައްސާފައިހުރީ އުނދޯލިގެއެއްކަހަލަ ތަނެއްގައެވެ. އެތަންވެސް ފަޅު ފިލުވާލަދެނީ ބަހައްޓާފައިވަ މަސްނޫއީ ތަނބުތަކުންނެވެ. އުނދޯލިގޭގައި މަޑުކޮއްލި ޒާމިން މުޅިތަނަށް ނަޒަރު ހިންގާލިއެވެ. މިތަން ތައްޔާރުކުރުމަން އޭނާގެ އަތުންދިން ފައިސާއަށްވުރެ އިތުރަން ހަރަދުވާނެކަން ޒާމިންއަށް ވިސްނުނެވެ. ނަމަވެސް އައިޝާމެން އެވާހަކަނުބުނީ ކީއްވެބާއެވެ.

” މާވަރަކަށް ކާކުފެނޭތޯ ތިބަލަނީ. އަނބިކަނބުލޭގެ މިހުރީއޭ. އަހަރެން ހުތުރީތަ” މަންހާ ޒާމިންގެ ގައިގައި ކޮއްޓާލިއެވެ.
” ދެން މަގޭ މިންނުއަށްވުރެ އެހެން މީހަކު އަހަރެންނަށް ރީއްޗެއް ނުވާނެދޯ. އާޝީ މިތަނަން ތައްޔާރުކޮއްފަ ހުރިލެއް ފުރިހަމަ ކަމުން ހަމަ ބަލާލީ.” ޒާމިން މަންހާ އޭނާގެ ގަޔާ ކައިރިކޮއްލިއެވެ. މަންހާ އަސްލުވެސް މިއަދު ވަރަށް ހިތްގައިމެވެ. ކިތަންމެއިރެއް ވަންދެން ބެލިޔަސް ޒާމިން ބަލާ ފޫހިނުވާނެއެވެ. އެބޮޑު ހުދު ވެޑިން ޑްރެސްގައި ފެންނައިރު ހީވަނީ ހޮލީވުޑްގެ މޮޑެލްއެއްހެންނެވެ. އަތަށް ލައްވާފައިވާ ލޭސް އަންގީގެސަބަބުން ޝާހީކަމަށް ދައްކައެވެ. ފަށުވު އިސްތަށިކޮޅުވަނީ ރީތި ގޮތަކަށް މައްޗަށް ނަގާފައެވެ. ނިއްކުރިމައްޗަށް ވާގޮތަށް އޮންނަ އިސްތަށިކޮޅުން މަންހާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.
ޕާޓީފެށި މީހުންތައް އަންނަން ފައްޓައިފިއެވެ. އެންމެންގެ ތެރެއިންވެސް ރެހާން ހޯދަމުން އެދަނީ އައިޝާއަށެވެ. ޒާމިންމެންގެ އެންމެ ގާތް އެކުވެރިޔާ އަދިވެސް ނާންނަނީހޭ ޒަމްރާގާތު ކިތަންްމެ ފަހަރަކުވެސް އަހާލަން އުޅިއްޖެއެވެ. އެކަމަކު ރެހާން އެހެން އަހައިފިނަމަ ޒަމްރާ ވިސްނާނެ ގޮތެއް ނޭގޭތީ މަޑުންހުރީއެވެ، ރެހާންގެ އަތުގައި ހިފާލައިގެންހުރި ހޫދުކުރެންވެސް މިހާރު އައިޝާ ކޮބާތޫ ކިތަންމެ ފަހަރަކު އެހިއްޖެއެވެ.

” ހޫދު މިއުޅެނީ މަންމަ ނައިސްގެންދޯ. އަހަރެންވެސް އެގޭ ދޮށަށް ގޮސް ވަރަށް ބަރުގޮނު އަޅާފަމިއައީ. އައިޝާ މެސްޖްކޮއްފަ ދާށޭ ބުނީމަ މިއައީ.” ރެހާން ހާސްވެފައި ހުރީ އައިޝާ އަދިވެސް ނާންނާތީކަން ކައިރިއަށް ހުއްޓިލި ރާއިންއަށް ދެނެގަނެވުނެވެ.
“އެޔޮއް އަންނަނީ މަންމި.” މީހުންތަކުގެތެރެއިން ހޫދު ދުއްވައިގަތީ ކުއްލިއަކަށެވެ. ރެހާންވެސް ކުރިޔަށް އެޅި ފިޔަވަޅު ހުއްޓުނީ ކުރިމަތިން ފެނުނު ހިތަގައިމު މަންޒަރުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ (8 ވަނަ ބައި)

Next

އަވްލީން (18ވަނަ ބައި)

Next
November 20, 2017

އަވްލީން (18ވަނަ ބައި)

Previews
November 19, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (8 ވަނަ ބައި)

48 Comments!

  1. PRINCESS AFU says:
    November 19, 2017 at 9:11 pm

    NICE ?

    1. Awa says:
      November 19, 2017 at 9:47 pm

      Thanks Afu??

  2. Nia says:
    November 19, 2017 at 9:11 pm

    Story v rythi… I jst luv this story… Wen nxt part….??? curious to knw wats gonna happn nxt

    1. Awa says:
      November 19, 2017 at 9:24 pm

      Nia mn kudhin curious vaagothah vaahaka geneveythw masakkaiyy kuranee??n thankss???Next ep morning ga inshaAllah

  3. Nathu says:
    November 19, 2017 at 9:17 pm

    Vaahaka varah varah reethi ??
    Manhaa aa minhaa aee ekakutha or minnu akee manha tha or minha tha?
    Anyways v furihama??
    Ly…good nyt?

    1. Awa says:
      November 19, 2017 at 9:21 pm

      Ohh. Im sorry nathooo.. manhaa akee asluga ulhey kujja.. pet name akah minnu use kuranee. Minhaa jehifa inee olhumakun….
      N thanks darlin. Good night

  4. Awa says:
    November 19, 2017 at 9:18 pm

    Hello guyss.. here is the 7th part.hope u guys will like n enjoy it.. n mistakes thah faahaga kolla dhiniyya varah rangalhu.. n mihaaruge foto kamudhaane kamah ummeedhukuran??

  5. annoying reader says:
    November 19, 2017 at 9:26 pm

    alhey enme kiya hiy vi part in nimaali, waiting for the next part <3 varah reethi curious vaavarun keh nukurevey aneh part ah

    1. Awa says:
      November 19, 2017 at 9:45 pm

      Thankss dhoonniii???? maadhan avahah upkolladheynan❤ inshaAllah?

  6. Riii says:
    November 19, 2017 at 9:36 pm

    Hmmmm……Vvv loabi…

    1. Awa says:
      November 19, 2017 at 9:48 pm

      Thanks love????

  7. Friends says:
    November 19, 2017 at 9:41 pm

    Hey awa…
    Masha allah stry vvv nice….waiting 4 next part….uload sooon ingey dear….
    Gud nyt Awa……..?????

    1. Awa says:
      November 19, 2017 at 9:52 pm

      Heyy friends… hws you? thanks love??n avahah up kolleveythw masakkaiiyy kuraanan. Good night???

  8. Juvey says:
    November 19, 2017 at 9:44 pm

    Wv v v v nice. .waitting for nxt part ? ? ? ?

    1. Awa says:
      November 19, 2017 at 9:54 pm

      Thanks juvey???

  9. A says:
    November 19, 2017 at 9:54 pm

    Heevanee Aisha akee ashi hen n Aisha laigen huree anehkaa Aisha ge wedding dress tha wtg

    1. Awa says:
      November 19, 2017 at 10:03 pm

      Aisha ge pet name aky aashi… dhn vaa goiyy balamaa dhw

  10. Rsh says:
    November 19, 2017 at 10:29 pm

    WoW Hama heeves nukuraahaa Reethi mi story ge part than ???
    Aisha isthashigandu kulajahsaafa lolah lans lahvaagen kannenge aulheny….. I think she is reehan ge wife hen….

    1. Rsh says:
      November 19, 2017 at 10:33 pm

      *Rehaan*

    2. Awa says:
      November 20, 2017 at 7:23 am

      Heheh. Thankyou Rsh… lets see dhw

  11. Unknown girlll.. says:
    November 19, 2017 at 10:56 pm

    I finally got 2know everything..4vana part in fashaigen..yaahooo????? story v,nice love it…n LYsooo much❤❤❤

    1. Awa says:
      November 20, 2017 at 7:25 am

      Thanks unknown girlll…??ly too???

  12. sana says:
    November 19, 2017 at 11:35 pm

    Wowww!Awesome! Super story???????????????????? ??????? you can write storys you have that telant keep it up AWA dhoonnii ?????

    1. Awa says:
      November 20, 2017 at 7:28 am

      Awwnn??thankss sanaa dhoonii????

  13. faxoo says:
    November 19, 2017 at 11:36 pm

    Maasha Allah v reethi story eh v v bodah thanks

    1. Awa says:
      November 20, 2017 at 7:30 am

      Thankss faxooo? you are most welcome??

  14. Axka says:
    November 19, 2017 at 11:40 pm

    AWA dhoonnii this story is the best story in the world wow! Wow!wow!super story ????? keep it up Away dhoonnii

    1. Awa says:
      November 20, 2017 at 7:33 am

      Thankss Axka dhoonii.???ly??

  15. Huya says:
    November 20, 2017 at 1:03 am

    Warah reeethi .. ❤️ Awaha up kohdehcheyyyy drln

    1. Awa says:
      November 20, 2017 at 3:08 pm

      Thanks huya

  16. Xxxx says:
    November 20, 2017 at 5:50 am

    Vaahaka v.loabi..??????keep it up

    1. Awa says:
      November 20, 2017 at 7:34 am

      thank you Xxxx????

  17. SJK...KOREAN says:
    November 20, 2017 at 7:43 am

    Hey awa.. ??
    I can say JUST WOW!! varah reethi story dhaagoih.. You’re just great???? love this story ❤ n love u ?? waiting ???

    1. Awa says:
      November 20, 2017 at 8:16 am

      Hello SJK???thankyou??ly more❤❤??

  18. A.h.l.a.m says:
    November 20, 2017 at 8:09 am

    Kon iraku up Koh dhenee

    1. Awa says:
      November 20, 2017 at 8:17 am

      Miadhuga uppkolla dheynan inshaAllah

  19. Limsha says:
    November 20, 2017 at 8:30 am

    Varah nice

    1. Awa says:
      November 20, 2017 at 10:52 am

      Thankss???

  20. raudha says:
    November 20, 2017 at 8:41 am

    varah reethi story?

    1. Awa says:
      November 20, 2017 at 3:10 pm

      Thankss raudhaa???

  21. yoom says:
    November 20, 2017 at 9:49 am

    vrh rythi mi part vx…waiting for the nxt part…miadhu upload khdheynah dw ???

    1. Awa says:
      November 20, 2017 at 10:54 am

      Thankss yoom? yaa miadhuga up kolla dheynan inshaAllah?

  22. Aishaa says:
    November 20, 2017 at 10:05 am

    Wow vvv reethi mi story kuriyah dhaagoi keep it up

    1. Awa says:
      November 20, 2017 at 3:12 pm

      Thankss aishaa

  23. jumm says:
    November 20, 2017 at 10:28 am

    nice story

    1. Awa says:
      November 20, 2017 at 10:56 am

      Thankyou??

  24. Blackbeauty says:
    November 20, 2017 at 12:25 pm

    Waiting awa?

    1. Awa says:
      November 20, 2017 at 1:07 pm

      Heheh.. miadhuga upkolladheynan inshaAllah

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (އަށްވަނަބައި)←


All Right Reserved!