Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ކަލާއަށް އެދޭތީ 5

Ara
Ara Level 210 Stories100 Comments
January 8, 2026 3 Mins Read
9 Comments

ޒިޔާންގެ މެސެޖު ފޮނުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯނު ރިންގުވާން ފެށިއެވެ. އެއީ ޝިފާއެވެ.

“ޒިޔާން! ކޮންތާކު ތިހުރީ؟” ޝިފާގެ އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. “އަހަންނަށް އެނގޭ އެހާ ފަސޭހައިން އެމީހުން ޒިޔާން ދޫކޮށްނުލާނެކަން. ޒިޔާން ޕްލީޒް… އަނެއްކާވެސް ކުރީގެ ދިރިއުޅުމަށް ނުދާތި.”

“މިހިރީ ގޭ ކައިރި ގޯޅިގަނޑު ތެރޭގަ” ޒިޔާން ވަރަށް އުނދަގުލުން ނޭވާލަމުން ބުންޏެވެ. “ޝިފާ ބުނިހެން މަ މަސައްކަތް ކުރީ ހަމައެކަނި އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަން. މިއަދު މަގޭ އަތަކުން މީހެއްގެ ލެޔެއް ނުއޮހޮރޭ. އެކަމަކު މަގޭ ފައިގެ ބޭސްގަނޑު…”

“މަޑުކުރޭ! އަހަރެން މިދަނީ.” ޝިފާ ފޯނު ކަނޑާލިއެވެ.

ބައިގަޑިއެއްހާއިރު ފަހުން، ޓެކްސީއެއް ގޯޅިގަނޑު ކުރިމައްޗަށް މަޑުކޮށްލިއެވެ. ޝިފާ ކާރުން ފޭބީ ކުޑަ ފަސްޓް އެއިޑް ކިޓެއް ހިފައިގެންނެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒިޔާންގެ ކައިރިއަށް ދިޔައެވެ. ޒިޔާން އިނީ ފާރުގައި ލެނގިލައިގެންނެވެ. އޭނާގެ ހުދު ގަމީހުގައި ވަނީ ކޮންމެވެސް ވަރަކަށް ލޭ ހޭކިފައެވެ.

ޝިފާ ކުޑަކަކޫ މައްޗަށް ތިރިވެ ޒިޔާންގެ ފަޔަށް ބަލާލިއެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ޒިޔާންގެ ލޭތައް ސާފުކޮށް އާ ބޭސްގަނޑެއް އަޅައިދިނެވެ. “އެނގޭތަ؟ މިއަދު އަހަރެން ޒިޔާންއާ މެދު ވަރަށް ފަޚުރުވެރިވޭ.” ޒިޔާން ޝިފާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. “ޝިފާގެ ސަބަބުން މަށަށް މިހާރު އުންމީދެއް އެބައޮތް. މަ ބޭނުން މުޅިން އާ ދިރިއުޅުމެއް ފަށަން. މި ތަނުން ދުރަށް ގޮސްގެން ވިޔަސް.”

ޝިފާ އިސްއުފުލާ ޒިޔާންގެ ލޮލަށް ބަލާލިއެވެ. އެ ދެމެދުގައި އުފެދިފައިވާ ގުޅުމަކީ ހަމައެކަނި ނަރުހަކާއި ބަލިމީހެއްގެ ގުޅުމަށްވުރެ މާ ފުން ގުޅުމެއްކަން ދެމީހުންނަށްވެސް އިހުސާސްވަމުން ދިޔައެވެ.

“މިތަނަކީ މިހާރު ޒިޔާންއަށް ރައްކާތެރި ތަނެއް ނޫން.” ޝިފާ ވަށައިގެންވާ ބަލާލަމުން ބުންޏެވެ. “އެމީހުން އަދިވެސް އަންނާނެ. ޒިޔާން މިރޭ މަޑުކުރަންވާނީ އަހަރެންގެ ގޭގަ.” ޒިޔާން ހައިރާންވެފައި ޝިފާއަށް ބަލާލިއެވެ. “ޝިފާގެ ގެއަށޭ؟ އެނގޭތަ ތި ކުރެވެނީ ކިހާ ނުރައްކާތެރި ކަމެއްކަން؟ މަގޭ ސަބަބުން ޝިފާއަށް ކަމެއް ވެއްޖެއްޔާ މަގޭ އަމިއްލަ ނަފުސަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެ.”

“އަހަރެން ބިރެއް ނުގަނޭ.” ޝިފާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ. ދެމީހުން މަޑުމަޑުން ހިނގާފައި ގޮސް ޓެކްސީއަކަށް އެރިއެވެ. ކާރުގެ ތެރޭގައި އިންއިރު ޒިޔާންގެ ދެލޯ ވަނީ މެރިފައެވެ. އޭނާގެ ބޯ ޝިފާގެ ކޮނޑުގައި ޖެހިފައި އޮތްއިރު އޭނާގެ ހިތުގެ ތެޅުން ހަމައަކަށް އެޅެމުން ދިޔައެވެ. މިއީ އޭނާގެ މުޅި އުމުރުގައިވެސް މީހެއްގެ ފަރާތުން އޯގާތެރިކަމާއި އަޅާލުން ލިބުނު ފުރަތަމަ ފަހަރެވެ.

ޝިފާގެ ގެއަށް ދެވުމާއެކު ޝިފާ ޒިޔާން ސޯފާގައި ބޭއްވިއެވެ. “ޒިޔާން މިރޭ މިތާ މަޑުކުރޭ. މާދަމާ ހެނދުނު އަހަރެމެން ފުރާނީ. އަހަރެންގެ ރަށަށް. އެތަނުގައި ޒިޔާންއަށް އާ ދިރިއުޅުމެއް ފެށިދާނެ.”

ޒިޔާން ޝިފާގެ އަތުގައި ހިފާލިއެވެ. “ޝިފާ… ކީއްވެ މަށަށްޓަކައި ތިހާ ބޮޑު ޤުރުބާނީއެއް ތިވަނީ؟ މަށަކީ އެއްވެސް އަގެއް ހުރި މީހެއް ނޫން.” ޝިފާ ޒިޔާންގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. “ޒިޔާންގެ އަގު ވަޒަންކުރަން ޒިޔާންއަށް ނޭނގުނަސް އަހަންނަށް އެނގޭ. ޒިޔާންގެ ހިތަކީ ރަނުގެ ހިތެއް. އެކަމަކު އެ ހިތް އޮތީ ނުބައި މާހައުލެއްގައި ފޮރުވިފަ. އަހަރެން ބޭނުމީ އެ ހިތުގެ އަސްލު ކުލަ މުޅި ދުނިޔެ އަށްވެސް ފެންނަށް.”

އެރޭ ޒިޔާން ނިދީ އޭނާގެ މުޅި އުމުރުގައިވެސް ނުނިދާހާ އަމާންކަމާއެކުގައެވެ.

ފަތިހުގެ ފިނިކަން މާލޭގެ މާހައުލަށް ވެރިވެފައި އޮތްއިރު ޝިފާ އުޅުނީ ދަތުރަށް ބޭނުންވާ ސާމާނު ތައްޔާރުކުރުމުގައެވެ. ޒިޔާން އޮތީ ސޯފާގައި ނިދިފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. ނަމަވެސް އެ ހަމަހިމޭންކަން މެދުކަނޑާލީ އިވުނު ބާރުގަދަ އަޑުފަށްގަނޑަކުންނެވެ. ޒިޔާން ފުންމައިގެން ތެދުވިއެވެ. އޭނާގެ ސިކުނޑި ވަގުތުން ނުރައްކަލުގެ ރަނގަބީލު ޖަހަން ފެށިއެވެ. “ޝިފާ ބޭރަށް ނުނިކުންނާތި.” ޒިޔާން ސޯފާއިން ތެދުވެ އުނދަގުލުން ހިނގާފައި ގޮސް ކުޑަދޮރުން ބޭރު ބަލާލިއެވެ. ބޭރުގައި ތިބީ ޝާކް އެންމެ އިތުބާރުކުރާ ތިން މީހުންނެވެ. އެމީހުން އައީ ޒިޔާން ބަދަލުހިފަން އަންނާނެ ކަމުގެ ބިރަށް އޭނާގެ ދުވަސް ދުއްވާލާށެވެ. “ކަޅޭ. ނިކުމޭ ބޭރަށް” އޭގެ ތެރެއިން އެކަކު ހަޅޭއްލަވައިގަތެވެ. “ކަލޭގެ ސަބަބުން އެ އަންހެން ކުއްޖާއަށް އަނިޔާވާން ބޭނުން ނޫނިއްޔާ އަމިއްލައަށް ނިކުމޭ” ޝިފާ ބިރުން ގޮސް ހުރިތަނަށް ގަނޑުވިއެވެ. އޭނާ ޒިޔާންގެ އަތުގައި ބާރަށް ހިފާލިއެވެ. “ނުދާތި ޒިޔާން… އެމީހުން ޒިޔާން މަރާލާނެ.”

“ފުލުހުންނަށް ގުޅާފައި ކޮޓަރީގަ މަޑުކުރޭ.” ޒިޔާން ބުނެލިއެވެ. “ޒިޔާން.. ނޫން” ޝިފާ އާދޭސްކުރިއެވެ.

ޒިޔާން ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. “ޝާކް ގާތު ބުނޭ މަގޭ ދިރިއުޅުން މިހާރު މީ އޭނާއާ ބެހޭ ކަމެއް ނޫނޭ” ޒިޔާން ހަރު އަޑުން ބުންޏެވެ. “މިއަދު މަގޭ އަތު ހަތިޔާރެއް ނެތް. އޮތީ ހަމައެކަނި މިނިވަންކަން. ކަލޭމެން ބޭނުމިއްޔާ މަ މަރާލާ. އެކަމަކު މިގޭގައި ހުރި އަންހެން ކުއްޖާއަށް ކުޑަވެސް އަނިޔާއެއް ވެގެން ނުވާނެ.”

އެމީހުން ޒިޔާންއާ ދިމާލަށް ދުއްވައިގަތެވެ. އެވަގުތު ކުއްލިއަކަށް ގޯޅިގަނޑުގެ ދެކޮޅުން އަލިތަކެއް އަރައިގެންދިޔައެވެ. އެއީ ފުލުހުންނެވެ. އިއްކޮ ވަނީ ޒިޔާންއަށް ސިއްރުން ފުލުހުންނަށް ޝިފާގެ އެޑްރެސް ދީފައެވެ. އޭނާއަށް އެނގެއެވެ. ޒިޔާންއަށް އެކަނި މިކަމުން ސަލާމަތެއް ނުވެވޭނެއެވެ. ހުރިހާ ގޭންގް މީހުން ހައްޔަރުކުރެވުނެވެ. ޒިޔާން ވަރުބަލިވެފައި ބިންމަތީގައި އިށީނެވެ. ޝިފާ ދުވެފައި އައިސް ޒިޔާންގެ ގައިގައި ބައްދާލިއެވެ. “ދެން ހުރިހާ ކަމެއް ނިމުނީ.” ޝިފާ ރޮމުން ބުންޏެވެ. “ނޫން ޝިފާ..ދެން ހުރިހާ ކަމެއް ފެށުނީ.” ޒިޔާން ޝިފާގެ މޫނަށް ބަލާލިއެވެ.

އެ ދުވަހުގެ ހެނދުނު އިރު އެރިއިރު، ޒިޔާންއާއި ޝިފާ ތިބީ ފުރާ ބޯޓުގައެވެ. މާލޭގެ އުސް އިމާރާތްތައް ދުރަށްދަމުން ދިޔައިރު، ޒިޔާންގެ ހިތުގައި އޮތް ބަރުކަންވެސް ފިލަމުން ދިޔައެވެ. އޭނާގެ އަތުގައި އޮތީ ޝިފާގެ އަތެވެ. މިއީ އޭނާގެ އާ ދިރިއުޅުމުގެ ފުރަތަމަ ސަފުހާއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ދެވުނީ ވޭނޭ 33

Next

ވާނުހޭ ގާތުގާ- ފަނަރަވަނަ ބައި

Next
January 8, 2026

ވާނުހޭ ގާތުގާ- ފަނަރަވަނަ ބައި

Previews
January 8, 2026

ދެވުނީ ވޭނޭ 33

9 Comments!

  1. Maash Maash says:
    January 8, 2026 at 12:10 pm

    Mi vhk vrh reethi maasha Allah.. vrh shauguveri 💜🦋

  2. Shaba_73 says:
    January 8, 2026 at 12:33 pm

    Masha Allah mi part ves Vrh reethi
    Vrh happy ziyern ge furaana Salaamaiy veema
    Ziyern ufaaveri dhiriulhumeh libeyne kamah unmeedhu kuran
    Curiously waiting for the next part when’s next???
    Can’t wait to read

    1. Ara Ara says:
      January 8, 2026 at 2:06 pm

      Thank you. Next part tomorrow 😊

  3. 😶‍🌫️Raajiha 😶‍🌫️ says:
    January 8, 2026 at 12:39 pm

    Wow
    V v reethi
    Heevanee shifa n ziyaan marry ves kuraane hen
    Keep up ur good work! When is next?!?

    1. Ara Ara says:
      January 8, 2026 at 2:06 pm

      Thank you so much. Next part tomorrow 😊

  4. Anonymous says:
    January 8, 2026 at 1:37 pm

    Kiyamun dhiya iru hama lolah sifa veyyy manzaruthah. Eagerly waiting for next episode..

    1. Ara Ara says:
      January 8, 2026 at 2:07 pm

      Thank you so much 😊

  5. Fiza says:
    January 8, 2026 at 4:30 pm

    Haadha Salhey…. Ziyan and Shifa ge loabi geshunee dhw.

    1. Ara Ara says:
      January 8, 2026 at 7:16 pm

      Thank you 😊

Comments are closed.

Next Episodeހިތް ކަލާއަށް އެދޭތީ 6←


All Right Reserved!