Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ކަލާއަށް އެދޭތީ 4

Ara
Ara Level 210 Stories100 Comments
January 7, 2026 3 Mins Read
11 Comments

ޒިޔާން ހޮސްޕިޓަލުގައި ހޭދަކުރަމުން ދިޔަ ދުވަސްތަކުގައި އޭނާގެ މިޒާޖަށް އައި ބަދަލު މުޅި ވޯޑަށްވެސް ފާހަގަވިއެވެ. ކުރިން ހަރުކަށިކޮށް އުޅުނު ޒިޔާން މިހާރު ކޮންމެ ނަރުހަކާވެސް މުއާމަލާތް ކުރަނީ އިހުތިރާމާއެކުގައެވެ. ނަމަވެސް އޭނާގެ ދެލޯ އަބަދުވެސް ހޯދަނީ ޝިފާއަށެވެ.

ހޮސްޕިޓަލުން ދޫކޮށްލާ ދުވަސް އައިސް ޖެހުނުއިރު ޒިޔާންގެ ހިތުގައި ވަނީ ބަޔާންކުރަން ދަތި އުނދަގޫ އިހުސާސެކެވެ. އޭނާ ބޭނުންވީ މި ނަރަކައިން ސަލާމަތްވާށެވެ. އެކަމަކު ޝިފާ އާއި ވަކިވާން ޖެހުމަކީ އޭނާގެ ހިތް އެދޭ ކަމެއް ނޫނެވެ.

ޒިޔާން އޭނާގެ އެނދުގައި އިށީނދެލައިގެން އިނީ ޝިފާ އަންނާނެ ވަގުތަކަށެވެ. ޝިފާ އެތެރެއަށް ވަނީ އުފާވެރި ހިނިތުންވުމަކާއި އެކުގައެވެ.

“މަރުހަބާ ޒިޔާން. މިއަދު ގެއަށް ދެވޭތީ އުފާވޭ ދޯ؟” ޝިފާ ހިނިތުންވެލަމުން އަހާލިއެވެ.

ޒިޔާން މަޑުމަޑުން އިސްޖަހާލިއެވެ. “އާނ… އެކަމަކު…”

“އެކަމަކު ކިހިނެއްވީ؟” ޝިފާ ޒިޔާންއާ ގާތަށް ޖެހިލިއެވެ.

“ޝިފާ… މަށަށް އެނގޭ މަ މިއީ ކާކުކަން” ޒިޔާން ޝިފާގެ ލޮލަށް ސީދާ ބަލާލިއެވެ. “މި ފާރުތަކުން ބޭރަށް ނިކުތުމަށްފަހު އަނެއްކާވެސް މަށަށް ކުރިމަތިލާން ޖެހޭނީ ހަމަ އެ އަނދިރި ދުނިޔެއާ. މަ ބިރުގަނޭ… އަނެއްކާވެސް ކުރީގެ ކަޅޭ އަށް ބަދަލުވެދާނެތީ.”

ޝިފާ ޒިޔާންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. “ޒިޔާން ބަދަލުވުމަކީ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް. ޒިޔާންގެ ހިތުގައި މިހާރު ތި އޮތް ލޯތްބާ އިހުތިރާމް ދޫކޮށްނުލާ. ކޮންމެ މީހަކަށްވެސް ދެވަނަ ފުރުސަތެއް ލިބޭނެ.”

ޒިޔާން ޖީބުން ކުޑަ ކަރުދާސްކޮޅެއް ނަގައި ޝިފާއަށް ދިއްކޮށްލިއެވެ. “މީ މަގޭ ނަންބަރު. މަ… މަ ބޭނުން ޝިފާއާ ވާހަކަދައްކަން. އެކުވެރިއެއްގެ ގޮތުގައިވިޔަސް.”

ޝިފާ އެ ކަރުދާސްކޮޅަށް ބަލާލާފައި ފުން ނޭވާއެއްލިއެވެ. “ޒިޔާން އަޅުގަނޑުމެންގެ ދުނިޔެ ވަރަށް ތަފާތު. އެކަމަކު…” އޭނާ ޒިޔާންގެ މޫނަށް ބަލާލިއެވެ. ޒިޔާންގެ ލޮލުން ފެންނަނީ އާދޭހެވެ. “އެކަމަކު ޒިޔާން ރަނގަޅު މަގު އިޚްތިޔާރު ކުރާނަމަ އަޅުގަނޑު ހުންނާނަން އެހީތެރިއެއްގެ ގޮތުގައި.”

ޒިޔާން ހޮސްޕިޓަލުން ނިކުމެ އޭނާ ބަލާ އައިސް އޮތް ކަޅު ކާރަށް އެރިއިރު މުޅި މާހައުލުން ދުވަނީ ކުރިން އޭނާއަށް އާދަވެފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ވަހެވެ. ކާރުގެ ތެރޭގައި ތިބި އިއްކޮއާއި ބޮޑޭ ތިބީ ވަރަށް ފޯރީގައެވެ. “ކަޅޭ. ކަލޭ ތިއައީ ހަމަ ބަރާބަރު ވަގުތަށް.” އިއްކޮ ސިނގިރޭޓެއް ރޯކޮށްލަމުން ބުންޏެވެ. “އަހަރެމެން މި ތިބީ ތައްޔާރަށް. މިރޭ އެ ސޮރުމެންނަށް ދައްކާލާނަން އަހަރެމެންނާ ކުޅުނީމަ ވާގޮތް.”

ޒިޔާން އެއްޗެކޭ ނުބުނެ ކާރުގެ ބޭރު ބަލަހައްޓައިގެން އިނެވެ. އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ޝިފާ އާއި ދާދި ދެންމެއަކު ދެކެވުނު ވާހަކައެވެ.

އިއްކޮ މިރޭ އެއްވެސް ކަމެއް ނޯންނާނެ.” ޒިޔާންގެ އަޑު އިވުމުން ކާރުގެ ތެރެއަށް ކުއްލި ހަމަހިމޭންކަމެއް ވެރިވިއެވެ. “ކީކޭ؟” ބޮޑޭ ހައިރާންވެފައި އަހާލިއެވެ. “ކަޅޭ ކަލޭ ތި ބުނަނީ އަހަރެމެންނަށް މިހާ ބޮޑު ލަނޑެއް ދިން ބަޔަކު ދޫކޮށްލާށޭތަ؟” މަ ބުނި އެއްޗެއް ސާފެއް ނުވޭތަ؟” ޒިޔާން ބޮޑޭ ލޮލަށް ސީދާ ބަލާލިއެވެ. އޭނާގެ ލޮލުގައި ކުރިން ހުންނަ ރަހުމެއް ނެތް ވިދުވަރުގެ ބަދަލުގައި މިފަހަރު ހުރީ ސާބިތުކަމެވެ. “ބަދަލުހިފުމުގެ މި ސިލްސިލާ މިހިސާބުން ނިމުނީ. މަ ބޭނުމެއް ނޫން އިތުރު ލޭ އޮހޮރުވުމެއް.”

“ކަލޭ ތި ހުރީ އެ ނަރުސް ކުއްޖާ ދިން ބޭހުން މޮޔަވެފަ ބާ؟” ބޮޑޭ މަލާމާތުގެ ރާގަކަށް ބުންޏެވެ.

ޒިޔާން ވަގުތުން ބޮޑޭގެ ގަމީހުގެ ގިރުވާނުގައި ހިފާ ބާރުކޮށްލިއެވެ. “އޭނަގެ ވާހަކަ ދައްކާއިރު އިހުތިރާމާއެކު ވާހަކަދައްކާ. އޭނާއަކީ މަގޭ ފުރާނަ ސަލާމަތްކުރި ކުއްޖާ. އަދި އޭނަ ބުނީ ތެދެއް. އަހަރެމެން މި އުޅޭ އުޅުމަކީ މޮޔަކަމެއް.” ޒިޔާން ބޮޑޭ ދޫކޮށްލުމަށްފަހު ފުން ނޭވާއެއްލިއެވެ. “މަ ބޭނުންވަނީ މި ހުރިހާ ކަމަކުން ދުރަށްދާން. ކަލޭމެންނަށް އޮތީ ދެ ގޮތް. މަށާއެކު ރަނގަޅު މަގު އިޚްތިޔާރުކުރުން ނޫނީ މިހިސާބުން އަހަރެމެންގެ ގުޅުން ކަނޑާލުން.”

ކާރުގެ ތެރޭގައި އޮތީ ހަމަހިމޭންކަމެކެވެ. އިއްކޮއާއި ބޮޑޭ އެކަކު އަނެކަކަށް ބަލާލިއެވެ. އެމީހުންގެ ލީޑަރު މުޅި ގްރޫޕުގެ ބާރު ކަމަށްވާ ކަޅޭ މިފަދަ ބޮޑު ނިންމުމެއް ނިންމަފާނެ ކަމަކަށް އެމީހުން އުންމީދެއް ނުކުރެއެވެ.

ޒިޔާން ކާރުން ފޭބީ އޭނާގެ ކުޑަ ކޮޓަރި ހުންނަ ގޯޅިގަނޑު ކައިރިއަށެވެ. އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ ނުދަންނަ ނަންބަރަކުން އައި މެސެޖެކެވެ.

ގެއަށް ދެވުނީތަ؟

އެއީ ޝިފާ ކުރި މެސެޖެއް ކަން ޔަޤީންވުމުން ޒިޔާންގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފާޅުވިއެވެ. އޭނާގެ އަނދިރި ދިރިއުޅުމުގެ ތެރެއަށް ފުރަތަމަ ފަހަރަށް އުންމީދުގެ އަލިކަމެއް ވަދެއްޖެކަން އޭނާއަށް އިހުސާސްވިއެވެ. އޭނާ ފޯނުގައި ލިޔެލިއެވެ.

އާނ ގެއަށް ދެވިއްޖެ. އަދި.. ބަދަލުވާން ވެސް ފަށައިފިން.

ޒިޔާންގެ އެ ނިންމުމަކީ އޭނާ ހީކުރި ވަރަށްވުރެ ނުރައްކާތެރި ނިންމުމަކަށް ވެގެން ދިޔައެވެ. ކުށުގެ ދުނިޔެއަކީ ވަނުން ފަސޭހަ ނަމަވެސް ނިކުތުން އުނދަގޫ ތަނެކެވެ. ޒިޔާން އޭނާގެ ކުޑަ ކޮޓަރީގައި އޮށޯވެލައިގެން އޮއްވާ، ކުއްލިއަކަށް ދޮރުގައި ބާރަށް ޓަކި ޖަހާލި އަޑު އިވުނެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އިއްކޮއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. “ކަޅޭ! މިތާ މަޑުނުކުރޭ. އަވަހަށް މިތަނުން ސަލާމަތްވޭ.” އިއްކޮގެ އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. “ޝާކްއަށް އެނގިއްޖެ ކަލޭ ގްރޫޕް ދޫކޮށްލަން އުޅޭކަން. އޭނަ ބުނީ ކަލޭގެ އަތުގައި ހުރި ހުރިހާ މައުލޫމާތަކާއެކު ކަލޭ ދޫކޮށްލުމަކީ އޭނަގެ ވިޔަފާރިއަށް އޮތް ނުރައްކަލެކޭ.”

“މީ ބިރުން ފިލާހާ ފިނޑި މީހެއް ނޫން. މަ ބޭނުންވަނީ މި ހުރިހާ ކަމެއް ނިންމާލަން.” އޭނާގެ ފައިގައި އަދިވެސް ރިހުމެއް ހުރި ނަމަވެސް އޭނާގެ އަޒުމް މިއަދު މާ ވަރުގަދައެވެ. “ކަޅޭ. މީ ތި ހީކުރާހާ ފަސޭހަ ކަމެއް ނޫނޭ.

އެމީހުން މިހާރު ތިބީ މި ގޯޅިގަނޑު ކައިރީގައި.” އިއްކޮ ބުންޏެވެ. އެވަގުތު ޒިޔާންގެ ފޯނަށް މެސެޖެއް އައެވެ. އެއީ ޝިފާގެ މެސެޖެކެވެ. ”ޒިޔާން ހުރިހާ ކަމެއް ރަނގަޅުތަ؟ އަޅުގަނޑުގެ ހިތް ބުނަނީ ކޮންމެވެސް ކަމެއް ގޯސްވާން އުޅެނީއޭ.” ޒިޔާން އެ މެސެޖު ކިޔާލާފައި އިއްކޮއަށް ބަލާލިއެވެ. “އިއްކޮ މަށަށް އެހީވެދީ. މަ ބޭނުމެއް ނޫން އަނެއްކާވެސް މީހެއްގެ ލޭ އޮހޮރުވާކަށް. އެކަމަކު މިރޭ މަގޭ ފުރާނަ ސަލާމަތްކުރަން މަށަށް ޖެހޭނެ ނިކުންނަން.”

ޒިޔާން ގޯޅިގަނޑަށް ނިކުތްއިރު ހަތަރު ފަސް މީހަކު ތިބީ އޭނާގެ އިންތިޒާރުގައެވެ. އެމީހުންގެ އަތުގައި ދަގަނޑު ބުރިބުރިއާއި ވަޅި ހުއްޓެވެ. އެއީ ކުރީރޭ ގޯޅިގަނޑުން އޭނާއަށް ހަމަލާދިން މީހުންނެވެ.

“ކަޅޭ! ކަލޭ ހީކުރީ ހޮސްޕިޓަލުން ސަލާމަތްވީމަ މުޅި އުމުރަށް ސަލާމަތްވީ ކަމަށްތަ؟” އޭގެ ތެރެއިން އެކަކު ކުރިއަށް ޖެހިލަމުން ބުންޏެވެ.

މަ މިތަނަށް މިއައީ ތި މީހުންނާ ތަޅާފޮޅާކަށް ނޫން” ޒިޔާން ހަމަޖެހިލާފައި ބުންޏެވެ. “ޝާކް ގާތު ބުނޭ މަގޭ އަތުގައި ހުރި އެއްވެސް މައުލޫމާތެއް މަ ނޫޅެމޭ ބޭނުންކުރާކަށް. މަ ބޭނުންވަނީ ހަމައެކަނި މިކަމުން ދުރަށްދާން.” އެމީހުން ހީނގަތެވެ. “ކަލޭ ދުރަށްދާނީ ކަލޭގެ މަސްގަނޑު މިތާ ބާއްވާފަ” އެމީހުން ޒިޔާންއާ ދިމާލަށް ދުއްވައިގަތެވެ. ޒިޔާންއަށް ޖެހުނީ އަމިއްލަ ނަފުސު ސަލާމަތްކުރަން ހަނގުރާމަކުރާށެވެ. އޭނާގެ ފައިގެ ޒަހަމަށް ތަދުވަމުން ދިޔަސް އޭނާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ނަމަވެސް މިފަހަރު އޭނާގެ އަމަލުތައް ތަފާތެވެ. އޭނާ މަސައްކަތް ކުރީ މީހަކަށް ބޮޑު އަނިޔާއެއް ނުދީ ހަމައެކަނި އެމީހުންގެ ހަމަލާތަކުން ރެކޭށެވެ.

އެ ދަނޑިވަޅުގައި ދުރުން ޕޮލިސް ކާރުގެ ސައިރަން އަޑު އިވެން ފެށިއެވެ. އިއްކޮ ވަނީ ސިއްރުން ފުލުހުންނަށް ގުޅާފައެވެ. ގޭންގް މީހުން އަވަހަށް ބިރުން އެކި ދިމަދިމާލަށް ދުއްވައިގަތެވެ.

ޒިޔާން ވަރުބަލިވެގެން ފާރުގައި ލެނގިލިއެވެ. އޭނާގެ ފައިން އަނެއްކާވެސް ލޭ އަންނަން ފަށައިފިއެވެ. އޭނާ ފޯނު ނަގައި ޝިފާއަށް މެސެޖެއް ކޮށްލިއެވެ. ޝިފާ… އަނެއްކާވެސް އެހީއަކަށް ބޭނުންވެއްޖެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 22

Next

ތިޔައީ ހަނދޭ-4

Next
January 7, 2026

ތިޔައީ ހަނދޭ-4

Previews
January 7, 2026

ހިތް އެދޭ މަންޒިލަކީ… 22

11 Comments!

  1. Fiza says:
    January 7, 2026 at 12:08 pm

    Vrh reethi. Ziyange hiyvarah hama saabas. Miadhu adhi innaane dhoa eh episode. Mee iyyege episode ennu. Next episode ah hama kehmadhu. Vrh loabi vaahaka eh. ❤️

    1. Ara Ara says:
      January 7, 2026 at 2:56 pm

      Thank you so much. Insha Allah today new episode eh kiyaalan libeyne. 😊

  2. Shaba_73 says:
    January 7, 2026 at 1:05 pm

    Mi part vx vrh reethi MA!!
    Mihaaru thafaathu ziyern eh dhw!!
    Ziyern islaah vaathy vrh happy 😀….
    Curiously waiting for the next part when’s next??
    Miadhu Adhi up kohlaanan dhw??

    1. Ara Ara says:
      January 7, 2026 at 2:57 pm

      Thank you so much. Yes today next episode. 😊

  3. Anonymous says:
    January 7, 2026 at 4:21 pm

    Varah furihama.. Kiyaalaa hithun indha mi part ves mi nimunee waiting for next part.

    1. Ara Ara says:
      January 7, 2026 at 6:43 pm

      Thank you so much 😊🫶🏻

  4. 😶‍🌫️Raajiha 😶‍🌫️ says:
    January 7, 2026 at 7:51 pm

    When is next???

    1. Ara Ara says:
      January 7, 2026 at 9:06 pm

      Upload kuran laafa inaanee afternoon ga. Pending ga inee

  5. 😶‍🌫️Raajiha 😶‍🌫️ says:
    January 7, 2026 at 9:32 pm

    Aney..
    Vaahakaeh bunantha???thankolheh faseyhavaane kannaynge eyrun kiyuntherinnahves..ekam Ara ah furathamakolhu undhagoo vedhaane..but mi vaahaka reethi veema hama buneley ♥️❣️

  6. 😶‍🌫️Raajiha 😶‍🌫️ says:
    January 7, 2026 at 9:40 pm

    Aney vaahakaeh bunantha.. hama mi vaahaka reethi veema bunelan baynunvaathee😭
    But furathamakolhu undhagoovedhaane kanneynge liyuntheriyaa ah…..
    Ekam kiyuntherinnah faseyhavaane kannaynge😁

    👉Komme dhuvahaku vaahaka genevidhaanetha??
    👉Kommedhuvahaku nugenevennaa how about dhedhuvahun ehdhuvahu?!?but 2 bai ekkoh🫠😅🥺

  7. 😶‍🌫️Raajiha 😶‍🌫️ says:
    January 8, 2026 at 6:02 am

    Aney..
    Varah madhun vias can u do 2 parts ekkoh
    Hama reethi kamun buneley hehe 💙
    How old r u?!?

Comments are closed.

Next Episodeހިތް ކަލާއަށް އެދޭތީ 5←


All Right Reserved!