އަލަން މަޑުމަޑުން ލާނާގެ ޓީޝާޓުގައި ހިފައިލިއެވެ. ވާންމިއުޅެނީ ކީއްކަން ލާނާގެ ސިކުނޑިއަށް ވިސްނޭކަށް ގިނައިރެއް ނުނެގިއެވެ. ލާނާގެ ހަށިގަނޑު ބިރުން ރޫރޫއަޅައިގަތެވެ. ޓީޝާޓުގައި ހިފި އަލަންއަށް މަޑުޖެހުމެއް އައީ ބިރުންތެޅިގަތް ލާނާފެނިފައެވެ. އޭރު އެމޫނުން ފެންނަނީ ހިތްދަތިކަމެވެ. ލާނާގެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުން ދިޔައެވެ. މަޑު ގިސްލުމެއް އެއަޑުގައި އެކުލެވިގެންވިއެވެ. އަލަން ހިނދުކޮޅަކަށްނަމަވެސް ލާނާގެ މޫނާއި ދުރުވެލިއެވެ. އެމޫނުން އަލަންއަށް ފެންނަނީ މައުސޫމުކަމެވެ. “އަލަން ހެޔޮނުވާނެ އަހަންނަށް ތިހެން ނަހަދާ. އަލަން ބުނިހައި ގޮތެއް ހަދައިގެން އަހަރެން […]
ކީއްވެކަމެއް ނޭނގެއެވެ. ލާނާ އެގޮތަށް ރޯތަންފެނި އަލަންގެ ހިތަށް ބުނަން ނޭނގޭކަހަލަ އުނދަގުލެއްވަނީއެވެ. ނުރޮއި ހުއްޓާލާށޭ ބުނާހިތްވަނީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަލަން އޭނާގެ މަގްސަދު ހަނދާންވެ މޫނު އަނބުރައިލުމަށްފަހު ދިއުމަށްޓަކައި ހިނގައިގަތެވެ. އަލަން ނުކުމެގެން ދިޔައިރުވެސް ލާނާ އެއިންގޮތަށް ރޯންއިނެވެ. ހިތާއި ދެކޮޅަށް މިޖެހެނީ އެންމެ ލޯބިވާ ފަރާތާއި ވަކިވާށެވެ. ލާނާ އެތައްއިރެއް ވަންދެން ރޯންއިންނަމަވެސް ހިތްފުރޭވަރެއް ނުވިއެވެ. ރޯންއިން ލާނާ ސިހިގެންދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އަލަންއެވެ. ލާނާގެ ކެތްތެރިކަން ކޮޅުންލިކަހަލައެވެ. […]
ލާނާ އެންމެފަހުން ތެދަށް ކިޔައިދިނީތާއެވެ. ދެން ކަންތައްވާނީ ކިހިނެއްހެއްޔެވެ.؟ ލާނާއަށް އެހައި ހިތްވަރު ލިބުނީ ކިހިނެއްހެއްޔެވެ؟ އެންމެންގެ މޫނުން ފާޅުވަނީ ހައިރާންކަމެވެ. އާލާ އިނީ ދެރަވެފައެވެ. އާލާއަށް ލާނާ ވަރަށް ކަމުދިޔައެވެ. އަލަންއާއި ލާނާގެ ކައިވެނީގެ ހަބަރުން އެންމެ އުފާވި އެކަކީ އާލާއެވެ. މިކަމާ އެންމެ ދެރަވީ އާސިފާއާއި ޝާކިރެވެ. ލާނާއަކީ ރަނގަޅު ކުއްޖަކަށްވެފައި އެންމެންވެސް އުންމީދުކޮށްގެން ތިބީ މިކައިވެނީގެ ސަބަބުން އަލަންގެ އުޅުން ރަނގަޅުވެގެންދާނެކަމަށެވެ. “ދަރިފުޅާ އަލަން. ދަރިފުޅު އަނެއްކައި ލާނާ ހިތްހަމަނުޖެހޭ ކަމެއް ކުރީތަ. […]
ކެބިންއަށް ވަންނަންއައި އަލަން ސިހުނީ ކުއްލިއަކަށް ކުރިމައްޗަށްއެރި ލާނާ ފެނިފައެވެ. ލާނާގެ ލޮލުން އަލަން އަނދާއަޅިއަށް ހަދާފާނެހެންވެސް ހީވެއެވެ. ކުއްލިއަކަށް ލާނާ އަލަން ފަހަތަށް ކޮއްޕާލިއެވެ. ނުވިސްނާހުރި އަލަންގޮސް ފަހަތަށް ބިންމަށްޗަށް ވެއްޓުނެވެ. އެވަގުތު އޮފީސް ތެރޭގައި ކުޅިބަލަންތިބި އެންމެން ހޭންފެށިއެވެ. ހާއްސަކޮށް ފިރިހެންވެރިންނެވެ. “ކަންފަތް ހުޅުވައިގެން އަޑުއަހާ ޔޫސުފް އަލަން ޝާކިރު. މީގެ ފަހުން މަގޭ ގައިގަ ތި މުޑުދާރު އަތުން އަތްލާން ހިތަށްވެސް ނާރުވާތި. އަލަން ހީކުރަނީ އަހަރެންމީ ކުޅެން ގެންގުޅޭ ބުދެއްކަމައްތަ. ހީނުކުރާތި […]
“ހާއި. އައި އޭމް އަލަން. ލާނާގެ ވާންއުޅޭ ފިރިމީހާ.” އަލަން ވިހަ ގޮތަކަށް ހީލަމުން އިދާންއާއި ސަލާމް ކުރަން އަތްދިއްކޮށްލިއެވެ. އިދާން ނުކުރަން ހުރެފައިވެސް ސަލާމް ކުރީ ހަސީނުމެން ތިބީމައިއެވެ. ލާނާ ނުގޮސްވޭތޯ ދެއްކެންއޮތް ބަހަނާއެއް ދެއްކިއެވެ. ނަމަވެސް ބައްޕަމެންގެ އެދުމާއި ދެކޮޅު ހަދަން ނުކެރުމުން ދާން އެއްބަސްވިއެވެ. އަލަންގެ ތުންފަތާއި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ. އަނެއްކޮޅުން އިދާންގެ ހިތްކުދިކުދިވެފައި އިންނަން ޖެހުނީއެވެ. ވާހަކަ ދައްކަން އަނގަހުޅުވާލައި ކޮންމެ ބުރަކު އަލަން ކޮންމެވެސް އެއްޗެއް ބުނެއެވެ. އަލަން […]
ލާނާ ފަހަތަށް ޖެހެމުންގޮސް ފާރުގައިޖެހުނެވެ. ދެންހަދާނެ ގޮތެއް ނޭނގިފައި ހުރި ލާނާ ސިހުނީ އަލަން ގުދުވެ އޭނާގެ ކޮލަށް ދޮނެއް ދިނުމުންނެވެ. “އަލަން މޮޔަވަނީތަ. ދުރައްދޭ ހަމަ މިހާރު. ކޮން އަންހެނުންނެކޭ ކިޔާކަށް. ޔޫ ވިޝް އަލަން. ދުވަހަކުވެސް ތި އަލަންއާ ނީންނާނަން.” އަލަން ދުރަށް ކޮއްޕައިލަމުން ލާނާ ބާރަށް ބުންޏެވެ. އެއިރު ލާނާގެ ލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. އަލަން ލޭ ކެކިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. ލާނާގެ ދެއަތުގައި ހިފައި ފާރަށް ތަތްކޮށްލުމަށްފަހު އެތުންފަތުގައި […]
” ހަގް ކުރާނެ ވަރަކަށް ހަގްކުރޭ. ދުވަސްކޮޅަކުން އިދާންގެ ސައިކަލުވެސް ނުފެންނާނެ މަންޖެ ލޮލަށް.” އިދާންގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ސައިކަލުމަތީއިން ލާނާފެނި އަލަން ބުނެލިއެވެ. ****** ދުވަހުގެ ބާކީއޮތްބައި ނިމިގެންދިޔައީވެސް އެކަހަލަ ގޮތަކަށެވެ. ލާނާއާ ގިނަމީހުން ވާހަކައެއްނުދައްކައެވެ. ނަމަވެސް އޮފީހުގައި އުޅޭ ފިރިހެންކުދިން ލާނާއާ ވާހަކަ ދައްކަން ވަރަށް މަސައްކަތްކުރެއެވެ. ލާނާވެސް ހުރިހާ އެންމެންނާ ވާހަކަދެއްކިއެވެ. އެހެންކަމުން ފުރަތަމަ ދުވަހާއި އަޅާބަލާއިރު ފުދޭވަރަކަށްގިން ރަހުމަތްތެރިން ލާނާއަށް ލިބުނެވެ. ހުޒާމްވެސް ލާނާއާ ސަކަރާތްޖަހާ ހެދިއެވެ. އަލަން އުޅުނީ ލާނާގެ […]
“ހާއި. ލާނާ މުހައްމަދު ހަސީން”. ލާނާ ސަލާމަށް އަތްދިއްކޮށްލިއެވެ. ކަންދިމާކުރިގޮތުން އެވަގުތު ވީ އަލަންވެސް ސަލާމަށް އަތްދިއްކޮށްލި ވަގުތަށެވެ. ކުރިމަތީ ހުރި އަންހެންކުއްޖާއަށް ބަލައިލި ވަގުތު އަލަން އަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ބާރަށް ޖެހިހެންނެވެ. ކަޅިޖަހާލަންވެސް ނޭނގިފައި އަލަން ހުރީ ކުރިމަތިންފެންނަން ހުރި މަންޒަރު ގަބޫލުނުކުރެވިފައެވެ. އެއީ ހަމަ އެ މޫނެވެ. އެ އަޑެވެ. އަލަން އަކަށް އެއަޑެއް ނޯޅޭނެއެވެ. އަލަންގެ ލޭ ކެކިގަތެވެ. ސަލާމަށް ދިއްކުރި އަތްވެސް ތިރިކޮށްލެވުނީ އިހްތިޔާރުންބޭރުގައެވެ. ލާނާއަށްވެސް ވީ […]
ގ.ވިނައަށް ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭހެންނެވެ. ގޭތެރެ ކުރެވުނުހައި ރީއްޗެއްކޮށް މީރުހެންހީވާ ކާއްއެއްޗެހި ތައްޔާރުކުރުމުގައި ނޯކަރުން އަވަދިނެތި އުޅެއެވެ. ގެއަކީ ތަނަވަސް ބޮޑުގެއެކެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ޝާކިރުއަކީ މުޅިމާލެއަށް ނަންމަޝްހޫރު ވިޔަފާރިވެރިއެކެވެ. އެންމެ ކުރީސަފުން ގުނާލެވޭނެ އެކަކެވެ. ގްރީންލީފް ކޮމްޕެނީ އެންޑް ޕްރައިވެޓް ލިމިޓެޑްގެ ބާނީއެވެ. އޭނާގެ އަންހެނުން އާސިމާއަކީ އެންމެންގެ މެދުގައި މަގްބޫލު ކުޅަދާނަ ފެހުންތެރިއެކެވެ. އެހެންކަމުން އެމީހުންގެ ތަނަވަސްކަން އިންތިހާއެވެ. 10 ބުރީގެ ބޮޑު ޢިމާރާތްވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ. […]