ކުށަކާނުލައި- 7ވަނަބައި
ލާނާ އެންމެފަހުން ތެދަށް ކިޔައިދިނީތާއެވެ. ދެން ކަންތައްވާނީ ކިހިނެއްހެއްޔެވެ.؟ ލާނާއަށް އެހައި ހިތްވަރު ލިބުނީ ކިހިނެއްހެއްޔެވެ؟
އެންމެންގެ މޫނުން ފާޅުވަނީ ހައިރާންކަމެވެ. އާލާ އިނީ ދެރަވެފައެވެ. އާލާއަށް ލާނާ ވަރަށް ކަމުދިޔައެވެ. އަލަންއާއި ލާނާގެ ކައިވެނީގެ ހަބަރުން އެންމެ އުފާވި އެކަކީ އާލާއެވެ. މިކަމާ އެންމެ ދެރަވީ އާސިފާއާއި ޝާކިރެވެ. ލާނާއަކީ ރަނގަޅު ކުއްޖަކަށްވެފައި އެންމެންވެސް އުންމީދުކޮށްގެން ތިބީ މިކައިވެނީގެ ސަބަބުން އަލަންގެ އުޅުން ރަނގަޅުވެގެންދާނެކަމަށެވެ. “ދަރިފުޅާ އަލަން. ދަރިފުޅު އަނެއްކައި ލާނާ ހިތްހަމަނުޖެހޭ ކަމެއް ކުރީތަ. ކީއްވެތަ އޮޅެންވީ އެކަމަކު. މަންމަމެން ހާދަ އުންމީދެއްކުރީމޭ މިކައިވެންޏަށް. ” ހަގީގަތުގައިވެސް އާސިފާ އިނީ ވަރަށް ދެރަވެފައިއެވެ. އަލަންއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ބުނާނީވެސް ވަކި ކީކޭހެއްޔެވެ؟ ވިސްނިވަރަކަށް ސިކުނޑިއަށް ބާރުވުންނޫން ކަމެއްނުވެއެވެ. އަލަންއަށް ދޭނެ ޖަވާބެއް ނުވިސްނުންތައި ދުލަށް ބަހެއްވެސް ނައެވެ. އަލަން ވަކިވަކިން އެންމެންގެ މޫނަށް ބަލައިލިއެވެ. އެންމެން ތިބީ ދެރަވެފައިކަން އެމޫނުތަކަށް ބަލައިލުމުން އިނގެއެވެ. ހާއްސަކޮށް ޝާކިރުއާއި އާސިފާއެވެ. އިތުރަށް އެންމެ ހިދުކޮޅަކުވެސް އެތާ މަޑުކުރާކަށް އަލަންއަކަށް ނުކެރުނެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި އަލަން ތެދުވެގެން ކޮޓަރިއަށްވަދެ ބާރަށް ދޮރުޖެހިއެވެ. އެއަށްފަހު ފަހަރަކު މީހަކު އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ. ކާންބޭނުންވެފައިހުރި އެއްވެސް މީހެއް ހުރިހެންނެއް ހިއެއް ނުވެއެވެ.
ކޮޓަރިއަށް ވަނުމާއިއެކު އަލަން ހުރިހާ އެއްޗެއް އެކި ތަންތަނަށް އުކާލިއެވެ. ބޮލަށް ކުޑަވެސް ލުޔެއްލިބޭތޯއެވެ. ވިސްނިވަރަކަށް އަލަންގެ ބޯ އިތުރަށް ހާސްވިއެވެ. ކުއްލިއަކަށް މިވީ ކިހިނެއްހެއްޔެވެ؟ ލާނާ ކިބައިން ބަދަލު ހިފުމަށްކުރި ހުރިހައި މަސައްކަތެއް ބޭކާރުވީ ހެއްޔެވެ؟ އަލަން ބޭޒާރުކޮށްލުމަށްފަހު ލާނާއަށް އުފަލުގައި އުޅެވެނީ ހެއްޔެވެ؟ އެހެންވެގެން ނުވާނެއެވެ. ލާނާއަށް އުފަލުގައެއް ނޫޅެވޭނެއެވެ. ލާނާ ޖެހޭނީ އޭނާކުރި ކަންތަކުގެ ބަދަލު ދޭށެވެ. “ތިންކް އަލަން ތިންކް. ލާނާއަށް އެހެންނެއް ނުދެވޭނެ. ޔޫ ހޭވް ޓުޑޫ ސަމްތިންގް” އަލަން ދެން ކަންތައް ކުރަންވީގޮތެއް ވިސްނޭތޯ މަސައްކަތްކުރިއެވެ. އެއްލިކަޅިއަކުން އަލަންގެ ލޮލުގައި އަޅައިގައިގަތީ ޑްރެސިންގް ޓޭބަލް މަތީގައިއޮތް ފިޔޮއްސެކެވެ. އެވަގުތު އަލަންގެ ތުންފަތާއި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ.
************************
އިދާންއަށް ގުޅައިގެންއޮތް ލާނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ. އަލަންގެ އުނދަގުލުން ސަލާމަތްވުމުން ލާނާހުރީ ވަރަށްބޮޑަށް ހިތްހަމަ ޖެހިފައެވެ. އިދާންގެ ހާލަކީވެސް މިއެވެ. ލާނާ އެ އުފާވެރި ހަބަރު ދިނީއްސުރެއް އުފަލުން ހީވަނީ އެހެންކަމެއް ހެންނެވެ. “ލާލާ ހިނގާ މެރީ ކުރަން އަވަހަށް. އިދީ ބޭނުމެއްނުވޭ ދެން އިތުރަށް މަޑުކުރާކަށް. ބައްޕަމެން ގާތު މިވާހަކަ ދައްކަން ވީ އެންނު. އިދީ އަމިއްލައަށް މިރޭ ގޮއްސަވެސް މިވާހަކަ ދައްކާފާނަމޭ.” އިދާން ހީވީ ކުޑަކުއްޖެއް ހެންނެވެ. ކަންތައްތައް ވީ ގޮތުން އިދާންގެ ހިތުގައި ބިރުވެރިކަންވަނީ އުފެދިފައެވެ. ލާނާ ގެއްލޭކަށް އިދާން ބޭނުމެއް ނުވެއެވެ. އެހެންކަމުން އިދާން ބޭނުންވަނީ ލާނާއާއި އަވަހަށް އިންނާށެވެ. “ހެ ހޭ އިދީ. ހާދަ އަވަސްއަރުވައިލައިގެންނޭ ތިއުޅެނީ. އިދީ ހާސްނުވެބަލަ. އަލަންގެ އުނދަގުލެއް ދެނެއް ނުޖެހޭނެއޭ” ލާނާ ބޭނުންވީ އިދާންގެ ނުތަނަވަސްކަން ފިލުވައިދޭށެވެ. ނަމަވެސް އިދާން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. “އޯކޭ ފައިން. އިދީ އަންނާނެ ކަމެއްނެތޭ. ލާލާ އަމިއްލައަށް ޑޭޑް ކައިރީ މެރީ ކުރާވާހަކަ ދައްކާންނަން މިރޭ. ދެންދޭ ކާން. ޑޭޑް ކައިރީ މިވާހަ ދައްކާފަ ގުޅާނަން. އައި ލަވް ޔޫ.” ލާނާ ހެމުންހެމުން ފޯނު ކުރުކޮށްލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ލާނާ ސިޓިންގްރޫމަށް ނުކުތެވެ. އޭރު ހަސީނާއި ފާހިރާ ތިބީ ސޯފާގައި ޓީވީ ބަލާށެވެ. ލާނާ ނުކުތީ ކައިވެނީގެ ވާހަކަ ދައްކާށެވެ. ހަގީގަތުގައި ލާނާވެސް އިތުރަށް ދެން ކައިވެނިނުކޮށް މަޑުކުރާކަށް ބޭނުމެއް ނޫނެވެ. އަލަން ކަމެއް ކުރާނެ އިރެއް އިނގޭނީއެއް ނޫނެވެ. ހަމަގައިމުވެސް އަލަންއަކީ ކުޅިބަލަން ހުންނާނެ މީހެއްނޫނެވެ. ލާނާ މަޑުހިނގުމެއްގައި އައިސް ސޯފާގައި އިށީނެވެ. “ޑޭޑް. ވާހަކައެއް ދައްކަން ވެގެން.” ލާނާ ޖެހިލުމެއްނެތި ބުނެލިއެވެ. ހަސީނުމެންނަށް އިދާންއާއި ލާނާގެ ގުޅުން އިނގުންފަހުން ލާނާ އެވާހަކަ ދައްކަން މިހާރު ޖެހިލުމެއްނުވެއެވެ. “ކިހިނެއްވީ ދަރިފުޅާ. ކޮންވާހަކައެއް ދައްކަންތަ؟” ހަސީނު ޓީވީ ނިއްވައިލުމަށްފަހު ލާނާއާއި ދިމާލަށް އެނބުރިލިއެވެ. ލާނާ ހިންދިރުވައިލުމަށްފަހު ފެށިއެވެ. “ލާލާ ބޭނުންވަނީ…” ލާނާގެ ވާހަކަ މެދުކެނޑުނީ ގޭގެ ބެލްއެޅި އަޑަށެވެ. އެންމެން އެއްފަހަރައި ދޮރާދިމާއަށް ބަލައިލިއެވެ. “ރެޝްމާ.. ރެޝްމާ.. ދޭބަލަ ދޮރުހުޅުވަން.” ގޭގައި މަސައްކަތްކުރަން ގެންގުޅޭ ކުއްޖާއަށް ފާހިރާ ގޮވައިލިއެވެ. ރެޝްމާގޮސް ދޮރުހުޅުވައިލިއެވެ. އެވަގުތު މާބޮނޑިއެއް ހިފައިގެން އެތެރެއަށްވަތް އަލަންފެނި ލާނާއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.
“އަ.. އަ.. އަލަން” ލާނާއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. އަލަން ލާނާއަށް ހިނިތުންވެލިއެވެ. އެއީ ރަނގަޅު ސިގްނަލެއް ނޫންކަން ލާނާގެ ސިކުނޑިއަށް ވިސްނެން ގިނައިރެއް ނުނެގިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭ ކަހަލަ އިހުސާސެއް ލާނާއަށްވިއެވެ. ފަހަރުގައި ބޯމަތިވެފައިއޮތް ތޫފާނުގެ ހިލަން ލާނާއަށް ވީއެވެ. ލާނާގެ ހިނިތުންވުން އެއްކޮށް ފިލައި ދިޔައެވެ. އަލަންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ލާނާގެ މޫނުން ވަކިނުވެއެވެ. އަލަން މަޑު ހިނގުމެއްގައި އައިސް ލާނާގެ ކުރިމައްޗަށް ހުއްޓުނެވެ. “އަހާނ އަލަން. ކޮބާ ކިހިނެއް. ކަމަކުތަ ތިއައީ؟” ހަސީނު ސުވާލުކޮށްލިއެވެ. “އެބުނާހެން އެކޮއި އަލަން. އަނެއްކައި ހުރިހާކަމެއް ރަނގަޅުތަ.” މާ ނުވަގުތެއްގައި ކުއްލިއަކަށް އަލަން އައުމުން ފާހިރާ އަހައިލިއެވެ. އަލަން ހަސީނުމެންނާއި ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އަދި ހަސީނުއާއި ސަލާމްކޮށްލިއެވެ. “އިރާދަ ކުރެއްވީތީ ހުރިހާ ކަމެއްވެސް ރަނގަޅު. ކުރިއަށް އޮތްތާ އަދި މާބޮޑަށް ރަނގަޅުވާނެ.” އަލަން މާނަފުން ގޮތަކަށް ލާނާއަށް ބަލައިލިއެވެ. ލާނާ އަދިވެސް ހުރީ ކޮޅަށެވެ. ފަހަރުގައި އަލަން އެ ބުނިބަހުގެ މާނަ ދޭހަވީ ހަމައެކަނި ލާނާއަށެވެ. “ހަސީނުބޭމެންގެ އެއްވެސް މައްސަލައެއް ނެތިއްޔާ އަހަރެން ލާލާއާއި ވަކިން ވާހަކަ ދައްކާލަން ބޭނުން.” އަލަން މަޑުމައިތިރި ކަމާއިއެކު އެހެން ބުނެލުމަށްފަހު އަތުގައި އޮތް މާބޮނޑި ލާނާއަށް ދިއްކޮއްލިއެވެ. އަލަންގެ މި އަމަލުން ލާނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަލަންގެ އެކްޓިންގް އެހައިވެސް މޮޅެވެ. ފިލްމުތަކުގައި އެކްޓުނުކުރަނީ ކީއްވެބާއޭ ލާނާގެ ހިތަށްއެރިއެވެ.
ރުޅިއައުމުގެ ބަދަލުގައި ލާނާގަތީ ބިރެވެ. އަލަންގެ ކޮންމެވެސް ރޭވުމެއް މިކަމުގެ ފަހަތުގައި އެބަވެއެވެ. “ނު.. ނޫން. އަހަރެން ބޭނުމެއްނޫން އެއްވެސް ވާހަކައެއް ދައްކާކަށް އިތުރަށް.” ލާނާ ނުބުނަން ހުރެފައިވެސް ބުނީ އަލަންއާއި އެކަނިވާން ބޭނުންނުވާތީއެވެ. ކުރާނީ ކީއްކަމެއްވެސް އިނގެނީއެއް ނޫނެވެ. އަލަންގެ ރުޅިގަނޑު މައިތިރިވަނީ ހަމަކިރިޔާއެވެ. ލާނާ އެގޮތަށް އަދި ނުދާނެކަން އަލަންއަށް ވިސްނުނެވެ. މައްސަލައެއްނެތެވެ. އެއްގޮތް ނެތިއްޔާ އަނެއްގޮތް އޮންނާނެއެވެ. “ލާލާ ޕްލީސް. އަހަރެންނަށް ތިހެން ނަހަދާ. ދެން އަހަރެން އެހެންނެއް ނޫޅޭނަމޭ. އެންމެ ފަހަރަކު ނަމަވެސް ވާހަކަ ދައްކަބަލަ.” އަލަން ދެރަވާކަމަށް ހެދެމުން ވާހަކަ ދެއްކިއެވެ. ބަލާބެލުމަށް ކޮންމެ މީހަކަށްވެސް ހީވާނީ އަލަންހުރީ ވަރަށް ދެރަވެފައި ކަމަށެވެ. ހަގީގަތް އިނގެނީ ލާނާއަށް އެކަންޏެވެ. ލާނާއަށްވެސް ހުރީ ކަންފަތަށް އިވުން ބަސްތައް ގަބޫލުނުކުރެވިފައެވެ. އަލަން މިއުޅެނީ ކީއްކުރަންހެއްޔެވެ؟ މިހާރު މިކުޅެންފެށީ ކޮން ޑްރާމާއެއް ހެއްޔެވެ؟ ލާނާ ހުރީ ވިސްނަންވީ ކޮންއެއްޗެއްކަން ނޭނގިފައެވެ.
“ދަރިފުޅާ ލާނާ. ތިދެކުދިންގެ މެދުގައި މައްސަލައެއް ޖެހުނީތަ. އަލަންއާ ވާހަކަ ނުދައްކަނީ ކީއްވެ. ކިހާ ދެރަވެފަ އެހެރީ.” ހަސީނުއަށް މަޑަކުންނެއް ނީދެވުނެވެ. “ދެރަވެފަ މައި ފުޓް” ލާނާ ހިތާހިތުން އަލަންއަށް އެއްޗެހިގޮވިއެވެ. އަލަން ތަންވަޅުބަލައި އަނެއްކައިފެށިއެވެ. “ލާލާ ޕްލީސް. އެންމެ ފަހަރަކު ވާހަކަ ދައްކަބަލަ ހެޔޮނުވާނެ. އެކަނި ވާހަކަ ދައްކަން ބޭނުންނުވަންޏާ މިތަނުގައިވެސް މައްސަލައެއްނެތް.” ލާނާއަށް ބުނާނެ އިތުރު ހަމަ އެންމެ ބަހެއްވެސް ދުލަކަށްނައެވެ. “ދަރިފުޅާ. ދޭބަލަ އަލަންއާއި ވާހަކަ ދައްކަން ޓެރަސްއަށް. އެވަރަށް ކިޔަންޏާ ނުވާނެއެންނު ތިހެން ހަދާކަށް. ލާލާ ކޮންއިރަކުތަ ތިހައި ބޯ ހަރުވީ.” ލާނާ އެއްޗެއް ނުބުނެ ހުރުމުން ފާހިރާ ބުންޏެވެ. ލާނާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ. މަންމަމެންނަށް ހަގީގަތް އިނގޭނަމަ ލާނާ އެތަނަކަށް ނުފޮނުވާނެއެވެ. ލާނާ ހިތާއި ދެކޮޅަށް ޓެރަސް މައްޗަށްދާން އެއްބަސްވިއެވެ. އަލަންގެ ތުންފަތާއި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. “ދަރިފުޅުމެން ދޭ ޓެރަސްއަށް. ބައްޕަމެން މިދަނި ކޮޓަރިއަށް.” ހަސީނު ބޭނުންވީ ދެކުދިން ވާހަކަ ދައްކަން ފުރުސަތު ދޭށެވެ.
*******************************
ލާނާއާއި އަލަން ޓެރަސް މައްޗަށް އެރިއެވެ. އެއީ ބޮޑު ޓެރަސްއެކެވެ. އެއްފަރާތުގައި ހަތަރު ގޮނޑިއާއި މޭޒެއް ހުއްޓެވެ. ކަނެއްގައި ކޮފީ މެޝިނަކާއި ޖޯޑުވެސް ހުއްޓެވެ. އަނެއް ފަރާތުގައި ބޮޑު ސޯފާއެއް ހުއްޓެވެ. އަލަންއައިސް ހެވިފައި ގޮނޑީގައި އިށީނެވެ. ލާނާ ޖެހިގެންހުރި ގޮނޑި ދުރުކޮށްލުމަށްފަހު އިށީނެވެ. އަލަން ކައިރީ އިންނަން ބޭނުންނުވީއެވެ. ހެވިފައި އިން އަލަންގެ މޫނުފެނި ލާނާގެ ފޫހިކަން އިތުރުވިއެވެ. “އައްދޭ. ޕަޕީފޭސް. ހާދަ ދުރަކު ތި އިށީނީ. ސޯ ހައު ވޯސް މައި އެކްޓިންގް.” އަލަން ހިނިގަނޑެއް ޖަހައިލިއެވެ. “ވަރަށް ސަޅި. ކީއްވެތަ ފިލްމު ކުޅެން ނުފަށަނީ. ވަރަށް އޯޑިއަންސް ލިބޭނެ.” ލާނާ ދޫދޭކަށް ބޭނުމެއްނުވިއެވެ. އަލަންގެ ލޭކެކިގަތެވެ. ބަލާކަށްނުހުރެ ލާނާގެ އަތުގައި ހިފައި ކައިރިއަށް ގެނައެވެ. “ޕަޕީފޭސް ކީކޭ ހިތަށް އަރައިގެން ތިއުޅެނީ. ހީކުރީ ބައްޕަމެން ކައިރީ ބޭނުމެއް ނުވެއޭ ބުނީމަ މިކައިވެނި ހުއްޓުވޭނެ ކަމައްތަ. އެހެންވީއިރު ތީ ކުންހީއެއް. ލާނާ ޖެހޭނި ހަމަ މަށާ އިންނަން. އިނގެއެންނު ޔޫސުފް އަލަން ޝާކިރު ތި ލާނާ މުހައްމަދު ހަސީނު އުފަލުގަ އުޅުނަ ނުދޭނެކަން.” ފަހަރަކަށްވުރެ ފަހަރެއް އަލަންގެ އަޑު ދިޔައީ ބާރުވަމުންނެވެ. އެލޮލުން ފެންނަނީ ބަދަލު ހިފުމުގެ ރޫހެވެ. ލާނާގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ. އަލަން މިއުޅެނީ ކީއްކުރަންބާވައެވެ. ކޮންމެކަމެއް ކުރިއަސްހެޔޮއެވެ. އަލަން ޖެހޭނީ ހަތިޔާރު ބަހައްޓާށެވެ. “އަލަން ޕްލީސް. މީ މިހާރު ނިމިފައޮތްކަމެއް. ގޯ ޓު ހެލް. ހުވަފެން ބެލުން ހުއްޓަންވީއެންނު. ކުރިންވެސް ބުނިން، މިހާރުވެސް މި ބުނަނީ، އަހަރެންނެއް އަލަންއަކާއި ނީންނާނަން. ހޭވް އަ ވެރީ ގުޑްނައިޓް” ލާނާ އަތްފޮޅުވައިލުމަށްފަހު ހިނގައިގަތެވެ. އަދިވެސް ލާނާ ހުރީ ބިރުގަނެފައެވެ. ލާނާ ކުރިއަށްނެގި ފިޔަވަޅު ހުއްޓުނީ އަލަންގެ ޖުމްލައަޑުއިވިފައިއެވެ.
“އިދާން ސަލާމަތުން ބަހައްޓަން ބޭނުމިއްޔާ އަހަންނާ ކައިވެނިކުރޭ.” އަލަން ހިނިގަނޑެއް ޖަހައިލުމަށްފަހު ބުންޏެވެ. ލާނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ދެލޮލުން ކަރުނަ ފައިބައިގަތީ އިހްތިޔާރެއްނެތިއެވެ. ލާނާ އަލަންއާއި ދިމާއަށް އެނބުރިލިއެވެ. “އި.. އިދީ.. އަލަން ކީކޭތަ ތިކިޔަނީ.” ލާނާއަށް ރޮމުންރޮމުން ވާހަކަދެއްކިއެވެ. އަލަންގެ ހިނިގަނޑު މުޅިން ފިލައި ދެބުމަގޮށްޖެހުނެވެ. “ކީކޭހޭ ތިކިޔަނީ.. ނޭނގޭތަ މިކިޔާ އެއްޗެއް. ނޫނީ އިނގެން ބޭނުންނުވަނީތަ. މިބުނި އިދާން ސަލާމަތުން ދުނިޔޭގައި ބަހައްޓަން ބޭނުންނަމަ މަށާ އިންނާށޭ. އެހެންނޫނީ ލާނާގެ ލޮލަކަށް ދެން ނުފެންނާނެ އިދާންއެއް.” އަލަން ރުޅިވެރިކަމާއެކު ބުނެލިއެވެ. ލާނާއަށް އަދިވެސް ހުރީ ގަބޫލުނުކުރެވިފައެވެ. އަލަން އަނެއްކައި ސަމާސާ ކުރަނީ ހެއްޔެވެ. އެހެންނެއް ނުވާނެއެވެ. އަލަންއަކަށް އެއްވެސްކަމެއް ނުކުރެވޭނެއެވެ. އެއުޅެނީ ލާނާއަށް ބިރުދައްކައިގެން ކައިވެނި ކުރެވޭތޯއެވެ. ލާނާ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯބެލިއެވެ. “ހަ ހަ.. އަލަން އަކަށް ނުކުރެވޭނެ އެއްވެސް ކަމެއް. ތިއުޅެނީ އަހަރެން ބިރުގަންނާނެ ކަމައްތަ. ނޮޓް ވޯރކިންގް އަލަން.” ލާނާ ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ. އަލަންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އަލަން ލާނާގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާއި ދިމާއަށް ދަމާލިއެވެ. ލާނާ ދުރުވެވޭތޯ މަސައްކަތްކުރިނަމަވެސް ކާމިޔާބު ވާގޮތެއްނުވިއެވެ. އަލަންހުރީ އެއަށްވުރެއް ބާރަށް ހިފަހައްޓައިގެންނެވެ. “ލާނާއަށް ހީވޭތަ މަ މަޖަލަށޭ މިހެން މިކިޔަނީ. މަ ބުނީމެންނު ލާނާ އުފަލުގަ އުޅުނައެއް ނުދޭނަމޭ.” އަލަން ލާނާ ފަހަތަށް ކޮއްޕައިލިއެވެ. “ސޯ ލެޓް މީ ގެޓް ދިސް ވެރީ ކްލިއާރ.. ޑރ އިދާން ޝަރީފް. މިގަޑީގައި ވީ ޑިއުޓީގަ. އޭޑީކޭ އިމާރޖެންސީގަ މިއަދު ހުރީ. މިއަދު ލައިގެން ހުރީ ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއް. އެޑްރެސްއަކީ މ.ޝައިން. އިދާންއަކީ ޝަރީފްއާއި ޒަމީރާގެ ހުރި އެންމެ ބޮޑު ދަރި. ދެން ހުންނަނީ ކޮއްކޮ އައިކާ.. މިވަރުން ފުދޭތަ މިސް ޕަޕީފޭސް. އަހަރެންގެ އެންމެ ފޯނު ކޯލެއް ބޭނުންވާނި މިކަމަށް. ނައު ޔޫ ޑިސައިޑް.” އަލަން އޭނާގެ ވާހަކަ ނިންމާލިއިރު ލާނާހުރީ ޖެހި ބުދެއްހެންނެވެ. އަލަންއަށް އެހުރިހައި މައުލޫމާތެއް އިނގޭނީ ވަރަށް ހޯދީމައެވެ. އަލަން އަނެއްކައި އިދާންއަށް ފާރަލާން މީހުން ފޮނުވައިގެން އުޅެނީހެއްޔެވެ. ލާނާ ގޮތްހުސްވިއެވެ.
“އަލަން ހެޔޮނުވާނެ. ލެޓް ހިމް ގޯ. ކީއްވެތަ ތިހެން ކަންތައް ތިކުރަނީ. އަލަންވެސް ބޭނުމެއް ނުވެއެންނު މިކައިވެނި ކުރާކަށް. ދެން ވައި އަލަން، ވައި.” ލާނާ އަލަންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ” މިބުނީއެންނު އަހަރެންނާ ކައިވެނި ކުރަން އެއްބަސްވާށޭ. އޭރަށް އިދާން ހުންނާނި ސަލާމަތުން. ލާނާ ބުނޭ ބޭނުންވާގޮތް. އަހަރެންނާ ކައިވެނި ކުރަން ތައްޔާރުތަ؟” އަލަން ހަޅޭއްލަވައިގަތެވެ. ލާނާގެ ބަޑިފަޅައިގެންދިޔައެވެ. ކޮންފަދަބޮޑު އަނިޔާއެއްހެއްޔެވެ. “އަލަން ޕްލީސް.. އިދާންއަށް ގޮތެއް ނަހަދާތި. އަ.. އަ އަހަރެން އަލަންއާއި ކައިވެނި ކުރަން ތައްޔާރު. ބަޓް ލެޓް ހިމް ގޯ.” ލާނާއަށް ގިސްލެވުނެވެ. ރޮމުންރޮމުންގޮސް އަލަންގެ މޭގައި ބޯއެޅުންއިރުވެސް ލާނާއަކަށް ނޭނގުނެވެ. އަލަންގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އޭނާ ބޭނުންކަންތައް ވީއެވެ. “އޯކޭ ޕަޕީފޭސް. މައި ގޮއިންގް ޓުބީ ބިއުޓިފުލް ވައިފް. ބައްޕަމެން ކައިރީ އަމިއްލައަށް ބުނޭ އަހަރެންނާއޭ އިންނަން ބޭނުމީ. ކުރިންވެސް އަމިއްލައަށް ދޯ ބުނީ ނީންނާނަމޭ.” އަލަންގެ އަަޑުގައި ވީ ހަރުކަށިކަމެވެ. އަލަން ހިތްފުރޭވަރު ވުމުން ލަނާ ދުރުކޮށްލުމަށްފަހު ނުކުންނަން ދާން ހިނގައިގަތެވެ.
ލާނާއަށް ރޮމުންރޮމުން ތިރިވެވުނެވެ. ކޮޅަށް ހުންނާނެ ވަރެއް ގަޔަކުނެތެވެ. މުޅި ތަނުގައި ލާނާގެ ވޭނީ ގިސްލުމުގެ އަޑު ހިފާފައި ހުއްޓެވެ. ބޭރަށް ނުކުންނަން ހިނގައިގަތް އަލަން ހުއްޓުމަށްފަހު ފަހަތަށް ބަލައިލިއެވެ. އޭރުވެސް ލާނާ އިށީނދެއިނދެގެން ގިސްލަގިސްލާފައި ރޮނީއެވެ. ފެންނަ ކޮންމެ މީހަކުވެސް ހިތުގައި ޖެހޭނެއެވެ. ކީއްވެކަމެއް ނޭނގެއެވެ. ލާނާ އެގޮތަށް ރޯތަންފެނި އަލަންގެ ހިތަށް ބުނަން ނޭނގޭކަހަލަ އުނދަގުލެއްވަނީއެވެ. ނުރޮއި ހުއްޓާލާށޭ ބުނާހިތްވަނީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަލަން އޭނާގެ މަގްސަދު ހަނދާންވެ މޫނު އަނބުރައިލުމަށްފަހު ދިއުމަށްޓަކައި ހިނގައިގަތެވެ.
ނުނިމޭ
8 Comments
Comments are closed.
Yey finally.. me first dhwhh..
AWESOME story.. waiting for next part…I
Thankyou dear. Next part on tuesday. ?
Laalaa ah ladu dheyn ulhey meehaa ah emme fahun ladu libeynee.. Mr.alan just wait n watch. You will end up falling for laalaa
Could be true. Lets see whats gonna happen next dhw?
Awsome varah reethi mi story? alhey alan aai laanaa haadha gulhe ey but haadha boaharu meehakey eii enme fahun laanaa ah biruves dheki ehnu oh poor laanaa i feel so bad for her? tbh alan and laanaa make a cute couple❤❤ enmefahun laanaa aai alan loabivaa goiyehje nama it would be perfect anyways waiting to the upcoming part???????
Thankyou cherry❤? hama thihin ves vedhaane ennu dhw. Keep reading to find out. Next part on 21st, tuesday. ❤
Hello guys. Heres the 7th part. Let me knw what you all think of this part too. Thankyou for the love and support. Insha allah next part on tuesday 21st. Keep reading. ❤❤?
Pleas fast i love you