މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ޒިވާއާއި ޒާއިފްގެ ދެމެދުގައިވީ މަރުފަދަ ހިމޭންކަމެކެވެ. އެ ހަމަހިމޭންކަން ފޫ އަޅުވާލާފައި ރިންގުވާން ފެށީ ޒާއިފްގެ ފޯނެވެ. ގުޅަނީ ޝާއިމްއެވެ. “ހަލޯ؟ މަ މަތިން މިސްވީތަ؟” ޒާއިފް ސަމާސަ ކޮށްލިއެވެ. “ޕިސް ތިއެއް ނޫނޭ…… މަ ބުނީ ވިޝާލް ގުޅިހޭ މިއަދު…. މަ ގެއަށް ދިޔައިރު އާލާ އޮތް ސިޓިންރޫމުގައި ހޭ ނެތިފަ….. ވިޝާލްއެއް ގެއަކު ނެތް….. ގުޅީމަ ފޯނެއް ނުނަގާ…..” އެއްނޭވާއިން އެ ހުރިހާ އެއްޗެއް ކިޔުމަށްފަހު ޒާއިފް […]
” އާން އެހެންވީމަ އެކަން ކުރަން ކިހާ ދުވަހެއް ނަގާނެ؟” އަތުގެ ނިޔަފަތިތަކާ ކުޅެމުން ޒާރާ އަހާލިއެވެ. “މި ދުވަސްކޮޅު ކުޑަކޮށް ބިޒީކޮށް މި އުޅެނީ…… ވަން ވީކް ދީ މަށަށް…..” އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. “އޯކޭ….. ބަރާބަރު ވަން ވީކް….. އެންޑް އޭތި ވައްތަރު ވެގެން ނުވާނެ ފޭކު އެއްޗަކާ…… އޯކޭ؟” ޒާރާ ހީވަނީ ކެތްތެރިކަމެއް ނެތިގެން އުޅޭ މީހެެއް ހެންނެވެ. “އޯކޭ ސްވީޓް ހާޓް…. އެނީތިން ފޯ ޔޫ…… ބައި….” އެމީހާ […]
“މުހައްމަދު ވިޝާލް ސެންޓް ޔޫ އަ ފްރެންޑް ރިކުއެސްޓް” އެހެން ކިޔާލުމަށްފަހު އާލާއަށް ފުންމައިގެން ތެދުވެވުނީ ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. އަދި އިރުކޮޅަކު އެއަށް ބަލަހައްޓައިގެން އިނދެފައި އެ ރިކުއެސްޓް އެކްސެޕްޓް ކޮށްލެވުނީ އޭނާގެ އިހުތިޔާރުން ބޭރުންނެވެ. އިރުކޮޅަކު ވިޝާލްގެ ފޮޓޯތައް ބަލަން އިނދެފައި އާލާ ނިދަން އޮށޯތީ އޮފީހަށް ދާން ނުހޭލެވިދާނެ ކަމުގެ ބިރަށެވެ. ނިދާފައި އޮތް އިރުވެސް އާލާގެ ތުންފަތުގައިވީ މީހުންގެ ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ސަބަބުން އޭނާގެ […]
އާލާއަށްވެސް ވީ ހަމަ އެވަރެވެ. ސީދާ ވިޝާލްގެ ލޮލަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އިރުކޮޅަކު ބަލަހައްޓައިގެން އޮވެފައި އާލާއަށް ފުންމައިގެން ތެދުވެވުނީ ވިޝާލް ކަރުކެހިލި އަޑަށެވެ. ކުރެވުނު ކަންތަކާމެދު ވިސްނާލެވުނީ ދެނެވެ. ގަތް ލަދާއެކު ފަޔަށް ލެވުނުހާ ބާރެއްލާފައި އާލާ ހިނގައިގަތީ ވިޝާލް ބުނާނެ އެއްޗަކަށްވެސް ބެލުމެއް ނެތިއެވެ. މަންޒަރު ބަލަން ހުރި ވިޝާލްގެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެެވެ. އާލާ ލައިގެންހުރި ގަޔަށް ދޫ ހައުސްކޯޓާއި ފަރުވާކުޑަ ކުޑަ ގޮތުގައި ބޮލުގައި އޮޅާފައި އޮތް ޝޯލް އޭނާއާއި ކިތަންމެހާވެސް […]
އާރާ ފަސްއެނބުރިލާ އެ މީހަކާ ދިމާލަށް ބަލާލިއެވެ. ހަށިގަނޑު އެއްކޮށްހެން ފިނިވެގެން ދިޔައީ އެއަކީ ކުރިންދުވަހު ގޭގެ ދޮރުކައިރިން އޭނާގެ ގައިގައި ޖެހުނު ޒުވާނާކަން ޔަގީން ވުމުންނެވެ. “މިއީ ތިކުއްޖާގެ އެއްޗެއްތަ…؟” އަތުގައި އޮތް ފަށް ދިއްކޮށްލަމުން ޝާއިމް އަހާލިއެވެ. އާރާ ލޯ ހަނިކޮށްލަމުން ޝާއިމްއަށް ބަލާލިގޮތުން ޝާއިމްގެ ހިތަށް ބުނެދޭން ނޭނގޭފަދަ އިހުސާސެއް ވެރިވެގެން ދިޔައެވެ. އާރާގެ މޫނަށް ބަލަހައްޓައިގެން ޝާއިމްއަށް ހުރެވުނީ ކުރަން އައި ކަންތައް ހަނދާން ނެތިފައިވާ މީހެއް ފަދައިންނެވެ. މަޑު މުށިކުލައިގެ […]
ޒިވާއާއި އެކު ސޯފާގައި އިނީ އުމުރުން ގާތްގަނޑަަކަށް 22 ވަރަކަށް އަހަރަށްދާ ޒުވާނެކެވެ. ހަމު ކުލަ އަލިވެފައި، އޭނާއަށް ލިބިފައިވަނީ އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރާފަދަ ރީތި ކަސްރަތީ ހަށިގަނޑެކެވެ. ޝާއިމްއަށްވެެސް ހިތާހިތުން އެ ޒުވާނާގެ ރީތި ކަމަށް ތައުރީފު ކޮށްލެވުނެވެ. ” އޭ މޭން… ޒިވާއާއެކީ އެއިނީ ކޮންތާކު އަރަތްބެއް….؟” ޝާއިމްގެ ކޮނޑުގައި އަތް އަޅުވާލަމުން ވިޝާލް ސުވާލު ކޮށްލިއެވެ. ” މަަ ބައްޕަަ އެ…. އެހެންޏަ ފަހެ… އޭނަގެ ބިޓު ވީމައެއްނު ގައިގަ […]
ދިޔުމަށް ހަމަޖެހިފައިވާ ކޮފީ ޝޮޕްއާއި ކައިރިވި ވަރަކަށް ޒާއިފްގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. ފާޑުފާޑުގެ ހިޔާލުތަށް ޒާއިފް ބިރުގަންނަވަމުން ދިޔައެވެ. ކުރަން މިއުޅޭ ކަންތައް ކާމިޔާބުވާނެ ބާއޭ ހުއްޓުމެއްނެތި ޒާއިފްގެ ހިތަށް އަރަމުން ދިޔައެވެ. ސައިކަލު ޕާކް ކުރުމަށްފަހު ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ޒާއިފްް ކޮފީ ޝޮޕަށް ވަނެވެ. މާ ގިނަ އިރުތަކެއް ނުވެ ހުސް މޭޒެއް ކައިރި ފޯނަށް ގެއްލިފައި އިން ޒިވާ ޒާއިފްގެ ލޮލުގައި އަޅައިގަތެވެ. މަޑު ހިނގުމެއްގައި […]
ފޯނުގެ ސްކްރީންއަށް އަރާފައި އިނީ ޒިވާގެ ފޮޓޯއެކެވެ. އެފޮޓޯ ލައިފައި އިން މީހާ ބަލާލުމުން އެއަކީ ކުރިންދުވަހު ކޮލެޖު ކައިރިން ޒިވާއާއިއެކު ސައިކަލުގައި ފެނުން މީހާ ކަން ޒާއިފްއަށް ޔަގީންވިއެވެ. ” ހެޕީ ބާތްޑޭ… ލަވް ޔޫ ސޯ މަޗް…” ފޮޓޯއާއިއެކު ލިޔެފައިވާ ކެޕްޝަން ކިޔާލުމާއެކު ޒާއިފްގެ އަތުން ފޯން ދޫނުވީ ހަމަ ކިރިޔާއެވެ. ” ވަޓް ދަ ހެލް..” ޒާއިފްއަށް މަޑުމަޑުން އެހެން ކިޔާލެވުނެވެެ. އެމީހާއަކީ ޒިވާގެ އާއިލާ މީހެއްކަމާމެދު ޒާއިފްއަށް މިހާރު ޝައްކެވެ. ނަމަވެސް […]
ދުވަމުން ކަހަލަ ގޮތަކަށް އައިސް ކުލާހަށް ވަނީ ޒާއިފް އަބަދުވެސް ދެކެން ބޭނުންވާ ސޫރައިގެ ވެރިޔާއެވެ. މި ގޮތަށް އޭނާއާއި ބައްދަލު ވެދާނެކަމަށް ޒާއިފް ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ޒިވާ މަޑުމަޑުން ގޮސް އެތާ ތިބި ދެ އަންހެންކުދިން ކައިރީގައި އިށީނެވެ. ޒާއިފްއަށް ސިއްސައިގެން ގޮސް ޒިވާ މޫނުން ނަޒަރު ވަކިކޮށްލެވުނީ ކުއްޖަކު އައިސް އޭނާ ކައިިރި އިށީންދެ ވާހަކަ ދައްކަން ފެށުމުންނެވެ. ” ހޭ ބްރޯ…. ކީއްވެ އެހާ މަޑުމަަޑުން ތި އިންނަނީ؟….. ތި ނިކަން […]