Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 6

almaa2004 Level 210 Stories100 Login
August 17, 2018 4 Mins Read
7 Comments

ޒިވާއާއި އެކު ސޯފާގައި އިނީ އުމުރުން ގާތްގަނޑަަކަށް 22 ވަރަކަށް އަހަރަށްދާ ޒުވާނެކެވެ. ހަމު ކުލަ އަލިވެފައި، އޭނާއަށް ލިބިފައިވަނީ އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރާފަދަ ރީތި ކަސްރަތީ ހަށިގަނޑެކެވެ. ޝާއިމްއަށްވެެސް ހިތާހިތުން އެ ޒުވާނާގެ ރީތި ކަމަށް ތައުރީފު ކޮށްލެވުނެވެ.

” އޭ މޭން… ޒިވާއާއެކީ އެއިނީ ކޮންތާކު އަރަތްބެއް….؟” ޝާއިމްގެ ކޮނޑުގައި އަތް އަޅުވާލަމުން ވިޝާލް ސުވާލު ކޮށްލިއެވެ.

” މަަ ބައްޕަަ އެ…. އެހެންޏަ ފަހެ… އޭނަގެ ބިޓު ވީމައެއްނު ގައިގަ ތަތްވެގަނެގެން އެ ތިބީ ….” ޝާއިމް ބުނި އެއްޗަކުން ވިޝާލް ގާތަށް ހިނިއައެވެ. އެ އަޑަށް ސޯފާގައި ތިބި ދެމީހުން ގޭގެ ދޮރާ ދިމާލަށް ބަލާލިއެވެ. ފުންމައިގެން ތެދުވެ މޫނަށް ފުޅާ ހިނިތުންވުމެއް ވެރި ކުރުވަމުން ޒިވާ އައިސް އެމީހުންގެ ކައިރީގައި ހުއްޓުނެވެ.

” ހާއި…. ވަޓް އަ ސަޕްރައިޒް….. ބޭރުގަ ނުހުރެ އާދެ އިށީންނަން….. ” ޒިވާއަށް ޝާއިމް މެންނަކީ އާ ބައެއް ނޫނެވެ. ރަށުން ދިމާވެގެން ޒިވާ ވަނީ އެ މީހުންނާއި ވާހަކަ ދައްކައި އެކުވެރިކަން ބަދަހި ކޮށްފައެވެ. އެ ދެމީހުން އައިސް އިށީނުމުން ސޯފާގައި ދެން އިން ޒުވާނާ އެމީހުންނާއި ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަދި ޒިވާއާއި ދިމާލަށް އެއް ބުމަ އަރުވާލީ އެއީ ކޮންް ބައެެއްހޭ އަހާފަދަ ގޮތަކަށެވެ. ޒިވާ އެމީހުންނާ ބެހޭގޮތުން އެ ޒުވާނާއަށް އޮޅުން ފިލުވައި ދިނެވެ. ޒިވާ ކިޔައިދިން ގޮތުން އެ ޒުވާނާއަކީ އޭނާގެ ލޯބިވެރިޔާކަން ޝާއިމްއާއި ވިޝާލްއަށް ޔަގީން ވިއެވެ. އަދި އޭނާގެ ނަމަކީ ޝާމް ކަމުގައި ޒިވާ ބުންޏެވެ. ވަރަށް ހިތްހެޔޮ ކަމާއެކު ޝާއިމްމެންނާއި ސަލާމް ކޮށްލުމަށްފަހު ޒިވާ ގައިގައި ކުޑަކޮށް ބައްދާލައި ޝާމް އެގެއިން ނިކުންނަން ހިނގައިގަތެވެ.

” ކަމަކުތަ ތި އައީ..؟… ” ޝާމް ނިކުތުމުން ދޮރު ލައްޕާފައި އައިސް ޒިވާ ސުވާލު ކޮށްލިއެވެ.

” އަނެއްހެން މާބޮޑު ކަމަކު ނޫން …. ކުޑަ ވާހަކައެއް ދައްކާލަން ވެގެން….. އަނެއް މީ…. ޒާއިފްގެ ވާހަކަ…. ” ޝާއިމްއަށް އެ ހިސާބަށް ބުނެވުނުތަނާ ޒިވާ ސޯފާއިން ތެދުވިއެވެ.

” އަހަރެން ނެތް ދެން ތިކަމާ ބެހޭގޮތުން ބުނާނެ އިތުރު އެއްޗެއް….. ބުނަން ޖެހޭ އެއްޗެއް ވިއްޔާ އަހަރެން އޮންނާނީ ޒާއިފް ކައިރި ބުނެފަ…… ޝާއިމް ވެސް ރަނގަޅުވާނީ ދެން ތި ވާހަކަ އިތުރަށް ނުދެއްކިއްޔާ…… އޭނަ ކިތަންމެ ދެރަ ވިޔަސް އަހަންނަކަށް ނެތް ކޮށްދެވޭނެ އެއްވެސް ކަމެއް…. އިތުރު ކަމެއް ނެތިއްޔާ އޯކޭ ދިޔަޔަސް…. ” ޒިވާ އެހެން ބުނުމުން އިތުރަށް އެ ވާހަކަ ދައްކާކަށް ޝާއިމްއަކަށް ނުކެރުނެވެ. ޒިވާގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރުން ދެން އެންމެ ރަނގަޅުވާނީ އެތަނުން ދިޔުން ކަމުގައި ގަބޫލުކޮށް ޝާއިމް އާއި ވިޝާލް އެ ގެއިން ނިކުތެވެ. އެ ދެމީހުންނަށް އެ ގެއިން ނުކުމެވުނުލެއް ލަސްވިފަދައެވެ. ކަންފަތް ފަޅައިގެން ދާހައި ބާރަށް ދޮރު ލައްޕާފައި ތަޅުލި އަޑު އިވުނެވެ.

” ހާދަ ފެންސިރު އަންހެނެކޭ ދޯ….. އޭނަ ކިޔާނެ އެއްޗެއް ކިޔާފައި ދެން ދިޔަޔަސް އޯކޭ އޯ…..” ލިފްޓުގައި ހުރެފައި ވިޝާލް އެހެން ބުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. “އާން ދޯ.. ” ޝާއިމްވެސް ވިޝާލްގެ ވާހަކައަށް ތާއިދުކުރަމުން ލިފްޓުން ނުކުތެވެ. ޖީބުން ފޯނު ނަގަން އުޅުނު ޝާއިމް ސިއްސައިގެން ދިޔައީ އެ ގޭގެ މައި ދޮރު ހުޅުވާލަފައި ވަތް އަންހެން ކުއްޖާ އޭނާގެ ގައިގައި ޖެހުމުންނެވެ.

” އައެމް ސޯ ސޮރީ…. ” ބިންމައްޗަށް ވެއްޓިފައި އޮތް އެ ކުއްޖާގެ އަތް ދަބަސް ނަގަމުން ޝާއިމްއަށް ހިނިތުން ވުމެއް ރައްދު ކުރުމަށްފަހު އެހެން ބުނެފައި ވަރަށް ހަލުވިކޮށް ހިނގާފައިގޮސް ލިފްޓަށް ވަނެވެ. އެ މަންޒަރު ބަލަން އާޝޯޚުވެފައި ހުރި ޝާއިމްއަށް ހަމަ ބިމަށް އާދެވުނީ ވިޝާލް އޭނާގެ ކޮނޑުގައި ޖަަހާލުމުންނެވެ.

” އަނެއްކާ ކައެވެސް އިޝްގުގަ ޖެހުނީތަ…؟” އަނގައަށް ވައްތަރެއް ޖައްސާލަމުން ވިޝާލް އެހެން ބުނެފައި ހޭން ފެށިއެވެ. އަދި ދެ އެކުވެރިން ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ޝާއިމްމެން ގެއަށް އައި އިރުވެސް ޒާއިފް އޮތީ ނިދާފައެވެ. އޭނާއަށް ނުގޮވާ ޝާއިމް އުޅުނީ ހުކުރު ވަގުތު ކައިރި ވާތީ ފެންވަރާލަން ދިޔުމަށެވެ. ގެއަށް ވަދެވުމާއެކު ވިޝާލް ، އޭނާގެ ފޯނު ހިފައިގެން ގޮސް ސޯފާއަށް ޖެހިގަތެވެ. ގެއަށް ވަދެވިއްޖެއްޔާ އެ ނޫން ކަމެއް އޭނާއަކަށް ނޯންނާނެއެވެ. ދެ ފަރާތަށް ބޯ ހޫރުވާލުމަށްފަހު ގަމީހުގެ ގޮށްތައް ނައްޓަން އުޅުނު ޝާއިމް ސިހުނީ އޭނާގެ ގަމީހުގެ ގޮށެއްގައި އެޅިފައި އިން ރިހި ފަށް ފެނިފައެވެ. އަދި އެ ފަށް ނަގައި ވަރަށް ފަރުވާތެރިކަމާއެކު އެއަށް ބަލާލިއެވެ. އެ ފަށުގެ ފުލުގައިވަނީ A އަކުރެވެ. އެއަކީ ހަމަ ގައިމުވެސް އެ ތިން މީހުންްގެ ތެރެއިން އެކަކުގެވެސް އެއްޗެއް ނޫންކަން ޝާއިމްއަށް ޔަގީން ވިއެވެ. ފަހުން އެކަމާ އުޅޭނީ ކަމުގައި ނިންމައި އެ ފަށް އޭނާގެ ވޮލެޓަށް ލާފައި ފާހާނައަށް ވަނެވެ.

**************

ނިދާފައި އޮތް އާރާއަށް ހޭލެވުނީ އޭނާގެ މަންމަ ގޮވާ އަޑަށެވެ. ގަޑިން ދިހައެއް ޖަހައި ބޮޑުވެފައި ހުރިތަން ފެނުމުން ފުންމައިގެން އޭނާއަށް ތެދުވެވުނެވެ. މި ތެދުވީ ކަމަށް ބުނެ އަވަސް އަވަހަށް ގޮސް ފާހާނައަށް ވަނެވެ. އެހާ ލަސް ވަންދެން ނިދަން އޮވެވުމުން އާާރާއަށް އޭނާގެ އަމިއްލަ ނަފްސް ދެކެ ރުޅި އާދެވުނެވެ. ފާހާނައިން ނިކުމެ ލޯގަނޑުކައިރީގައި ފުނާއަޅަން ހުރެފައި އާރާއަށް ހުއްޓުންއެރީ އޭނާގެ ކަރުގައި އަޅާފައި އޮންނަ ފަށް ނެތުމުންނެވެ. މުޅި ކޮޓަރި ފުށުން ޖެހި އިރުވެސް އޭނާއަށް އެ ފަށް ފެންނަ ގޮތެއް ނުވިއެވެ. އަދި އޭޭނާގެ މަންމައަށް ގޮވަމުން ކޮޓަރިން ނިކުތެވެ.

” މަންމާ….. އަހަރެންގެ ފަށް ދުށިންތަ…؟ އެއްކަލަ A އަކުރު ޖަހާފަ އިންނަ…… ” އާރާ އަވަސް އަވަހަށް ގޮސް އޭނާގެ މަންމަ ކައިރި އަހާލިއެވެ.

” ނޫން…… ދަރިފުޅު އިއްޔެ ގެއަށް އައި އިރުވެސް ދަރިފުޅު ކަރަކު ނެތް އެ ފަށެއް …. މަންމަ ހީކުރީ ދަރިފުޅު ފަށް ނެގީ ކަމަށް…..” ތަށި ދޮންނަން ހުރި އާޝިޔާ ޖަވާބު ދިނެވެ. ކުދި ކިޔަމުން އާރާ އެތަން މިތަން ހޯދި އިރުވެސް އެ ފަށެއް ނުފެނުނެވެ. އެންމެ ފަހުން އެ ގެއްލުނީ ކަމުގައި ނިންމައި އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އިހަކަށް ދުވަހު ބައްޕަ އޭނާއަށް ގަނެދިން ފަށް އެހާ އަވަހަށް ގެއްލުމުން އާރާ ދެރަވިއެވެ.

ނިދަން އުޅެ އުޅެ ވެސް ޝާއިމް އަށް ނިދޭ ގޮތެއް ނުވިއެވެ. އެ ފަށަށް ބަލަހައްޓައިގެން އޭނާ އެހެން އޮންނަތާ ކިތަންމެ އިރެއް ވެދާނެއެވެ. ކުއްލިއަކަށް އޭނާ ހަނދާނަށް އައީ ކުރިން ދުވަހު ޒިވާމެންގެ ގެއިން އޭނާގެ ގައިގައި ޖެހުނު އަންހެންކުއްޖާއެވެ. އެއީ އަނެއްކާ އެ ކުއްޖާގެ އެއްޗެއްބާއޭ ޝާއިމްގެެ ހިތަށް އެރިއެވެ. އެކުއްޖާގެ އެއްޗަކަށް ވެދާނެ ކަމަށް ހީވުމުން ޝާއިމްއަށް ހިނިތުންވެލެވުނެވެ. އަދި މާދަން ހަމަ އެ ގަޑީގައި އެ ގޭ ކައިރިއަށް ދިޔުމަށް ނިންމައި އެ ފަށް އޭނާ އޮތް ބާލިހުގެ ދަށަށްލައި ލޯމަރާލިއެވެ.

” ހަމަ ހުވާ މަ ވަރަށް ކަޑަވެފަ މި ހުންނަނީ އެ ފަށް ގެއްލުނީމަ…… ” އާރާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރި ހައިބާއާއި އެވެ. ކޮލެޖުގެ ގޭޓް ކައިރީގައި ދެ މީހުން ވާހަކަދައްކަން ތިއްބައި އާރާގެ ބައްޕަ އޭނާ ބަލައި އައެވެ. ހައިބާއަށް ހަނާ އަޅާލަމުން އާރާ އޭނާގެ ބައްޕަގެ ސައިކަލު ފަހަތަށް އެރިއެވެ. ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުރި ފިހާރައެއް ކައިރިއަށް މަޑުކުރުމަށް ބުނެ އާރާ އޭނާގެ ބައްޕަގެ ސައިކަލުން ފޭބިއެވެ.

” އަޅުގަނޑު މިފިހާރައަށް ވަދެލާފަ ދާނީ…. ބައްޕަ އޯކޭ ދިޔަސް….. ” އާރާ އޭނާާގެ ބައްޕައަށް ހިނިތުންވުމެއް ރައްދު ކުރުމަށްފަހު އެ ފިހާރައަށް ވަނެވެ. އަދި އޭނާ ބޭނުންވާތަކެތި ލިބުމުން ގެއައް ދިޔުމަށް ހިނގައިގަތެވެ. 5 ވަރަކަށް މިނެޓު ހިނގުމަށްފަހު އޭނާއަށް ގެއާ ހިސާބަށް އާދެވުނެވެ. ގެއަށް ވަންނަން އުޅުނު އާރާ ނެގި ފުރަތަމަ ފިޔަވަޅު ހުއްޓުނީ އޭނާގެ ކަންފަތުގައި ޖެހުނު ފިރިހެންވަންތަ އަޑުންނެވެ.

****ނުނިމޭ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ފުން އިހުސާސެކޭ 18

Next

ވިންދު ލޯބިން (ޓްރެއިލަރ)

Next
August 17, 2018

ވިންދު ލޯބިން (ޓްރެއިލަރ)

Previews
August 17, 2018

ފުން އިހުސާސެކޭ 18

7 Comments!

  1. Twinkle? says:
    August 17, 2018 at 1:00 pm

    Yay me first dhw… stry is awesome masha allah… whn nxt part???

  2. almaa2004 says:
    August 17, 2018 at 1:49 pm

    Thank u❤
    Insha allah next part varah avahah

  3. hash says:
    August 17, 2018 at 4:54 pm

    story v reethi…waiting for next part..??

  4. Huvey says:
    August 17, 2018 at 9:45 pm

    Wowowowow nice?

    1. almaa2004 says:
      August 17, 2018 at 10:49 pm

      Thank u?

  5. Ige Ehnnu ? says:
    August 18, 2018 at 1:04 pm

    ?

  6. almaa2004 says:
    August 18, 2018 at 3:11 pm

    ?

Comments are closed.

Next Episodeއިންތިޒާރު 7←


All Right Reserved!