Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ައަބަދަށް-38

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
November 1, 2025 3 Mins Read
2 Comments

“ތިފޮޓޯތަށް ފެނުނީދޯ..؟” އަރަން މާހީ އަތުގައި ހުރި ފޮޓޯތަކަށް އިޝާރަތް ކޮށްލައިފައި ބުނެލިއެވެ. މާހީ ހިންދިރުވާލިއެވެ.

*ޕާރްޓް-38*

މާހީ ބޯޖަހާލިއެވެ. އަރަންގެ ނަޒަރު މާހީގެ ލޮލަކުންނެއް ފިލާނުދެއެވެ.

“ތިއީ އަހަރެން މާހީ ބޭރަށް ދާކޮށްމެފަހަރަކު ނަގާފޮޓޯތަކެއް.. ތިއެއްޗިހި ހުރީމަ އަހަރެން މާހީ މަތިން ހަދާންވާ ކޮންމެ ފަހަރަކު ތިފޮޓޯތަކަށް ބަލައިގެން ހިތްހަމަ ޖައްސައިލަނީ..” އަަރަން ކިޔައިދިނެވެ.

މާހީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަރަން ހަމަ އޭނާ ދެކެ މިހާ ލޯބިވޭހެއްޔެވެ. އަރަން އެހުންނަނީ އޭނާޔާ ހެދި މޮޔަވެފަކާނޫންހެއްޔެވެ.

ދެމީހުންގެ މެދުގައިވެސް ވަނީ ހަމަހިމޭން ކަމުގެ ސާލެއް އޮޅިފައެވެ. ދެމީހުން ކުރެއް އެކަކުވެސް އެކެއްޗެކޭވެސް ނުބުނެއެވެ. އަރަން ހަމަ އިނީ މާހި އަށް ބަލަހައްޓައިގެނެވެ. މާހީ ވެސް އިނީ އަރަްނގެ ލޯތެރެއަށް ގެއްލިފައެވެ. އަރަންގެ ނަޒަރު ހުއްޓުނީ މާހީގެ ރަތް ކަން ގަދަ ތުންފަތަށެވެ. މާހީގެ ހިތުވިންދު ކުރިއަށް ވުރެއް ވެސް އަވަސްވިއެވެ. އަރަން ކުޑަކޮށް މާހީ އާއި ދިމާއަށް ގުދުވެލިއެވެ.

“ޕިސް ޕިސް.. ހަމަ ދާން ނިއްކުންނަ ގަޑިޔަށް ވާރޭވެސް ވެހެން އިނގޭނީ.. ވަރަށް ފޫހިވޭ.. ހަމަ ނުކުތީ ވާރޭ އޮށްސާލީ.. މިއޮށްތީ ދެވިފަ އެއްނު..” ދެމީހުންވެސް ސިހުނީ ޖައިޝްގެ އަޑުއިވުމުންނެވެ. ފޯނަށް ގެއްލިފައި އިނދެ ޖައިޝް އައިސް ޖެހިގަތީ އަރަްނގެ އެނދުމައްޗަށެވެ. އަަރަން ޖައިޝް އާއި ދިމާއަށް ބަލާލައިފައި އަމިއްލަ މީހާ ސީދާ ވެލިއެވެ. މާހީ އަވަހަށް ދާވަށިގަނޑު ހިފައިގެން ނުކުމެގެން ދިޔައެވެ.

“ކަލެޔާ ހެދިއޭ މަގޭ މޯމެންޓް އޭ ރުއިން އެވީ..” އަރަން އައިސް އެދުގައި އިށީން ދެލަމުން ޖައިޝް އާއި ދިމާއަށް ލޯއަޅާލިއެވެ.

“އައްދޭ.. މޯމެންޓްއޭ.. ޑޭމްން..” ޖައިޝް އަގަމަތީގައި އަތަ އަޅާލަމުން “ޑްރެމެޓިކް” ގޮތަކަށް ބުނެލިއެވެ.

“ފޮނިވެސް މީހެކޭ..” ޖައިޝްގެ ބުރަކަށިމަތީގައި އެތިފަހަރެއް ޖަހަމުން އަރަން ބުނެލިއެވެ.

ޖައިޝް ބާރަކަށް ހޭން ފެށިއެވެ. އަރަން އަނެއްކާވެސް ޖައިޝް އާއި ދިމާއަށް ލޯއަޅާލައިފައި ނުކުމެގެން ދިޔައެވެ.

އަރަން ނުކުމެގެން ދިޔުމުން ޖައިޝް އެދުގައި ހަމަޖެހިލިއެވެ. ހަމަ އެވަގުތު އޭނާގެ ފޯން ރިންގް ވާން ފެށިއެވެ. ބަލާލީރު ލަވްޔާ އެވެ. ހިނިތުންވެ ހުރެ ޖައިޝް ފޯނު ނަގައިފިއެވެ.

“ހެލޯ..”

“ހަލޯ.. ކިހިނެއްތަ..؟ ކައިފިންތަ..؟” ލަވްޔާ އެއްފަހަރާ ސުވާލުކޮށްލިއެވެ. ޖައިޝް އަށް އެކަންވެސް ވީމަޖާކަމަކަށެވެ.

“ރަގަނޅު.. ކައިފިން.. ލަވް އޯ..” ޖައިޝް އަހާލިއެެވެ.

“ރަގަނޅު.. ވަރަސް ފޫހި މިއަދު ކޮލެޖް.. ރާޔާ އެއް ނާދެ މިއަދަކު.. އޭނަވެސް ކޮލެޖް ނިއްމާފަ އަބަދު ދަނީ ޒާލިފް އާއި އެކީ.. ދެން ލަވް އިންނަން ޖެހެނީ ފޫހިވެފަ..” ލަވްޔާ ޝަކުވާ ކޮށްލިއެވެ.

“އަހަރެން މިބަންދުގަ ދާނަން ރަށަށް.. ލަވް ވެސް ދާނަން ދޯ.. އޭރުން ދެނެއް އެކަނިވެ ފޫސެއް ނުވާނެ..” ޖައިޝް ބުނެލިއެވެ.

“ހޫމް، ހޫމް.. ދެން ތިޔަހެން ކިޔާ..” ލަވްޔާ ބުނެލިއެވެ.

އަަރަން އަށް ވަދެވުނީ ހަމަ އެވަގުތަށެވެ. އޭނާ ޖައިޝް އަށް ޖެއްސުން ކޮށްލަންވެގެން އައިސް ޖައިޝް ކައިރީ ހުއްޓިލައިފައި ބުނެލިއެވެ.

“އޭ.. ކަލޭގެ ބިޓުމަންޖެ އެބަ ގޮވާ..” އަރަންގެ އަޑު ލަވްޔާ އަށް ވެސް އިވުނެވެ.

“ބިޓު މަންޖެއޭ.. ޖައިޝް.. އެއީ ކާކު.. ތެދުތެދަށް ބުނޭ..” ލަވްޔާގެ އަޑުގައި ނުރުހުން އެކުލެވިފައި ވެއެވެ.

ޖައިޝް އަރަން އާއި ދިމާއަށް ދެލޯ ކުޑަކޮށްލައިފައި ބަލާލިއެވެ. އަދި އަމިއްލަ ނަފްސަށް އިވޭވަރަށް އެއްޗެކޭ ބުނެލިއެވެ.

“ނޫނޭ ލޯބީ އެއީ އަަރަން މަޖަލަކަށް ބުނި އެެއްޗެކޭ..” ޖައިޝް އުޅުނީ ވީގޮތް އޮޅުން ފިލުވައިދޭށެވެ.

އަރަން އިދެގެން ހެނީއެވެ.

ހަވީރު ފަހުން އަަނެއްކާ އެމީހުން ކޮލެޖް އަށް ދާން ޖެހުނެވެ. މާހީ އަނެއްކާވެސް އެކަނިވީއެވެ. މާހީ އެނދުމަތިގައި އޮށޯވެލައިގެން އޮތް އިރުއޭނާގެ ހިޔާލުތައް ގުޅިފައި ވަނީ މިއަދު ހިނގި ކަންތަކާއި މެދުއެވެ. އަރަން އޭނާ ދެކެ އަސްލު ވަރަށް ލޯބިވެއެވެ. އަރަން މުޅި އުމުރު ދުވަހު އޭނާއަށް އިންތިޒާރު ކޮށްފާނެއެވެ. މިއޮށްހާދުވަހުވެސް އޭނާ އެއުޅެނީ މާހީ ފަހަތުންނެވެ. މާހީގެ ލޯބި ހޯދުމަށް އެތަކެއް ކަމެއް ކޮށްފައެވެ. މިހާރު ހަމަގައިމުވެސް މާހީގެ ހިތުގައި އަރަން އަށްޓަކައި ވަނީ ވިންދެއް ޖަހަން ފަށައިފައެވެ.

7:30 ބައިވި ފަހުން ގެޔަށް ޖައިޝް މެން ވަނެވެ. އަންހެން ކުއްޖެއްގެ އަޑުވެސް އިވުނުހެން ހީވިއެވެ. މާހީ އެނދުން ތެދުވެ ގޮސް ދޮރުގައި ކަންފަށް ޖައްސައިލަގެން އަޑުއަހަން ހުއްޓެވެ.

އަރަންމެން ލިޔާ ގެނައީ މަޖުބޫރުވެގެންނެވެ. އަދި 9 އެއް ޖަހާރު ދާން ޖެހެއެވެ. އެހާ ވަގުތެއް ނެތެވެ. ލިޔާގެ ގެ ހުންނަނީ ކޮލެޖް އާއި ފުދޭވަރަކަށް ދުރުގައި ކަމުން އެމީހުންނަށް މަޖުބުރުވީ ލިޔާ ގޮވައިގެން އައުމަށެވެ. މާހީ އެހެން އިންދައި ކޮޓަރި ދޮރުގައި ޓަކިދީފިއެވެ.

“މާހީ..” އަރަންގެ އަޑެވެ. މާހީ އަވަހަށް ގޮސް ބުރުގާ އަޅައިގެން އައިސް ދޮރު ކުޑަކޮށް ހުޅުވާލިއެވެ.

“އާދޭ ސައިބޯން..” އަރަން އެހެން ބުނެލާފައި ހިގައިގަތެވެ.

މާހީވެސް ބޯޖަހާލައިފައި ނުކުމެގެން ދިޔައެވެ. އަރަން އާއި އެއްކޮށް މާހީ އުޅުނީ ބަދިގޭގައި ކޮފީ ގިރާށެވެ. ސޯފާގައި އިން އަންހެން ކުއްޖާ އަށް މާހީ އަށް ވަރަކަށް ބެލެއެވެ. މިއީ އަނެއްކާ މިގެޔަށް ކީއްކުރަން އައި ކުއްޖެއްހެއްޔެވެ. އަނެއްކާ އެއީ އަރަން ގެނައި ކުއްޖެއް ހެއްޔެވެ؟ މިކުއްޖާ އާއި އަރަން އާއި އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ މާހީ މާދުރުދުރުން އުޅޭތީވެ އަަރަން ކަންބޮޑުވިއެވެ. މާހީ އެކުއްޖާ އާއި ދިމާއަށް ބަލާކަން އެނގުމުން އަރަން ގޮސް މާހީގެ ކައިރީގައި ހުއްޓިލިއެވެ. މާހީ ބަލާވެސް ނުލައެވެ.

“މާހީ..” އަރަން ގޮވާލިއެވެ. މާހީ އަޑުއިވޭ ކަމަށްވެސް ހަދާނުލާ ދިޔައީ ސިންކުކައިރިއަށެވެ. އަަރަން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. މާހީ ފަހަތުން އޭނާވެސް ދިޔައެވެ.

“މާހީ..” އަނެއްކާވެސް އަރަން ގޮވާލިއެެވެ. މާހީ މިފަހަރުވެސް އަޅައެއް ނުލައެވެ. އަރަން އެހެން ހުރެފައި މާހީގެ އަތުގައި ހިފައި އޭނާ އާއިވީފަރާތަށް އަނބުރާލިއެވެ. މާހީ ދިޔައި ސިއްސައިގެން އަރަންގެ މިއަމަލުން މާހީ ހުރީ ހިރިލަންވެސް ނުކެރިފައެވެ. ޖައިޝް އަށް މިމަންޒަރު ފެނި އަނގަމަތީގައި އަަތް އަޅާލެވުނެވެ.

“ޑޭމްން.. ގަދަ ގޮލަ އެކޭ..” ޖައިޝް މަޖާވެލައިފައި މަޑުމަޑުން ބުނެލިއެވެ. ލިޔާވެސް އެދިމާއަށް ބަލައިލައިފައި ދެލޯ ބޮޑުކޮށްލިއެވެ. މި އަންހެން ކުއްޖާ އަކީ އަނެއްކާ އަރަންގެ ލޯބިވެރިޔާ ހެއްޔެވެ. އެކުވެރިއަކަށް ވެއްޖިއްޔާ މިހާ ގާތަކު ނީއްނާނެ ކަން ޔަގީނެވެ. ލިޔާގެ ދެބުމަ ކަިރިވެލިއެވެ. މިއީ އޭނާއަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ.

“ކީއްވެތަ އަހަރެން ގޮވިމަވެސް އަޅާނުލީ..” އަރަން އޭރުވެސް ހުރީ މާހީގެ އަތުގައި ހިފާއްޓައިގެނެވެ.

“ކަމެއްނުވޭ..” މާހީ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.

“ދެން އެހެން ނަހަދައްޗޭ.. އެއީ އަހަރެންގެ ކޮލެޖް ކަމަކު ގްރޫޕް ބެހީރު އަހަރެންގެ ގްރޫޕްގައި އިން ކުއްޖެއް..” އަރަން އެހެން ބުނެލުމުން މާހީ އަރަން އަށް ބަލާލިއެވެ. ދެން އޭނާ ބަލައިލީ އެކުއްޖާ އަށެވެ. އޭރު ލިޔާ ހުރީ އެދިމާއަށް ބަލާށެވެ. މާހީ ބަލާލުމުން ލިޔާ ހީލިއެވެ. މާހީވެސް ފަނޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“އޭނާގެ ނަމަކީ ލިޔާ..” އަރަން އޭރުވެސް ބަލަން ހުރީ މާހީގެ ދެލޮލަށެވެ.

“ދެން.. ލިޔާ މިގެއަށް ގެނައީ ކީއްކުރަން..” މާހީ އަހާލިއެވެ.

“އޭނާގެ ގެއިންނީ ތަންކޮޅެއް ދުރުގަ އެހެންވެގެން.. އަދި ޖެހޭ އަނެއްކާވެސް މިރޭ ދާން..” އަރަން އޮޅުން ފިލުވައިދިނެވެ.

“ކޮނެމހެން އޭނަ މިގެޔަށް ގެނަަންޖެހޭތަ..” ބޭއިޙްތިޔާރުގައި މާހީއަށް ބުނެލެވުނެވެ. އަަރަންގެ ތުންފަށްމައްޗަށް ވެރިވީ ލާނެތްހިނިތުންވުމެކެވެ.

“ޖޭވީ ތަ..” އަރަން އަހާލީރު އޭނާ އިނީ އެއްމިޔަކަނަށް ހީލައިގެނެވެ. މާހީ ކުއްލިއަކަށް ބަލާލިއެވެ. އޭރުވެސް އަރަން ހުރީ ހަމަ އެގޮތަށް ހީލައިގެނެވެ.

“ކޮން ބޭކާރު ވާހަކައެއް ދައްކާކަށްތަ..” މާހީ އެހެންބުނެ އަރަންގެ އަތުން ލުއްސިގެން ގޮސް ކައުންޓަރު ކައިރީ ހުއްޓިލިއެވެ. އަަރަން ގާތަށް ކުޑަކޮށް ހިނިއައެވެ. އޭނާ ކުޑަކޮށް ހީލާފައި މާހީ ކައިރީގައި ހުއްޓިލިއެވެ.

“މާހީ ތީނީ ލިޔާ ގެނައީމަ ހިތްހަމަ ނުޖެހިފަ ދޯ..” އަރަން ގޮސް ކައުންޓަރުގައި އަތް އަޅުވައިލައިފައި މާހީގެ މޫނުފެންނަ ގޮތަށް ބޯ ގުދުކޮށްލިއެވެ.

“ޕިސް..” މާހީ ދެކޮޅު ހެދިއެވެ. އޭނާގެ ކޯ ވަނީ ކުޑަކޮށް ރަތް ވެފައެވެ. އަރަން އަށް މިމަންޒަރު ފެނި ހިނިތުންވުމުން ފުންވިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ޔާނާގެ ހަޔާތް

Next

ހަތުރުން ލޯބިވެރިންނަށް

Next
November 1, 2025

ހަތުރުން ލޯބިވެރިންނަށް

Previews
November 1, 2025

ޔާނާގެ ހަޔާތް

2 Comments!

  1. Anonymous says:
    November 1, 2025 at 5:54 pm

    wow masha allah vrh reethi
    when is next part????

    1. _MuXo_ says:
      November 1, 2025 at 11:00 pm

      Thank you!
      Inshaallah next week ga..

Comments are closed.

Next Episodeއަބަދަށް-39←


All Right Reserved!