“ޒާން އެއް ނާދެ..” އަހަރެން އެހެން ބުނުމުން މަންމަ އާއި ބައްޕަ ދެމީހުންގެ މޫނުމަތިންވެސް އިތުރައް ހައިރާން ކަން ފެނުނެވެ.
“އެއީ ކީވެ..؟ ރާނިޔާ އެކަނިތަ އަީ..؟” މަންމަ އަނެއްކާވެސް އެހިއެވެ.
*ޕާރްޓް-18*
“އާން.. އަހަރެން އެކަނި އައީ..” އަހަރެން ވެސް މޭޒުކައިރީ ގޮނޑިއެއް ދަމައިލައިގެން އިށީނީމެވެ.
“އެއީ ކީއްވެ..؟” ބައްޕަ އެހިއެެވެ.
އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. ބުނަން މިއުޅޭ އެއްޗަކުން މަންމަމެންގެ ލެކްޗަރު އަޑުއަހަން ޖެހޭނެ ކަން ކަށަވަރެވެ. އަހަރެން ތައްޔާރު ވެލައިފައި ބުނީމެވެ.
“އަހަރެން މިއައީ ޒާން ކައިރިން ވަރިވެގެން..” އަހަރެން އެހެން ބުނުމާއި އެކީ ބައްޕަ އދި މަންމަގެވެސް މޫނުމަތި ބަނަ ވިއެވެ.
ބައްޕަ ދެބުމަ ގާތްކޮށްލާފައި އަހަރެންނާއި ދިމާއަށް ބަލަން ހުރިގޮތުން ބިރުގަތެވެ.
“ރާނިޔާ މޮޔަވީތަ..؟” ބައްޕަ އަށް ތުރެއް އަވަހަށް މަންމަ ބުނެލިއެވެ.
“ކީއްވީ އޭނަ ފަރާތުން ވަރިވާން..؟” ބައްޕަގެ އަޑު ބާރެވެ. އަހަރެން ހިން ދިރުވާލައިފައި ޖަވާބު ދިނީމެވެ.
“އޭނަ އަހަރެންނަށް އަނިޔާ ކުރާތީ..”
“އަނިޔާއޭ.. މީހަކު ލޯބިން އަތުގަ ހިފާލިއަސް ބުނަންވީ އަނިޔާ ކުރަނީއޭ..” މަންމަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ރާނިޔާ މީހަކާ ދެވީވެސް ރާނީޔާ އަށް ރަގަނޅަކަށް ދޯ.. ރާނިޔާ އާއި ހެދި އަހަރެން މިހުންނަން ޖެހެނީ އަބަދު ރާނިޔާ އަޅާ ކޮންމެ ފިޔަވަޅެއް ބަލަން.. ރަގަނޅަކަށްވެސް ކަމެއް ކުރެވޭކަށްވެސް ނެތެއްނު.. އަބަދު ވެސް ކޮންމެ ދުވަހަކުވެސް ރާނިޔާ މިވެނި ކަމެއް ކޮށްފި ރާނިޔާ އެވެނި ކަމެއް ކޮށްފި.. ބޮލަށް އުދަނގޫ..” ބައްޕަ ގޮނޑިވެސް ހޫރާލައިފައި ނުކުމެގެން ދިޔައެވެ.
“ކިހިނެއްތަ އޭނަ ކަލެޔަށް އަނިޔާ ކުރަނީއެއިން..؟” މަންމަ އަހާލިއެވެ.
އަހަރެން ހުރިހާ ވާހަކަ އެއްވެސް ކިޔައިދިނީމެވެ.
“ކޮން ދޮގެއް ހަދާކަށްތަ..” މަންމަ ވެސް އެހެން ބުނެ ނުކުމެގެން ދިޔައެވެ.
މަންމަ ނިކުމެގެން ދިޔުމުން އަހަރެންނަށް ގޮޑިއަށް ޖެހިގަނެވުނެވެ. ދެއަތުން މޫނުފޮރުވައިގެން އޮތީމެވެ. މަންމަމެން އަހަރެން ދައްކާވާހަކަ ގަބޫލު ނުކުރަނީ ކީއްވެ ހެއްޔެވެ. އެއްމެ ފަހަރަކު ނަމަވެސް އަހަރެން މިދައްކާވާހަކަ އެއް ގަބޫލު ކޮށްބަލާށެވެ. ބައްޕަ ކޮންމެ އެއްޗެކޭ ކިޔަސް އަހަރެންނަށް ހުނަން އުނދަގޫ ތާކު އަހަރެންނެއް ނުހުންނާނެ މެވެ. ޒާން ކައިރިން ސަލާމަށްވެގެން އައިސް އަމިއްލަ ވަޒަނުގައި ހުރުނީތީ އުފާވިއެވެ.
އެރޭ ކައިހަދައިގެން އަހަރެން އައިސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރީގައި އޮވެ ފޫހިވާ ވަރުން އަހަރެން ރިތިވެލައިގެން ނުކުތީ ބޭރަށެވެ. ގަޑިން މިހާރު ނުވަގަޑި ބައިވަނީއެވެ. ދާނެ ވަކި މަންޒިލެއް ނެތި އަހަރެންނަށް ނުކުމެވުނީ އަތިރި މައްޗަށެވެ. އެއީ އެހެން ނޫނަސް އަަހަރެން ދެރަވެ ފުހިވީމައި އަންނަ އަތިރިއެވެ. އަހަރެންނާއި ޔޫޝައު މިއަތިރިމަތީގައި އެތަށް ސަކަރާތެއް ޖަހައިފައި ހުންނާނެއެވެ. ނަމަވެސް މިހާރު އެދުވަސްތަށް ވަނީ މާޒިވެ ގޮސްއެވެ. މިހާރު ޔޫޝައު ކޮބާ ހެވެ. އޭނާގެ ހާލު ކިހިނެއްހެއްޔެވެ؟ އޭނާ އަހަރެންމަތިން ހަދާން ނައްތާ ނުލާ ކަމެއް ވެސް ނެއިނގެ އެވެ. އަހަރެން ގޮސް ހުއްޓިލީ ރާޅު ޖަހާ ހިސާބު ކައިރީގައެވެ.
ފިނިފިނި ވައިރޯޅި ޖެހެމުން ދިޔައެވެ. ހަނދުދުގެ އަލިން މޫދުގެ ލޮނުގަނޑު ވަނީ ދިއްލާލެވިފައެވެ. އަހަރެން ދެލޯ މަރާލައިފައި ފުންނޭވާއެއް އެތެރެ ކޮށްލީމެވެ.
“ރާނިޔާ..” ދަންނަ އަޑެކެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. ލަސްލަހުން އެނބުރި ބަލާލީމެވެ. އަހަރެން ހުއްޓުން އެރިއެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ޔޫޝައު އެވެ. އަހަރެންނަށް ބޭއިޙްތިޔާރުގައި ހިނިތުން ވެލެވުނެވެ.
“ޔޫޝައު.. ހާލު ކިހިނެއްތަ..؟” އަހަރެން ޔޫޝައު އަށް ބަލަން ހުރެ އަހާލީމެވެ.
“ރަގަނޅު ދޯ.. ރާނީ ކިހިނެއް..؟” ޔޫޝައު އަހާލިއެވެ.
“ރަގަނޅު.. މިތާ ކީއްތި ކުރަނީ..؟” އަހަރެންނަށް ފާހަގަ ކުރެވުނީ ޔޫޝައު ކުރިޔާއި ތަފާތު ކަމެވެ. އޭނާ މިހާރު އިތުރަށް ރީތިވެއްޖެވެ. އިސްތަށިގަނޑުވެސް ބޯވެފައި ވަރުގަދައެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ހުޑީ އަކާއި ކަޅު ޖިންސް އެކެވެ.
“އަހަރެންނެއް ނޫންތަ ރާނީ އާއި ތި ސުވާލު ކުރަންޖެހޭނީ..؟” ޔޫޝައު އަހާލިއެވެ.
“ހެހެ.. އަހަރެން މިތަނަށް މިއައީ ހިތްހަމަ ޖއްސާލަން..” އަހަރެން އަނެއްކާވެސް މޫދާއި ވީފަރާތަށް އެނބުރުނީމެވެ.
“ކޮބާތަ ޒާން..؟” ޔޫޝައު އަހާލިއެވެ.
ޔޫޝައު މިސުވާލު ކުރާނެ ކަން އެނގޭތީވެ އަހަރެން ހުރީ ތައްޔާރަށެވެ.
“ރަށުގަ..” އަހަރެން ބުނީމެވެ.
“އެއީ.. ރާނީ ތިޔައީ އެކަނިތަ..؟” ޔޫޝައުގެ އަޑުގައި ހައިރާންކަން އެކުލެވިފައި ހުއްޓެވެ.
“އާން.. އަހަރެން މިއައީ އޭނާ ކައިރިން ވަރިވެގެން..” އަހަރެން ބުނެލީމެވެ.
“އެއީ..؟”
އަހަރެން ޒާން އާއި ކައިވެނި ކޮށްގެން އެރަށަށް ދިޔަ ފުރަތަމަ މަސްތެރޭގައި އޭނާ ރަގަނޅު ކަމާއި ފަހުން އޭނާ ކަންތަ ކުރަން ފެށި ގޮތުގެ ވާހަކަ އާއި ޒާންގެ މަންމަ އާއި ބައްޕަގެ އެހީގައި އަހަރެން ޒާން އާއި ވަރިވި ވާހަކަ ވެސް ބުނީމެވެ.
“ހަމަ އަސްލަށްވެސް ޒާން އެހެން ހެދިތަ.. ހާދަ ނުލަފާ މީހެކޭ.. ނަސީބެއްނު ރާނީ އޭނަ އާއި ވަރިވިކަންވެސް..” ޔޫޝައު ހުރީ ޒާންދެކެ އިންތިހާ އަށް ރުޅިއައިސް ކަން އެނގެއެވެ.
އަހަރެންވެސް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލީމެވެ.
“ދެން.. ރާނީ ކޮންއިރަކުން މީހަކާ އިންނަނީ..” ޔޫޝައު އެހެން ހުރެލާފައި އެހިއެވެ.
“ހިތް އެދޭ ކަހަލަ މީހަކު ފެނުނު އިރަކުން..” އަހަރެން ޔޫޝައުގެ ދެލޮލަށް ބަލާލަމުން ބުނެލީމެވެ.
“އެހެންވީ.. ހިނގާ ދެން ގެޔަށް ދާން.. އަހަރެން ދާނަން ރާނި އާއި އެކު..” ޔޫޝައު ތެދުވެލަމުން އަހަރެންނަށް އޭނާގެ އަތް ދިއްކޮށްލި އެވެ. އަހަރެން ހިނިތުންވެލާފައި އެއަތުގައި ހިފީމެވެ.
ދެމީހުންވެސް އެކުގައި ހިގައިފައި އައިރު އެތަކެއް ވާހަކަ އެއް ދެކެވުނެވެ. ޔޫޝައު އަހަރެންނާއި ވާހަކަ ދައްކާލަން އިރުކޮޅަކު ހުރެލައިފައި ދިޔައެވެ. ހިނިތުންވެލައިގެން ހުރެ އަހަރެން ގޮސް ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލު ކޮށް އޮށޯތީމެވެ. ހަމަ އޮށޯ ތުމާއި އެކީ ފޯން ރިންގް ވާން ފެށިއެވެ. ނުދަންނަ ނަންބަރެކެވެ. އަހަރެން ފޯނު ނަގައި ކަންފަތުގައި ޖައްސާލުމާއި އެކު އެކޮޅުން ވާހަކަ ދެއްކިއެވެ.
“އަހަރެންގެ ނަންބަރު ސޭވް ކޮށްފަ ބައިންދައްޗޭ.. ދެން އަވަހަށް ނިދާލާ..” ޔޫޝައު އެވެ.
“އޯކޭ ހެހެ..” އަހަރެން ޔޫޝައުގެ ނަންބަރު ސޭވްކޮށްފައި ނިދަން ލޯމަރާލީމެވެ. އުފާވެމެ ހުރެއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Next part Avahah up kohdhehchey pls can’t wait yooshau and raaniyaa gulhuvahchey they both are made for each other koh fa huhna questions ah javaabeh dhehchey
V try kuran eba avahah upload kohdeveytho.. But adhi kiriyaa eyy MuXo ge interhouse nimunee!
Dhen balaanan avahah up kohdeveytho..
Actually this story is so good May Yooshau marry Raaniya I think Raaniya likes Yooshau they are best friends forever Pls Upload Next part Bonus 5
Thank you!
Lets see dhw Yooshau Raaniyaa aa merry kureytho!
Any ways glad you liked it!