Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-37

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
October 26, 2025 3 Mins Read
2 Comments

“އެއްވެސް އެއްޗެއް ބޭނުން..؟” އަަރން އަހާލިއެވެ.

މާހީ ބޯހޫރާލިއެވެ. އަރަންމެން ނުކުމެ ދޮރު ލެއްޕުމުން މާހީ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހިތާއި ދިމާއުން އޭނާ އަތް ބާއްވާލިއެވެ. މާހީ އަށް ހިނިތުންވެލެވުނެވެ.

*ޕާރްޓް-37

އަރަނ އާއި ޖައިޝް އައިރު އައީ މާހީ އަށް ކާއެއްޗިހި ކޮޅެއް ހިފައިގެންނެެވެ. މާހީ ލުއިކާނާ ކާން ފޮރިހުންނަ ވަރު އަރަން އަށް އެނގެއެވެ. ރަށުގަ އުޅުނީރުވެސް ކޮންމެ ދުވަހަކު ހަވީރު ލާރި ހިފައިގެން ގޮސް ދަޅެއް ނުނީ ކޮންމެސް ޕެކެޓެއް ގަނެގެން ކާލާނެވެ. އެހެން ކަމުން އަރަން އައީ މާހީ އަށް ޗޮކްލެޓާއި ޗިޕްސް ހިފައިގެނެވެ.

ގެޔަށް އައިސް ވަނީރުު މާހީ ފެނާންކަށް ނެތެވެ. ކޮޓަރިއަށްގޮސް ބެލީރު ފޮތެއް ހިފައިގެން އޮތެވެ.

“އާދެބަ..” އެކޮޓަރި ދޮރުހުޅުވާލައިފައި އަަރން ގޮވާލިއެވެ.

ހައިރާންވެ ހުރެ މާހީ ނުކުތެވެ. އަރަން އޭރު ހުރީ ކޮތަލެއް ހިފައިގެނެވެ. މާހީ ގޮސް އޭނާ ކައިރީ ހުއްޓިލުމުން އަރަން އެކޮތަޅު ދިއްކޮށްލިއެވެ.

“މިއީ..؟” އަރަންގެ މޫނަށް ބަލާލައިފައި މާހީ އެހިއެވެ.

“ބަލާބަލަ..” އަރަން އިނީ ހިނިއައިސް އެވެ. މާހީ އުފާވާނއެ ވަރު އޭނާ އަށް އެނގެއެވެ.

މާހީ ކޮތަޅުގައި ހިފައިފައި އެތެރ ބަލާލިއެވެ. ހުރީ އެކިވައްތަރުގެ ޗޮކްލެތާއި، ޗިޕްސް އާއި ބިސްކޯދާއި ދަޅެވެ. މާހީގެ މޫނުމަތި ފުޅާ ހިނިތުން ވުމެއް ފާޅު ވިއެވެ. އަރަން އާއި ދިމާއަށް އޭނާ ބަލައިލީ ލޮލުގައި ތަރި ހުރެމެވެ.

“މިއީ އަހަރެންނަށްތަ..؟” މާހީ އަދިވެސް ޔަގީން ކުރަންވެގެން އަހާލިއެވެ.

“ހޫމް.. ތިއީ އަހަރެންގެ ފަރާތުން މާހީ އަށް ދޭ ހަދިޔާއެއް..” އަރަން ހިނިތުންވެ ހުރެމެ ބުނެލިއެވެ.

“ތެންކްޔޫ.. ވަރަށް ބޮޑަށް..” މާހީ އުފަލުން ހުރެމެ އެކޮތަޅު ހިފައިގެން ކޮޓަރިއަށް ވަނެވެ. ކޮތަޅު ހިފައިގެން އައިސް އެދުމަތީ އިށީންދެފައި މާހީ އޭގެން ޗިޕްސް ޕެކެޓް އެއް ނަގައި ކާން ފެށިއެވެ. ހިތާހިތާ އަރަން އަށް ޝުކުރު އަދާކުރަމުންނެވެ. އަރަން އައިސް މާހީގެ ކޮޓަރި ދޮރުމަތީ ހުުއްތިލިއެވެ. މާހީ އިނީ ދޮރާ ފުރަގަސް ވާގޮތުން ކަމުން އަރަން އެއް ނުފެނެއެވެ. އަރަން މާހީ އަށް ބަލަން ހުރެ ދޮރުގައި ލެނގިލިއެވެ. އެމޫނުމަތިން ފެންނަން ހުރީ ހިތްހަމަ ޖެހުމެވެ. މާހީގެ އުފަލަކީވެސް އޭނާގެ ވެސް އުފަލެވެ.

*އެއް ހަފްތާ ފަސް*

މިހާރު އަރަން އާއި މާހީ އާއި ޖައިޝްގެ ގުޅުން ވަނީ ވަރުގަދަ ވެފައެވެ. މިހާރު މާހީ އަށް ޖައިޝް އަށާއި އަރަން އަށް އިތުބާރު ކުރެވެއެވެ. އޭނާއަށް މިހާރު އަރަން އަށް ބެލެނީ އެކުވެރިއަކަށް ވުރެއް މާ ގާތް ކޮށެވެ. މާހީ އަށް އަރަން ކަަމުދިޔައެވެ. އެހާ ރަގަނޅު، އެހާ އަޅައިލާ މީހަކު ލިބޭނީ ހާހަކުން ފަހަރަކު އެވެ. މިހާރު ކޮލެޖް ވެސް ހުޅުވައިފިއެވެ. އަރަން އާއި ޖައިޝް ކޮލެޖް އަށް ދިޔައީމާ މާހީ އޮންނަނީ ފޫހިވެފައެވެ. ކުރާނެ ކަމެއް ނެތިފައެވެ. ހެދުނު ދާބަޔަކު އެއަންނަނީ ބައެއް ދުވަސް ދުވަހު ރޭގަނޑުވާފަހުންނެވެ. އެކަމާއި މާހީ ކުޓުވާވެސް މެއެވެ.

އެއްދުވަހަކުގެ މެންދުރު ވަގުތެވެ. އަރަން ތައްޔާރު ވަމުން ދިޔައީ ބޭރަށް ދިއުމަށެވެ. ކޮލެޖް ކަމަކު ޖައިޝް އާއި ދެމީހުން އަނެއްކާވެސް މާހީ އެކަނި ބަހައްޓައިފައި ދާން ޖެހުނީއެވެ. މާހީ މިއަދު އުޅުނީ އޭނާގެ އެއްޗިހި ދޮންނާށެވެ. އެހެންކަމުން އެެއެއްޗިހި ހިއްކަން އަޅުވަން ހުއްޓައި އަރަން އަރަން އައެވެ.

“އަހަރެންގެ އެއްޗިހިވެސް ދޮވެދީބަ..” އަަރަން ހުރީ އަތް ދިގު ގަދަ ނޫކުލައިގެ ޓީޝާޓަކާއި ޖިންސެއް ގައެެވެ. މާހީ ބޯ ޖަހާލައިފައި އަނެއްކާވެސް މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

“މާހީ ކޮށްކޯ.. އަނެއްކާވެސް ދަނީއޭ ބޭބެމެން ހިގޭ..” ޖައިޝް މަޖާ ރާގެއްގައި ބުނެލިއެވެ.

“ހޫން ހޫން.. ދެން ދޭބަލަ..” މާހީ ވެސް އެއަށް ރައްދު ދިނެވެ.

“ނުނިކުންނަށްޗޭ..” އަރަން އެހެން ބުނެ ދިޔައެވެ.

މާހީގެ ހެދުންތަށް ހިތްކަން އަޅުވައިފައި މާހީ ދިޔައީ އަރަންމެން ކޮޓަރިއަށެވެ. އަރަންގެ ކޮޓަރި ހުރީ ވަރަށް ތަރުތީބު ކޮށެވެ. ޑްރެސިންގެ ތޭބަލް ކައިރީ ހުރި ދާވަށި ގަނޑު ފެނިފައި މާހީ އަވަހަށް އެދިމާއަށް ދިޔައެވެ. ނަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ޑްރެސިން ޓޭބަލް މަތީ އޮތް ފޮޓޯއެވެ. މާހީ ނުބަލަން ހުރެފައި ވެސް ބަލާލިއެވެ. އެއީ އޭނާގެ ފޮޓޯއެކެވެ. މާހީ އެފޮޓޯ ނެގިއެވެ. އެއީ އޭނާ ލަވްޔާ އާއި އެކީ ދަޅުބޯން ދިޔަދުވަހެއްގައި ނަގައިފައި އިން ފޮޓޯއެކެވެ. އެކަމު އަރަން އަތުގައި އޭނާގެ ފޮޓޯ ހުންނަންވީ ކީއްވެ ހެއްޔެވެ؟ މާހީ އަށް ދެން ފެނުނީ ޑްރެސިން ޓޭބަލްގެ ދަމާ ވަތް ގަނޑު ތެރޭ ހުރި އިތުރު ފޮޓޯތަކެވެ. މާހީ އެއްޗިހި ނެގިއެވެ. އެއީ ހުސް އޭނާގެ ފޮޓޯ އެވެ. ފޮޓޯތަށް ނަގައިފައި ވެސް ހުރީ ކައިރިން ނެވެ. މާހީ ހިތް ކުޑަކޮށް ބިރުގަތެވެ. އެކިދުވަސް ދުވަހުގެ ފޮޓޯއެވެ. އަރަން މީއްޗިހި ބަހައްޓަނީ ކީއްކުރަަން ހެއްޔެވެ؟

އަދެއް އިވުނުހެން ހީވެގެން ބަލާލީރު ލޯގަނޑުން އަަރަން ފެންނަން ހުއްޓެވެ. އޭނާގެ ލޯ އަމާޒުވެފައި ވަނީ ސީދާ މާހީ އަށެވެ. މާހީ ހީއްކުރީ އަރަން ރުޅިއަންނާނެ ކަމަށެވެ. އެެހެންވެ އޭނާގެ އަތް ކުޑަކޮށް ތުރުތުރު ލާން ފެށިއެވެ. މާހީ އަވަސް އަވަހަށް އެނބުރުނެވެ. ލަސްހިގުމެއްގައި އައިސް އަރަން ހުއްޓިލީ މާހީ އާއި ދާދި ގާތުގައެވެ. އޭނާގެ ނޭވާ މާހީގެ މޫނަށް އެޅެއެވެ. މާހީ އިނީ ނޭވާ ހިފާއްޓައިލައިގެނެވެ. އޭނާގެ އަތްފައި ވަނީ ފިނިވެފައެވެ. ހިތު އެހާ އަވަހެވެ. އަރަން އޭނާގެ ދެއަތް ޑްރެސިން ޓޭބަލްގެ ދެފަރާތުގައި އަޅުވާލިއެވެ. މިހާރު މާހީ އޭނީ އަރަން އާއި ޑްރެސިންޓޭބަލް މެދުގައެެވެ.

“ކީއްތި ކުރަނީ..؟ އަހަރެންގެ އެއްޗިހި ހާވަނީތަ..؟” އަރަންގެ އަޑު މަޑެެވެ.

“އުހުން އެހެއްނޫން.. އަހަ- އަހަ-ރެން..” މާހީ އަށް ވާހަކަ ދެއްކުނީވެސް ކެޑިކެޑިގެންނެވެ.

“ތިފޮޓޯތަށް ފެނުނީދޯ..” އަަރަން މާހީ އަތުގައި ހުރި ފޮޓޯ ތަކަށް އިށާރާތް ކޮށްލަމުން ބުނެލިއެވެ. މާހީ ހިންދިރުވާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 01

Next

ހިތުގެ ހިތި ވިންދު

Next
October 26, 2025

ހިތުގެ ހިތި ވިންދު

Previews
October 25, 2025

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 01

2 Comments!

  1. Mesh! says:
    October 26, 2025 at 6:38 pm

    Mashallah mi part vx vrh reethi
    When is next?

  2. _MuXo_ says:
    October 26, 2025 at 7:21 pm

    Thank you!
    Inshaalaah v avahah..

Comments are closed.

Next Episodeައަބަދަށް-38←


All Right Reserved!