ހަމައެވަގުތެވެ. ޔަސްރާގެ މިހުރިހާ ހަރަކާތްތަކަށް ބަލަން މީހަކު ހުއްޓެވެ. އޭނާ ކުރިމަތީ ހުރި ލެޕްޓޮޕް އިން ދިޔައީ މިހުރިހާ މަންޒަރެއް ސީސީޓިވީ ކެމެރާއަކުން ދައްކަމުންނެވެ. އެމިހާ މަޑުމަޑުން ހީލިއެވެ. ފިރިހެން ވަންތަ އަޑެކެވެ. *ޕާރްޓް-10* އަނެއްދުވަހުގެ ހެދުނެވެ. މިންހާ އުޅުނީ ސައިހެދުމައިގެންނެވެ. އޭރު އަދި ހަޔާ އާއި ލިވާން އެއް ސައިބޯކަށް ނާދެއެވެ. މިންހާ މޭޒުމަށްޗަށް ކާއެއްޗިހި ނަގަމުން ދަނިކޮށް ބަދިގެޔަށް ވަދެގެން އައީ އަޒްހާން އެވެ. އޭނާ ލައިގެން ހުރި ގަމީހާއި ޖިންސްް އިން އޭނާ […]
އަރަން އިރުކޮޅަކު އެހެން އިނދެފައި ޖަގަށް ފުރާ ފެން އަޅައިފައި ތައްޓަކާއި ނޫޑުލިސް ތައްޓެއް ހިފައިގެން ދިޔައީ އެޕަރްޓްންޓުގެ އެއްމެ އެތެރޭގައި ހުރި ކޮޓަރިއާއި ދިމާއަށެވެ. އޭނާ ގޮސް ތަޅުދަނޑި ނަގައި ދޮރު ހުޅުވާލިއެވެ. *ޕާރްޓް-32* މާހީ ދެލޯ ހުޅުވާލީރު މިހާރު އަނެއްކާވެސް އޭނާ އަށް އޮވެވުނީ އެދުމަތީގަ އެވެ. އަނެއްކާ ވެސް ފުންމައިގެން ތެދުވެވުނެވެ. މާހީ އަށް އަމިއްލަ ހަށިގަނޑަށް ބަލާލެވުނެވެ. މީހެއް އޭނާގެ ގައިގައި އަތް ލާފަ ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް […]
ގެޔަށް އައިރު ރޭގަނޑު ވެއްޖެވެ. މަންމަ އަހަރެން ކައިރީ ބުނީ އަވަހަށް ނިދުމަށެވެ. މާދަން މެންދުރު އަހަރެންގެ ކައިވެނި ކުރަން ކޯޓަށް ދާން ޖެހެއެވެ. ބާކީ އަހަރެންގެ ކައިވެންޔަށް އޮތީ މަދު ގަޑިއިރުކޮޅެއްކަން އެނގުމުން އަހަރެންގެ ހިތް ތެޅި ގަތެވެ. ދެން އަހަރެން ވާނީ އެހެން މީހެއްގެ ހައްގަކަށެވެ. ދެން އަހަރެން އުޅެން ޖެހޭނީ އެހެން މީހަކާއި އެކުގައެވެ. އެމީހާގެ ކައިރީގަ އެވެ. *ޕާރްޓް-13* ހިޔާލުތަކުގައި އޮވެ އަހަރެންނަށް ނިދުނު އިރެއްވެސް ނެންގެއެވެ. ހޭލެވުނީ ފޯނު އެލާރްމް […]
އެދެކުދިން ފަރާތުން ހަޔާ އަށް ސުޚުލުގެ ގިނަކަންތަށްތަކެއް އެނގުނެވެ. ބައެއްކުދިންގެ ސިއްރު ވާހަކަތައްވެސް ރީމާ އާއި ޒޯޔާ ކިޔައިދިނެވެ. ހަޔާ ވެސް ޝައުގު ވެރިކަމާއި އެކު އަޑުއަހަން ހުރީއެވެ. *ޕާރްޓް-9* ސުޚުލު ނިމުނީރު ހަވީރު ހަތަރެއް ޖަހައިފިއެވެ. ހަޔާ އަވަސް ކޮށްލައިފައި ދިޔައީ ކައިރީ ހުރި ފިހާރެއަކަށެވެ. އެތަނުން ދެ ބަބަުލް ޓީ ގަނެފައި އެހެން ފިހާރެއަކަށް ވަދެ މޭވާކޮޅެއް ގަނެލައިގެން އޭނާ މިސްރާބު ޖެހީ ޔަސްރާ މެން ގެޔާ ދިމާއަށެވެ. ކައިލާން ވެސް މަޑުހިގުމެއްގައި އައިސް […]
މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ސުއްޕެއްގެވެސް އަދެއް ނީވެއެވެ. ގަސްބޯކަމުން އެދިމާ އަދިރިކަމަށް ދައްކައެވެ. މާހީގެ ހިތުގައި ނެއިންގ ޭބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ދެކޮޅު ބަލަމުން ހިގަމުން ދިޔައިރު އޭނާ ފަހަތުން ކާރެއް އަންނަކަން އެނގުނެވެ. އޭތިއައީ ލައިޓް ނުދިއްލަ އެވެ. މާހީ ހިގުން ބާރު ކޮށްލިއެވެ. ނަމަވެސް އެކާރު އައިސ ްމާހީ ކުރިމައްޗަށް ހުއްޓިއެވެ. މާހީ ހުއްޓުން އެރިއެވެ. ހިތް ބިރުގަތެވެ. އަނެއްފަރާތަށް އެބުރުނެވެ. އެއްމެ ފިޔަވަޅެއްވެސް ނޭޅުނެވެ. މީހަކު އައިސް އޭނާގެ އަގަޔާއި […]
އަހަރެމެން ދެމީހުން ގެޔަށް އައިރު އިރޯއްސި 7 ޖަހައިފިއެވެ. އަހަރެން ސައިކަލުން ފައިބެ ޒާން އަށް ހަނާ އަޅާލީމެެވެ. އޭނާ ވެސް ހިނިތުން ވެލީއެވެ. ގޭތެރެއަށް ވަނީރު މަންމަމެން ފެންނާކަށް ނެތެވެ. މާބޮޑު ކަމަކަށް ނަހާދާ އަހަރެން ގޮސް އެއްޗިހި ބަދައްލު ކޮށްލީމެވެ. ނަމާދުކޮށް ހަދައިގެން ގާތްގަޑަކަށް 8:30 ކަންހާއިރު ވެލުމުން އަހަރެން ކޮޓަރިން ނުކުތީމެވެ. އަހަރެން ފޯނު ހިފައިގެން ގޯތި ޖޯލީގައި އޮތްވައި މީހަކު އައިސް ވަނެވެ. *ނުނިމޭ* އަހަރެން ހީތްކުރީ ބައްޕަ މިސްކިތަށް ގޮސް […]
އެކާރު ދިޔަފަހުން ގަހުގެ ނިޔަލަށް ވަދެ އިން މީހަކު ނިކުތެވެ. އެމީހާ ލައިގެން ހުރީ ކަޅު ޖިންސް އަކާއި ކަޅު ހުޑީ އެކެވެ. އަޅާގެން ހުރި މާސްކުން އޭނާގެ ނޭފަތާއި އަނގަވަނީ ނިވާކޮށްލާފައެވެ. އިސްތަށިގަނޑު ނިވާކޮށްލުމުގެ ގޮތުން ވަނީ ހަމަ އެކުލައިގެ ތޮތްޕަކުންނެވެ. ތޮފިމަތިން ވަނީ ހުޑް ވެސް އަޅާލެވިފައެވެ. އޭނާ ކޯރާއި ދިމާވާގޮތަށް ހުއްޓިލައިފައި މާސްކާއި ތޮފި ނެގިއެވެ. *ޕާރްޓް-30* އަރަން ހުރީ އިންތިހާ އަށް ރުޅިއައިސް ފައެވެ. އޭނާ ހީއްކުރީ ހަމަ ރަނގަޅަށެވެ. މާއިލް […]
އެމީހުންނަކީ އެހާ މުއްސަދި ބަޔެއް ކަމަކަށް އަހަރެން ހިތަކަށް ނާރަ މެވެ. އަހަރެން ހިތަށް އެރިއެވެ. އެހާ މުއްސަދި އިރު އެތަކެއް އަންހެން ކުދިންނެއް އޭނާ ފަހަތުން އުޅޭނެ އެއް ނޫން ހެއްޔެވެ. *ޕާރްޓް-11* ގަޑި ކިޔައިފައި އޮތީ 4:15 ކަމުން އަހަރެން އަވހަށް އައިސް ތައްޔާރު ވެލީމެވެ. ދުވަސްކޮޅަކުން އަހަރެންގެ ކައިވެނި ކުރެވޭނެއެވެ. އަހަރެން އެހެން މީހެއްގެ ހައްޖަކަށް ވާނެއެވެ. އޭރުން ދެން އަހަރެންނަށް މިނިވަންކަމެއް ނޯންނާނެއެވެ. ލޮލުން ކަރުނަ ތިއްކެއް އަހަރެންގެ އަތަށް ވެއްޓުނެވެ. […]
“ހީއްކުރީތަ ތިހާ ފަސޭހައިން ދޭނެކަމަށް..؟” އެހެންބުނެ އެކުއްޖާ ދުރަށް ހިނގައިގަތެވެ. ހަޔާ އިނީ ހަދާނެ ގޮތް ހުސްވެފަ އެވެ. އޭނާވެސް އެދިމާއަށް ހިނގައިގަތެވެ. އަންހެން ކުއްޖާ ހަޔާގެ ފޯނު ހާވަން އިންދައި އޭނާގެ އަތުގައި މީހަކު ވަރަށް ބާރަށް ހިފިއެވެ. *ޕާރްޓް-8* “އެހެން މީހުނަށް އުދަގޫ ނުކޮށް އަމިއްލަ މީހާގެ ފޯނު ހާވަބެ..” ކައިލާން އެކުއްޖާގެ އަތުން ފޯނު އަތުލަމުން ބުންޔެވެ. އެކުއްޖާ ާހުރީ ސިހުން ވެފައެވެ. ކްލާސް އެއްމެން ގޮތަށް ތިބީ އެދިމާއަށް ބަލާށެވެ. ހަޔާވެސް […]