ދުވަހުގެ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮށްސެމުންދާކަމުގެ ނިޝާންތަ އުޑުމަތީ ހުރި ވިލާތަކުން ފެންނަމުން ދެއެވެ. ފާތިހު ގެއަށް ދާން ހިގައިގަތް ތަނާހެން ކުއްލިއަކަށް އެއިވުނީ ހޭޅީތެރެއިން މީހަކު ކުކުރާ އަޑެވެ. ހިސާބަކަށް ކައިރިވިތާނާ ފެނުނުމަންޒަރުން ފާތިހު ސިހިފައި ފަހަތަށް ދެފިޔަވަޅު އަޅާލެވުނެވެ.
ކުރިމަތީ އޮތް ލޭ ކޯރު ތެރޭ އޮތީ އަންހެން ކުއްޖެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ބޮލުން ފައިބައިފައިވާން ލެއެވެ. ހެދުމުގެ އެތަން މިތަން ވަނީ ވީދިފައެވެ. ގައިގެ އެކިތަންތަނުން ލޭ އަންނަނީ އެވެ.
އެއީ ކާކުކަން ނޭނގުނު ނަމަވެސް ފާތިހު އަވަސް އަވަހަށް ފޯނުނަގައި ރަށުގެ ހަސްފަތާލަށް ގުޅައިފައި ވަގުތުން އެންބިިއުލައިންސް ގެނައުމަށް ބުންޔެވެ.
ފާތިހުވެސް އެމްބިއުލައިންސް އައުމުން އެކުއްޖަކު އަރުައިގެން ދިޔައީ ހަސްފަތާލަށެވެ. ނުދަންނަ މީހުންނަށް ވިއަސް އެހީތެރި ވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެއަންހެން ކުއްޖާ އާއިލާ ދަންނަ މީހަކުވެސް ހަސްފަތާލަކު ނޫޅެއެވެ. އެހެންކަމުން ފާތިހު ނިންމީ އެކުއްޖާ ދޫކޮށްލަންދެން އަޅާލުމަށެވެ.
މަޑުމަޑުން ދެލޯ ހުޅުވައިލައިފައި ވަށައިގެން ހޯދައި ލިއެވެ. ކައިރީގައި އިން ފާތިހު ފެެނިފައި އަންހެން ކުއްޖާ ފުންމައިގެން ތެދުވިއެވެ. ފާތިހުއަށް އެޢަމަލުތަށް ފެނި ހމަޖެހުމަށް ބުނެ ލާފައި އަމިއްލައަށް ތަޢާރަފް ވެލިއެވެ. އަދި އެކުއްޖާ އަށް ސުވާލު ކުރަންފެށިއެވެ.
“ކޮންނަމެއް ކިޔަނީ..؟ ކިތަށްއަހަރު..؟” ފާތިހު އަހާލިއެވެ.
“ޝައުރާ.. މިއަހަރު ނަވާރަ އަހަރު ވާނެ..” ޖަވާބު ދިނުމަށްފަހު އޭނާ އިސްތަށިގަނޑު ރީތިކޮށްލިއެވެ.
“ކާކު، ކީއްވެ ތިހާ އަނިޔާ ކޮށްފަ..؟” ކޮބާ އާޢިލާ މީހުން..؟ މަންމަ؟ ބައްޕަ؟ އެކަކުވެސް އެބަހުރިތަ..؟” ފާތިހު ސުވާލުތަށް ޝައުރާގެ ކުރިމައްޗަށް ބަންޑުން ކޮށްލުމާއި އެކު އޭނާގެ ބޮޑު ދެލޯ ފެންކަޅި ވިއެވެ. ދެން ޝައުރާ ފެށީ އޭނާގެ މާޒީ ކިޔައިދޭށެވެ.
***************
އޭރު އަހަރެންގެ އުމުރުން ސަތާރަ އަހަރެވެ. ޖީސީ ނަތީޖާ ލިބުނީ އޭގެ ދެ ހަފްތާއެއް ދުވަސް ކުރިންނެވެ. ހުރިހާ މާއްދާއަކުން ފާސްވުމުން އެކަމުގެ އުފަލުގައި ކުޑަ ހަފްލާއެއް ބޭއްވި ދުވަހެވެ. ހައެއްޖަހާލީރަށް ހަފްލާ ނިއްމާލިއެވެ.
ހަގަޑި ބައިވިތަނާ އަހަރެންނާ އަހަރެންގެ އެކުވެރި ހުދާ އަދި އޭނާގެ ލޯބިވެރިޔާ ދިޔައީ އަތިރި މައްޗަށެވެ. އިރުއޮށްސި ދުނިޔެ މައްޗަށް އަނދިރިކަން ފެތުރެމުން ދިޔަ ވަގުތެވެ. ހުދާ އާއި އޭނާގެ ލޯބިވެރިޔާ ދިޔައީ ގެޔަށްދާންށެވެ. އަހަރެން އެކަނިމާ އެކަނި އެތާ ހުރީމެވެ. ފަހަތުން މީހަކު ހުރި ކަމުގެ އިހްސާސް ކުރެވުމުން ފަސް އެނބުރި ބަލާލީމެވެ. ހުރީ އައިސް ބްލޫ ޖިންސް އަކާއި ކަޅު ކުލައިގެ އަތްދިގު ޓީޝާޓެއްގައި ހުރި ޒުވާން ފިރިހެނެކެވެ. ފަންފަން އިސަތަށިގަނޑު ނިތްކުރިމައްޗަށް ވައްޓާލައި ފައެވެ. ކުަލަ އަލި ހަންގަނޑެކެވެ. ބިސްބުރު މޫނަށް ފިރިހެން ވަންތަކަން ގެނެސް ދެނީ ފާޅު ވެވޭހުރި ކަތުރުކަށިގަނޑާއި ތޫނު ދެލޮލެވެ. ހިތްތަށް ދަމައިގަންނަ ޖާދޫވީ ބާރެއް އެ މުށި ކުލައިގެ ދެލޮލުގައި ވެއެވެ. އަހަރެން އިން ދިމާލަށް އަންނަހެން ހީވުމުން އަހަރެން އަވަސްއަވަހަށް މޫދާއި ވީފަރާތަށް ކުރިމަތިލީމެވެ. އޭރު އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ.
“ހެއި..” ކުއްލިއަކަށް ކައިރިން ފިރިހެން ވަންތަ އަޑެއް އިވުމުން އަހަރެންނަށް ކަނާއަށް ފަރާތަށް ބަލައިލެވުނެވެ. އޭރު ކުރިން ފެނުނު ފިރިހެން ކުއްޖާ ހުރީ ކައިރީގައެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނެއިންގިފަ އެވެ.
“އަންހެން ކުދިން ނުވާނެ މިގަޑީ ބޭރަށް ނުކުންނާކަށް.. ޖިންނި އަވަލާނެ ފަސޭހައިން.. ބައިދަވޭ ޔޫ ލޫކް ގޯޖިޔަސް.. ނަމަކީ ކޮބާ.. މިއީ ޒަޔާން..” އެތާ ތިބެ އެތަކެއް ވާހަކަ ތަކެއް ދެއްކީމެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައިރު އަހަރެންގެ އުޅުން ވެސް ދިޔައީ ބަދަލު ވަމުންނެވެ. ކޮންމެ ދުވަހަކު އިރުއޮށްސޭ ދަޅައައް އަހަރެން އަތިރިމައްޗަށް ދާންފެށި ޒަޔާން އާ ބައްދަލު ކުރާށެވެ. މަންމަ އަަހަރެން ގޭ ބަންދުކުރުމުން އަހަރެން ރުޅިގަދަވެ، އެއްޗިހި ހަލާކު ކުރަން ފެށީމެވެ. ނިދީ ތެރޭ ހިގުމާއި ވާހަކަދެއްކުން ފަދަ ކަންކަން ތަކުރާރު ކުރަން ފެށީމެވެ. އެދުވަސް ކޮޅު އަހަރެންގެ ގެއަށް އައީ އަހަރެންގެ ބޮޑުބޭބެ އަށް ފާހަގަ ކުރެވުނީ އަހަރެން އަހަރެންގެ ބަދަލު ވެފައިވާ އަހުލާގާއި މިޒާޖެވެ. ބޮޑުބޭބެ އަކީ ފަންޑިތަ ހދާމީހެއްކަމުން ފަސޭހަ ކަމާއި އެކީ އަހަރެން މިހިރީ ޖިންނި އަވަލައިފައި ކަމަށް ބުންޔެވެ. އެ އަވަލައިގެން އުޅޭތާ އަހަރެއް ވަނީ ކަމަށްވެސް ބުންޔެވެ.
***************
ދެމީހުންވެސް ސިހުނީ ވަދެގެން އައި ޑަކްޓަރު އައިޝާ އަރައިފައިވާ ހައިހީލްސް ތަޅުންގަނޑުގައި ޖެހޭއަޑަށެވެ.
ޑަކްޓަރް އައިޝާ، ޝައުރާގެ ހިތު ވިންދާއި ބީޕީ ބެލުމައްފަހު ދިޔަތަނާ އެތަނަށް އައި ނަރުހަކު ޝައުރާގެ އަތުން ލޭނެގުމަށް ފަހު އޭނާގެ ހަލާކުވެފައި ހުރި ތަންތަނުގައި ބޭސްގަނޑު ބަދަލު ކުރިއެވެ. އަދި އޭނާ އަށް ދޭން ބޭސް ދިނެވެ.
އެވަގުތު ފާތިހު ވީ ފޯނެއް އައިސްގެން ބޭރުގައެވެ. ފާތިހު އަކީ އެމްއެން ޑީއެފްގެ އޮފިސަރެކެވެ. އޭނާ އެއުޅެނީ ޗުއްޓީއެއް ގައި އޭނާގެ އުފަން ރަށަށް އައިސް އެވެ. ފާތިހު ހަރަދު ކުރަން ޖެހޭ އެކަކުވެސް ނުުރެއެވެ. އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ކުއްޖަކީއެއެވެ. ނަމަވެސް އެދެމީހުން މިހާރު ދުނިޔެއަކު ނެތެވެ. ފާތިހު ހުރީ އަދި ހުއްސެރިބަޔަށެވެ.
ފާތިހު އެނބުރި ޝައުރާގާތަށް ދިޔައީ އޭނާއަށް ހެދުމަކާއި ދެ ފްރައިޑް ނޫޑުލްސް ތަށި ގަނެގެނެވެ. ޝައުރާ ހެދުން ބަދަލު ކޮށްގެން އައުމުން ފާތިހު އެހިއެވެ.
“ދެން ޝައުރާގެ ބޮޑުބޭބެ ފަންޑިތަ ހެދީތާ..؟”ޝައުރާ ބޯޖަހާލައިފައި ކިޔައިދޭން ފަށެއެވެ.
***************
ބޮޑުބޭބެ ފަންޑިތަ ހަދަން ފެށުމުން ރަށު ރައްޔިތުންނަށް ޒަޔާންގެ އުނދަގޫ ފޯރަން ފެށިއެވެ. ފަންޑިތަ ހދަން ފެށިތާ މާގިނަ ދުވަހެއް ނުވެ ބޮޑުބޭބެ ނިޔާވިއެވެ. ތަވީދު މުއްދަތުވެސް ހަމަވީ ހަމަ އެދުވަސް ކޮޅަށެވެ. އެެހެން ކަމުން އަހަރެންނަށްވެސް ޒަޔާންގެ އުނދަގޫ ފޯރަން ފެށިއެވެ. އޭނާ އަނިޔާ ވެސް ކުރަން ފެށިއެވެ. ޒަޔާން އަހަރެން ގާތުބުނީ އެހެން ފަންޑިތަވެރިޔަކު ހޯދަން މަސަށްކަތް ކުރާ މިހަކު މަރާލާނެ ކަމަށެވެ. އެހެންކަމުން އަަަަަަަަހަރެންގެ މަންމަ، ބައްޕަ އަދި ބޭބެވެސް މަރަރާލީ ޒަޔާން އެވެ. އޭނާ ބުނަމުން ދިޔައީ އަހަރެންނާއި އޭނާ ދުވަހަކުވެސް ވަކި ނުކުރެވޭނެ ކަމަށެވެ. އަދި ދުރުކުރަން މަސަށްކަތް ކުރާ ކޮންމެ މީހަކުވެސް މަރާ ލާނެ ކަމައް ބުންޔެވެ.
***************
“ތި ޒަޔާން އެއްތަ ތިހެން ހެދީ..؟” ފާތިހު އަހާލިއެވެ.
“އާން.. އެއީ އޭނަ ބޭނުންވި ގަޑީ އަހަރެން ބޭރަށް ނުނިކުތީމަ..” ޝައުރާ ޖަވާބު ދިނެވެ. ދެމީހުން މެދުގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ފާތިހު ހިތް ގަޔާވާ އެތަށް ސިފައެއް ޝައުރާގެ ކިބައިގައި ވެއެވެ. ޝައުރާގެ ހިތްވެސް ވަނީ ފާތިހު އަށް ދެވިފައެވެ. ޝައުރާގެ ފަން ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު ތެރެއިން އޭނާގެ ވަށް ދޮން މޫނު ފެންނަނީ، ކަލުފޮއި ރެއެއްގެ ތެރެއިން ސާދާ ވިލޭރޭގެ ހަނދު ފެންނަ ހެންނެވެ. އޭނާގެ ބޮޑު ދެލޮލާއި ނޭފަތުން އޭނާގެ މައުސޫމްކަން ދައްކައިދެއެވެ. އޭނާގެ ތުނި ތުންފަތް މަތީވާ ލޯބި ހިނިތުންވުން ފާތިހު އަބަދުވެސް ބޭނުން ވެއެވެ. ފާތިހު ބޭނުންވަނީ ޝައުރާގެ ހިމަ ހޯލި އިނގިލިތަސް އޭނާގެ އަތުތެރޭ ވުމަށެވެ. ޝައުރާގެ ހިމަ އުނަގަނޑު އޭނާގެ އަތްތެރޭގައި ވުމަށެވެ.
ޝައުރާވެސް ބޭނުންވަނީ ފާތިހުގެ މީހަކަށް ވާށެވެ. ފާތިހުގެ ބައިމަތިފުޅާ، ތަނަވަސް މޭމަތީ ބޯއަޅާލުމަށެވެ. އެބާރުގަދަ ދެއަތުގެ ހިމާޔަތާއި ހިޔާވަހިކަމުގެ ދަށަށްދާށެވެ. ފާތުހުގެ މުށި ކުލައިގެ ތޫނު ދެލޮލަށް ނިވައި އަޅަނީ އޭނާގެ ބުޅި އިސްތަށިގަނޑެވެ.
ޝައުރާ ގެޔަށް ދުކޮށް ލުމާއި އެކީ ފާތިހު ފެށީ ފަންޑިތަ ވެރިއެއް ހޯދުމުގެ މަސަށްކަތެވެ. އޭނާ އަށް އިނގުނީ ކައިރި ރަށެށް ގައި ފަންޑިތަ ވެރިޔަކު އުޅޭކަމަށެވެ. އޭނާގެ ނަމްބަރު ހޯދައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި ފަންޑިތަވެރިޔާ ބުނިގޮތަށް ހުރިހާ ކަމެއް ކުރަން ފެށިއެވެ.
ފަންޑިތަ އަލީ އައީ އޭގެ ދެދުވަސް ފަހުންނެވެ. އޭނާ އަންނަންވީރަށް ފާތިހު ހުރީ މަސަށްކަތައް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި ތައްޔާރުކޮށް ނިއްމާފައެވެ. ފަންޑިތަ އަލި އައީ ފާތިހު އަށް ތަވީދެއް ތައްޔާރުކޮށްގެނެވެ.
ފާތިހު އަލަށް އެދުވަހު ޝައުރާ އެގެޔަށް ގެނައެވެ. އަދި ފަންޑިތަ ހަދަން އުޅޭވާހަކަ ބުންޔެވެ. އަދި އެދުވަހުން އެދުވަހަށް ފަންޑިތަ ހަދަން ފެށިއެވެ. ފަންޑިތަ އަލީ ބުނީ އެއީ ކަނޑު ހަންޑިއެއް ކަމަށެވެ. ވަރަށް ބާރުގަދަ ވާނެ ކަމަށްވެސް ބުންޔެވެ.
ފަންޑިތަ ހަދަން ފެށީރަށް ޝައުރާގެ ހަށިގަނޑަށާއި މާހައުލަށް އަންނަމުން ދިޔަ ބަދަލު ފެނި ފާތިހު ނިކަން ބިރުގަތެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މިފަދަ މަންޒަރެއް ފެނުމުން އެނާ ހުރީ ބިރުން ރޫރޫ އަޅައެވެ. ނަމަވެސް ފިނޑިއަކަށްވެ ދުވެފިލާ ރައްކާވާކަށް ބޭނުމެއްނުވިއެވެ. ފާތިހު ބިރުގަންނަނީ ޖިންނި ދެކެއް ނޫނެވެ. އޭނާގެ ފުރަތަމަ ލޯބިވެރިޔާ ޝައުރާ އަށް ގޮތެއް ވެދާނެތީއެވެ.
ހުރިހާކަމެއް ނިމުނީރު ޝައުރާ އޮތީ ހޭނެތިފަ އެވެ. ގައިގައި އެއްވެސް ދިރުމެއް ނެތެވެ. ފާތިހު ހިތަތް އެރީ ޖިންނި އާއި އެކު ޝައުރާވެސް ދުނިޔެއާއި އަލްވަދާއު ކީކަމަށެވެ. ނަމަވެސް ފަންޑިތަ އަލީ ފެންތައްޓެއް ކިޔަވައިފައި ޝައުރާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ފެން ވިއްސުމުން ފުންމައިގެން ތެދުވިއެވެ.
ފަންޑިތަ އަލީ އަށް ފައްފަށުން ޝުކުރު އަދާކުރުަމަށް ފަހު އޭނާ އަށް ދޭންޖެހޭ ވަރަށް ރުފިޔާ ދިނުމަށް ފަހު ރަށަށް ފޮނުވާލި އެވެ. އޭގެ ދެމަސް ފަހުން ފާތިހު އާއި ޝައުރާ ތައްޔާރު ވަމުން ދިޔައީ އެދެމީހުންގެ ކައިވެނީގެ ހަފްލާއަށެވެ. ޕާޓީ ބާއްވަން ނިއްމީ މާލޭ މާރްބްލް ރެސްޓޯރެންޓް ގައެވެ.
ކުލަގަދަކޮށް ފާހަގަކުރަމުން ދިޔަ ޕާޓީގައި އެއްމެ އުފަލުން ހުރީ ޝައުރާ އެވެ. އޭނާގެ އާމު ދިރުއުޅުމަށް އެނބުރި އާދެވި އުމުރަށް ފާތިހުގެ މިހަކަށް ވެވުނީީއެވެ.
*ނިމުނީ*
One Comment
Comments are closed.







Nice!!!!!!!