އަހަރެންނަކީ ރާއްޖެތެރެއިން މާލެއަށް ފައިބާއުޅޭ އެހެންމީހުންނެކޭ އެއްގޮތަށް ބޮޑުއަގުދީފައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހަކީމެވެ. އެންމެފަހުން ކުލިދައްކައިގެން އުޅުނު ތަނުން ކޮންޓްރެކްޓް ހަމަވުމާއިއެކު އެއަށްވުރެ އަގު ބޮޑުކުރީއެވެ. އަހަރެންގެ ޖީބަށް ކެތް ނުވާވަރު ވީމައި އެންމެ ފަހުން އެތަންކޮޅު ބޮޑުވެފައި ހިތްފަސޭހަ ކަމުގައިވިޔަސް ޖެހުނީ ދޫކޮށްލާށެވެ. އަހަރެންނަކީ ހުސްހަށިބައި ފިރިހެނަކީމެވެ. ވަޒީފާގައި ގިނައިރު ހޭދަކުރަން ޖެހުމާއިއެކީގައި ގޭގައި ހޭދަކޮށްލަން ލިބެނީ ރޭގަނޑު ނިދާވަގުތުކޮޅެވެ. އެހެންކަމުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ލިބޭތޯ އަހަރެންގެ ބައެއް ރައްޓެހިންނާއި ވާހަކަ […]
އާދުވަހަކަށް އިރުއަރަނީ އެތައް ބައެއްގެ ހިތް އުންމީދުން ފުރިފައިވާ ހާލުގައެވެ. މިދިރިއުޅުމުގައި އަހަރެންވެސް އެތައް ހުވަފެންތަކެއް ދެކި އެތައް އުންމީދުތަކެއް ކުރީމެވެ. ނަމަވެސް ތަޤްދީރުގައި އަހަރެންނަށް ޖެހުނީ އެހުވަފެންތަކަކީ ހަމައެކަނި މިހިތަށް ފިނިކަން ގެނެސްދޭ އެއްވެސް އަސްލެއްނެތް ކަންތައްތަކެއްގެ ގޮތުގައި ބަލައިގަންނާށެވެ. އެއީ ހަމައެކަނި އަހަރެން ދުށް ހުވަފެންތަކެއްގެ ގޮތުގައި ދެކޭށެވެ. އެއުންމީދުތަކަކީ ހަމައެކަނި ކުރެވުނު އިހުސާސްތަކެއް ގޮތުގައި ދެކޭށެވެ. މަތީ ސާނަވީ ނިންމުމަށްފަހު އަހަރެން ބޭނުންވީ ޑޮކްޓަރަށްވުމަށެވެ. ނަމަވެސް އާއިލާގެ މާލީ ހާލަތު ހުރިގޮތުން އަހަރެންނަށް […]
(ހަވަނަ ބަޔާއިގުޅޭ)………… އެހެންވެ ދެވަނަފަހަރަށްވެސް އަހަރެން ތޫދެކެ ލޯބިވާވާހަކަ ބުނީމެވެ. ތޫއަހަރެންގެ މީހަކަށް މުޅިއުމުރަށް ހަދަން ބޭނުންވާ ވާހަކަ ބުނީމެވެ. ތޫއާއި އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށިގެން ހުރިހާ ވާހަކައެއްވެސް ކިޔައިދިނީމެވެ. އަހަންނަށް ހީވީ އެއްނޭވައިން ހުރިހާ ވާހަކައެއް ކިޔައިދެވުނުހެންނެވެ. ހިތް އަވަސްވެފައިވާލެއް ބޮޑުކަމުންނެވެ. ލޯބިވާވާހަކަ ދުލާއިހަމަޔަށް ގެނެވުމުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ. ނަމަވެސް އެހާވަރަށް ހިތް ނުތަވަސްވެސް ވިއެވެ. ތޫގެ ޖަވާބެއް ނޭނގޭތީއެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ ތޫގެ ޖަވާބަކަށެވެ. އަހަންނަށް […]
(ފަސްވަނަ ބަޔާއިގުޅޭ)………… ވަގުތުކައިރިވަރަކަށް ބޯޓަށް އަރަމުން ދިޔަ މީހުންވެސް އޭރު ގިނަވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނަށްވެސް އަހަރެން ވަކިވަކިން ބަލަން އިނީމެވެ. ތޫއާދޭތޯއެވެ. ނަމަވެސް ފުރަން ފަސްމިނިޓްވީ އިރުވެސް ތޫއެއްނާދެއެވެ. އަހަރެން މާޔޫސްވިއެވެ. ނިހާލުމެން ތޫއަންނާނެކަމަށް ބުނަމުން އަހަރެންގެ ހިތްހަމަޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން އެދުނީ އެންމެފަހުން ތޫއަށް ގުޅުމަށެވެ. ފޯނުމަތިން ހަނދާންވީވެސް އެވަގުތުއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނަގާ ތޫގެ ނަންބަރަށް ޑައިލް ކުރަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އަހަންނަށް ފޯނެއްއައެވެ. އަހަންނަށް […]
(ތިންވަނަ ބަޔާއިގުޅޭ)………… މާޒީގެ އުފާވެރި ސޮފްޙާތަކުން އަހަންނަށް ބޭރަށް އާދެވުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ގުޅަނީ މަންމައެވެ. އަހަރެން ފޯނުނެގީމެވެ. ”ހަލޯ….. ދަރިފުޅާ…. ކޮންތާކު؟ ލަންކާ އެއަރޕޯޓުގަތަ؟ އެތަނަށް ދެވިއްޖެތަ؟” މަންމަ އެއްފަހަރާ ހުރިހާ ސުވާލުތަކެއް އަމުނާލިއެވެ. ޓްރާންސިޓްވެގެން ދާންޖެހޭތީވެ އަހަންނަށް ލަންކާއަށް ދެވުނުތޯ މަންމަ ބަލާލީއެވެ. ކުރީގައި ފުރަންއޮތް ގަޑީގައި ފުރުނުނަމަ އަހަރެން އޭރުވާނީ ލަންކާގައެވެ. އަހަރެން ފުރުން ލަސްވީވާހަކަ މަންމަ ކައިރީގައި ބުނީމެވެ. އެވަގުތު އަހަރެން ފޯނުގެ ގަޑިއަށް ބަލާލީމެވެ. ”އޯހް….. […]
ކުރަނީ އަސަރު ކީއްވެހޭ މިހިތަށް ފެނުމުން ކަލާ ހުވަފެނުން ތިޔަސޫރަމެ އަބަދުހެން ފެންނަނީ މެރުމުން ދެލޯ ހުވަފެނުން މަރަނީ ދެލޯ އަޅާ ވޭނުން ނިކަން ނިދުމުން ކަލާ ސިފަވުމުން ލިބިދޭ ވޭނަށް ކެތްނުވެޔޭ ވެވުމުން ތިޔަ ހަނދާން ހުވަފެނުން ފަވަނީ މާޒީގެ ފޮނިފުން ހަނދާންތައް އަކުރުގެ ރަން ގަލަމަކުން އަހަރުއެތައްވީ ފުން އިޙުސާސްތައް ކުރަނީ ފެނުމުން ހުވަފެނުން ކުރަމޭ ސުވާލު މިހިތާއި ޝަކުވާއިން ފެނެނީ ކީއްވެހޭ އަބަދުހެން ކުރަނީ އުނދަގޫ އެހަނދާންތަކުން ފެނުމުން އެކަން ހުވަފެނުން ކަރަނީ […]
އިރުއޮއްސުމަށް ފަރިކޮށްލަމުން ދާއިރު، ގައިބާރު ދެރަވެ މުސްކުޅިވެފައިވާ އަންހެނަކު ފުންވިސްނުމަކަށް ގެއްލިފައި، އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މޫނުމަތީން ފެންނަމުން ދަނީ މާޔޫސްކަމާއި ނާއުންމީދެވެ. އުފަންވީ ބިމުން ބޭރުކޮށްލެވި، ނުވެސް ދަންނަ ބައެއްގެ ތެރޭގައި، އެހެންތަނެއްގައި އުޅެން ޖެހުމަކީ ހާދަ ވޭނެއް އަޅާނެކަމެކެވެ. ހާއްސަކޮށް މުސްކުޅިވެ ގައިބާރުދެރަވެ، އަދުތޯ މާދަންތޯ ވުމުން އެ ކުއުޅުނު ރަހުމަތްތެރިންނާއި، އާއިލާކަމަށް ދެކިގެން އުޅުނު މީހުން ދޫކޮށްފައި އައިސް މުސްކުޅިން ބަލަހައްޓާ ގުރައިދޫގައި އެކަނި ހުންނަން ޖެހުމަކީ ހާދަބޮޑު އަނިޔާއެކެވެ. […]
ހަނދާންތައް މަޒީވެގޮސް ހަޔާތުން އެތައް އަހަރުތަކެއް ވެއްޖެކަހަލަ، އަހަރެންގެ އުމުރުން 19 އަހަރު ވެސް ހީވީ، މިއަނިޔާވެރި ދުނިޔޭގައި ގަރުނެއް ވެދިޔަހެން، އމުރުން 07 އަހަރުގައި ބައްޕަ މިދުނިޔެދޫކޮށްދިޔަ، އަނިޔާ ލިބޭނީ ހަމައެކަނި ތަޅައި އަނިޔާކޮށްގެން ނޫންކަން އަހަންނަށް އިޙްސާސްކުރެވުނު ދުވަސްތަކެއް ހަޔަތުން ގުނަންފެށުނު، މަންމަ އެހެން މީހަކާ ކައިވެނިކޮށް، ދޮންބައްޕަ އަހަންނާ ދިމާލަށް ރުހުމުގެ ލޮލުން ބަލައިނުލާތާ، ގޭތެރޭގައި އަހަރެން ހިނިތުންވެ ވާހަކަ ދައްކައި އުޅުންވެސް މަނާކުރި، މަންމައަށް އެއިން އެވެސް ކަމެއް ނުވިސްނޭ ކަހަލަ، […]