“ކަލޭ ލަދެއް ނުގަނޭތަ؟ ޝާމިން އެއީ ކުޑަކުޑަ ކުއްޖެކޭ، އޭނައަށް އަދި މާ ހެޔޮއެދިގެން މިގެއަށްގެނެސް ކަލޭ އޭނަގެ…. ޗި” ރުޅިއައިސް ހުރި ސަނާ ހައްޔަރު ކޮށްގެން ގެންދަންފެށި ޒަރީނާގެ ފަހަތުން އެއްޗެހި ކިޔަމުން ދިޔައިރު ބޭރުތެރޭގައި އަޑުގަދަވެގެން އަވައްޓެރިން ނިކުމެ ޒަރީނާ އާއި ދިމާއަށް ބަލަމުން ދެއެވެ. ސަނާ، އަފީފްއަށް ޝުކުރު އަދާކޮށް މިމައްސަލައިގެ ކަންތައްތަށް އިތުރަށް ތަހުގީގު ކުރުމަށް ޝާމިން ގޮވައިގެން މާދަމާ ހެނދުނުގެ ވަގުތެއްގައި ދާނެ ކަމަށް ބުނެ ޝާމިންގެ އެއްޗެހިތަށް ހިފައިގެން […]
އުޑުމަތި ވަނީ ކަޅުވިލާ ތަކުން ފުރާލާފައެވެ . ބޯކޮށް ވާރޭ ވެހެމުން ދިޔައިރު އެ ވާރޭ ތެރޭގައި އުމުރުން 12 އަހަރުގެ ނީޝަމް އާއިއެކު ހަޅޭއްލަވަމުން ދުވަމުން ސަކަރާތް ޖަހަމުން ދިޔަ އައިރީން ފެނުނު މީހަކު އެއީ އުމުރުން 18 އަހަރުގެ އަންހެންކުއްޖެކޭ ނުބުނާނެއެވެ. ވާނީވެސް އެހެން ތާއެވެ. އުޅެނީ ކުޑަ ކުއްޖެއް އުޅޭ ގޮތަށްށެވެ . ” ދަރިފުޅާ .. ދެން މިހާރު ތެމެވިއްޖެއެއްނު .. ކޮއްކޮ ގޮވައިގެން އާދޭ އެތެރެއަށް .. އެހާ ގިނައިރު […]
ރީޝާ ޖަވާބު ލިޔެލުމަށްފަހު އޮފް ވާން އުޅެނިކޮށް އޭނާ އަށް ފްރެންޑް ރިކުއެސްޓް އެއް ފޮނުވާފަ އޮތް ތަން ފެނުނެވެ. އޭނާ އެއީ ކާކުތޯ ބަލާލިއިރު އެއީ މައިޝަން އެވެ. އޭނާ އުފަލުން ފޮޅުނެވެ. މައިޝަން އަކީ ރީޝާގެ ސީކްރެޓް ކްރަޝްއެވެ. އެހެންކަމުން އެ ރިކުއެސްޓް ރީޝާ އެކްސެޕްޓް ނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އުފަލާ އެކީ އެ ރިކުއެސްޓް އެކްސެޕްޓް ކުރިއެވެ. ރީޝާ ވަރަށް އުފާވިއެވެ. އަނެއްކާ މައިޝަން […]
ކުޑަ އިރުކޮޅެއް ތެރޭގައި ރިސެޕްޝަންގައި އިން ކުއްޖާ ސަނާ އަށް ގޮވައި ލުމަށްފަހު ސަނާ ގޮވައިގެން އެތެރެއަށް ދިޔައެވެ. އަދި “އޮފީސް” ޖަހާފައިވާ އެދޮރުން އެތެރެއަށް ސަނާ ވައްދައި ގޮނޑީގައި ބޭންދުމަށް ފަހު ނުކުމެގެން ދިޔައީއެވެ. “އަޅުގަނޑުގެ ނަމަކީ އަފީފް” ސަނާގެ ކުރިމަތީ އިން މޭޒުގެ ފުރަގަހުގައި އިށިއިނދެލައިގެން އިން އަފީފް އަމިއްލައަށް ތައާރަފްވެލައި ސަނާ އަށް އަތް ދިއްކޮށްލިއެވެ. ސަނާވެސް އަފީފް އާއި ސަލާމް ކޮށްލުމަށްފަހު ތައާރަފް ވެލިއެވެ. “އަޅުގަނޑުގެ ކޮއްކޮ ސަލާމަތް ކޮށްދީ އަޅުގަނޑު […]
ނަމަވެސް އޭނާ އިރު ނާރަނީސް އެހޭލީ ކިހާވަރަކަށް އެކަމަށް ކެތް މަދު ވެފަ ހުރީމަ ބާވައެވެ؟؟؟ ސްކޫލަށް ދާން އޮންނަނީ ހަ ގަޑި ސާޅީސް ފަހަކަށެވެ. ނަމަވެސް ރީޝާ އެހޭލީ ހަތަރު ގަޑި ބައިވަނިކޮންނެވެ. އެހެން ކަމުން އަދި އޭނާ ސްކޫލަށް ދާ ގަޑި ޖެހެން ދޮޅު ގަޑިއިރު ވަރު އޮންނާނެއެވެ. ރީޝާ ފެންވަރާލައިގެން އެނދުގަ އޮށޯތީ ފޮތެއް ހިފައިގެންނެވެ. ނަމަވެސް ރީޝާ އަށް އެފޮތުން ކިޔުނީ އެންމެ ދެ ފޮޅުވަތެވެ. އޭނާ އަށް ހައްތަހާވެސް ވިސްނެނީ […]
އެ ގުރޫޕު އެ މައުލޫއަށް ވަހަކަ ދައްކަމުން ހީ ސަކަރާތް ޖަހަމުން ގެއާއި ދިމާލަށް މިސްރާބު ޖެހިއިރު މަގްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ރަށުތެރޭ ގުގުމަމުން ދިޔައެވެ. ———— ވުޟޫ ކޮއްލައިގެން އައިސް ނަމާދު ކޮށްނިންމާލުމަށްފަހު ލިވްޔާ އައިސް އެނދަށް ވެއްޓިގަތެވެ. އެ ލޮލުގެ ތެރޭގައި ބޮނޑިވެފައި ހުރި ކަރުނަތަކުގެ ތެރެއިން ވެއްޓުނު ކަރުނަ ތިއްކެއް ގޮސް ބާލިސް ތެރެއަށް ހިނދިގެން ދިޔައެވެ. މާޒީ ލޯ ކުރިމަށްޗަށް ސިފަވެގެން ދިޔުމުން އެ ރީތި މޫނުމަތިން ހިނިތުން […]
ސަތާރަ އަހަރު ގެ ރީޝާ ގަސް ބުޑެއްގައި އިށީންދެލައިގެން އިނީ އޭނާގެ ކުރަހާ ފޮތުގަ ކުރަހާށެވެ. މީ އޭނާ އާދަވެގެން ކޮންމެ ދުވަހަކު ކުރާ ކަމެކެވެ. ކޮންމެ ދުވަހަކު ހަވީރު ފަހެއް ޖަހާކަށްހާއިރު ރީޝާ އަތިރިމަައްޗަށް އިރުއޮއްސޭ ރީތި މަންޒަރު ބަލަން ދަނީ އޭނާ ގެ ކުރަހާ ފޮތް ހިފައިގެންނެވެ. ކުރެހުމަކީ ރީޝާ އެންމެ ކުރާ ހިތްވާ ކަމެވެ. އޭނާ ކުޑައިރު ސްކޫލު ގާ އޮންނަ އެކި އެކި ކުރަހާ މުބާރާތްތަކުން ވަނީ ރަން ވަނަތައް […]
ފިހާރަ ތެރޭތިބި މީހުން ނުކުތުމުން މަރީނާ ވަދެ ފިހާރަ ތެރޭގައި ހުރި މަރީނާގެ ރައްޓެހި މީހާ ކައިރިން އެކަހަލަ ކަމަކަށް އެންމެ ރަނގަޅުވާނީ ކޮން ކަހަލަ ބޭހެއްތޯ ސުވާލު ކުރިއެވެ. އެމީހާގެ އިރުޝާދުގެ މަތިން މަރީނާ ބޭސް ގަތުމަށްފަހު އިތުރު މީހަކަށް މިވާހަކަ ކިޔައި ނުދިނުމަށް އެދި 500 ރިފިޔާ ނޫޓެއް އެމީހާއަށް ދިނުމަށްފަހު މަރީނާ ނުކުމެގެން ގެއާ ދިމާއަށް ދިޔައެވެ. ގެއަށް އާދެވުމުން އިތުރަށް ޔަގީން ކޮށް ލުމަށްޓަކައި އަނެއްކައިވެސް މަރީނާ ގޭތެރޭގެ ތަންތަން ހޯދާ […]
ހަތަރު މީހުން އެކުޑަ ކުޑަ އެނދުމަށްޗަށް ޖެހިފައި ތިބި އިރު ތިބެވެނީ ފިތިބާރުވެގެންނެވެ. ގަގައި ފޭރާމެއް ނެތް އިރު ހީވަނީ ހާލުދެރަވެފައި ތިބި ނިކަމެތި ފަގީރުން ތަކެއް ހެންނެވެ. ” ކޮބާ މުސާ މިހާރު ހޭ އަރައިފިތަ؟ މިހާރު އެނގިއްޖެ ދޯ މަށާ ދިމާއަށް ފާޑު ފާޑު އެއްޗެހި ބުނީމައި ވާނެ ގޮތް، ދެން ނިކަން މަށޭ ކިޔާފައި އެއްޗެއް ކިޔާލަބަލަ މަވެސް މީ ނުލަފާ މީހެއްކަން އަންގާލާނަން، ފާތުމައަށް ކަލޭގެ ތިއުޅުން ނޭނގިއްޖިއްޔާ މަގޭ ނަމަކަށް […]