Skip to content
އެސްފިޔަ

އީމާންކަމުގެ ފޭރާން

އީމާންކަމުގެ ފޭރާން

ޢިސްމާއީލް ޢަލީ، ރ. ކަނދޮޅުދޫ

ފޭރާން ނެތި އިންސާނަކަށް ނުވެވެއެވެ.

އީމާންކަމުގެ ފޭރާމަކީ ސާފުތާހިރުކަމެވެ.

ހާސް ނިޢުމަތް ގުޅިފައިވަނީ ފުރިހަމަ ސިއްޙަތާ އެވެ.

ސިއްޙަތު ސަލާމަތުން ހުރުމުގެ އަސްލަކީ ސާފުތާހިރު ކަމެވެ.

ހެއްދެވިފަރާތާ ކުށްތަންވުމީ އިންސާނާގެ މަޤްސަދެވެ.

ސާފުތާހިރުކަމާއި ނުލާ ނަމާދު، ހައްޖުފަދަ އަޅުކަންތައް ފުރިހަމަނުވާނެއެވެ.

އިންސާނާ އަނެކާގެ މަޤްބޫލުކަމަށް އެދެމުއެވެ.

އިންސާނާގެ ލޯބިލިބޭ އެއްސިފައަކީ ސާފުތާހިރުކަމެވެ.

ނުބައި ވަސް ދުވުމީ ހިތްނުތަނަވަސް ކުރުވާ ކަމެކެވެ.

ސާފުތާހިރުކަމަށް ލޯބިކުރާނަމަ ނުބައި ވަހާ ދުރުވެވޭނެއެވެ.

ސާފުތަހިރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކަށް ތަބަޢަވަމުއެވެ.

ސާފުތާހިރު ކަމުގެ ދޮރާށިން ވަންނަން އެދޭތީއެވެ.

ފެންނަ ހިނދު ޤަދަރާއި ޝަރަފުގެ ތިލަފަތަށް ލަމުއެވެ.

ބަރުކަމަށް ބެލެވެނީ ސާފުތާހިރު މީހާއެވެ.

ބަލިބަލީގެ ހާލިތައް އުފެދި ޖަރާސީމުތައް އަށަގަނެއެވެ.

ސާފުތާހިރުކަމުގެ އަގުވަޒަން ނުކުރެވޭތީއެވެ.

އީމާންކަމަކީ ސާފުތާހިރުކަމުގެ ދެބައި ކުޅަ އެއްބައެވެ.

Comments (2)

  1. SG

    Nice

    1. ismail ali kaleyfaanu
      SG

      Thank you.

Comments are closed.