އަހަރެންނަށް އެ މަންޒަރު ފެނުނު ވަގުތު ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. މުޅި ދުނިޔެ އެނބުރެން ފެށި ކަހަލައެވެ. ލޮލުން ކަރުނަ ހިލިގަތީ ކޮން އިރަކު ކަމެއްވެސް ނޭނގުނެވެ. އަހަރެންގެ ދިރިއުޅުމުގެ ހުރިހާ އުއްމީދެއް، އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި އަޅިއަށް ވެގެން ހިނގައްޖެއެވެ. ޔޫހާންގެ އަތުގައި ހިފައިގެން، އުފާވެރި ހިނިތުންވުމަކާއެކު ހިނގާފައި ދިޔަ އެ އަންހެން ކުއްޖާގެ ސޫރަ ފެނުމުން އަހަރެންގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އާލާ އެވެ. ޔޫހާން […]
“ވިހި އަހަރުގެ ޖަލު ހުކުމެކޭ! އަހަރެންގެ ޒުވާން އުމުރު ހަލާކުކޮށްލައިފައި އަރީ ހާދަ އުފަލެއްގައި އޭ ތިއުޅެނީ. ހަމަ އެއްވެސް ވަރަކަށް ހަމްދަރުދީ ނުވަންތަ؟ އަރީގެ ބޯ ހަރު ކަމުން އަހަރެންނާއި ގުޅެން އެއްބަސް ނުވީމަ އަހަރެންނަށް މި މަގުން ދާން ޖެހުނީ. ދުރުގައި ހުރޭ. ކިތަންމެ ވަރެއް ކުރިއަސް ކަލޭމެނަށް އަހަރެންގެ ދުލުގައި ހިފާފައެއް ނުހުއްޓުވޭނެ. ޒަވިއަންގެ ނަފުރަތު އަމާޒުކުރަން އަޒާޔާ މަރާލީމަ ވެސް އަރީއަށް ތިހިރަ ފިރިހެނާ މަތިން ހަނދާން ނައްތާނުލެވުނީ ކީއްވެގެންތަ؟ އޭނ. […]
މާލޭގެ ހަލަބޮލި މަގުތަކާ ދުރުގައި އޮންނަ، ފެހިކަން ގަދަ ހިތްގައިމު އަވަށެއްގައި ހުންނަ އާޓް ގެލެރީއަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ތަނެކެވެ. އެތަނަކީ ކުލަތަކާއި ކުރެހުންތަކުން ފުރިފައިވާ އަމާން މާހައުލެކެވެ. އެ ގެލެރީގެ މައި ކުރެހުންތެރިޔަކީ އާނާއެވެ. އާނާއަކީ ގުދުރަތީ ރީތިކަމާއި އިންސާނުންގެ އިހުސާސްތައް ކެންވަސްމަތީގައި ދިރުވައިލުމަށް ލޯބިކުރާ، މަޑުމައިތިރި އަންހެން ކުއްޖެކެވެ. އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރަނީ އާ ކުރެހުންތައް އުފެއްދުމުގައެވެ. އެ ގެލެރީގެ މެނޭޖަރަކީ ޝަހުދާންއެވެ. ޝަހުދާންއަކީ ފޮތްތަކާއި އަދަބިއްޔާތަށް ލޯބިކުރާ، މީހުންނާ […]
“ދެން ވިޔާމް ގުޅާބަލަ އިރުކޮޅަކާ… އަހަރެން ކޮން ވާހަކައެއްތަ ނަޝާޔާއާ ދައްކަން އޮންނާނީ؟ މިހާރު ތިއުޅެނީ މަންމައާ ދެމީހުން ވެގެން އަހަރެން ރުޅި އަރުވަން ދޯ؟” ހިތްހަމަ ނުޖެހިފައި ޝަރާ ވާހަކަ ދެއްކިއެވެ. “ރަނގަޅަކަށް މި ބުނަނީ” ވިޔާމް ބުނެލިއެވެ. “ރަނގަޅު ގޮތް އިނގޭނީ މަށަށް.. ވިޔާމް ވެސް ނުޖެހޭނެ މަށަށް ގޮތް ކިޔާދޭކަށް. އަހަރެން މީ ވަރަށް ފޮނި އުންމީދެއް ކުރާ މީހެއް. ކަލޭމެން ބުނާ ގޮތަށް އުޅެން ވިއްޔާ އަހަރެން ޖެހޭނީ މިކަންކަން ހުއްޓާލާފަ […]
====== ޒުކަން ======== މަތިންދާބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމާ އެކު ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރު ކުރީ ބޯޓުން ފޭބޭނެ އިރަކަށެވެ. އެ ސޫރައެއް ދުށުމަށް އަހަރެންގެ ހިތް ކެތްނުވާ މިންވަރަށް އިންތިޒާރު ކުރާ ސޫރަ އަހަންނަށް ފެންނާނީ މި ބޯޓުން ފޭބުނު އިރަކުންނެވެ. ފޮށި ނަގައި ތަނުން ފޮށި ހިފައިގެން “ޗެކް-އައުޓް” ވުމަށް ފަހު އަވަސް ހިނގުމެއްގައި އަހަރެން “އެރައިވަލްސް” އިން ބޭރަށް ނުކުތީމެވެ. ވަށައިގެން ނަޒަރެއް ހިންގާލި އިރު ވެސް އަހަރެން ހޯދަން […]
“އިއްޒަތްތެރި ގާޒީގެ ހުއްދައާ އެކީ އަޅުގަނޑު ހެކި އަރުވަން ބޭނުން..” ގާޒީގެ ހުއްދަ ލިބުމުން އަޒަލް ފަހަތަށް ބަލައިލިއެވެ. އެއާއެކު ތެދުވެފައި ކުރިޔަށް ޖެހުނީ އައިމިނަތު ހައުލާއެވެ. އެހިސާބުން ފައިރޫޒް ވެސް ހައިރާންވިއެވެ. އިމްތިޔާޒްގެ ނިތުގައި ވެސް ދާތިކި ވިދަމުން ދިޔައީ ހައުލާގެ ކުޅަދާނަކަން އެނގޭތީއެވެ. ހައުލާ އޭނާއާ ދެކޮޅަށް ހެކިބަސް ދީފި ނަމަ އެއީ އޭނާގެ ނިމުމެވެ. “އިއްޒަތްތެރި ގާޒީ.. އަޅުގަނޑަކީ އޭރު ބްރޭވޮން ކޮމްޕެނީގެ މައި ވަކީލު..” ހައުލާ އޭނާގެ ވާހަކަ ފެށުމާ އެކީ އެންމެެން […]
އަޒްޔާނަކީ ފުޓްސަލް ދަނޑުތަކުގައި ފާހަގަކޮށްލެވޭ ހުނަރުވެރި، ހަލުވި ކުޅުންތެރިއެކެވެ. މާލޭގައި ބާއްވާ ބޮޑެތި ފުޓުބޯޅަ މުބާރާތްތަކުގައި އޭނާގެ ކުޅުން ފެނިފައިވާ ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރެއެވެ. މިފަހަރު އޭނާ ރަށަކަށް ދިޔައީ އެ ރަށުގައި ބޭއްވުނު ބޮޑު ފުޓްސަލް މުބާރާތެއްގައި ކުޅުމަށެވެ. އެއީ ރީތި ގޮނޑުދޮށްތަކެއް އޮންނަ، މީހުން ހިތްހެޔޮ ރަށެކެވެ. މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް މެޗު އޮތް ރެއެވެ. ދަނޑު ވަށައިގެން ގިނަ އަދަދެއްގެ ބަޔަކު ސަޕޯޓުކުރަން ތިއްބެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ […]
ޖަލުގެ ކުޑަ ގޮޅިއެއް ތެރޭގައި ޒުވާން ފިރިހެން ކުއްޖަކު އިނެވެ. މާދަމާ އަކީ 4 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށްފަހު އޭނާ މިނިވަންވާ ދުވަހެވެ. ތޭރިތަކުން ބޭރު ބަލަހައްޓައިގެން އިންއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ވޭނާއި ކެކުޅުމެވެ. ހިތްދަތި ހަނދާން ތަކެކެވެ. ހަނދާން ކުރަން ބޭނުން ނުވިނަމަވެސް މާޒީ ޚިޔާލުތައް އޭނާ އަށް އުނދަގޫ ކުރަންފެށިއެވެ. އެއީ އޭނާގެ ޙަޔާތުގެ އުފާވެރި އެހެނަސް ހިތްދަތި ވެސް ދުވަސްތަކެކެވެ. […]
“ޖިންނި އަވަލައިގެން އަހަރެން މަރުވާނެނަމަ ދޯ؟ ކިހާ ރަނގަޅު… އޭރަށް… އަހަރެން އެލާ ނެތް ދުނިޔެއަކު އުޅޭކަށް ބޭނުމެއް ނޫން. އެލާ… އައިމް ސޮރީ އައިމް ސްޓިލް އެލައިވް…” ތުންކޮޅު ފިއްތާލަމުން ޔައުލާން ރޯން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ. އެ ކުޑަކުޑަ އަމަލުންވެސް ޔައުލާންގެ ހިތުގައި އެލާރާއަށްޓަކައިވީ ލޯބި ވަރަށް ސާފުކޮށް އެޒިކިއެލްއަށް ފެނުނެވެ. ދުރުބަލާލެވުން އިރު އޭނާގެ ލޮލުގައި ވެސް ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. (70 ވަނަ ބައި) ރޭގަނޑުގެ ވަގުތެވެ. ލޯގަނޑު […]