*’ހޫން ދެން ހެވޭ.. އޭތް.. މިތަނަށް ކިޔަނީ ކީކޭތަ އަނެއްކާ؟. ސަންސެޓް ޕާކް އޭތަ؟’ ނައިލީ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެތާ ތިބި ހުރިހާ ކުދިންތައް ހޭން ފެށިއެވެ. ‘ނޫނޭ ނައި.. ސެންޓްރަލް ޕާކޭ މީ.. ސަންސެޓް ޕާކެއް ނޫން..’ ހެމުން ހެމުން ޔޫލިން ބުންޏެވެ. އެއާއެކު ޔޫނުސް ކެމެރާ ތަކެއް ހިފައިގެން އައިސް އެކި ތަންތާގައި ބަހައްޓަން ފެށުމުން ހުރިހާ ކުދިންވެސް ވާހަކަ ދެއްކުން ހުއްޓާލިއެވެ.* ‘އޯކޭ އެހެންމަ ހިނގާ ދޯ މިގަޑީގެ ޝޫޓިންގ ފަށަން..’ ޔޫނުސް ހުރިހާ ކެމެރާ ތަކެއް އަތުރާ ނިންމާލުމަށް ފަހު އެކުދިންނާއި ކުރިމަތި ލިއެވެ. ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނަކާއި އެއްކޮށް ބޮލުގައި ބޭސްބޯލް ތޮތްޕެއް އަޅައިގެން ހުރުމުން އޭނާގެ ފިރިހެން ވަންތަކަން ހާމަ ވެއެވެ. ދޭތެރެ ދޭތެރެއިން އޭނާ ދިޔައީ އޭނާ އަޅައިގެން ހުރި ރޯލެކްސް ގަޑި އަށް ބަލަމުންނެވެ. ‘އޯކޭ ހިނގާ.. މިހާރު ދިހައެއް އެ ޖަހަނީ.. 12 ޖަހާ އިރު މާލެ ދާން ވާނެ ދޯ..’ ނަވްރީންގެ އިސްތަށިގަނޑާއި ކުޅެމުން ޔޫލިން ވާހަަކަ ދެއްކިއެވެ. ‘އެ ކީއްކުރަން މާލެ ދަނީ؟’ ޔޫނުސް މޫނުމަތީގައި އަވި އައިނު އަޅައިލަމުން ޔޫލިން އާއި ދިމާލަށް ބަލަމުން ބުނެލި އެވެ. ‘އަޅެ ޔޫނުސް ނޭނގޭތަ؟ ޔޫލިން އަށް އަބަދުވެސް ހުރެވޭނީ ބަނޑުހައިވެގެން އެއްނުން.. ޔަގީން އެ އުޅެނީ އަހަރެމެން ގޮވައިގެން މެކް ޑޮނަލްޑްސް އަށް ގެންދަންކަން..’ ނިޒްކާ ބޮލުގައި އަތް އަޅައިލިއެވެ. ‘އެހެން ދޯ.. އެކަމު މެކްޑޮނަލްޑްސް އަކަށް ނެތޭ ދެވޭކަށް..’ ޔޫނުސް ހިނިއައިސްހުރެ ބުނެލިއެވެ. ‘އެއީ؟’ ލިބުނު ސިހުމުގައި ހުރިހާ ކުދިންނަށް ބުނެވެވުނެވެ. ޔޫލިން ނަވްރީންގެ އިސްތަށިގަނޑަށް ދަމާލެވުނެވެ. ‘އައްދޯތް..’ ޔޫލީންގެ އަތް ނައްޓުވަމުން ނަވްރީން ބާރަށް ބުނެވެވުނެވެ. ‘އޫޕްސް..’ އަނގަމަތީ އަތް އަޅަމުން ޔޫލީން ނަވްރީން ގެ ކިބައިން މާފަށް އެދުނެވެ. ‘ކީއް ވެގެން ޔޫނުސް ތި ހެނީ؟ ތިހާ ބޮޑު އިއުލާނެއް އަދި ދުވަހަކު ވެސް ނުކުރޭ؟ ދެން މިފަހަރަު ކީއްވެ މެކް ޑޮނަލްޑްސް އަށްނުދެވެނީ؟’ ޔޫލީން އަނެއްކާ ވެސް ވާހަަކަ ދެއްކިއެވެ. ނަމަވެސް ޔޫނުސް އަށް ޖަވާބެއް ދެވޭވަރު ވީ އޭގެ ތިން މިނެޓު ހާއިރު ފަހުންނެވެ. ‘އެއީ..އެއީ ރާއްޖޭގަ އަދި މެކް ޑޮނަލްޑްސްގެ ބްރާންޗް އެއް ނެތީމަ.. މުސްތަގުބަލުގައި ދެވިދާނެ ކަންނޭގެ ދިރި ހުރިއްޔާމު.. ހަހަހަ.. އަހަންނަށް ހެވެނީ ތި ކުދިންނަށް ވީ ގޮތް ފެނުނީމަ.. ހަހަހަހަ..’ ޔޫނުސް އަށް ހެވޭވަރުން ބަސްތައް އައީ ބުރިބުރި ވެގެންނެވެ. އޭނާ ހެމުން ދިޔައީ އެހާވެސް ގަދައަށެވެ. ބާރަށެވެ. އެއާއެކު އެހުރިހާ ކުދިން މޫނު ކުނި ކޮށް ތުން އޫ ކޮށްލިއެވެ. ‘ދެން ހޭ ވަރު ކަމެއްތަ.. ޔޫނުސް ދާން ބޭނުން ވާ ތަނަކަށް ނުދެވިއްޖެޔާ ޝުޑް ވީ ލާފް ޓޫ؟’ އީނާލް އިރުކޮޅެއް ފަހުން ވާހަކަ ދެއްކިއެވެ. އެއާއެކު ޔޫނުސް އަވަސް އަވަހަށް ހުނުން ހުއްޓާލައިފައި ކެމެރާ އަކާއި ދިމާލަށް ހިނގައިގަތެވެ. ‘އެ އަނގަ ބަންދު ވީ.. މައި އެލެފެންޓް ވާ މޮޅު..’ އަތް ތިލަ ބަޑި ޖަހާލަމުން ނައިލީ ވާހަކަ ދެއްކި އެވެ. ‘އެލެފެންޓޭ؟ އަހަންނަށްތަ ތިގޮވީ؟’ މިފަހަރު ލޯ ބޮޑު ކޮށްލަން ޖެހުނީ އީނާލް އަށެވެ. ނައިލީ އެއްޗެކޭ ނުބުނުމުން އީނާލް އޭނައާއި ދިމާލަށް ދޫ ނެރެލިއެވެ. އެހެންނަމަވެސް ނައިލީ އެކަމެއް ވީކަމަކަށް ވެސް ނެހެދިއެވެ. ‘ހޫން ނެސްޓަމް އޭ ގޮވީމަ ދޯ… އަދިވެސް ގޮވާނަން..’ އީނާލް އަކީ ގޮތް ދޫނުކުރާ ކުއްޖެއްކަމުން ނައިލީ އަށް މިފަހަރުވެސް ރައްދުދިނެވެ. ‘ހޫން ގޮވާބަ.. ނައިވެސް އެލެފަންޓުއޭ ކިޔާފަ ގޮވާނީ..’ ނައިލީ ވެސް އޭނައަށް ރައްދު ދިނެވެ. ދެކުދިން ޒުވާބު ކުރަމުން ދިޔަ އިރު ޔޫނުސް ކެމެރާ ޖައްސާލުމަށްފަހު ލަވަ ޖަހާލިއެވެ. އެއާއެކު އެދުވަހުގެ ޝޫޓިންގް ފެށުނެވެ. ހަމައެހެންމެ ޕާކުގައި ވަގުތު ހޭދަ ކުރަމުން ދިޔަ މީހުން ދުރުން ނަމަވެސް ފޮޓޯ އާއި ވީޑިއޯ ނަގަމުން ދިޔައެވެ. ނަމަވެސް މީހުން ގިނަވާން ފެށުމުން ބަންގްޓަން ގަރލްސް ގެ މުއައްޒަފުންނަށް މަޖުބޫރުވީ އެތާ ތިބި މީހުން ފޮނުވާލުމަށެވެ. މީހުންތައް ދިޔުމުން އަނެއްކާވެސް ޝޫޓިންގ ކުރިޔަށް ދިޔައެވެ. ބަންގްޓަން ގަރލްސްގެ ޝޫޓިންގް ކުރިޔަށް ދާ ވަގުތު އެކުދިންގެ ތައާރަފަކަށް ދަމާ ހެއްޔެއެވެ. މިކުދިންނަށް ދޮން ހަންގަނޑަކާއި ހިމަ ތޮޅި ހަށިގަނޑެއް ލިބިފައިވެއެވެ. އެ ކުދިންގެ ދޮން މޫނުގައި އިރު އިރު ކޮޅާ މާނަވީ ހިނިތުންވުމެއް ކުޅެލައެވެ. ބަލައިލާ ކޮންމެމީހަކަށް ވެސް މިކުދިންނަކީ އުފާވެރި ކުދި ބައެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ލަވްޒާ އަކީ މިއަށް އަންހެން ކުދިންގެ ތެރެއިން އެންމެ ބޮޑަށް ހުންނަ ކުއްޖާއެވެ. އުމުރުން 20 ގެ ލަވްޒާ އަކީ ވަރަށް އާދައިގެ އާއިލާ އަކުން އައިސްފައިވާ ކުއްޖެކެވެ. މައިންބަފައިންނަށް ލިބުނު 3 ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ލަވްޒާ އަކީ ކިޔެވުމުގައިވެސް ބޮޑެތި ކުރި އެރުން ތަކެއް ލިބިފައިވި ކާމިޔާބީ ދަރިވަރެކެވެ. އަދި އުމުރުން އެންމެ ފަނަރަ އަހަރުގައި އޭނާ ބަންގަޓަން ގަރލްސް އަށް ވަނީ ގިނަ ގުނަ އުންމީދު ތަކަކާއި އެކު އެވެ. އެކަމުގެ ފޮނި ނަތީޖާވެސް ދިޔައީ ފެނިގެންނެވެ. 2016 ވަނަ އަހަރުގެ ޖީސީ އޯލެވެލް އިން އެކައުންޓިންގ ދާއިރާ އިން މުޅި ދުނިޔެއިން ދެވަނަ ވަނީ ލަވްޒާ އަށް ލިބިފައެވެ. މަޑުމައިތިރި މިޒާޖެއް ލިބިފައިވާ ލަވްޒާ އަކީ މިހާރު އޭނާއަކީ ބަންގޓަން ގަރލްސް ގެ އިސް ލަވަ ކިޔުންތެރިޔާއެވެ. އިނގެރޭސިން ބުނާނަމަ ‘މެއިން ވޯކަލިސްޓް’ އެކެވެ. ލަވްޒާ އާއި ޖެހިގެން ހުންނަނީ ޒައިނީ އާއި ނިޒްކާއެވެ. ދެކުދިންނަށް ވެސް 19 އަހަރެވެ. އެހެންނަމަވެސް ޒައިނީ ނިޒްކާ އައްވުރެން ބޮޑު ވާނީ ތިން މަސް ދުވަހެވެ. އެހެންކަމުން ދެން ޖެހިލާނީ ޒައިނީ އަށެވެ. އުމުރުން15 އަހަރުގައި މި ބޭންޑް އަށް ވަން ޒައިނީ އަކީ މަޖާ މިޒާޖެއްގެ ވެރިއެކެވެ. މުއްސަނދި އާއިލާ އަކުން އައިސް ފައިވާ ކުއްޖެއް ކަމުން އޭނާ ބޮޑު ވީ އޭނާއަށް ބޭނުން އެއްޗެއް ލިބެމުންނެވެ. ގިނަ މުއްސަނދި ކުދިންނާއި ޚިލާފަށް ޒައިނީ އަކީ އޭނާއަށް ލިބޭ ރިޒުޤަށް ޝުކުރުވެރިވާ ކުއްޖެކެވެ. އެއްވެސް ކަހަލަ ބޮޑަ ވެރިކަމެއް ނުގެންގުޅެއެވެ. ކިޔެވުމަށް ފަރުވާތެރި އެވެ. ރަހުމަތްތެރިން ގިނައެވެ. މައިންބަފައިންނާއި ކޮއްކޮ މެންގެ ލޯބި އިންތިހާ އަށް ލިބިފައެވެ. 2017 ވަނަ އަހަރުގެ އޯލެވެލް އިން ޤައުމު ފެންވަރުގެ ވަނަ އެއްނުލިބުނަސް، އޭނާއަށް ވަނީ މުޅި ސްކޫލުގެ ޓޮޕް 10 ގައި ހިމެނިފައެވެ. އެތުލެޓިކްސްގެ ދާއިރާ އިން ވެސް އޭނާއަށް ވަނީ އެހާމެ ގިނަ އަދި ފަޚުރުވެރި ކާމިޔާބީތަކެއް ލިބިފައެވެ. ދެން ނިޒްކާ އަށް ޖެހިލަމާ ހެއްޔެވެ. ނިޒްކާގެ ތަޢާރަފެއް ވާނީ ޕާޓް 1 ގައި ގެނެސް ދީފައެވެ. ނަމަވެސް ކުޑަ އަލިއަޅުވާލުމަކަށް ދަމާތޯވެ. އުމުރުން14 އަހަރުގައި ބަންގްޓަން ގަރލްސް އަށް ވަން އިރު އޭނާ އަށް ވަނީ އެކި އެކި އިންޒާރު ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެކަންކަމަށް އަޅާނުލާ އޭނާ ދިޔައީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. އެކަމުގެ ފޮނި ނަތީޖާ އޭނާއަށް ވަނީ ލިބިފައި އެވެ. އޯލެވެލް އިން ގަދަ 10 ގައި އޭނާގެ ނަން ރަން އަކުރުން ފަވާލެވިފައިވަނީ އެއް ވަނައިގައެވެ. މައިންބަފައިންގެ ބަސްއެހުމުގެ ވެސް ނަތީޖާއެވެ. *ނުނިމޭ*
**’ކޮބާ.. މި އާދެވުނީ…’ ކާރުގެ ދުވެލި ސުމަކަށް ހުއްޓާލުމަށްފަހު ޔޫނުސް ފަހަތަށް އެނބުރި ނިޒްކާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.** ‘ބަލަ ނިޒޫ.. ކީއްތިކުރަނީ؟’ ކާރުގެ ކުޑަދޮރުގައި މޫނު ތަތް ކޮއްގެން ބޭރު ބަލަން އިން ނިޒްކާ އާއި ސުވާލުކުރިއެވެ. އޭރު ވެސް ޔޫނުސް ދިޔައީ ހެމުންނެވެ. ‘ކަމް އޯން ޔޫނުސް.. މިހާ ރީތި ޕާކެއް ރާއްޖެއިން މިފެނުނީ އަދި އަލަށޭ.. ވާވް،، ބަލަ އެހެރަ ރީތީ ބުޝްތަކެއް.. އެހެރަ ފައުންޓައިން ވެސް.. އަދި އެހެރީ ލޮޓަސް ފެންގަނޑެއްވެސް.. އަޅޭ ފޮޓޯ އެއް ނަގަން ހާދަ ރީތި ވާނޭ..’ ނިޒްކާ އާށޯހު ވެފައި ހުރިލެއް ބޮޑު ކަމުން އޭނާއަށް ބުނެވެމުން ދިޔަ އެވެ. ‘އަދި އަލަށްތަ ބަގީޗާއެއް އެ ފެނުނީ.. ދެން ހާދަ ހެއްވައޭ މި މަންޖެ..’ ދުވާރު މަތީ ހުއްޓިގެން ކުޅި ބަލަން ހުރި އީނާލް ހިތާހިތުން ކުދި ކިޔައިގަތެވެ. ކައިރީގަ ޖެހިގެން ހުރި ނަވްރީން ދިޔައީ ޕާކުން ފެންނަމުން ދާ މަންޒަރުތައް އޭނާގެ އައިފޯން އެސް އީ އަށްރައްކާކުރަމުންނެވެ. އެއްބައިފަހަރު ސެލްފީ އެކެވެ. އަނެއްބައި ފަހަރު ހުޅުމާލޭގެ މަގުތަކެވެ. ރަތް ކުލައިގެ ކަކުލާ ހަމަ އަށް ދާ ގޫޗީ ހެދުމަކާއި، ކޮނޑާއި ހަމަ އަށް ދާ ގަދަ މުށި ކުލައިގެ އިސްތަށިގަނޑު އައްސާފައިވާއިރު، ބޮލުގައި ގޫޗީ ހެޑްބޭންޑް އެއް އަޅައިލާފައިވެއެވެ. އަދި ނުވީތާކަށް އަރާފައި ހުރީވެސް ގުޗީގެ ވެޖް އަކަށެވެ. ބަލާލި ކޮންމެ މީހަކަށްވެސް ނަވްރީން އަކީ ގޫޗީ އަށް ލޯބިކުރާ ކުއްޖެއްކަން ފަސޭހަ ކަމާއެކު ދަނެގަނެވޭނެއެވެ. ނިޒްކާ އަށް ކާރު ތެރެއިން ނުކުތުމާއެކު ނަވްރީން އޭނާގެ ފޯނު އަތަށް ހެޔޮވަރު ކޮއްލަމުން އެ ދިމާލަށް ހިނގައިގަތެވެ. ‘ހޭއި މައި ނިޒް ކާޖާ.. ހިނގާބަ ސެލްފީ އެއް ނަގަން..’ ނިޒްކާ އެއްބަސް ވުމުން ނަވްރީން ފޮޓޯ ނަގަން ފެށި އެވެ. އެހެންނަމަވެސް އެއިން ކޮންމެ ފޮޓޯ އެއްގައިވެސް ނިޒްކާ ހުންނަނީ މޫނު ކުނި ކޮށްގެންނެވެ. ނުވަތަ އެހެންކަހަލަ ވައްތަރެއް ޖައްސާގެންނެވެ. އެ ދެކުދިން ފޮޓޯ ނަގަމުން ދިޔަ ވަގުތު އީނާލް އިރު އިރު ކޮޅާ ފޯނަށް ބަލާލައެވެ. ކަޅު ކުލައިގެ ޓީޝާޓު ކޮޅެއްގެ މަތިން ރަތް ކުލައިގެ ޖެކެޓެއް ލާފައި ވާއިރު ޝޯލް އާއި އޭނާ ލައިގެން ހުރި ސްކިނީ ވަނީ ކަޅު ކުލައިންނެވެ. ޓީޝާޓު ސްކިނީ އާއި ދަށަށް ޖަހާފައި ވާއިރު އޭނާ ފެންނަނީ ނުހަނު ރީތި ކޮންނެވެ. މަގުމަތިން ދާހާ ފިރިހެނަކު 16 އަހަރުގެ އީނާލަށް ބަލަމުން ދިޔަ އިރު އޭނާ އެއިން އެއްވެސް ކަމަކާ އަޅައެއް ނުލައެވެ. ހަމަ އެވަގުތު ޔޫނުސްގެ އެއްކަލަ މަރސީޑްސް ކާރު އެތާ ކުރިމަތީ މަޑު ކޮއްލި އެވެ. މިފަހަރު އޭގެއިން ނުކުތީ ހަތަރު އަންހެން ކުދިންނެވެ. ‘ޒައި، ތުގާ، ޔޫލިން ދެން ކާކުތަ މީނީ..’ އީނާލް އެ ކުދިން ފެނުމާއެކު ބުނެލި އެވެ. އެހެން ނަމަވެސް އެންމެ ފަހުން ނުކުތް ކުއްޖާ އަށް ޖެއްސުން ކޮށްލުމުގެ ގޮތުން އޭނާ ނޭނގޭ ކަމަށް ހަދާލިއެވެ.’އަޅޭ ތިމީހުން ދިރި އެބަހުރިން ދޯ..’ ނަވްރީން އޭނާގެ ފޯނު ޖީބަށް ލަމުން އެ ކުދިންނާ ދިމާލަށްއައެވެ. ‘ބަލަ އަވަހަށް ވެސް އާދެވުނީހޭ މިތާ އުޅޭ ޓޮޑީ އަށް ނޭގުނު ވިއްޔަ އަވަސް ކުރާކަށް..’ ރަތް ކުލައިގެ ކަކުލާ ހަމަ އަށް ދާ ހެދުމަކާއި ކަޅު ޝޯލް އަކާއި ސްކިނީ އެއް ލައިގެން ހުރި ކުއްޖެއް ބުންޔެވެ. އޭނާގެ ދޮން މޫނުގައި މަޑު މޭކްއަޕް އެއް ކޮށްފައިވާ އިރު، ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލާފައި ވެއެވެ. އުމުރުން 19 އަހަރުގެ ޒައިނީ ޗުސް ތަޅަމުން ދިޔަ އިރު ތުގާ އެއަރ ޕޮޑްސް ޖަހައިގެން ބީޓީއެސްގެ ލަވަތައް އަޑު އަހަން ހުއްޓެވެ. ‘ހޫން ދެން ހެވޭ.. ހިނގާބަ އެތެރެއަށް ދާން.. ލަވްޒާ ވެއްޖެ ކަންނޭގެ އެތާ އެހުރި ބްރިޖް-އޯވަރ-ދަ-ލޭކް މަތީ..’ ޔޫލިން އޭނާ އަޅައިގެން ހުރި މަޑު ރަތް ކުލައިގެ ޝޯލް ރީތި ކޮއްލަމުން ބުނެލި އެވެ. ‘ޔާ މައި ޑިއަރ.. މިދަނީ އޭ..’ ނަވްރީން މިހެން ބުނަމުން ޕާކް ތެރެއަށް ހިނގައިގަތެވެ. ‘އަދި ޖެއްސުމަށޭ ނޭނގޭ ކަމަށް ހަދައިން އުޅެނީ.. ވަރަށް ފޫހި..’ ތުން އޫ ކޮށްލަމުން އީނާލް ކައިރިއަށް ދިޔަ ނައިލީ ބުނެލިއެވެ. ‘ނޫނޭ ހަމަ ނުފެނުނީ..’ އެއްލޯ މަރާލަމުން އީނާލް ބުންޔެވެ. ‘ހަމަ ނުފެނުނީ އެއްނޫން.. ނުފެންނަ ކަމަށް ހެދީ..’ ބޮޑާ ހާކަމުން ދިޔަ ކުޑަ ކުއްޖެކޭ އެއްވަރަށް ނައިލީ ދިޔައީ ކުސްތަޅަމުންނެވެ. ‘ދެން މައި ޔަމީ ލޯބިވާ ނެސްޓަމް ނުފެނި ދާނެތަ؟’ ‘ނެސްޓަމް އޭ؟؟ އެއީ އަނެއްކާ ކޯޗެއް؟’ ނައިލީ ފާޑަކަށް އީނާލް އާއި ދިމާލަށް ބަލާލިއެވެ. ‘ދަންނަންތަ ކުޑަކުދިން ކައި އުޅޭ އެއްޗެހި؟ އެގޮތަށް ހުންނަ އެއްޗެއް އެއީ..’ އީނާލް ހެމުން ހެމުން މިހެން ބުނެލާ އިރަށް ނައިލީގެ ލޯ ބޮޑު ވިއެވެ. ‘އައްޗީޑި.. އަދި އަހަންނަށް ކުޑަ ކުދިން ކާ އެއްޗަކާ އެއްވަރު ކޮށްފިޔޭ.. އިއޫ.. ސޯ ގްރޮސް.. ހިޔެއް ނުވޭ ދެން ހޮޑު ނުލާ ދުވަސް ނިމޭނެ ހެނެއް.. ހާދަ ފަކުރޭ.. ޖަސްޓް އިއޫ..’ ނައިލީ އަނގަ މަތީ އަތް އަޅަމުން ވާހަކަ ދެއްކި އެވެ. އީނާލް އެހުރި ގޮތަށް ހޭން ހުއްޓެވެ. ‘ނާންނަނީތަ؟’ ފަހަތް ބަލާލަމުން ނަވްރީން ގޮވާލި އެވެ. ‘އުހުން.. މި ދަނީ.. ކޮބާ ބާކީ ތިބި މީހުން؟ ވަނީ ތަ؟؟’ ދެކޮޅު ބަލާލުމަށް ފަހު ހިނގައިގަންނަމުން އީނަލް ބުންޏެވެ. ފަހަތުން ނައިލީ ވެސް އައެވެ. އޭނާ އަދިވެސް ހުރީ މޫނަށް ފާޑެއްގެ ގޮތެއް ހަދާގެންނެވެ. ‘އާނ.. އެމީހުން ތިބޭނެ ތިދެމީހުން މަރުވެ ކަފުން ކުރަން ދެކަށް ވެސް..’ ލޯ އަޅާލަމުން ނަވްރީން ބުންޏެވެ. ‘އެހެންތަ.. އެހެންވީރު ތި ވީ މާ ރަނގަޅަކަންނުން.. އަހަރުމެން މަރުވަންދެން ކައިރީގަ ބައަކު ތިބޭނެތާ..’ އީނާލް ހިނި ތުންވެލަމުން ބުނެލިއެވެ. ތިން އަންހެން ކުދިންވެސް އެ ޕާކަށް ވަނީ އެކި ވާހަކައިގާ ހުރެ އެވެ. ‘އާދެވިއްޖެ ދޯ؟..’ ލޮޓަސް ފެންގަނޑު ކައިރީ ހުއްޓިލައިގެން ހުރި ލަވްޒާ އަތް އުރާލައިގެން ހުރެ ބުންޏެވެ. ‘ނޫން އަދި ނާދެ ވޭ ކަންނޭގެ.. ލަވޫގެ ކުރިމަތީ މިހުރީ..’ އަނެއްކާވެސް އީނާލް ކިޔައިގަތެވެ. ‘ޕިސް ދެން ތި އަނގަ ހުއްޓޭނީ ކިހިނެތް ހެދީމަ؟’ ނައިލީ އީނާލް ގެ ބޮލުގައި ޖަހާލަމުން ބުންޏެވެ. ‘މި އަނގަ ހުއްޓޭނީ އަޅުގަނޑު މަރުވެ ކަފުންކޮށް ވަޅުލާ ދުވަހު.’ ހިނިގަނޑެއް ޖަހާލަމުން އީނާލް ބުންޔެވެ. ‘ހޫން ދެން ހެވޭ.. އޭތް.. މިތަނަށް ކިޔަނީ ކީކޭތަ އަނެއްކާ؟. ސަންސެޓް ޕާކް އޭތަ؟’ ނައިލީ ވާހަކަ ބަދަލު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެއާއެކު އެތާ ތިބި ހުރިހާ ކުދިންތައް ހޭން ފެށިއެވެ. ‘ނޫނޭ ނައި.. ސެންޓްރަލް ޕާކޭ މީ.. ސަންސެޓް ޕާކެއް ނޫން..’ ހެމުން ހެމުން ޔޫލިން ބުންޏެވެ. އެއާއެކު ޔޫނުސް ކެމެރާ ތަކެއް ހިފައިގެން އައިސް އެކި ތަންތާގައި ބަހައްޓަން ފެށުމުން ހުރިހާ ކުދިންވެސް ވާހަކަ ދެއްކުން ހުއްޓާލިއެވެ. *ނުނިމޭ*
ކޮލެޖު ނިމިގެން ގެއަށް އައިސްވަން ލުމާގެ މޫނުމަތީގައި ވަރުބަލިކަމެއްހުއްޓެވެ. މިއަދަކީ ލުމާ ހަދަމުންދާ ކޯހުގެ ފަހު ޓެސްޓް އޮތް ދުވަހެވެ. ލުމާގެ އެވަރުބަލިކަމަކީ ސްކޫލް ދައުރުގައިވެސް ޓެސްޓް ޖެހުމުން އޭނާގެ ކިބައިން ފެންނަ ކަންތަކެވެ. ” ލުމާ ޓެސްޓް ނިމުނީދޯ؟.. ފަސޭހަތަ؟..” މުނާން އަހާލިއެވެ. ” އެހާ އުނދަގުލެއް ނޫން.. ތިއްތީ މިވިސްނަނީ މެހެލް ކްލިނިކާ ގުޅެން… ދެންމެ އައި މަގުމަތީ ދުށިން އެތަނަށް ވަޒީފާގެ ފުރުސަތަކަށް އިއުލާން ކޮށްފައި އޮއްވައި..” ލުމާ ބުންޏެވެ. ” ރަގަޅު […]
” ދައްތާ އަހަރެން އޯކޭ…އެކަމަކު އަހަރެން މިކައިވެންޏަށް އާއެކޭ ބުނުމުން އެހެން މީހުން ރުޅި ނާންނާނެތަ؟.. އަޅުގަނޑަކީ މިގެއަށް ދުރުން އައިސްހުރި މަސައްކަތު މީހެއް…އަސްލު އަޅުގަނޑާ މުނާންއާ އެކަށީގެނެއްވެސް ނުވޭ….އެކަމަކުވެސް މުނާން ބޭނުންވަންޏާ އަދި ދައްތަމެންވެސް އޯކޭ ވިއްޔާ ކުރާގޮތަށް މިހުރީ…” އެކަމަށް ސީދާ އެއްބަސްވާން ނުކެރި ހުރެވެސް ލާނާ ބުންޏެވެ. ” ލާނާއަށް އެނގޭނެ ދައްތަޔަކީ ދައްތަގެ ދަރިން ދިރިއުޅުމެއް ފަށަންވީމަ އެކުދިންނަށް މަޖުބޫރު ކުރާނެ މީހެއްނޫން.. އެކުއްޖަކު ދިރިއުޅުމެއް ފަށާނީ އެކުއްޖަކު ބޭނުންވާ މީހަކާ […]
މެންދުރު ނަމާދު ކޮއްގެން ކިޔާރާ ކޮޓަރިން ނުކުމެ ކައިލް ގޭގައި އުޅޭތޯ ބެލިއެވެ. ނެތްކަން ޔަގީން ކޮށްފައި ކައިލްގެ ކޮޓަރިއަށް ވަދެ އޭނާގެ ފޯނު ހިފައިގެން ނުކުތެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމާއެކު މެންދުރު ކާން އެކަކު ވެސް އަދި ނާންނާތީ ކިޔާރާ ދިޔައީ ނައިނާ ކޮޓަރިއަށެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހާލިތަނާ ނައިނާ ދޮރު ހުޅުވާލައިފި އެވެ. “ވީ ހެވެންޓް މެޓް ބިފޯރ ޕާސަނަލީ. އައިމް ކިޔާރާ”. “އައިމް ނައިނާ” ނައިނާ ހީލުމަށްފަހު ސަލާމްކޮށްލިއެވެ. “އާރ […]
އަހަރެންގެ އުމުރުން 13 އަހަރުގައި އަހަރެންގެ މަންމަ ކެންސަރު ބަލީގެ ޝިކާރަޔަކަށްވެ މިފާނާވަނިވި ދުނިޔެ ދޫކޮއް ދިޔައެވެ.އެހިތާމައިން އަހަންނަށް ނުކުމެވުނީ ގާތް ރައްޓެހިންނާއި ދޮންތަމެންގެ އެތައް މަސައްކަތަކަށްފަހުއެވެ. އެހެނަސް މިހިތާމައިން ނުކުމެވުނުތާ 1 އަހަރު ވިތަނާހެން އަނެއްކާވެސް އަހަރެންގެ މުޅި ދިރުއުޅުން ބަދަލު ކޮއްލި ހާދިސާއަކާއި އަހަންނާއި ކުރިމަތިވިއެވެ.އެދުވަހު އަހަރެން ސްކޫލުން އައިސް ވަންތަނާ ލިބުނު ހަބަރަކުން އަހަރެން މޮޔަނުވި ކިރިޔާއެވެ.އަހަރެންގެ ބައްޕަ އެކްސިޑެންޓުވެގެން ހޮސްޕިޓަލަށް ގެންދެވުނު ހަބަރެވެ.ދަބަސް ގޭގެ ދޮރު މައްޗަށް ވައްޓާލުމަށްފަހު އަހަރެން ދުއްވައި […]
(އަޅުގަނޑުގެ ވާހަކަ އަޕް ކުރުމުގައި ލަސްވި ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. ކިޔެވުމުގެ ކަންކަން ހުރިގޮތުން ، އެކަމަށް ސަމާލުކަން ދިނުމުން ވާހަކަޔާއިގެން ކުރިޔަށް ދާނެ ވަގުތު އަޅުގަނޑަށް ނުވީއެވެ. އަޅުގަނޑުގެ ވާހަކަ އަޕް ނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ، ކިޔުންތެރިންނާ ހިސާބަށް މިގެނެސްދެނީ 6 ވަނަ ބައި އަދި 7 ވަނަ ބައި އެއްކޮށެވެ. ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ. އަދިވެސް އެއްފަހަރު ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް […]
°°°°°°°°°°° ކިޔުންތެރީންގެ ފަރާތުން ތިލިބޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެންޑް ޝައީ ބުނެލަން އޮތް ކުޑަކުޑަ ވާހަކައެއް ވެސް އޮބެން. ވެލް.. މި ވާހަކައިގައި ފަހަރުގަ ކިޔުންތެރީންނަށް ނޭނގޭ ބަސްތައް އައުން އެކަށީގެންވޭ. ސަބަބަކީ ޝައީއަށް ރަށު މީހުން ކިޔާގޮތް ނޫން ގޮތަށް ބައެއް ބަސްބަހަށް ކިޔާ ނަން ނޭނގޭތީ. އަދި އުންމީދު ކުރަން ވާހަކައިގައި ލިޔެވޭ ކުށްތައް ވެސް ޝައީއާ ކޮމެންޓް ތަކުގައި ހިއްސާ ކުރާނެ ކަމަށް. އޭރުން ޝައީއަށް ލިޔުން އިމްޕްރޫވް ކުރެވޭނީ. […]
ހުޝާން ވިސްނަމުން ދިޔައީ އެކަމުން އޭނާ ސަލާމަތްވާނެ ގޮތެކެވެ. އެކަމަކު މަންމަޔަށް އެކަން އެނގުމުން ދެން ސަލާމަތްނުވާނެ ކަންވެސް އެނގެއެވެ. ” ނާއިލާ ކަލޭ ހިތުން އަހަރެންނާއި ކައިވެނި ކުރުމުން ކަލޭ ބޭނުންވާ އުފާތައް ލިބޭނެ ކަމަށްތަ ހީކުރީ..އެހެން ހީނުކުރޭ ތި ކުރެވެނީ މޮޔަ ކަމެއް..؟..” އައި ރުޅީގައި ނާއިލާއަށް ގުޅާގެން ހުޝާން އެއްޗެހި ކިޔަން ފެށިއެވެ. ” އަހަރެން މިކުރަނީ ކިތަންމެ މޮޔަ ކަމަކަށް ވިޔަސް މީ ހުޝާންގެ ދަރިޔަކަށް ނޫނީ ނުވާނެ.. މިއަދު ހުޝާން […]