Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (9)

Bulletproof Girls Level 110 Stories100 Login
October 18, 2020 One Min Read
7 Comments

*ޒަކުވާން ކުޑަދޮރާއި ދިމާލަށް ބަލާލައިފައި އޭނާގެ ފޯނު ނަގާ އެ ކުޅެން ފެށިއެވެ. ނައުފަލް އެތަނުން ވާހަކަ ފޮތެއް ނަގާއެ ކިޔަން ފެށިއެވެ. ކައިލާން ގޮނޑިއެއް ގެނެސް ކުޑަ ދޮރު ކައިރީގައި ބަހައްޓައި އިށީނެވެ.*

*********************************

ބްރިޖް އިން ލާފައި މާލެ އެރި އެމްޓީސީސީ ބަސް ފަހަރަކު ސްޓޮޕަކަށް ހުއްޓަމުން ހުއްޓަމުން ގޮސް އެންމެ ފަހުން ގްރޭޓަރ މާލޭ ބަސް ސްޓޭޝަން ކައިރީއަށް ބަސް ހުއްޓިއެވެ. ބަހުގައި ތިބި އެންމެން ފައިބަން ފެށުމުން ޒައިނީވެސް އެމީހުންނާއެކު އެ ބަހުން ފައިބައި ސްޓޭޝަން އިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ހަމަ އެބަހުން ނުކުތް ބައެއް މީހުން އެތަނުގައި ޓެކްސީ އެއް ހޯދުމުގެ ބޭނުމުގައި އެއް ކާރަކަށް ފަހު އަނެއް ކާރަކަށް އަތް ނަގަމުން ދިޔައެވެ. ޒައިނީ ދެކޮޅު ބަލާލުމަށް ފަހު މަގު ހުރަސް ކޮށް އަނެއް ފަރާތަށް ހިނގައިގަތެވެ. އަަދި މޭރީ ބްރައުން ގެ ދޮރުމަތީގައި ހުއްޓިލައިގެން އިރުކޮޅަކު ހުއްޓެވެ. ވަންނަން ޚިޔާލު ކޮއްފައިވެސްނުވަދެ އޭނާ ހިނގައިގަތެވެ. މަގަކަށް އަޅައިލުމާއު އެކު އޭނާއަށް ނުކުމެވުނީ އަމީނީމަގަށްވެ. އިއްޔެ ކާރުގައި މާލެ ވަށައި ބުރު ޖެހިވަގުތު އޭނާއަށް މިމަގުގުގައި ހުރިފުޑް ކޯޓުތައް ވަނީ ފެނިފައެވެ. ނަމަވެސް އޭނާ އެތެރެއަށް ކުޑަކޮށް ބޯ ދިއްކޮށްލުމަށްފަހު އޭނާ އަނެއްކާވެސް ހިނގައިގަތެވެ. އެގޮތަށް މަގުމަތީގައި ހަަތަރު މިނަޓު ވަންދެން އެނބުރުމަށް ފަހު އޭނާއަށް ރަސްފަންނަށް އާދެވިއްޖެއެވެ. މޫދުގައި ކުދިން މަޖާނަގަމުން ދިޔައިރު މޫދު ކަސްރަތު ކުރާ މީހުން ވެސް ތިއްބެވެ. ޒައިނީ ވެލިގަނޑުގައި ވަކި މަންޒިލެއް ނެތި ހިނގަމުން ދިޔައެވެ. ނަމަވެސް އޭނާއަށް ގްލޯރިއާ ޖީންސް ކޮފީސް ބޮޑު އަކުރުން ޖަހާފައިވާ ކެފޭ އެއް ފެނުމާއިއެކު އޭނާ އަށް ހިނިތުންވެލެވުނެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތެވެ.

*********************************

‘ދެން ފައިބާ.. މިހާރު ނައުފަލް ހުންނާނެ ރަތް ވެފަ..’ ޖިޔާން ކާރު ސޯޝަލް ސެންޓަރ ކުރިމަތީ މަޑުކޮށްލަމުން ބުންޔެވެ. ޖިމްޔާން ކަންފަތަށް ހެޑްސެޓް ލައްވައިފައި ވުމުން އޭނާއަށް ދެންމެ ޖިޔާން ވާހަކަ ދެއްކި ކަމެއްވެސް ނޭނގެ އެވެ. އެއަށްވުރެން ބޮޑަށް ޖިމްޔާން ހުރީ އޭނާ ނެޓްފްލިކްސް އިން ބަލަމުން ދިޔަ ‘ދަ ނޯޓްބުކް’ މޫވީ އަށް ގެއްލިފައެވެ. ޖިޔާން މިފަހަރު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ނަމަވެސް ކުރިޔެކޭ އެއްފަދައިން އޭނާއަށްއެ އަޑެއް ނީވުނެވެ. އެވަގުތު ޖިޔާން އަށް އޭނާގެ ފެންފުޅި ފެނުނެވެ. އެހެން ކަމުން ޖިޔާން ގެ ބޮލަށް އައި އެންމެ ފުރަތަމަ ކަން ކޮށްލިއެވެ.

‘އޭތް!” ޖިމްޔާން އަށް ހަމަ ބިމަށް އާދެވުނީ ޖިޔާން އޭނާގެ އަނގަޔަށް ފެންއަޅާ ޖިމްޔާންގެ މޫނަށް ބުރުއްސާލުމުންނެވެ. ޖިޔާން އަނެއްކާވެސް އަނގަޔަށް ފެން އަޅާ ޖިމްޔާންގެ މޫނަށް ބުރުވާލަން ތައްޔާރުވިއެވެ. ޖިމްޔާން ޖިޔާން ގެ ކޮލުގައި ޖަހާލައިފައި ކާރުން ނުކުންނަން އަވަސްވެގަތެވެ. ޖިޔާން އަނގައިގަ ހުރި ފެން ކޮޅު ދިރުވައިލަމުން ބޯ ކަހާލިއެވެ. އޭރު ޖިމްޔާން މަޑު މަޑުން ރަސްފަންނުއައި ދިމާލަށް ދަނީއެވެ. ބޯހޫރައިލުމަށްފަހު ޖިޔާން ކާރު ހުޅުމާލެ އަށް ދިޔުމަށް އަނބުރާލިއެވެ.

ޖިމްޔާން ފަހަތައް އެނބުރި ބަލާލި ވަގުތު ޖިޔާންގެ ކާރު ނެތުމުން އޭނާއަށް ހައިރާންވެވުނެވެ. ނަމަވެސް އޭނާ ކޮނޑު އަރުވާލުމަށްފަހު އަނެއްކާ ވެސް ކުރިޔަށް ހިނގައިގަތެވެ.

‘އެކްސްކިއުޒް.. ގްލޯރިއާ ޖީންސް ކޮފީސް ކޮބާތަ؟’ ރަސްފަންނަށް އާދެވުމާއިއެކު ކުރިމައްޗަށް އެރި އަންހެން ކުއްޖެއް ކައިރީ ސުވާލު ކުރިއެވެ. ‘އެހެރީ..’ އެކުއްޖާ އަތް ދިއްކުރީ މޫދުގެ ލޮނުގަނޑުގައިކިރިޔަ ކިރިޔާ ޖެހިފައި ހުރި އިމާރާތަށެވެ. ޝުކުރު އަދާ ކުރުމަށްފަހު ޖިމްޔާން އެދިމާޅަށް ދިޔައެވެ. ޖިމްޔާން ހިނގަމުން ދިޔަ އިރު އޭނާއަށް ގިނަ ބަޔަކުގެ ލޯތައް ހުއްޓެމުން ދިޔައެވެ. އެތަނުންވެސް ގިނައީ އަންހެން ކުދިންނެވެ. އެއްބައި އަންހެން ކުދިން ލޯ ބޮޑުކޮށްގެން އަނގަމަތީ އަތް އަޅައިފައި ވާއިރު އަނެއް ބައި ކުދިން ޖިމްޔާން ގައިގައި އަތް ލެވޭތޯ ފަހަތުން ދުވަނީއެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް އޭނާ ގައިގައި އަތް ލެވުމުގެ ކުރިން އޭނާ ފަހަތަށް އެނބުރި އެކުދިންނާއި ދިމާލަށް ހީނލިއެވެ. މިކަންވެސް ވެގެން ދިޔައީ މުޅި ގޮނޑުދޮށުގައި އަންހެންކުދިންގެ ތޫލި ހަޅޭކުގެ އަޑު މުޅިތަނުގައު ގުގުމައިލީ ކަމަކަށެވެ. ޖިމްޔާންއަށް މީ ފެނިފެނި ބާވެފައިވާ މަންޒަރެއް ކަމުން އަނެއްކާވެސް އޭނާ ހީނލާ އިސްތަށީގައި އަތް ކާއްތާލުމަށްފަހު ގްލޯރިއާ ޖީންސް ކޮފީސްގެ އިމާރާތް ތެރެއަށް ވަދުނެވެ.

********************************

ޒައިނީ އެތެރެއަށް ވަދެ ވަށައިގެން މޭޒަކަށް ފަހު މޭޒަކަށް ބަލާލިއެވެ. ވަގުތަކީ މީހުން މަދު ވަގުތަކަށް ވުމުން މޭޒަކާއި ގޮނޑި އެއް ހޯދަން އުނދަގުލެއްނުވި އެވެ. ނަމަވެސް ޒައިނީއަށް ހިތްހަމަ ޖެހޭ ދިމާލެއް ނުފެނިގެން އުޅޭ ތާގައި އޭނާ އިށީންނަން ޚިޔާލެއްވެސް ނުކުރިއެވެ. އެގޮތަށް އިރުކޮޅަކު ހުރުމަށްފަހު އޭނާއަށް މޫދާއި ދިމާލަށް ތަންކޮޅެއް އެކަހެރި ކޮށް ހުރި މޭޒެއް ފެނުމާއެކު އޭނާ އެތަނުގައި އިށިންނަން ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ހުއްޓެވުނީ ބޭރުން ބަޔަކު ހަޅޭއްލަވާ އަޑު އިވެން ފެށުމުންނެވެ. ‘އަންމާތް..’ ޒައިނީ އަށް ވެސް ހަޅެއްލަވައިގަނެވުނެވެ. އަވަސް އަވަހަށް ކައުންޓަރު ކައިރިއަށް އޭނާގެ އޯރޑަރ ނަގަން ދިޔައެވެ. ‘ވަން ކަޕުޗީނޯ ވިތް އެކްސްޓްރާ ވިޕްޑްކްރީމް އެންޑް ކެރެމަލް ޕްލީޒް..’ އޯޑަރ ނަގާ ކުއްޖާ ސުވާލުކުރުމުގެ ކުރިން ޒައިނީ އޭނާގެ އޯޑަރ އަވަސް އަވަހަށް ބުނުމަށްފަހު ފަހަތުގައި ހުރި މީހުންނަށް ތަން ދެއްކިއެވެ. ‘ފަސް މިނަޓު ފަހުން ވަޑައިގަންނަވާ އިނގޭތޯ..’ އެކުއްޖާ ހީނލުމަށްފަހު ޒައިނީގެ ބުއިން ތައްޔާރުކުރުމަށް އަވަސްވެގަތެވެ. ބޯޖަހާލަމުން ޒައިނީ އެތަނުގެ ދޮރުމައްޗާއި ހަމަ އަށް ދިޔައެވެ. އެވަގުތު ބޭރުން ފެނުނު މަންޒަރުން އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާއަށް ފަސްދީގެން ފިރިހެނަކު ހުއްޓެވެ. މޫނު ނުފެނުމުން އޭނާއަށް އެއީ ކާކުކަންޔަގީނެއްނުވި ނަމަވެސް އެ ފިރިހެން މީހާގެ ކުރިމަތިން ހަޅޭއްލަވަމުން ދިޔަ އަންހެން ކުދިންތަ ފެނިފައި އެއީ ވަރަށް ވެސް މަޝްހޫރު މީހެއްކަން ޒައިނީ އަށް ދެނެގަނެވުނެވެ. ‘އެކްސްކިއުޒް.. ޔުއަރ ޑްރިންކް އިޒް ރެޑީ..’ މީހަކު ޒައިނީގެ ކޮނޑުގައި ޖަހާލުމަށްފަހު ބޯ ޖަހާލުމުން އޭނާއަށް ހަމަ ބިމަށް އާދެވުނެވެ. ހުމްއަޅުވާލުމަށްފަހު އޭނާ ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ. އެ އަންހެން ކުއްޖާ ދިއްކޮށްލި ތަށީގައި ހިފުމަށްފަހު ޒައިނީ އެކައުންޓަރުމަތީ ޑޮލަރު ނޫޓު ތަކެއް ބެހެއްޓިއެވެ.

މޭޒާއި ދިމާލަށް ލޯ މަރާލައިގެން ހިނގަމުން ދިޔަ ޒައިނީ ލޯހުޅުވައިލިއެވެ. ނަމަވެސް އެވަގުތު ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް މީހަކު އެރުމާއިއެކު ޒައިނީ ސިއްސައިގެން ދިޔައެވެ. ލިބުނު ސިހުމުގައި އޭނާގެ އެއްކަލަ ކޮފީ ތަށި އެމީހާގެ ގަޔަށް ވެރުނެވެ. ‘އޫޕްސް.. އައިމް ސޯ ސޮރީ.. ޓިޝޫ އެއް ދެންތަ؟ އަޅޭ ސޯ ސޮރީ..؟’ ޒައިނީ އަވަސް އަވަހަށް ތިރި ބަލާލަމުން މާފަށް އެދެން ފެށި އެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ކުރިމަތީ ހުރި މީހާގެ މޫނު ފެނިފައި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

********************************

‘ޔޫލީން.. އައިސް ފާނަންތަ އިރުކޮޅަކަށް؟’ ނަވްރީން ލެޕްޓޮޕް ނަގާ އުނގަށް ލަމުން ކުޑަދޮރު ކައިރީ ހުރި އެނދުގައި އިށިީންދެގެން އިން ޔޫލީން އަށް ގޮވާލިއެވެ. އޭރު އޭނާ ހުރީ ފޯނުން ފިލްމް އެއް އަޅުވައިގެން އެ ބަލާށެވެ. ‘ހްމްމް.. މިއައީ..’ ކަންނެތް ގޮތަކަށް ޔޫލީން އޭނާގެ ފައި ނަވްރީން އިން އެނދަާއި ދިމާލަށް އަނބުރާލިއެވެ. ‘ޕިސް.. ދެން ތިހިނެއް ނޫން.. ރީތިކޮށް އައިސް މިތާ އިށީނދެބަ..’ ޔޫލީންގެ ފައިގައި ކޮށްޓާލަމުން ނަވްރީން ބަސް ބުނެލިއެވެ. އޭނާ ހަރުކަށި ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އޭނާގެ މޫނު މަތީގައި ލާނެތް ހިނިތުންވުމެއް ކުޅެލިއެވެ. ޔޫލީން އަށް މިތަން ފެނުމާއެކު ރޮކެޓެއް ދުއްވާލި ފަދައިން އެނދުން ފުންމައިގެން ތެދުވެ ނަވްރީންގެ އެނދަށް ބަން ކިޔާފައި ފުންމާލިއެވެ. އެވަގުތު އެ އެނދުގެ އެއްފަޅިން އަޑެއް ގޮވާ އެފަޅި ތިރިއަށް ގަންބާގަތެވެ. ‘އާތް އަންމާ..’ ނަވްރީން އާއި ޔޫލީން އެތެރެއަށް ވެއްޓެން ދިޔަ އިރު ދެމީހުނަށްވެސް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ނަވްރީންގެ ލެޕްޓޮޕް އޭގެ ވެރިފަރާތުގެ އަތުން ދޫވެ ބިންމައްޗަށް ވެއްޓުނެވެ. ލެޕްޓޮޕްގެ ޑިސްޕްލޭ ތަޅައިގެން ދިޔަ އަޑު މުޅީ ކޮޓަރީގައި ގުގުމާލިއެވެ. އަދި ފާހަނައިގައި ފެންވަރަން ހުރި އީނާލް އަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ‘އޯމައި ގޯޑް.. ނޯ..’ ނަވްރީން އަށް އެނދުން ތެދުވުމާއެކު ތެޅިފައިވި ލެޕްޓޮޕްގެ އެތި ކޮޅު ކޮޅުތައް އެކި ތަންތަނަށް ގޮސްފައިވެއެވެ. ޔޫލީންއަށް ވެސް ކޮޅަށް ތެދުވެވުނު ވަގުތު އެތަން ފެނުމާއެކު ތުންފަތުގައި ދަތް އަޅައިލެވުނެވެ. ނަވްރީން ހަޅޭއްލަވައިފާނެތީ ބިރުންނެވެ. ‘އަޅެ ޔޫލީން..’ ނަވްރީން ފިހިގަނޑު ނަގަމުން ވާހަކަ ދައްކަން ފެށި އެވެ. އަޑުގައި ހިތާމަ ވެރިކަމެއް ރުޅިވެރިކަމެއް އެކުލެވިފައި ނެތުމުން ޔޫލީން އަށް ހައިރާންކަން ލިބުނެވެ. ‘އޭރުވެސް ބުނިން ދޯ.. ރީތިކޮށް އަންނާށޭ.. އެކަމް ހަމަ ކެންގަރޫ އެއްހެން އެނދަށް އަރަ ފުންމާލީމަ އެނދުވެސް ހަލާކުވީ.. ލެޕްޓޮޕް ވެސް ތަޅައިގެން ދިޔައީ.. އަނެއްކާ އަނިޔާ އެއް ވިތަ؟ ޕިސް ޕިސްް.. ދެން ހަމަ ސާބަސް..’ މިފަދަ ހާލެއްގައިވެސް ނަވްރީން ސަމާސާ ކުރަން ފެށިއެވެ. ނަމަވެސް ޔޫލީން އާއި ދިމާލަށް ތުންއަނބުރާލަމުން އޭނާ އެ ކޮޓަރި ކުނިކަހަން ފެށި އެވެ.

‘މިތަނަށް ވަގެއް ވަދެގެންތަ މިއުޅެނީ..؟’ ފާހަނައންި އީނާލް ނުކުންނަމުން ދެކޮޅު ބަލާލިއެވެ. އޭނާ ހުރީވެސް ބިރުން ތުރުތުރު އަޅައެވެ. ‘ހެހެ.. ޔޫލީންކިޔާ ވަގެއް އެނދު ބިންދާލައިގެން މިއުޅެނީ.. ދޯ ޔޫލްސް..’ ނަވްރީން ހިނިއައިސް ހުރެ ޔޫލީން އަށް ދޯ ދިނުމާއެކު ޔޫލީން އަތާއި އަތް މޮޑެން ފެށި އެވެ. ‘ދެން އޮޅިގެންނޭ..’ ‘ދެން އޮޅިގެންނޭ ކޯޅިގެންނޭ ނުކިޔާ ނަވް އަށް ހެލްޕް އެއް ކޮއްބަ.. އެއީ މައްސަލައެއް ނޫނެއްނު.. އެހެންވެސް ވެދާނޭ..’ ޔޫލީން ގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް ނަވްރީން ވާހަދެއްކިއެވެ. އަދި އެނދު ބިއްދޮށުން ޑަސްޓްޕޭން އެއް ނަގާ އެ ޔޫލީން އަތަށް ދިނެވެ. ޗާބީ ދީފަ އިން ބުދެއް ފަދައިން އޭނާ ގުދވެ އެއްކޮށްފައި ހުރި ކުނިތައް ނަގަން ފެށުމުން ނަވްރީން އައި އީނާލް އެކަކު އަނެކަކަށް ބަލާލުމަށްފަހު ހީނގަނެވުނެވެ.

**********************************

ޖިމްޔާން އަށް ކުރިމަތިން ދިޔަ މީހެއް ގައިގަ ޖެހުމާއެކު އޭނާއަށް މަތި ބަލާލެވުނެވެ. އޭރު ކުޑަ ތެތް ކަމެއް އޭނާއަށް އިހުސާސު ވުމާއެކު ލައިގެން ހުރި ޓީޝާޓަށް އޭނާ ބަލާލިއެވެ. ވީގޮތް އޭނާއަށް ސާފުވިއެވެ. އޭނާ ލައިގެން ހުރި މަޑު ނޫކުލައިގެ ޓީޝާޓުގެ ކުރިމަތީ ކޮފީ އެޅިފައި ހުއްޓެވެ. ‘އޫޕްސް.. އައިމް ސޯ ސޮރީ.. ޓިޝޫ އެއް ދެންތަ؟ އަޅޭ ސޯ ސޮރީ..؟’ ކުރިމަތީގައި ހުރި އަންހެން ކުއްޖާ ވާހަކަ ދައްކަން ފެށުމާއެކު އޭނާގެ ނަޒަރު އެކުއްޖާއަށް ހުއްޓާލިއެވެ. އެއީ ޒައިނީ ކަން ވަގުތުން އޭނާ އަށް ދަނެގަނެވުނެވެ. އޭނާގެ ނަޒަރު ޖިމްޔާން އަށް ހުއްޓުމާއެކު ޒައިނީ ހުއްޓުން އެރިއެވެ. ‘ޖި.. ޖި.. ޖިމްޔާން..’ ޒައިނީ އަށް ވާހަކަ ދެއްކުނީ ކިރިޔަ ކިރިޔާ އަޑު ނިކުމެގެންނެވެ. އަވަސް އަވަހަށް އޭނާ ދަބަސް ނަގާ އެ ހުޅުވައިލުމަށްފަހު އެ ހާވަން ފެށިއެވެ. ‘ޓިޝޫ.. ޓިޝޫ..’ ޒައިނީ ހިތާ ހިތުން ކިޔަމުންދިޔައެވެ. އޭރު ޖިމްޔާންއަށް ދަތް ކުނޑި ވިކައިގަނެވުނެވެ. ހަމަ އެވަގުތު ދަބަސް ތެރެއިން ޒައިނީ ޓިޝޫ އެއް ނަގާ ޖިމްޔާން އަށް އެ ދިއްކޮށްލިއެވެ. ނަމަވެސް ޖިމްޔާން ޒައިނީއާއި ހަތަރުކަޅި ހަމަ ކޮށްލަމުން ވާހަކަދައްކަން ފެށިއެވެ. ‘އަޅެ ދެން ކިހާ ދެރަ ކަމެއްތަ.. ލޯ ހުންނަނީ އައިނެއް އަޅާކަށް ނޫނޭ އެކަން އެނގޭތަ..؟ އަދި ބޯ ހުންނަނީ ބޮލުގައި ފުނާ އަޅައިފަ ބުރުގަލެއް އަޅަން އެކަންޔެއް ވެސް ނޫން.. އެހެންނާ.. ލޯ މަރާ ބާރު ކޮށްގެން ޑްރީމް ލޭންޑްގައި ހިނގާލަން ގޮސް ވިއްޔާ ތި އުޅެނީ.. ނޭނގޭތަ މީ މަގޭ ބަރތްޑޭއަށް ލިބުނު ޓީޝާޓެކޭ.. ޒަކުވާން ދިން ހަދިޔާއެކޭ..’ ޖިމްޔާން ޒައިނީ އައި ދިމާލަށް އަތް އެއްލަ އެއްލައިފައި ވާހަކަ ދެއްކި އެވެ. ‘އަޅެ ސޮރީ އޭ.. އަސްލުވެސް އޭ..’ ޒައިނީ ދިޔައީ އާދޭހާއެކު މާފަށް އެދެމުންނެވެ. ނަމަވެސް ޖިމްޔާން ޒަިނީގެ އެ އާދޭސް މެދު ކަނޑާލިއެވެ. ‘ޒައިނީ.. ދެން ސްޓޮޕް.. ހަމަ ސޮރީ ސޮރީއޭ ކިޔާއެބަ.. ކީކޭ ބުނާނީ..’ ޖިމްޔާން އަށް މާނޭވާލެވެމުން ދިޔައެވެ. ޒައިނީ އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ޖިމްްޔާން އަށް އޭނާގެ ނަން އެނގުނީ ކިހިނެތް ބާވައެވެ. ނަމަވެސް އިރުކޮޅެއް ނުވެ ޖިމްޔާން ޒައިނީގެ މޫނަށް ބަލާލިއެވެ. ތިރީ ތުންފަތުގައި ދަތް އަޅައިގެން ދުރު ބަލަން އޭނާ ހުރި ގޮތުން ޖިމްޔާންގެ ރުޅި އިހުނަށްވުރެން މަޑު ވިއެވެ. އަދި އޭނާއަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެކަން ޔަގީން ވިއެވެ. ދެ ފަރާތަށް އޭނަ ބަލާލުމާއިއެކު ކުރިން ދިމާވި މީހުން އެކި ފަރާތް ފަރާތުގައި އެއްވެ ކުރިޔަށް ދިޔަ ކުޅިވަރު ފޯނު ތަކަށް ރައްކާކުރަމުންނެވެ. ޖިމްޔާން އަށް ލަދުން އިސް ޖަހާލެވުނެވެ. އަދި ޒައިނީގެ އަތުގައި ހިފާ އަވަހަށް އެތަނުން ނުކުންނަން ދުއްވައިގަތެވެ. އެތަނުން ނުކުންނަން ދިޔަ ވަގުތުވެސް އެ މީހުން ބެލީ ޖިމްޔާން ގައިގައި އަތް ޖެހޭތޯއެވެ.

ޖިމްޔާން އާއި ޒައިނީ ދުވަމުން ގޮސް އެންމެ ފަހުން ވަރުބަލިވެގެން ހުއްޓުނީ ސުނާމީ ބިނާ ކައިރިއަށެވެ. އެވަގުތު އެހިސާބުގައި އެކަކުވެސް ނެތް ކަމީ އެދެމީހުންގެ ނަސީބެވެ. އެހެންނޫންނަމަ އޮޓޯގްރާފް ހޯދުމަށް މީހުން ހަނގުރާމައެއް ފެށީހެވެ. ޖިމްޔާން އޭނާގެ އަތް ޒައިނީގެ އަތުން ދޫކޮށްލުމަށްފަހު ޒައިނީ އައި ކުރިމަތި ލިއެވެ. ‘އެހެންވެދާނެ.. އިޓްސް އޯކޭ.. އެކަމް އަހަރުން ދޯ ސޮރީ ބުނަން ޖެހޭނީ.. ބައެއް ފަހަރު އެހެން ރުޅިއާދެވޭ.. އެހެން މެމްބަރސް ވެސް ތިބެނީ މަ ރުޅި އައިސްފަ ހުންނައިރު ބިރުން ތުރު ތުރު އަޅާ.. ހެހެ.. އަދިވެސް އެއްފަހަރު ސޮރީ..’ ޖިމްޔާން އޭނާގެ ފަޔަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކި އެވެ. ނަމަވެސް ޒައިނީއަށް އޭނާ ކީ އެއްވެސް އެއްޗެއް އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާއަށް ހުރެވުނީ ޖިމްޔާންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ޖިމްޔާން އަށްވެސް އިރުކޮޅަކު ޒައިނީގެ ލޮލަށް ބަލަން ހުރެފައި ދުރު ބަލައިލިއެވެ. އަދި ޒައިނީގެ ލޯ ކުރިމަތީ އަތް ޖަހާލިއެވެ. ޒައިނީ ވަގުތުން ހަމަ ބިމަށް އައެވެ. ‘މަންމާ މިކަނީ.. އާން.. މްމް..’ ޒައިނީ ފުރަތަމަވެސް އޭނާގެ މަންމަ އަށް ގިވުމުން ޖިމްޔާން އަށް ވަރަށް މަޖާވިއެވެ. ‘މަންމަ އެއް ނެތް މިތާކު.. މި ބުނީ އަހަރެން ދޯއޭ ސޮރީ..’ ‘ހްމްމް ތިބުނަ އެއްޗެއް އެނގިއްޖެ.. ސޮރީ ނުބުންޔަސް ހެޔޮ.. ދެން ރުޅި އައުން އެއީ އަމިއްލަ އަށް ވާކަމެއް ނޫން.. އެންޑް.. ކިހިނެތް އަހަރެންގެ ނަން އެނގުނީ؟’ ޒައިނީ އެއް އަތް ނަގާ ޖިމްޔާންގެ އަނގައިގައި އިނގިލި ޖައްސާލިއެވެ. ޖިމްޔާނަށް ޒައިނީ ރަކި ކޮށްނުލެވުނު ތާގައި ލަދުނުގަންނުވައިލެވުމުން ޖިމްޔާން އަނގަ ހަދާލިއެވެ. ނަމަވެސް އޭނާ ޒައިނީގެ އަތް ނެގުމަށްފަހު ބުންޏެވެ. ‘ނޭނގޭތަ ބަންގްޓަން ގަރލްސް އެއް ހުންނަކަން.. އުހުން އެނގޭނެ ދޯ.. އައި އެމް އަ ބިގް ފޭން އޮފް ޔޫ އޯލް.. ނައިސް ޓޫ މީޓް ޔޫ..’ ޖިމްޔާން އަތް ދިއްކޮށްލިއެވެ. ނަމަވެސް ސަލާމް ކުރުމުގެ ނިޔަތުގައެވެ. ‘ހޫން.. ދެން.. އަހަންނަށް މާފު ކޮށްފިންތަ؟ އެހެންނޫނީ އާ ޓީޝާޓެއް ގަންނަން ވީތަ؟’ ޒައިނީ އެ އަތް ތަޅުވާލަމުން ވާހަކަ ދެއްކިއެވެ. ޖިމްޔާން ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު ދެމީހުން މޫދު ކައިރިއަށް ގޮސް ވާހަކަ ތަކެއްގެ ތެރެއަށް ގެނބުނެވެ. އަދި އެދެމީހުންގެ މެދުގައި ރަހުމަތް ތެރިކަން އުފެދި އެކި ވާހަކަ ތައް ދައްކަން އެ ހިތް ފަސޭހަ ވަގުތު ކޮޅު ދުއްވާލިއެވެ.

*ނުނިމޭ*

ᕕ( ͡° ͜ʖ ͡°)ᕗ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bulletproof Girls

Level 110 Stories100 Login

We are a bunch of teens who luv to work together and write different stories. We are writers who write to amaze ourselves and you guys.. Hope u luv our stories and give us full support.. We like bieng unique and as by the name, we are ARMYS and we soooo luv BTS..There are 9 of us.. we are.. Author Ainn, Author Yoon, Author Blossom, Author Daisy Queen, Author Sparkles, Author Nixx, Author Dheen, Author Xaxa , Author Cutie AAI...Enjoy..

Other Articles

Previous

ލޯބީގެ ހައްގުގައި 25

Next

މި ހިތުން މަޤާމޭ މި ދެނީ 3

Next
October 19, 2020

މި ހިތުން މަޤާމޭ މި ދެނީ 3

Previews
October 18, 2020

ލޯބީގެ ހައްގުގައި 25

7 Comments!

  1. ?Ril? says:
    October 20, 2020 at 6:25 am

    Heiii sis me first dhw ??????????????

    1. ?Ril? says:
      October 20, 2020 at 6:26 am

      Kiyaalaafaa cmnt eh kohlaana

  2. ?lachimolala? says:
    October 20, 2020 at 7:07 am

    Wowww…vrh salhi mi part ves
    Bts and banghtan girls dhima vy ey dho?
    Waiting for the next part ?
    keep it up girls ❤️

  3. Maany says:
    October 20, 2020 at 7:58 am

    Wow mi part vx varah reethi masha Allah keep it up
    Waiting for the next
    Luv uuu

  4. ?Ril? says:
    October 20, 2020 at 8:19 am

    Wow mi part vess vrh sali ❤️❤️❤️❤️❤️
    Masha Allah keep it up sis ❤️❤️❤️❤️❤️???
    Hehehe Mi part vess vrh majaa???????❤️❤️?
    Adhi yoolyn aa eenaal aa navreen Aaa maa majaa Athan kiyaafaa heeeheee bindihje???????????
    Jiyaan ulunu gothun ves heeeheee halaaku?????????????????
    Omg jimyaan and zaineee frnds Wow❤️❤️❤️????????? dhen adhi 2 grp ge ehen Members Ah ingihjehyaa hunaanee dhw foorieh majaa vaane ?????????❤️❤️???
    Waiting for the next part ❤️❤️❤️???
    Love uuu hurihaa siss ❤️❤️❤️
    Stay safe and take care ❤️❤️❤️

  5. R¥N says:
    October 20, 2020 at 12:43 pm

    Wowww ❤❤❤❤❤❤
    ?????mi part vx vvvvv obi ingey ???
    Maasha allah ????
    ????keep it up grls
    ????mi part vx vv funny ????
    Waiting for the next part girls ????
    ????Love you sissy thakaa
    Be safe ?????

  6. ?Taetae? says:
    October 23, 2020 at 7:19 pm

    Next part??

Comments are closed.

Next Episodeބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (10)←


All Right Reserved!