Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 8

Shyyyms
Shyyyms Level 510 Stories100 Login
October 19, 2020 10 Mins Read
11 Comments

ބަދިގެ ފަރާތުން އަޑު އަޑު އިވޭތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ. އެންމެފަހުން އެތައް ފަހަރަކު ވިސްނުމަށްފަހު އީކަން ކޮޓަރިން ނިކުތެވެ. މިހާއިރު ހޭލާ އުޅެނީ ކާކުތޯ ބަލާށެވެ. އަދި ކިރިޔާ ގަނޑިން މެންދަމު 3:45 ކެވެ.

ތާރާ އަކީ ނުލާހިކު ނިދި ހަރު މީހެކެވެ. ނިދާފައި އޮށްވާ މީހަކު ކަންފަތް ބުޑުގައި ހަޅޭއްލެވިޔަސް ކީކޭހޭ ވެސް ނުވާނެއެވެ. ދެން ހުރީ އޭނާގެ މަންމައެވެ. އުސްރާ އެވެ. އުސްރާ އާންމުކޮށް ހޭލާނީ ބަންގި ގޮވަން 15 ވަރަކަށް މިނަޓަށް ވީމައެވެ. އޭނާ ރީތިވެގެން ގޭތެރެ ކުނިކަހާފައިކާ ނޫނީ އެކަކަށް ވެސް ނުގޮވާނެއެވެ. އެހެންވީމާ ބަދިގޭގައި މިވަގުތު އުޅޭ މީހަކު ނާޒިމަކަށް ވެސް އަދި އުސްރާ އަކަށް ވެސް ނުވާނެއެވެ. އެކަމް ދެން ގެއަކު އިތުރު މީހަކު ވެސް ނުހުންނާނެއެވެ. ލޫތު އަށް ވާނީ ވެސް އޭނަ އަކީ ތުއްތު ކުއްޖެއް ނޫންނަމަ ތާއެވެ.

އީކަން އަކަށް ނުވިސްނުނެވެ. ގޭ މީހަކު ނޫނިއްޔާ ދެން އުޅޭނީ އެކަމް ކާކު ހެއްޔެވެ؟ އަނެއްކާ ކިޔާން ނޫނީ ޖައިލަމް އޭނައާ ސަމާސާ ކުރަނީ ބާއެވެ؟ އެކަމަކު އެމީހުން ވެސް މެންދަމު އެކަހަލަ ކަމެއް ކުރަން އެއީ މޮޔައިންނެއް ނޫން ވިއްޔާއެވެ.

މަޑުމަޑުން ސިޑިން ފައިބަމުން ދިޔަ އީކަންގެ ސިކުނޑީގައި އެކި ސުވާލުތައް އެނބުރެން ފެށިއެވެ.

އަނެއްކާ ގެއަށް ވަގެއް ވަނީކީ ނޫން ބާއެވެ؟

 

އީކަން ސިޑިން ލަސްލަހުން ފޭބުމަށް ފަހު ދޮރު ކާރީ ހުރި ފިހިގަނޑު ހިފައިގެން ހިނގައިގަތެވެ. މުޅި ގޭތެރޭގައި ބޮކީގެ ފަޑު އަލި ފެތުރިފައި ވިޔަސް ފުދޭވަރަކަށް އަނދިރިއެވެ. އެހެންކަމުން އޭނާގެ ހިތުގައި ތަފާތު އެކި ހިޔާލުތައް ފުނިޖެހެން ފެށިއެވެ. މީހާ ދާހިއްލަން ފެށިއެވެ.

ފުން ނޭވާއެއް ލުމަށްފަހު އޭނާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ މޭޒުދޮށުގައި ބޯ އަޅައިގެން އިން ހިޔަންޏެވެ.

ބިރުން ހުރެ އޭނާ މަޑުމަޑުން ލައިޓް ދިއްލާ ލިއެވެ.

 

“ވަޓް ދަ؟” އީކަން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއޮށް ނިދިގަދަ މީހާ މިތާ އެ ކުރަނީ ކީއްހެއްޔެވެ؟ އީކަން އެކުއްޖާ ގާތަށް މަޑުން ހިނގައިގަތެވެ. އޭނާގެ މޫނު އޮތީ އަނެއް ފަރާތަށް އަނބުރާފައި ކަމުގައި ވިޔަސް އީކަން އަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގުނެވެ. އީކަން އެކުއްޖާ މޫނު އޮތް ފަރާތަށް ގޮސް ބަލާލިއެވެ.

ތާރާގެ މޫނުމަތި ފެނިފައި އީކަން އަށް ލިބުނީ ކުޑަ ވަރެއްގެ ޝޮކެކެވެ. ނިދިފައި އޮތް ތާރާގެ މައުސޫމް މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައެވެ. ހިތްދަތި ކަމެވެ. ވޭނެވެ. އޭގެ ހެއްކަކަށް ނިދިފައި އޮތް އިރުވެސް އެދޮން މޫނު ތެންމަމުން ދިޔަ ކަރުނަތައް ފުދެއެވެ. ތާރާގެ ލޯކައިރި ރަތްވެފައި ވީއިރު މުޅި މޫނުމަތީ ވަނީ ރޮއެރޮއެ ގޮސް ދުޅަވެފައެވެ.

މޭޒުގައި ބޯ އަޅާލައިގެން އޮތް ތާރާގެ މޫނު މައްޗަށް ބަލަހައްޓައިގެން އީކަން އަށް ހުރެވުނީއެވެ. ތާރާ އޮތް ހާލު ފެނިފައި އޭނާގެ ހިތަށް ތަދުވިއެވެ. އޭނާއަށް ނޭނގޭ ކަންތައްތަކެއް އެބަ ހިނގާ ކަމަށް ފުރަތަމަ ފަހަރަށް އޭނާއަށް ޝައްކު ވިއެވެ. އޭނާ ހަމަ އެހާ ފަރުވާކުޑަ ހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާ ކޮންމެވެސް ކަމަކާ ކުރިމަތިލާއިރު އޭނާއަށް އެކަމުގެ ހިލަމެއްވެސް ނުވީ ކީއްވެ ހެއްޔެވެ؟ އީކަން އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. ރަނގަޅު އެކުވެރި އަކަށް ނުވެވުނީ ތީއެވެ.

 

އީކަން ތާރާއަށް ދެ ތިންފަހަރު ގޮވާލިއެވެ. އެގޮތަށް މޭޒުމަތީގައި އޮވެ ނިދައިފިއްޔާ ފަހުން ކަރަށް ތަދުވާނެ ތީއެވެ. ނަމަވެސް ތާރާ ނުތެދުވިއެވެ. ކުޑަމިނުން ގުޑި ވެސް ނުލިއެވެ. އަޑެއް ލައްވާ ލުމަށް ފަހު ދެން ވެސް އޮތީއެވެ.

އީކަން އަށް ވިސްނުނެވެ. ބަދިގެ ތެރެއިން އަޑުތައް އިވެން ފެށީ މެންދަމު 2 ޖެހިތަނާއެވެ. އެހެންވީމާ އޭރުއްސުރެ ތާރާ އެ އުޅެނީ ހޭލާތާއެވެ. އެ ހުރިހާ އިރު އޭނާ ހޭދަކުރީ ރޯން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މިހާރު އޭނާ ހުންނާނީ ވަރަށް ވަރުބަލި ވެފައި ކަން ގައިމެވެ.

އީކަން މަޑުމަޑުން ތާރާ އޭނާގެ އަތްދަނޑި މައްޗަށް ނެނގިއެވެ. އަދި މަޑު ހިނގުމެއް ގައި ގޮސް ސިޑިން މައްޗަށް އެރިއެވެ. ތާރާގެ ކޮޓަރިއަށް ވަނުމަށް ފަހު މަޑުމަޑުން އެނދުގައި ތާރާ ބާއްވާލިއެވެ. އަދި ނިކުމެގެން ދަމުން ހިތާ ހިތުން އޭނާގެ ކޮއްކޮއެއް ފަދަ އެންމެގާތް އެކުވެރިޔާ އެ ކުރިމަތިލާ ހިތާމައިގެ އަސްލު ހޯދަން ނިންމިއެވެ. ތާރާ އެ ޙާލުގައި ވަނިކޮށެއް އޭނާ އަކަށް ހަމަ ނޭވާއެއް ދެނެއް ނުލެވޭނެއެވެ. ތާރާގެ އުފަލަކީ އޭނާގެ ވެސް އުފަލެވެ. އޭނާ ތާރާގެ މޫނުމައްޗަށް ފިލައިގެން ގޮސްފައިވާ މަޢުނަވީ ހިނިތުންވުން އަނބުރާ ގެންނަން ބޭނުންވެއެވެ.

……….

ތާރާ އަށް ހޭލެވުނީ މެންދުރު 1 ގަނޑި ބައިވި ފަހުންނެވެ. އަވަސް އަވަހަށް ގަޑި ބަލާލުމަށް ފަހު ފެންވަރާ ރީތިވެލައިގެން ނިކުތެވެ. ސިޓިންރޫމަށް ދިޔައިރު އެތާގައި ސަމާއާއި، ޔުކްތާއާއި، 3 ފިރިހެން ކުދިންވެސް ތިއްބެވެ. އޭގެ އިތުރުން ދީމާ އާއި ލޫތު ވެސް އިނެވެ. ލޫތަށް ތާރާ ފެނުމާއެކު ހަޅޭއްލަވައި ގަތެވެ. އެއާއެކު އެންމެން ތާރާއަށް ބަލާލިއެވެ.

“ތާތާތާތާ! އުއްވަ!” އަތް ދިއްކުރަމުން ލޫތު ގޮވަން ފެށިއެވެ. ތާރާ ގޮސް ލޫތު އުރާލިއެވެ. އަދި ލޫތު އާއެކު ސަކަރާތް ޖަހަން ފެށިއެވެ. އެހެން އިނދެފައި ތާރާ އީކަން އަށް ބަލާލިއެވެ. “އީކް. ކީއްވެ ނުގޮވީ؟” ތާރާ އަހާލިއެވެ. ތާރާގެ ސުވާލުން ރޭގައި އީކަން އަށް އޭނާ ފެނުނުކަން ނޭނގޭކަން ހާމަވިއެވެ. އެހެން ނޫންނަމަ އޭނާ އީކަން ސުވާލު ކޮށަފާނެތީ ބަލާވެސް ނުލާނެއެވެ.

 

“ތާ ހުންއައިސް އޮތީމަ ތިއްތަ ނުގޮވީ. އާދޭ އެއްޗެއް ކާލަން. ބަނޑު ހައިވެފައެއްނު މިހާރު ހުންނާނީ. ރޭގަ ވެސް ނުކައި ތިހުރީ.” އުސްރާ ބަދިގެ ތެރެއިން ގޮވާލިއެވެ. އެއީ ތެދެކެވެ. މިއަދު ހެނދުނު ހޭލިއިރު ތާރާ ހުރީ ކުޑަކޮށް ހުން ވައްތަރު ވެފައެވެ. ނަމަވެސް މިހާރު އެއްކޮށް ރަނގަޅެވެ.

“ތެންކިޔޫ ތިއްތާ. އެކަމް ތާ ކާހިތެއް ނެތް.” ތާރާ ބުނެލިއެވެ. ދީމާ ފެނުން ހިސާބުން އޭނާގެ މޫޑު ވަނީ ސަކަރާތް ވެފައެވެ.

 

ކިޔާން އަށް ތާރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ތާރާގެ ލޯ ވަނީ ރަތްވެފައެވެ. މުޅި މޫނުމަތި ދުޅަވެފައި ވާއިރު ދެލޯ ކައިރި ވެސް ވަނީ ވަރަށް ރަތްވެފައެވެ. އޭނާގެ މޫނު މަތީގައި ވާ ބޮޑު ހިނިތުންވުމަކީ އެހެން ލޯތަކަށް ދަޅައެއް ކަން ކިޔާން އަށް ވަރަށް ރަނގަޅަށް އެނގުނެވެ. ތާރާ ހިތާމަ އެ ކުރަނީ ކޮން ކަމަކާ ހެއްޔެވެ؟

ތާރާ އަށް ކިޔާންގެ ނަޒަރު ވަނީ އޭނާއަށް ކަން އެނގުމުން އުނދަގޫ ވާ ގޮތް ވިއެވެ. ނަމަވެސް ބޭރުފުށުން އެއްވެސް އަސަރެއް ނުކުރާ ކަމަށް ދައްކަމުން ދިޔައެވެ.

 

“ތާ. ނުކައި ހުންނާކަށް ނުވާނެ.” ސަމާ ބުނެލިއެވެ. އޭނާ ވެސް ތާރާ ހުރި ހާލު ފެނިފައި ދެރަވިއެވެ. “އަސްލުވެސްސޭ. ތާ ކާހިތެއް ނެތޭ.” ތާރާ ދެކޮޅު ހެދިއެވެ. ކިތަންމެ ބަނޑުހައި ވެފައި ވީނަމަވެސް އޭނާ ކާހިނެތެވެ. “ކުޑަ ކުޑަ އެތިކޮޅެއް ކާލިޔަސް އޯކޭ ވާނޭ. ޔޫ ޑޯންޓް ހޭވްޓު އީޓް ބޮޑު ސިންގާވާ ބަތްތައްޓެއް.” އީކަން ބުނެލިއެވެ “އެތެދެއް ތާ. ބަލާބަލަ މިހާރު ވެސް މީހާ ހީވަނީ ހިކި ކަމުން ގޮސް ދަނޑިގަނޑެއް ހެން.” ޔުކްތާ ބޭނުންވީ ތާރާގެ މިލާފައިވާ މޫނުމައްޗަށް ކުޑަ ނަމަވެސް ހިނިތުންވުމެއް ގެނެސްދެވޭތޯއެވެ.

ތާރާ ތުންކޮޅު އޫކޮށްލަމުން ޔުކްތާއާ ދިމާއަށް ބަލާލިއެވެ. އަދި ކާރީ އޮތް ކުޝަން ނަގައި ޔުކްތާއާ ދިމާއަށް އެއްލިއެވެ. “އެހެން ކިޔާ މީހާ ވަކި ބަލާބަލަ. މަށެކޭ ތަފާތެއް ނެތޭ. ހިކި ކަމުން ހީވަނީ އުނަގަނޑުން ބިންދައިގެން ހިނގައިދާނެ ހެން.”

“ހަހަހަހަ. އަހަރެން އެޓް ލީސްޓް ތާއަށް ވުރެ ދިގޭ. ތާ ހީވަނީ ކުޑަ ކުޑަ ޗުއްޕުޅި ޗުއްޕުޅި ބޭބީއެއް ހެން.” ޔުކްތާ ދިމާކޮށް ލިއެވެ. “އޭ! ބަލަ މަގޭ ހެއިޓް އާ ދިމާއަށް ގުދޯ ގުދޯ ނުގޮވަބަލަ. ޔޫއަރ ހަރޓިން މައި އެގޯ.” ތާރާ އަމިއްލަ މޭގައި ފިރުމާލަމުން ލަމުން ދެރަވާ ކަމަށް އެކްޓް ކޮށްލިއެވެ. އެއާއެކު އެންމެން ހޭންފެށިއެވެ.

އެންމެފަހުން އެމީހުން ކިޔާ ވަރުން ތާރާ ޖޫސް ތައްޓަކުން ފުއްދާލިއެވެ. އެއަށްފަހު އަނެއްކާވެސް ސިޓިންރޫމަށް އައެވެ. އެއީ އުސްރާ ތާރާ ގާތު ލޫތު ބަލާ ދިނުމަށް އެދިފައި މުހިންމު ކަމަކު ބޭރަށް ދިޔަ ވަގުތެވެ.

 

“ބަލަ ކޯއްޗެކޭ ހިތާތަ ވާން އުޅޭ ފިރިސޮރާ ދުރުގަ ތީނީ؟” ތާރާ ޔުކްތާއާ ދިމާކޮށްލިއެވެ. ޔުކްތާ ވަގުތުން ލަދުން އިސްޖެހިއެވެ. ޔުކްތާ އިނީ ތާރާއާ ޖެހިގެންނެވެ. އީކަން އިނީ އެހެން ސޯފާގައެވެ. “ބައިލަ ބަލަ. އީކަން އޭނީ ލަވްސީޓްގަ. ދޭދޭ! ޝޮއް ޝޮއް.” ތާރާ ޔުކްތާ އީކަން އާ ދިމާއަށް ކޮށްޕާލިއެވެ. އަދި އަވަސް އަވަހަށް ޔުކްތާ ކުރިން އިން ސީޓު ގައި ލޫތު ބައިންދާލިއެވެ.

އެންމެފަހުން އިތުރު ގޮތެއް ނެތުމުން ޔުކްތާ ލަދުން ހުރެ ގޮސް އީކަން ގާތު އިށީނެވެ. އީކަން ވަގުތުން ޔުކްތާގެ އަތުގައި ހިފާލިއެވެ. އަދި މަޑުމަޑުން ފިއްތާލިއެވެ. އެއާއެކު ޔުކްތާގެ މޫނުމަތި ކުރިއަށްވުރެ ރަތްވިއެވެ. އީކަން ހިނިއައިސްފައި ޔުކްތާއާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.

 

ކުއްލިއަކަށް އެދިމާއަށް އަލިވުމުން އެދެމީހުން ބަލާލިއެވެ. ތާރާ ކެމެރާ ހިފައިގެން އިންތަން ފެނުމުން ދެލޯ ބޮޑު ކޮށްލިއެވެ. “އެކަހަލަ ރޮމޭންޓިކް ވަގުތުކޮޅެއްގެ ހަދާން އިންނަން ވާނެއްނު ފިއުޗަރގަ ތި ދެމީހުންގެ ބޭބީސް އަށް ދައްކާލަން. އެންޑް އޮހް، ސޮރީ އިންޓްރަޕްޓް ކުރެވުނީމަ. ކޮންޓްނިއު ކޮންޓިނިއު. ލައިވް ލަވް ސްޓޯރީއެއް ބަލާލަން ލިބޭނީ ހާހަކުން ފަހަރަކު ވިއްޔަ.” ތާރާ އެއް މިޔަކަނުން ހީލަމުން ބުނެލިއެވެ.

ޔުކްތާ އާއި އީކަން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބޮޑު ބިރެއް ފެނުން ފަދައިން ތާރާއާ ދިމާއަށް ބަލަހައްޓައިގެން ތިބެވުނީއެވެ. އޭރު ސަމާ އާއި ޖައިލަމް ބިނދި ބިނދިފައި ހެނީއެވެ. އެކަމުން ޔުކްތާ އާއި އީކަން އިތުރަށް ރަކިވުން ނޫން ކަމެއް ނުވިއެވެ.

 

ތާރާގެ ލާނެތްކަން ފެނިފައި ކިޔާން އަށް ވެސް ބޭއިޚްތިޔާރުގައި ހެވުނެވެ. ކިޔާން ހޭ އަޑު އިވިފައި ތާރާ ހީވީ ގަނޑުވި ހެންނެވެ. ތާރާ ބުނާ އެއްޗެއްސަށް މިހާރު ހީވެސް ނުލާ މީހަކު މިއަދު ހޭތަން ފެނުމުން އޭނާ ހައިރާންވިއެވެ. އެ ފިރިހެންވަންތަ ހުނުމުގެ އަޑު އިވިފައި އޭނާގެ އެންމެ ހިމަ ނާރާ ހަމައަށް ވެސް އަސަރުކުރިކަން ކަށަވަރެވެ. އޭނާއަށް ބަޔާން ކުރަން ނޭނގޭ ފަދަ އުފަލެއް ލިބުނު ކަހަލައެވެ. އޭނާ ކިޔާންއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ކިޔާން އަށް ވާނުވާ އިހުސާސް ވުމާއެކު ހުއްޓުން އެރިއެވެ. އެއާއެކު އެތައް ދުވަސްތަކަކަށް ފަހު ތާރާ އާއި އޭނާގެ ލޮލާލޯ ބައްދަލުވިއެވެ. އެ ބަލާލުމުން ކިޔާންގެ އަތުގެ ލޯލިތައް ކޮޅަށް ޖެހުނު ކަމުގެ އިހުސާސް ވިއެވެ. އޭނާގެ ޙިއްސުތައް ހޭލައްވާލި ކަހަލައެވެ.

ކިޔާން އަށް ތާރާގެ ލޮލުގައި ސިއްރު ކޮށްފައިވީ ރިހުމާއި ވޭން ފެނުނެވެ. ހިތްދަތިކަމާއި މާޔޫސްކަން ފެނުނެވެ. ހިތާމައާއި ކެކުޅުން ފެނުނެވެ. އެ ލޮލުގައި ވާ ޝަކުވާތައް ފެނުނެވެ. ނަމަވެސް އޭނާއަކަށް ނުވިސްނުނެވެ. ތާރާ ހިތާމަ އެ ކުރަނީ ކޮން ކަމަކާ ހެއްޔެވެ؟ އޭނާ ހިތްދަތި ވާންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެ ބޮޑު ދެލޮލުގައި އެ ވަނީ ކޮން ރިހުމެއް ހެއްޔެވެ؟ ކޮން ވޭނެއް ހެއްޔެވެ؟ ކޮން ޝަކުވާ ތަކެއް ހެއްޔެވެ؟

 

ކިޔާން ވަގުތުން ދުރަށް ބަލާލިއެވެ. އޭނާގެ މަގުސަދު ހަނދާން ވުމުންނެވެ.

ނަމަވެސް އޭރު އެ ދެމެދުގައި ހިނގާ ދިޔަ ކުޑަކުޑަ ބައްދަލުވުން ދީމާގެ ލޮލަށް ނުފޯރާ ނުދިޔައެވެ. އެއާއެކު އޭނާގެ ހިތުގައިވާ ނަފްރަތުގެ އަލިފާންގަނޑުން ކަނި ބުރައިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އޭނާގެ ބަދަލަށް ބަދަލު ހިފުމުގެ ރޫހަށް އިތުރަށް ދަރު އެޅިގެން ދިޔައެވެ. އެއާއެކު ސިއްރު ސިއްރުން ވިހަ ހިނިތުންވުމަކުން ހިނިތުން ވެވުނެވެ. އޭނާގެ މަގަށް ހުރަސް އަޅާ އެކަކު ވެސް ސަލާމަތެއް ނުވާނެއެވެ.

ކިޔާން އަދިވެސް ބަދަލު ނުވާކަން އެނގުމުން ތާރާގެ ހިތުގައި ވީ ވޭން ދެގުނަ ބޮޑުވިއެވެ. ކިޔާން އޭނައާ އެހާ ދުރުވީ ކީއްވެ ހެއްޔެވެ؟

ތާރާ ކިޔާންއާ ދުރަށް ބަލާލީ ޖައިލަމް ބުނި ވާހަކަތައް ހަނދާން ވެގެންނެވެ.

 

“ސޯ ސްކޫލަށް ދާން ތައްޔާރީ ކޮންބައެއް؟ ދުވަސް އައިސް ޖެހުނީ މިހާރު.” އީކަން މައުލޫ ބަދަލު ކޮށްލަމުން އަހާލިއެވެ. “ސްކޫލް ދޯ؟” ތާރާ މޫނު ކުނި ކޮށްލިއެވެ. އޭނާ ސްކޫލް ދެކެ ވާ ފޫހި އަންގާލީއެވެ. “މިފަހަރު ފޫއްސެއް ނުވާނެ. 100% ގެރެންޓީ މިދެނީ.” ޖައިލަމް ބުނެލިއެވެ. “ތިބުނީ؟” ސަމާ އަހާލިއެވެ.

“ތިމީހުން ތި ޖޮއިން ކުރަނީ ސީދާ 12 އަށް. އަހަރެމެން 11 ވެސް ކިޔެވީ ހަމަ އެ ސްކޫލްގަ. ވަރަށް ޑްރާމާ ބޮޑު ވާނެ.” ކިޔާން ބުނެލިއެވެ. “ވާވް. ޑްރާމާ ބޮޑިއްޔާ އައިމް އޯލް ފޯރ އިޓް.” ޔުކްތާ ހީލަމުން ބުނެލިއެވެ. ހުރިހާ ކުދިން އެއް ސްކޫލަކަށް ދެވޭތީ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. 3 އަންހެން ކުދިންނަށް ވެސް ސްކޫލް އިން ޖާގަ ލިބުނީ 12s ކުލާހުންނެވެ. އެއީ ސައިންސް ކުލާހެވެ. 3 ފިރިހެން ކުދިން ބިޒްނަސް ކިޔަވާތީ މިފަހަރު ދާން ޖެހެނީ 12b ކުލާހަށެވެ.

ނަމަވެސް ދީމާ އަކީ އަދި ވަކި ސްކޫލަކުން ބިޒްނަސް ކިޔަވާ ކުއްޖެކެވެ.

“ކީއްވެ ސައިންސް ނެގީ؟” ޖައިލަމް އަހާލިއެވެ. “އަހަރެން ޑޮކް އަކަށް ވާން ވިސްނާތީ.” ތާރާ ފަޚުރުވެރި ކަމާއެކު ބުންޏެވެ. “އަހަރެން ސައިންސް ނެގީ ނަރުހަކަށް ވާން.” ސަމާ ބުނެލިއެވެ. ދެން އެންމެން ބަލާލީ ޔުކްތާއާ ދިމާއަށެވެ.

“ކީއްވެ އެންމެން މަށަށް ތި ބަލަނީ؟” ވަރަށް ނޫން ކަމަށް ހަދާފައި ޔުކްތާ ސުވާލު ކޮށްލިއެވެ. “ނޭނގޭ ކަމަށް ނުހަދަ ބަލަ. ކީއްވެތަ ސައިންސް ނެގީ؟” ޖައިލަމް ހީލަމުން ބުމަ އަރުވާލިއެވެ. “އަހަރެން ވެސް ހިތަށް އަރައޭ މީނަ ސައިންސް ދެކެ އެހާ ފޫހިވާ މީހަކު ސައިންސް ނެގީ ކީއްވެ ބާއޭ.” ތާރާ ވެސް ޔުކްތާއާ ދިމާއަށް ލޯ ހަނި ކޮށްލަމުން ބަލާލިއެވެ.

“ދެންންންން. މަ ޖަވާބު ނުދެނީސް ނުހުއްޓާނަން ދޯ؟” ޔުކްތާ އަހާލިއެވެ. އެއާއެކު އެންމެން ބޯ ޖަހާލިއެވެ. “ފައިން ފައިން ފައިން. ވަޓްއެވަރ. މި ބުނަނިއްޔޭ. ވެލްލްލް… އަހަރެން ސައިންސް ނެގީ ތާއާ އެއް ކުލާހެއްގަ ކިޔަވަން ލިބޭނީ އޭރުން ވީމަ.” ޔުކްތާ ތުން އަނބުރާލިއެވެ.

“ވާޓް؟! އަރ ޔޫ ސްޓުޕިޑް؟ އައި ތޯޓް ޔޫ ސެއިޑް ޔޫ ވަނާ ބީ އެ ބިޒްނަސް މެނޭޖަރ އޭރުން ރިޔާން ދޮންބެގެ ބިޒްނަސްގަ މަސައްކަތް ކުރެވޭނީ.” ތާރާ ހައިރާން ވެފައި އަހާލިއެވެ. “އައި ނޯ އައި ނޯ. ބަޓް އައި ޗޭންޖްޑް މައި މައިންޑް. ނިޝާ ދޮންތަ އޮރ ޔަލްކޮ ޑޭޑްގެ ބިޒްނަސް ނެގީމަ އެވީ. އަހަރެން ބޭނުމެއް ނޫން އަބަދު ފާޑެއްގެ ޕޭޕަރ ވޯކްސް ތަކެއް ކުރާކަށް. ބިސައިޑްސް ތާއާ އެއްކޮށް ކިޔެވީމަ ދޯ މަޖާ ވާނީ. އައި ޑޯންޓް ހޭވް އެއްވެސް ޕްލޭން އެއް އަދި.” ޔުކްތާ ކޮނޑު އަރުވާލަމުން ބުނެލިއެވެ.

………..

ޖެހިގެން އައި ދުވަސްވީ 3 އަންހެން ކުދިންނަށް ވެސް ވަރަށް ބުރަ ދުވަހަކަށެވެ. އެކުދިން އުޅުނީ ޔުނިފޯމް ހިޔަވަރު ކުރުމުގައްޔާއި ސްކޫލަށް ބޭނުންވާ ސާމާނު ގަތުމުގައެވެ. އެންމެފަހުން މެންދުރު ވަރުބަލިވެގެން އުޅެނިކޮށް ޖައިލަމް ގުޅާފައި ބުނުމުން ދިޔައީ ކާރީގައި ހުރި ޖައިލަމްމެން ގެއަށެވެ.

ކާރުން އެކުދިން ފޭބުމުން ޖައިލަމް އެކުދިންގެ އަތުން ކޮތަޅުތައް އަތުލިއެވެ. އަދި އެގޭގައި ކާރު ދުއްވަން އުޅޭ އިންޑިއާ މީހާ އަތަށް އެއެއްޗެހި ދީފައި އީކަންމެން ގެއަށް ގެންދުމަށް ބުންޏެވެ.

 

“އިރުކޮޅަކުން އަންނާނެ ޔާން އެން އީކް. މިއުޅެނީ ކުޑަ ކަމެއް ޕްލޭން ކޮށްގެން އެހެންވެ އެވާހަކަ ދައްކާލަން މިގެނައީ.” ޖައިލަމް އެކުދިން ގޭތެރެއަށް ވައްދަމުން ބުންޏެވެ.

“އޯކޭ؟ ކޮން ޕްލޭނެއް؟” ސޯފާގައި އިށީންނަމުން ސަމާ އަހާލިއެވެ. ނަމަވެސް ޖައިލަމަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ގޭ ބެލް ޖެހި އަޑު އިވުނެވެ. “އެ އައީ ކަންނެ.” ޖައިލަމް ފޯނު ނަގަމުން ދޮރާ ދިމާއަށް ހިނގައިގަތެވެ.
ތާރާގެ ފޯނަށް މެސެޖެއް އައުމުން ބަލާލިއެވެ. ޖައިލަމްގެ ނަން އަރާފައި އިނުމުން އޭނާ ހައިރާންވެފައި ޖައިލަމަށް ބަލާލިއެވެ. ޖައިލަމް ތާރާގެ ފޯނަށް އިޝާރާތް ކޮށްލީ ލޮލުންނެވެ

ތާރާ ފޯނު ހުޅުވާލުމަށް ފަހު މެސެޖު ބަލާލިއެވެ.

‘ސޮރީ. ކިޔާން މި ޕްލޭންގަ ދީމާ ހިމެނި. އައިމް ސޮރީ އިނގޭ.’ ތާރާ މެސެޖް ކިޔާލިއެވެ. އޭނާ ދެރަވިއެވެ. ނަމަވެސް ޖައިލަމްއަށް އެއީ ސޮރީ ބުނާވަރު ކަމެއް ނޫން ކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ. ކިޔާން ކުރާ ކަމެއްގެ ސަބަބުން ޖައިލަމް ސޮރީ ބުނާކަށް ނުޖެހޭނެއެވެ.

 

ޖައިލަމް ދޮރު ހުޅުވުމާއިއެކު އީކަން ވަނެވެ. “ކޮބާ ޔާން؟” ޖައިލަމް އެހިއެވެ. “ނޭނގެ. ވަކި ހިސާބަކަށް އައިސް ކަމަކުއޯ ކިޔާފަ ހިނގަތްޖެ. އެބަ އަންނަމޯ ބުނީ އިރުކޮޅަކުން.” އީކަން ކޮނޑުއަރުވާލިއެވެ. “ދެން ދީމާ އޯ؟” ޖައިލަމް އަހާލިއެވެ. “މަށަށް އެނގޭތަ އޭނަ ބިޓު ވީތަނެއް. އަންނާނެ ކަންނެ އިރުކޮޅަކުން.” އީކަން އެހެން ބުނެފައި އެތެރެއަށް ވަނެވެ.

“މަށަކަށް ހިއެއް ނުވޭ ދެން މާކަ ގިނަ ދުވަހެއް ވާނެހެނެއް ދީމާ އަކާއި އެކު. އެނގެއެއްނު ޔާންގެ ގޮތް.” އީކަން ދެރަވެފައި ބުނެލިއެވެ. “ހޫމްމް.” ޖައިލަމް ވެސް ހޫން އަޅުވާލިއެވެ. އެމީހުން ކިޔާންއާ ކިތަންމެ ގާތް ވިޔަކަސް ކިޔާން އަންހެން ކުދިންނާ ދޭތެރޭ ކަންތައް ކުރާ ގޮތަކާ މެދު ކުޑަކޮށް ވެސް ހިތްހަމައެއް ނުޖެހެއެވެ. އެތަކެއް ފަހަރު ކިޔާން ގާތު އެގޮތް ދޫކޮށްލަން ބުނެފިއެވެ. އެތަކެއް ނަސޭހަތެއް ދެ ވިއްޖެއެވެ. ނަމަވެސް ބަދަލެއް ނައެވެ. އެ ހުރިހާ ނަސޭހަތަކަށް ކިޔާން ދެނީ ބީރު ކަންފަތެކެވެ.

އެއްވެސް އަންހެން ކުއްޖަކު އެއްޗެކޭ ނުބުންޏެވެ. އެކުދިންނަށް ވެސް ކިޔާންގެ ގޮތް އެނގެއެވެ. ދެރަވެއެވެ. ނަމަވެސް ހަމަހިމޭންކަން އިޙުތިޔާރު ކުރީއެވެ. ތާރާ ވެސް މަޑުން އިނީ އެވެ. ހިތުގައި ރިއްސާލިލެއް ބޮޑު ކަމުންނެވެ.

 

އިރުކޮޅެއް ފަހުން އަނެއްކާވެސް ބެލް ޖެހިއެވެ. ވަދެގެން އައީ ދީމާއެވެ. “ހެއި ގާއިޒް.” ޖަވާބުގައި ތާރާ ހެއި އަކުން ފުއްދާލިއެވެ. “ކޮބާ ޔާން؟” ދީމާ އަހާލިއެވެ. “އެބަ އަންނަމޯ އިރުކޮޅަކުން އޭނަ ބުނީ.” ސަމާ ޖަވާބު ދިނެވެ.

ކިޔާން އައީ އޭގެ 10 ވަރަކަށް މިނެޓް ފަހުން ދީމާ ގުޅީމައެވެ.

 

“އަން ކޮފީ.” އެގޭ މަސައްކަތު މީހާ އައިސް އެންމެނަށް ކޮފީ ދިނެވެ. “ސޯ ތިކިޔާ ޕްލޭން އެއް ކިޔާދީބަލަ.” ތާރާ ބުނެލިއެވެ. “ހުމްމްމް. އަހަރެމެން މި ވިސްނަނީ މައެ ޑޭޑްގެ މިތާ ކައިރި ފަޅު ރަށަކަށް ދަތުރު ދާން. އަނެއްހެން ފަޅުރަށެއް ނޫން ދޯ ދެން. އެތާ އުޅޭނެ ބަލަހައްޓަން ހަވާލު ކޮށްފަ ތިބި މީހުން. އަހަރެމެން ދިޔައީމަ އެމީހުން އަންނާނީ މި ކޮޅަކަށް. މާލެއަށް.” އީކަން ކިޔައިދިނެވެ.

“ރިއަލީ؟!” އެ ހަބަރުން ތާރާގެ މިލާފައިވާ މޫނު އުޖާލާ ވާން ކުޑަ ހިނދުކޮޅެއް ވެސް ނުނެގިއެވެ. “ތާ ވަރަށް ދާ ހިތް ވޭތަ ދަތުރު؟” ހީލަމުން ޖައިލަމް އަހާލިއެވެ. “އެކުއްޖާ ފުޅު ހުންނަނީ މޮޔަވެފަ މޫދު ފެނުނަސް. ހީވާނީ އެހެން ފަދަ ކަމެއް ހެން. އެހެން ވެގެންނޭ އަހަރުން އޭނާ ދިމާއަށް މޫދު ބުޅާ ކިޔަނީ.” ސަމާ ހިނިއައިސްފައި ޖަވާބު ދިނެވެ. ވަގުތުން ތާރާ މޫނު ކުނި ކޮށްލަމުން ސަމާއާ ދިމާއަށް ބާލީހެއް އެއްލިއެވެ.

އެ ބާލީސް އޭގެ މިސްރާބު ބަދަލުވީ ފާރުގައި ޖެހިފައެވެ. އަދި ދިޔަގޮތަށް ގޮސް ޖެހުނީ އެފަދަ ކަމަކަށް ނުވިސްނާ ހުރި ކިޔާންގެ މޫނު މަތީގައެވެ. އެއާއެކު މުޅި ތަން ހިމޭން ވިއެވެ. ތާރާ ދެލޯ ބޮޑުކޮށް ލާފައި ކިޔާންއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އޭރު އޭނާގެ ހިތް ނެގި ނެގިފައި ޖެހެނީއެވެ. ބައެއްފަހަރު ކަށިތައް ފަޅާފައި ނުކުމެދާނެހެން ވެސް ހީވެއެވެ.

ކިޔާންގެ ކަޅުފޮއި ރެއެއްހާ ކަޅު ކަޅި އޭނާގެ އަޅިފެހި ކަޅިއާ ބައްދަލު ވީއިރު އެ ދެ ލޮލުގައި ވާ ރުޅިވެރިކަން ފެނިފައި ތާރާއަށް ބޭއިޚްތިޔާރުގައި ހިން ދިރުވާލެވުނެވެ.

 

“ތާރާ މޮޔަ ވީތަ؟!” ކިޔާން އައި ރުޅީގައި ހަޅޭއްލަވައި ގަތެވެ. “އަހަރެން ގަސްތުގައެއް ނޫނޭ ޖެހީކީ.” ތާރާ ވެސް ބިރުގެ މައްޗަށް ރުޅި އިސްވިޔަ ދިނެވެ. “ނުޖެހެދޯ އެހެން ވިޔަކަސް ބާލީސް އުކާކަށް. 2 އަހަރުގެ ކުޑަކުއްޖެއް ތަ ތީ އޭ؟” ކިޔާން އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ. “ވީކަމެއް ވީނު. ތިހާ ރުޅިނަޔަސް ރަނގަޅު ވާނެޔޭ..” ތާރާ ހިތްހަމަނުޖެހިފައި ބުންޏެވެ.

“ރުޅި ނާންނަ ވާރުތަ؟ ކޮންމެ ކަމެއްގަ ވެސް ތިހާ ހަލަނި ވެގެން އުޅެން ޖެހޭތަ ކޮންމެހެން؟ ހައްދެއް އޮވެއޭ ކޮންމެ ކަމެއްގަ.”

“ކިޔާނަށް ކޮން ކަމެއް އަހަރެން ކިތަންމެ ގޮތަކަށް އުޅުނަކަސް؟ އަހަރެން ވަކި އުޅޭ ގޮތެއް ނޫން އެއީ. ދެޓްސް އިން މައި ނޭޗަރ. އެހެން ނޫނަސް އަހަރެން އުޅެނީ އެހެންނެކޭ މިހެންނެކޭ ކިޔާފައެއް ކިޔާންގެ ގައިން ތަންގަނޑެއް އުނިވަނީތަ؟”

“ދެޓްސް ނޮޓް އިން ޔުއަރ ނޭޗަރ. ޔޫ ނޯ އިޓް. އަހަރެން އަދިވެސް ހަނދާން އެބަހުރި ކައިލާން އެދުވަހު ބުނި އެތި. ތާރާ އަކީ ޙަޤީގަތުގައި މަޑުމަޑުން އިންނަ ކުއްޖެކޭ ބުނީ. ސޯ ޓެލް މީ ހައު އިޒް ޔުއަރ ޗައިލްޑިޝް އުޅުން ޔުއަރ ނޭޗަރ؟” ކިޔާން ކުރި ސުވާލު އަޑު އިވިފައި ތާރާ ހުއްޓުން އެރިއެވެ. ތާރާގެ އިތުރުން އީކަން އާއި ޔުކްތާ ވެސްމެއެވެ.

 

ތާރާގެ ހަނދާނަށް އައީ އޭނާ ޑިޕްރެޝަން އިން ސަލާމަތްވި ދުވަސްކޮޅެވެ. އެއީ ފުރަތަމަ ފަހަރަށް އޭނާ ލާނެތް އެއްޗެކޭ ބުނެ ހީހީފައި އުޅުން ދުވަހެވެ. އެދުވަހު އެންމެންގެ މޫނުމަތިން ފެނުން ހައިރާންކަމާއި ސިހުން އޭނާ މިހާރު ވެސް ހަނދާން އެބަހުއްޓެވެ. ހައިރާންވީ ކީއްވެ ތޯ ސުވާލު ކުރުމުން އެމީހުން ޖަވާބެއް ނުދިނެވެ. އޭނާ އެތަކެއް ފަހަރު ނާޒިމާ ރޯތަން ވެސް ފެނުނެވެ. ފަހުން ޔުކްތާގެ ފަރާތުން އެނގުނީ އެއީ ކުރިން ތާރާ އަކީ މަޑުމަޑުން އިންނަ ބަސްއަހާ ކުއްޖަކަށް ވެފައި ސާރާ އަކީ ލާނެތް ހަލަނި ކުއްޖާ ކަމެވެ. އަދި މިހާރު ތާރާ އެ އުޅެނީ ހަމަ ސީދާ ސާރާ އުޅޭގޮތަށް ކަމަށްވެސް ބުންޏެވެ.

ތާރާގެ ދެލޯ ފެންކަޅި ވިތަން އެންމެނަށް ވެސް ވަރަށް ސާފުކޮށް ފެނުނެވެ. ތާރާ ވަގުތުން އެ ގެއިން ނިކުންނަން ހިނގައިގަތެވެ. ރުޅިއައިސް ގެނެއް ނޫނެވެ. އޭނާގެ ރުޅި މިހާރު ވަނީ އެއްކޮށް ފިނިވެފައެވެ. އޭގެ ބަދަލުގައި އޭނާއަށް މިހާރު އިހުސާސް ވަނީ ވޭނެވެ.

ތާރާގެ އެ އަމަލުން ކިޔާން ހީކުރީ ތާރާ ރުޅި އައީ ކަމަށެވެ. ޖައިލަމް ހީކުރީ ކިޔާންގެ ހަރުކަށި ބަސްތަކުގެ ސަބަބުން ތާރާ ހިތުގައި ޖެހުނީ ކަމަށެވެ. އީކަން އަށް ގަބޫލު ކުރެވުނީ އެއީ ތާރާ އެ ހާދިސާ އާމެދު ވިސްނާ ކަމެވެ. އޭނާގެ ޝައްކު ޔަގީންވީ އެވެ. ޔުކްތާ ވަގުތުން ތާރާގެ ފަހަތުން ދިޔައެވެ. ނަމަވެސް ތާރާ މަޑު ކުރުމެއް ނެތި ނިކުމެގެން ގޮސް ޓެކްސީ އަކަށް އަރައިގެން ދިޔައީއެވެ. ޔުކްތާ އަނބުރާ ވަންނަން އައި ވަގުތަކީ ކިޔާން ވެސް ދޮރު ހުޅުވާފައި ނިކުމެގެން ދިޔަ ވަގުތެވެ.

ޔުކްތާ ގޮސް އީކަން ގާތު އިށީނެވެ. އަދި މަޑުމަޑުން ބޮލުގައި ހިފަހައްޓާލިއެވެ. ދީމާ ހަދާނެ ގޮތެއް ނޭނގިގެން އެންމެފަހުން ކަމަކު ދާން ޖެހިގެނޭ ކިޔާފައި ދިޔައީ އެވެ.

……….

ޖެހިގެން އައި ދުވަހު ކިޔާން ވެސް އަދި ތާރާ ވެސް އެކަކު އަނެކަކާ ދިމާއަށް އެއްޗެކޭ ނުބުނެއެވެ. ދަތުރު ދިޔުމުގެ ކަންތައް ހަމަޖެއްސީ ވެސް އެދުވަހު މެންދުރު ފަހެވެ. އެތާނގައި ވެސް ތާރާ އާއި ކިޔާން އެކްޓް ކުރަމުން ދިޔައީ އަނެކާ އެތާ ނެތް ފަދައިން ނެވެ. އޮޅުމަކުން ނަމަވެސް ހަތަރު ކަޅި ހަމަ ވެއްޖެނަމަ ވަގުތުން އަނެއްފަރާތަށް އެނބުރެއެވެ. އެމީހުން އުޅެމުން ދިޔަ ގޮތް އެންމެ ގާތުން ބަލަމުން ދިޔަ ޖައިލަމަށް މިކަން ވީ މަޖާ ކަމަކަށެވެ.

ދުރުން ނަމަވެސް އެ މަންޒަރު ބަލަމުން ދިޔަ ޔުކްތާ އަށާއި ސަމާ އަށް ކަމެއް ރޭ ކާލިއެވެ. އާއެކެވެ. ތާރާގެ ހިތުގެ ހާލަތެވެ.

……….

 

ތާރާ ދަތުރު ގެންދާ ދަބަސް ޕެކް ކުރަން ހުއްޓައި ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުނެވެ. އެ ދަތުރަކީ ރޭ ކުރަން ދާ ދަތުރެއް ކަމުން ތާރާ ދަބަހުގެ ކުޑަ ވަތްގަނޑަށް ދަތްއުނގުޅާ ބުރުސް ލުމަށް ފަހު ކޮޓަރި ދޮރު ހުޅުވިއެވެ. ދޮރު ދޮށުގައި ހުރީ މީހާ ފެނިފައި ތާރާ ދެލޯ ބޮޑު ކޮށްލިއެވެ. ގަބޫލު ނުކުރެވި ފައެވެ. ހިތް އަވަސް ވިއެވެ. ނުތަނަވަސް ވާގޮތް ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަވަސް އަވަހަށް ދޮރު ޖަހަން އުޅުނެވެ.

އެހެން ނަމަވެސް ދޮރު ލެއްޕުމުގެ ކުރިން ކިޔާން ހުށިޔާރު ކަމާއެކު އެތެރެއަށް ދެމި ގަތެވެ.

……….

މި ޕަރޓް ވެސް ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް އުންމީދު ކުރަން.
?
«°•ޝައިމާ•°»

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ވީރާނާ ވެފައިވާ ހަޔާތް

Next

ދޫކޮށްނުލާނަމޭ ކަލާ – 01

Next
October 19, 2020

ދޫކޮށްނުލާނަމޭ ކަލާ – 01

Previews
October 19, 2020

ވީރާނާ ވެފައިވާ ހަޔާތް

11 Comments!

  1. Maany says:
    October 20, 2020 at 8:18 am

    Mi part vx varah reethi masha Allah
    Waiting for the next

  2. ?Ril? says:
    October 20, 2020 at 11:56 am

    Mi part ves vrh sali ❤️❤️❤️❤️❤️
    Masha Allah keep it up sisooo❤️❤️❤️❤️
    Aleyyyy thaaraa haadha deraeyyy???❤️❤️❤️
    Kiyaan aa thaaraa ge zuvaabeh kiyaalan libuny dhw after a long time but vrh dera vehyy?????❤️❤️❤️
    I miss their Lovely fights??????❤️❤️
    Kiyaan in thaaraa ge room gaa omg so curious???❤️❤️❤️❤️❤️❤️❤️❤️???
    Waiting for the next part ingeyyy sisoo ❤️❤️❤️❤️
    Love uuuuu ❤️❤️❤️
    Stay safe ❤️❤️❤️❤️

    1. Shyyyms Shyshaixoxo says:
      October 20, 2020 at 1:33 pm

      Thanks ❤️

  3. SHABAKKO 10 says:
    October 20, 2020 at 12:59 pm

    ❤️❤️❤️Asluves Mi part varah ves Salhi
    ?????Take care shy
    ❤️❤️❤️Waiting for next

    1. Shyyyms Shyshaixoxo says:
      October 20, 2020 at 1:34 pm

      Thanks ❤️

  4. Shyyyms Shyshaixoxo says:
    October 20, 2020 at 1:32 pm

    Thanks Maany ♥

  5. KIMSAMUEL says:
    October 20, 2020 at 1:49 pm

    Kiyaan aslu thaara dheke hama aslah ves lwbi veyy ? But sadly, he’s not accepting it himself ? Aaagh ? when will they both be together ? Please, thaa nd yaan gulhuvadhyy baaaa ? Nd Mi part is truly awesome ??Much love ?

  6. Kiyaan says:
    October 20, 2020 at 2:12 pm

    Ey thaa, kon kamakaa tha hithuga jeheny???? Keeve tha abadh sad vany????! ???? Alhe thaa thi haaluga Ulhey than balan aharen nah kulha dhaana eh noon.???? Alhe thaa please tell me, Kyve tha thi rony ? Thaa yakah neygeytha ma dhera varne vareh ???? Ooops ???. Hithuga oiyy ethives bunevuny ? Thaa, I wanna tell ya something, Thaa furathama fenilumunves Mi hithah neygey ihusaaseh kuruvi ? thaa you are so different form other girls ? Thaa yah takaa ma dheema ves dhookohlan thayyaarah mihury ? Yaan beynun islaahuvaan ? Ekam Mi hiyy bunany thaa yaa dhuruga hunnershey. Ekam dhenn nuvaane mikameh. I’m coming for you darling ? Wait for me thaa ? Hahaha hehe ???? Lol ??? storyy hama vrh habeysss ? can’t wait any longer for next episode ?

    1. Shyyyms Shyshaixoxo says:
      October 21, 2020 at 6:29 am

      Hehe. That was interesting.
      Next part v avahah kiyaalan libeyne ☺

  7. ?Ishoo? says:
    October 22, 2020 at 12:50 am

    Hadha dherqey dhw kiyaan thaara a medhukantha kuragoi?????
    But sisoo story is very very very nice ❤????
    Luv u ?????????????❤
    Waiting for next part ?????
    Stay safe ?????

  8. ??? says:
    October 23, 2020 at 11:33 pm

    Wow wow wow ?????

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 9←


All Right Reserved!