ގާތުގާވުމަށް ހިތް އެދެނީ (21)
ފަތިސް ނަމާދަށް ލައިހާ ތެދުވީ ހިތްވަރުންނެވެ. މީހާގެ ގައިގައި ހަކަތަ ނެތް އިރު ބޮލުގެ ރިހުން ވެސް ވަނީ ހައްތަހާހެން ގަދަވެފައެވެ. އެހެންނަމަވެސް ނަމާދުކޮށްލަން ލައިހާ އަވަސްވެގަތެވެ. ނަމާދުނިންމާލަމުން ލައިހާ ދުޢާ އަށް އަތް ނަގާލީ އޭނާގެ ހަޔާތަށް އައިސްފައިވާ ހަރީފުމޫސުން ގޮސް ބަހާރު މޫސުން އާދޭތޯ ދުޢާކޮށްލުމަށެވެ. އަދި ރިޔާންގެ ލޯބީގައި ޢުމުރު ދުވަހު ލެއްވުމަށް ވެސް އެކަލާނގެ ހަޟްރަތުން ލައިހާ ދެންނެވިއެވެ. ގައިގައި ހުރި ވަރަކުން ލައިހާ ސައިބޯލަން ދިޔައީ ނޫރީން މެން އައުމުގެ ކުރިން މީހާ ހަމަޖެހިލުމުގެ ބޭނުމުގައެވެ. އެއިރު ހައެއް ޖަހަން މާކަގިނައިރެއް ނެތެވެ.
ކޮޓަރިން ނިކުން އިރު މުޅިގޭތެރެ އަށް ވެރިވެފައިވާ އޮރެންޖުކުލައިގެ ނިދާބޮކީގެ މަޑު އަލިހުރުމުން އަދިވެސް ޒަޔާން ނުތެދުވާކަން ލައިހާ އަށް އިނގުނެވެ. އަވަސް އަވަހަށް ބަދިގެއަށް ވަދެ ހޫނުކޮފީއެއް ގިރާލަމުން ޕާނެއް ތައްޔާރުކޮށްލިއެވެ. ލައިހާ ސައިބޯން އިންދާ ކޮޓަރިން ޒަޔާން ނިކުތެވެ. ލޮލުގައި އަތްއުނގުޅަމުން ޒަޔާން އައިއިރު ލައިހާ އެދިމާލަށް ސަމާލުކަން ނުދީ ކެއުމާގެން އުޅެގަތެވެ. ” ލޯބީ ކޮފީ އެއް ޕްލީސް ” އެތްމިޔަކަނިން ހީލަމުން ޒަޔާން ބުނެލިއެވެ. ޗާބީ ދީފައިވާ ބުދެއް ފަދައިން ލައިހާ ޒަޔާން ބުނިފަދައިން ކޮފީއެއް ތައްޔަރުކުރުމަށް އަވަސްވެގަތެވެ.
ހެނދުނު ގަނޑީން ދިހައެއް ޖަހަން އުޅެނިކޮށް ނޫރީން މެން ގެއަށް އައެވެ. ތާޒާ ވެލައިގެން ލައިހާ ނިކުންއިރު ގޭތެރޭ ވާހަކަ ދައްކާ އަޑުއިވިގެން ލައިހާ ނިކުމެލިއެވެ. ” މަންމާ ” ލައިހާ އަށް ބުނެލެވުނެވެ. ” އަހަ ދަރިފުޅާ ” ހިނިތުންވެލަމުން ނޫރީން ގޮސް ލައިހާގައިގައި ބައްދާލިއެވެ. ނޫރީން ގެ އަތުތެރޭގައި އޮތުމުން ލައިހާ ކުރަމުން ދިޔަ ހުރިހާ ހިތާމަތައް މަތިން ހަނދާން ނެތުނު ކަހަލަ އެވެ. އެއިރު ކިރިޔާ ޒިޔާދު އެތެރެ އަށް ވަނީއެވެ. ލައިޙާ ޒިޔާދުގެ ގައިގައި ވެސް ބައްދާލަމުން ހިނިތުންވެލިއެވެ. ނޫރީން އަދި ޒިޔާދު އަށް ދަތުރު ވަރުބަލި ފިލުވާލަން ވަގުތު ދެމުން ލައިހާ ސޯފާގައި ފޫޖައްސާލިއެވެ. އެއިރު އެތާގައި ޒަޔާން ވެސް ފޯނާކުޅެން އިނެވެ. އެވަގުތުވީ ލައިހާ ގެ ފޯނު ވެސް ރިންގް ވެލިވަގުތަށެވެ. ގުޅަނީ ޔުލީން ކަމުން ލައިހާ ފޯނުނަގާލިއެވެ. ” ލައީ ޔޫ އޯކޭތަ މިހާރު ؟ ” ފުރަތަމަ ވެސް ޔުލީން އަހާލިއެވެ. ” ޔެސް ” ކުރުކުރުކޮށް ލައިހާ ބުނެލިއެވެ. ” އަސްލު މިގުޅީ ވާހަކަ އެއް ބުނަން ، އަނެއް މިއަދު އަހަރެންގެ ކައިވެނީގެ ކަންކަން ރާވަން އެންމެން އެއްވޭ ، އެހާ އަވަހަށް ކައިވެނި ކުރާކަށް ނޫން ހުރީކީ ވެސް ރޭގައިވީކަންތަކުން ބަޓް ދޮންބެ ކިޔާވަރުން ، ސޯ ލައީ ކޮންފޮޓަބަލް އީއާ އައިސްލަފާނަން ތަ ހަވީރު ، ޒަޔާން ވެސް ގޮވާގެން ” ޔުލީން ބުނެލިއެވެ. ” ޔެސް ދާނަން އިންޝާﷲ ، ބެސްޓީއެއް ނު ، އެން ދެން ދެރަނުވެބަލަ އެކަންތަކާހެދި ކައިވެނި ލަސްކުރާނެ ކަމެއް ނެތް ” ހިނިތުންވެލަމުން ލައިހާބުނެލިއެވެ. ” އޯވްން ތެންކިޔޫ ލައީ ، މިއަދު ސްކޫލަން ދަންތަ” އެންމެ ފަހުކަމަކަށް ޔުލީން އަހާލިއެވެ. ” ޔެސް ” ލައިހާ ބުނެލިއެވެ. ދެމީހުންވެސް ފޯނުކަނޑާލީ ޔުލީން އަށް ފޯނެއް އަންނާތީއެވެ. ” ލައިހާ ، ދެން އިތުރަށް ލަސްކުރާކަށް އަހަރެންނެއް ނުވިސްނަން މިރޭ ކައިވެނީގެ ވާހަކަ ދައްތަ މެން ކައިރި އަހަރެން ދައްކާނަން ” ޒަޔާން އިއްވާލިއެވެ. ” ނޫން އެހަށް މަޑުކޮށްލަބަ ޒަޔާން ޕްލީސް ޔުލީ ގެ ކައިވެނީގެ ކަންކަން ނިމުމަށް ފަހު ޒަޔާން ބޭނުން ގޮތަކަށް ކަންތައް ކުރިޔަސް އަހަރެންނަށް ހެޔޮ ” ލައިހާ އާދޭހާއެކު ބުނެލިއެވެ. އިރުކޮޅަކު ވިސްނާލުމަށް ފަހު ޒަޔާން އެއްބަސް ވެލިއެވެ. ހަވީރަށް ތައްޔާރުވާން ބުނެފައި ލައިހާ އޭނާގެ ކޮޓަރިއަށް ދާން މިސްރާބުޖެހިއެވެ.
ސްކޫލުން ދެއެކުވެރިން ނިކުމެގެން އައި އެކިއެކި ވާހަކަ ތައް ދައްކަމުންނެވެ. ” ލައީ އިނގޭތަ ، އަހަރެން ގެ ކައިވެނީގެ ފަހުން އެއްމަސް ކޮށްލާފައި ދޮންބެ ދާނެ ބޭރަށް ދެވަރަކަށް އަހަރަށް ، ” ޔުލީން ބުނެލިއެވެ. ވަކިއެއްޗެއް ލައިހާ ނުބުނިނަމަވެސް އޭނާގެ ހިތަށް ފުން އަސަރުތަކެއް ކޮށްލިއެވެ. މަޢުލޫ ބަދަލުކޮށްލަމުން ލައިހާ އެހެން ވާހަކަ އެއްފެށިއެވެ.
ޔުލީން ބަލާއައިސް ސްކޫލް ފާރުކައިރި ހުރި ރިޔާން ގެ ނަޒަރު ވަނީ ލައިހާ އަށް ހުއްޓިވެފައެވެ. މިލާފައިވާ ލައިހާގެ މޫނުފެނުމުން ރިޔާން ގެ ހިތުގައި ރިއްސާލިއެވެ. މީހާގެ ތުންފަތައް ފަނޑުހިނިތުންވުމެއް ވެރިކޮށްލަން ރިޔާން މަސައްކަތްކުރަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އަށް ލިބިފައިވާ ހިތާމައަކީ ވަކި ކުޑަވަރެއް ގެ ހިތާމައެއް ނޫނެވެ. ލައިހާ އަށް ނަޒަރުހުއްޓިފައިވާ ރިޔާން ފެނި ލައިހާގެ ފިޔަވަޅުތައް މަޑުވެލިއެވެ. ވާނުޥާ ޔުލީން އަށް ރޭކާލިއެވެ. އިސްޖަހާލައިގެން ހުރެ ލައިހާ އެތަނުން ދިޔައީ ޔުލީން އަށް ހިނިތުންވުމެއް ރައްދުކޮށްލަމުންނެވެ. ރިޔާން އާދިމާލަށް ބަލައިލާނެހާ ހިތްވަރެއް ލައިހާ ގަޔަކުނެތެވެ.
” ދޮންބޭ ހުރިހާ ކަމެއް ވެސް އޯކޭ ވާނެ ، އައި ފީލް ލައީ ވެސް ދޮންބެ ދެކެ ލޯބިވާކަން ، ލައީ ދޮގުއެހަދަނީ އަހަރެންނަކަށްނު އަހަރެންނަށް މިހާރު ލައީ އޮޅިފަކައެއް ނުވާނެއެއްނު ، ބަޓް ކިހިނެއް ވީބާ ކޮންމެސް ނުބައެއް އުޅޭހެން ހީވަނީ ” ވިސްނުމެއްގައި ހުރެ ޔުލީން ބުނެލިއެވެ. ” ދެން ދޮންބެ އަކަށް ނޭނގެ ބަޓް އައިވިލް ވެއިޓް ފޯހާރ ” އަޒުމާއެކު ރިޔާން ބުނެލިއެވެ. ހިނިތުންވެލަމުން ޔުލީން ރިޔާން އާއެކު ސައިކަލުގައި ގެއަށް ދިޔައީ ޔޫއާން ގެ އާއިލާ އަންނަން ވާއިރަށް ކައްކަން ނުޒްހަތް އަށް އެހީވެދިނުމަށެވެ.
” މަންމާ ، ހަވީރު ޔުލީ މެންގެއަށް ދާން މިއޮޅެނީ އިނގޭ ، މަންމާ ޔުލީ މެރީ ކުރަން އުޅެނީ ” ލައިހާ ބުނެލިއެވެ. ” އަސްލައްތަ ދަރިފުޅާ އަޅޭ މަންމަ ކައިރި ނުވެސް ބުނެލާ ވީއްޔަ ނުޒްހަތް މެންނެއް ވެސް ” ހިނިތުންވެލަމުން ނޫރީން ބުނެލިއެވެ. ” ހިނގަގަ މަންމަ ވެސް ދާން އަޅުގަނޑުމެންނާ އެކު ” ލައިހާ ބުނެލިއެވެ. ” އާން ތީ ރަނގަޅު ހިޔާލެއް ، ޒަޔާން ވެސް ދޭދޯ ” ނޫރީން އަހާލިއެވެ. ލައިހާ ހަމައެކަނި ބޯޖަހާލިއެވެ.
އެކިވައްތަރުތަކުގެ ހެދިކާތަކުން ޔުލީންމެންގޭގެ ބޮޑު މޭޒުމަތި ފަޅުފިލުވާލައިފައިވާއިރު އެއީ ހުސް ޔުލީން އާ ނުޒްހަތް ގެ ކުޅަދާނަކަމެވެ. ހަވީރު ހަތަރުގަނޑި ފަނަރަ އަށް ގަނޑިކިޔާފައި އޮތް އިރު އެންމެން ވެސް އެގަނޑިއަށް ހަމަވިއެވެ. އެ ބޮޑުގޭތެރޭގައިވަނީ ޔުލީންގެ ކުޑައާއިލާގެ އިތުރުން ޔޫއާން ގެ ކުޑައާއިލާއެވެ. ” ނުޒްހަތޫ ސާބަސް އަހަރެންނަށް އަންގާލުމެއް ވެސް ނެތް ދޯ ، ޔުލީން ވެސް ” ލައިހާ އާއެއްކޮށް އެތެރެ އަށް ވަންގޮތަށް ނޫރީން ޝަކުވާކޮށްލިއެވެ. ” ސޮރީ ދައްތާ އަޅުގަނޑޫ ހުރީ ދައްތަ އައީމާ ބުނަން ، ދެން މިއަދު އެކުންހެން ހަނދާން ނެތުނީ ” ދެރަވެލާފައި ޔުލީން ބުނެލިއެވެ. ” އެއީ އެވަރުކަމެއް ދެން ނޫން ، ދައްތަ މަޖަލަކަށޭ ބުނީ ” ހީލަމުން ނޫރީން ބުނެލިއެވެ. ” އަހަރެންވެސް ހަނދާން ނެތުނީ އިނގޭ ، ޔުލީންވެސް ބުނެފިވީއްޔަ ނޫރީން ރަށުގައި ނެތް ވާހަކަ ” ހީލަމުން ނުޒްހަތް ވެސް ބުނެލިއެވެ. ” ދެން އެ މައްސަލަ އެއް ނޫނޭ ، ކޮބާތަ ޔުލީން އިންނަން އުޅޭ ކުއްޖާ ” ޝައުޤުވެރިކަމާއެކު ނޫރީން އަހާލިއެވެ. އެ އެންމެން ވެސް އޮލަވާހަކައިގައި ތިއްބިނަމަވެސް ލައިހާގެ ނަޒަރުވަނީ އެއްކައިރީގައި ފޯނެއްގައި ހުރި ރިޔާން އަށް އަމާޒުވެފައެވެ. އެތެރެ އިން ލައިހާގެ ހިތް ރޮމުން ދިޔަނަމަވެސް މީހާ ދިޔައީ ކެތްކުރެވޭނެހާ އެންމެ ބޮޑަކަށް ކެތްތެރިވަމުންނެވެ. މިމަންޒަރު ލައިހާގެ ވާއަތް ފަޅީހުރި ޒަޔާން ގެ ދެލޮލަށް ނުފެނިއެއް ނުދިޔައެވެ. އެތެރެ އިން ރޯވަމުން ދިޔަ އަލިފާންގަނޑު ނިއްވާލަމުން ގޮސް ލައިހާގެ އަތުގައި ހިފާލިއެވެ. މިމަންޒަރު ފޯނުނިންމާފައި އެނބުރެލި ރިޔާންގެ ލޮލުގައި އަޅައިގަތެވެ. ހަމައެހެންމެ ޒަޔާން އަށް ގެއްލިފައި ހުރި ޒިވްޔާ އަށް ވެސް ފެނުނެވެ. ޒަޔާން ކުއްލިއަކަށް އަތުގައި ހިފުމުން ލައިހާ ވެސް ދިޔައީ ސިއްސާގެންނެވެ. ޒަޔާން ގެ އަތުން އަތްދަމާގަންނަން ލައިހާ މަސައްކަތް ކުރަމުން ދިޔައިރުވެސް އޭނާ ކަންބޮޑުވެފައި ހުރީ ރިޔާން އަށް މިމަންޒަރު ފެނުމުންނެވެ. އަނެއްކޮޅުން ހުއްޓުން އަރާފައި ޒިވްޔާ އަށް ހުރެވުނެވެ. ހެވިފައި ހުރި ޒަޔާން ފެނުމުން އެއީ އޭނާ އޮޅިގެން ކުރިކަމެއް ނޫންކަން ޒިވްޔާ އަށް އިނގުނެވެ. ނެތް ހިތްވަރެއް ލައިގެންނަމަވެސް ޒިވްޔާ އެތަނުން ދިޔައީ ހިނިތުންވެ ހުރެއެވެ. ފަނޑުހިނިތުންވުމަކާއެކު ރިޔާން ވެސް އެތަނުން ދިޔައީ ހިތްހަލާކުވެފައި ހުރެއެވެ. ” ޒަޔާން މީ ކޮންކަމެއް ؟ އަހަރެން ނުބުނަން ތަ އަހަރެން ގައިގާ ނާއްލާށެކޭ ” ރުޅިއައިސް ފައިހުރެ ލައިހާ ބުނެލިއެވެ. އެއިރު ލައިހާ އަދި ޒަޔާން ގެ ކައިރިއަށް އައި ޔުލީން އަށް މިއަޑުއިވުނެވެ. ލައިހާގެ ހަބަރެއް ނުވެގެން ޔުލީން އެދިމާލަށް އައިއިރު ލައިހާ ގެ އަތުން ޒަޔާން ދޫކޮށްލަނީއެވެ. ” އޭރަކަންނު ގެޓް އޯވާރ ވާން ފަސޭހަވާނީ ” ހިނިތުންވެލަމުން ޒަޔާން ބުނެލިއެވެ. އެއާއެކު ޔުލީން ހައިރާންވެގެން ދިޔައެވެ. އެއްޗެކޭ ނުބުނެ ހުރެ ފަހަތަށް ލައިހާ އެނބުރިލިގަނޑީ ލައިހާ އަށް ޔުލީން ފެނުނެވެ. ދެންމެ އެދެމީހުން ދެއްކި ވާހަކަ ޔުލީން އަށް އަޑުއިވިދާނޭތީ ކަންބޮޑުވެފައި ހުރި ލައިހާ އަށް ހިތްހަމަޖެހުމެއް ލިބުނީ ޔުލީން ހިނިތުންވެލަމުން އޭނާއާއެކު އައުމަށް ބުނުމުންނެވެ. ލައިހާމެން ދެއްކި ވާހަކަ ޔުލީން ނީވޭކަމަށް ހެދެލީ އެއީ އެންމެ ރަނގަޅުގޮތް ކަމަށް ބަލާފައެވެ. ލައިހާގެ އަތުގައި ހިފައިގެން ޔުލީން ދިޔައީ ނުޒްހަތް މެން ތިބި ދިމާލަށެވެ. އެއިރު އޮލަ ވާހަކައިގައި ނޫރީން ، ނުޒްހަތް އަދި ނިޒާމާ ވެސް އިނެވެ. ޔޫއާން ރިޔާން އާއެކު ސޯފާގައި އެމީހުން ދައްކަން ތިބި ވާހަކަ އަށް އަނގަލާލާ އިނެވެ. ” އަހަރެން މިހިރަ ރިޔާން ވެސް ބޭރަށް ދާން ފުރަންވެގެންނޯ ، އެހެންވެ އެކަމާ މިއޮޅެވެނީ ވެސް ، އަދްހަމް އަށް ވެސް އޮފީހުގެ ކަންތަކުގައި އެހީވަނީ ވެސް އެތާގައި ހުރެގެންނޭ ރިޔާން ބުނަނީ ” ރިޔާން އަށް ބަލަހައްޓައިގެން އިނދެ ނުޒްހަތް ބުނެލިއެވެ. އެހެންނަމަވެސް ރިޔާން އަށް ބެލެނީ ލައިހާ އާ ދިމަލަށެވެ. ” ދެން އެދަރިންވެސް ޖެހޭއެއްނު ހިތްހަމަ ޖެހިލަން ދޯ ރިޔާން ” ނޫރީން އެހެން އިނދެފައި ބުނެލިއެވެ. ރިޔާން ހަމައެކަނި ހިނިތުންވެލިއެވެ.
އިރުއޮއްސުމާއެކު އެންމެން ވަކިވީ މަހުގެ ފަހުކޮޅު ލަސްނުކޮށް ކައިވެނީގެ ކަންތައް ފަށަންށެވެ. އެހެންކަމުން މިޙާރުއްސުރެ އެންމެ ދުވަހެއް ވެސް ނުވައްޓާލާ މަސައްކަތް ކުރަން އެންމެން ވެސް ވަނީ ނިންމާފައެވެ. ޔުލީން އަދި ޔޫއާންގެ ހިޔާލާ އެއްގޮތަށް މާބޮޑުނޫން ޕާޓީއެއް އާއިލާ އަދި ގާތް ރަހުމައްތެރިންގެ އިތުރުން އަދްހަމް ގެ އޮފީހުގެ މުއައްޒަފުން މެދުގައި ބާއްވާލަން އެންމެން އެއްބަސްވެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Hlw readers
Hope u love this part
Next ISA tonight or tomorrow submit kohlaana
Keep waiting ❤️
Stay safe and TC❤️❤️