އެދިޔަ ބާރުމިނުގައި ރިޔާން ކާރުގޮސް ހުއްޓާލީ ޔޫއާން މެންގޭދޮށަށެވެ. ލަސްނުކޮށް އެގޭތެރެ އަށް ވަން ރިޔާން ގެ ލޮލުގައި އަޅާގަތީ ސޯފާގައި ހަމަޖެހިލާގެން ތިބި ޔޫއާން ޔުލީންގެ އިތުރުން ނިޒާމާ އެވެ. އެހެންކަމުން އެތަނަށް އޭނާވެސް ދިޔައީ އެމީހުންގެ ވާހަކައިގައި ޝާމިލް ވެލުމަށެވެ.

ލަންޗް ބްރޭކް ގަނޑިނުޖެހިގެން އިން ޒަޔާން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ބަރާބަރު އެކެއް ޖެހުމުންނެވެ. އެއިރު މަޑުހިނގުމެއް ގައި ހުރެ އައި ޒިވްޔާ ފެނި ޒަޔާން އަށް ކޮށްޅަށް ތެދުވުނެވެ. ހިނިތުންވެލަމުން ޒަޔާން ޒިވްޔާ އާ އެތްވަރަކަށް ހުރެ ހިނގަމުން ދިޔައީ އެތާ މާ ދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓް އަށެވެ. ހެނދުނާ ބަލާފައި ވިއްސާރަ ހުއްޓާލާފައިވީނަމަވެސް އަދިވެސް އުޑުމަތީގައިވަނީ ކަޅުވިލާތަކުން ބައްދާލާފައެވެ. ދެންމެ ދެންމެ ވިއްސާރަ ވެހިގެން ހިނގާދާނެ ހެން ވެސް ހީވާފަހަރު އާދެއެވެ. އިރުތަކެއް ނުވެ ރެސްޓޯރެންޓް އަށް ވަން ޒިވްޔާ ގެ ފިޔަވަޅުތައް ހުއްޓިގެން ދިޔައީ ކުރިމަތިން ފެނިގެން ދިޔަ ސޫރަގެ ސަބަބުންނެވެ. ދުވަހެއްގެ ކޮޅުންވެސް ފެނިދާނެ ކަމަށް ނުވެސްވިސްނި މީހާއެހުރީ ކުރިމަތީގައިވީއްޔައެވެ. ޒިވްޔާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ޒަޔާން ވެސް ކުރިމަތީގައި އެހެރަ އޭނާގެ ޢުމުރުފުރާގެ ފިރިހެން ކުއްޖާ އަށް ބަލައިލިއެވެ. ” ނާއިލް ” ޒިވްޔާ އަނގައިން ނިކުމެގެން އައީ އޭނާ ގެ ކުރީގެ ލޯބިވެރިޔާގެ ނަމެވެ. އޭނާ އަށް ބޭވަފާތެރިވެ އެހިތް ހަލާކުކުރުވި އިންސާނާއެވެ. އެހެންނަމަވެސް އެ ގުޅުން ނިމިގެން ދިޔަތާ އަހަރުތަކެއް ވެފައިވުމާއެކު ޒިވްޔާގެ ހިތްވެސް ބަދަލުވެފާވާތީ އެހިތަކަށް އެ ސޫރަފެނި އަސަރެއް ނުކުރިއެވެ. ނާއިލް އަށް ވެސް ޒިވްޔާ އާދިމާލަށް ބަލަހައްޓައިގެން ހުރެވުނީ މިޙާރު ބަދަލުވެފައިވާވާރު ފެނިފައެވެ. އެއަށްފަހު ކައިރީ ވާނުވާގާ ހުރި ޒަޔާން އާދިމާލަށް ބަލައިލަމުން ނާއިލް އެތްމިޔަކަނިން ހީލީ ހިތަށް އައިއެއްޗަކުންނެވެ. ” ލޯންގް ޓައިމް ނޯސީ ޒިވްޔާ ” މަލާމާތުގެ ރާގަކަށް ނާއިލް ބުނެލިއެވެ. ވަކިއެއްޗެކޭ ނުބުނެ ޒިވްޔާ އަނެތްފަރާތަށް އެނބުރެލީ އެސޫރަ އަށް ބަލަން ބޭނުންނުވާތީއެވެ. ” އައްދެ މިހާރު އަހަރެން މަތިން ހަނދާން ވެސް ނެތް ދޯ ، އާން ދެން ހަނދާންވެސް ނެތޭހާ ތާ މިހާރު އެހެން ފިރިހެނެއް ހޯދާގެން ވިއްޔަ ތިޔައުޅެނީ ، ” މަލާމާތުގެ ރާގަކަށް ނާއިލް ބުނެލިއެވެ. އެއާއެކު ދެން ފެނުނީ އެ ރެސްޓޯރެންޓް ތެރެއިން ނިކުން ޒުވާން އަންހެން ކުއްޖާ އައިސް ނާއިލް ގެ އަތުގައި އޮޅުލާގަންތަނެވެ. ” ބޭބް ، މީ ކޮންބައެއް ، ވެއިޓް މީ ނާއީ ގެ އެކްސް ގީއެފް ދޯ ” ވިސްނާލަން ހުރެފައި އެއަންހެން ކުއްޖާ ބުނެލިއެވެ. އެއާއެކު ވާނުވާ ގާ ހުރި ޒަޔާން އަށް ވާނުވާ ރޭކާލިއެވެ. ” ޔެސް ބޭބް ، އަހަރެން އެއްވެސް ވަރަކަށް ޒިވްޔާ ދޫކޮށްލީތީ އެކަމާ ހިތާމަ ނުކުރަން ބަދަލުގާ އަހަރެން ހިތަށް އަރާ މީއަހަރެންގެ ނަސީބޭ ، ޒިވްޔާ އަށް ވުރެ އެތައް ތަނެއް ފުރިހަމަ އަންހެން ކުއްޖެއް މިހުރީ އަހަރެން ކައިރި ” ޒިވްޔާ ދެރަކޮށްލުމުގެ ނިޔަތުގައި ނާއިލް ބުނެލިއެވެ. އެއާއެކު ޒިވްޔާ އެއްޗެކޭ ބުނަން އަނގަހުޅުވާލިނަމަވެސް މަޑުޖެހުނީ އޭނާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ޒަޔާން އޭނާ ކައިރިއަށް ޖެހިލުމުންނެވެ. ” ސޮރީޓު އިންޓެފެއާރ ބަޓް ޒިވް އާ ބެހޭގޮތުން އެއްޗެހި ކިޔަންދެނެއް އަހަރެންނަކަށް އަޑުއަހާކަށް ނުހުރެވޭނެ ، ނާއިލް ގެ ނަސީބުދެރައީ ހަމަ ތި އަންހެން ކުއްޖާއަށް ވުރެ ޒިވް އެތައް ތަނަކުން ފުރިހަމަ ، އަހަރެން ނިކަން އުފާވެފާ މިހުރީ އަހަރެންގެ ހަޔާތަށް ޒިވް އައީމާ ، ސޯ ޕާސްޓްގެ ވާހަކަ ދެއްކުމެއް ނެތެއްނު ، ސޯބާއި ” ހިނިތުންވެލަމުން ޒަޔާން ބުނެލި ވާހަކައިން ޒިވްޔާގެ ހިތަށް އަސަރުކުރުވިއެވެ. ހަމައެހެންމެ ނާއިލް ގެ އަނގަވެސް ބަންދުވެގެން ދިޔައެވެ. އެހުރިގޮތަށް ގޮސް ޒަޔާން ޒިވްޔާ ކައިރިކޮށްލަމުން ރެސްޓޯރެންޓް އަށް ވަތީ އޭނާ އަށް ކުރެވުނު ކަންތަކާ މެދު ހައިރާންވެހުރެއެވެ. އެތެރެ އަށް ވަންހެނެއް ހީނުވެ ޒިވްޔާ ޒަޔާން އާދުރަށް ޖެހެލީ އަމިއްލަ ހިތް ބޭޒާރުވެދާނޭތީއެވެ. އެއިރުވެސް ޒަޔާންގެ ގާތްކަމާ އޯގާތެރިކަމަކީ ވަގުތީ ކަމެއްކަން އިނގުމުން ޒިވްޔާގެ ހިތަށް ވެސް ވަނީ ނުހަނު ބޮޑަށް އަސަރުކުރުވާފައެވެ. ދެލޯފެންކަޅިވެގެން ގޮސް ޒިވްޔާގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. މިތަންފެނި ޒަޔާންގެ ހިތަށް ނޭނގިނަމަވެސް ފުން އަސަރެއް ކުރުވިއެވެ. ” ހޭ ޒިވް އިޓްސް އޯކޭ ، ޑޯންޓް ކްރައި ” ޒިވްޔާގެ ދެކޮނޑުގައި ހިފާލަމުން ޒަޔާން ބުނެލިއެވެ. އެއާއެކު ޒިވްޔާ ނޭފަތް އެތެރެ އަށް ދަމާލަމުން އެކިފަރާތްފަރާތަށް ބަލަންފެށީ ކަރުނަތައް ހިންދާލަމުންނެވެ. ޒިވްޔާގެ ލޮލަށް ކަރުންތައް ބޮނޑިވެގެން ދިޔައީ ކީއްވެގެން ކަން ޒަޔާން އަށް އެނގުންވެލި ނަމަވެސް އިތުރަށް ޒިވްޔާ ދެރަނުކުރަން އެއްޗެކޭ ނުބުން ހުރެލީއެވެ. ދެމީހުންވެސް ހިނގާލާފައި ތަންކޮޅެއް އެތެރޭގައި ހުރި މޭޒެއްގެ ދޮށުގައި ހަމަޖެހިލަމުން ކާއެއްޗިއްސަށް އޯޑަރުޖަހާލިއެވެ.

ނުޒްހަތް ގެ އެދުމަށް ޔުލީން އަދި ޔޫއާން ވެސް ރިޔާން އާއެކު އެގެއަށް އައީ މެންދުރުގެ ކެއުމަށް އިންސާފުކޮށްލުމަށެވެ. އެންމެން ވެސް ކެއުމާގެން ކުރިއަށްދިޔައިރު އެންމެންގެ މެދުގައި އެކިއެކި ވާޙަކަ ބަދަލުކުރެވެމުން ދިޔައެވެ. އެވާހަކަ ތަކުގެތެރެއިން ރިޔާން އޭނާގެ ފުރުން އަވަސްކުރާކަން ހާމަކޮށްލިއެވެ. ” ދަރިފުޅާ ހާދަ އަވަހަކަށް ، ކުރިން އަންނަ މަހުގާ ފުރާގޮތަށް ހަމަޖެހުނީމޭ ދަރިފުޅު ބުނީމެއްނު ” ކަންބޮޑުވެފާ ނުޒްހަތް އިއްވާލިއެވެ. ” ލައްބަ މަންމާ ، އެކަމް އޭރަށް މާލަސްވަނީ އެކޮޅަށް ތަންކޮޅެއް އަވަހަށް ދާންބޭނުންވަނީ މިހާރު ” ރިޔާން ވާހަކަ އެއް ހަދާލިއެވެ. އެއިރު މާޔޫސްވެފައި ޔުލީން އަދި ޔޫއާންވެސް ތިބީ އެދެމީހުންނަށް ކަންހިނގާގޮތް އިނގޭތީއެވެ. އެންމެން ކާނިމުމާއެކު ރިޔާން ޔުލީން އަދި ޔޫއާން ޓެރެސް އަށް ދިޔައީ އެކީވާހަކަ ދައްކާލަން ތިބުމުގެ ބޭނުމުގައެވެ. ” ދޮންބޭ ، އަހަރެންނަށް ފެންނަނީ ދުވަސްކޮޅަކަށް މަޑުކޮށްލަން ، ލައީގެ ހިތްބަދަލުވެދާނެ އެތްނު ހަމަ ” ކަންބޮޑުވެފައި ހުރެ ޔުލީން ހާމަކޮށްލިއެވެ. ” ނޫން ޔުލީ ، ދޮންބެ ބޭނުމީ ވީހާވެސް އަވަހަކަށް ފުރަން ، މިމާލޭގައި ވީލޯބި ކަފުން ކޮށް މެލޭގައި ހުރެލަން ، ލައީގެ ހިތްބަދަލުވާނަމަ މިހާރު މާކުރިންވެސް ވީސް މިހާރު ކިތައް ދުވަސް ވީއެގެން ” ހިތްދަތިކަމާއެކު ރިޔާން ބުނެލި ވާހަކަ އިން އެދެތިތަށް އަސަރުކުރުވިއެވެ. އަދިހަމައެހެންމެ ރިޔާން ވެސް ހިތްދަތިވެފައިވާވަރު އެކަމުން އަންގާދިނެވެ. ވަކިއެއްޗެއް ވެސް ނުބުނެ ދެމީހުންތިބި ނަމަވެސް ހަޤީޤަތް ހާމަކުރަން ހުރީ ކިތަންމެ ބޭނުންވެފައެވެ.

ބޮލުގާ ރިއްސާވަރުން ލައިހާ ސްކޫލިން ތަންކޮޅެއް ކުރިން ނިކުމެގެން އައީ ކެތްކުރަންވެސް އުނދަގޫވާތީއެވެ. މިހާރަކަށް އައިސް އޭނާއަށް ވިސްނާވަރު މާގިނައީއެވެ. ހަޔާތުގާ ހިނގާކަންކަމުގެ ސަބަބުން ލައިހާ ގެ ދިރިއުޅުމަށް ވެސް އަސަރުކުރިކަން މީހާއަށް ބަލައިލުމުންވެސް އިނގިގެންދެއެވެ. މޫނުމަތިން ހިނިތުންވުން ފެންނަފަހަރުމަދުވެފާ މީޙާ ހުންނީވެސް ނެގިމަޑުވެފައެވެ. އެމޫނުމަތި އަބަދުހެން މިލާފާހުރުމުން ޢައިބުކަމަށް ދައްކަނީ ކުރީގެ ލައިޙާ އާ ހާސްތަފާތުވެފައި ވުމުންނެވެ. މަޑުހިނގުމެއްގައި ލައިހާ ގެއަށް ވަންނަން އަވަސްވެގަތީ އަރާމް ކޮށްލަން ބޭނުންވެފާ ހުރުމުންނެވެ. އެހެންނަމަވެސް އެވަގުތު އައި ޔުލީންގެ ކޯލް ފެނި ލައިހާ އަވަސްއަވަހަށް ފޯނުނެގާލަމުން ދޮރުކައިރި މަޑުކޮށްލިއެވެ. ” ކޮބާ ކިހިނެއް ތަ ކަންތައް ދިޔައީ ؟ ” ލާނެތް ރާގަކަށް ލައިހާ އަހާލީ ޔުލީން އަށް އޭނާ މާޔޫސްވެފައިވާ އަޑުއިއްވަން ބޭނުންނުވާތީއެވެ. ” ކަންތައް ދިޔައީ ހަމަ ރަނގަޅަށް އެން ލައީ އަހަރެންނަށް އޮޅުވާލަން މަސައްކަތް ކުރިޔަސް އައި ނޯ ލައީ ދެރަވެ މާޔޫސް ވެފައިވާކަން ، މިހާދުވަސް ވާއިރު އަހަރެންނަށް ލައީ އިނގިފާދޯ ހުންނާނީ އެހެންނޫންނަމަ މީޓްރޫ ބެސްޓީ އެއްނޫނެއްނު ” ޔުލީން ބުނެލިއެވެ.  ވަގުތުން ލައިޙާގެ މަޑުޖެހުނެވެ. ޔުލީން އަކަށް ދުވަހަކުވެސް އޭނާ ނޯޅޭނެކަން އޭނާ އެވަގުތު ހަނދާންނެތުނީއެވެ. ” ޔަހް އައިނޯ އޭ ” ލައިހާ މަޑުމަޑުން ބުނެލިއެވެ. ” އަހަރެން އެބަދަން އިނގޭ ރެޑީޥެގެން ހުންނާޗޭ ، ސްކޫލް ގާ ތަ އަނެއްކާ މީއަދި ކިރިޔާ އަހަރުން ނިކުންނަން ތައްޔާރުވާ ގަނޑި ދޯ ” ޔުލީން އަހާލިއެވެ. ” ނޫނޭ މިހާރުގޭގާ ތަންކޮޅެއް ބޮލުގާ ރިއްސާތީ ގެއަށް އައިސްގެން މިއޮޅެނީ ” އޮޅުވާނުލާ ލައިހާ ބުނެލިއެވެ. ” އަސްލު ދެން މިއަދު ދެވޭނެތަ ، ކެންސަލް ކޮށްލަންދޯ މިޖެހުނީ ” ޔުލީން ބުނެލިއެވެ. ” ނޫން އަހަރެން އޯކޭ އޭ ބޭސްކަނިކޮށް ރަނގަޅުވެދާނެ ހަމަ އަހަރެން މިހުރީ ތައްޔާރަށް ދެން އަވަހަށް އާދޭ ” ލައިހާ ބުނެލިއެވެ. ” ހޫމް އޯކޭ އެކަމް ބޭސްކާގެން ނިކުންނާނީ އެހެންނޫނީ އަދަބު އޮންނާނެ ” އިންޒާރެއް ދެމުން ޔުލީން ފޯނުކަނޑާލިއެވެ. ލައިޙާވެސް އެތެރެ އަށް ވަދެ ބޭސްގުޅައެއް ކާލާ ހަދާލައިގެން ނިކުން އިރު ޔުލީން އައިސް ވަންނަނީއެވެ. ” ލައީ ، ބަލާބަ ޔުއާރް ފޭސް ޕްލީޒް ސްމައިލް ” ލައިޙާގެ ހާލަށް ހަމްދަރުދީވާހާލު ޔުލީން ބުނެލިއެވެ. ” އޯކޭ މޭމް ، ކޮންތާކަށް މިދަނީ ، އެން ޙާދަ އަވަހަކަށް ތިޔައީ ގައިމު ޔޫއާން މެންގެ ހުންނަނީ ވަރަށް ދުރުގައެއްނު ” ހައިރާންވެފައި ވީނަމަވެސް ގަދަކަމުން ހީލަމުން ލައިހާ ބުނެލިއެވެ. ” ސާބަސް މި މަންމަ މެންގޭގާ ހުރެފާ މިއައީ އެހެންވެ އަވަސް ވާނު ، ހިނގާ މިހިރި ތަނަށް ދާން ކޮފީއެއް އެއްޗެއް ބޯލަން ” ލައިހާގެ އަތުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ދެމީހުން މަޑުހިނގުމެއްގައި ޖެހިގެން ހުރި ގޯޅީގެ ކަންމަތިގައި ހުރި ކެފޭ އަށް ވަންއިރު އެތަން އެހާ ހަލަބޮލި ނޫންކަމުން ދެމީހުންވެސް ތިބީ ހަމަޖެހިފައެވެ. އަތުންގުނާލެވޭހާ މަދުމީސްކޮޅެއް އެތާވީއިރު ނިކަން ހިތްހަމަ ޖެހޭ މާހައުލަކަށް އެތަންވެގެން ދިޔައެވެ. ” ލައީ ދޮންބެ މިއަދު ބުނެއްޖެ ފުރުން އަވަސް ކުރަންވެގެންނޯ މިއޮޅެނީ ، ދެން ލައީ ޒަޔާން ގެ ކިބައިން އަވަހަށް ސަލާމަތްވެވޭނެ ގޮތެއް ނެއްތަ ” ދެމީހުންވެސް ބޮއެއްޗަކަށް އޯޑަރުޖަހާލުމަށްފަހު ހަމަޖެހެވުމާއެކު ޔުލީން ބުނެލިއެވެ. އެއާއެކު ލައިޙާ އިތުރަށް މާޔޫސްވޫން ނޫން ކަމެއް ނުވިއެވެ. ” ނޭނގެ ދެން އަހަންނަކަށް ހަނދާނެގޮތެއް ރޭގާވެސް އެހާވަރަށް ޒަޔާން ކައިރި އާދޭސް ކުރިން ޒިވްގެ ވާހަކަ ވެސް ބުނިން ، މިއަދު ހީވޭ އެކަމާ ވިސްނާހެން ވެސް ، ވަރަށް މަޑުން ހުރީ އެހެންޏާ ހެނދުނު އަހަންނާ ފްލާޓް ކުރާ މީހާ މިއަދު އަނގައިން ވެސް ނުބުނެ ދިޔައީ ، ދެން އެކަމް ވެސް ނޭނގެ ، ކޮންމެ އަކަސް ޒިވްގެ ވާހަކަ ބުނިފަހުން ޒަޔާން އަށް އެ ބަދަލެއް އެއައީ ” ލައިޙާ ބުނެލިއެވެ. ” އަސްލު ދެން އެހެންވީއިރު ހޯޕްފޯދަ ބެސްޓް ، ބަޓް ވިހާވެސް އަވަހަކަށް ޒަޔާންގެ ވިސްނުން ބަދަލުކުރަން ޥާނެ ނެކްސްޓްވީކް ފެށޭތަނުން ދޮންބެ ބުނިދާން ހަމަޖައްސާވާހަކަ ” ޔުލީން ބުނެލިއެވެ. ލައިހާ މާޔޫސް ވީވަރުން އިސްޖަހާލީ އެއްވެސް އުންމީދެއް ނެތިފައި އިން މީހެއްހެންނެވެ.

(ނުނިމޭ)

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!