ގާތުގާވުމަށް ހިތް އެދެނީ (18)
ކަޅުކުލައިގެ އަބާޔާ އަކާ އަޅި ކުލައިގެ ޝޯލް އެއްގައި ހުރި ލައިހާ ގެ ރީތިކަން އިންތިޙާއެވެ. އެހެންނަމަވެސް އެތުންފަތުގައި ވާ ރީތިހިނިތުންވުން ނެތުމުން ޢައިބުކަމަށް ދައްކައެވެ. ތައްޔާރުވެ ނިމުމުން ލައިހާ ކޮޓަރިން ނިކުންއިރު ދާން ތައްޔާރުވެގެން ހުރި ޒަޔާން ފެނުމުން މިއަދު ޒަޔާން ދެއްކި ވާހަކަތައް ސިކުނޑީގައި އެނބުރިގަތެވެ. ކަޅުކުލައިގެ ޖިންސްއަކާ މުށިކުލައިގެ އަތްދިގުގަމީހެއްގައި ހުރި ޒަޔާން އަށް އެތައް އަންހެން ކުދިންނެއް ފިދާވާނެކަން ޔަގީނެވެ. އެތައް އަންހެން ކުދިންގެ ހިތްތަކަށް ގޮތްގޮތް ވާނެ ކަން ޔަޤީނެވެ. އެހެންނަމަވެސް ޒަޔާންގެ މިރީތިކަމަކުން ލައިހާގެ ހިތަކަށް ގޮތެއް ނުވެއެވެ. އޭނާގެ ހިތުގައި ވަނީ ރިޔާންގެ ތަސްވީރު ނުފޮހެވޭނެހެން ކުރެހިފައެވެ.
ގޭގެ ބެލްޖެހިއަޑަށް ލައިހާގޮސް ދޮރުހުޅުވާލަމުން ނިކުތީ ކުރިމަތީ ޔުލީން ހުރުމުންނެވެ. ފަހަތުން ޒަޔާން ވެސް ނިކުމެގެން އައެވެ. ލައިހާ ފެންނާނެ އިރަކަށް ހުރި ރިޔާންގެ ހިތްތެޅެލިއެވެ. ފަނޑުފަނޑުހިނިތުންވުމެއް ލައިހާގެ ތުންފަތުގައި ވިޔަސް ލައިހާގެ ރީތިކަމުން ރިޔާންގެ ހިތްތޮރުފާލިފަދައެވެ. ދެން އޭނާގެ ނަޒަރުސީދާވީ ޒަޔާން އަށެވެ. ހިނިތުންވުމަކާއެކު ލައިހާ އަށް ބަލަހައްޓާގެން ޒަޔާން ހުރުމުން ރިޔާންގެ ހިތަށް އުނދަގޫވެލިއެވެ. ޒަޔާން އަށް ހުއްޓިފައިވާ ޒިވްޔާގެ ނަޒަރު އެހެންދިމާލަކަށް ބަދަލެއް ނުވެއެވެ. ޒިވްޔާގެ ހިތުގައިވާ ލޯބިއުތުރިއަރައިގަތެވެ. އެހެންނަމަވެސް ޒަޔާން އަށް އޭނާ އެއީ ނެތް މީހެއް ފަދައެވެ. އެންމެން ވެސް އެކިވާޙަކަ ވާޙަކައިގައި ތިބެގެން މާދުރުނޫން ރެސްޓޯރެންޓް އަކަށްވަނެވެ. ހަމީހުންނަން އިނދެވޭނެހެން އިންމޭޒުގައި ލައިހާ ރިޔާން ކައިރި އިނެވެ. މިކަމާހުރެ ޒަޔާން ދިޔައީ ލައިހާ އަށް ލޯއަޅާލަމުންނެވެ. ޔޫއާން އަދި ޔުލީން އޯޑަރުކުރުމަށް ދިޔުމުން އެއެންމެން މެދުގައި ހަމަހިމޭންކަން ފެތުރުނެވެ. މާގިނައިރުނުކޮށް ޔުލީން އަދި ޔޫއާން އަންނަތަން ފެނުމުން ލައިހާ އަށް ހިނިތުންވެލެވުނެވެ. އޭނާގެ އެކުވެރިޔާގެ ހަޔާތް ބާއްޖަވެރިވާތަން ދެކެން އޭނާ ކިތަންމެ ބޭނުމެވެ. އެހެންނަމަވެސް އެފަދަވަގުތެއްގައިވެސް އޭނާ ގެ ސިކުނޑީގައިވާ ޒަޔާން ދެއްކި ވާހަކަ ތައް އަލުން ބަލުން އައުވަމުން ދިޔައެވެ. އެހެންކަމުން މީހާގެ ނަފްސުގެ ހަމަޖެހުން ގެއްލެމުން ދިޔައެވެ. އެންމެން ވެސް ކަމުންދިޔައިރު އެދޭތެރޭގައިވަބީ ހަމަހިމޭންކަމެވެ. އެއެންމެން ތެރޭގައި އެންމެ އުފާވެރިކޮށް އިނީ ޔުލީން އަދި ޔޫއާން ފަދައެވެ. އިރުކޯކޮޅާ ލައިހާގެ ނަޒަރު ރިޔާން އެހެންނޫނީ ޔުލީން އަށް ހުއްޓެއެވެ. ޒަޔާން ދެއްކި ވާޙަކަ ތަކާމެދު ވިސްނެން ފެށުމުން ލައިހާ ސިކުނޑިގޮވާވަރުވެއްޖެއެވެ. ލައިހާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން އިން ރިޔާން އަށް ކޮންމެސް ނުބައެއް އުޅޭކަން ރޭކާލިއެވެ. އެންމެން ވެސް ކައި ނިންމާލަމުން ގެއަށް ދާން ނިކުންނަމަވެސް ޔުލީން ޔޫއާން ގެ އެދުމަށް އޭނާ މަންމަ އާ ބައްދަލުކޮށްލަން ދާން ނިންމިއެވެ. ބާކީތިބި އެންމެން ގެއަށް ދިޔައީއެވެ. ކިތަންމެ ވަންނަން ބޭނުން ނުވިޔަސް ލައިހާ ގޭތެރެ އަށް ވަތީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. އެއިރު ލަސްފިޔަވަޅުތަކެއްގައި ޒަޔާން ފޯނާކުޅެމުން ގެއަށް ވަންނަން އައެވެ. ރިޔާން އަދި ޒިވްޔާ ވެސް ގެއަށް ދާން މިސްރާބުޖެހިއެވެ.
ޔޫއާންމެންގެއިން ޔުލީން ނިކުތީ ހިތްހަމަ ޖެހިފައިހުރެއެވެ. އޭނާހީކުރިވަރަށް ވުރެ ޔޫއާންގެ މަންމަ ހިތްހެޔޮލެވެ. ” ލަވް ވާހަކަ އެއް ބުނަންތަ ” ސައިކަލުދޮށާދިމާލަށް ދަމުން ޔޫއާން ބުނެލިއެވެ. ” ހޫމް ” ޔުލީން ބުނެލިއެވެ. ” މިހާރު ރައްޓެހިވެގެން އުޅޭތާ މަހަކާ ގާތްވަނީ އައިނޯ އަވަސްކަން ބަޓް އަހަރެން ބޭނުން ވަރަށް އަވަހަށް ލީން އާ މެރީކުރަން ، ހަމަޖެހިލާގެން ދެމީހުންނަށް އުޅޭވޭނެރުގެ ތަނަވަސްކަން ވެސް އަހަރެން އަތުގައިއެބަހުރި ، ސޯ އެކަމް ލީން ބޭނުމީ އާ ” ޔޫއާން އޭނާގެ ވާޙަކަ ނިންމާލަމުން ބުނެލިއެވެ. ” އަހަރެން ވެސް ބޭނުން ވަނީ އަވަހަށް މެރީ ކުރަންށޭ ، އެކަމް މިވާހަކަ ފަށަން ނުކެރިގެން މިހުރީވެސް ، ކައިވެނިކޮށްގެން އަހަރެން ވަޒީފާއިން ވެސް ކެނޑެން ބޭނުން ” ޔުލީން ހާމަކޮށްލިއެވެ. ” ތީގާ އިންނާނީ ލީން ބޭނުން ގޮތެއް ، ބޭނުމީއާ ވަޒީފާއަށް ދިޔަޔަސް އަހަންނަށް އޯކޭ އިނގޭ އަހަރެން ބޭނުމީ އަހަރެންގެ ގާތުގައި ލީން އަބަދުވެސް ވާން ” ނިކަން އަސަރާއެކު ޔޫއާން ބުނެލިއެވެ. ” އެހެންމާ މަންމަ މެންނާ މިވާހަކަ ދައްކަންވީދޯ ” ޔުލީން ބުނެލިއެވެ. ” ހޫމް އަހަރެންވެސް ދައްކާނަން ތިވާޙަކަ މަންމަ އާ ” ހިނިތުންވެލަމުން ޔޫއާން ބުނެލިއެވެ. ދެމީހުންވެސް އުފާވެފައި ހުރެ ސައިކަލު ދުއްވާލީ ޔުލީން ގެއަށް ލުމަށެވެ.
” ކޮބާ ލައިހާ ވިސްނާފިންތަ ؟ ” ސޯފާގައި ހަމަޖެހިލަމުން ޒަޔާން އަހާލިއެވެ. ” ހަނދާން ކުރާތި އިންކާރުކޮށްފީއާ ޔުލީން ، ރިޔާން މިމީހުން ދެން ލައިހާގެ ދެލޮލަށް ނުފެންނަ ވަރުކޮށްލަން ވެސް އަހަރެން ފަހެއް ނުޖެހޭނަން ” އަނެއްކާ ވެސް ޒަޔާން ބުނެލިއެވެ. ” ނޫން ޕްލީޒް އެމީހުން ދޫކޮށްލާ ، އަހަރެން …. އަހަރެން އެއްބަސް ޒަޔާން އާ އިންނަން .. ތަ..ތައްޔާރު ” އަޅާގަންނަމުން ލައިހާ ބުނެލިއެވެ. ” ވާވް ދެޓްސް ލައިކް އަ ގުޑްގާރްލ ” ލައިހާ ކައިރި އަށް ޖެހިލަމުން ޒަޔާން މިހެން ބުނެލިއެވެ. އެއަށްފަހު އޭނާގެ ކޮޓަރިއަށް ވަދެގެން ދިޔައީ ހިތްހަމަޖެހިފައިހުރެ އެވެ. އަދި ދެންކަންތައް ކުރަންވީގޮތް ވެސް ވިސްނާށާއެއްކޮށެވެ. ޒަޔާން ދިޔުމާއެކު ލައިހާ ސޯފާކައިރި އަށް ތިރިވެލަމުން ކަކުލުގައި ބޯއަޅާލިއެވެ. އިރުކޮޅެއް ނުވެ އެތާ ފެތުރިގެން ދިޔައީ ލައިހާގެ ވޭނުން ފުރިފައިވާ ގިސްލުމުގެ އަޑެވެ.
މެންދަމުވެގެން ދިޔައިރުވެސް ލައިހާ ގެލޮލަކަށް ނިންޖެއް ނާދެއެވެ. އޭނާގެ ނިންމުމާމެދު ވިސްނަން ލައިހާ މަޖްބޫރުވިއެވެ. ލައިހާ އެކޭ އެއްފަދައިން ރިޔާންވެސް ވަނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ލައިހާ ހާސިލް ކުރަން ކުރަންޖެހޭކަންކަން ވިސްނަމުން ރިޔާން ދެލޯމަރާލީ މާދަމާއަކީ އުފާވެރުދުވަހަކަށް ހަދަން ނިންމާގެންނެވެ. ކޮޓަރި ދޮރުގައި ލެގިލައިގެން ލައިހާގެ ރުޔުމުގެ އަޑުއަހަން ހުރި ޒަޔާން ގެ މޫނުމަތިން ފެންނަމުން ދިޔައީ ބަޔާން ކުރަންނޭނގޭ އަސަރެކެވެ. ދެފަރާތަށް ބޯހޫރުވާލަމުން ފާހަނައަށް ޒަޔާން ވަތީ ނިދަން ތައްޔާރުވެލުމަށެވެ.
އިރުގެ އަލިކަން ދުނިޔެއަށް ފަތުރާލީ ހަތެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. ނުނިދުމުގެ ސަބަބުންނާ ރުޔުމުގެ ސަބަބުން ލައިހާގެ ބޮލުގައި ރިއްސާ ދެލޮލުގައި ވެސް ރިއްސަމުން ދިޔައެވެ. ދެލޯކައިރި ރަތްވެފައިވާއިރު އެދޮންމޫނުމަތި ވަނީ މިލާފައެވެ. ނޭފަތް ދޮށް ރަތްވެފައުވާއިރު ލައިހާގެ ދެލޯވެސް ވަނީ ކުޑަވެފައެވެ. އެހެންނަމަވެސް ލައިހާ ތެދުވެ ސައިހަދަން ދިޔައެވެ. ބަނޑުހައިވެފައ ހުރުމުން ބަނޑަށް އެއްޗެއް ލެވޭނީ ކާއެއްޗެއް ތައްޔާރުކޮށްގެން ކަން ލައިހާ އަށް އިނގެއެވެ. އެހެންކަމުން އަވަސްއަވަސް ކޮށްލަމުން ކޮޓަރިން ނިކުންއިރު ޒަޔާން ވެސް އޭނާގެ ކޮޓަރިން ނިކުންނަނީއެވެ. ލައިހާގެ ސޫރަ ފެނުމުން ޒަޔާން ގެ ހިތަށް އަސަރުކޮށްލިނަމަވެސް މޫނުމައްޗަކުން އެކަމައެއް ނުދައްކައެވެ. ފުރަތަމަ ފަހަރަށް އޭނާގެ ނިންމުމާމެދު ވިސްނާލަން މަޖްބޫރުވީނަމަވެސް އޭނާގެ ހިތުން ހުރިހާކަމެއް މިކުރެވެނީ ރަނގަޅަށްކަން ވިސްނުނެވެ. ” ސައިހަދަން މިދަނީ ” ލައިހާ ބުނެލިއެވެ. އެއްޗެކޭ ނުބުނެ ޒަޔާން ސޯފާގައި ޖައްސާލިއެވެ. ހެނދުނު ސަޔަށް ސޭންޑްވިޗް ހެދުމަށް ފަހު ލައިހާ ކޮފީދެތަށި ގިރާލަމުން މޭޒުމަތި ރަނގަޅުކޮށްލިއެވެ. ޒަޔާން އައުމުން ލައިހާ ކާންފެށިއެވެ. ” އަހަރެން ވަރަށް އަވަހަށް ބައްޕަ ކައިރި ކައިވެނީގެ ވާހަކަ ދައްކަން މި ގަސްތުކުރަނީ ސޯބީރެޑީ ” އެހެންޏާވެސް ހުންނަ ހަރުކަށިކަމާއެކު ޒަޔާން ބުނެލިއެވެ. ލައިހާ ހަމައެކަނި ބޯޖަހާލިއެވެ. ކައިނިމުމާއެކު ޒަޔާން އޮފީހަށްދާން ނިކުތެވެ. ލައިހާވެސް ކޮޓަރިއަށް ގޮސް ފޯނުނެގީ މިއަދު ސުކޫލަށް ނުދާވާހަކަ މެސެޖް ކޮށްލުމަށެވެ. އެހެންނަމަވެސް އައިސްފައިވާ ނޫރީންގެ މިސްކޯލް ފެނުމުން އެހަށް މަންމަ އަށް ގުޅުމަށް އަވަސްވެގަތެވެ. ” ދަރިފުޅާ އަދިކިރިޔާތަ ތިތެދުވީ ” ފޯނުން އިވުނު ނޫރީންގެ އަޑާއެކު މޯޅިވެފައިވާ ލައިހާގެ ހިތަށް ދިރުމެއް ލިބުނު ފަދައެވެ. ” ނޫން މަންމާ މިއައީ ސައިބޮއެގެން ” ލައިހާ ބުނެލިއެވެ. ” ބަލީތަ ދަރިފުޅާ ” ކަންބޮޑުވެފައި ހުރެ ނޫރީން އަހާލިއެވެ. ” ނޫން ދެން ކުޑަކޮށް ބޮލުގައި ރިއްސާވަރުން މިއޮޅެނީ ” ލައިހާ ބުނެލިއެވެ. ” އެހެންވީރު ބޭސްކައިގެން އަވަހަށް އަރާމް ކޮށްލާ ” މިހެން ބުނެ ނޫރީން ފޯނުކަނޑާލީ ލައިހާ އާ ކުޑަކޮށް ވާހަކަ ދައްކާލުމަށް ފަހުއެވެ. ލައިހާވެސް ސްކޫލަށް މެސެޖް ކޮށްލަމުން ޔުލީންއަށް ވެސް މެޖެސް ކޮށްލިއެވެ. އެއަށްފަހު ފެންވަރާލަން ވަނީ މީހާ ތާޒާވެލުމަށެވެ.
ހެނދުނުގެ ވަގުތު ނަމަވެސް މާލޭގެ މަގުތައް މަތި ނިކަން ހަލަބޮއްޔެވެ. ގިނައިން ފެނިގެން ދަނީ ސްކޫލު ޔުނީފޯމުގައި ތިބި ދަރިވަރުންނާ އޮފީސްތަކަށް ދާން އަވަސްއަރުވާލައިގެން އުޅޭ މީހުންނެވެ. މިއެންމެން ތެރޭގައި ޒިވްޔާ މަޑުމަޑުން އިސްޖަހާގެން ހުރެ ހިނގަމުން ގޮސްވަނީ މާދުރުނޫން އޮފީހަކަށެވެ. ދުވަސްތަކަކަށް ފަހު އޮފީހަށް ދެވުމުން ޒިވްޔާ ހުރީ އާވެފައެވެ. އެތެރެ އަށް ވަން ގަނޑީ މީހެއްގައިގައި ޖެހިފައި ޒިވްޔާ އަރިއަޅާލިނަމަވެސް ނުވެއްޓި ސަލާމަތްވީ އެމީހެއް ޒިވްޔާގެ އުނަގަނޑުގައި ހިފާލުމުންނެވެ. ” ޒިވްޔާ ތަ ؟ ” އެއިވިގެން ދިޔައީ ދުވަހަކު ވެސް ޒިވްޔާ ހަނދާން ނުނެތޭނެ އަޑެކެވެ. ޒަޔާންގެ އަޑު ކަންފަތުގައި ޖެހުމުން ޒިވްޔާ ތެޅިގަނެފައި ދުރަށް ޖެހެލިއެވެ. އެއަށްފަހު އިސްއުފުލާލިއެވެ. ” މިތާތަ ވޯކް ކުރަނީ ” ޒަޔާން ޒިވްޔާ ކައިރި އަހާލިއެވެ. ” ލައްބަ ، ޒަޔާން ވެސް ތަ ” މަޑުމަޑުން ޒިވްޔާ އަހާލިއެވެ. ” އާން އަދިއަލަށް މިނިކުތީ އަހަރެން ” ޒަޔާން ބުނެލިއެވެ. ހިނިތުންވެލަމުން ޒިވްޔާ އެތެރެ އަށް ވަންނަން މިސްރާބުޖެހިއެވެ. ޒަޔާން ވެސް ޒިވްޔާގެ ފަހަތުން އެތެރެ އަށް ވަތީ ފުރަތަމަ ދުވަހު ގަނޑިނުޖެހި ވަނުމަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Hlw readers❤️❤️
Hope u will like this part ❤️❤️
Next ISA soon ❤️❤️
Stay safe and tvgc❤️❤️
masha allah… mi prt vx hama vvvv reethi ingey sisooo.. keep it up! waiting for the nxt prt… ss nd tvgc… lysssm… alhe once again sorry for the short cmnt ingey… hama bxy kamun.. ingey sis ah understand vaane kan… that’s y u r the best..
In reply to Nayaa
Thank uuu soo much sweetie
vvvv ufaavehje kamudhiyakan inguny maa
yess keep waitting ingeyyy . Next part mihaaru vaany submit kohlaafaa . laheh nuve kiyaalan libidhaane.
Its owksss eyy idk longas short uss Im happy to hear frm my readers weather its short or long . so im okk with any . i understand how busy it will be since schl vxx huluvuny ehnu . Awwwww rly That meanss a lotuu
lymmmmmmm
tc and stay safe