އަހަރެން އެނބުރި އަންނާނަން! … (1 ވަނަ ބައި)
(މި ވާހަކަ އަކީ ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. މިވާހަކަ ބިނާ ވެފައިވަނީ، އެކަނިވެރި އަންހެންކުއްޖަކު އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތާއި، މިމަސަތްކަތްތަކުގައި އެ ކުއްޖާ ކުރިމަތިލާންޖެހޭ، ތަފާތު ދަތި އުނދަގޫ ޙާލަތްތަކާއި، އެޙާލަތްތަކުން އަރައިގަންނަން ކުރާ މަސައްކަތް ތަކާއި، އޭގެ ނަތީޖާއެވެ)
********************
“އައްމަޑޭ ކައެއަށް އޭނަ..” މިހެން ބުނުފަށްފަހު ފިއްޓޭ ބާރަށް ހިނިގަނޑެއްޖަހާލިއެވެ.
“މައޯކޭ ދޯ..” އައްމަޑޭ ދެރަނުވާން ބުނެލިއެވެ.
ހާބަރު ކަޑައެއްގައި ހުރި މޭޒެއްގައި ހުރި ހުސްތަށިތައް ނެގުމުގެ މަސައްކަތުގައި އަހަރެން އަވަދިނެތި ކުރިއަށް ދިޔަވަގުތެވެ. އައްމަޑޭ މެންތިބީ ޖެހިގެން ހުރި މޭޒުގައިކަމުން އަހަރެންނަށް އައްމަޑޭ މެން ދެއްކި ވާހަކަ ރީތިކޮށް އިވުނެވެ. އައްމަޑޭމެން އަހަރެންނާއި ‘ފޮށުން’ އެއީ ކީ އަހަރެންނަކަށް އާކަމެއް ނޫނެެވެ. އަހަރެން އެ ކަޑައިގައި މަސައްކަތް ކުރާތާ 3 މަސްވީއިރު ހަމަ ކޮންމެ ދުވަހަކު ގްރޫޕް ހަދާފައި އައްމަޑޭ ކޮފީބޯން ކަޑައަށް އާދެއެވެ. ‘އޭއްޗެކޭ މީއްޗެކޭ’ ކިޔައިގެން އަހަރެންނާއި’ ފޮށިނުލާ’ އައްމަޑޭ ކަޑައިން ނިކުމެގެނެން ނުދާނެއެެވެ. އައްމަޑޭ ނޫނަސް ކަޑައަށް އަންނަ ބައެއް މީހުން އަހަރެންނާއި އާދަވެގެން ‘ފޮށެއެވެ’. އެކަހަަލަ ވަގުތުތަކުގައި އަަހަރެން ވަރަށް ލަދުގަނެ، ދެރަވެ، އަަދި ރުޅިވެސް އާދެއެވެ. އެހެނަސް މިވަގުތު އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތުމުން ހިތްވަރުކޮށްފައި އަހަރެން ވަޒީފާއަށް ނިކުންނަނީއެވެ.
އެއީ މީގެ އަހަރު ތަކެއް ކުރިއެވެ. ރަށު ސްކޫލުން ގްރޭޑް 10 ނިންމުމުން މަންމަ އާއި ބައްޕަ އަހަރެން މާލެ ފޮނުވީ ތުއްތަ މާލޭގައި މީހަކާއި އިނދެގެން އުޅޭތީ، އެގޭގައި އަހަރެން ބެހެއްޓުމަށެވެ. އަހަރެން ވަޒީފާއަކަށްގޮސް މަތީތަޢުލީމު ޙާޞިލްކުރަން ބޭނުންވާތީ، މިގޮތަށް އެއްބަސްވެގެން އަހަރެން މާލެއައީއެވެ. މަންމައާއި ބައްޕަގެ ތިބެނީ އަހަރުމެން ދެ ބެއިން އެކަންޏެވެ.
އަހަރެން ނުހަނު ފޮނި އުއްމީދާއި އެކު މާލެއައީމެވެ. ތުއްތައާއި އަފްސަލްބެ ގާތު ދިރިއުޅެން ފެށީ ޙަޔާތުގެ ސޮޕްޙާތައް ފުރިހަމަކަމާއި، އުފާވެރިކަމާއި އެކުގައި ލިޔެލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އެކުގައެވެ. އެހެނަސް ޙަޔާތުގައި ހުޅުރޯވެ، ފުޑުފުޑުވީ، ނުހަނު ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ތުއްތަ ވަޒީފާ އަދާކުރަނީ ހޮސްޕިޓަލެއްގެ ރިސެޕްޝަންގައިކަމުން، ހަފްތާއަކު އެއްރޭ ހަމަ ޔަޤީނުންވެސް ނައިޓް ޑިއުޓީއަށް ދާންޖެހެއެވެ. އެފަދަ ރޭރެއަކީ އަހަރެންގެ ޙަޔާތް ތަކުރާރުކޮށް’ ފުނޑު ފުނޑު’ ވާ ރޭތަކެވެ. އާނއެކެވެ. ތިޔަ ހީވީ ރަނގަޅަށެވެ. އަފްސަލްބެ އަހަރެންނާއި ގަދަކަމުން ‘ބެހެނީ’ އެވެ.
އަހަރެން ‘އެމީހާގަނޑު’ ދެކެ ހާދަފޫއްސެއްވެއެވެ. ތުއްތަ ކައިރީ ބުނަން ކިތަންމެ ފަހަރަކު ހިތައް އަރައެވެ. އެހެނަސް ތުއްތަ އެވާހަކަ ޤަބޫލުކުރާނެބާއޭ އަހަރެން ހިތާ ހިތާ ސުވާލު ކޮށްލެވެއެވެ. އަނެއްކޮޅުން ތުއްތަ އެވާހަކަ ޤަބޫލު ކޮށްފިނަމަ، ތުއްތަގެ ދިރިއުޅުން ‘ބަރުބާދު’ ވާނެއެވެ. އެވެސް އަހަރެންގެ ސަބަބުންނެވެ. އެހެން ވާކަށްވެސް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. އަހަރެންގެ އެއްބަނޑު އެއްބަފާގައި ހުރީ މީހަކީ ހަމައެކަނި ތުއްތައެވެ. ވީއިރު އެކަހަލަ ވާހަކައެއް ތުއްތަ ކައިރީ ބުނާކަށް އަރަހެންނަަކަށް ހަމަ ލާހިކެެއް ނޫނެވެ. ތުއްތަ ކައިރީ ބުނަން ނުކެރޭތާނގައި މަންމަ ކައިރީ ބުނާނެ ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ.
އޭގެ 2 މަސްފަހެވެ. އެއްދުވަހަކު އަހަރެން ކޮޓަރީގައި އުޅެނިކޮށް ތުއްތަ ވަރަށް ބާރަށް ކޮޓަރިއަށް ވަނެވެ.
” އިފާ!! މީ ކޯއްޗެއް!”
ތުއްތަ ދުވަހަކުވެސް އެހާ ރުޅިއައިސްފައި ހުރިތަނެއް މީގެކުރިއަކުން އަހަރެން ނުދެކެެމެވެ.
“މީ ކޯއްޗެއްހޭ؟.. މަމިއަހަނީ”
މިހެން ކިޔާފައި ހަޅޭއްލަވާގަނެފައި އަތުގައި އޮތް ކުޑަ ތަޅުދަނޑިއެެއް އަހަރެންގެ މޫނަށް ދިއްކުރިއެވެ.
އަހަރެންނަކަށް ވެގެން އުޅޭ ގޮތެއް ނޭގުނެވެ.
“ތުއްތާ އަހަރެންނަކަށް ނޭނގެ ތީ ކޯއްޗެއް ކަމެއް”
ތުއްތަގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ.
“އާނ! ކަލެއަކަށް ނޭނގޭނެ! މަގޭ ފިރިމީހާގެ ޖީބުގައި ހުންނަ އެއްޗެހި ކަލޭގެ ކޮޓަރިން ފެންނަ އިރުވެސް ހަމަ ކަލެއަކަށް ނޭނގޭނެ!”
އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ކެހިގެން ދިޔަހެނެވެ. ބިރުން މޭގަނޑު އަތަށް އައިކަހަލައެވެ. މިވާން އުޅޭގޮތެއް ނޭނގި ބިރުން ވިރިވިރި އެއްވެސް އެއްޗެއް ނުބުނެ އަހަރެން ހުރީމެވެ.
“ހަޔާތްކުޑަ އަންހެނެެށް މީ” މިހެން ބުނުމަށްފަހު އަހަރެންގެ ‘ކަންކަށި މަތީ’ ވަރަށް ބާރަށް އަޅާ ‘ ވިހެލި’ އެވެ.
“ހަމަ މިހާރު ކަލޭ ‘ރައްކާވޭ’ މިގޭން! އަހަރެންގެ ހަޔާތް ބަރުބާދު ނުކޮށް!”
މިހެން ބުނުމަށްފަހު ތުއްތަ ވަރަށް ބާރަށް އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


woooow v salhi… when next part ?
Well written story! But next time when you write please write a bit longer and do describe the characters more .. goodluck
Wonderful,but very short, can u write bit longer ?
Varah reethi mi vaahaka ves… Btw whn next part dear….. Will be waiting for the next part ingey..
When is the next part… next part thankolheh dhigu kohdehchey…… vvvvvvvv reethi
When is next part
Wow v salhi ekam haadha kurey.
Waiting for next part
Thank u readers …and thank u for the comments..??
Part 2 was uploaded on 2 March..do read & pls comment so that I know if u liked it & where to improve..much love XoXo ♥️