ކުރީގެ އަދަދާއި ގުޅޭ…… “އަޑުއަހާ! އަހަރެންނަށް މިވާހަކަތައް ބުނާނެ ގޮތެއް ނޭންގިގެން މިއުޅެނީ، އެކަމު މިކިޔާދެނީ” އެޑަމް ވަރަށް ސީރިއަސް ކަމާއިއެކު ވާހަކަ ފެށިއެވެ. އާހިލްއާއި އައްމަޑޭ ވަރަށް ސީރިއަސް ވިއެވެ. އަދި އެޑަމް ކިޔަން އެއުޅޭ އެއްޗެއް ކަނުލާ އެހުމަށް އެކަކު އަނެކަކުގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލަމުން ހަމަ ހިމޭން ވެލިއެވެ. “އަސްލު ވެގެން އުޅޭގޮތަކީ…” އެޑަމް އެހެން ބުނެފައި ފުންނޭވާއެއް ލަމުން އަނެއްކާވެސް މަޑުޖެހުނެވެ. އެ ވާހަކަ ހަމަ ބުނަންވީ ބާއޭ އެޑަމްގެ […]
ރޭގެ ކަންތަކާއި ހުރެ އޮފީހަށްދާން ތެދުވެވުނީވެސް ގަޑިޖެހެން ކައިރިވެފައި ވަނިކޮށެވެ. އަވަސް އަވަސް ކޮށްލައިގެން ހުސްބަނޑާ އޮފީހަށް ދިއުމަށްޓަކައި ސައިކަލަށް އަރާ ދުއްވާލީމެވެ. އަދިވެސް އަހަރެންގެ ބޮލުގެތެރޭގައި އެނބުރެނީ ރޭގައި ޝިފާ ދެއްކި ވާހަކަތަކެވެ. އިޙްސާސް ވަމުން ދިޔައީ ދުނިޔޭގައި އެކަނިވެފައިވާ މިންވަރެވެ. އެހެންދުވަސްތަކާއި ޚިލާފަށް ހާޒިރީގައި ސޮއިކުރުމަށްފަހު ރިސެޕްޝަން ކުދިންނާއި އަނގަތަޅަން މަޑުނުކޮށް އަހަރެން އަވަސްވެގަތީ ސެކްޝަނަށް ދިއުމަށެވެ. އަހަރެން ބޭނުންވީ ރޭގައި ޝިފާ ދެއްކި ވާހަކަތަކުގެ އިތުރު ތަފްޞީލް ހޯދުމަށެވެ. އޭގެ ޙަޤީގަތަކީ ކޮބައިތޯ […]
“ވެއާއިޒް އާހިލް؟” މުދައްރިސް ނަގާދެމުން ދިޔަ ފިލާވަޅުގެ ތެރެއަށް ގެއްލިފައި އިންދާ ކުއްލިއަކަށް ސިއްސައިގެންގޮސް އާހިލް އަށް ބަލާލެވުނީ ސްޕަވައިޒަރ ޕަރޭ އައިސް އާހިލް ކޮބައިތޯ ސުވާލު ކުރުމުންނެވެ. ވެގެން އުޅޭގޮތެއް ނޭނގި ހައިރާންވެ އިނދެ ޕަރޭ އާއި ދިމާއަށް ބަލާލަމުން އާހިލް އަތްމައްޗަށް އުފުލާލީއެވެ. “ކަމައުޓް!” އާހިލް އަތް އުފުލާލުމާއިއެކު ޕަރޭ ވަރަށް އަމުރުވެރިކޮށް ގޮވާލަމުން އަތުގެ އިޝާރަތުން ކުލާހުން ބޭރަށް ނިކުތުމަށް އާހިލްއަށް އަމުރު ކުރިއެވެ. ސުކޫލުގެ އޮފީހަށް ހާޒިރުކުރަން ޖެހޭވަރުގެ ކަމެއް ކޮށްފައިވާކަމެއް […]
ވަރަށްވެސް ރީތި ހިތްގައިމު ރެއެކެވެ. އުޑުމަތީގައިވާ މަދު ކުދިކުދި ވިލާކޮޅުތައް އުޑުމަތީގެ އެކިސަރަހައްދުތަކަށް ބެހިލާފާވާއިރު އުޑުމައްޗަށް ސްޕްރޭ ކޮށްފައިވާ ހުދު ތިކިތަކެއްހެންވާ ތަރިތަކުގެ ސަބަބުން އެރޭގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. ދާދިކައިރިން ފެންނަން އޮތް ހުޅުލޭގެ އަލިކަންވަނީ އެމަންޒަރު ބަލާ މީހުންގެ ހިތްތަކަށް ހިތްހަމަ ޖެހުން ގެނެސްދޭ ފުރިހަމަ މަންޒަރަކަށެވެ. އެއާއިއެކު ހުޅުލޭގެ ރަންވޭއަށް އިރު އިރުކޮޅާ ޖައްސާ ނަގަމުންދިޔަ ފްލައިޓްތަކުގެ މަންޒަރަކީވެސް ހިތްތަކަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދެމުން ދިޔަކަމެކެވެ. ފަހި ދުވެލީގައި ފެރީ ދަތުރު […]
“މައުމޫން އިސްތިއުފާ! މައުމޫން އިސްތިއުފާ” އެކީއެކައްޗަކަށް، މުޅިތަން ގުގުމާއިގެން ދާވަރަށް އިވެމުންދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވަމުންދިޔަ އަޑެވެ. އަދި ހަމައެއާއިއެކު ޖަލުގައިވާ ސިޔާސީ ކުއްވެރިން ދޫކޮށްލުމަށާއި ސިޔާސީ މީހުން ހިފާ ހައްޔަރު ނުކުރުމަށް ވެސް އެއްވެފައިވާ މީހުން ގޮވަމުން ދިޔައެވެ. އަދި ޗީފް އޮފް ޕޮލިސް އާދަމް ޒާހިރު ގެ އިސްތިއުފާ އަށް ގޮވަމުން ދިޔައިރު މުޅި ޖުމްހުރީ މައިދާނާއި ޙުސައިން އާދަމް ބިލްޑިންގ ކައިރިއާއި ބަންޑާރަ ކޮށި ކުރިމަތިވަނީ އެއްވެފައިވާ މީހުނާއިގެން ތޮއްޖެހި ފުރި […]
ދުވާލު ހަތަރުދަމު އޮފީހުގައި އުޅުމުގެ ސަބަބުން ވަރުބަލިކަން އިޙްސާސް ކުރެވެން ފެށިއެވެ. މަސައްކަތުގެ ތެރެއަށް ގެއްލިފައި އިންވަރުން މީހަކަށް ގަޑި ކިޔާފައި ވާކަންވެސް ހަނދާންނުވިއެވެ. ގަޑިއަށް ބަލާލުމަށްފަހު އަވަސްއަވަހަށް އޮފީހުން ނިކުމެގެން ފެރީއަށް ދިއުމަށްޓަކައި ބާރު ހިނގުމެއްގައި ހިނގައިގަތީމެވެ. އިރުއޮއްސުމާއިއެކު ދުވާލުގެ އަލިކަންފިލާ އަނދިރިކަންވަނީ ވެރިވެފައެވެ. އެހެންނަމަވެސް މަގުތަކާއި ގެތަކުގައި ކަރަންޓުގެ އެހީގައި ދިއްލާފައިވާ ބޮކިތަކުގެ ސަބަބުން މާލެތެރެއަށްވަނީ ކަރަންޓުގެ އަލިން ޒީނަތްތެރިކަން ގެނެސްދީފައެވެ. ފެރީއަށް ލައްވާލީ ހަމަކިރިޔާއެވެ. އިށީދެލާނެ ތަންކޮޅެހޯދުމަށް ފެރީގެ ދެފަރާތަށް ލޯހިންގަމުން މަޑު […]
ކުރީބަޔާއި ގުޅޭ.. މިސްކިތައް ދިޔައިރު މިސްކިތްވަނީ ފުރި ތޮއްޖެހިފައެވެ. އަހަރެންނަށްވެސް ޖެހުނީ ބޭރުގައި ކުނަލެއް އަޅައިގެން އިށީންނާށެވެ. އެއްމެންވެސް ތިބީ ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމުގައެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު އައިސް އަހަރެންގެ އަތަށްވެސް ޚަތިމެއް ދިއްކޮށްލިއެވެ. “ބޭބޭ ކީއްދޯ ވެގެން މި އޮޅެނޫ؟” އޭނާ ޚަތިމް ދިއްކޮށްލުމާއި އެކު އަހަރެން ހާސްކަމެއްގައި އިނދެ، ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށް ސުވާލު ކުރީމެވެ. “ކޮއްކެޔާ….މާލެއަށް ކާފަރުންތެކެއް ބަޑި ހިފާގެން އަރާ މާލެ ހިފާގެން މި އޮޅެނޫ” އޭނާ […]
މި ވާހަކައަކީ 3 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހު ދިވެހިންގެ ޚާއިނުން ތަކަކާއި ލަންކާގެ ތަމަޅަ ޓައިގަރުންގެ ހަނގުރާމަ މަތީ ޓެރަރިސްޓް ޖަމާއަތެއް ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ދުވަހުގައި އަޅުގަނޑު ތަޖުރިބާ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ވާހަކަ ލިޔެފައިވާނީ އެދުވަހު އަޅުގަނޑުމެންގެ ރަށުގައި ކަން ހިނގާ ދިޔަގޮތާއި އަޅުގަނޑުގެ އަމިލއްލަ ތަޖުރިބާގެ މައްޗަށެވެ. ކަންހިނގާދިޔަގޮތް އޭގެ އަސްލާއި އެއްގޮތަށް ގެނެސް ދިނުމަށްޓަކައި ވާހަކައިގެ ޑައިލޮގްތައްވެސް އަޅުގަނޑު ގެނެސްދީފައިވާނީ ރަށު […]
އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީ ހިނދު މުސްލިމުންގެ މައްޗަށް ވާޖިބު އަދި ސުންނަތްކަން ގަދަވެގެންވާ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ދީނާއި ދުނިޔޭގެ ދިރިއުޅުމުގެ އެކި ކަންކަމާއި ނުވަތަ މުނާޞަބަތު ތަކާއި ގުޅިގެން ދީނުގައި ކަނޑައަޅާ ލައްވާފައެވެ. އެހެންނަމަވެސް މިޒަމާނަށް ބަލާއިރު ދީނުގެ އަޅުކަމުގެ ކަންކަން ފުރިހަމަ ކުރުންވެސް ވެފައިވަނީ ފައިސާ އާއި ގުޅިފައިވާ ކަންކަން ކަމުގައެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ފައިސާ ލިބުން ދަތިވުމާއި ގުޅިގެން ދީނުގައި ކުރަން ބޭނުންވާ ގިނަކަންތައްތަކެއް މިދަނީ އެކަންކަން ކުރުމުގެ ކެރި […]