ލޮނުޒިޔާރަތްކޮޅުގެ ސަކަރާތްގަނޑު ބަލަން ދިއުމަށްޓަކައި މިހާރަކަށްއައިސް ޝިޔާމް ކޮންމެ ރެއަކުވެސް މިހާކަންހާއިރު އަހަރެންނަށް ގުޅައެވެ. ޝިޔާމަކީ އެކަހަލަ ކަންތައްތަކުގައި ވަރަށް ފޯރިނަގާފައި އުޅޭމީހެއްކަމުން އެހެން އޮންނަ ކޮންމެ ކަމެއްގެ ޚަބަރު ބަރާބަރަށް އަހަރެންނަށް ދެއެވެ. ޝިޔާމާއި އަހަރެންނަކީ އެއް އޮފީހެއްގައި މަސައްކަތްކުރަމުން އަންނަ ވަރަށްގާތް ދެ އެކުވެރިންނެވެ. ވަރަށް ގިނަކަންކަމުގައި އަހަރެންނާއި ޝިޔާމަކީ ވަރަށް ޚިޔާލު އެއްގޮތް ދެމީހުނެވެ. ޚާއްޞަކޮށް ސަރުކާރުން ކުރަމުން ގެންދާ އިންސާފެއްނެތް ކަންކަމުގައި އަހަރެމެން ދެމީހުންގެ ޚިޔާލު ވަރަށް އެއްގޮތެވެ. އެގޮތުން އޮފީހުގައި […]
“ކައިގެން ދާނީ ދުއްވާލަންދޯ؟” ރޭގަނޑުގެ ކެއުން ނިންމާލާފައި އަހަރެން ތެދުވުމާއިއެކު ޝެޑިއުލްގައި އަންހެނުން ކަނޑައަޅާފައިވާ ކަންތައް ބުނެލިއެވެ. އަހަރެން ޖަވާބުގައި އަންހެނުންނާއި ދިމާއަށް ބަލާލުމަށްފަހު ހީލަމުން ބޯޖަހާލީމެވެ. “އެކަމަކު ރަނގަޅަށް ކާތި! ދެމީހުނަށް ކާންޖެހޭކަން ހަނދާން ނައްތާ ނުލާތި!” ނުޝްރާ އަވަސް އަވަހަށް ކާން ފެށުމާއިއެކު އަހަރެން ބުނީމެވެ. އަދި ފަހަތުން އައިސް ނުޝްރާ ގައިގާ ބައްދާލުމަށްފަހު ނުޝްރާގެ ބަނޑުގައި މަޑުމަޑުން ފިރުމާލީމެވެ. ނުޝްރާ ބަލިވެ އިންފަހުން މިހާރު ހަމަސް ދުވަސްވީއެވެ. މިހާރަކަށް އައިސް ކޮންމެރެއަކުވެސް ރޭގަނޑުގެ […]
މިހާރު ކޮންމެ ޤައުމަކަށް ކޮންމެ ރަށަކަށް ކޮންމެ މުޖުތަމަޢުއަކަށް އަދި ކޮންމެ އާއިލާއަކަށް ބަލާލިނަމަވެސް އެއްމެ ކަންބޮޑުވާ އެއްމައްސަލައަކަށް ވެފައިވަނީ މަސްތުވާތަކެތީ ނުރައްކާތެރި ވަބާ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އައްޑިހައިގެ އަހަރުތަކުން ފެށިގެން މި ދިވެހިރާއްޖެއަށްވެސް މިވަނީ ޑްރަގުގެ ވަބާއާއްމުވާން ފަށާފައެވެ. އެގޮތުން މިއަދު ދިވެހި މުޖްތަމަޢު މިވަނީ މަސްތުވާތަކެތީގެ ހާލިތަކަކަށް ވެފައެވެ. ޑްރަގް، އާދެ، މަސްތުވާތަކެތީގެ ހަމަ ކޮންމެ ބާވަތަކީވެސް އެއެއްޗަކުން އިންސާނާގެ ޖިސްމާއި ނަފްސަށް ނުހަނު ބޮޑެތި ގެއްލުންތައް ލިއްބުވައިދޭ އެއްޗިއެއްސެވެ. މަސްތުވާ ތަކެތީގެ […]
މި ލިއުމަކީ އަޅުގަނޑުގެ ކާފަ އަލްމަރުޙޫމް ކުޑަކަތީބު އަލިފުޅާއި އަޅުގަނޑުގެ މާމަ އަލްމަރުޙޫމާ ހައްވާ މޫސާ މީގެ 55 އަހަރު ކުރިން ހިޖުރީ ގޮތުން 1379 ވަނަ އަހަރު ކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް ގައިވާ ކައިވެނިކުރެވޭ ދެމީހުނަށް އަންގާފައިވާ ލިއުންތަކެވެ. މި ކައިވެނީގެ ސެޓްފިކެޓްގައިވާ ލިއުންތަކުން އަޅުގަނޑަށް އެނގުނީ އޭރުގެ ކައިވެނިތައް ކޮށްދީފައިވަނީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ކަމެވެ. ވުމާއި އެކު ކައިވެނި ތަކުގައި ގޮށްޖަހަމުން ދާ ފަރާތްތަކަށް މިފަދަ ކައިވެނި ތަކުގެ ހަރުދަނާކަމުންވެސް އިބްރަތެއް ނުވަތަ […]
ހެނދުނުއްސުރެ އަހަރެން އުޅެމުން ދިޔައީ ޖެހިގެން އޮތްދުވަހު އޮތް ހިސާބުގެ ފުރަތަ ކަރުދާހުގެ އިމްތިޚާނަށެވެ. އެހެން ނަމަވެސް ރޭގައި ޝާޔާއާއި ދެކެވުނު ވާހަކައާއި މިއަދު ކަންވެދާނެ ގޮތެއް އަހަރެންގެ ސިކުނޑިން ފިލައިގެން ދާގޮތެއް ނުވިއެވ ފިލާވަޅުތައް ހަދަން އިންނަމަވެސް ޝާޔާ ގުޅާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނެމުން ދިޔައެވެ. ވާނީ ކިހިނެއް ބާއެވެ؟ އަހަރެންގެ ހިތް ނުތަނަވަސް ވަނީ ކީއްވެ ބާއެވެ؟ މިއަދަކީ އަނެއްކާ އަހަރެންނާއި ޝާޔާގެ ލޯބީގެ ފަހު ދުވަސް ބާއެވެ؟ މިކަހަލަ އެތައް ސުވާލެއް […]