Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ – ޓްރެއިލާ

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
July 21, 2024 2 Mins Read
2 Comments

ނޯޓް:މިއީ އެއްވެސް އިރެއްގައި ހިނގައިފައިވާ ނުވަތަ ހިނގައިފާނެ ކަމެއް ލިޔެފައިވާ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗަށް ލިޔެފައިވާ މުޅިން ޚިޔާލީ ވާހަކައެކެވެ.

***

މިއީ ތޭވީސް ވަނަ ޤަރުނެވެ. ސީދާކޮށް ބުނާނަމަ 2221 ވަނަ އަހަރެވެ. މި ޒަމާނުގައި ދިވެހިރާއްޖެ ތަހުޒީބާއި ތަމައްދުނުގެ ރޮނގުން ކުރިއަރައިފައި ވަނީ އިންތިހާއަށެވެ. ދުނިޔެއަށް މަޝްހޫރު ބައެއް ކޮންޕެނީތަކުގެ ވެރިންނަކީ ދިވެހީންނެވެ. ދިވެހި ސައިންސުވެރިންގެ ދިރާސާ ތަކުން ވެސް އައު އެތައް ކަމެއް ހޯދިފައިވެއެވެ. ފަތުރުވެރީން އެންމެ ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ވިހި ވަނަ ޤައުމަކީ ވެސް މިއީއެވެ. 

ފަންނިއްޔާތުގެ (ޓެކްނޮލޮޖީގެ) ގޮތުން އެހާ ވަރަށް ކުރިއަރައިގެން ދިޔަ ނަމަވެސް ދިވެހީންގެ ރީތި އުޅުމާއި މުރާލިކަމަކަށް ބަދަލެއް ނާދެއެވެ. މިކަމުގެ އެއް ހެއްކަކީ އެއްވެސް ބިދޭސީއަކު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ނޫޅުމެވެ. ހަމައެހެންމެ މި ޤައުމުގެ ކުށުގެ އިންސައްތަ ވެސް ވަނީ އެއް ހަމައެއްގައި ހިފެހެއްޓިފައެވެ. މާލޭގައި އެޅިފައި އެވާ ޖަލަށް ވަންނަ ކުށްވެރިއަކަށް ނުކުމެވޭނީ ހަމައެކަނި އެމީހެއްގެ މުއްދަތު ހަމަވުމުންނެވެ. މި ސަބަބާއި ހުރެ ކުށްވެރިން އެމީހުންގެ ނުބައި ޢަމަލުތައް ހިންގަނީ ވަރަށް ސިއްރިޔާތުގައެވެ. އެގޮތުން މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ މައްސަލަ އާއި ގުޅުން ހުރި އެއްވެސް ކަމެއް އެނގިފައެއް ނުވެއެވެ. އެ މައްސަލައިގެ ޙަޤީޤަތް ހޯދުމަށް ފުލުހުންނާއި އެހެން ފަރާތްތައް ވަނީ ނުކުޅެދިފައެވެ. 

ރެހެންދި ސްކޫލުގައި އޯލެވެލް އިމްތިހާނު ހެދުމަށް ތައްޔާރު ވަމުންދާ ރިފްޤާއާއި ޝެހެނާޒާއި ހޫދަކީ ނުހަނު ގާތް އެކުވެރީންނެވެ. ތިން ކުދީންގެ ބޭރު ފުށާއި އެތެރެ ފުށުގެ ސިފަތައް އުޑާއި ބިމާހައި ތަފާތު ވިޔަސް ގުޅުން ވަރުގަދައެވެ. ރިފްޤާ އަކީ ހިސާބަށް ވުރެ ހަލަނި އާދަޔާ ޚިލާފު ރީތި ކަމެއް މިލްކުކޮށްފައިވާ އަންހެން ކުއްޖެކެވެ. މިއާއި ޚިލާފަށް ޝެހެނާޒަކީ މަޑުމައިތިރި، ކިޔެވުމަށް ލޯބިކުރާ، ކަންކަން ޖާސޫސްކޮށް ތަޙުޤީޤު ކުރާހިތްވާ ކުއްޖެކެވެ. ހޫދަކީ ސަކަރާތް ގަދަ، ހަށިގަނޑުގެ ބާރުގަދަ ފިރިހެނެކެވެ. 

މި ތިން ކުދިން ކަރު ހިއްކައިގެންފައި ވަނީ އެ އުޅޭ ކުލާހުގެ އެހެން ކުއްޖަކަށް ދިމާވާ ކަންތައްތަކެއްގެ ޙަޤީޤަތް ހޯދުމަށެވެ. އެ ކުއްޖާ ސިއްރުކުރަމުން ދާ ކަންކަން ހޯދައިގަތުމަށެވެ. އެ ތިން ކުދިންނަށް ކިޔާރާގެ ޙާލު އެނގި ޙަމްދަރުދީވެއެވެ. އެހެނަސް ކަންތައް ވެގެން ދަނީ ވަރަށް ވެސް ހީނުކުރާ ކަހަލަ ގޮތަކަށެވެ. ދެން ދުވަސްގަނޑެއް ފަހުން (އޯލެވެލް އިމްތިހާނުތައް ހަދާ ނިމޭ ފަހުން) އެކުދިންނަށް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ މައްސަލައިގެ ތެރެއަށް ވަންނަން ގޮތަކަށް މަޖުބޫރު ވަނީއެވެ. އެކުދިންގެ އޮމާން ދިރިއުޅުން އެފުށް މިފުށަށް ޖަހާލަމުންނެވެ. ސަކަރާތް ޖަހާ މަޖާ ކޮށް އުޅުނު ކުދިންގެ ވިސްނުން އެ މައްސަލައިން ހިސާރު ކޮށްލަމުންނެވެ. 

ކިޔާރާއަށް ވެގެން އުޅެނީ ކިހިނެއް ހެއްޔެވެ؟ އެ ކުއްޖާއަށް ދިމާވެފައިވާ ކަންކަމުން ސަލާމަތް ކުރުމުގައި ރިފްޤާމެން ކާމިޔާބު ވާނެ ހެއްޔެވެ؟ ރާއްޖޭގެ ހަމަޖެހުން ނަގައިފައިވާ މައްސަލައިގެ ތެރެއަށް އެ ކުދިން ވަންނަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އެ ކުދިންނަށް އެ މައްސަލަތަކުގެ ޙަޤީޤަތް ހޯދޭނެ ހެއްޔެވެ؟ ނުވަތަ ކުރިހާ މަސައްކަތެއް ވާނީ ކުރި އެކޭ އެއްގޮތަށް ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށް ހެއްޔެވެ؟

މި ހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް މި ވާހަކަ ‘ޙަޤީޤަތް ހޯދުމޭ’ ކިޔުއްވާލާ. މި ވާހަކަ މައިގަނޑު ގޮތެއްގައި ކެޓަގަރައިޒް ކުރެވޭނީ ޑިޓެކްޓިވް ފިކްޝަނެއްގެ ގޮތުގައެވެ. 

 

– މިއީ އަޅުގަނޑު މި ބަޔަށް ލިޔާ ފުރަތަމަ ދިގު ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވެއެވެ. މި ވާހަކައަށް ތިޔަ އެންމެހާ ކިޔުންތެރީންގެ ތަރުހީބު ލިބޭނެކަމަށް އުންމީދު ކުރަމެވެ. – 

– އިންތިޒާރު ކޮއްލައްވާ –

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ތެމި ވާރޭގައި ވީމޭ 22 & 23

Next

ލޯބިވީމޭ 3

Next
July 22, 2024

ލޯބިވީމޭ 3

Previews
July 21, 2024

ތެމި ވާރޭގައި ވީމޭ 22 & 23

2 Comments!

  1. Anonymous says:
    July 28, 2024 at 7:33 pm

    ހަމަ އިނތިޒާރުގާ
    ވަރަށް ކިޔާ ހިތްވާ ކަހަލަ ވާހަކައެއް

    1. White rose White rose says:
      July 30, 2024 at 4:46 am

      IA I will upload first ep very soon. Thnx for commenting

Comments are closed.



All Right Reserved!