އެ ބިރުވެރި ރޭ
ރިޕޯޓު ފޯމު އަތަށް ލިބުމާއެކު އަހަރެންނަށް ހިންދިރުވާލެވުނެވެ. އަތް ތުރުތުރު ލަމުން ދިޔަ ޙާލު މޭޒުމަތީގައި އެ ފޯމު ބޭއްވީމެވެ. އަހަރެން ބަލައިލީ ފަހަތުގައި އިށީނދެ އިން ފަރުހާނަށެވެ. ދެން ޖެހިގެން އިން ލޫޠަށެވެ. އެމީހުންގެ މޫނުމަތި ވެސް ހުދުވެފައި ވުމުން އެމީހުންނަށް ވެސް ލިބުނީ މާ ރަނގަޅު ނަތީޖާއެއް ނޫން ކަން އެނގުނެވެ. ނަސީބު ރަނގަޅު ކަމުން އަހަރެމެން ތިން މީހުންގެ ބެލެނިވެރިން ފޯމު ބަލާކަށް ނާދެއެވެ. މަސައްކަތުގައި މާ ބިޒީއެވެ. އެހެނަސް ގެއަށް ދިއުމަށް ފަހު މި ދައްކަން ޖެހޭނެއެވެ. މިދިޔަ ފަހަރު ތަކަށް ވުރެ އަހަރެންނަށް ލިބުނު މާކުސް ދަށް ވުމުން ދެގުނަ ހަފުސް ކޮށްލާނެ ހެން ހީވެއެވެ. އެންމެ މާއްދާ އަކުން ފާސް ވެފައި ނުވާއިރު އެންމެ މަތިން ވެސް ލިބުނީ ޑީ އެކެވެ.
“ފަރޫ! ބްރޯ ކިތައް މާއްދާއިން ފާސް ވިތަ؟ މަ މިފަހަރު ނުވި އެކައްޗަކުން ވެސް. ގައިމު ދަސްކުރިން. ގެއަށް ދާ އިރަށް މަ ކަތިލާނެ.” ހިނގައިފައި ސުކޫލު ގޭޓުން ނުކުންނަމުން އަހަރެން ބުނެލީމެވެ. “ހެހެހެ… މަ ފޮތެއްގަ އަތް ނުލި މީހާ ވެސް އެއް މާއްދާއިން ފާސް ވެއްޖެ ތާ. އެކަމަކު ވެސް ބޮޑު ވަރު ދޯ! ފާރިޒު މެން ކޮންމެ ފަހަރަކު ފުލު މާކުސް ޖަހާލާގޮތަށް އަހަރެމެން ވެސް ދެން ފަހަރަކުން އެހެން ހަދަން ހިނގާ ބަލަ.” ފަރުހާނު ބުނެލިއެވެ.
“ކިހިނެއް ތަ ކުއްލިއަކަށް ކިޔެވުމަށް އޭނާ އެހާ މޮޅުވީ؟ މަ ވެސް ބޭނުން އެކަހަލަ ޖާދުލެއް ހަދާލަން. އަބަދު ފޭލި ވެގެން މީހާ ހަލާކު ވަނީ ވިއްޔާ. ދެން ގައިމު ވެސް ދަނޑަކަށް މޫދަކަށް ކުޅޭކަށް ނުދެވޭނެ.” ލޫޠު ބުނެލިއެވެ. “ބްލެކް މެޖިކް.” ވައި އަޑުން ފަރުހާނު ބުނެލި އަޑަށް އަހަރެން ދެލޯ ބޮޑު ކޮށްލެވުނެވެ. ސިހުރު ހަދައިގެން މާއްދާތަކުން މަތިން ލިބޭ ކަމެއް އަހަރެންނަކަށް ކުރިއަކުން ނޭނގޭ ވިއްޔާއެވެ.
“ފަރޫ އަށް އެނގޭތަ އެކަން ކުރަން؟” ލޫޠު އެ މަޢުޟޫއާއި ވަރަށް ގަޔާވިއެވެ. އަހަރެން ވެސް ކެތްމަދުވެފައި ހުރީ އޭނާގެ ޖަވާބަކަށެވެ. “އެހާ ރަނގަޅަކަށް ނޭނގޭ. އޭނަ ކައިރީ އަހާލަން ޖެހޭނީ. އޭ. ކަލޭ މެން ބޭނުންވީތަ އެކަން ކުރަން؟” ފަރުހާނު އެހިއެވެ. “ޔަޤީނެއްނު. ކާކު ތަ ބޭނުން ނުވާނީ؟ އެވަރުގެ ކަމެއް ކޮށްލައިގެން އޭ ސްޓާ ޖަހަލައިފިއްޔާ މަށަށް މިނިވަންކަން ލިބޭނެ. މަ ކޮންޕް އަނބުރާ ލިބޭނެ. އެކްސް ބޮކްސް އާއި ވައިފައި ބޭނުން ކުރަން އަނބުރާ ލިބޭނެ. ކިހާ ސަޅި ޑީލެއްތަ؟ ލޫ ވެސް އެއްބަސް ދޯ!” އަހަރެން ލޫޠަށް ދޯ އެއް އެއްލީމެވެ. އޭނާ ބޯ ކަހާލައިފައި އާނބަސް ދިނެވެ.
“އެހެން ވިއްޔާ މަ އެކަން ދަސްކޮށްފަ ތައްޔާރު ވެގެން ހުންނާނަން. ދެން ހަނދުގެ ބުރު ހަމަވާ ރޭ އެ މަސައްކަތް ކުރާނީ. އަދި އެބަ އޮތް ދެ ހަފުތާ ވަރު.” ފަރުހާނު އިނގިލި މަޅާލަމުން ބުނެލިއެވެ. އަހަރެންގެ ދެލޯ ވިދާލީ އެކަން ކުރަން ކަނޑައެޅި ރެއަށް އިންތިޒާރު ކުރާ ޙާލުގައެވެ.
ގެއާއި ހިސާބަށް އައިސްފައި އަހަރެން ފުން ނޭވާއެއް ލީމެވެ. ހިތްވަރު ކޮށްފައި އެތެރެއަށް ވަދެގެން ދިޔައީމެވެ. ސިޓިންރޫމުގައި ހެދުމެއް ފަހަން އިން މަންމަ ފެނުމުން ކުރި ހިތްވަރު ވަޔަށް ބުރައިގެން ދިޔަ ހެން ހީވިއެވެ. މަސައްކަތް ހުއްޓާލައިފައި އަހަރެންނަށް ސަމާލުކަން ދީ ބަލައިލި ގޮތުން ވެސް ބިން ފަޅައިފައި އަޑިއަށް ދާން ބޭނުން ވިއެވެ. އެ އަތް ދިއްކޮށްލީ ފޯމު ދޭން އަމުރު ކުރާ ކަހަލަ ގޮތަކަށް ކަން ރެއަކާލުމުން ދަބަސް ނަގާ ހުޅުވާލީ ލަސްލަހުންނެވެ. އޭގެ ތެރެއިން ފޯމު ނަގައިފައި ދިއްކޮށްލީ އަނެއް ފަރާތަށް މޫނު އަނބުރާ ލަމުންނެވެ.
“ޔޫސުފް އައްފާން މުނީރު. މި ފަހަރު އެންމެ މާއްދާއަކުން ވެސް ފާސްވާނެ ވަރު ނުކުރެވުނީތަ؟ އޭނ… ކީއް ވެގެން ހޭ މިހާ ދަށްވީ. މި ކުރާ ސުވާލަށް ނިކަން ޖަވާބު ދީބަލަ.” މަންމަގެ ތޫލި ރުޅިވެރި އަޑުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބިރުން ގޮސް ދާ ހިއްލާލައިފިއެވެ. މުޅި މީހާގެ ގައިން ތުރުތުރު އަޅަމުން ދިޔައީ ހާސްވެފައި ހުރި ވަރުންނެވެ. “މަ…މަންމާ. އަޅު…ގަނޑު ދަސްކުރިން…. އެކަމު މިސް ދިނީ…” އަހަރެންނަށް ޖުމްލަ މެދުކަނޑާލަން ޖެހުނީ ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ހޫނު ޙަމަލާ އެއްގެ ސަބަބުންނެވެ. މޫނުން ނަގައިގަތް ދިލަޔަށް ކެތްނުވެގެން ލޮލުން ކަރުނަ ހިލުނެވެ.
“އަމިއްލަ ނަފްސުގެ ކުށް ޤަބޫލުނުކޮށް ކިޔަވައިދޭ މުދައްރިސުންގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލަން ނޫޅެބަލަ. މާފަންނު މީހުން މަސް ނުބޭނުނީމަ ކަނޑު ނުބައި ކުރާ ހެން އައްފާނުގެ ވާހަކަ ހުންނަންޏާ ރުޅި ނައިސް ހުންނާނެ ތަ؟ އަމިއްލަ ބަފާ މަރުވީމަ ޙާލަކުން ކަލޭ ބަލާ ބޮޑު ކުރަނީ ސަބަބެއް އޮވެގެންނޭ. އަމިއްލައަށް އަމިއްލަ މުސްތަޤުބަލުގައި އަލިފާން ނުޖެހިޔަސް ވެދާނެ. ކޮންމެ ދުވަހަކު މަގުމަތީގައި ލާޗާރު ބިޗާރަށް އުޅެގެން މީހާ ތިޔަ ހަލާކުވަނީ. ދެން ސުކޫލާއި ނަމާދަށް ފިޔަވައި އެ ދޮރުން ބޭރު ވެގެން ނުވާނެ.” މަންމަގެ ތޫނު ލަފުޒުތައް އިވިފައި އަހަރެންނަށް ހީވީ މީހަކު މޭގައި ހިފާ ފިއްތާލި ހެންނެވެ. ހިތަށް ތޫނު ހަންޖަރެއް ހަރާލީ ހެންނެވެ. އިތުރަށް އެތަނުގައި އެންމެ ސިކުންތަކަށް ވެސް މަޑުކޮށްލަން ބޭނުން ނުވާތީ އަހަރެން އަމިއްލައަށް ކޮޓަރިއަށް ވަންނަން ދިޔައީ ދުވެފައެވެ.
ދޮރު ތަޅުލައިފައި އެނދަށް ވެއްޓިގަންނަމުން އަހަރެން މޫނުގައި ބާލީސް އަޅާލީމެވެ. އަހަރެންގެ ނަތީޖާ ލިބޭ ކޮންމެ ފަހަރަކީ ވޭންދެނިވި ޢަޒާބެއްގައި އުޅުން ފަދަ ކަމެކެވެ. އެހެން އޮވެފައި އަހަރެން ޢަޒުމު ކަނޑައެޅީ ދެން އޮތް އިމްޠިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ސިހުރު ހަދާށެވެ. އެއީ ކުރުން ކިހާ ނުބައި ކަމެއް ކަން ވެސް ހަނދާނުން ކައްސާލި ހެން ހީވިއެވެ.
ގޭބަންދުގައި ދުވަސްތައް ހޭދަކުރަމުން ދިޔަ އަހަރެންގެ ވަށައިގެން ވަނީ ފޫހިކަމާއި ނުތަނަވަސްކަމުގެ އިތުރުން ނާއުންމީދެވެ. މަންމަގެ ފަރާތުން ވިހަގަދަ ބަސްތަކެއް އިވިގެން ދާ ކޮންމެ ފަހަރަކު ހީވަނީ އެތެރެ ހަށީގައި އަލިފާން ޖަހާ ހެންނެވެ. ރުޅިވެރިކަމުން މީހާގެ ސިކުނޑި ޝައިޠާނާ ހިސޯރު ކޮށްލައިފައި ވުމުން ސިހުރު ހަދަން ކަނޑައެޅި ދުވަހަށް އިންތިޒާރު ކުރަން ފެށީމެވެ. އަހަރެންގެ އޮތް ހަމައެކަނި އެއްޗަކީ ފޮރުވައިގެން ގެންގުޅޭ ފޯނު ގަނޑެވެ. އެއިން ފަރުހާނު މެންނާއި ވާހަކަ ދައްކާ އެހެނިހެން ކަންތައް ކުރަމުން ދިޔައީމެވެ. ކަޑައީ ފޯނުގައި އޮފްލައިން ގޭމެއް ނެތުމެވެ. ދުވަސްތައް އޮޔާލަމުން ގޮސް ދެ ހަފްތާ ފާއިތުވެ ނިމިގެން ހިނގައްޖެއެވެ.
ރޭގަނޑުގެ ވަގުތެވެ. އެހެންޏާ ނުވައެއް ޖަހަން ވާއިރަށް ނިދާ ހަރުދަނޑި ކައިފައި އޮންނަ އަހަރެންގެ ލޮލުގައި މިއަދު ނިދީގެ ކަންފުޅެއްވެސް ނެތެވެ. އިރު އިރު ކޮޅާ ފޯނުން ގަޑި ބަލާލެވެނީ ދާން ޖެހޭ ވަގުތު ކުޑަތަންވަމުން ދާތީއެވެ. އަދިވެސް މަންމަ ނިދަން ވަންނާކަށް ނޫޅެއެވެ. މިހާރު އެ އެގާރަ ޖަހާ ވިހި ހިނގީއެވެ. ގޮނޑި މަތީގައި ހުރެގެން ދޮރުގެ މަތީބައިގައިވާ ބިއްލޫރި ލޯކޮޅުން ބަލަން ހުރި އަހަރެންގެ މޫނު މަތީގައި ފަތަޙައިގެ ހިނިތުންވުމެއް ކުޅެލީ މަންމަ ނިދަން ވަނުމުންނެވެ. ގޮނޑިން ފައިބައިގެން އައިސް އަހަރެން ހުއްޓެލީ ކުޑަދޮރުގެ ކުރިމަތީގައެވެ. އަހަރެން ހުރީ ހުދުކުލައިގެ ގަމީހެއްގެ މަތިން ކަޅު ޖެކެޓެއް ލައިގެންނެވެ. ފަރުހާނު ބުނި ގޮތުގައި އެކަން ކުރާއިރު ހެދުން އަޅައިގެން ހުންނަން ޖެހޭނީ ހުސް ހުދުންނެވެ. އެހެނަސް މަތިން އެ ޖެކެޓު ލީ މީހުންގެ ލޮލުގައި އަޅައިގަނެދާނެތީއެވެ. ސާޖިކަލް މާސްކަކުން މޫނު ނިވާކޮށްލައިފައި އަހަރެން ކުޑަދޮރުން ނުކުތީމެވެ. ނިމިދިޔަ ދެ ހަފްތާގެ ތެރޭ އަހަރެން އެ ކުޑަދޮރު ބޭރުގައި ހަރުކުރި ލަކުޑި ތަޅު އަޅުވާލައިފައި ނުކުމެގެން ހިނގައިގަތީމެވެ.
މާންދޫ އަކީ މާ ބޮޑެތި ތަރައްޤީގެ ކުލަތައް ޖެހިފައިވާ ރަށަކަށް ނުވާތީ މަގުމަތީގައި ހުންނަ ދުވަސްވީ ބޮޑެތި ހޮޅިބުރި ތަކުގެ އަލި ފަނޑެވެ. އެ އައްޔަށް ގަދަވެގެންފައިވާ ރޭގަނޑުގެ ރާނީ ހަނދުގެ އުޖާލާކަން އިންތިހާއެވެ. އަހަރެން ހިނގައިފައި ދިޔަ ފަޅު މަގުގެ ދެފަރާތުގައި އިންދައިފައިވާ ގަސްތަކުގެ ތެރެއިން ފުރޭނިގެން ބިމަށް އެޅިފައިވާ ކޮކާ ހަނދުވަރުގެ އަލިކަން އަޖައިބުކުރަނިވިއެވެ.
އަހަރެންގެ މަންޒިލަކަށް ވީ މަގުގެ ކޮޅުގައި އަތިރިއާއި ވީ ފަރާތުގައި ހުރި ބާ ގެގަނޑެވެ. އެއީ އެތައް އަހަރުތަކެއް ވަންދެން ފަޅުވެފައިވާ ގެއެކެވެ. އެ ގޭގައި ސިހުރު ހަދާ ގިނަ މީހުން ސިހުރު ހަދައިފައި ވެއެވެ. އެކަމާއި ހެދި އެ ގެގަނޑު ވަށައިގެން އަބަދުވެސް ރޫޙާނީ ކަންތައްތައް ހިނގާނެއެވެ. އެންމެ ރަނގަޅު ވާނީ އެތެރޭގެ ވާހަކަ ނުދެއްކިއްޔާއެވެ. ކިތަންމެ ވީރާނާވެ ހަލާކުވެފައި ހުއްޓަސް އެ ގެގަނޑު ނުވެއްޓި ސަލާމަތުން ހުންނާތީ ވެސް ހައިރާންވެއެވެ. އެ ތަނަށް ދާން ކުޑަކޮށް ޖެހިލުންވި ނަމަވެސް ބިރު ކަނޑާލީ ކުރަން އެދޭ ކަންތައް ޙާޞިލްކުރަން ބޭނުން ވާތީއެވެ. ބިރުގަނެގެން ފަސްޖެހިގެން އެދުމެއް ޙާޞިލެއް ނުކުރެވޭނެއެވެ. ފަރުހާނު ބުނި ގޮތުގައި ފާރިޒު މެން ވެސް ސިހުރު ހަދަނީ މި ގެގަނޑުގައެވެ.
އެ ހިސާބުގައި ހުރި ހޮޅިބުރި އަނދައިފައި ވުމުން ހަނދުވަރުގެ އަލި ނޫން އައްޔެއް ނެތެވެ. އެ ގެއާއި ވީ ފަރާތަށް އެނބުރިގެން ހުންނަން ވެސް ނުކެރުމުން ފަސްދީފައި މަގުގެ އަނެއް ފަރާތަށް ބަލަން ހުރީމެވެ. އެހިސާބުގައި ކުރިމަތީ އޮތީ ގޮނޑުދޮށެވެ. ހަނދުވަރުގެ އައްޔަށް ދޮންވެލިގަނޑު ރިހި ފަތްގަނޑެއް ހެން ވިދަވިދާ އޮތެވެ. ޖެހިލާ ފިނިފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ގެނެސްދެއެވެ.
އެހެން ހުރެ ހުރެފައި ފޯނު ނަގާ ހުޅުވާލީމެވެ. ގަޑިން ބާރަ ޖެހީއެވެ. އަނެއް ދެމީހުންގެ ހިލަން ވެސް ނުވުމުން ރުޅިއާދެވުނެވެ. ފޯނު ނަގާ ކޮބާތޯ ބެލުމަށް އެމީހުންނަށް މެސެޖު ކުރަން ފެށީމެވެ.
މިހާރު މިތަނުގައި ހުއްޓިގެން ހުންނަތާ ތިރީސް މިނެޓު ވީއެވެ. އަދި ވެސް އެ ފަރުހާނާއި ލޫޠު ދައްކައެއް ނުލައެވެ. އެ ދެމީހުންނަށް މެސެޖު ކޮށްފައިވާލެއް ގިނަކަމުން ވެސް ފޯނުން ލާރި ހުސްވެދާނެއެވެ.
“ކަލޯ! އަދި އަވަހޭ އައިލެއް.” ދިހަ މިނެޓު ފާއިތުވީ ފަހުން އެމީހުން އައުމުން އަހަރެން ނުރުހިފައި ބުނެލީމެވެ. “ދެން ހެވޭ. އެއްޗެހި ހަމަވީމަ ދޯ އަހަރެންނަށް އާދެވޭނީ. ދެން ވެސް ލަސްނުކޮށް ހިނގާ އެތެރެއަށް.” ލޫޠު އެއްޗެކޭ ނުބުނުމުން ވާހަކަ ދެއްކީ ފަރުހާނެވެ. އޭނާ އަހަރެންގެ ޝަކުވާތައް އޮބާލައިފައި ޓޯޗު ބައްތިއެއް ދިއްލާލަމުން ކުރިއަށް ހިނގައިގަތެވެ. އަހަރެން ވެސް ދަބަހުން އޭގެ ޓޯޗެއް ނަގައި އަލިކޮށްލަމުން ކުރިއަށް ހިނގައިގަތީމެވެ. އޭގެ ކުރިން ލައިގެން ހުރި ޖެކެޓާއި މާސްކު ބާލާ ދަބަހަށް ކޮށްޕާލީމެވެ.
ފަރުހާނު އެ ގޭގެ ދޮރު ހުޅުވާލިއެވެ. ދުވަސް ވެ ހަލާކުވެފައިވުމުން އެ ދޮރު ހުޅުވާލި ވަގުތު ލަކުޑި ވީދޭ ޒާތުގެ އަޑެއް ކިޔެވެ. ތިން މީހުން އެތެރެއަށް ވަދެ ހިނގައިގަތުމާއި އެކު ފަހަތުން އެ ދޮރު ލެއްޕުނެވެ. އިވުނު ބާރު އަޑުފަށްގަނޑާއި ހެދި އަހަރެން ސިހުނުވަރުން އަތުގައި އޮތް ބައްތި ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އެ ނަގަން ގުދުވެލުމާއި އެކު ތަޅުންގަނޑުގައި ހިކިފައިވާ ލެޔާއި ތޫނު ނިޔަފަތި ތަކަކުން ވަކި އަޅައިފައި ހުރި މަންޒަރު ފެނުނެވެ.
އަހަރެމެން ހިނގައިފައި ގޮސް ވަނީ އެ ގޭގެ އެންމެ އެތެރޭގައި ހުރި ކޮޓަރިގަނޑަށެވެ. އެތެރޭގައި ވާފަށް ތަކާއި ވިރިފައިވާ އުއްބައްތި އާއި ފީ ލަކުޑިއާއި ޓިނުގެ އިތުރުން ބައިވަރު ކުނިބުނި ހުއްޓެވެ. އެ ތަނުގެ މެދު ސާފުކޮށްލުމަށް އިސްނެގީ އަހަރެންނެވެ. ލޫޠު މިތަނަށް ވަނީއްސުރެ އުޅެނީ ފަރުހާނުގެ ހިޔަނި ފަދައިންނެވެ. އޭނާ އަކީ ވަރަށް މިކަހަލަ ކަންކަން ކުރަން ޖެހިލުންވާ މީހެކެވެ.
ލަކުޑި ބުރިއެއް ބޭނުން ކޮށްގެން އެ ކުނިތައް އެއްފަރާތް ކުރުމުން ފަރުހާނު ބިންމަތީގައި ސަތަރިގަނޑެއް އެޅިއެވެ. އޭގެ މަތީގައި ބޭނުންވާ ހުރިހާ އާލާތްތަކެއް ބަހައްޓާ ތަރުތީބު ވުމުން އެކުގައި ވަށް ބުރަކަށް އެ ސަތަރި މަތީ އިށީނީމެވެ. ކުރިމަތީގައި ހުރި ލޯގަނޑުތައް އަތުރާ އޭގެ މައްޗަށް އަޅި އަޅައިފައި ހުއްޓެވެ. އަހަރެން ޓޯޗު ނިއްވާލީ މަސައްކަތުގައި ހުންނަން ޖެހޭނީ ހަމައެކަނި އުއްބައްތި ތަކުގެ އަލި ކަމަށް ވާތީއެވެ.
“ހަނދާން ކުރާތި. ކަލޭމެން ފިނޑި ވެފައި ފިލަން ނުދާތި. ދެން އަންނަ އިމްތިހާނު ތަކުން ފުލު މާކުސް ހޯދަން ބޭނުން ނަމަ މިކަންތައް ނިމެންދެން މި ގޮތަށް ވަށްބުރެއް ހެން ތިބެން ޖެހޭނެ.” އަހަރެމެން ތިން މީހުންގެ ތެރެއިން އެންމެ ޖެހިލުން ކުޑަ ފަރުހާނު ބުނެލިއެވެ. “އޭ! މަ މީ ފިނޑި ކާޅެއް ނޫނޭ!” އަހަރެން ސަމާސާ ރާގަކަށް ބުނެލީމެވެ.
ފަރުހާނު އޭނާގެ ދަބަހުން ނޯޓުފޮތް ނަގައި ބަނދިވަރުތަކެއް ކިޔަން ފެށިއެވެ. އަހަރެންނާއި ލޫޠު އޭނާ ކުރާ އިޝާރާތްތަކާއި އެއްގޮތަށް ޢަމަލު ކުރަމުން ދިޔައީމެވެ. ގިނަ އިރު ވީ ވަރަކަށް ރޫޙާނީ ކަންކަން ވާން ފެށިއެވެ. ފާރަށް އެޅިފައިވާ އުއްބައްތީގެ އައްޔަށް ހިޔަނި އެޅި އެކި ސިފަ ސިފަޔަށް އެ ޙަރަކާތް ކުރަން ފެށިއެވެ. އަންހެނުން ރޯ އަޑާއި ފާރުގައި ވަކި އަޅުވާ އަޑު ވެސް އިވެން ފަށައިފިއެވެ. ދެން ހީވީ ފާރުވެސް މުގުރާލާ ވަރަށް އެތަނުގައި ތަޅައިގަތް ހެނެވެ. ބިމަށް ގުޑުން އެރިއެވެ. މި ނާމާން ކަންތައް ގަނޑުގެ ތެރޭގައި ބިރު ހިތަށް ފިލުވާލައިގެން އިންނަން އަހަރެންނަށް ކިތަންމެހާ ވެސް އުނދަގޫވިއެވެ.
“ކަލޭމެން ކީއްވެގެންތަ މަށަށް ތިޔަ އުނދަގޫ ކުރަނީ. ކަލޭމެން އެންމެން މަރާ ނުލަނީސް މިކަން ހުއްޓާލާ.” ވައިގެ ތެރެއިން އިވުނު ބަރު އަޑުގެ ސަބަބުން އަހަރެންނަށް ދެކަމު ހާޖަތަށް ނުދެވި ހުރީ ވެސް ކިރިޔާއެވެ. ހިތް އަވަސްވެ ނޭވާ ކުރުވެގެން ދިޔައެވެ. ދަލުން ފެންވެރި މުޅި ހަށިގަނޑުން ރޫރޫ އަޅަމުން ދިޔަ ޙާލު ލޫޠަށް ކަޅިއެއް އެއްލީމެވެ. އޭނާ ވެސް ހަމަ އެ ޙާލުގައެވެ. މޫނު މަތިން އަސަރެއް ނުދައްކާ ހަމަޖެހިލައިގެން ހުރީ ފަރުހާނު އެކަންޏެވެ.
“އޭ މަށަކަށް ނުވާނެ. ސިހުރު ހަދައިގެން ޖިންނި ގެނެސްގެން އިމްތިހާނުން ސަތޭކަ ޖަހާލަން ވިޔަސް ހެޔޮ.” ލޫޠު ފުންމައިގެން ތެދުވިއެވެ. “ނޫން. ލޫޠޫ!” ފަރުހާނު ކަރުބުޑުން ހަޅޭއްލަވައިގަތެވެ. އެހެނަސް މިހާރު މާ ލަސްވެއްޖެއެވެ. ސަތަރިގަނޑުން ބޭރަށް އޭނާ އަޅާލި ފިޔަވަޅާއި އެކު ވިއްސައިގެން ގޮސް ބިތެއްގައި ޖެހުނެވެ. އެ ޢަމަލުން އެކަނި ވެސް އަހަރެމެންގެ އަތުގައި އެ ޖިންނީގެ މައްޗަށް އޮތް ބާރު ކެނޑިގެން ދިޔައީ ކަން އެނގުނެވެ. ދެން ހީވީ އެ ކޮޓަރި ތެރެއަށް ނަގޫރޯޅިއެއް ވައްދާލި ހެންނެވެ. އެއްފަރާތުގައި ހުރި ލަކުޑި ބުރިތަކާގައި ކަރުދާސްތަކާއި ޓިނުކޮޅުތައް އެކި ދިމަދިމާލަށް ބުރައިގެން ދިޔައެވެ. ފަރުހާނު ނިވިޔަ ނުދޭން މަސައްކަތް ކުރި އުއްބައްތިތައް ނިވުމާއި އެކު އަހަރެންނަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ.
“ހައްހައްހާ! އެންމެ ފަހުން ބަޔަކު މަގޭގެ މަޅީގައި ހައްޔަރުވީ. މަށަށް އުނދަގޫ ކުރި ކަމުގެ ސަޒާ މިއަދު ކަލޭމެންނަށް ލިބޭނެ.” ކަންފަތުގެ ތޫރި ފަޅައިގެން ދާހާ ބާރަށް އިވުނު އިންޒާރުގެ އަޑުން އަހަރެން ހުއްޓުން އެރިއެވެ. ދެވަނަ ސިކުންތުގައި އަނގަމަތީ އަތް އަޅާ ދެލޯ ބޮޑުކޮށްލެވުނީ އެކުވެރި މިތުރު ލޫޠަށް ލިބެމުން ދިޔަ އަނިޔާތައް ފެނިފައެވެ. ހީވަނީ ނުފެންނަ އަތަކުން އޭނާއަށް އަނިޔާ ކުރާ ހެންނެވެ. މިހެން މި ބުނީ އެކަން ކުރާ މީހަކު ލޮލަށް ނުފެންނާތީއެވެ. ފެންނަނީ އޭނާގެ ކަރަށް ވާންވެ މުޅި ހަށިގަނޑުގެ އެކި ހިސާބު ތަކުން ލޭ ހިލޭ މަންޒަރެވެ. މުޅި މޫނުގައި ވަކި އަޅުވާ ލައިފައި ވުމުން ސިފަވެސް ވެސް ގެއްލޭން ފަށައިފިއެވެ.
“އެފިކް. އަވަހަށް ހިނގާ މިތަނުން ނުކުންނަން. ލޫ. ލޫ ދެން ސަލާމަތެއް ނުވާނެ.” ފަރުހާނު ލަސްލަހުން ބުނެލިއެވެ. އޭނާގެ ބުނުމަށް ޢަމަލުކުރަން ފަސްޖެހުނު ނަމަވެސް އަހަރެން ތެދުވީ އެނޫން ގޮތެއް ނެތިގެންނެވެ. ފަރުހާނުގެ އިޝާރާތަށް އަހަރެން ފަޔަށް ލެވުނު ބާރެއް ލައިފައި ދުއްވައިގަތީމެވެ. އަހަރެމެންނަށް ނުކުމެވުނީ ކޮޓަރިން ބޭރަށެވެ. ހަޅޭކަކާއި އެކު ދެން އިވުނީ އެ ގެގަނޑުގެ ބާ ފުރާޅުމައްޗަށް އެތަށް ހާސް ޓަނެއްގެ ގާ އޮއްސާލި ކަހަލަ ބާރުގަދަ އަޑެކެވެ.
ބޭރަށް ނުކުންނަން ދޮރުގައި ހިފާލުމުން ހީވީ އަލިފާންގަނޑެއްގެ ތެރެއަށް އަތް ލެވުނު ހެންނެވެ. އަތް ދަމައިގަތް އިރު އަތްލި ހިސާބު ވެސް ވަނީ ފިހިފައެވެ. އަހަރެން އެ ވަގުތު ފަރުހާނަށް ނަޒަރެއް ދިނީމެވެ. އޭނާގެ ދެ ލޮލުން ފެނުނު ހާސްކަމުން އަހަރެންގެ ހަށިގަނޑުގައި ވީހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އޭނާ ނުތަނަވަސްވާނީ ބޮޑު ކަމެއް ވެގެންނެވެ. ނޭވާއަށް ދަތިވެފައި ވާ ޙާލު އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ.
ފެނުނު މަންޒަރަކުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ހީވީ ހަށިގަނޑަށް ކަރަންޓް ޝޮކެއް ޖެހުނު ހެންނެވެ. މުޅި ހަށިގަނޑުގެ ތެރޭ އެޑްރިނާލިންގެ އޮއެވަރެއް ދަތުރުކޮށްލިއެވެ. ލޯ ކުރިމަތިން ފެންނަން މި ހުރި ވައްތަރުގެ ބިރުވެރި ފުރޭތައެއް ފިލްމަކުން ކާޓޫނަކުން ނުދެކެމެވެ. އެ ބިރުވެރި ފަކުރު ސިފަ ފެނި އަނބުރައި ނުގަނެ ހުރި ކަމެވެ.
އޭތީގެ ބޯ ވަނީ ފުރާޅު މަތީ ޖެހިފައެވެ. މުޅި ގައިގާ ކެހެރި ހުރި އިރު ބޯވައެއް ހެން ބުރަކަށިން އަށްފައި ނުމެފައި ވެއެވެ. ކޮންމެ ފައެއްގައި ވެސް ދިގު ކަށިތަކެއް ހުއްޓެވެ. މޫނުގައި އެއް ލޯ ހުރެފައި ދެން ހުރިީ ހުޅުވިފައިވާ ބޮޑު އަނގައެކެވެ. އެތެރެގައި ހުރި ދަތްތައް ހީވަނީ ކިނބުލެއްގެ ދަތްތަކެއް ހެންނެވެ. އަނގައިން ފައިބަންނަމުން ދިޔަ ދެލި ނޫކުލައިގެ ދަވަގަނޑުން ތަޅުންގަނޑު ތެތްކުރަމުން ދިޔައެވެ. ދިގު ދެ ކަންފަތުގެ ފާޓު ފުޅަލެވެ. އަތާއި ފައިގެ ނިޔަފަތިތައް ފޫޓެއް ހާ ދިގެވެ. އަތް ކުރު ވެފައި ދެ އަތްތިލަ ބޮޑެވެ. އެ ޖިސްމު ގަދަ މުށި ކުލައެއްގައި ހުރުމުން ހީވަނީ ކުލަގަދަ ސީ ބުރިއެއް ހެނެވެ. އެއިން ދުވަމުން ދިޔަ ނުބައި ފަރުހަކި ވަހުން ނޯއްލާން ނުކެރެއެވެ.
އަހަރެންގެ ނަޒަރު ދަތުރު ކުރީ އެއް ފައިގެ ކަށި ތެރެއަށް ވައްދާލައިފައިވާ ބޮލަކަށެވެ. ހޭނުނެތުނީ ކިރިޔާއެވެ. އެއީ ލޫޠު ވިއްޔާއެވެ. އަހަރެމެން ކުރަން އައި ކަންތައް ފުރިހަމަ ނުވެ މިހާރު މި ވަނީ އަތުނުޖެހޭ ހިސާބަށް މައްސަލަ ގޯސްވެފައެވެ. އަހަރެމެން ތިން މީހުންގެ ސަބަބުން ވަކިވެގެން އެ ދިޔައީ ދިރި ހުރި ފުރާނައެކެވެ. ކުށެއް ކުރީ އޭނާ ކަމަށް ވިޔަސް އިންސާނަކަށް އެވަރުގެ ކަމެއް ކުރަން ހެޔޮ ވާނެ ހެއްޔެވެ؟ މި ތިބެވެނީ އަނިޔާވެރި އަދި ބާރުގަދަ ޖިންނިއެއްގެ ޙުދޫދުގައެވެ. މަރު މަޅިގަނޑު ކަރަށް މެހީ އަމިއްލަ ދެއަތުންނެވެ. އިމްތިހާނަކުން ފާސްވުމަށް ބޭނުންވެފައި ހުއްޓަސް މިއީ ކޮށްގެން ނުވާނޭ ވަރުގެ ކަމެއްކަން އިޙުސާސް ކުރެވުނީ ދެނެވެ. އެހެނަސް ދެން ކަމެއް ކުރެވޭން އެބައޮތް ހެއްޔެވެ؟ ދީނުގައި ޙަރާމް ކަމަކަށް ވިޔަސް ސިހުރުގެ މަސައްކަތް ފެށިއްޖެއެވެ. އެހެނަސް ނުނިމެނީސް ހުރިހާ ކަމެއް މިވަނީ ބޮއްސުންލައިގެން ގޮހެވެ.
އެ ފުރޭތަ ފައި ދަމަމުން އަހަރެމެންނާއި ދިމާލަށް އަންނަން ފެށި އެވެ. ބިރުގަނެފައި ހުރި ވަރުން ކިޔަން އުޅުނު ކުރުސި ބަދަލުވީ ދޮހޮދުގެ ބަންގިއަށެވެ. ތަފާތަކީ އެއްވެސް ގޮތަކަށް އަހަރެންނަށް އެ ރަނގަޅަށް ނުކިޔުނު ކަމެވެ.
އެ ފުރޭތައިގެ ފައެއް އަހަރެމެންނާއި ދިމާލަށް މަޅާލުމާއި އެކު ފަރުހާނު ހަރު އަޑުން ކުރުސި ކިޔަން ފެށިއެވެ. އެހެނަސް ވީކަމެއް ހަރާމެވެ. އޭގެ ތޫނު ކަށިތައް އައިސް އަހަރެންގެ ނާޒުކު ހަށިގަނޑަށް ހެރި ލޭ ކޮށާލައިފިއެވެ. ލައިގެން ހުރި ހުދުކުލައިގެ އަންނައުނު ލެއިން ކަޅިވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ގައިން ވަރު ނެތިގެން އަހަރެން ބިމަށް ތިރިވީމެވެ. އެހެނަސް ނެތް ހިތްވަރު ލަމުން ފަރުހާނުގެ އަޑުދަށުން އޭނާ ކިޔަން ފެށި ކުރުސީގައި ބައިވެރިވީމެވެ. އޭގައި ބާރެއް ހުރި ކަން އެނގުނީ ތޫލި އަޑަކުން ހަޅޭއްލަވައިގަނެފައި އެ އެތި ފަހަތަށް ޖެހުމުންނެވެ. މުޅި ހަށިގަނޑުން ޒަވި ދިލައެއް ނަގަމުން ދިޔަ ނަމަވެސް ހިތްވަރު ލަމުން ކަރުން ލޭ ކެނޑޭހާ ބާރަށް ކުރުސި ކިޔަން ހިފާލީމެވެ. އެވަގުތު ހީވީ އެގޭ ފުރާޅަށް ހޮނު އެޅި ހެންނެވެ. އެ ބާރުގަދަ އަޑުން ކަންފަތް ބައްވެގެން ދިޔައެވެ.
“ހުއްޓާލާ. މި ބުނީނުން ކިޔުން ހުއްޓާލާށޭ. ނުލަފާ ކުދިންތަކާ. ކަލޭމެން މިތަނަށް އައީ މަ ދެރަ ކުރަންތަ.” ބަރު އަޑަކުން އެ ޖިންނި ހަޅޭއްލަވައިގަތް އަޑު މުޅި ތަނުގައި ގުގުމައިގަތެވެ. އޭގެ ބޮޑު އަތް ކަންފަތުގައި އަޅާ ބޯ ހޫރަމުން ފަހަތަށް ޖެހުނެވެ. ބިރުން މަރުވާން ތައްޔާރު ވެފައި ވީ ނަމަވެސް ދެލޯ މަރައިގެން ހުރެ ކުރުސި ކިޔުމައިގެން ކުރިޔަށް ދިޔައީމެވެ. އެންމެ ފަހުން އެ ގޭގެ ދޮރު ހުޅުވުނެވެ. ދުވަހަކު ނުދުވަހާ ބާރަށް ގެއަށް ދާން ދުއްވައިގަތީމެވެ. އެވަރުން ވެސް ކުރުސި ކިޔުން ހުއްޓައެއް ނުލަމެވެ. ވަކި ހިސާބަކުން އަހަރެމެންގެ މިސްރާބު މިސްކިތަށް ބަދަލު ކޮށްލީ ފަހަތުން އެ އައިސް ފާނެ ކަމުގެ ބިރަށެވެ. މިސްކިތުގެ ގޯތި ތެރެއަށް ވަދެފައި ހުއްޓެވުނީ ވުޟޫ ނުކޮށް ނަމާދުކުރާ ބަޔަށް އެތެރެއަށް ވަންނަން ނުކެރިގެންނެވެ.
އަވަހަށް އިސްކޫރު ބަރި ކައިރިއަށް ގޮސް ވުޟޫ ކުރަން މަސައްކަތް ކުރީމެވެ. މީގެ ކުރިން އެންމެ ފަހުން ވުޟޫ ކުރީ ވެސް ކޮން ދުވަހަކު ކަމެއް ނޭނގެއެވެ. ކުޑައިރު މަންމަ ކިޔައިދިން ގޮތްތައް ހަނދާން ކުރަމުން އެނގުނު ގޮތަކަށް ވުޟޫކޮށްލީމެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ މިސްކިތުގެ ތެރެއަށް ވަދެވުމުންނެވެ.
“ފަރޫ! ދެން ކިހިނެއް ހަދާނީ؟ އެ ޖިންނި އަހަރެމެންގެ ފުރާނަ ދަމައިގަންނަން އަންނާނެ ތަ؟ އެ ހެދުނު ގޯހުގެ ސަބަބުން ކިހިނެއްތަ ދެން ވާނީ؟” އަހަރެން ފަރުހާނުގެ ކޮނޑުގައި ހިފާ ތަޅުވައިގަތީމެވެ. “ނޭނގޭ. ފާރިޒުމެން މި ގޮތަށް ސިހުރު ހެދި ކޮންމެ ފަހަރަކު ހުރިހާ ކަމެއް ރަނގަޅަށް ކުރީ. އެހެންވެ އެއްވެސް ގެއްލުމެއް ނުލިބޭ. އަހަރެން ވަރަށް ކުރިން އަޑުއެހިން އެ ގޭގައި ސިހުރު ހަދަންފަށާ ފުރިހަމަ ނުކުރި ފަހަރަކު އެ ހިސާބަށް ދާހާ ބަޔަކު މަރާލާފައި އޮއްވާ ފެނުނު ވާހަކަ. އެމަގަށް އަރާހާ ބަޔަކު ޖިންނި މޮޔަވެގެން އުޅުނު ވާހަކަ. ރަނގަޅު ކުރެވުނީ ށަވިޔަނި އަތޮޅުންނާއި ދާލު އަތޮޅުން ގެނެވުނު ދުވަސްވީ ދެ ފަންޑިތަ ވެރިންގެ އެހީގައި. އެމީހުންނަށް ހަމައެކަނި އެ ޖިންނި އެ ގޭގައި ގައިދު ކޮށްލެވުނީ. މަރައެއް ނުލެވުނު. އެއަށް ވުރެ އެ ޖިންނީގެ ބާރު މާ ގަދަ.” ފަރުހާނު ވާހަކަ ދެއްކީ ދޫ ފަރިތަ ކަމާއި އެކު ހަލުވިކޮށެވެ.
އޭނާގެ ވާހަކަތަކާއި މެދު ވިސްނިވަރަކަށް އަހަރެންގެ ބޯ ހާސްވަމުން ދިޔައެވެ. ހަށިގަނޑުގައި ޒަޚަމު ލެވިފައިވާ ތަންތަނުން އޮހެމުން ދިޔަ ލެއިން މިސްކިތުގެ މުށިގަނޑުގައި ކޯރު ހައްދާލައިފިއެވެ. އަހަރެންނާއި ފަރުހާނު މިސްކިތުގެ ފާރަށް ލެނގިލަމުން އިށީނދެލީ ކޮޅަށް ހުންނާނެ ހާ ހަކަތަ ނެތުމުންނެވެ. މަޑުމަޑުން އަހަރެންގެ ހޭ ހުސްވަމުން ދިޔައެވެ. ދެން ވީ ގޮތެއް ނޭނގެއެވެ.
އަހަރެންނަށް ހޭވެރިކަމެއް ވީ އިރު އޮވެވުނީ ރަށުގެ ހަސްފަތާލުގައެއް ނޫނެވެ. ޒަމާނީ ގޮތަކަށް ހެދިފައިވާ ކޮޓަރިއެއްގައެވެ. އެއީ ރަށްވެހި ގޭގެ ކޮޓަރިއެއް ކަން އަހަރެންނަށް އެނގުނެވެ. އޭރު އުމުރުން ދުވަސްވެފައިވީ މީހަކު އަހަރެންގެ މޫނުގައި ފެން އުނގުޅަމުން ދިޔައެވެ. އެމީހާ ހުއްޓާލީ އަހަރެން ދެލޯ ހުޅުވާލުމުންނެވެ.
“ކޮއްކޯ! ބޭބެ ސުވާލަށް ތެދުތެދަށް ޖަވާބު ދީ. ކޮއްކޮ މިދިޔަ ހަފްތާ ސިހުރު ހަދަން މަސައްކަތް ކުރިންތަ. އެއީ ބުރުހަމަ ރެއެއް. ހަނދާން އެބަހުރިތަ؟” އެ ބޭބެ އަހާލިއެވެ. އަހަރެން ހަނދާން ވިއެވެ. އެ ބިރުވެރި ނާމާން ރޭގެ މަތިން ހަނދާން ނެތޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އަހަރެން ވީ ހުރިހާ ކަމެއް ތަފްޞީލުކޮށްދެމުން އެރޭގެ ވާހަކަތައް ކިޔައިދިނީމެވެ. އެކަމުން އިތުރު ގެއްލުމެއް ނުލިބެނީސް ސަލާމަތްވެވޭނީ ތެދުވެރިކަން އިސްކޮށްގެން ކަން އެނގޭތީއެވެ.
“ބޭބެ އުފާވެއްޖެ ތެދުވެރިކަމާއެކު ޖަވާބު ދާރީ ވީމަ. ދެން ކުރަން އޮތް ކަމަކީ އެ ޖިންނި އަންދާލުން. މިފަހަރު ކަރައިން ވެސް އެ ކަމަށް ޙާއްޞަ ބަޔަކު ގެނެވޭނެ. ކޮއްކޮ ޖެހޭނީ އެ ކަންތައްގަނޑު ނިމޭންދެން މި ކޮޓަރީގައި ހުންނަން. ނަމަ ނަމަ ބޭރަށް ނުނިކުންނާތި. ބޭބެމެންގެ މަސައްކަތް ކުރާނީ ދެން އަންނަ ފަނަރަ ވަނަ ވިލޭރޭ. އަދި ދުވަސް އެބަ އޮތް. އޭގެ މާނައަކީ ކޮއްކޮ އަށް ހުވަފެނުންނާއި ޚިޔާލީ އަޑުތަކުން އެ ޖިންނި އުނދަގޫ ކުރާނެއޭ. އެކަމަކު އޭތީގެ ކުލަނެތް ހުވަފެންތަކަށް ބިރު ނުގަންނާތި. އޭތި ކުރަން އަންގާ އެއްވެސް ކަމެއް ނުކުރާތި؟” އެ މީހާ ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ.
އަހަރެންނަށް އިތުރު ހައިރާން ކަމެއް ލިބުނީ މަންމަގެ ވިހަގަދަ ބަސްތަކެއް އަހަރެންނާއި އަމާޒުނުވުމުންނެވެ. މަންމަ އެ ކޮޓަރި އަށް ވަދެފައި އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ރޮއިގަތީއެވެ. އަދި އަހަރެންގެ ކިބައިން މާފަށް އެދުނީ ހަރުކަށިކަން އިސްކުރެވުމުންނެވެ. އަހަރެން މަންމަ އަށް މަޢާފު ކުރީ އެއީ މަންމައަށް ވާތީއެވެ. އެ މައި މީހާ އަހަރެން ފަދަ ނުކިޔަމަންތެރި ކުއްޖަކު ބެލުމަށް ހާދަ ހިތްވަރެއް ކޮށް މަސައްކަތެއް ކުރިއެވެ.
އެ ރޭގެ ހިތި ތަޖުރިބާ އަށް ފަހު ދުނިޔެއަށް އަލުން އަހަރެންގެ ލޯ ހުޅުވުނު ކަހަލައެވެ. މަޢާފަށް އެދެންޖެހޭ މީހުންގެ ކިބައިން މަޢާފަށް އެދި އިޚްލާޞްތެރިކަމާއި އެކު ތަޢުބާވީމެވެ. މަންމަގެ އެހީތެރިކަމާއި އެކު ނަމާދުކުރަން ދަސްކޮށް ޤުރުއާން ކިޔަވަން މަސައްކަތް ކުރީމެވެ. އެ ގޮތަށް އަހަރެންގެ ޢަމަލުތައް ބައްޓަން ކުރުމުން އެ ދުވަސް ކޮޅުގައި ޖިންނީގެ އުނދަގުލެއް ނުފޯރައެވެ. އެކަމުން ވެސް ހެކި ދެނީ ހެއްދެވި އިލާހު، އެއްކައުވަންތަ މާތްﷲ ގެ އޯގާވަންތަ ކަމާއި ބާރުފުޅު ގަދަކަމެވެ.
އަހަރެމެން ހޭވި ހަޑި ސާފުކުރުމަށް ކަނޑައެޅި ދުވަސް ފެށުނީއްސުރެ އިނީ ޔާސީން ސޫރަތުގެ އާޔަތްތައް ކިޔަވާށެވެ. ކިރިޔާ ވެސް ޖިންނީގެ އުނދަގުލެއް ވަނީ ހުއްޓާލާއިރަށެވެ. އެ ރޭ ފާއިތުވެގެން ގޮސް އަނެއް ދުވަހަށް ފަތިސް ނަމާދަށް ގޮވަންދެން އަހަރެން އެ ގޮތުގައި ސާބިތުވެ އިނީމެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތް ސަބަބެއް އެނގޭނީ ހެއްދެވި ފަރާތަށެވެ. ހުރީ ބިރުގެންފައި ކަމެއް ހާސްވެފައި ކަމެއް ހިތްދަތިވެފައި ކަމެއް ނޭނގެއެވެ.
އެ ކޮޓަރީގައި ފަތިސް ނަމާދުކޮށްލައިގެން ޒިކުރު ކުރަން އިންދާ އެއްކަލަ ބޭބެ އައިސް ވަނެވެ. “އަލްޙަމްދު ލިއްﷲ. ރޭގައި އެ ޖިންނީގެ ބާރު ކަނޑުވާލެވިއްޖެ. މިއަދު އެ ގޭގެ އިން (އެ ސަރަހައްދު) އެކަށް އަނދާލުމުން ރަށް ވެސް އެ ހިސާބުގަނޑު ވެސް މުޅީން އަމާންވާނެ.” ދިން އުފާވެރި ޚަބަރު އިވިފައި އުފަލުން ރޮވުނެވެ. ދެން އެ ކޮޓަރިން ނުކުމެވުމުން ދިޔައީ ފަރުހާނުގެ ގާތަށެވެ.
އެ އަނދިރި ރޭގެ ސަބަބުން އަހަރެމެންނަށް ވަރުގަދަ ފިލާވަޅެއް ލިބިއްޖެއެވެ. އަހަރެމެން ކިޔެވުމަށް ދަށްވެ އުނދަގޫވީ މައިގަނޑު ސަބަބަކީ ވެސް ދީނާއި ދުރު ވުމެވެ. ‘ޝޯޓްކަޓަކަށް’ ވިޔަސް ހުއްދަނޫން ކަމެއް ކޮށްފިނަމަ އޭގެ ނަތީޖާ ހަބަރުހާ ހިތިވާނެ ކަމުގެ ރަޙަ އިޙުސާސް ކުރެވުނީ އެ ބިރުވެރި ރޭގެ ސަބަބުންނެވެ. އަހަރެންމެންނަށް ލޫޠަށް ޓަކައި ދެން ކުރެވޭނެ ކަމަކީ ހެޔޮ ދުޢާ ކުރުމެވެ. އެ ބިރުވެރި ރޭގެ ހަނދާންތައް ހިތުން ފިލައިގެނެއް ނުދާނެއެވެ. އުމުރަށް ވެސް އެ ހަނދާންތައް ތާޒާ ކަމާއި އެކު ދެމި ހުންނާނެއެވެ. ދުވަހަކު ފަސޭހަ ނުވާނެ ފާރުގަނޑެއް ފަދައިންނެވެ.
– ނިމުނީ –
18 Comments!
Comments are closed.







Ma sha Allah v reethi vaahaka eh 🤍
Thnx umny
Very nice and interesting!!!!
I love it ❤️
Thnx Who…
Wow!!! What a wonderful story
Keep it up 😊
Thnx Rany..
Waiting for your stories……
Currently uploading a long story. 💕
What a tale 😃
Captivating and fascinating !!!!!!!!
I love it
Thnx Levy. 💕
Truly a creative author
Thanks for the compliment Levy. 💕
Waiting for your horror stories
Thnx Your fav bab. 💕
Ehaa avahah horror story eh up nuvedhaane. 😶
How old are you????
Your stories are so captivating
Love it !!!!
Above 15, directly neih buneveykah
Awn.. Thnx for the compliment R….
Hey white rose
When are you gonna up a new story!!!!!
Kihaa dhuvaheh vejje dhw.
Bro vaahaka eh kiyan beynun vegen…Just…
Since there’s no author best as you to ask in the world.
Hope you would carry writing stories…
Best of luck
Midhuvaskolhu ehen story eh up kuramun dhaathee kuda koh busy.
IA e story up koh nimunuhaa avahakah ehen horror story eh genesdheynan.
Hope you understand Your fav bab.
Thnx again.