“އެހެމް އެހެމް” ޔުއާންއާއި އަފްރީން ސިއްސައިގެން ދިޔައީ އަރްމާން އައިސް ކަރު ކެހިލުމުންނެވެ. ޔުއާން އަވަހަށް ރަކިވެގެން އެހެން ދިމާލަކަށް ބަލާލިއިރު އަފްރީން ލަދުން އިސްޖަހާލިއެވެ. ********************* “ތިމީހުން މިރޭ މިތާ ތިބެންތަ ތިހާ ނަލަހެދިގެން ތި އުޅެނީ؟ މީހަކު އަޖައިބު ވެދާނެ ތިދެމީހުންނާ ހުރެ.” އަރްމާން ލާނެއް ރާގަކަށް ބުނެލިއެވެ. ހަގީގަތުގައި އަރްމާން ނިކުތީ އޮފީހަށް ވަދެލަން ޖެހިގެންނެވެ. އެއްވެސް ހާލެއްގައި އެދެމީހުން އެތާ ތިބިކަން އެނގިގެންނެއް ނޫނެވެ. ނަމަވެސް އެނގުމުން ޖެއްސުންކޮށްނުލާ ހިތް ނުފުރުނީއެވެ. […]
“ޔުޝްތާ އާން ޖޭ ވީ އިނގޭ އެ.” އަރްމާން އަދިވެސް ބަލަމުން ދިޔައީ ޔުއާން އާއި އަފްރީން ލަދު ގަންނަވާލަންށެވެ. *************************** އަރްމާން މިހެން ބުނުމުން އަފްރީން ލަދުގަތަސް ޔުއާން މިފަހަރު އަރްމާން ގައިގަ ބޮނޑިއެއް އެޅީއެވެ. “އޭ މަ މި އިނގޭ ވަލީ ދޭން ހުރި މީހަކީ. މަ މަރާ ލައިފިއްޔާ ނުއެސް އިނދެވޭނެ” ކުރިޔާ ހިލާފަށް މިފަހަރު ހޭން ފެށީ އަފްރީންއެވެ. އަފްރީން ހޭން ފެށުމުން ޔުއާންއަށް އާޝޯހްވެފައި އަފްރީންއާއި ދިމާލަށް ބަލަން ހުރެވުނީއެވެ. […]
ޔުއާން އަފްރީންއާއި ހަތަރު ކަޅި ހަމަ ކޮށްލާފައި އެއްކަކޫ މައްޗަށް އިށީނެވެ. އަދި ރަތް ކުލައިގެ މަލެއް ދިއްކޮއްލިއެވެ. “ވިލް ޔޫ މެރީ މީ؟” ޔުއާން މިހެން އަހާލުމުން އަފްރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ************************************ ފަސްވަރަކަށް މިނެޓްވީ އިރުވެސް އަފްރީންއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މިއީ އޭނާ ވާނެ ކަމަށް އުންމީދު ކުރި ކަމެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ޔުއާންއަކީ ވަރަށް އަންހެނުންވާ މީހެއް ވިއްޔާއެވެ. ނަމަވެސް އެންމެން ތެރެއިން ވެސް އަފްރީން ނެގުމުން […]
“ދޮންބެގެ އަފޫ ބޮޑުވީއޭ ދޯ.” އަރްމާން މިހެން ބުނުމުން އަފްރީންގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ” ދޮންބެ ނެތިން ތިކަމަށް ހުރަސް އަޅާކަށް. ޔުއާންއަކީ ވަރަށް ރަނގަޅު މީހެއް. މިރަށުގައި ޒުވާން އުމުރުގެ އެވަރު ކާމިޔާބު ދެވަނަ މީހެއް ނުހުންނާނެ ހަމަ ޔަގީނުންވެސް. ޔުއާންގެ ހިތުގަ އޮތް އެއްޗެއް ބަލާފަ ތިކަން ކުރަންވީ ހަމަ. ދޮންބެ ނޫން ކަމަށް ބަލާ ދީފާނަން އާންގެ ހިތް އޮތް ގޮތް.” އަރްމާންގެ ފުރިހަމަ އެހީއާއި ރުހުން އެކަމުގައި […]
“އާނ. އަވަހަށް ދޭ. ކަމެއް ގޯސް ވަންޏާ މަންމައަށް ގުޅާތި.” އާސިމާ މިހެން ބުނެފައި ދިޔައީ އަފްރީން ރެޑީ ވެގެން ފައިބަންވާއިރަށް ޖޫސް ތަށްޓެއް ހަދާލަންށެވެ. ************************************* އަފްރީން ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން ވީ މާ ދެރަ ގޮތެކެވެ. މިހާރު މި އުޅޭ ބާރު ހުންގަނޑު ޖެހުނީއެވެ. އަފްރީން ޖެހުނީ ހޮސްޕިޓަލުގައި އެނދުމަތި ކުރާށެވެ. އަރްމާން އާސިމާއަށް ގުޅާފައި މިވާހަކަ ބުނުމުން އާސިމާ އުޅުނީ އަފްރީން ކައިރިއަށް އަންނާށެވެ. ނަމަވެސް އަރްމާން އެކަން މަނާ ކުރިއެވެ. އަދި […]
“މަންމަ ވެއްޓުނީ ހާމިދާއްތަ ގޭގައި އިންދަ. ހަމިދާއްތަ އައީމަ ތިރިއަށް ފައިބަނިކޮށް ވެއްޓުނީ. ދެން ހާމިދާއްތަ މަންމަ ގޮވައިގެން އައީ. އާން އަންނަންވާއިރަށް ދާން ޖެހުނީ ރަޝީދުބެ ގުޅީމަ.” ޔުޝްރާއަށްވެސް ޔުއާން ކަން ބޮޑުވެފައި ހުރި ވަރު އެނގި ވަރަށް ތަފްސީލްކޮށް ވީ ގޮތް ކިޔާދިނެވެ. ދެމައިން އަވަހަށް މިސްރާބް ޖެހީ ގެއާ ދިމާލަށެވެ. ********************************* އަފްރީން ހޮސްޕިޓަލަށް ވަދެފަ އަވަސްވެގަތީ ސައިން-އިން ވެލާފައި މިއަދު އޭނާ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވާރޑްގެ ކައުންޓަރާ ދިމާލަށެވެ. އަފްރީންއަކީ […]
“އަހަރެން މަރާލަންތަ ތި އުޅެނީ؟ ނޭވާ ހާސް ވެއޭ އެބަ..” އެވަގުތު ކޮޅަށްވެސް އާފްރީންއަށް ޖެއްކޮށްނުލާ އަރްމާންއަށް ނުހުރެވުނެވެ. “ދެން ދޮންބޭ..!!” އާފްރީން ގާތަށް ރުޅި އައިސްގެން އަރްމާން ގައިގާ ހެސްކިޔާފަ ބޮނޑިއެއް އަޅާލިއެވެ. މި ދެކުދިން ޖަހާ ސަކަރާތަށް ބލަން އިން އާސިމާގެ ލޮލުންވނީ އުފާވެރިކަމުގެ ކަރުނަ ނީރާލާފައެވެ. *********************************** މިއުފާވެރި ވަގުތުގައި އާސިމާ ހަނދާނަށްއައީ އޭނާގެ ފިރިމީހާ އަޝްފާގްއެވެ. ނަމަވެސް އަޝްފާގަ ވަނީ މީގެ 4 އަހަރު ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މި […]
ނަލަހިޔާގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ޒުވާނާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ މަގުމަތީގައި ކުޅެން އުޅޭ އަންހެން ކުދިންތަކަކާއި ދިމާލަށެވެ. ކިޔަވާ ނިންމާފައި ވަޒީފާއަށްދާ ކުދިންތަކެއް ވިޔަސް ކޮންމެ ދުވަހެއްގެ ހަވީރު މިކުދިން ހޭދަ ކުރަނީ އުފަލާއި މަޖަލުގައެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތް ބައެއް ފަދައިންނެވެ. ޔުއާންގެ ނަޒަރު ހުއްޓިފައި ހުރީ މަޑު ފިޔާތޮށި ކުލައިގެ މަތިކޮޅަކާއި ކަޅުކުލައިގެ ސްކީއެއް ލައިގެން ހުރި އާފްރީން އާއި ދިމާލަށެވެ. ޔުއާންއަށް އެތަނުން އެހެން މީހެއް ނުވެސް ފެންނަ […]