ނޭނގި ހިތޭ ތިއަތުލީ
މައުވަން އިޒާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ވަތްތަން ބަލަން ސިޓިންރޫމްގައި އޭނަގެ ބައްޕަ އިންކަމެއް އޭނައަކަށް ނޭނގެއެވެ. އެނގޭނަމަ އޭނަ ކޮޓަރިއަކަށް ނުވަނީހެވެ. އޭނަ ކިތައްމެ ވަރަކަށް އަންހެން ކުދިންނާއެކު އުޅުނެއްކަމަކު ގެއަށް ކުދިން ގެންނަކަން އޭނަގެ މަންމަ އާއި ބައްޕައަށް އަދި ވަނީ ސިއްރުވެފައެވެ. ނަމަވެސް މިރޭ ލަސްވަންދެން ސިޓިންރޫމް ސޯފާގައި ވާހަކަ ދައްކާލަށް މަޒްހަރުމެން ދެމަފިރީންނަން ތިބެވުނީ މި މަންޒަރު ފެންނަންކަންނޭގެއެވެ. ނަސީމާ ސިޓިންރޫމް ބޮކި ނިންވާލުމަށް ފަހު ކޮޓަރިއަށް ވަނީ މަޒްހަރުގާތު ނިދި އައިސްސި ކަމަށް ބުނަމުންނެވެ. ނަމަވެސް ފޯނާއި ކުޅެލަން އިރުކޮޅެއްގައި މަޒްހަރު މަޑުކޮށްލުމަށް ފަހު ފޯންޖީބަށް ލީވަގުތު ސިޓިން ރޫމް ދޮރުހުޅުވާލުމަށް ފަހު އެތެރެއަށް ވަދެގެން އެދިޔައީ އޭނަގެ ދޮށީ ދަރިފުޅު މައުވަންއެވެ. އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު މަޒްހަރުވެސް ވަނީ ކޮޓަރިއަށެވެ.
މަޒްހަރު އާއި އޭނާގެ އަންހެނުން ނަސީމާގެ ކައިވެންޏަށް 32 އަހަރު ފުރިގެން ދިޔައީއެވެ. އެ ދެމަފިރީންގެ 3 ދަރީން ތިބިއިރު ދޮށީދަރިފުޅު މައުވަން އުމުރުން 28 އަހަރުގައި ފުއްޕާމޭގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މާލޭގައި މަސައްކަތް ކުރަން ފެށިތާ އަދި މިވީ 6 މަހެވެ. މަޒްހަރަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިއެއް ކަމަކު ދޮށީދަރިފުޅު އެކަމަށް ޝައުގެއްނެތެވެ. މެދަށް ހުރި އަކްޔަން ވިޔަފާރީގެ ރޮނގުން ކިޔަވައި ނިމިގެން އައިސް ބައްޕަގެ ވިޔަފާރި އާއި ގުޅުނީއެވެ. ހަގަށްހުރި ލައިހާ ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން އަދި ހުރީ އެމެރިކާގައެވެ. އެކުވެރި ގުޅޭ އާއިލާއެކެވެ. މަންމަ އާއި ބައްޕަދެކެ އިންތިހާއަށް ލޯބިވާ ތިން ދަރީންނެވެ. އަދި ހަމަ ދަރީން ދެކެ އެހާމެ ލޯބިވާ މަންމައަކާއި ބައްޕަ އެކެވެ.
ހެނދުނު 8:30 ވީއިރު މަޒްހަރު އިނީ އޭނަގެ ދެ ފިރިހެން ދަރީންގެ އިންތިޒާރުގައި ކާމޭޒު ދޮށުގައެވެ. އާދައިގެ މަތީން ސައިބޯން ނުފެށިފައެވެ. އެއީ އެ ދެކުދީންގެ އާދައެވެ. ކޮންމެ ދުވަހަކުވެސް އާދެވޭނީ މަޒްހަރު އިންތިޒާރުގައި އިންނަތާ ދިހަވަރަކަށް މިނެޓް ފަހުންނެވެ. ދެކުދީން އެއްފަހަރާ އައިސް ކާމޭޒު ދޮށުގައި އިށީދެ ސައިބޯން ފެށިއެވެ. މައުވަން ކުޑަ ގޮތެއް ހަދާލުމަށްފަހު އަވަސް އަރުވާލާފައި ނިކުންނަން ހިނގައިގަތެވެ. “އައްދެ ދޮންބެ ހާދަލަސްވެފަހެން ހީވެއޭ؟” އަކްޔަން އޭނަގެ ދޮންބެއަށް ބުނެލިއެވެ.ޖަވާބުގައި ތިމަންނަ މިދަނީ އަކްޔަން ދާހެން އަމިއްލަ އޮފީހަކަށް ނޫނޭބުނެ އޭނަގެ މަންމަޔަށް ދޯދިނެވެ. “ތީދަރިފުޅު އަމިއްލައަށް ވަތް ދާއިރާއެންނު. މިހާރުވެސް ބޭނުމިއްޔާ ބައްޕަގެ ވިޔަފާރިއާގުޅެންވީހަމަ.” ނަސީމާ އޭނަގެ ދަރިފުޅަށް ބުނެލިއެވެ. “ބައްޕަމެން އަބަދުވެސް ހަމަ ދަރިފުޅަށް މަރުހަބާކިޔާނަން” މަޒްހަރު އިތުރު ކޮށްލިއެވެ. ޖަވާބުގައި މައުވަން ބުނެލީ އޭނަ އަބަދުވެސް ދައްކާވާހަކައެކެވެ. އެއީ އޭނެ ވިޔަފާރިއަށް އެއްވެސް ޝައުގެންނެތްވާހަކެވެ. އަދި އެހެން ބުނެލުމަށްފަހު ނިކުންނަން ހިނގައި ގަތެވެ. ނަވެސް ހުއްޓެން ޖެހުނީ މަޒްހަރު ވާހަކަ ދަންކަން ފެށީމައެވެ. “ދަރިފުޅުމެން ދެކުދިން ބިޒީވިއަސް ނުވިއަސް މިރޭ ނުވައެއްޖަހާއިރު ހުންނަންވާނީ ގޭގަ” މަޒްހަރު އޭނަގެ ދެކުދިންނާ މުހާތަބުކޮށް ސީރިއަސް ކަމާއެކު ބުނެލިއެވެ. ކޮންކަމަކުހޭ އަހާލެވުނީ ދެ ކުދިންނަން އެއްފަހަރާއެވެ. މުހިއްމުވާ ހަކައެއް ދައްކާލަން ކަމަށްބުނެ މަޒްހަރުވެސް ސައިމޭޒުދޮށުން ތެދުވިއެވެ. އަދި މިވަގުތު ތަފްސީލް ދެވެން އޮތްނަމަ ވަކި ގަޑިއެއް ކިއުމުގެ ބޭނުމެއްނެތް ކަމަށް ބުނެލަމުން އަތުގެ އިޝާރާތުން އަކްޔަން އަށްވެސް އައުމަށް އަންގަމުން އޮފީހަށްދާން ނިކުތެވެ. ބައްޕަގެ ވާހަކަ ހުރި ގޮތުން ލަސްވެގެން އުޅުނު މައުވަން ހުރީ ހުއްޓުން އަރާފައެވެ. ބައްޕަ އޭނަޔާ ދައްކާނީ އަބަދުވެސް އެއްވާހަކައެކެވެ. އަނެއްކާވެސް ދުވަސް ކޮޅެއްކޮއްލާފަ ހަނދާން ކޮއްލަ ދެނީއެވެ.ދެފަރާތަށް ބޯހޫރާލުމަށްފަހު މަންމަޔަށް ހިނިތުންވުމެއް ދެމުން އޭނަވެސް ނިކުތީއެވެ. ދަރިފުޅުގެ އެ އިޝާރާތުން ދަންކަން އުޅޭވާހަކަ ކޮންމެވެސް ވަރަކަން މައުވަން އަށް އިގެންޖެކަން ނަސީމާއަށް ވިސްނުނެވެ.
އަމީނާ ހުރީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައެވެ.ބަލާބެލުމަށް އުމުރުން 50 އަށްވުރެ މައްޗަށްގޮސް ދާނެއެވެ. ނަމަވެސް އެ އުމުރުގައިވެސް ފުރިހަމަ ހަށިގަނޑަކާއި ރީތި މޫނެއް އޭނައަށްވާނީ ލިބިފައެވެ. ހަމުގެ ކުލަ އައްޔެވެ. މި އުމުރުގައި މިހާފުރިހަމައިރު ޒުވާން ދުވަސްވަރު އެތައް ހިތްތަގެއްގެ ވެރިއަކަށް ވާނެކަން ގައިމެވެ. ހިތްހެޔޮ މަޑުމައިތިރި ވައްތަރުޖަހައެވެ. އެއްވެސް މޭކަޕެއްކޮށްފައެއްނެތެވެ. ލައިގެން ހުރީ ފައިތިލައާ ހިސާބަށްއަރާ ކަޅު ގަޔަށްދޫ ހެދުމަކާއި ބޮޑު ތިނެސްކަން ބުރުގަލެކެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Feshun Hama awesome ?
Good luck
varah reethi
Hey star…..
Dear stry haadha kury….
But stry vvvvv salhi…
KEEP IT UP.
Waiting 4 next part….. plx upload soon dear…
Have a nice day .???????????????????????????????????
feshun varah reethi.. ummeedhukuran reethivaanekamah.. 🙂
thanks all.
Mi vaahaka geness dhenii konn dhuvass thakehga
Varah reethi ?