“ކިޔާން ކިހިނެއް ވެގެން ތަ ތި އުޅެނީ؟” ތާރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ. އޭރު އޭނާގެ ހިތް ނެގި ނެގިފައި ޖެހެނީއެވެ. އޭނާގެ އަތްފައި ފިނިވާގޮތް ވަނީއެވެ.
ކިޔާން އެއްޗެކޭ ނުބުނެ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. “ކިޔާން އަހަރެން ސުވާލެއް އެބަ ކުރަމޭ! ކިހިނެއް ހޭ ވެގެން ތި އުޅެނީ؟ މޮޔަވީތަ؟” ތާރާ ފަހަތަށް ފިޔަވަޅު އަޅާލިއެވެ. ކިޔާން ދެންވެސް އެއްޗެކޭ ނުބުންޏެވެ. އޭނާ ތާރާއަށް ބަލަމުން ދިޔަ ގޮތުން ހީވަނީ ޖަވާބު ތަކެއް ހޯދަން އުޅޭ ހެންނެވެ.
“ތި ހުރިތާ ހުރޭ! ތި އަށްވުރެ ކައިރިއަށް ނާންނާތި! ނުވާނެ އައިސްގެން!” ތާރާ ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައީ ކިޔާން ވެސް ކުރިއަށް ޖެހޭތީއެވެ. “ނިކުމޭ! މީ އަހަރެންގެ ކޮޓަރި. ނިކުންނާށޭ ކިޔާން!” ތާރާގެ ހިތް ދިޔައީ އަވަސް ވުމުންނެވެ. އޭނާގެ އަތުގައި ވެސް ކުޑަވަރެއްގެ ތުރުތުރެއް އުފެދިފައި މިހާރު ވެއެވެ.
އެނދާއި ހިސާބަށް ފަހަތަށް ޖެހެވުމުން ތާރާ ބާލީހެއް ނަގައި ކިޔާނާއި ދިމާއަށް އެއްލިއެވެ. ކިޔާން އެ ބާލީސް ހިފީ އެއްވެސް އުނދަގުލަކާއި ނެތިއެވެ.
ތާރާ ކިޔާނާ ދިމާއަށް ލޯ އަޅާލިއެވެ. މިއޮށް ހުރިހާ ދުވަހު ތާރާއާއި ވާހަކަ ނުދައްކާ އުޅުނު މީހާ މިއަދު ކުއްލިއަކަށް އޭނާގެ ކޮޓަރިއަށް ވަދެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާ އިތުރަށް ހިތުގައި ޖައްސަން ހެއްޔެވެ؟
“ކިޔާން..” ތާރާ އަށް ހިތުގެ ހާލަތު ބުނެދޭން އުޅެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކުރެވެން މިއުޅެނީ ކީއްކަން އެނގުމާއެކު ދެލޯ ބޮޑުކޮށް ލަމުން އަނެއް ފަރާތަށް އެނބުރިލެވުނެވެ. އޭރު ދެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އޭނާ ލޯބިވާ ވާހަކަ ބުނަން ބޭނުންވިއެވެ. އެހެންކަމުން ހިތުގެ އެދުމަށް އިޖާބަ ދެވުނެވެ. ފުންކޮށް ދެތިން ފަހަރަކު ނޭވާ ލުމަށް ފަހު އޭނާ ތައްޔާރު ވެލިއެވެ.
އޭނާއަށް އިނގެއެވެ. ލޯބިވާ ވާހަކަ ބުނެފިއްޔާ ކަންތައް ދާންޏާ ދާނީ ދެގޮތުންކުރެ އެއްގޮތަކަށެވެ. އެއްގޮތަކީ އޭނާ އެދޭ ފަދައިން ކިޔާންއާ އެކުގައި ވުމުގެ ފުރުސަތު ލިބުމެވެ. ނަމަވެސް ދެވަނައަށް ވެދާނެ ގޮތަކީ އޭނާގެ ހިތް ކުރިއަށް ވުރެ ބޮޑަށް ޒަމްހަމް ވުމެވެ. ދެ ގޮތުން ކުރެ ވުން އެންމެ ގާތީ ދެވަނަ ގޮތް ކަން އެނގުން ނަމަވެސް ތާރާ އޭނާ ގެ ހިތުގެ ހާލަތު މިފަހަރު އެހިތް މިލްކު ކުރި ފަރާތަށް އަންގާނެއެވެ. އޭނާ އަށް މިހާރު ވަރަށް ކެތްކުރެއްވިއްޖެއެވެ.
ތާރާ ފަހު ފަހަރަށް ވިސްނާލިއެވެ. އަދި އަނެއް ފަރާތަށް އެނބުރެން ފިޔަވަޅު ނެގިއެވެ.
“ޔާން!” މީހަކު ގޮވާލި އަޑު އިވުނެވެ. އެއާއެކު ދެން އިވުނީ ބަރު ފިޔަވަޅު ތަކަކަށް ފަހު ދޮރު ހުޅުވުން އަޑެވެ. ތާރާ އަނެއް ފަރާތަށް އެނބުރުން ވަގުތުވީ ކިޔާން ކޮޓަރިން ނިކުތް ވަގުތަށެވެ. ހަމަ އެވަގުތެވެ. ތާރާއަށް ފެނުނު މަންޒަރުން އޭނާއަށް ލޯބި ހުށަހެޅުމަށް ލިބުނު ކުޑަ ހިތްވަރު ވިއްސި ވިހާލި ވެގެން ދިޔަ ކަހަލައެވެ.
ކިޔާން ހުރީ ތާރާގެ ކޮޓަރި ބޭރުގައި ދޮރުކައިރީ ހުރި ދީމާ ގައިގައި ބައްދާލައިގެން ނެވެ. ތާރާއަށް ދެލޯ ބޮޑު ކޮށްލައިގެން ހުރެވުނީއެވެ. ކަންތައް މިވީ މުޅިން އެހެން ގޮތަކަށެވެ. ފަހަރުގައި ނަމަ ތާރަގެ ނަސީބު ނެތީއެވެ. ނޫންނަމަ ތާރާ ލޯބި ހުށަހެޅުން އެއީ އެންމެ ރަނގަޅު ގޮތަކީ ނޫން ކަމަށް ވެސް ވެދާނެއެވެ.
“ޔާން. ކީއްވެ މިތާ؟” ދީމާ ދުރުވެ ލަމުން އަހާލިއެވެ. “އާނ. އެއީ އީކް ބުނެގެން. ތާރާ! އީކަން އެބަ ގޮވާ.” ކިޔާން ތާރާއަށް ބަލާލަމުން ބުނެލިއެވެ. އަދި އަވަސް އަވަހަށް ދީމާ އަތުގައި ހިފައިގެން އެތަނުން ދިޔައެވެ. ތާރާ ގަނޑުވެފައި ހުރި މީހެއް ހެން އެތާ ހުރީއެވެ. ދެންމެ ފެނުނު މަންޒަރު ކުރިމަތީގައި އަދިވެސް ސިފަ ވާތީއެވެ.
‘އެވަގުތު އަދި ނުޖެހެނީ ކަމަށް ވާނީ. ތަޤުދީރުގައި އެކަން ވާން ލިޔެވިފައިވާނަމަ އެވަގުތު ޖެހުމުން އެކަން ވާނެ. ނޫނީ ކިޔާނަށާ އަހަންނަށް އެކަކު އަނެކަކާ އެކީ މުސްތަގުބަލެއް ނެތީ ކަމަށް ވެސް ވެދާނެ. އޭނާ އަކީ އަހަރެންގެ ޙަޔާތުގެ އެންމެ ފުރިހަމަ ބައިވެރިޔާ އަކީ ނޫންކަންނެ.’ މާޔޫސް ވެފައި ހުރި ތާރާ އޭނާގެ ނުކިޔަމަންތެރިވެ ހިތަށް ވިސްނާ ދޭން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ހިތް އެކަމަކާ އެއްބަހެއް ނުވިއެވެ.
ތާރާ އަވަސްއަވަހަށް ދަބަސް ޕެކް ކޮށްލުމަށް ފަހު ކޮޓަރިން ނިކުތެވެ. އަދި ސިޑިން ފައިބައިގެން ސިޓިންރޫމަށް ދިޔައެވެ. އޭރު ސިޓިންރޫމްގައި ގްރޫޕް އެންމެން ތިއްބެވެ. ދީމާވެސް ކިޔާންގެ އުނގުމަތީ އިށީންދެ ލައިގެން އިނެވެ. ތާރާ ދުރަށް ބަލާލީ އެތަން ބަލަން ކެތް ނުވެގެންނެވެ.
ކިޔާނަށް ތާރާ ފައިބައިގެން އަންނަ ތަން ފެނުމުން ހަނދާނަށް އައީ މީގެ ކުޑަ އިރުކޮޅެއް ކުރިން އެދެމެދުގައި ހިނގާ ދިޔަ ކުޑަ ކުޑަ ހާދިސާއެވެ. ޙަޤީޤަތުގައި ވެސް ކިޔާން ތާރާގެ ކޮޓަރިއަށް ދިޔައީ އީކަން ބުނެގެންނެވެ. ނަމަވެސް ތާރާ ފެނުނު ހިނދު އެ އަޅިފެހި ކުލައިގެ ތޫނު ދެލޮލުގެ ޖާދޫގައި ޖެހެވުނީއެވެ. އޭނާގެ ޙިއްސުތައް ކޮންޓްރޯލް ނެއްޓީއެވެ. ތާރާއަށް ލޯބިވާކަން އަންގަން ބޭނުންވީއެވެ. ތާރާގެ އެ ދިގު ބުޅި އިސްތަށިގަނޑުގައި އަތް ހިންގާލަން ބޭނުންވީއެވެ. އެކުއްޖާގެ ނިތްކުރިއަށާއި ޖަންބެއްހާ ރަތް ލޯބި ލޯބި ދެކޮލަށާއި ބޮސްދޭން ބޭނުން ވީއެވެ. ދުނިޔޭގައި ވިއްޔާ ވީހާ ނުބައިކަމަކުން ސަލާމަތް ކޮށް އެދެއަތުގެ ތެރޭގައި އެ މައުސޫމް ކުއްޖާ ފޮރުވާލަން އެދެވުނީއެވެ. ކިޔާންގެ މޭގައި ތާރާ ބޮޑިކޮށްލަން ބޭނުން ވީއެވެ. ލޯބިވާކަން ހާމަކޮށް ދޭން ބޭނުންވީއެވެ.
ނަމަވެސް އޭނާ ދެކޭގޮތުގައި އެވަގުތު އެކަން ހުއްޓުވި ފާރަކަށް ދީމާ ވުން އެއީ އޭނާގެ ނަސީބެވެ. ސަބަބަކީ ތާރާއަށް އޭނާ ލޯބިވާކަން އެނގިގެން ނުވާނެތީއެވެ. އޭނާ ތާރާއާ ދުރުވާން ބޭނުން ވާތީއެވެ. ތާރާދެކެ ލޯބިވެވުނީ އޭނާ ބޭނުންވެގެނެއް ނޫން ވިއްޔާއެވެ.
ތާރާ ގޮސް އިށީނީ މެދުގައި އިން ސޯފާގައެވެ. “ސޯ ކޮން މީޓިން އަކޯ މީ؟” ތާރާ އަހާލިއެވެ. “ވަކި މީޓިން އެއް ނޫން މީކީ. ހަމ ޖައްސާލީ މިގެއަށް. އެކަމް ދަތުރާ ބެހޭ ކުޑަ ކުޑަ އެއްޗެއް ބުނެލާށާ އެއްކޮށް.” ޖައިލަމް ބުނެލިއެވެ. ތާރާ ބޯ ޖަހާލިއެވެ. “ސޯ ވާން އުޅޭ ގޮތަކީ… އޭޒް ޔޫ އޯލްރެޑީ ނޯ މިދަތުރު މީ ރޭ ކުރަން ދާ ދަތުރެއް. ބޭނުންވާ އެއްޗެހި ހަމައަށް ގެންނާތި. އުނދުން ކަހަލަ އެއްޗެހި އެރަށުގަ ހުންނާނެ. ކައްކަން ނޫޑުލިސް ކަހަލަ އެއްޗެހި މިއަދު ހެނދުނު ފޮނުވައިފިން އެކޮޅަށް. އެން ހަނދާން ކުރާތި ކޮންމެ މީހަކު ވިޔަސް ގަނޑިއެއް އަޅައިގެން އުޅެން ވާނީ އެ ރަށަށް ގޮސް.” ޖައިލަމް އެއްނޭވާ މަތިން ހުރިހާ އެއްޗެއް ކިޔާ ނިންމާލިއެވެ.
“ޖައި. ތަނަކަށް ދާން ޖެހިގެންތަ ތިހާ އަވަސް ތި އަރުވާލީ؟” ތާރާ ޖޯކު ޖަހާލިއެވެ. “ނޫނޭ. ހަނދާން ނެތި ދާނެތީ އަވަހަށް ކިޔާދިނީނު މި. އެކަހަލަ އެއްޗެހި ފަސޭހައިން ހަނދާން ނެތޭނެ.” ޖައިލަމް ޖަވާބު ދިނެވެ. އެއާއެކު އެންމެން ގާތަށް ހިނި އައެވެ.
“އިފް ދެޓްސް އޯލް އަހަރެން ދަނީ! ބާއި!” ތާރާ ތެދުވެ ގޭ ބޮޑު ދޮރާ ދިމާއަށް ހިނގައި ގަތެވެ. “ކޮންތާކަށް؟” ޖައިލަމް ވާނުވާގައި އިނދެ އަހާލިއެވެ. “ކޮން ބިޓަކާ ބައްދަލު ކުރަން ދާންތަ ތިއުޅެނީ؟” ޔުކްތާ ބުމަ އަރުވާލިއެވެ. “ބިޓޭ؟! ތާ؟ ތާގެ ބިޓޭ؟” އީކަން ފުންމައިގެން ތެދުވިއެވެ. މީގެ ކުރިން އެކަހަލަ ވާހަކައެއް އަޑުއަހާފައި ނުވާތީއެވެ.
ކިޔާން ވެސް ސިހިފައި ތާރާއާ ދިމާއަށް ބަލާލެވުނެވެ. ކިޔާންގެ ހިތުގައި ހިފާ ފިއްތާލިހެން ހީވެގެންނެވެ. ތާރާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ބާވައެވެ؟
“މޮޔަ ނުގޮވަ ބަލަ މިހިރަ އުޅޭ ސަންޕަ ދައިތަގަނޑާ!” ތާރާ ޔުކްތާއާ ދިމާއަށް ލޯ އަޅާލިއެވެ. އޭރު އޭނާގެ މޫނުމަތި ލަދުންގޮސް ހީވަނީ ދޮންވެ ފައްކާވެފައި އިން ރަތް ޓޮމާޓޯއެއް ހެނެވެ. “ތާ ޔޫ އަރ ރިއަލީ ޑޭޓިންތަ މީހަކާ؟ ކާކު އެއީ އަނެއްކާ؟” އީކަން ގަބޫލު ނުކުރެވިފައި އަނެއްކާވެސް އަހާލިއެވެ. އޭރު އަނގަ ހުޅުވައިގެން ހުރިގޮތުން ހީވަނީ މަހެއް ހެނެވެ.
“ދެން އީކަންގަނޑާ! ކިހާ ދެރަކަމެއް ތަ މީ! އަހަރެން މީ ކާކުކަން ހަނދާން ނެތުނީތަ؟ އަހަރެންނަަކީ ތާރަ ރައްޔާން. އަދި ބުނަން މި ތާރާ ރައްޔާނެއް ނޫޅެ އަދި މީހަކާ ހިތާވާ ހިތަކުން. ހުއް.” ތާރާ އުނަގަނޑުގައި އަތްވިއްދައިލަމުން ބުނެލިއެވެ. އޭނާ އެބުނި ބަސްތަކުގައި ވީ ކިހާ ބޮޑު ދޮގެއްކަން އެންމެ ރަނގަޅަށް އެނގޭނީ ޖައިލަމަށެވެ.
“އެހެންނޫނަސް ކީއްކުރަން ކޫސަނި ބޫސަނި މީހުން ފަހަތުން އުޅެންވީ؟ އެ މީހުންނަކަށް ލޯތްބަކީ ކިހާ އަގުބޮޑު އެއްޗެއް ކަމެއް ނޭނގޭނެ.” ތާރާ ނިކުމެގެން ދަމުން ކިޔާންއާ އަރާހަމަވުމުން ބުނެލިއެވެ. އަދި އެތަނުން ނިކުމެގެން ދިޔައެވެ. ތާރާ ބުނިއެއްޗެއް އެންމެ ސާފުކޮށް އިވުނީ ކިޔާނަށާއި އޭނާގެ އުނގުމަތީގައި އިން ދީމާ އަށެވެ. ކިޔާން އަށް ތާރާ އެބުނި އެއްޗެއްގެ މާނައެއް ނޭނގުނެވެ. ނަމަވެސް އެ ބަސްތަކުން އޭނާ ސިކުނޑި ހިސޯރު ކުރުމުގައި ކުރި ހޯދައިފިއެވެ.
ތާރާ ބޭރަށް ނުކުތުމަށް ފަހު ކައިލާނަށް ގުޅާލިއެވެ. އަދި ދެމީހުން ފޯނުން ވާހަކަ ދެއްކުމުގައްޔާއި ސަކަރާތް ޖެހުމުގައި އެތަކެއް އިރެއް ހޭދަކުރިއެވެ. އެއަށްފަހު ތާރާ ނާޒިމާ އަށާއި ގާތް އެކުވެރިން ނަށް ވެސް ގުޅާލައިގެން ވާހަކަ ދައްކައި ހާލު އަހުވާލު ބަލާ ހެއްޖެވެ. ފޯނު ކޯލްތައް ނިންމާލުމަށްފަހު އޭނާ ގެއަށް ވަންއިރު 10 ޖަހާ ބޮޑު ވެއްޖެއެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.
“ހާދަ ހިނިއައިސްފަ؟” ސަމާ އަހާލިއެވެ. “އެ ކައިދޮންބެ އެން މޮމް މެނަށް ގުޅާލާފަ މިއައީ.” ތާރާ ބުނެލިއެވެ. “އަކުރަމް މެނަށް ވެސްތަ؟” ސަމާ އަހާލިއެވެ. “ޔާ. ހީވޭތަ އަކޫއަށް ނުގުޅާ ހުންނާނެ ހެން؟ ހީ އިޒް ދި މޭން. ބައިދަ ވޭ ހިމްނާ އެން އިޝާން ސަލާމް ބުނި ސަމްއަށް. ވަރަށް މިސް އޯ. އަކޫ ހިލާ މިސްވާ ކަމަކަށް އެއްބަސް ނުވި. މަށާ ވެސް މިސް ނުވެޔޯ. ފޮނި މީހާގަނޑެއް އެއީ.” ތާރަ ތުންކޮޅު އޫކޮށްލިއެވެ.
“ސާބަސް ތާއަށް. އެންމެނަށް ވެސް އެނގޭނެ އެސޮރު ތާދެކެ މިސް ވާނެ ކަން. ދެމީހުން އެކަކު އަނެކަކާ ނުލާ ނޫޅެވޭ ވިއްޔަ.” ސަމާ ތާރާއަށް ހެމުން ބުންޏެވެ. “ތެދެއް. އެއްކަހަލަ ދެމީހުން ވިއްޔަ. ހަހަހަ.” އީކަން ވެސް އެ ހުނުމުގައި ބައިވެރިވިއެވެ. ތާރާ އީކަންއާ ދިމާއަށް ލޯއަޅަމުން އެތަނުން ދާން ހިނގައި ގަތެވެ.
ތާރާ ދެއްކި ވާހަކަތަކުން ކިޔާންގެ ސިކުނޑި ފުރިއްޖެއެވެ. އަކުރަމް އެއީ ތާރާގެ ކާކު ހެއްޔެވެ؟ ތާރާ އޭނައާ އެހާ ގާތީ ކޮންގޮތަކުން ކީއްވެ ބާއެވެ؟ އަނެއްކާ ތާރާގެ ހިތުގެ މިލްކު ވެރިއެއް ހުންނަނީ ބާއެވެ؟ އަކުރަމް އަކީ އެއީ ބާއެވެ؟
ތާރާ ކޮޓަރިއަށް ދިޔައިރު ވެސް ހުރީ ހިނިއައިސްފައެވެ. އަކުރަމް މެންގެ ސަބަބުންނެވެ. އަކުރަމަކީ ތާރާގެ ރަށު ގާތް ރައްޓެއްސެކެވެ. ތާރާ ކުޑައިރު މާލޭގައި އުޅުން އިރު ނާޒިމާ އުޅެ ބޮޑުވި ރަށަށް އޭނާގެ ކުޑަކުޑަ އާއިލާ ދިޔަ ފުރަތަމަ ފަހަރު ދެމީހުން ދިމާވީއެވެ. އެހިސާބުން ތާރާއާއި ސާރާ އަދި އަކުރަމް ގެ މެދުގައި ގާތް ރަޙުމަތްތެރިކަމެއް އުފެދުނެވެ. އެހެންކަމުން އޭރުއްސުރެ މިއަދާ ޖެހެންދެން ވެސް އެ ރަޙުމަތްތެރިކަމަށް ބަދަލެއް ނައިސް އޮތީއެވެ. ކަން ވީ ގޮތުން އަކުރަމަށް ތާރާ ކުޑައިރު ހިނގާ ދިޔަ ހާދިސާ ވެސް އެނގެއެވެ.
ކޮންމެއަކަސް އަކުރަމަކީ ތާރާ ފަދައިން ލާނެތް މަޖާ މިޒާޖެއްގެ ޒުވާނެކެވެ. ނަމަވެސް ސީރިއަސް ވަގުތު ތަކުގައި ވަރަށް ސީރިއަސް ވާނެއެވެ. އަދި ތާރާ ކަމަކާ މޫޑު ސަކަރާތް ވެފައި ހުރިނަމަ އެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރުވުމުގައި އަކުރަމް ކުރި ހޯދާނެއެވެ. ދެމީހުންގެ މިޒާޖާއި އުޅުން އެއްގޮތް ކަމުން އެދެމެދުގައި އޮންނަނީ ވަރަށް ވެސް ވަރުގަދަ ގުޅުމެކެވެ.
ތާރާ ކޮޓަރިއަށް ވަނުމަށް ފަހު ފެންވަރައިގެން އެނދުގައި އޮށޯވެލިއެވެ. އަދި ނިދީގެ ފުންކަމަށް ގެނބިގެން ދިޔައެވެ.
……….
ސަމާގެ ފޯނަށް މެސެޖެއް އައުމުން ބަލާލިއެވެ. އެއާއެކު ދެން ފެނުނީ އޭނާގެ މޫނުމައްޗަށް ރުޅިވެރިކަމާއި ނަފްރަތުގެ އިތުރުން ހިތާމައާއި ޝަކުވާގެ ކުލަވަރުތައް މޫނުމައްޗަށް އެރި މަންޒަރެވެ.
އެއަށްފަހު ފޯނު އަދި ފެތިން މެސެޖު އައެވެ. އެންމެ ފަހުން އެމީހަކު އޭނާގެ ފޯނަށް ގުޅަން ފެށުމުން ފޯނު ކަނޑާލުމަށްފަހު އަތްދަބަސް ތެރެއަށް ލިއެވެ. އޭގެ ފަހުންވެސް ދެތިން ފަހަރަކު ގުޅިއެވެ.
ސަމާ ކަންތައް ކުރިގޮތް ފެނިފައި ޖައިލަމްގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ދެންމެ މެސެޖުކޮށް ގުޅާ ކަންތައް އެކުރީ ކާކު ހެއްޔެވެ؟ ސަމާ އެމީހަކު ދެކެ އެހާ ރުޅި އައިސްގެން ފޯނު އެ ކަނޑާލީ ކީއްވެ ހެއްޔެވެ؟ އޭނާގެ މޫނުމަތީގައި އެވަނީ ކޮން ވޭނެއް ހެއްޔެވެ؟ ކޮން ޝަކުވާއެއް ހެއްޔެވެ؟ އެމީހަކު ދެކެ ސަމާ އެހާ ނަފްރަތު ކުރަން ވީ ކީއްވެ ހެއްޔެވެ؟
ކޮންމެ ގޮތަކަށް ވިޔަސް އެ ސުވާލު ތަކުގެ ޖަވާބު އޭނާ ބޭނުންވިއެވެ. ނަމަވެސް އަދި ސަމާގާތު އަހާކަށް ނުކެރޭނެއެވެ. އެހެންނޫނަސް އޭނާ އެކަހަލަ ޕާސަނަލް ސުވާލެއް ސަމާއަ ކުރާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އެދެމެދުގައި ވާ ރަޙުމަތްތެރިކަމަށް ބުރޫއެއް އަރާކަށް ޖައިލަމެއް ނޭދެއެވެ.
އެދުވަހު 10:30 ހިނގުމުން އީކަން ޔުކްތާ ލާން ދިޔައީ އޭނާގެ ކާރުގައެވެ. އަދި ޖައިލަމް ސަމާ ލާން ދިޔައީ ޖައިލަމްގެ ކާރުގައެވެ. ދިޔަ މަގުމަތީގައި ދެމީހުން ވެސް ވާހަކަ ދައްކާ ހެއްޖެވެ. އެދެމީހުންގެ ދޭތެރޭގައި ވާ އެކުވެރިކަން ކުރިއަށް ވުރެ ވަރުގަދަ ވިއެވެ.
……….
“ނޫން ނޫން އެހެން ނުހަދާ! އެކުއްޖާއަށް އެހެން ނުހަދާ!” އެއްކަލަ އަންހެން ކުއްޖާ އާދޭސް ކުރަމުން ދިޔައެވެ. އޭރު ކޮޓަރީގައި ވަނީ ތުއްތު ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑެވެ. ބޮޑު ދެ ފިރިހެނަކު އެ ތުއްތު ކުއްޖާގެ ގައިގައި ފައިން ތަޅަމުން ދިޔައިރު އެއްކަލަ މަޑުމުށިކުލައިގެ އިސްތަށިގަނޑުގެ ވެރި އަންހެން ކުއްޖާ ވަނީ އެ ކޮޓަރީގެ ކަނެއްގައި ހުރި ގޮނޑިއެއްގައި އައްސާފައެވެ.
“އެކުއްޖާ އަށް އެހެން ނުހަދާށޭ! އެއީ ކުޑަކުއްޖެކޭ! ކަލޭމެންގެ ހިތުގައި ރަޙުމެއް ވެސް ނެތީތަ ހަމަ؟!” އެކުއްޖާ ހަޅޭއްލަވަމުން ދިޔައީ އެ 5 އަހަރުގެ ތުއްތު އަންހެން ކުއްޖާއަށް ކުރަމުން ދިޔަ އަނިޔާ ފެނިފައެވެ. އޭނާގެ ކުރިމަތީގައި ސިފަ ވަމުން ދިޔައީ އޭނާ ތުއްތު އިރު އެ ޙާލުގައި އުޅުން ހަނދާނެވެ. އެއާއެކު އޭނާއަށް އިތުރަށް ރޮވުނެވެ.
އެ 18 އަހަރުގެ ޒުވާން އަންހެން ކުއްޖާ ހަޅޭއްލަވަމުން ދިޔުމުން އެތަނުން އެއް ފިރިހެނަކު ރުޅިއައިސްގެން އައިސް އެކުއްޖާގެ އަނގަ ތެރެއަށް ފޮތިގަނޑެއް ކޮއްޕާލިއެވެ. އަދި ޖިންސުގައި އަޅުވާފައި އިން ބެލްޓު ނަގައި އެކުއްޖާގެ ގައިގައި ފިތްނަގާ ވަރަށް ތަޅަން ފެށިއެވެ. އެކުއްޖާގެ ހަށިގަނޑުގައި އެ ބެލްޓް އައިސް ޖެހޭ ކޮންމެ ފަހަރަކު ހޭރިގަނެވެއެވެ. ނަމަވެސް ބޭރަކަށް އެއްވެސް އަޑެއް ނާދެއެވެ. އެންމެ ފަހުން ގޮސް އެކުއްޖާ އައްސާފައި އިން ގޮނޑިއާއެކު ބިންމައްޗަށް ވެއްޓުނެވެ.
އެވަރުން ވެސް އެމީހާ އެކުއްޖާގެ ގައިގައި ބެލްޓުން ތަޅަމުން ދިޔައެވެ. ވަކި ހިސާބަކުން އެ އަންހެން ކުއްޖާ އޭނާގެ ގައިގައި ބެލްޓު ޖެހުނަސް ނުރޮއެވެ. ލޯ މަރާލުން ނޫން ކަމެއް ނުކުރެއެވެ. ރޮއެރޮއެ ގޮސް ވަރުބަލި ވީއެވެ. އޭރު އޭނާ ވަށައިގެން ލޭގެކޯރެއް ހެދިފައިވިއެވެ.
އެމީހާ ބެލްޓު އެއްލާލީ އޭގެ އެތައް އިރެއް ފަހުންނެވެ. އަދި އެކުއްޖާ އައްސާފައި ހުރި ގޮނޑީގެ ވާތައް މަހާލުމަށްފަހު ގޮނޑިވެސް ދުރަށް އެއްލާލިއެވެ. އަދި އެކުއްޖާއާ ދިމާއަށް ބަލާލީ ކަރުހިއްކައިގެންފައިވާ ޖަނަވާރެއް ބަލާ އުސޫލުންނެވެ. ދެން ވާން އުޅެނީ ކީއްކަން އެކުއްޖާއަށް ވިސްނުމާއެކު އަނެއްކާވެސް ރޮއެގަތެވެ. މިފަހަރު ވެސް އެއަޑު ބޭރުވިޔަ ނުދީ ހިފެހެއްޓީ އަނގަ ތެރޭގައިވާ ފޮތިގަނޑެވެ. އެކުއްޖާ އެމީހާ ކުރަން އެ އުޅޭ މުޑުދާރު އަމަލުން ސަލާމަތް ވުމަށް ޓަކައި ރޯމަހެއް ތެޅޭހެން ތެޅެން ފެށިއެވެ. އޭނާގެ ރުއިމުގެ އަޑު އަހާނެ މީހަކު ނުވާނޭކަން ވެސް އެނގިހުރެއެވެ.
ކޮންމެއަކަސް އެ ނުލަފާ މީހާގެ ވަކިތަކުގެ ޝިކާރަ އަކަށް އެކުއްޖާ އެހެން ރޭތަކެކޭ އެއްފަދައިން މިރޭވެސް ވިއެވެ. އެކުއްޖާގެ ކިބައިން އޭނާގެ ކަރުހިއްކުން ފިލުވުމާއެކު އެމީހާވެސް ދެންހުރި މީހާވެސް އެތަނުން ދިޔައެވެ.
އެމީހުންނަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ އެކުރެވުނީ ކިހާ ބޮޑު ކުށެއް ކަމެވެ؟ އާޚިރަތް ދުވަހުން މާތްﷲ އެމީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވާނޭ ކަމެވެ.
އެއްކަލަ އަންހެންކުއްޖާ ލޯ މަރާލައިގެން އޮތްގޮތަށް އޮތީއެވެ. ހަރަކާތެއް ނެތެއް ކަމަކު އޭނާ އޮތީ ނިދާފައެއް ނޫނެވެ. އޭނާގެ ހިތުގެ ވޭން ދެނެގަނެވޭނެ މީހަކު ހުދު އޭނާ ނޫނީ ނުހުންނާނެއެވެ. އޭނާ ތުއްތު އިރުއްސުރެ ތަހައްމަލު ކުރަމުން އެދާ ވޭނަކީ އެއަށް ދުވަހަކުވެސް ބަދަލެއް އަންނާނެ އެއްޗެއް ނޫންކަން އެމީހުން އޭނާއަށް ވިސްނާ ދީފައި ވިއެއް ކަމަކު ކޮންމެވެސް ދުވަހަކުން އެ އަނިޔާވެރި ކަމުން ސަލާމަތް ވޭތޯ އޭނާ އަބަދުވެސް ދުއާ ކުރެއެވެ. އެވޭނަށް ނިމުނެއް އަންނާނެއެވެ.
އޭނާއަށް އިންސާފު ލިބޭ ދުވަސް އަންނާނެއެވެ. އޭނާ އެކަންޏަކަށް ނޫނެވެ. އޭނާ ފަދައިން އެމީހުންގެ ޝިކާރަ އަކަށްވެ ދިރިއުޅުން ފުނޑުފުނޑުވި އެތައް ކުއްޖެކެވެ. އެމީހުންގެ ވަކިތަކުގައި ވަނިކޮށް ދުނިޔެ ދޫކުރި ކުދިންތަކެވެ. އެމީހުން މެރި މީހުންނެވެ. ތުއްތުއިރު އާއިލާއާ ވަކި ކުރި މައުސޫމް ކުޑަކުދީންނެވެ. އެ ނުލަފާ މީހުން އެމީހުންގެ އަމިއްލަ އުފަލަށްޓަކައި އެބައެއްގެ ދިރިއުޅުން ވެއްޔާ މޮޑެލާ ވިއްސި ވިހާލިވެކޮށްލުމުން ހާލުގައި ޖެހުން އާއިލާ ތަކެވެ. ޙައްޤުނޫން މަރަކުން މަރުވި އޭނާގެ ލޯބިވާ ބައްޕައެވެ. ތުއްތު އިރު ހިނގާ ދިޔަ ޙާދިސާގައި އަނިޔާ ލިބުނު ލޯބިވާ ދައްތައެވެ. އެ އެންމެންނަށް އިންސާފު އަދި ލިބޭނެއެވެ. އެއްވެސް ކަމަކީ ސިއްރުން އޮންނާނެ ކަމެއް ނޫނެވެ. ވަގުތު ޖެހުމުން އެންމެ ބޮޑު ސިއްރު ވެސް ފަޅާ އަރާނެއެވެ.
މާތްﷲ އިރާދަ ކުރެއްވިއްޔާ އޭނާއަށް އަދި އޭނާގެ އާއިލާއާ ބައްދަލު ވާނެއެވެ. ލޯބިވާ މަންމައާއި، ދޮންބެއާއި ދައްތައާއެވެ. އެ އެންމެނާއި ބައްދަލު ވާނެއެވެ.
އެދުވަސް އަންނާނެއެވެ. އޭނާ އެދުވަހަށް އިންތިޒާރު ކުރާނެއެވެ. ކެތްތެރިކަމާއެކު ދުވަސްތައް ގުނާނެއެވެ. މާތްﷲ ވަނީ ކެތްތެރިންނާ އެކުގައެވެ.
———____–«»–____———
މި ޕަރޓް ވެސް ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް އުންމީދު ކުރަން.
»ޝައިމާ«
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Mi part ves vrh Sali ❤️❤️❤️
Masha Allah❤️❤️❤️???
Aleyy kiyaan nuvaane dhw ehen hadhaakah??????❤️❤️❤️
Ril vrh dera vey eba thaaraa uleygothun ??????????❤️❤️❤️
But I like how she hide her feelings inside her that’s so great ???????????❤️❤️❤️❤️❤️❤️❤️
Btw that girl akee tharaa ge twin sis dhw?????❤️❤️ haadha heevey noon Hama ragalah dhw Ril mibunee❤️❤️❤️?????
Btw waiting for the next part ❤️❤️❤️
Love uuuu❤️❤️❤️❤️???
Stay safe and take care,❤️❤️❤️???
Hehe. Thanks ❤.
Aneh girl e ee kaaku kan adhi egeyne dhw. Hehe.
Maasha allah v reethi mi part vx sis
Thaaraa ah kaneyge Ehaa varah emeehun e aniyaa kuranee
Curiously waiting for nxt part dear
Stay safe n Tc
Lyyysssmmm
Thanks Lamhaa
Love you too ??
Masha allah varah varah reethi mi story????mihaathanah kee ehme reethi story??????love this story sis
Aww. Thank you Juma ?
Mi part ves varah reethi
Keep it up my dear
Waiting for next part
❤️❤️❤️❤️❤️☠️❤️❤️❤️❤️❤️
Masha allah varah reethi?❤?
Keep it up?❤?
Luv u?❤?
Stay safe?❤?
Wow mi part vx varah reethi masha Allah keep it up
I think e anhen kuhjaa akee thaaraage twice sis hen
Curiously Waiting for the next
Hey u r from kudariku dhw shai.. did u went to Manta festival last year ga?. Ehen vehje nama aharemen meet vefa huhnaany.. hehe. Btw vhk varah rythi… when next dear❤❤❤❤❤❤❤❤
Yes. Shai mee Kudarikilu kujjeh. But last year manta festival ah nudhan. Shai 2018 ga Male’ badhaluvy.
Thankyou Gurlll ♥️♥️