Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަންނަންދެން ހުންނާނަން ލޯބިން 11

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
November 20, 2020 6 Mins Read
3 Comments

Hello dear readers! It has been such a long time. Whooo! My exam is finally over ☺..

=============

“ލަދު ގަތީތަ؟” އިވުނީ ކިޔާންގެ އަޑެވެ. އެ އަޑުގައި ލާނެތްކަމެއް ވިއެވެ.

…………

ތާރާގެ މޫނުމަތި އިތުރަށް ރަތްވިއެވެ. ވަގުތުން މޫނު މަތީ އަތް އެޅިއެވެ. “ތި ގަޔަށް އެއްޗެއް ލައިގެން އާދެބަލާ!” ތާރާ ގަތް ލަދު ފޮރުވަން މަސައްކަތް ކުރިއެވެ. އެއާއެކު އެންމެން ހިނިގަނޑެއް ޖަހާލިއެވެ.

“ނަހް. މިހެން އޯކޭ.” ކިޔާން ބުނެލިއެވެ. ތާރާއަށް ވަމުން ދިޔަ ގޮތް އޭނާއަށް މަޖާ ވީއެވެ. އޭނާ ހުރީ ހަމައެކަނި ކަކުލާ ހަމައަށް އަރާވަރުގެ ކަޅު ހަރުވާޅު ސޯޓެއް ލައިގެނެވެ. އޭނާގެ ފިރިހެންވަންތަ ހަށިގަނޑު ހުރީ ހާމައަށެވެ.

“މޮޔަ ނުވެބަލަ ކިޔާން! ދެން އެއްޗެއް ލާބަލަ!” ތާރާ ތުން އަނބުރާލިއެވެ. އެވަގުތު ފާޚާނާއިން ނުކުތް ޖައިލަމަށް މި މަންޒަރު ފެނުމުން ހިނިއައެވެ.

“ތެދެއް ޔާން. ދެން އެކުއްޖާފުޅު ތި ވަރު ނުކޮށް ބަލަ. މިހާރުވެސް ހީވަނީ ލަދުން އައިސް ކިޔުބެއް ހެން ވިރި ދާނެ ހެން ވިއްޔަ.” ޖައިލަމް ހެމުން ބުނެލިއެވެ. “ހޫންންން! މަށެއް ނޫޅެން ލަދުންނެއް. އެ ކިޔާން ގަނޑު މާ ފޮނިވަނީ އޭ. މާ ރީތި އެބްސް ލިބިގެން އެބައުޅެ އެއްނު.” ތާރާ އެހެން ބުނަމުން އަވަހަށް ބަދިގެއަށް ދިޔައެވެ. އަދި މޫނު މަތީ ފެން ފުދެއް ހޭކުމަށް ފަހު ސިޓިންރޫމަށް ދިޔައެވެ.

ކިޔާން ހެމުން އީކަން އެއްލި ނޫ ކުލައިގެ ޓީޝާޓު ލިއެވެ. އަދި ޔުކްތާ އެމީހުން އައި ސަބަބު ބުނުމުން އެންމެން އެއްކޮށް ސިޓިންރޫމަށް ދިޔައެވެ.

އެރޭ ބާރަ ޖަހަންދެން އެކުދިން ތިބީ އެކި ކަހަލަ ގޭމްތައް ކުޅޭށެވެ. ކޮންމެ ފަހަރަކު ތާރާ އެއްޗެއް ބުނާއިރަށް ކިޔާން ތައްދުގައި ހަބަސް ބުނާނެއެވެ. ސަކަރާތުގައި ވަގުތުތައް ހޭދަ ކުރުމަށް ފަހު އެންމެން ވެސް ނިދަން ދިޔައީ ބާއްޖަވެރި ރެއަކަށް އެދެމުންނެވެ.

 

ނިދަން އޮތް އިރުވެސް ތާރާއަށް ވިސްނެނީއެވެ. ކިޔާނާ މެދުގައެވެ. ދީމާ އާމެދު ކިޔާން މިއަދު މާ ބޮޑު ފަރުވާލެއް ނުބެހެއްޓުމުން އެދެމީހުން ދޭތެރޭ އޮތީ ލޯބީގެ ގުޅުމެއް ނޫންކަން ތާރާއަށް ވިސްނުނެވެ. އެހެން ވީއިރު ކިޔާންގެ ޙަޔާތުން ތާރާއަށް ޖާގައެއް ލިބިދާނެ ނޫން ހެއްޔެވެ؟ ފަހަރުގައި ޖައިލަމް ބުނިހެން ކިޔާން ވެސް އޭނާދެކެ ލޯބިވާ ކަމަށް ވެސް ވެދާނެއެވެ. އޭނާ ތާރާ ލޯބި ހުށަހަޅާތޯ ވެސް މަޑު ކޮށްފާނެއެވެ.

ޙިޔާލުގައި އޮތް ތާރާއަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.

………………..

 

އެހެން ދުވަސްތަކާ ހިލާފަށް މިއަދު އެންމެ ފުރަތަމަ ހޭލީ ތާރާއެވެ. ގޭތެރޭގައި އަޑުގަދަ ކުރަމުން ހަޅޭއްލަވަމުން ބާކީ ތިބި އެންމެން ވެސް ހޭލެއްވިއެވެ. އެކަމާ ކިޔާން ހުރީ ކުނި މޫނު ހަދައިގެންނެވެ. ހެނދުނު ކާމޭޒު ދޮށުގައި ކާން އިން އިރުވެސް އިނީ ކުޑަކުއްޖެއްހެން ތުން ދަމައިގެންނެވެ. އެކަމާ މަޖާ ވެގެން ތާރާއާއި ޖައިލަމް ކިޔާންއާ ދިމާކޮށް ހެދިއެވެ.

ކައި ނިމުމުން އެންމެން ދިޔައީ މޫދަށް އެރޭށެވެ. މެންދުރަށް ބަންގި ގޮވުމުން ފެންވަރައިގެން ނަމާދު ކޮށްގެން އޮތީ ފިރިހެން ކުދިންނާއި އަންހެން ކުދިން ވާދައަށް ކެއްކުމެވެ. ކައްކަން ނޭނގޭތީ ތާރާ ވީ ޖަޖަށެވެ. މޮޅުވީ އަންހެން ކުދިން ކަމަށް ތާރާ ބުނުމުން ތާރާ އަންހެން ކުއްޖެއް ވީމަ އެކުދިން މޮޅު ކުރީ ކަމަށް ބުނެ ކިޔާންމެން ޒުވާބު ކުރިއެވެ.

އެއަށްފަހު އެންމެން އަތިރިމަތީގައި ކުޅުނީއެވެ. ހިރި އާއި، ޕަޗަސް އާއި، ފައިގަތަޅާގެ އިތުރުން ވޮލީ އަދި ފުޓުބޯޅަ ވެސް ކުޅުނެވެ. ރޭގަނޑު ވުމުން މިރޭވެސް ހެދީ ބާބަކިއު އެވެ. ބިރުވެރި ވާހަކަ ކިއުމުގައާއި ސަކަރާތް ޖެހުމުގައި ދުވަސް އެއްކޮށް ހޭދަކޮށްލިއެވެ.

 

ކުރިން ރެއެކޭ އެއްފަދައިން މިރޭ ވެސް ތާރާ އޮތީ ވިސްނާށެވެ. މިދަތުރު މިވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. މި ދަތުރުން އޭނާއަށް ލިބުނީ އުފަލެވެ. ހިތްހަމަޖެހުމެވެ.

ކޮންމެއަކަސް ނިދަން މަސައްކަތް ކޮށް ކޮށް ވެސް އޭނާ އަކަށް ނުނިދުނެވެ. އެހެންކަމުން ތެދުވެގެން އޭނާ ގޮސް ފާޚާނާއަށް ވަނެވެ. އަދި މޫނު ދޮވެ ލައިގެން އޭނާ ކޮޓަރިން ނުކުތެވެ.

ކެބިންއިން ތާރާ ނިކުތީ އެރެއަކީ ހަނދުވަރުދޭ ރީތި ރެއެއް ކަމުންނެވެ. ނަމަވެސް އޭނާގެ ފިޔަވަޅު ތަކަށް މަޑހ ޖެހުމެއް އައީ ރާޅުޖަހާ ހިސާބުގައި ދޮންވެލިގަނޑު މަތީ މީހަކު އިންތަން ފެނުމުންނެވެ. ޖެހިލުންވެފައި ހުރެވެސް އޭނާ ކުރިއަށް ހިނގައި ގަނެވުނީ ކީއްވެ ކަމެއް ހުދު އޭނާ އަކަށް ވެސް ނޭނގުނެވެ.

އެ ފިނި ފިނި މަޑުމައިތިރި ރޭ އެކަނިމާއެކަނި އެތާ އެއިނީ ކާކު ހެއްޔެވެ؟

ތާރާއަށް އެ ސުވާލުގެ ޖަވާބު ލިބުނީ އެމީހަކު ފަސް އެނބުރި ބަލާލުމުންނެވެ. ކަޅު ކުލައިގެ ހުޑީއެއް ލައިގެން އެއިނީ އޭނާގެ ހިތް މިލްކު ކުރި މީހާ ނޫން ދެވަނަ ދެމީހެއް ނޫނެވެ. އާއެކެވެ. ކިޔާންއެވެ.

“ކިޔާން.” ތާރާއަށް މަޑުމަޑުން ބުނެލެވުނެވެ. “ތާރާ.” ހައިރާންވެފައި ކިޔާންއަށް ވެސް ބުނެވުނެވެ.

 

“މިތާ ކީއް ކުރާނީ؟” ދެމީހުންނަށް ވެސް އަހާލެވުނީ އެކު އެކީގައެވެ. “ނުނިދިގެން.” ތާރާ ހީލަމުން ބުނެލިއެވެ. “އަހަރެން ވެސް.” ކިޔާން ވެސް ބުންޏެވެ. ތާރާ ގޮސް ކިޔާން ކާރީގައި އިށީނދެ ލިއެވެ. އެ ދެމެދުގައި ވީ ހަމަ ހިމޭން ކަމެވެ. އެ ގޮތުގައި އެތައް އިރެއް ހޭދަވިއެވެ. އެންމެ ފަހުން ކިޔާން ތެދުވިއެވެ. “އަހަރެން ދަނީ ނިދަން ދެން. ތާރާ ވެސް ދެން ދޭ. ވަރަށް ދަން ވެއްޖެ މިހާރު.” އޭނާ އަތުން ވެލި ފޮޅާލަމުން ބުނެލިއެވެ. ތާރާ ވެސް ތެދުވެ ލިއެވެ.

ކިޔާން ފަސް އެނބުރި ދާތަން ފެނުމުން އޭނާގެ ހިތަށް އުނދަގޫ ވިއެވެ. އޭނާއަށް ކިޔާން އަށް ގޮވާލެވުނެވެ. އޭނާގެ އަނގައިން ދެން ނުކުތް ބަސްތަކުން އޭނާ އަމިއްލަ ނަފްސަށް ވެސް ސިހުން ލިބުނެވެ. ބޭއިޚްތިޔާރުގައި އޭނާގެ ހިތް ހުޅުވާލެވުނީއެވެ.

 

“ކިޔާން. އަހަރެން ކިޔާން ދެކެ ވަރަށް ލޯބިވަން.”

 

ސިއްސައިގެން ގޮސް ކިޔާން ފަހަތަށް ބަލާލެވުނެވެ. ގަބޫލުނުކުރެވިފައެވެ. އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް ހީވީ ތޫފާނެއް އައި ހެންނެވެ. “ކީކޭ؟” ކިޔާންއަށް އަހާލެވުނެވެ.

ތާރާ ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އަނެއްކާވެސް ބުނެލިއެވެ. “އައި ލަވް ޔޫ ކިޔާން.” މިފަހަރު އޭނާގެ އިޙްތިޔާރާ ވެސް އެކުގައެވެ.

ކިޔާންއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ގޮށްމުށްކަވާފައި ޖެހިހެންނެވެ.

 

“ދޮގެއް. ތީ ދޮގެއް.” އޭނާ ބުނެލިއެވެ. “އަހަރެންގެ މޫނު މައްޗަށް ބަލާފަ ހީވޭތަ ދޮގެކޭ މިބުނަނީ؟ އަހަރެން މި ބުނަނީ ހަޤީގަތޭ!” ތާރާ ބުންޏެވެ.

“ސަމާސާ ނުކުރޭ.” ކިޔާންއަށް ދަތްކުޑި ވިކާލެވުނެވެ. “ބުނަން ރީތި ވާހަކައެއް ކިޔާން. ލޯތްބަކީ ސަމާސާއެއް ނޫން. އަހަރެންނަށް މީ ކުޅޭ ކުޅިވަރެއް ނޫން. އަހަރެން ކިޔާން ދެކެ ލޯބިވާތީ އޭ މިބުނަނީ ލޯބިވަމޭ!” ތާރާއަށް ބުނެވުނީ ބާރަށެވެ.

“ތާރާ ތިހެން ބުނާއިރު އިނގޭ ދޯ އަހަރެންގެ ގަރލް ފްރެންޑެއް ހުންނަކަން.” ކިޔާން އަށް ޖެހުނީ އޭނާގެ ހިތާ ހަނގުރާމަ ކުރާށެވެ. އޭނާ ތާރާއެއް ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ހިތެވެ. އޭނާއެއް ނޫނެވެ. ކިޔާން އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ.

“އެހެންތަ؟ އަހަންނަށް އިނގެޔޭ ކިޔާން އާ ދީމާ އާ ދޭތެރޭ އޮތީ ލޯތްބެއް ނޫންކަން.” ތާރާ ބުނެލިއެވެ. ނަމަވެސް ދެން ކިޔާން ބުނި ބަސްތަކުން ހީވީ އޭނާގެ ކަންފަތް ދޮށުގައި ހޮނުގުގުރިއެއް ޖަހާލި ހެންނެވެ.

“އެހެން ވީއިރު ތާރާއަށް އިނގޭނެ އަހަރެން ތާރާ ދެކެ ލޯބި ނުވާކަން!”

ކިޔާންގެ އެ ހަރުކަށި ބަސްތައް ތާރާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއާއެކު އޭނާގެ ލޯ ފެންކަޅި ވިއެވެ.

 

“އެންމެ ރަނގަޅު. އަހަރެން ދެކެ ލޯބި ނުވަނިއްޔޯ. ދެން ކީއްވެ ދީމާ ދެކެ ލޯބި ނުވާއިރު އޭނާއާ ރައްޓެހިވެގެން ތިއުޅެނީ؟” ތާރާ ހިތްވަރު ކޮށްފައި އަހާލިއެވެ. “އޭނާ އެއީ އަހަރެން ވަގުތީ ގޮތުން ރައްޓެހިވެގެން އުޅޭ ކުއްޖެއް. އެކަން އެނގޭނެ ތާރާއަށް ވެސް. އަހަރެން މީ ރިލޭޝަންޝިޕްސްގަ އުޅޭ މީހެއް ނޫން.” ކިޔާން ބުނެލީ އޭނާގެ އަޑަށް ހިތްހަމަނުޖެހުން ވެރި ކުރަމުން ނެވެ.

“އެހެންނޫނަސް އަހަރެންނަށް ތާރާ ކަހަލަ ރާއްޖެތެރޭ ކުދިންނެއް ކަމަކު ނުދޭ. އަހަންނަށް ކަމުދަނީ މާލޭ މުއްސަނދި އާއިލާ ތަކަށް ނިސްބަތްވާ ފެޝަން ކުދިން.” ކިޔާން އެހެން ބުނީ ތާރާއަށް ކިޔާންގެ ބަސްތައް ގަބޫލު ކުރެވޭނީ އޭރުން ކަމަށް ބަލާފައެވެ.

ނަމަވެސް ތާރާ އަށް ހީވީ އޭނާގެ ހިތަށް މީހަކު ފައިން އަރާ ޗިސް ޗިސް ކޮށްލި ހެނެވެ. އޭނާގެ ފައިން ވާގި ދޫވި ކަހަލައެވެ. ބިންމަތީ ކަކޫ ޖަހާލެވުނެވެ. އޭރު އޭނާގެ ކޯތާފަތްމަތިން ކަރުނަތައް ޖާގަ ހޯދައިފިއެވެ.

 

“ލޯތްބަކީ އަހަރެން ގަބޫލު ކުރާ އެއްޗެއް ނޫން. އެއީ ވާހަކަ ތަކުގައި މީހުން ގެންގުޅޭ ބޮޑު ފުލޯކެއް. ތާރާ އަކީ ތިހާ މޮޔަ މީހެއް ކަމަކަށް މީގެ ކުރި އަކުން އަހަރެން ނުދެނެހުރިން.” ކިޔާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ތާރާ އޭނާއާ ދުރު ވާނީ އޭރުން ކަމަށް ގަބޫލު ކޮށްފައެވެ.

ކިޔާން ބުނަމުން ދިޔަ ކޮންމެ ލަފުޒަކުން ތާރާގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. ލޭކޮށަމުންނެވެ. އެތަކެއް ލަކުނުތަކެއް ލަމުންނެވެ.

ތާރާ ހިތްވަރު ކުރަމުން ދިޔައެވެ. ކިޔާން ކުރިމަތީގައި ނުރޯށެވެ. ނަމަވެސް އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެތެރެއިން ރޮމުން ދިޔައިރު އޭނާގެ ހަށިގަނޑުވެސް ތުރުތުރު ލަމުން ދިޔައެވެ.

“އަދި ހަނދާން ކުރާތި. އަހަންނަށް ތާރާ ތީ ހަމައެކަނި ކައިލާންގެ ކޮއްކޮ. އީކަންގެ ކަޒިން. އެހެންނޫންނަމަ އަހަރެން ތާރާ އާ އަނގައިން ނުބުނާތާ ބަލާވެސް ނުލީމުސް. ކޮންސިޑަރ ޔުރ ސެލްފް ލަކީ. އަހަރެން ފަހަތުން އަޅައިގަނެގެން އުޅޭ ތުއި ކުދިންނަކަށް ތާރާއަށް ތި ލިބުން ކަހަލަ ޗާންސެއް ވެސް ނުހުންނާނެ ލިބިފައެއް.” ކިޔާން ވިހަ ހިނިތުން ވުމަކާއި އެކު ބުނެލިއެވެ. އޭރު އޭނާގެ ހިތް ވެސް ދިޔައީ ކުދިކުދި ވަމުންނެވެ. ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާ ތާރާ އެ ޙާލުގައި ބާންދާފައި ގޮސް ކެބިންއަށް ވަނެވެ. ފަސް އެނބުރި ބަލާލުމެއް ވެސް ނެތިއެވެ.

 

ކިޔާން ތާރާގެ ލޮލު ކޮޅަށް ގެއްލުމާ އެކު ތާރާއަށް ރޮވުނެވެ. މޭގައި ހިތާވީ ފަރާތުގައި އަތް އަޅާލަމުންނެވެ. އޭނާގެ ހިތުގައި ވޭން އަޅަނީއެވެ. ގިސްލާފައި ރޮމުން ދިޔަ ތާރާގެ އަޑުގައި އެތަކެއް އަސަރުތަކެއް ވިއެވެ.

ތާރާގެ ހިތް އަދިވެސް ކިޔާންގެ ބަސްތައް ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ކިޔާން އޭނާ ދެކެ ލޯބި ނުވާނަމަ އެ ދެލޮލުން އެ ފެނުނީ ކޮން ވޭނެއް ހެއްޔެވެ؟ ކޮން ޝަކުވާ ތަކެއް ހެއްޔެވެ؟

 

ތާރާއަށް ޙަޤީގަތުގައި ވެސް އޭނާގެ ފުރަތަމަ ލޯބި އޭނާގެ އަތުން ބީ ވެއްޖެ ކަމުގެ ހިތިރަހަ ކަރުތެރޭގައި ލައިފިއެވެ. އޭނާއަށް ދުވަހަކުވެސް ކިޔާންގެ އެ ހަރުކަށި ބަސްތައް ހަނދާނެއް ނުނެތޭނެއެވެ. އޭގެ ބަދަލުގައި އެ ބަސްތައް އޭނާގެ ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިއްޖެއެވެ.

އެ ބަސްތައް ހަނދާން ވުމާއެކު އަނެއްކާވެސް ތާރާއަށް ރޮވުނެވެ. އޭނާ ކިހާ ބަދުނަސީބު ހެއްޔެވެ؟ އޭނާގެ ހިތުގެ ސާހިބް، ހިތުގެ މިލްކްވެރިޔާ އޭނާގެ ހިތުގެ އެންމެ ފުނުގައި އެ މީހެއްގެ ނަން ފެވިފައިވާ މީހާ މިއަދު އޭނާގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. އެއްބަޔަކު ބުނެއެވެ. ލޯތްބަކީ ވަރަށް އުފާވެރި އިހުސާސެކެވެ.

ނަމަވެސް ތާރާއަށް ލޯބި މިވީ ވޭނަކަށެވެ. އޭނާގެ ދިރިއުޅުން އެފުށް މިފުށަށް އެ ޖަހާލީ ހަމަ އެންމެ ދެ އަކުރާ ދެ ފިލި އިންނަ ބަހެއް ކަމުގައިވާ ‘ލޯބި’ މި ބަހެވެ.

ހިތްވަރު ކޮށްފައި ތާރާ ތެދުވިއެވެ. އޭނާ ގޮތެއް ނިންމިއެވެ. ކިޔާން 3 ދުވަސް ތެރޭގައި އެޙިޔާލު ބަދަލު ނުކޮށްފިނަމަ ތާރާ ވެސް އޭނާގެ ދިިރިއުޅުމާއިގެން ކުރިއަށް ދާނީއެވެ.

3 ދުވަސް ފަހުން ކިޔާން އޭނާގެ ޙިޔާލު ބަދަލު ކޮށްފި ނަމަ، ތާރާ އިތުރު ފުރުޞަތެއް ނުދޭނެއެވެ. އޭނާ ކިޔާން ދެކެ ކިތަންމެ ލޯބިވި ނަމަވެސް އޭނާގެ ދިރިއުޅުން އެ ލޯތްބަށް ޓަކައި ބޭކާރެއް ނުކުރާނެއެވެ.

……………….

 

ޖެހިގެން އައި ދުވަހު ތާރާ ހޭލީ އެންމެނަށް ވުރެ ވެސް ލަހުންނެވެ. މޫދަށް އެރުން ބުނުމުން ވެސް މޫދަށް އެރޭކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ރަތް ވެފައިވާ ދެލޯ ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަން އެންމެނަށް ވެސް އެނގުނެވެ.

އަނެއްކޮޅުން އަނެއްކާވެސް ކިޔާން ތާރާއާ ދުރުވިއެވެ. ބަލާވެސް ނުލައެވެ. ކުރިން ދެ ދުވަހާ ހިލާފަށް އެދުވަހުގެ ހުރިހާ ވަގުތެއް ވެސް ހޭދަކުރަމުން ދިޔައީ ދީމާ އާއި އެކުގައި ސަކަރާތް ޖެހުމުގައެވެ. ހީވާގޮތުންނަމަ ތާރާއަށް ދައްކާށެވެ.

 

ޖައިލަމް ސިއްރުން ތާރާއާއި ބައްދަލު ކުރިއެވެ. ތާރާ ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން ޖައިލަމް ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާގެ ހިތުން ކޮއްކޮއެއްގެ މަގާމު ދެވިފައިވާ ތާރާއަށް ހިތްވަރު ދިނެވެ. ކިޔާންގެ ސަބަބުން އޭނާގެ އުޅުން ބަދަލު ނުކުރުމަށެވެ. އޭނާއަށް ވެސް ކަންކަމާ ކުރިމަތިލާން ދަންނަ ކަން ކިޔާން އަށް ދެއްކުމަށެވެ. ތާރާ ޖައިލަމްގެ ވާހަކަތައް ގަބޫލު ކުރިއެވެ.

އޭގެފަހުން ތާރާ އުޅުނީ ކުރިން ވެސް އުޅުން ހެނެވެ. ލާނެތް މަޖާ އަބަދު ސަކަރާތް ޖަހާ ތާރާ ގޮތަށެވެ. އޭނާވެސް އެންމެ ފަހަރަކު ވެސް ކިޔާނާ ދިމާއަށް ބަލާ ނުލައެވެ.

ޖެހިގެން އައި ދުވަހު މާލެ ފުރި އިރުވެސް ތާރާ ކިޔާންއަށް އެއްވެސް އިޝާރާތެއް ނުކުރެއެވެ. އެރޭ ނުވެސް ހިނގާ ފަދައެވެ. ކިޔާން ވެސް ހުރީ ހައިރާން ވެފައެވެ.

ނަމަވެސް ތާރާގެ އަޒުމް މާ ވަރުގަދައެވެ.

 

✨ ✨ ✨ ✨ ✨ ✨ ✨ ✨ ✨

Sorry. I know that this part is really kuda.

Anyways، ummeedhu kuran mi part readers ah kamudhaane kamah.

»shaima«

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ތިޔަ ލޯބީގާ 5

Next

ޙަޔާތް-1

Next
November 20, 2020

ޙަޔާތް-1

Previews
November 20, 2020

ތިޔަ ލޯބީގާ 5

3 Comments!

  1. cutiemystery says:
    November 20, 2020 at 2:20 pm

    woww..mipart ves hama varah salhi ingey..ekm dhen kiyaan nuvaane ennu ehaa hithah thadhuvaa iruga ves thaaraa dherakohllakah..shai nikan avahah kiyaan loabivaakan thaaraa ah angaba..anyways v v vsalhi..keep it up..waiting for next part..

  2. ?Ril? says:
    November 20, 2020 at 2:41 pm

    Vrh Sali mi part ves❤️❤️
    Masha Allah❤️❤️❤️❤️
    Shai test nimuny dhw I men test feshigen ❤️❤️❤️❤️❤️mioleny baakee 3 test❤️❤️❤️
    Missed u and this stry❤️❤️❤️
    Aleyy kihineh Evy kiyaan thaaraa deke loabi❤️ vaairu keevaany dhw yess eyy buneeyaa❤️❤️
    Vrh dera vehej tharaa ah Evy gothun❤️❤️❤️
    Btw waiting for the next part ❤️❤️❤️
    Love u ❤️❤️❤️
    Stay safe and take gud care❤️❤️

  3. Suzukeemizukee says:
    November 20, 2020 at 7:16 pm

    This story is one of the best stories I have ever read. Love you shaima ???????❤️????????

Comments are closed.

Next Episodeއަންނަންދެން ހުންނާނަން ލޯބިން 12←


All Right Reserved!