
ގޮތް ހުސްވެފައި ހުރީމޭ..22

“އަހަރެން ރުފިޔާ ދިނީމަތަ ތި ކެއްކީ؟” އިނާން ޔަގީން ކޮށްލަން އަހާލިއެވެ.
އާނ އެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ. އެވަގުތު އިނާން ސިއްރު ސިއްރުން އަހަރެންގެ އަތުގައި ހިފާލިއެވެ. އިޔާނަށް ފެނިދާނެތީ އިނާންގެ ހަރަކާތްތައް ހުންނަނީ އެފަދަ ގޮތަކަށެވެ. ގާތްވެލާނެ ވަގުތު ލިބިއްޖެނަމަ އިނާން ކަންތައް ކުރަނީ އެހެނެވެ.
“އަހަރެން ނޫޅެން އަތޫފުއާ އިންނާކަށް. ބަލައްޗެ. އިނާން އެހެން ބުނީތީ ވެސް…. އިނާނަށް ލާހިކެއް ނޫން އެހެން މީހަކާ އެކީ އުޅޭކަށް.” ރުޅި އައިސްފައިވާ ނަޖްދާ މޫނު ފުސްކޮށް ލައިން އަތޫފަށް ޖަވާބު ދިނެވެ.
“އެންމެ ރަނގަޅު. އަހަންނަށް ވަރަށް މަސައްކަތް ކުރެވިއްޖެ ނަޖްދާއާ އެކީ އުޅެން. އެކަމު އިނާންގެ ކަންކަމަށް ހުރަސް އަޅާނެ ކަމެއް ނެތް. ނަޖްދާ މަށާ އިންނަން ބޭނުން ނުވަނީ އަހަރެން ދެކެ ލޯބި ނުވާތީ… އެހެންވިއްޔާ އިނާން ވެސް ލޯބި ނުވާތީނު ނަޖްދާ ބޭނުން ނުވަނީ. ކީއްވެތަ އަމިއްލައަށް ނުވިސްނެނީ؟ ނަޖްދާ މޮޔަވީތަ؟” އަތޫފު ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
“އާނ މަ މޮޔަވީ.. އަހަރެން ވަރަށް ލޯބިވޭ އިނާން ދެކެ..” އަތޫފު އާއި ދުރަށް ނަޖްދާ ހިނގައިގަތެވެ.
ދުނިޔޭގެ ހަޔާތުން ދުވަސްތަކެއް…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.