Skip to content
އެސްފިޔަ
PRO · MVR 2.00

ގޮތް ހުސްވެފައި ހުރީމޭ..23

“މީ ކީއްކުރާ ސްޕްރައިޓް ފުޅިއެއް؟… އަހަރުމެން މިއައީ އެއްޗެއް ބަލައެއް ނޫނޭ ދޯ އަތޫފު.” އަތޫފާ ދިމާލަށް ނިތް އަރުވާލަމުން އިނާން ހިނގައިގަތެވެ.
“ހެވޭ… އެކަމު ވެސް އަހަރެން މި ދިނީނު.. އިނާން ގުޅީމަ ހިތަށް އެހެރީ ހަމަ މި ފުރުސަތުގައޭ ދެން ފިނި އެއްޗެއް ވެސް ދެވޭނީ…. މިދިމާ ބީޗަށް ދަމާ ވާހަކަ ދައްކަން.” އިނާންއާ ދިމާލަށް ބަލައި ވެސް ނުލާ ނަޖްދާ ވާހަކަ ދައްކަމުން ދިޔައިރު އިނާން ފާރަވެރިވީ ނަޖްދާގެ މަކަރުވެރި ކަމަށެވެ.
“އަން… އަތޫފު! މި ބޯލާ” ސްޕްރައިޓް ފުޅި ދިއްކުރަމުން އިނާން ބުނެލިއެވެ.
“އުހުން…. އެއްގޮތަކަށް ވެސް އަތޫފު ތި ބޯނެ ކަމެއް ނެތް. ތީ އަހަރެން އިނާނަށް ދިން އެއްޗެކޭ.” ނަޖްދާ ތެޅިގަތީ އެހެންނަކުން ނޫނެވެ.
“އޯކޭ… އޯކޭ… އެކަމު މިހިރީ ވަރަށް ފުލް ވެފަ. ދެން މިގަޑިއަކު ނޫން.” އިނާންއާ އެކު އަތޫފާއި ނަޖްދާ ހިނގަމުން ދިޔައެވެ.
މުޅި ދުވަހު އިނާންގެ ހަބަރެއް ނުވުމުން އިޔާން ހީވަނީ އެހެން ކަމެއްހެނެވެ. ފޫހިވެގެން އެތައް ޝަކުވާއެއް ކޮށް ހިތްހަމަ ނުޖެހިގެން އެތައް ވާހަކައެއް ދައްކައިފިއެވެ. އެހެނަސް އިޔާނަށް ވިސްނައި ދިނުން ފިޔަވާ، އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ.
އެހެންވެ އިޔާންގެ އެ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.