ނުހައްގުލޯބި
އަހަރެންނަކީ އަހަރެންގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއެވެ. އަހަރެންގެ އާއިލާއަކީ މާލޭގެ މުއްސަނދިންގެ ތެރޭގައި ގުނާލެވޭ ވަރުގެ އާއިލާއެކެވެ. އަހަރެންގެ މައިންބަފައިން އަހަރެން ބުނާ ކޮންމެކަމެއް ކޮށްދެނީ އެހާ ލޯބިންނެވެ. ހަމައެހެންމެ އަހަރެންނަކީ މައިންބަފައިންގެ ބަސް އަހާ ކިޔަމަންތެރި ކުއްޖަކީމެވެ.
އަހަރެން މަސައްކަތް ކުރަމުން ދިޔައީ މައިންބަފައިން ބޭނުންވާފަދަ ރަނގަޅު ނަތީޖާއެއް ލިބޭތޯއެވެ. މިކަމުގައި އަހަރެންނާ އެކީ މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ދެގޮތެއް ނުވާ އެކުވެރި މައިޝާއެވެ. މައިޝާއަކީ އަހަރެންގެ ހުރިހާ ކަމެއް ހިއްސާކުރާ އަހަރެންގެ ހިތާމައާއި އުފަލުގައި ބައިވެެރިވާ ރަނގަޅު ހިތްހެޔޮ އެކުވެރިއެކެވެ. އޭލެވެލް ގެ އެންމެ ފަހު އިމްތިހާނަށް، ފަހު ސެމިސްޓަރ ފެށުމާއެކު އަހަރެން ދިޔައީ ތައްޔާރުވަމުންނެވެ.
ދުވަހަކީ އުޑުމަތި ބަނަ ދުވަހެކެވެ. އެހެންކަމުން އަހަރެންނާ މައި އާ ދެމީހުން ސުކޫލް ނިމުމާއެކު ހަލުއި ފިޔަވަޅުގައި ގެޔާ ދިމާލަށް މިސްރާބު ޖެހީ ވާރޭ ނުވެހެނީސް ގެޔާ ހަމައަށް ދެވޭތޯއެވެ. އަހަރެން އަބަދުވެސް ސްކޫލަށް އައިސް ގޮސް ހަދަނީ މައި އާ ދެމީހުން އެކީގަ ހިނގާފައެވެ.
ސަބަބަކީ އެ ގަޑިއަކީ ދެމީހުން އެކި ކަންކަމާ އެންމެ ގިނައިން ވާހަކަ ދަަަައްކާ ގަޑިކަމަށްވުމެވެ. އެހެންނަމަވެސް ދެމީހުންނަށް މިއަދު ސްކޫލުން ނުކުމެގެން ދެވުނީ ވަކި ހިސާބަކަށެވެ.
ކުއްލިއަކަށް ވާރޭ ވެހެން ފެށުމާއެކު ދެމީހުން ދުވަމުން ގޮސް ވަނީ އެންމެ އަވަހަށް ވަދެވެން ހުރި ފިހާރަޔަށެެވެ. ވާރޭން ހިޔާ ވުމަށްޓަކައި ކޮންމެވެސް ވަރަކަށް ފިހާރަ ތެރެއަށް މީހުން ވަދެ ތިއްބެވެ. އެހެންނަމަވެސް އަހަރެން އެކަމާ ސަމާލުކަން ނުދީ ފިހާރަ ތެރޭގައި ހުރި އެކި އެއްޗެހި ބަލަމުން ހިނގަންފެށީމެވެ. ސެންޓުފުޅިއެއްގެ ވަސް ބަލަން ހުއްޓާ މައި ގޮވާލުމުން މައި ކައިރިއަށް ދިއުމަށް ހިނގައި ގަތީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




nice but i guess its short
Nimuanee tha eyy… haadha kurey… ekam reethi
Salaam. Nuney kudhin ney. Adhi nunimey. Gaboolkuran mi part v kurukan. Insha allah dhen genesdheynee dhigukoh. And faahaga vaa mistakes thah bunedheyn vaane. Uhmeedhukuran kohme parteh vess kamudhaane kamah
nice … good luck.. hope dhn oii part salhi vaame kamah..
next part kon irakun baa ☺☺vaahaka varah reethi??
feshun hama habeys
vvvvvvvvvvvv reethi
when next part
Feshun vrh vrh reethi… ????????btw stry liyaa iru nicknames beynun nukuraans ngh… like mai kiyaign dhwh vhk liyef eyny.. btw dialogues thh liyaair okih vrne nicknames use kurias.. hope yu will correct it… nd nxt prt dhigu khladhhchey… waitinn…. ?????????????⚘⚘⚘❤❤❤❤❤❤
so short thankolheh dhigukoh liyelahchey dhn
Luving❤️❤️❤️
But kury…
Fun oih part interesting vaane kamah vrh Fabiola kurevey.hope my guess is ryt???
Luving❤️❤️❤️
But kury…
Luving❤️❤️❤️
Vrh reethi??? I m sure next part reethi vaane kamah