Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި (2)

Sh@_n@ Level 410 Stories100 Comments100 Login
June 10, 2018 2 Mins Read
9 Comments

ސެންޓުފުޅިއެއްގެ ވަސް ބަލަންހުއްޓާ މައި ގޮވާލުމުން މައި ކައިރިއަށް ދިއުމަށް ހިނގައިގަތީމެވެ. އެހެންނަމަވެސް ކަންދިމާކުރިގޮތުން ބިންމަތީ ހުރި ފެންތަކަށް އެރި، އަހަރެންގެ ފައި ކައްސާލައިގެން ވެއްޓެންދިޔައެވެ. އަހަރެންގެ އަރު ތެރެއިން ތޫލި ހަޅޭކަކާ އެކު އަހަރެންނަށް ލޯމަރާލެވުނީ ނުވެއްޓި ސަލާމަތް ނުވާނެކަން އެނގޭތީއެވެ.

ނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތެއްގެ ހިމާޔަތް އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަހަރެން މަޑުމަޑުން ލޯހުޅުވާ ބަލާލީ އެމީހަކަށް ޝުކުރު އަދާކުރުމުގެ ނިޔަތުގައެވެ. އެހެންނަަމަވެސް ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ ދުލުގައި ހީވީ މީހަކު ތަޅު އެޅުވިހެންނެވެ. އަހަރެންގެ ދުލާ ހަމައަށް އެންމެ ބަހެއްވެސްނައެވެ.

އެ ޒުވާނާގެ ކަނޑެއްހައި ފުން ދެލޮލަށް އަހަރެންނަށް ކަޅި ޖަހާނުލާ ބަލަން އޮވެވުނީ ވަށައިގެން ހިނގަމުންދާ އެއްވެސް ކަމެއް ނޭނގޭ ހާލުގައެވެ.
އެ ދެ ލޮލުން އަހަރެންގެ ހިތުގެ އެންމެ ފުންމިނާ ކުޅެލައިފިކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އެ ފިރިހެންވަންތަ ކަޅުކުލަގަަދަ ފަން އިސްތަށިގަނޑު ވަނީ ޖެލް ލައި ތަތްކޮއްލާފައެވެ. ކަންހުޅިއާއެކު ރީތިކޮށް ކޮށާލެވިފައިވާ ތުބުޅި އެ މޫނާ ނުލާހިކު ގުޅެއެވެ. ރީތި ކަޅު ހަންގަނޑެއް ލިބިފައިވާ މި ޒުވާނާ އަހަރެންގެ ހިތް އެ އަތުލައިގަތީ ކޮން ފަދަ ބާރެއްގަ ކަން އަހަރެންނަށް ނޭނގުނެވެ. ދުވަހަކުވެސް ފިރިހެން ކުއްޖެއް ފެނި މިވަރު އަހަރެންނަކަށް ނުވެއެވެ. އަހަރެންގެ ހިތް ތެޅެންފެށީ އެ ޒުވާނާގެ ޖާދުވީ ހިނިތުންފެނިފައެވެ. އެ ޒުވާނާވެސް އަހަރެންނާ ދިމާލަށް ބަލަން އޮތުމުން އަހަރެންގެ ގައިން ހީބިހި ނަގަންފެށިއެވެ. އެ ފުން ދެ ލޮލުގެ ޖާދުލުގައި ޖެހި އަހަރެންނަށް ހަމަވޭރިކަން ވީ މައި އަހަރެންގެ އަތުގައި ވިކާލުމުންނެވެ. އަހަރެންނަށް ސިއްސައިގެން ގޮސް ޒުވާނާގެ ގައިން ދޫކޮށްލެވުނެވެ. އަދި ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ މައި އަހަރެންނާ ދިމާލަށް ބަލަން ހުރި ގޮތް ފެނިފައެވެ.

އަހަރެންގެ ދުލަށް ޝުުކުރުއަދާ ކުރުމުގެ ގޮތުން ބުނެލާނެ ބަހެއްވެސް ނައެވެ. ރަކިވެފައި އަހަރެންނަށް ހުރެވުނެވެ. އެވަގުތު އެ ޒުވާނާ ބުނެލިއެެވެ.
” ތަންކޮޅެއް ބަލާލައިގެން އުޅެންވާނީ، ވާރޭވެހެން ފެށުމުން ތެމިގެން ބައެއް މީހުން ފިހާރަޔަށް ވަނީމަ ތަޅުންގަނޑު ތެމިފަހުރީ. ސާފުނުކުރެވިގެން އުޅެނިކޮށް އެ ފެނަށް އެރި ކައްސާލީ، ވަރަށް ބޮޑަށް މާފަށްއެދެން، ނަސީބެއް މަށަށް އާދެވުނުކަން” ޒުވާނާ މިހެން ބުނެ ފިހާރައިގަ އުޅޭ މީހަކަށް ނިސްބަތްކޮށް ސާފުުކުރަން ބުންޏެވެ.
އެވަގުތު މައިޝާބުންޏެވެ. ” އަޅާނުލާ، އެެހެންވެސް ވާނެ، މިހެންބުނެ މަށަށް ދޯ އެއްލިއެވެ. އަހަރެންނަށް އާއެކޭ ބުނެވުނީ ބޮލުގެ އިޝާރާތުންނެވެ.
އެޒުވާނާ ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށް ފަހު ގޮސް ކައުންޓަރު ގޮނޑީގައި އިށީނެވެ.

އަހަރެންނަށް އަދިވެސް ބެލެމުންދަނީ އެ ޒުވާނާއާ ދިމާލަށެވެ. ނޭނގިނަމަވެސް ކާކުކަން ނޭނގޭ ޒުވާނާއަށް އަހަރެންގެ ހިތް އެއްވެސް އިހުތިޔާރަކާ ނުލާ އެދެވެންފެށިއެވެ. އަހަރެންގެ ހިތް ބޭޒާރު ވެދާނެ ކަމަށްޓަކައި އަހަރެން މައިގެ އަތުގައި ހިފައިގެން ފިހާރައިން ނިކުތީމެވެ

އޭރު ވާރޭ ވެހެމުންދަނީ ތުނިކޮށެވެ. އަހަރެން ހުރީ ދެންމެވީ ކަންތަކާ މައި ސުވާލުކޮށްފާނެތީ ވަރަށް ބިރުންނެވެ. އަހަރެންގެ އުޅުމަށް ކިރިޔާވެސް ބަދަލެއް އަތުވެއްޖެނަމަ އެންމެ އަވަހަށް އެކަން ނަގައިގަނެވޭނެ މީހަކަށް ހުރީ އަހަރެންގެ އެކުވެރިޔާއެވެ. އެހެންކަމުން އަހަރެން އަހަރެންގެ ހިތުގެ ހާލު ސިއްރުކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. ސަބަބަކީ ފުރަތަމަ ފެނިލުމުން ލޯބި ވާކަން އެއީ ހަގީގަތެއް ނޫން ކަން ބުނި މީހަކީ ހުދު އަހަރެން ކަމުގައި ވާތީއެވެ.

އެދުވަހަށް ފަހު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔައެވެ. އެ ގޮޮތެއް ނޭނގޭ ޒުވާނާގެ ސަބަބުން އަހަރެންގެ ނިދި ވެސް ދަނީ ގެއްލެމުންނެވެ. ކާކުކަން ނޭނގޭ އެ މީހާ ދުށުމަށް އަހަރެންގެ ލޯ ދަނީ ބޭ ގަރާރު ވަމުންނެވެ.

ކޮންމެ ދުވަހަކު ސްކޫލަށްދާ ގަޑި އާއި ނިމޭ ގަޑީގައި އެ ފިހާރަ ކުރިމަތިން ދިއުންވަނީ އާއްމު ކަމަކަށް ވެފައެވެ. އަހަރެން އަހަރެންގެ މި ކުއްލި ބަދަަލުވުން އަހަރެންގެ އެކުވެރިޔާއަށް ސިއްރުކުރީމެވެ. އަހަރެން ހީކުރީ އަހަރެން ސިއްރުކުރީމަ އަހަރެންގެ އެކުވެރިޔާ އެކަން ނޭނގޭނެކަމަށެވެ.
ދުވަހަކީ އަހަރެން އެކަނި ސްކޫލަށްދާން ޖެހުނު ދުވަހެެކެވެ. މައި ބަލިކަމުން ސްކޫލަކަށް ނުދެއެވެ. ސްކޫލް ނިމުމަށްފަހު އަހަރެން އެ ފިހާރަ ކުރިމަތިން ދާން ހިނގައިގަތީއެވެ.

ފިހާރަ ދޮރުމައްޗަށް އެރި އަހަރެންގެ ހިތުގެ ރާޒާ ކައުންޓަރ ގައި އިނެވެ. އަހަރެންގެ އަތް ފައި ފިނިވާން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ހިތްވަރުކޮއްފާ އަހަރެން ފިހާރަޔަށް ވަނީމެވެ. ދިޔަ ބާރުމިނުގައި ގޮސް ފިހާރައިގެ އެންމެ އެތެރެޔަށް ވަދެ ހުރީމެވެ.
އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށީ ކުއްލިއަކަށެވެ. އެ ޒުވާނާގެ މައުލޫމާތު ހޯއްދުމަށް އަހަރެންގެ ހިތް ބުނަން ފެށިއެވެ. ކޮންމެ ގޮތެެއް ހަދާފަވެސް ލޯބިވާ ވާހަކަ ބުނަން އަހަރެންގެ ހިތް ކެނޑިނޭޅި ގޮވަންފެށިއެވެ. އެކަމަކު އެ ނުދަންނަ ޒުވާނާއަށް އަށް ލޯބި ހުށައަޅާނެ ގޮތެެއް ނުވިސްނުނެވެ. އެންމެ ދުވަހަކު ފެނުނު މީހަކަށްޓަކާ އަހަރެން މިވަނީ ބޭގަރާރުވެފައެވެ. ހަމަ ގޮސް ލޯބިވާ ވާހަކަ ބުނަންވީހެއްޔެވެ. އަހަރެން މީ ދުވަހަކުވެސް މިކަހަލަ ކަމަކާ ވިސްނައި އުޅުުނު މީހެއް ނޫނެވެ. ނަމަވެސް އަހަރެންނަށް އެންމެ މީހަކަށްޓަކައި މިވަރު ވާނެ ކަމަކަށް ގަބޫލެއް ނުުކުރަމެވެ. އެހެން ނަމަވެސް މިއަދު އަހަރެންގެ ހިތް މިވަނީ ހިބަކޮށް އެޒުވާނާ އަށް ދެވިފައެވެ.

އަހަރެންގެ ހިޔާލީ ހިޔާލުތަކުން ނިކުމެވުނީ އަހަރެންގެ ކަންފަތް ކައިރިން އަހަރެން އަޑު އެހުމަށް ބޭނުންވާ އެ އަޑު އިވުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އެ ވަޢުދު (5)

Next

ފުން ހިތާމަ

Next
June 10, 2018

ފުން ހިތާމަ

Previews
June 9, 2018

އެ ވަޢުދު (5)

9 Comments!

  1. rai says:
    June 10, 2018 at 11:06 am

    Haadha kurey dhigukoh genes dheebala and me first dho yey

  2. maul says:
    June 10, 2018 at 11:24 am

    kuruveema but reethi

  3. nunnu says:
    June 10, 2018 at 11:39 am

    vv reethi
    ekam rai bunigothah kury hama
    next part thankolheh dhigu kolla dheythi ingey
    waiting for next part

  4. Amee says:
    June 10, 2018 at 11:50 am

    Varah reethi?…thankolheh kuru..next part dhigu kolla dheythi….
    Masha allah iraadha kureh viyya kaamiyaabu writer akah veyne..???

  5. unique says:
    June 10, 2018 at 12:02 pm

    omg vvvvvvvv reethi………… this story is fab so awesome just love it hope to see the next part soooon

  6. ❤❤❤ says:
    June 10, 2018 at 12:34 pm

    Story vvv reethi?.. avahah up kohlladhecchey..

  7. eekko says:
    June 10, 2018 at 1:27 pm

    vvv reethi…whn nxt

  8. Shaira says:
    June 10, 2018 at 2:21 pm

    Varah reethi….When next part…??

  9. Sh@_n@ says:
    June 10, 2018 at 7:04 pm

    Thanx hurihaa kudhin. V try kuran dhigukurevey thw. Typing ga mahsala eh jeheythy ithurah nuliyeveny. But next time insha allah dhigukoh genesdheynan

Comments are closed.

Next Episodeނުހައްގުލޯބި (3)←


All Right Reserved!