Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18

Salaa Level 210 Stories100 Comments
January 5, 2014 8 Mins Read
27 Comments

ވިކާޝްގެ މޫނުމަތިން ތާޒާކަމާއި ލޯބިވެތިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
” އަހަރެން ކައިގެން އޮށޯތީ ނިދަން.. ވަރަށް ގޮވިން ވިކާޝްއަށް.. އަހަރެން ހިއެއް ނުކުރަން އަސްލު މިރޭ.. ވިކް ނިދާނެކަމަށް.. ”
އަހަރެން އާދައިގެ ރާގަކަށް ބުނެލީމެވެ. ވިކާޝް އަނެއްކާވެސް ހޭންފެށީ އަހަރެން ދައްކާ ވާހަކަ އޮޅުން ނުފިލާތީކަން އަހަންނަށް އެނގުނެވެ،
” އަހަރެން މިބުނީނު އަހަރެން އޮތީ ހޭލައިގެން،، ޝަނޫ އައިސް ގޮވީމަ އަހަރެން ހޭލީ.. އޭރު ކުރިމަތީގައި ހުރީ އަހަރެންގެ މިހިތުގެ ރާނީ ޝަނޫ… ދެން އަހަރެންމެން ދެމީހުން އެކުގައި އެތަކެއް ވަގުތެއް ހޭދަކުރިން.. އަހަރެމެން ދެމީހުން އެއްކޮށް ކެއީވެސް.. ކައިގެން އަހަރެން ފެންވަރަން ވަތްއިރު އިންގޮތަށް އަދިވެސް ތިއިނީ.. ”
ވިކާޝް ހުރިހާ އެއްޗެއް އަހަންނަށް އޮޅުންފިލުވައިދިނެވެ. އަހަރެން ޖެހިލުންވިއެވެ. އެދައްކަނީ ކޮންކަހަލަ ވާހަކަތަކެއްހެއްޔެވެ؟ އަހަރެން އަދި އެއްވެސް ކަމެއް ހަނދާނެއް ނުނެތެއެވެ.
” ވިކާޝް ދެން އަހަރެން ބިރުގަންނަވާނެ ކަމެއް ނެތް.. އަހަރެން ދޮގު ނަހަދައޭ މި ބުނަނީ އަހަރެން އެއްވެސް ކަމެއް ނުކުރަން ވިކާޝްއާއި އެކުއެއް.. އަހަރެން ކެއީވެސް އެކަނި.. ފެންވަރައިގެން ނުކުތް އިރު ވިކާޝް ނިދި ގޮތަށް އަދި އެއްނު ތި ހޭލީ .. ”
އަހަރެންނަށް ރޮވޭގޮތްވިއެވެ. ވިކާޝް އަހަރެންގައިގައި މަޑުމަޑުން ބައްދާލިއެވެ. ވިކާޝްވެސް ޖެހިލުންވީ ދެނެވެ. އޭނާ މިރޭ އެބުނާވަރަކަށް ނުނިދަމޭ ހިތަށް އެރިއެވެ. އަދި ޝަނޫ އޭނާ އާއި އެކު ހޭދަކުރި ވަގުތުތައް އަދިވެސް ލޯމަތިން ސިފަވާހެން އޭނާއަށް ހީވިއެވެ. އެހެނަސް ޝަނޫ އޭނާއަސް ދޮގެއް ނަހަދާނެއެވެ. އަދި އެބާވަތުގެ ދޮގެއް އަމުދުން ނުހަދާނެއެވެ. އޭނާ ކުޑަކުއްޖެއްގެ ގައިގައި ފިރުމާފަދައިން ޝަނޫގެ ގައިގައި ފިރުމަން ފެށިއެވެ.
” ދެން ނުރޮއި.. އަހަންނަށް ހީވަނީ އަހަރެންނަށް ފެނުނު ހުވަފެނެއްހެން އެއީ.. އަހަރެން ދެން ސަމާސާއަކަށް މަޖާކޮއްލަން ބައެއް ތަންތަންކޮޅު އިތުރުކޮއްގެން ޝަނޫ ބިރުގަންނަވާލީ.. ”
އޭނާ އެހެން ބުނުމުން އަހަންނަށް ހަމަޖެހުން ލިބުނެވެ.
” ވިކާޝް އަށް އެނގެއެއްނު އަހަރެން ވަރަށް ބިރުގަންނަ ކަން.. ދެން އެހެން ނަހަދައްޗޭ… ”
އަހަރެން ޅަވެލާފައި ބުނީމެވެ. ވިކާޝްގެ ކަނދުރާގައި މޫނުޖައްސާލައިގެން އަހަރެން އޮތީމެވެ. ނިދޭތޯއެވެ. ވިކާޝް ވިސްނަމުންދިޔައެވެ. ފެނުނީ ހުވަފެނެއް ނޫންކަން ގައިމެވެ. ފަހަރުގައި ވިކާޝް ޝަނޫގާތު އެވާހަކަ ދެއްކުމުން ޝަނޫ ލަދުގަތީކަންނޭނގެއެވެ. އެހެންވެ އެވާހަކަ ބަދަލު ކޮއްލީކަމަށްވެސް ވެދާނެއެވެ. އެކި ގޮތްގޮތަށް ވިކާޝް ހިޔާލު ކުރަމުންދިޔައެވެ. އެއްވެސް އެއްޗެއް އިތުރަކަށް އޭނާއަކަށް ނުވިސްނުނެވެ. އޭނާއަށް ނިދެންފެށިއެވެ.
*******************************
ޖެހިގެން އައި ދުވަހެވެ. ވިކާޝް އާއި އެކު އަހަރެން ދިޔައީ ވިކާޝްގެ ގެއަށެވެ. އަހަރެމެން ދެމީހުންގެ ގެއަށެވެ. ދެމީހުން މަސައްކަތްފެށީ ގެ ސާފުކުރުމަށެވެ.
” އަހަންނަކަށް ހިއެއް ނުވެ އެންމެ ދުވަހަކުން މިކަން ވެދާނެ ހެނެއް،،، ”
އަހަރެން ބުނީމެވެ. ވިނަތައް ނޮޅާ ވަރުބަލި ވެގެންނެވެ. ބަދަލުގައި ވިކާޝް އަހަންނާއި ދިމާއަށް ހީލިއެވެ.
” ހިނގާ ބޮންދުން ގެނެސްގެން ސާފުކުރަން ޖައްސަން.. ”
އަހަރެން ހިޔާލެއް ދިނީމެވެ. އަހަންނަށް އެކަން ނުވާނެކަން އެނގޭތީއެވެ. އަދި މި ނިމެނީ ގޯތި ތެރެއެވެ. ގޭގެ އެތެރެ އޮތްގޮތްވެސް އެހާ ހަޑިއެވެ. އަހަރެން ހުރީ ވިކާޝް ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އެއްކޮއްފައިވާ ކުނިތަކުގައި ހުޅު ޖަހަމުން ވިކާޝް ބުނެލިއެވެ،
” އާނ.. އަހަރެން އަންނާނަން އެބައިމީހުން ފެނޭތޯ ބަލާލާފަ.. ޝަނޫ ހުންނަން ވީނު މިތާ ދޯ.. ”
އަހަންނަށް ލާހިކެއްނޫނެވެ. އެގޭގައި އެކަނި އެންމެ މިނެޓެއްވެސް އަހަންނަށް ހުންނާކަށް ނުކެރޭނެއެވެ، އަހަރެން ވިކާޝްގެ އަތުގައި ހިފީމެވެ.
” ވިކް އަހަރެންވެސް ދާނަން.. މިތާ އެކަނި ހުއްޓަ ބޯއީ އެއް އައިސް އަހަރެން ގެންގޮސްފާނެއްނު،. ”
އަހަރެން އެހެން ބުނީ އެގޭގައި ހުންނަން ބިރުންނޭ ނުބުނާން ވެގެންނެވެ، އެއްމިޔަކުން ހީލަމުން ވިކާޝް އަހަރެންގެ އަތަށް ފިތާލަމުން އަހަރެންނާއި އެކު ދިޔައެވެ. އޭރު ރޯކޮއްފައި ހުރި އަލިފާންގަނޑު ބާރަށް އަނދަމުންދެއެވެ،
*****************************************
” އާނ މަންމާ! ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު.. ”
އަހަރެން ވާހަކަ ދެއްކީ މަންމައާއިއެވެ. އޭރު ވިކާޝް ދަބަހަށް އެއްޗެހި އަޅަންހުއްޓެވެ. ގެއަށް ބަދަލުވާން ވެގެންނެވެ،
” މަންމަމެން ވަރަށް ހަނދާންވޭ ދަރިފުޅުމަތިން.. ސަލާމްބުނާތި އިނގޭ ވިކާސަށްވެސް… ”
މަންމަ ގެ ސަލާމް އަހަރެން ވަގުތުން ވިކާޝް ގާތު ބުނީމެވެ. ވިކާޝްވެސް ސަލާމް ރައްދުކުރިއެވެ. އަހަރެން ފޯން ބޭއްވީމެވެ،
” ރެޑީވީ ދޯ.. ހިނގާ ދަމާ.. ”
އަހަރެމެން ދެމީހުން ރޫމު ދޫކޮއްލުމަށްފަހު ގެއަށް ދިޔުމަށް ހިނގައިގަތީމެވެ. ބޭރުމީހުން މުޅިގެ ސާފުކޮށް ރީތި ކުރިމަށް ވިކާޝް ބުންޏެވެ. އަހަރެން ހުރީ ވަރަށް ބަލާލާ ހިތުންނެވެ،
ދުރުން ގެ ފެނުނު ވަގުތު އަހަންނަށް އާދަޔާ ޚިލާފް އިހުސާސްތަކެއް ކުރެވުނެވެ. ގޯތި ތެރެ ވަށައިގެން ހަތަރު ފޫޓުގެ ތިރިތިރި ފާރެއް ތެޅިގަލުން ރާނާފައިވެއެވެ، ގޯތި ތެރެއަށް ވަދެ ވިއްސަކަށް ފޫޓު ދުރުގައި ހުންނަ އެ ގެ ފެންނަލެއް މިހާރު ތަންކޮޅެއ ރީތިހެން އަހަންނަށް ހީވިއެވެ.
” އާނ މަޑުކުރޭ،،، ”
ވިކާޝް އެހެން ބުނުމަށްފަހު އަހަރެން މަޑުކުރުވިއެވެ. އޭނާ އެތެރެއަށްވަނެވެ، އަހަރެން ހުރީ ބޭރުގައެވެ. ގޯތިތެރޭންވެސް ބޭރުގައެވެ.
” ވެލްކަމް ޓް މައި ހޯމް… އޫޕސް.. އަވަރ ހޯމް.. ސްވީޓް ހޯމް.. ”
އޭނާ އެހެން ބުނުމާއި އެކު އަހަންނަށް ހެވުނެވެ. އަހަރެން ގެއަށް ވަންނަށް ނެގި ފިޔަވަޅަށް ހުއްޓުން އެރީ ގޭތެރެއިން އިވުނު ބާރު އަޑުފަށްގަނޑަކުންނެވެ، އެއްޗެހިތަކެއް ވެރިގަތް އަޑުފަށްގަނޑެވެ. އޮއްސެމުން އަންނަ އިރާއި އެކު ދުނިޔެމައްޗަށް ފުދޭވަރަކަށް އަނދިރިކަންވެސްވަނީ ވެރިވެފައެވެ. އަހަރެންގެ ހިތް ބިރުގަތެވެ. ގެއާއި ދިމާއަށް ބަލަން ހުރި ވިކާޝް އަހަންނާއި ދިމާއަށް އެނބުރުނެވެ،
” ވެދާނެ ބުޅަލެއް ފުންމާލީ ކަމަށްވެސް ދޮ ؟
އޭނާ އެހެން ބުނުމުން އަހަރެން މާ ބޮޑަށް ބިރުގަތެވެ. ބުޅަލަކީ އާއްމުކޮށް އަހަރެންނަށް ފެނި އުޅޭ އެއްޗަކަށް ނުވިޔަސް އެއީ އަހަރެން ވަރަށް ވަރަށް ބިރުގަންނަ އެއްޗެކެވެ.
” ބުޅަލޭ ؟ ގޭތެރޭގަ ؟ ”
އަހަންނަށް ބުނެވުނެވެ. ވިކާޝް ހޭންފެށިއެވެ.
” އޯހ ދެން އާދޭ ދޫނީ…”
ވިކާޝް އަހަރެންގެ އަތުގައި ހިފާ ހިނގައިގަތެވެ. އެއްޗެއްގައި އަޅައިގަނެފައި އަހަރެންގެ އަތް ވިކާޝްގެ އަތުން ދޫވެގެން އަހަރެން ވެއްޓުނީ ބިންމައްޗަށެވެ.
” އައުވް.. ”
އަހަންނަށް ބުނެވުނެވެ. އަދި ބަލާލެވުނީ އަޅައިގަތީ ކޯއްޗެއްގައި ތޯއެވެ. އެއްވެސް އެއްޗެއް ނެތެވެ. ވިކާޝް އަވަސް އަވަހަށް އޭރު އަހަރެންގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ،
” ބަލައިގެން ހިނގައްޗޭ.. ގަސްގަހުގެ ބުޑު ބުޑު ހުންނާނެ އަދި.. އަޅައިގަންނާނެ…”
އަހަންނަކަށް ތަދެއް ނުވެއެވެ.
” އޯފް.. ވިކާޝް..އަހަރެންގެ ބައްޕަ ބުންޏެއްނު އަލަށް ގެއަށް އަންނަ އިރު އެއްޗެއް ކިޔަވަން ޖެހޭނެޔޭ..”
އަހަރެން ހަނދާންކޮއްދިނީމެވެ. ވިކާޝްވެސް ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް އޯހ އޭ ބުނެލިއެވެ. އަދި އަހަންނަށް ބަލާލަމުން ހީލިއެވެ،
” ދެން އަޅާ ނުލާ…އެއީ އަސްލު ކުރީގެ މީހުން ދައްކާ ވާހަކަ.. އާދެބަލަ އަވަހަށް ގެއަށް ވަންނަން.. ”
އޭނާ އެކަމަކާ މާ ބޮޑަށް އަޅައެއް ނުލިއެވެ. އަހަރެންވެސް އެހެންވެ މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ،
ގެއަށް ވަދެގެން އަހަރެން ބާރު ބާރަށް ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. އަހަރެން ބަލާލާ ހިތްވެފަ ހުރީ ކޮޓަރިތެރެ ހުރި ގޮތްވެ. ވިކާޝް ފަހަތުން އަހަރެން ވަނީމެވެ. ވަރަށް ބޮޑަށް ބަދަލުގެނެވިފައި ހުއްޓެވެ، ސިންގަލް އެނދަކާއި އެކު ތަރަފާލިވެސް އާކޮއްފައި ވެއެވެ. އޭނާ ފަންކާ ޖައްސާލިއެވެ،
” މީ ދޯ އަހަރެން ރޫމުގަ ބާއްވާފަ އައިސް ކުރި ކަމަކީ ؟ ”
އަހަރެން ހީލަމުން ބުނީމެވެ. އަދި މަތި ބަލާލީ މީދާ ދުވާ އަޑު ނީވޭތީއެވެ،
” މީދާ ހާލިތައް ބޭރު ކޮއްފިން.. ދެން ހިއެއްނުވެ އެކަހަލަ އެއްޗެއް މިތަނަށް ވަންނާނެ ހެނެއް،،، މިހާރު ވަރަށް ރީއްޗެއްނު..”
ވިކާޝް ފޮށި ބެހެއްޓިއެވެ، އޭނާ އެހެން ބުނުމުން އަހަރެން ހަނދާންވީ ބުޅާ މަތިންނެވެ. އިވުނު އަޑުފައްގަނޑުގެ މަތިންނެވެ،
” ހިނގާބަލަ އޭރު އިވުނެއްނު މިތަނުން އަޑެއް،، ބަލާލަން ދާން.”
ބިރުގަތަސް އަހަރެން ވަރަށް ޖާސޫސް ކުރާހިތްވެއެވެ.
” ހިނގާ ދަމާ ދޯ..” ވިކާޝް ޖެހިލުމެއް ނެތި އަހަންނާއި އެކު ސިޓިންގ ރޫމަށް ދިޔައެވެ، ތެދެކެވެ. ބޮޑާށި މަތީގައި އަތުރާފައި ހުރި ލައިފް ބޮޑެތި ފެންފުޅިތައް ހުރީ ވެރިފައެވެ، ފެންފުޅުތަކުގައި ޖެހިފައި އެތާހުރި ފެންބޯ ތައްޓެއް ތެޅިފައި ވެސް އޮތެވެ.
” ކޮބާ؟ މީ ހަމަ ބުޅެލެއްގެ ކަމެއް ؟ ”
އޭނާ އެހުރިހާ ފުޅިއެއް ތިރިކުރަންފެށިއެވެ. ދޮންނަން ގެންދަންވެގެންނެވެ،
” އަހަރެމެން މިތަނަށް ވަތްއިރު މިގޮތަށްތަ މިތަން އޮތީ..މިބުނީ ދެންމެ… ވަތް ވަގުތު.. ”
އަހަރެން ހަނދާންކުރަމުން ބުނީމެވެ. ވިކާޝްވެސް ހުއްޓުނެވެ. އޭނާއަށްވެސް ޖެހުނީ ހަނދާންކުރާށެވެ. ވިސްނާނުލާ މާ ބާރަށް ދެމީހުންވެސް ދިޔައީ ކޮޓަރިއަށްކަމުން ސިޓިންގރޫމު އޮތްގޮތެއް ބަލައެއް ނުލެވެއެވެ،
” ހޫމ.. ޝަނޫ ހާދަ ވަރަކަށް ތި ވިސްނަނީ.. އަހަރެމެންނާއި އެކު އިތުރު މީހަކު ވަނީތަ މިގެއަށް.. ހޫމ ހަމަ މިގޮތަށް އޮތީ.”
ހަޤީޤަތުގައި ވިކާޝްއަށްވެސް ޔަޤީނެއް ނޫނެވެ. އޭނާ އެހެން ބުނެލީއެވެ. އަހަރެން ހިތްހަމަ ޖައްސައިދިނުމަށެވެ. އަހަރެން ހީލީމެވެ.
” އެކަމު.. އެހާ ދުރަށް އިވޭނެތަ މި އަޑު.. މީގަ އެހާ އަޑެއް ނުހުންނާނެ އެއްނު… ”
އަހަރެން އަނެއްކާވެސް ސުވާލު އުފެއްދީމެވެ. ވިކާޝް ބޯ ހޫޜާލިއެވެ،.
” ޝަނޫ ތިހާ ވަރަށް ވިސްނަންޏާ އަހަންނަކަށް ހިއެއް ނުވެ އުޅެވިދާނެހެނެއް..”
އޭނާ އެހެން ބުނުމުން އަހަރެން އަޅައެއް ނުލަމެވެ،
” ކައްކަން އެއްޗެހި ގަންނަން ދާން ހިނގާ.. ބަނޑުހައެއް ނުވޭތަ؟”
އަހަރެން ވިކާޝްގެ އަތުގައި ހިފަމުން ބުނެލީމެވެ. ވިކާޝް އަހަރެންގެ އަތަށް ފިތާލިއެވެ. އަދި އަތުގައި ހިފައިގެން ގެންގޮސް ވެއްދީ ބަދިގެއަށެވެ، އަހަރެން ހައިރާންވީމެވެ. ބަދިގޭގެ ފާރުގައި މޮހޮރުތަކެއް ޖަހާފައި ވެއެވެ. ކޮންމެ މޮހޮރެއްގައި ކޮތަޅެއް އެލުވާފައި ހުއްޓެވެ، ފިޔަލާއި ލޮނުމެދެވެ. ކެރެޓާއި ކެބެޖެވެ. އަލުތްވާއި ލުނބޮލެވެ. ބިހާއި މުގެވެ، އޭގެ ތިރީގައި ބާލިދީތަކަށް އަޅާފައި ހަނޑު ހަކުރު ފުށް ހުއްޓެވެ. މޭޒުމަތީގައި އަތުރާފައިވަނީ ތަށިތަކާއި ތެލިތަކެވެ. އަހަރެން ހީވެސް ނުކުރާހާ ފެންވަރަށް އޭނާ މަސައްކަތްކޮއްފައި ވުމުން އަހަރެން އިތުރަށް ހައިރާންވިއެވެމ
” އަޅޭ… އަހަންނާއި އެކު މިހުރިހާ ކަމެއް ކުރިނަމަ…”
އަހަރެން އެއް ފައި ޖަހާލާފައި ބުނީމެވެ. ވިކާޝް އަހަރެންނާއި ދާދި ގާތަށް ޖެހިލިއެވެ. އަދި ދަތްދޮޅީގައި އަތްއަޅުވާލަމުން ބުނެލިއެވެ،
” ކިހިނެތްވި؟ ކަމުނުދަނީތަ ؟ ”
އަހަރެން އަވަސް އަވަހަށް ނޫނެކޭ ބުނަން ބޯ ހޫރާލީމެވެ،
” ވަރަށް ޕާފެކްޓް…. ހިއެއް ނުވެ އަލަށް ދިރިއުޅުމެއް ފަށާފަވާ މީހެއް ހެނެއް.. ހީވަނީ މީގެ ކުރިން މިކަހަލަ ކަންތައްތައްކޮށް އުޅުނު މީހެއްހެން..”
އަހަރެންގެ ޖުމުލައިން ވިކާޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަކަން އަހަންނަށް އެނގުނެވެ،
” ސޮރީ.. ދެރަކޮއްލަން ބުނި އެއްޗެއް ނޫން.. އަހަންނަށް އެނގޭ ވިކާޝް އުޅެ ބޮޑުވީ ވެސް މީހުންނަށް މަސައްކަތް ކޮއްދީގެންކަން.. އަހަރެން އެ ހަނދާންތައް އާކޮއްދޭކަށްނޫން އެހެން ބުނީ،،”
އަހަރެން ލޯތްބާއި އެކު ވިކާޝްގެ ގައިގައި ބައްދާލީމެވެ. އަނެއްކާވެސް އިވުނީ އަޑެކެވެ. ކާގެތެރެއިންނެވެ، ދެމީހުންނަށް ދުރަށް ޖެހިލެވުނީ އެއްކޮށެވެ. ވިކާޝް ބާރު ބާރަށް ބަދިގެއިން ނުކުމެ ޖެހިގެން ހުރި ކާގެއަށް ވަނެވެ، އަހަރެންވެސް ވަނީމެވެ، ކާގެ ތެރެއިން އެއްވެސް އެއްޗެއް އެއްވެސް ކަމެއް ފެންނަން ނެތުމުން އަހަރެން ވިކާޝްއަށް ބަލާލީމެވެ. ޖެހިލުންވެ ހުރެއެވެ،
” ހީވި ގޮތެއް،،،”
ވިކާޝް އަވަސް އަވަހަށް ބުނެލިއެވެ. އަހަރެން ރުޅިއައެވެ،
” ހީވި ގޮތެއްނޫން…އަހަރެންވެސް އެހިން.. ”
ދެން ވިކާޝް ބުނާނީ ކީކޭ ހެއްޔެވެ؟ ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ؟ އޭނާ އަހަރެންނާއި ގާތްވެލިއެވެ،
” އަހަންނަށް ހީވަނީ ފުރާޅު މައްޗަށް މީދަލެއް ފުންމާލީގެން ރުކަކުން…”
އޭނާ އެހެން ބުނުމުން އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ. އަޑު އިވުނީ އެދިމާ މަތިންނެވެ.
****************************
އަހަރެން ބަދިގޭގައި އަވަދި ނެތި އުޅުނީމެވެ. ފެންނަ ފަށުގައި ވިކާޝް އިނެވެ. ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ. މީރު މީރުކޮށް ކެއްކުމަށްފަހު ކާގެއަށް ހުރިހާ އެއްޗެއް އަހަރެން ގެންދިޔައީމެވެ. އޭރުވެސް ވިކާޝް އިނީ ފޯނުގައެވެ. އަހަރެން ހުރީ ކަރުހިއްކައިގެންފައި ކަމުން ވަރަށް އައިސް ފެންވެސް ބޯ ހިތްވިއެވެ، ވިކާޝް އާއި އަރާ ހަމަވުމުން އޭނާ ފޯން ބޭއްވިއެވެ،
” ހިނގާ ކާން.. ވަރަށް އައިސް ފެން ބޮވާ.. ބުނީމެއްނު މާދަމާ އަލަމާރިއެއް ގެންނާނޭ.. ހެނދުނު ގެންނަން ވާނެ އިނގޭ.. އެހުރީނު ތަރުކާރީ އެއްޗެހި… ވަރަށް އަވަހަށް ހަލާކުވާނެ..”
އަހަރެން އެނބުރި ކާގެއާއި ދިމާއަށް ހިނގައިގަންނަމުން ބުނެލީމެވެ، ދެމީހުން އެއްކޮށް ކައި އަވަދި ވެގެން ގެއަށް ވަނީމެވެ. ބަދިގޭގައި އުޅުމުގެ ސަބަބުން އަހަރެން ހުރީ ވަރަށް ބޮޑަށް ދާހިއްލާފައެވެ. އެގޮތަށް ހުރެ ވިކާޝް އާއި އެކު ނިދަން އޮށޯތުމަކީ އަހަރެން އެހާ ކުރާހިތްވާ ކަމެއް ނޫނެވެ،
” ވިކް… ހިނގާބަލަ އަހަރެން ފެންވަރަންދެން މަޑުކުރަން.. ގިފިއްޔަށް..”
އަހަރެން މަޑުމަޑުން ބުނީމެވެ، ތުވާލި އަތަށް ނަގަމުންނެވެ. އޭރު އިޝާނަމާދު ބަންގީގެ އަޑު އިވެއެވެ. ނަސީބަކުން އަހަންނަށް އިތުރަށް ދިމާނުކޮށް ވިކާޝް ތެދުވިއެވެ، މަތި ހާމައަށް އޮތް އެ އަނދިރި ގިފިލީގައި ދިއްލާފައިވާ ފަސްވޯޓް ބޮތްކެއްގެ އަލީގައި ހުރެ ފެންވަރަން ނުކެރޭނެކަން ވިކާޝްއަށްވެސް އެނގުނީކަންނޭނގެއެވެ،
ގިފިލި ތެރެއަށް ވަދެ، ދޮރުކައިރީގައި ރީނދޫ ހަމެއް މަތީގައި ހަމަޖެހިލައިގެން ވިކާޝް އިނެވެ. އަހަރެންނަށް ބެލެނީ މަތިން ފެންނަން ހުރި ދިގު ރުއްރުކާއި ބޯވެފައިވާ ގަސްތަކާއި ދިމާއަށެވެ، ކަޅު އަނދިރީގެ ތެރޭގައި ހުރެ އެއްޗެހި ބާލަން އަހަރެން ފަސްޖެހުނެވެ. އަނދިރި ވަޅުތެރެއަށް ދާނި ކޮއްޕާލަން ހިތަށް ބިރުވެރިކަން ވަނެވެ. އަހަރެން ބޮލުގައި ހުޅިއެއް ޖަހާލީމެވެ. އަދި ލައިގެން ހުރި ކުރު ގަމީހުގެ ގޮށްތައް ނައްޓަންފެށުމަށްފަހު ބަލާލީ ވިކާޝް އަށެވެ. އޭނާ ފޯނުން ގޭމް ކުޅެން އިނެވެ. އަހަރެން ހުރިހާ ގޮށެއް ނެއްޓުމަށްފަހު ގަމީސް ބޭލީމެވެ. ޖެހެމުންދާ ތެތްފިނި ވައިރޯޅިރޯޅި ގައިގައި ބީހިލާ އިރު ހާދަ އަރާމެވެ. އަހަރެން ހުރިހާ އެއްޗެއް ބޭލުމަށްފަހު ވަޅާއި ކައިރިވީމެވެ. ވަޅުމަތީ ހުރަސްކޮށްފައި އޮތް ދާނި ނެގުމަށްފަހު ވަޅުތެރެއަށް ގަންބާލީމެވެ. ހާދަހާ ބަރޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ބޮލަށް ދާނި އޮއްސާލުމުގެ ކުރިން ބޮކީގެ އަލިން ވެސް ދާނީގައި ހުރީ ފެން ނޫންކަން އެނގުނެވެ. ހަޅޭއްލަވައިގަނެވުމާއި އެކު ބިންމައްޗަށް ދާނި ވައްޓާލެވުނެވެ. ގޭމްކުޅެން ގެއްލި ފައި އިން ވިކާޝްވެސް ސިހުނެވެ. އަހަރެން ދުއްވައިގަތ ވިކާޝް އާއި ދިމާއަށެވެ. އޭނާ އަވަސް އަވަހަށް އަހަރެންގައިގައި ބައްދައިގަތެވެ، އޭރުވެސް އަހަރެން ރޯމަހެއް ތެޅޭހެން ތެޅެއެވެ.
” ލޭ.. ހުސް ލޭ.. ”
އަހަރެން ދެލޯ މަރާ ފިއްތައިގެން ހުރެ ކީމެވެ. ވިކާޝް ބަލާލީ އަހަރެންނާއި އެކުގައި އެތަނަށް ގޮހެވެ. އެއީ ހަމަ ފެނެވެ.ސާފު ފެނެވެ. އަހަރެންވެސް ބަލާލީމެވެ. އެހެނަސް އޭރު ހުރީ ރަތްލޭކަން އަހަންނަށް ޔަޤީންވިއެވެ.
” މާ ބޮޑަށް ހިތްބިރުގަންނާތީ ހީވާ ގޮތް ތީ ؟ އަވަސް ކޮއްލާ.. ނަމާދު ވަގުތު ޖެހިއްޖެ އެއްނު”
ވިކާޝް މިފަހަރު ދުރަކަށް ނުދެއެވެ، އޭނާ ހުރީ ވަޅު ކައިރީގައެވެ. އަހަރެން ބިރުން ހުރެފައި ވެސް ދާނި ކޮއްޕާލީމެވެ. ދާނި ވަޅުން ނަގަމުން ދާ ވަރަކަށް އަހަރެން ބިރުގަންނަމުންދެއެވެ. އެއީ ހަމަ ފެނެވެ. ވެދާނެއެވެ، އަހަރެންނަށް ހީވިގޮތެކެވެ. އަހަރެން ފެންވަރާ ނިންމާލީ ވަރަށް އަވަހަށެވެ. ރަނގަޅަށް ގައިވެސް ނުހިއްކާ އަހަރެން ހެދުން ލީމެވެ.
” ހިނގާ އަވަހަށް ދާން..”
ވިކާޝް އަހަރެންގެ އަތުގައި ހިފިއެވެ،އަހަރެންވެސް ބާރު ބާރަށް ހިނގާފައި ގޮސް ގެއަށް ވަނީމެވެ.
” އެއީ ހަމަ ލޭ! ”
ކޮޓަރިއަށް ވަނުމާއި އެކު އަހަރެން ފެށީމެވެ. ވިކާޝް ފެށީ ހޭށެވެ
” ދެން ހަމަ ކޮންމެ ކަމެއްވެސް ޝަނޫ….”
އޭނާ އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެންހުރީ ތާޒާ ކަމާއި ފިނިކަންމަތީގައި ކަމުން ވިކާޝްގެ ބައްދާލުން ވެގެން ދިޔައީ ލިބިގެންދިޔަ އަރާމަކަށެވެ. އަހަރެން އޭނާގެ ގައިން ދޫކޮއްލާ ހިތެއް ނުވިއެވެ. ދެމީހުންނަށް ފިރުމެން ފެށުނީ ބޭ އީޚްތިޔާރުގައެވެ.
**************************
އަހަރެންނަށް ހޭލެވުނެވެ. އަތުގައި އޮތް ގަޑި ބަލާލީމެވެ. ކުރިންރޭވެސް ހޭލެވުނު ގަޑިއެވެ. 2:30 އެވެ. މިރޭ އަހަރެންގެ ލޮލުގައިވެސް ވަރަށް ރިއްސައެވެ.ހީވަނީ ލޮލަށް އެއްޗެއް ވެއްޓުނީ ހެންނެވެ. އަހަރެން ތެދުވެގެން ގޮސް ފެންފުޅި ނެގުމަށްފަހު ފެންފޮދެއް ލޮލުގައި ހާކާލީމެވެ. އަދި އޮށޯތީމެވެ. ވިކާޝް ނިދާފައި އޮތެވެ. އަހަރެންނަށް ނިދި ޖެހެން ފެށި ވަގުތު ދޮރުގައި މީހަކު ޖަހާލި ހެން ހީވިއެވެ. އަހަރެން ސިހުނެވެ. ވިކާޝްގެ ގައިގައި ކޮއްޓާލީމެވެ. އޭނާ ހޭލާނެ ހެނެއް ހިއެއް ނުވެއެވެ، ދެވަނަ ފަހަރަށް އެ އަޑު އިވޭތޯ އަހަރެން އޮތީމެވެ. މިފަހަރު ވެސް އަޑު އިވުނެވެ، އެކަމަކު ދޮރުގަ ޖަހާލާ އަޑެއް ނޫނެވެ. އަހަރެންނަކަށް ނޯވެވުނެވެ. ތެދުވެވުނީ ގޭތެރޭގައި ވަނީ ކޮންކަމެއްތޯ ބަލާލ ހިތުންނެވެ، ކޮންމެވެސް އަޑެއް އެބަ އިވެއެވެ. އެއްބައިފަހަރަށް ވަރަށް ބާރަށް މާނޭވާ ލާ އަޑެވެ. އަނެއް ބައި ފަހަރަށް ބުޅަލެއް މަޑުމަޑުން ރޯލާ އަޑެވެ. އަހަރެންނަށް ކޮޓަރި ތަންޑުގައި އަތްތެލުނެވެ. އެހެނަސް ހުޅުވަން ފަސްޖެހެވެނީއެވެ، ތަންޑު ހުޅުވުމަށް އަތް ޖައްސާލައިގެން ހުއްޓާ ބޭރުން ދޮރުގައި ޖެހިގަތް އަޑާއި އެކު އަހަންނަށް ނޭނގުމެއްގައި ތަންޑު ނައްޓާލެވުނެވެ،. އެ އާއި އެކު ދޮރު ހުޅުވުނެވެ. އަހަރެންނަށް ހުރެވުނީ ކޮންތާކު ކަމެއްވެސް ނޭނގުނެވެ. ކޮޓަރި ދޮރުމަތީގައި އޮތީ ދެ ބުޅަލެވެ. އެއް ބުޅާ އަނެއްބުޅާ ގައިމައްޗަށް އަރައިގެން ފޯރި ނަގަނީއެވެ. ޖިންސީ މައްލަވަ ކުރުންތައް ކުރަނީއެވެ. އަހަރެން ފެނުމާއި އެކު ދެބުޅާ އަހަންނާއި ދިމާއަށް ބަލާލީއެވެ. މަތީގައި އޮތް ބުޅާ ބަލާލި ވަގުތު އެ ބުޅަލުގެ ބޯ ބަދަލުވެގެން ދިޔައީ ރީތި ދޮން އަންހެންކުއްޖެއްގެ މޫނަށެވެ. އަހަރެންނަށް ތެޅިގަނެވުނެވެ،އެހެނަސް ދުއްވައެއްވެސް ނުގަނެވުނެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަތްފައި ތުރުތުރުއަޅަންފެށިއެވެ. އެ ބުޅާ ފުންމައިގަތީ ކޮޓަރި ތެރެއަށެވެ . އަހަރެންނަށް އަނގަމަތީ އަތްއެޅުނެވެ. އަދި ލޮލުގެ ހިމަކޮޅުން ދެން އޮތް ބުޅަލަށް ބަލާލެވުނެވެ. ބުޅަލުގެ މޫނުވެސް ވަނީ ރީތި އަންހެން ކުއްޖެއްގެ ސިފައިގައެވެ. އަހަރެންނަށް ބަލަން ފެށިއެވެ.އަހަރެންގެ ހަށީގައި ފުރާނަ ހުރިކަން ޔަޤީނެވެ. އެހެނަސް އަހަރެންގެ އެއްވސް ހިއްސެއް ނެތް ފަދައެވެ. އޭތިވެސް އަހަންނަށް ބަލަމުން އެތެރެއަށް ދުއްވައިގަތެވެ. އަހަރެންނަށް ތިރިވާން ފެށުނެވެ،. ދެފައިގައި ހުރީ ހިލިހިލާ އަޅާފައިހެން އަހަންނަށް އިހުސާސްވިއެވެ. ދެބުޅާ ގޮސް ފުންމާލީ އެނދުމައްޗަށެވެ. ނިދާފައި އޮތް ވިކާޝް އާއި ދިމާއަށް ބަލަމުން ގޮސް ވިކާޝްގެ ގައިމައްޗަށް ޖެހިގަނެ ވަކިތަކުން ނޮޅަން ފެށިއެވެ. އޭނާގެ މަސްތައް ވީދައި ކާންފެށިއެވެ، ވިކާޝް ރޮމުން އާދޭސްކުރަމުން އަހަރެންނަށް ސަލާމަތަށް އެދި ގޮވައެވެ.އެހެނަސް އަހަރެންވަނީ ގަބުވެފައެވެ. ގުޑާނުލެވިފައެވެ. ވިކާޝްގެ ބަނޑުގައި އޮތް ގޮހޮރު އެދުމައްޗަށް ފައިބައިގަތްތަންވެސް އަހަރެން ދުށީމެވެ. އޭނާގެ ދެލޯ އެ އެއްޗެހީގެ ވަކިތަކުން ކޮނެލިތަންވެސް އަހަރެން ދުށީމެވެ. ލޭތަކު ތެރޭގައި ދެބުޅާ އޮވެ ވިކާޝްގެ ހަށިގަނޑުގައިވާ ހުރިހާ މަހެއް ކައި ހުސްކޮށް އަހަންނާއި ދިމާއަށް ބަލާލިއެވެ. ( ނުނިމޭ )

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

މަންމަގެ ޑައިރީ 6ވަނަ ބައި (ގުޅުން)

Next

މަންމަގެ ޑައިރީ 7ވަނަ ބައި (ޝާލީ)

Next
January 8, 2014

މަންމަގެ ޑައިރީ 7ވަނަ ބައި (ޝާލީ)

Previews
January 5, 2014

މަންމަގެ ޑައިރީ 6ވަނަ ބައި (ގުޅުން)

27 Comments!

  1. Athi says:
    January 5, 2014 at 5:23 pm

    V.reethi mi part. Heevany vahaka v reethivanehen. Keep it up

  2. faathy says:
    January 5, 2014 at 5:36 pm

    baeh faharu first person ge gothugai liyefa, aneh bai faharu second person ge gothuga liyefa hureema vaahakage reethikan gehlenee…….

    1. Salaa Xiphah says:
      January 5, 2014 at 7:26 pm

      ފާތީ ތި ބުނި އެއްޗެއް އަދި ނުވިސްނުނު… ތަންކޮޅެއް ސާފުކޮއް ބުނެލަދީބަ ޑިއަރ…

  3. faathy says:
    January 5, 2014 at 8:31 pm

    މިބުނީ ބައެއް ފަހަރު އަހަރެންނޭ ކިޔާފަ ވާހަކަ ކުރިއަށްދަނީ…..އެކަމަކު އަނެއްބައި ފަހަރު ޝަނޫއޭ ކިޔައިގެން މިސާލަކަށް”ވިކާޝް ވިސްނަމުންދިޔައެވެ. ފެނުނީ ހުވަފެނެއް ނޫންކަން ގައިމެވެ. ފަހަރުގައި ވިކާޝް ޝަނޫގާތު އެވާހަކަ ދެއްކުމުން ޝަނޫ ލަދުގަތީކަންނޭނގެއެވެ. އެހެންވެ އެވާހަކަ ބަދަލު ކޮއްލީކަމަށްވެސް ވެދާނެއެވެ. އެކި ގޮތްގޮތަށް ވިކާޝް ހިޔާލު ކުރަމުންދިޔައެވެ. އެއްވެސް އެއްޗެއް އިތުރަކަށް އޭނާއަކަށް ނުވިސްނުނެވެ. އޭނާއަށް ނިދެންފެށިއެވެ.” މިތަނުގަ ސިފަކޮށްދީފައި މިއޮތީ ވިކާޝް ހިތަށް އަރާ އެއްޗެހި…..އެކަމު އަސްލު ޝަނޫއަށް ކިހިނެއް އެނގޭނީ ވިކާޝް ހިތަށް އަރާއެއްޗެއް……އަހަރެން ކިޔައިގެން ލިޔަންޏާ ހަމައެކަނި ލިޔެވޭނީ…އަހަރެންގެ ހިތަށްއަރާ އެއްޗެއްސާ އަހަރެންނަށް އެނގޭ އެއްޗެހި އެކަނިދޯ…..އެހެންމީހުންގެ ހިތެއް ނޭނގޭނެއްނު…..ދެފަރާތުގެ އިހުސާސް ލިޔެވޭނީ ސެކަންޑް ޕާސަންގެ ގޮތުގަ ލިޔަންޏާދޯ….އެކަމު މީ ފަސްޓް ޕާސަންގެ ގޮތުގަ ލިޔާ ވާހަކައެއްނު…..ބައިދަވޭ ފާތީއަށް ވ ރީތި ސަލާގެ ” އަހަރެންނެތި ދިޔަޔަސް ތި ހަޔާތުން” އައި ލަވް އިޓް…

  4. މަލަކާ says:
    January 6, 2014 at 1:26 pm

    ވާހަކަ ވަރަށްސަޅި 3 ވަނަބައި އަވަހަށްފޮނުވާލަ ދެއްވާ އަވަސް

  5. azu says:
    January 7, 2014 at 9:22 am

    vaahaka v salhi. avahah anehbai up kohba salaa

  6. ސޮފާ says:
    January 8, 2014 at 10:44 am

    ސަލާ ކޮބާ ވާހަކަ ހާދަލަހޭ އަންނަލެއް އަވަސްކޮއްލަދެއްވުންއެދެން

  7. zoyasham says:
    January 9, 2014 at 8:02 am

    Story is nice but has to correct the mistake faathy highlighted.

  8. zoyasham says:
    January 9, 2014 at 8:03 am

    Upload the next part soon.

  9. hhhhhhhhhhhhhhhhhhh says:
    January 9, 2014 at 4:32 pm

    dream eh dho

  10. ސޮފާ says:
    January 10, 2014 at 10:17 am

    ސަލާ ހާދަ ލަހޭ ވާހަކަ

    1. research into says:
      September 23, 2014 at 5:08 pm

      At last, someone comes up with the “right” answer!

  11. azu says:
    January 11, 2014 at 4:07 am

    salaa alhe whn going to up next part? knme dhuvahaku balan up kohfa hunna thoa

  12. މަރ says:
    January 11, 2014 at 8:46 am

    ވާހަކަ ކޮބާ ހާދަލަހޭ އަންނަލެއް އަވަސް ކޮއްލަދެއްވާ

  13. anu says:
    January 13, 2014 at 11:31 am

    thyge aneh baa nukunnan mihaaru kitheh dhuvas vehjje.. mihaaru foohi vehjje thi vaahaka kiyan ves.. thihaa las kuranna myyhun foohi vaane.. v foohi ve.. >_<

  14. anu says:
    January 13, 2014 at 11:33 am

    ehves rythi vaahakaeh nun.. reethi nugy thyge baitha nukuvvan eha las vaathy.. .mihaaru kitheh dhuvas vehje…. thy ehn vyma flop vaahakae.. mashah hama yageen.. >_<

  15. Ena says:
    January 14, 2014 at 1:35 am

    Hehehe…!!
    Mee kihineh vefa oiyy kameh?? **cOnfUSeD**

    #0x ”Kalhu andhireege thereygai hure ehchehi baalan aharen fas jehuneve”

    **ConFusIOn**
    ”Aharen bolah dhaani ossaalumuge kurin Bokeege alinnves dhaaneega huree fenn noonn kan enguneve.”

  16. Ena says:
    January 14, 2014 at 1:40 am

    Eyge kurin adhi bunefa ebain ********

    ”Mathi Haama Ah Oiyy E Andhiri Gifileegai Dhillaafaivaa Fassvot Boiykehge Aleegai Hure Fenvaran Nukereynekan Vikaash Ahves Engunee Kanneyge Eve..

    *********
    liyan ulhefa huree keekekan eba engey.ekamaku……jumla thah genesdhyfa huri gothun evaahaka bunelyy……
    *********

  17. xeek says:
    January 14, 2014 at 12:25 pm

    avahah anehbai nereba haadha lahey dhw ummeedh kurany varah avahah 3 vana part nikunnaane kamah. .

  18. lunboa says:
    January 16, 2014 at 11:54 pm

    vara hadi meehun magu furedhumah thikahala mududhaaru vaahakah nuliye dheeny molhu vaahakah liunas maarangalhu vaane

    1. salaa says:
      January 25, 2014 at 5:21 am

      plus ge story eh veema efadha kanthah thah huredhaane kan dhanegen kiyan beynun nuvanyaa nukeema ehves meehaku magufuredheyne kamakah gabooleh nukuran. hunnaane varah dheenveri kudhin ulhey ,, vaahaka ves liyefa.. ummeedhu kuran Lunboa alhugandu ge efadha vaahaka eh ves kiyaalaane kameh.. thanx for ur comnet

  19. mary says:
    January 19, 2014 at 11:32 am

    mivaahaka ves minimuny dhw dhen mihaahisaabun v foohivey dhen mihen hadhaathy up nukurevenyaa kyhkurantha vaahaka liyan fashany..

  20. salaa says:
    January 25, 2014 at 5:03 am

    login nuveveythyve uoload nukurevigen miulheny,,, mivaahaka publish kuran kurinbeelive.com gai ves

    1. admin says:
      January 25, 2014 at 4:03 pm

      salaa, you can contact me directly on 7997991 if you have any issue in login. also you can email your story to [email protected] so that ill upload it for you. 🙂

  21. Rasidul says:
    February 8, 2014 at 3:32 am

    It’s really great that people are sharing this inoramotifn.

  22. lunboa gas says:
    February 8, 2014 at 7:03 pm

    Lunboa thiha dheenveri nama hama gaimuves magufuredheykan egeyiru mikahala stories thakeh nukiyaane dhw 😛 dheenveri kujje mihunnany mendhuru 12 jahairuves story kiyan dhw. egady namad kuranves ready vaan ulheveynehnnu hama. hama dhen echekey buny dhw. asluves magufuredhey kamah gabool kuranya love stories thah nukiyya ragalhu vaany. magufuredhenyves emeehaku amilla ah. konme meehakahves dheenee kanthah kureveyne vahaka kiyas beynun vany hivvareh. time manage ves kureveyne. egothah ulhenya thibuna gothakah visnumeh goaheh nuvaane. salage vaahaka v reethi. kyp it up

  23. hahahahaha says:
    July 19, 2014 at 4:29 am

    Varah salhih shaii nlce

Comments are closed.


All Right Reserved!