‘ދޮނާ މި ފޮތް ބަލާދީބަ.. މަލާ އަށް ނޭގުނު މި ތަނުން ސުވާލު އަންނާނޭ ގޮތެއް.. މާދަން މި އޮތީ..’ މިއީ މަލާކްގެ ސްކޫލު އެންމެ ފަހު ދުވަސްވަރުކަމުން އަބަދުހެން ފޮތެއް ނަގައިގެން އިނދެއެވެ. ‘ގެނެބަ.. އިނގޭތޯ ބަލަން..’ މަލްކާވެސް އައިސް އެހީވެވޭތޯ އުޅުނެވެ. ****** ރޭގަނޑުގެ ކަނު އަނދިރިކަން ފެތުރި މެންދަން ވާން ކައިރިވެއްޖެއެވެ. ފޮތެއް ނަގައިގެން އެދުގައި އޮށޯވެ އޮތް މަލްކާ އޮތީ ނިދިތާއްޔާ ޖެހިފައެވެ. ކުއްލިއަކަށް ކޮޓަރި ތެރެއިން އެއްޗެއް ހަރަކާތްކޮށްލިހެން ހީވުމުން […]
‘މަންމާ އަހަރެން ދިޔައީ އިނގޭ ގަޑިޖެހެނީ އެއޮށް..’ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެ ޒައިކް ބޫޓަށް އަރައިގެން ހިގައިގަތެވެ. މިއަދަކީ އޭނާ ވަޒީފާ އަށް ނިކުންނަ ފުރަތަމަ ދުވަހެވެ. ރޭވެސް ކިބިހި އަޅާތީ ބޭސްކެއުމުން އަށެއް ޖަހަންދެން ނިދުނީއެވެ. ‘ދަރިފުޅާ.. ސައިބޮއެގެން ދޭބަ..’ ސަނާގެ ޖުމްލަ ފުރިހަމަ ވިއިރު ޒައިކް ހުރީ ގެއިން ބޭރުގައެވެ. ‘މަންމާ. ލަންޗް ބްރޭކަށް އަހަރެން އަންނާނަން.. ޕްރޮމިސްއޭ…’ ޒައިކް ސަނާއަށް އަޑުއިވޭނެ ވަރަށް ގޮވައިލަމުން ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ. […]
‘ހޫމްމ.. ބަލާބަ ހުރި ވަރެއް ގައިގަ..’ މަލާކްގެ އަޑަށް ސިއްސައިގެން ގޮސް މަލްކާ އޭނާގެ ހިނިތުންވުން ފޮރުވާލިއެވެ. ‘އޭ ދޮނާ.. ފައިނަލީ ކުޗް ކުޗް ހޯތާހޭތަ.. އޯއެމްޖީ ކާކުތަ ޅިއަންބެ އަކީ.. އޫމް..’ މަލާކް ކުޑަވެލާފައި އައިސް ޖެހިގެންހުރި ޖޯއްޔަށް ވެއްޓިގަތެވެ. ‘ނޮންސެންސް.. އެކަހަލަ ކަމެއްގަ ނޫޅެން ދޮނާއެއް އަދި..’ ބޯހޫރާލަމުން މަލްކާ ބުނެލިއެވެ. ‘ދެން ކޮންއިރަކުތަ އަހަންނަށް ޅިއަންބެއެއް ހޯދަދޭނީ.. އެއްމެން ނުވާނެދޯ އެ ޝައިލްއަށް.. ދެން ތިހެން ހުހަށް ހުއްޓާތަ އަހަރެން މީހަކާ އިންނާނީވެސް..’ […]
‘ނޫން.’ ކުއްލިއަކަށް މަލްކާ އެއްލިގެން ގޮސް ނިދިން ހޭލެވުނެވެ. މާނޭވާ ލެވޭ ވަރުން މޭމަތީގައި އަތް އަޅައިގެން އިރުކޮޅަކު އިނުމަށްފަހު ތެދުވެ އޭސީ ޖައްސާލީ ހުނުވި ވަރުންނެވެ. އެހެން ހުރުމަށް ފަހު ކެތްނުވެގެން ފާހާނާއަށް ވަދެ ފެންވަރާލިއެވެ. މިއީ މިދޭތެރެއިން ވަރަށް ގިނައިން ވާ ކަމެކެވެ. ހުވަފެނެއް ފެނިގެން މަލްކާ އަށް ތެދުވެވޭނީ އެއްލިގެންނެވެ. ނަމަވެސް ފަހުން އެ ހުވަފެނުގައި ވާ އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނުހުރެއެވެ. ނިދަން ލާ ހެދުން ގަޔަށް މަހާލަމުން އެދުގައި […]
ހަތް އަހަރު ކުރި ****** އާދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ރަން ދޯދިތައް ބިންމައްޗަށް ފެތުރެން ފަށައިފި އެވެ. ރަށުގެ މަލަމައްޗާއި މޫދު ފެންނަ ކޮންމެ މީހަކަށް ވެސް މާޝާ ﷲ އޭ ކިޔޭނެއެވެ. ރަށުތެރެއިން ފެންނަމުން ދިޔައީ ހީވާގި އަންހެން ވެރިންނެވެ. ގޯތި ގެދޮރާއި މަގުފަޅި ތަކުގައި އިލޮށިފައްޗާއިގެން ހަރަކާތްތެރިވަމުން ދިޔަ އިރު އެމީހުން ސާފުތާހިރުކަމަށް ދޭ އަހަންމިއްޔަތުކަން އަންގުވައިދެއެވެ. ރާޅު ޖަހާ ހިސާބުގައި އިށީނދެގެން އިން މަލްކާ އެ ގުދުރަތީ ރީތިކަން ފޯނުގައި ރައްކާ […]
‘މަލްކާ..’ ފޯނަށް ނަޒަރު ހުސްކޮށްލައިގެން އިން ޒައިކް އަށް އެނަން އިވުމުން ހީވީ ކަރަންޓު ޝޮކެއް ޖެހުނު ހެންނެވެ.ކުއްލިއަކަށް އިންތަނުން ތެދުވެ އެއަޑު އައި ދިމާއަށް ބަލައިލި އެވެ. އެނަމުން ގޮވި އަންހެންމީހާއާ ދިމާއަށް ދުވެފައި ދިޔަ ކުޑަކުއްޖާ ފެނުމުން އޭނާގެ މޫނުގެ ކުލަ އެއްކޮށް ފަޑުވިއެވެ. ތެދުވި ދިމާލުގައި އަލުން އިށީނދެމުން ލޮލަށް ގިނަވި ކަރުނަތައް ފޮހެލިއެވެ. ވޭތުވެދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި އެނަން އިވުނު ފުރަތަމަ ފަހަރުކަމުން އޭނާގެ ހިތް އަވަސް ވީއެވެ. ‘މަލް.. […]