‘ނަޝްޔާ..؟’ މަލްކާއަށް އަހާލެވުނެވެ.* އެއީ ނަޝްޔާ ނޫން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. މަލާކް ދޭތެރެ ދޭތެރެއިން ގްރޫޕް ވޯރކް ތަކަށް ނަޝްޔާ ގެއަށް ގެންނާތީ މަލްކާއާއި ނަޝްޔާގެ މެދުގައި އޮންނަނީ އެއްބަނޑު އެއްބަފާ ދެބެއިންގެ ދެމެދުގައި އޮންނާނެ ފަދަ ލޯތްބެއް އުފެދިފައިއެވެ. އެއްފިޔަވަޅު ކުރިއަށް އަޅާފައި މަލްކާ ފަހަތަށް އެނބުރުނު އިރު އޭނާގެ ދެއަތްތިލާގައި ތުރުތުރެއް އުފެދިފައި ހުއްޓެވެ. އެތާނގައި ހުރި ފަޅު ގޯތީގެ އެތެރެ ފެންނަހެން މަލްކާ ބޯއަރިކޮށްލިއެވެ. ‘މެލޯ.. އަންނާކަށް ނުވޭތަ.؟’ ފަޅުގޭގެ […]
‘އެނީވޭސް މަލް ހިނގާބަ ފިހާރައަށް.. އެއޭ އަހަރެން އަސްލު އައި ކަމަކީ..’ އާލާ ތެދުވެގެން މަލްކާ ކައިރިއަށް ޖެހިލިއެވެ. ‘ހޫމް ހިނގާ..’ މަލްކާވެސް އިންތަނުން ތެދުވެލިއެވެ.ދެމީހުން އެކުގައި ހިނގާފައި ދިޔަތަން ބަލަން އިނދެފައި ޒުލްފާވެސް ތެދުވެގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ‘މެލޯ.. އެކަމާ މާބޮޑަށް ނުވިސްނައްޗޭ.. މެލޯގެ ވައްތަރު އެނގޭތީ މިބުނީ އެނގޭ.. ޖަސްޓް ލައިކް ޔޯ މޯމް.. ދަ އޯވަރ ތިންކިންގް..’ މަލްކާމެން ގެއިން ނުކުމެފައި އާލާ ބުނެލިއެވެ. ‘ޔެސް މައި މޭޑަމް.. ގޮޓް ދެޓް..’ […]
ފުރަތަމަ ކަމަކަށް ވަރަށް ބޮޑަށް މާފަށް އެދެން ވާހަކަ ލަސްވާތީ ? އެކްޗުލީ މިފަހަރު ބިޒީ ކަމުން އަޅާނުލެވެނީ ބޮޑަށް ? އައި ނޯ ޔޫ ގައިސް އާރ ލުކިންގް ފޯރވާރޑް ފޯރ ދަ ސްޓޯރީ ? އައިލް ޓްރައި މައި ބެސްޓް އިންޝާ ﷲ. ? އިރާދަކުރެއްވިޔާ އަންނަ ހަފްތާގައި އަޕް ކުރާނަން ? އެން ޓު ކަވަރ އަޕް އައިލް ޕޯސްޓް މޯރ ދެން ވަން ޕާރޓް ޓުގެދަރ ❤️ ސީ ޔޫ ގައިސް […]
‘ކައިންޑް އޮފް.. އަސްލު މަންމަގެ ފްރެންޑް އެއް ޝަހީމައްތަ އެއީ.. އަހަރެން މިދެކުނީ އަލަށް.. މީހަކާ އިނދެގެން ރަށުން ދިޔަފަހުން އެއައީއޯ މަންމަ ބުނީ..’ މަލްކާ ކިޔައިދިނެވެ. ދެމީހުން ދެން އުޅެގަތީ އެސައިންމަންޓްތައް ހަދާށެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މަހެއް ވީ ލޮލުފިޔަ ޖަހާލާހާ އަވަހަށެވެ. މަލްކާ އާއި ޝައިލްވެސް ގާތް އެކުވެރިންނަށް ވާން މާކަ ގިނަ ދުވަސްތަކެއް ނުނަގައެވެ. ދެމީހުންގެ މަންމައިންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ގިނައިރު އެކީގައި އުޅޭތީވެސް މެއެވެ. ****** ‘5:30 […]
‘އާނ ދޯ.. ހިނގާ ފަންސާސް އެވީ..’ ގަޑިއަށް ބަލާލާފައި ޒައިކް ބުނެލިއެވެ. ****** ‘މެލޯ.. ކިހިނެއް މިހާރު..’ ސައިކަލުން ފޭބުންތަނާ ފެނުނީ އާލާ އައިސް މަލްކާގެ ގައިގައި ބައްދާގަތް ތަނެވެ. ‘މިހާރު ރަނގަޅު.. އަހަރެން ދިޔައީ ސިއްސައިގެންނޭ.. މި އާލް ވެސް ކުރާ ކަންތައް..’ މަލްކާ މޭމަތީގައި އަތް އަޅައިގެން ބަރު ނޭވާއެއް ދޫކޮށްލި އެވެ. ‘ހޭ..’ ސައިކަލު ޕާކު ކޮށްލާފައި އައި ޒައިކްއަށް އާލާ ބުނެލިއެވެ. ބަދަލުގައި ހިނިތުންވަމުން ޒައިކް ހިނގައިގަތީ އޮފީހާ ދިމާއަށެވެ. ‘ހިނގާ […]
‘ކާކު.. ތިތާ ހުރީ..’ ތުރުތުރެއް އެކުލެވިފައި ވާ އަޑަކުން މަލްކާ ބުނެލިއެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ވައިބާރުވާން ފަށައިއެވެ. ވަޔޭ ބުންޏަސް ހީވަނީ ބޮޑު ތޫފާނެއް އައިސްގެން އުޅޭ ހެންނެވެ. ދެންމެ ދެންމޭން އެތާތިބި ރުއްތައްވެސް މުލުން ލުހިގެން ހިނގައިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. ގޭ އަސްކަނީގައި ހުރި ތަބެއްބައި ބައްދާލައިގެން ކަހަލަ ގޮތަކަށް ހުރި މަލްކާ ހީވަނީ ކަރުދާސްކޮޅެއްހެން ވަޔާއެކު އުދުހިދާނެ ހެންނެވެ. ‘މަންމާ..’ ބިރުގެންފައި ހުރި ވަރުން މަލްކާއަށް ހަޅޭލަވައިގަނެވުނެވެ. އޭރު […]
‘ކަލޭމެން ތިބޭ އޭނަ މީނަ މީނަ އޭނަ ކިޔަކިޔާ.. މަދިޔައީ އިނގޭ..’ އަތުން ޓާޓާ ކިޔާލަމުން ޒައިކް އެމީހުނާ ދުރަށް ގެއަށްދާން ހިނގައިގަތެވެ. ‘އާނ މިއަންނަނީ..’ ތިންމީހުން ސަކަރާތް ހުއްޓާލުމަށް ފަހު ޒައިކް އާ ހަމަކުރަން އަވަސްވެގަތެވެ. ‘އަހަންނާއެކު ހޮސްޕިޓަލަށް ދާނަންތަ..’ ގެއަށް ދިއުމުގެ ކުރިން ހޮސްޕިޓަލަށް ދާނީއޭ ހިތަށް އެރުމުން ޒައިކް އަހާލިއެވެ. ‘އާނ އޭނ ކީއްކުރަން.. ކަލެއަށް ކިހިނެތް ވީ.؟’ ޒައިކްއަށް ކަމެއް ވީއޭ ހިތާ އައިކަން ބުނެލިއެވެ. ‘މަށަށް ކަމެއް ނުވެޔޭ.. މަލްކާ […]
‘ހީ ލުކްސް ލައިކް.. ނޫން އެހެނެއް ނުވާނެ އޭނަ މަރުވެއްޖެ.. ވާނީ އޭނަޔާ ވައްތަރު މީހަކަށް..’ އަމިއްލަ ނަފްސަށް ވިސްނައިދެމުން މަލްކާ ފާހާނާއަށް ވަންނަން ހިނގައިގަތެވެ. ****** އާދުވަހަކަށް އިރު ފެނާއި ތޮޅިލިއިރު ރަށުގެ އެންމެން ހެން އެއްއަޑަކުން ދައްކަމުން ދިޔައީ އެއް ވާހަކައެކެވެ. ރޭ ދަންވަރު ރަށުތެރޭގައި ކާޅު ބައިގަނޑުތައް ގިނަވެގެން އުޅުނު ވާހަކައެވެ. އޭކަކަށްވެސް އެކާޅުތައް އައީ ކޮންތާކުން ކަމެއް ނޭނގެއެވެ. ޒައިކްމެންނަށް ވެސް ފެނުނު އިރު އެއެއްޗެހި އެގެއާ ދުރަށް ދާތީ އެ […]
‘ކަލޭ ދޮންތަޔާ ވާހަކަ ދައްކަބަ.. އެޓްލީސް ހައި އެއް.. މަށަށް އެނގޭ ދޮންތަޔަށް އޭރު ވާހަކަ ނުދައްކާ ހުންނަން ނުކެރޭނެކަން.. އޭ މަ ދަނިއްޔޭ.. ދޮންތަ އެބައުޅޭ ކަމެއް ޖެހިގެން..’ ސައިކަލަށް އަރާ ޒައިކް ދުއްވާލިއެވެ. ****** ‘ހިނގާބަލަ ޕުލީސް މިރޭ އެކަނި..’ އަށެއް ޖެހި އިރުން ފަށައިގެން މަލާކް ތަސްބީހެއް ހެން ކިޔަމުންދިޔަ ބައިތަށް އަދިވެސް ބަދަލެއް ނާދެއެވެ. ‘ހޫނ ދާނަން.. ދެން ތިހެން ނުކިޔަބަ ބޮލަށް އުދަނގޫވާން ފަށާފި..’ މަލްކާ ކަންފަތުގައި އަތްއަޅައިގެން ހުރެ […]