Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުވެސް ހިތުގައި (1)

Rooya Xek Level 210 Stories
July 25, 2021 2 Mins Read
1 Comment

ހަތް އަހަރު ކުރި

******

އާދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ރަން ދޯދިތައް ބިންމައްޗަށް ފެތުރެން ފަށައިފި އެވެ. ރަށުގެ މަލަމައްޗާއި މޫދު ފެންނަ ކޮންމެ މީހަކަށް ވެސް މާޝާ ﷲ އޭ ކިޔޭނެއެވެ. ރަށުތެރެއިން ފެންނަމުން ދިޔައީ ހީވާގި އަންހެން ވެރިންނެވެ. ގޯތި ގެދޮރާއި މަގުފަޅި ތަކުގައި އިލޮށިފައްޗާއިގެން ހަރަކާތްތެރިވަމުން ދިޔަ އިރު އެމީހުން ސާފުތާހިރުކަމަށް ދޭ އަހަންމިއްޔަތުކަން އަންގުވައިދެއެވެ.

ރާޅު ޖަހާ ހިސާބުގައި އިށީނދެގެން އިން މަލްކާ އެ ގުދުރަތީ ރީތިކަން ފޯނުގައި ރައްކާ ކުރަމުން ދިޔަ އެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑަށް ގަނާ ކުރަމުން ދިޔަ ވައިރޯޅިތަކުން ހިތަށް ފިނިކަން ގެނެސްދޭނެއެވެ.   ހަތްގަނޑި ބައިން އެލާރމް ވުމުން މަލްކާ ގެއަށްދާން އަވަސްވެގަތެވެ.   މޫނު މައްޗަށް ވެއްޓިފައިހުރި އިސްތަށިތައް ކަންފަތް ދަށަށް ޖައްސާލުމަށްފަހު ފައިވާނަށް އަރައިގެން މަލްކާ ހިގައިގަތެވެ.

‘އާދެވިއްޖެ ދޯ.. މަންމަ ދޮނާ ހޯދި ދޭބަ..’ ގެއަށް އައިސް ވަނުމާއެކީ ޒުލްފާގެ ކޮޓަރިއާ ދިމާއަށް އިޝާރާތްކޮށްފައި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މަލާކް ބުނެލިއެވެ. މަލްކާ ހުމް އެއް އަޅުވާލަމުން ގޮސް ޒުލްފާގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ.

******

‘ހަމަ ނުދާނަންތަ.. ތިހެން ގަބުއަރާފަ މި ބިންގަރާހުގަ އޮންނަތާ ދެދުވަސް މިވަނީ.. އެބުނާ ޝާޔާ އެއް ބްރޯ ދެކެ ދުވަހަކުވެސް ލޯބިވި ނަމަ ތިހެން ނަހަދާނެ ދޯ.. ދެން އަހަރެން ބުނާ އެއްޗެއް އަޑު ނާހާނަންތަ.. ބްރޯގެ ފީލިންގްސް އަށް ރެސްޕެކްޓް ނުކުރާ މީހަކާ ހެދި އަމިއްލަ ލައިފް ބޭކާރު ކުރާނެ ކަމެއް ނެތެއްނު..’ އަދްޔަން ފޯނުނެގުމުން އޭނައަށް ބަހެއްވެސް ނުކިޔެނީސް ޒައިކް އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާލިއިރު ހީވީ ހިތުދަސްކުރި ސްޕީޗް އެއް ކިޔާލި ހެންނެވެ. ‘ޗުޕް މަނުކުންނާށޭ މިއުޅެނީ.. ތިވަރަށް ހާސަރު ނުދެމިއަސް ވެދާނޭ..’ އަދްޔަންގެ އަޑު ޖެހުމުން ޒައިކް ދިޔައީ އެއްލިގެންނެވެ. ފޯނު ކަންފަތާ ދުރުކޮށްލައި އެތާ ތިބި އެންމެންގެ މޫނަށް ބަލައިލިއެވެ. އެތާގައި ތިބި ހުރިހާ އެންމެނަށްވެސް އެއަޑު އިވުނު ކަން އެމީހުންގެ މޫނަށް އެރި ކުލައިން ދޭހަވެއެވެ.

‘އާދޭ އެހެންވީރު..’ މަޑުން އެހެން ބުނެލި ޒައިކްގެ މޫނުގައި ފަވާލި ހިނިތުންވުމެކެވެ. އެއް އަތް އިސްތަށިގަނޑަށް މަހާލުމަށްފަހު ފަހަތުގައި ތިބި މީހުނާ ދިމާލަށް ހިނގައިގަތެވެ.

******

މެންދުރު ވެހެން ފެށި ވާރޭ ހުއްޓުނީ ހަވީރު ފަހެއް ޖެހުމާ ކައިރިވެފައި ވަނިކޮށެވެ. ފެންވަރާ ރީތިވެލައިގެން މަލްކާ ގެއިން ނިކުމެ ހިގައިގަތީ ޖެޓީ ސަރަހައްދަށް ނިކުތުމަށް ޓަކައި އެވެ. ވާރޭގެ ސަބަބުން އުޑުމަތީގައި އުފެދިފަ ހުރި ވާރޭ ދުންޏަށް ބަލާލަމުން އޭނާ ހިނިތުން ވެލިއެވެ. ކަޅު ކުލައިގެ އަތްދިގު ކަކުލަށްވުރެ ދިގު ސްވެޓަރ ހެދުމުގައި އޭނާ ފެންނަލެއް ވަރަށް ރީއްޗެވެ. ހިގަމުން ގޮސް އަތިރި މަގަށް އަޅާލި ތަނާ މީހެއްގެ ގައިގައި އަޅާގަތެވެ. ސޮރީ އޭ ކިޔާ އިސް އުފުލާލިި ވަގުތު ކުރިމަތީ ހުރި ޒުވާނާގެ މޫނު ފެނުމުން އޭނާ ހުއްޓުން އެރިއެވެ.

******

ޒައިކްގެ އެއްބަފާ ދައްތަ ޒާވީ ކިޔާވަރުން ސާމާނުތަކެއް ހޯދަން ދާންވެގެން ގެއިން ނުކުތްތަނާ އެހެންދިޔަ އަންހެން ކުއްޖެއްގެ ގައިގާ ލައްވީ ވިސްނާވެސް ނުލާހުއްޓައެވެ.  ސޮރީއޭ ބުނެފައި އެކުއްޖާ ޒައިކް އާ ދިމާލަށް ބަލަން ހުއްޓިފައި ހުރުމުން އޭނަ ލަދުގަންނަ ގޮތްވިއެވެ.

‘އުޕްސް.. ސޮރީ މަގުބައްދާލައިން ދޯ މިހުރެވުނީ.. ތީ މިރަށުގެ ކުއްޖެއްތަ.. ނުދެކެން އަދި މިނޫނީ.’ މަލްކާ ހިނިތުން ވެލިއެވެ. ‘އާނނ.. ކައިންޑް އޮފް..  ބައްޕަ މިރަށު މަންމަ އެހެން އަތޮޅެއް.. އަހަރެން ރަށަށް އައީ ދިޔަ ހަފްތާ… ‘ ޒައިކް ކުރުކޮށް ބުނެލިއެވެ. ‘އޯހް.. މަލްކާ އެން ޔޫ އާރ..’  މަލްކާ އޭނާގެ ނަން ބުނެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. ‘މީ.؟ޒައިކް.. ‘ ޒައިކްވެސް ހިނިތުން ވެލަމުން ސަލާމް ބަލައިގަތެވެ.

ދެމީހުނަށްވެސް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ދެފަރާތަށް ހިނގައިގަތް އިރު ދެމީހުންގެ މޫނުގައި ވެސް ވަނީ ހިނިތުންވުމެކެވެ.

******

މަލްކާ ޖެޓީއަށް ގޮސް މާގިނަ އިރުތަކެއް ނުވަނީސް އަލުން ވާރޭ ވެހެން އުޅޭ ކަމުގެ ކުލަ ފެންނަން ފަށައިފިއެވެ. މަލްކާ އަށް ގެއާ ހަމައަށް ދެވުނީ ހަމަ ކިރިޔާއެވެ. ވާރޭގެ ތިކިތަކުން ފަޒާތެރެ އެއްކޮށް ބައްދާލީ ހަމަ ކުއްލިއަކަށެވެ. އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރެފައި މަލްކާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

******.

‘ކޮބާ .؟’. ގޭތެރެއަށް ވަދެގެން އައި ޒައިކް ފެނުމުން ޒާވީ އަވަހަށް ތެދުވެގެން ހިގައިގަތެވެ.

‘އެއްބައި ލިބުނީ.. މިހިރަ ކްރިޓިކަލް އެއްޗެހި ހޯދަން ދާންވެގެން އުޅުނުތަނާ މާ ގަދަޔަށް ވައި ޖެހެން ފެށީ . ދެން އެހެންވެ އައީ ގެއަށް..’ ބޮލުގައި ހުރި ފެންތައް އަތުން ފޮހެމުން ޒާވީ ދިން ލިސްޓް އޭނާއަށް ދިނެވެ. ދެތިން ތަން ފިޔަވާ ހުރިހާ ތަނެއްގައި ހުރީ ފާހަގަ ލާފައެވެ.

‘ތީ ކީއްކުރާށޯ..؟’ ޒައިކް އަހާލީ ލިސްޓް ދެމުންވެސް ކޮންކަމަކަށް ތޯ ޒާވީ ނުބުނާތީ އެވެ.. ‘ފާޑެއްގެ ޕްރޮޖެކްޓް ގަޑެއް ހަދަން. ‘ ޒާވީ ޖަވާބު ދިނުމުން ޒައިކް ހިގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

******

ނިދިފައި އޮތް މަލްކާ ދެފަރާތަށް ފުރޮޅެމުން ދިޔައިރު ހީވަނީ ބިރެއް ފެނިގެން އުޅޭ ހެންނެވެ. ވާރޭ ވެހެމުން ދިޔަ އިރު އޭނާ އޮތީ ދާހިއްލާ ފޯވެފަ އެވެ.

‘ނޫން ..’ ކުއްލިއަކަށް މަލްކާ އެއްލިގެން ގޮސް ނިދިން ހޭލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rooya Xek

Level 210 Stories

Other Articles

Previous

ބަދަލް 3

Next

މާފު ހައްޤުވާނެބާ? – 2

Next
July 26, 2021

މާފު ހައްޤުވާނެބާ? – 2

Previews
July 25, 2021

ބަދަލް 3

One Comment

  1. Rooya Xek says:
    July 25, 2021 at 5:12 pm

    Hi guys ? sry for one day delay ? i’ll try my best to get the stry to you in time ? Insha Allah ?????

Comments are closed.

Next Episodeއަބަދުވެސް ހިތުގައި (2)←


All Right Reserved!