ރުކުގައި އޮތް ރާވެރިއަލީ ރުކުން ފޭބީ ގުޑިއެއްގެ ރުކުރަލާއި, ފެންއުނބާއި, ފިންދަނޑި ހިފައިގެންނެވެ. ބޮޑު ދެ ނާށީގައި، ރޯނު ފުރައިގެން ހަދާފައިވާ ބޮޑު ރާގުޑިއެކެވެ. އެ ރުއް ކައިރީގައި ތިން ފޫޓޫ ދިގު ދަނޑިއެއް ޖަހާފައި ހުއްޓެވެ. އަދި އެ ދަނޑީގެ ކޮޅުގައި އޮތް ހުރަސް ދަނޑިއެއްގައި ތިން ރާގުޑިއާއި، ހުދުކުލައިގެ ތުވާލިކޮޅެއް އަޅުވާލެވިފައި ހުއްޓެވެ. ރުކުން ފައިބައިގެން ގޮސް އަލީގެ އަތުގައި އޮތް ރާގުޑިއާއި, ފެންއުނބާއި, ރާގުޑި ސާފުކުރުމަށް ގެންގުޅޭ ފިންދަނޑި ވެސް އެ ދަނޑީގައި […]
ރަށްރަށަށް ގޮސް ކުޑަ ކުޅިވަރެއް ކުޅެގެން, ރަށުގެ މީހުން ބިރު ގަންދުވާ, ތަކެތި ހޯދުމުގެ ހިޔާލުގެ ވާހަކަ މޫސާގާތު އަލީ ހިއްސާ ކުރިއެވެ. އަދި އެ މީހުން އެކަން ކުރާނެ ގޮތް ރާވާ އެކަމަށް ތައްޔާރުވެގެން, ފުރަތަމަ ރަށަކަށް ބިިލެތްފަށްސަށް ދިއުމަށް ނިންމިއެވެ. ނަމަވެސް ފަރީޝާ ހުރީ ބައްޕަމެން ކުރަން އެ ވިސްނި ކަންކަމާ ހިތްހަމަ ނުޖެހިފައެވެ. ފަރީޝާއަކީ އެހެން މީހުންނާއި މެދު ވަރަށް ބޮޑަށް ވިސްނާ ކުއްޖަކަށް ވީމައެވެ. އެހެން މީހުންނަށް ދެރައެއް ދޭން އޭނާ […]
ވަޅު ކައިރީގައި ދެކަކޫ މައްޗަށް ތިރިވެ އިން އަލީއަށް ހޭވެރިކަމެއް ވީ, އަތުގައި އޮތް ކުޑަކުއްޖާ ރޯން ފެށުމުންނެވެ. ހިތްވަރުކޮށް, ތެދުވެގެން ގިފިއްޔަށް ދިއައެވެ. އަދި ވަޅުފެނުން އެ ކުޑަކުއްޖާއާއި ޅަގެރި ދޮވެ ސާފު ކުރިއެވެ. ނަމަވެސް ގެރީގެ ގައިން ރަތް ކަމެއް ކެނޑިގެނެއް ނުދިއައެވެ. އަލީ ވެސް ގައިން ލޭ ފިލުވާލާ, ކުޑަކުއްޖައާއި, ޅަ ގެރި ގެންގޮސް ސާފު ހުދު ފޮތިގަނޑަކަށް ލިއެވެ. އެއިރު ކުޑަކުއްޖާ އަށް އޮތީ ނިދިފައެވެ. މިހެންވެ އަލީ އަވަސްވެ ގަތީ […]
ހަވީރުގެ ވަގުތު ރާބާލައިގެން އަށްޅޯހިބެ ގެއަށް އައި ވަގުތެވެ. އަލީއާއި ޒުލްފާ ތިބީ ޖޯލިފަތީގައި އެ ބޭބެގެ އިންތިޒާރުގައެވެ. އެ މީހުން ފެނި އަށްޅޯހިބެ ބުނެލިއެވެ. ”އަހަން, ކޮއެފުޅާ އަލީ. މިއަދު މިގަޑީގައި އައިސް ތި އުޅެނީ ކީއްކޮށްލަން.“ އަލީ ލަދުން ހުރެ ބުނެލިއެވެ. ”އަހަރެންނާއި ޒުލްފާ, ބޭބެ ގާތު ވާހަކައެއް ބުނަންވެފަ އޮތީމަ މިއައީ. ބޭބޭ, އަހަރެންނަށް ޒުލް… ޒުލްފާ ދެކެ ލޯބި ވެވިއްޖެ. ޒުލްފާ ވެސް އަހަރެންދެކެ ހަމަ އެހާމެ ލޯބިވޭ. މިހެންވެ… މިހެންވެ […]
އިރު އަރަމުންއައި ވަގުތެވެ. ފެންނަމުންދަނީ, ބިލެއްފަހީގެ ރުއްވާ ތެރެއެވެ. އެވަގުތު, މަޑުހިނގުމެއްގައި ވަލުގެތެރެއިން އެހެރަ ދަނީ އަލީއެވެ. އިއްޔެގެ ހަވީރެކޭ އެއްފަދައިން, ރުއްތަކަށް ބަލަމުންނެވެ. މިފަހަރު އަލީގެ ހިނގުމަށް ހުއްޓުންއައީ, ރާ ބޭލުމަށް ރުކަށް އަރައި އޮތް މީހަކު ފެނިގެންނެވެ. އެއީ އިއްޔެ ފެނުނު ތިން މީހުންގެ ތެރެއިން މީހެއް ނޫނެވެ. ރުކުގައި އޮތީ މެދު އުމުރު ފުރާގެ ފިރެހެނެކެވެ. ކުޑަކޮށްފަލަ, ހަމުގެ ކުލަ ކަޅު, ބޮލުގެ އިސްތަށިގަނޑުން ކޮންމެ ވެސް ވަރަކަށް ތަލަ ފެންނަ, އާދައިގެ […]
އާދަނު ނިޔާވިފަހުން ގޭގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އަލީއެވެ. ގޭގެ އެންމެ ކުޑަ ކުއްޖާކަމަކު އަލީ ކުޅަދާނައެވެ. ރުއް އަރާ ރާވެރިކަމުގައި އުޅުނެވެ. އާދަނުގެ ތިން ގާތިލުން ކަމުގައިވި މަސްވެރިކަމުގެ ބޮޑެތި ތިން މީހުން, އެ މީހުން ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ދެކުނުގެ ދުރު އަތޮޅަކަށް އަރުވާ ލެވުނެވެ. އާދަނު ނިޔާވި ދުވަހު, މޫރިސާއަށް ލިބުނު ކުއްލި ނުތަނަވަސް ކަމުން މީހާ ހުއްޓުން ހެރިއެވެ. އެއަށްފަހު މޫރިސާ އުޅުނީ ވަރަށް ބަލި ކޮށެވެ. އަލީގެ އުމުރުން […]
އަލީގެ އުމުރުން ހަތް އަހަރު ވީ އިރު އޭނާގެ ބައްޕައާއި އެކު ރާވެރިކަމުގެ ކަންކަން ދަސްކުރަން ފަށައިފިއެވެ. އަލީގެ މާގިނަ ރަހުމަތްތެރިން ތަކެއް ނޫޅެއެވެ. ރާވެރިއެއްގެ ދަރިއެއް ވީމައެވެ. ނޫނީ އެހެންކުދިންނާއެކު އަލީ އުޅެން ބޭނުން ނުވަނީއެވެ. އަލީ ގިނަ ވަގުތު ހޭދަކުރަނީ އޭނާގެ ބައްޕައާއި އެކު ވަލުގައި ރާވެރިކަމުގައެވެ. ގެއަށް އައިސް އުޅޭ ވަގުތުތައް ހޭދަވަނީ އޭނަގެ ދައްތަ މެންނާއެކުއެވެ. އާދަނުގެ އާއިލާއަށް އަންނަށް އުޅޭ ރޯޅީގެ ފެށުން އައީ މި ދުވަސް ވަރުއެވެ. މަރޮށީގެ މަސްވެރިކަމުގައި […]
އަލީގެ އުމުރުން އެއްއަހަރާއި ބައި ވީއިރު އެ ސޮރަށް ހިނގާބިނގާވެ އުޅެވެއެވެ. ނަމަވެސް އެއްކަލަ ކޮވެލި އަދިވެސް އޮތީ ކުޑަކުޑަ ކޮވެއްޔެއްގެ ގޮތުގައެވެ. އެކަމަކު ފަތްފަޅާ ޑިންޑިން ކޮވެއްޔެއްކަން އެނގޭވަރުވެއެވެ. އާދަނުމެން ހައިރާން ކުރުވާ ކަމެއް އެ ކޮވެލީގެ ފަރާތުން ފެންނަން ފެށީ މިދުވަސްވަރުއެވެ. އެއީ ކުއްލި ކުއްލިއަށް އާދަނުމެންގެ ލޯމަށްޗައް އެ ކޮވެލި ގެއްލުމެވެ. ގެއްލުމަށްފަހު ދެން އަނެއްކާވެސް ފެންނަނީ އަލީގެ ކައިރި ހިސާބަކުންނެވެ. ގެއްލޭ ކޮންމެ ފަހަރަކުހެން އަލީ ވެސް ނުފެންނަ އެއްޗަކާ ވާހަކަ […]
ހަވީރުގެ ވަގުތެވެ. މަޑުމަޑުން ވައި ޖެހިލަ ޖެހިލާ ހުއްޓެވެ. ފެންނަމުންދަނީ ށ. މަރޮށީގެ ރުއް ގިނަ ވަލުތެރެއެވެ. ރާވެރި އާދަނު އެއިރު ވަލުގައި ހުރި އޭނަގެ ރާކުރާ ރާރުކަކުން ރާބާލައިގެން ފައިބަނީއެވެ. އެ ރުއްތަކަކީ ކާބަފައިންގެ ފުށުން ވާރުތަވެފައިވާ ރުއްތަކެކެވެ. އާދަނަކީ އާދައިގެ ހަށިގަނޑަކާއި އިސްކޮޅެއް ލިބިފައިވާ ޒުވާން އުމުރުފުރާގެ މީހެކެވެ. އޭނަގެ ކަޅުކުލަ ގަދަ އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށާލާފައެވެ. ހުސްގަޔާ ހުރި އިރު މީހާގެ މުޅިގައިން ހުރީ ދާހިއްލާފައެވެ. އަނދެގެން ހުރި އަޅިފުސް ކުލައިގެ […]