ސައިކަލުގެ އަލި މަދީހުގެ މޫނަށް އެޅު ހިނދު، ވާތުއަތް ނަގައި މޫނު ފޮރުވަމުން އިސްޖަހާލިއެވެ. އެ ވަގުތު، ވާތު އަތުގެ ކޮނޑުގައި އޮޅާލެވިފައި އޮތް ދިގު ވާގަނޑު، ލައިގެން ހުރި ނޫ ކުލައާއި، ހުދުކުލައިގެ ގޮޅިޖެހި ގަމީހުގައި ޖެހި ހޫރެމުން ދިޔައެވެ. އަދި އެލުވާލެވިފައިވާ ކަނާތު އަތުގައި އޮތް އެޅިގަލުން ޖެހި، ލައިގެން ހުރި ކަޅު ފަޓުލޫނުގައި، ހިރަފުހުން ކުރެހެމުން ދިޔައެވެ. ބަރުހެލި ގޮތަކަށް، ދެ ފަރާތައް ހޫރެމުން، މަޑުމައިތިރި ލަސް ހިނގުމެއްގައި އޭނާ ދިޔައީ، އަރައިގެން […]
ކަރުނައިން ފުރިފައިވާ މޫނަކާއެކު ކޮޓަރީގެ އެނދުގައި އިށީނދެލައިގެން މަދީހު އިނެވެ. އަތުގައި އޮތް ބޭސް ފަތްގަނޑުގައި އިން ހަތަރު ބޭސްގުޅަ ނެގުމަށްފަހު އެއްފަހަރާ އަނގައަށްލައި ދިރުވާލިއެވެ. އެ ބޭހުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ރުއިމަށް ލުޔެއް ހޯދުން ހެއްޔެވެ؟ އޭނާ އެހުރީ ހުންއައިސް ހެއްޔެވެ؟ ގައިގެ ތަނެއްގައި ރިއްސަނީ ބާއެވެ؟ އެ ބޭސް އެކެއީ ކޮންމެވެސް ބޭނުމަކުކަން ހަމަޔަގީނެވެ. ކުޑަ ހިނދުކޮޅެއް ފަހުން އެނދުން ތެދުވެގެން ގޮސް, ކޮޓަރީގައި ރީތިވާ ސާމާނު ބަހައްޓާ މޭޒުމަތީގައި, ތައްޓަކަށް […]
މާޒީގެ ހަނދާން ތަކުގެ ތެރެއަށް ރަތްގެރިފުޅުގެ ވާހަކަ ގެއްލިގެން ހިނގައްޖެއެވެ. އެކި މީހުންގެ ދޫތަކުން އެކި ގޮތް ގޮތައް ކިޔައިދޭ ވާހަކައަކަށް ރަތްގެރިފުޅުގެ ވާހަކަ ވެއްޖެއެވެ. ކުޑަކުދިން ނިންދެވުމުގައި ކިޔާ ފުލޯކު ވާހަކައަކަށް އެވާހަކަ ވެއްޖެއެވެ… ”މަންމާ, މަންމާ. ރަތްގެރިފުޅު ވާހަކަ ކިޔައިދީބަލަ.“ ނިދަން ވެގެން މަންމަ ގާތު އޮތް ކުޑަކުއްޖަކު ބުނެލިއެވެ. ހިނިތުންވެލާފައި އެ މަންމަ ވާހަކަ ފެށިއެވެ. ”އެއްސަހަރެއްގަ އުޅުނޯ ވަރަށް ފަގީރު ރާވެރި ބެއެއް. އެ ބޭބެގެ އަންހެނުން އެއިރު ބަނޑުބޮޑު. ވިހަން […]
ހައިރާްންކަމުން ފުރިފައިވާ އަލީ, އެންމެ ފަހުން އެ ރަށުން ފުރީ, މޫސާގެ ގާތު މޫސާ ރަނގަޅު ކުރާނެ ގޮތެއް ހޯދާނެ ކަމުގެ ވައުދު ވަމުންނެވެ… އޭނާ މިހާރު ދިރި އެހުރީ މޫސާއަށް ޓަކައެވެ. ނާއިންފަރުން އަލީ ފުރައިގެން ދިއައެވެ. މޫސާގެ ހިތުގައި އުންމީދުތައް އާލާވެގެން ދިއައެވެ. އޭނާގެ ބައްޕަ ކޮންމެ ވެސް ދުވަހަކުން އޭނާ އެ ގަނޑުވެފައިވި ހާލަތުން މިންޖު ކޮށްދޭނެއެވެ. އެ ދުވަހަކަށް މޫސާ ދިއައީ އިންތިޒާރު ކުރަމުންނެވެ. ދުވަސް, ހަފްތާއަށް, ހަފްތާ މަހަށް ބަދަލު […]
އިރު އޮށްސި އުޑުމަތީގައި އޮތީ ރަތްވިލާ ލާފައެވެ. މަޑުމަޑުން ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާން ފެށިއެވެ. ނާއިން ފަރުން ފުރައިގެން ބޮޑު ދެ މަސްދޯނި އެ ވަގުތު ދެ މިސްރާބަކަށް ދަތުރު ކުރަމުން ދިއައެވެ. އެއް ދޯނީގެ މިސްރާބު ހުރީ އަލިފުށްޓާއި ދިމާލަށެވެ. އަނެއް ދޯނީގެ މިސްރާބު ހުރީ މަރޮއްޓާއި ދިމާލަށެވެ. ލިބުނު ހިތާމާގައި އަލީ އިނީ އެ ވަގުތު ދޯނީގައި ހުއްޓުން އަރާފައެވެ. ފަރީޝާގެ ފުރާނަނެތް ހަށިގަނޑު އަލީގެ އަތްމަތީގައި އޮތެވެ. މަރީނާގެ ގާބިލު ކަމުން […]
އަލިފުށީގައި ރޯކޮށްލުމަށްފަހު އަލީމެން އެ ރަށުން ފުރައިގެން, ނާއިންފަރަށް ލެފުނީ, އޭގެ އަނެއް ދުވަހުގެ އިރުއޮށްސެން ގާތްވެފައި ވަނިކޮށެވެ. އެއީ އެއް ރޭ ކަނޑުމަތީގައި މަޑުކުރުމަށްފަހު ދެވުނު ވަރެވެ. ނާއިންފަރަށް ލެފުމާއި އެކު, ދޯނި ރަށާއި ގާތުގައި އަޅާފައި ރަށަށް ފޭބިއެވެ. އަލީގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސް ކަމެވެ. ގެއަށް ދިޔަ މަގުމަތީގައި އަލީ އޭނާގެ ދަރިންނާއި ވާހަކަ ދެއްކިއެވެ. ”ދަރިފުޅުމެންނޭ. ބައްޕަގެ ހިތް ވަރަށް އެބަ ބިރުގަނޭ. ބައްޕައަށް ހީވަނީ އެރަށުން އެ ދިމާވި […]
އަލިފުއްޓަށް އަދި ނަޒަރު ހިންގާލަމާ ހިނގާށެވެ. އެއްކަލަ މީހާ އެއްގަމަށް އެރިއިރު ރަށުގެ ކުދި ބޮޑު އެންމެންވެގެން އަލިފާންގަނޑުތަައް ނިއްވުމުގައި އުޅުނެވެ. އެމީހަކަށް ލިބުނު ފެންއެޅޭ ޒާތުގެ އެއްޗެއްސަށް ފެންއަޅައިގެން އައިސް އަލިފާނގަނޑު ތަކަށް ފެން ޖަހަމުން ގެންދިޔައެވެ. މުށި ބަނޑިޔަލާއި, ރުނބަޔާއި, ތެއްޔާއި, ކަހަނބާއި, މިފާޑު ފާޑުގެ އެއްޗެއްސަށެވެ. އެމީހާއާ ދިމާވި ފުރަތަމަ މީހާ ގާތު ވެސް އަހާލީ ދެންމެ މިރަށުން ފުރި މީހުން އެދިޔަ ރަށެއް އެނގޭތޯއެވެ. ޖަވާބުގައި ނޫނެކޭ ބުނެ, މިރަށުގެ މޫސާއަަަށް […]
ފަތިހުގެ ވަގުތެވެ. ފެންނަމުން ދަނީ އަލިފުށީގެ ހުޅަނގު އުތުރު ފަރާތު އަތިރި މައްޗެވެ. އަލިފުއްޓަށް ވަންނަން އޮންނަ ފަޅާއި ދިމާލެއެވެ. ދޯނި ހަރު ތަކާއި, ދޯނިތައް އަޅާފައި ހުރި އަތިރިޔާ ދިމާލެވެ. ފަތިހު ފަތިހާ އަލިފުށީގެ ބައެއް މަސްވެރި ދޯނިތައް މަސްވެރިކަމައިގެން ފުރަނީއެވެ. އެއިރު އަލީއާއި މޫސާ ވެސް އަތިރި މަތީގައި އުޅުނެވެ. އިރު އެރުމުގެ ކުރިން އެމީހުން ކުރަން ރާވައިގެން އެއުޅޭ ކަންތައް ކުރުމަށް ތައްޔާރު ވުމަށެވެ. އަލީ މޫދަށް އެރިގެން ގޮސް އޭނާގެ ދޯންޏަށް […]
ނާއިންފަރުގެ އިރުމަތީ ފަރާތު އަތިރިމައްޗެވެ. އެއިރު ދުނިޔެމައްޗަށް އިރުގެ އަލިކަން ފެތުރިގެންދަނީއެވެ. ކޮވެއްޔާއި ކާޅުގެ އަޑުން ފަޒާވަނީ ގުގުމާލާފައެވެ. ވިލާތަކަށް ހުރީ އޮރެންޖުކުލަ އަރާފައެވެ. މިމަންޒަރު އެރަށުގެ އިރުމަތީ ފަރާތުގައި އެހުރި އަލީއަށާއި އޭނަގެ ދެކުދިންނަށް ފެންނާނެއެވެ. އަތިރިމަތީގައި އެމީހުން އުޅުނީ އަލިފުއްޓަށްދާން, އެމީހުންގެ ރިޔާދޯންޏަށް ތަކެތި އެރުވުމުގައެވެ. ދިޔާހަކުރު އަޅާފައިހުރި, ތިން މުށިރުނބާ ދޯންޏަށް އެރުވިއެވެ. ދިގު ދަތުރަކަށް ވެދާނެކަމުން, ދަތުރުމަތީގެ ކޮށްތު ކަމުގައި ހިއްކާފަހުރި ބަނބުކެޔޮލާއި, ކުރޮޅިއާއި, ހިކިމަސް ވެސް ދޯންޏަށް ލިއެވެ. ދޯންޏަށް […]