ނަވްޔާ މިލާން ބޭނުންވި ސުވާލަށް ޖަވާބު ދިނުމާއި އެކު މިލާން އަވަހަށް ގެ އަށް ދިއުމަށް މިސްރާބު ޖެހީ މިޔާ އަކީ ފިންޏަށް ބަލި މީހެއް ކަމުންނެވެ.”ޑާރލިންގް ދާނަންތަ ގެއަށް މަށާ އެއްކޮށް؟ގެ އަށް ލާދޭނަން”ކިޔާން މިލާން ފަހަތުން ދިއުމުގެ ކުރިން އައިކާ ގާތު އަހާލި އެވެ.”ނޫޅެން ތެމިފަ ހުރި މީހަކާ އެއްކޮށް ސައިކަލު ފަހަތަށް އެރީމަ މަ ވެސް ތެމޭނީ ކުޑަ ހިފައިގެން އިނަސް.ކީއްކުރާ ބޭކަރު ކަމެއް”އައިކާ އަނގަ ހަދާލީ ކިޔާން ވެސް އައިކާ އެހެން […]
ޒީވާ އޮތް ކޮޓަރި އަށް ވަދެގެން އައި ނާއިޝް ޒީވާ އާއި ދިމާލަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.ކެންސަރު ޖެހިފައި ވުމުގެ ސަބަބުން އިސްތަށިގަނޑު ފައިބައިފައި ހުރި މުގެ ސަބަބުން ބަލައިލަން އައިބު ގޮތެއް ހުއްޓަސް އަދިވެސް ޒީވާގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. ****************** “ކޮބާ ކޮއްކޮމެންނަށް ރަށަށް ދެވިއްޖެ ތަ؟”ނުކްޝާން ނަވްޔާ އަށް ގުޅާފައި ފޯނު ބޭއްވިތަން ފެނުމުން ނާއިޝް ނުކްޝާން ގާތު އަހާލިއެވެ.”ލައްބަ ދެވިއްޖެ އޭ ދެންމެ ނާޔާ ބުނީ”ނުކްޝާން ގެ ވާހަކަ […]
ޒިވާ އެހެން ބުނެލި ވަގުތުވީ ނާއިޝް ވެސް އެތަނަށް އައި ވަގުތަށް ވުމުން ނުކްޝާން ނާއިޝް ގެ ހިޔާލެއް ވެސް އެކަމުގައި ހޯދިއެވެ.ވާހަކަ ދައްކަން ތިބި އެންމެންނަށް ވެސް ސިހުމެއް ލިބުނީ ޑޮކްޓަރ ދޮރު ހުޅުވާލައިފައި އައުމުންނެވެ.ޑޮކްޓަރުގެ މޫނަށް ބަލާލާފައި އެކަނި ވެސް ނުކްޝާން މެންނަށް ޑޮކްޓަރު ދޭން އުޅެނީ ކޮންކަހަލަ ހަބަރެއްކަން ނަގައިނެވޭކަށް ސިކުންތު ކޮޅެއް ވެސް ނުނެގިއެވެ. ******************** “ޕޭޝަންޓް ހޭ އަރައިފި.މިހާރު އޮތީ ނިދިފަ.އަދިވެސް އެހާ ރަނގަޅެއް ނޫން.އަދި މިކޮޅުގެ ވީކްއެއް ވަރު […]
“ނުކް އަށް ގުޅަން މަ މި އުޅެނީ”އަޔާން ބުނެލީ އެމީހުންގޭ ޖޯލީގައި ތިބި ލައިކާ އާއި މިޝްޔާގެ އިތުރުން ރިޔާން އާއި އައިރާ ގާތު އެވެ.އަޔާން އާއި ޖެހިގެން އިން ޖޯލީގައި އިން މިޝްޔާ އަށް އުންމީދު ކުރެވުނީ އެއް ފަހަރު ނަމަވެސް ޒީކާން ގެ މޫނު ފެނޭތޯ އެވެ.ތިން ދުވަސް ވަންދެން ޒީކާން ނުފެނި އުޅެން ޖެހުމުން އެ ހިތަށް އުނދަގޫވި ވަރު އިނގޭނީ ހަމަ އެންމެ ފަރާތަކަށްށެވެ. **************************** ނުކްޝާން ފޯނުނެގި ވަގުތު ޒީކާން […]
ހުދު ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއި އެކު ބޭބީ ޕިންކް ކުލައިގެ ބޯ ޖެކެޓެއް ލައިގެން ހުރި ޒާރާ ލޯގަނޑު ކުރިމަތީގައި ހުރެ ފަރި ބަލަމުން ދިޔައީ ހޮސްޕިޓަލަށް ދިއުމުގެ ކުރިން ހުރި ގޮތް ބެލުމުގެ ނިޔަތުގައި އެވެ.ޕީޗް ކުލައިގެ ޝޯލް އެއް ބޮލުގައި އޮޅާފައި އޮތް އިރު ޒާރާގެ މޫނުކޮޅު ފެންނަން ހުރީ ކިތަންމެ ހާ ވެސް ރީތިކޮށެވެ.ނަމަވެސް ދުޅަވެފައި ހުރި ލޯ ފެންނަ މީހަކަށް ޒާރާ ރޮއެފައި ހުރިކަން ނަގައިގަނެވޭނެކަން ކަށަވަރެވެ. *********************** […]
ޒާރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރާއިލް އަށް ޒާރާގެ ދެލޮލުގައިވި ޝަކުވާތައް ފެނުމުން ހިތަށް ހީވީ އެއްފަހަރާ ތީރުތަކެއް ހަރާލިހެންނެވެ.ދުވަހަކު ވެސް ޒާރާ އާއި ވަކިވެ ދާން ޖެހިދާނެއެކޭ އޭނާ އަށް ހީކުރެވިފައި އެއް ނެތެވެ.ނަމަވެސް މިއަދު މީ ޒާރާ އާއި ބައްދަލު ވާނެ ވެސް އެންމެ ފަހު ދުވަހޭ ރާއިލް ގެ ހިތަށް އެރިއެވެ. ************************** “ކީތްވެ ރާއީ؟ކީތްވެ؟”ޒާރާ ގެ އަޑުގައި ވީ ޝަކުވާ އެވެ.ޒާރާ އަށް އެހެން ބުނެވުނު ކަމެއް ނޭނގި އޭނާގެ […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ.އާދައިގެ މަތިން ކިޔާން އާއި ރަޔާން ގެ އިތުރުން މިލާން އާއި އަލީކް ސައިކަލު ބުރު ޖަހަން ދިޔައީ އެވަގުތު ކުރާނެ މާ ބޮޑު ކަމެއް ނެތުމުން ނެވެ.”ނާޔާ ނެތީމަ މެލަން ވަރަށް ފޫހިވެފަ ދޯ ތި ހިރީ”ރަޔާން ބުނެލީ އެމީހުން ކުޑަ އިރު މިލާން އަށް ގޮވާ ނަމުން މިލާން އަށް ގޮވާލަމުންނެވެ.”ހްމްމްމް އަސްލު ވެސް ނާޔާ ނެތީމަ އެކަންޏެއް ނޫން ނުކް ނެތީމަ ވެސް ވަރަށް ފޫހި ދޯ”މިލާން ބުނެލީ ފޫހިވެފައި […]
“އެއީ މާޝާ.ރާއިލްގެ ދޮންތަ.ދޮންތަ ބަލިވެ އުޅޭތީ މިއައީ ޑޮކްޓަރަށް ދައްކާލަން ވެގެން.ރަނގަޅު ވަގުތަކު ދޯ މި އާދެވުނީ”ރާއިލް ހީލި އެވެ.”އާނ.ބައްޕަ ވެސް ދެންމެ ޑޮކްޓަރ ޒީވާ ގަޔަށް ލޭ އަޅަން ޖެހެއޭ ބުނީމަ މި ނިކުމެލީ މީހަކު އަތުން ވިޔަސް ލޭ ލިބޭތޯ”ޒަޔާން ހަގީގަތުގައި ބޭރަށް ނިކުމެ މީހަކަށް މި ގުޅި ސަބަބު އިނގުނީ އަދި ކިރިޔާ އެވެ.”އެހެން ތަ؟ބްލަޑް ޓައިޕް.އޭރުން ރާއިލް އަށް ވެސް ހެލްޕެއް ވެވިދާނެ ބައްޕަ އަށް”ރާއިލް ބުނެލީ އަތުގައި އަޅާފައި އޮތް […]
ޒަޔާން ވެސް ޝުކުުރުގެ ލޮލަކުން ނާއިޝް އާއި ދިމާލަށް ބަލައިލަމުން އެއްފަރާތަކަށް ޖެހިލި އެވެ.ނާއިޝް ވެސް ބަދަލުގައި ޒަޔާން އާއި ދިމާލަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.ދެވަނަ ސިކުންތަކަށް ޑޮކްޓަރާއި ދިމާލަށް ނާއިޝް ބަލައިލީ އަވަސް ހިތަކާއިގެންނެވެ.ޑޮކްޓަރުގެ މޫނުމަތީގައި ހުރި ކުލަވަރު ދިރާސާ ކޮށްލާ މީހަކު ފަދައިން ނާއިޝް ޑޮކްޓަރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ޑޮކްޓަރު ދިން ހަބަރަކުން ނާއިޝް ވާންވީ އުފާ ކަމެއް ނުވަތަ ކުރަންވީ ހިތާމަ ކަމެއް ވެސް ނޭނގުނެވެ. ************************ “ޕޭޝަންޓް ގެ […]