Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އެކާވީސްވަނަ ބައި)

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ.އާދައިގެ މަތިން ކިޔާން އާއި ރަޔާން ގެ އިތުރުން މިލާން އާއި އަލީކް ސައިކަލު ބުރު ޖަހަން ދިޔައީ އެވަގުތު ކުރާނެ މާ ބޮޑު ކަމެއް ނެތުމުން ނެވެ.”ނާޔާ ނެތީމަ މެލަން ވަރަށް ފޫހިވެފަ ދޯ ތި ހިރީ”ރަޔާން ބުނެލީ އެމީހުން ކުޑަ އިރު މިލާން އަށް ގޮވާ ނަމުން މިލާން އަށް ގޮވާލަމުންނެވެ.”ހްމްމްމް އަސްލު ވެސް ނާޔާ ނެތީމަ އެކަންޏެއް ނޫން ނުކް ނެތީމަ ވެސް ވަރަށް ފޫހި ދޯ”މިލާން ބުނެލީ ފޫހިވެފައި ހުރި މީހެއް ފަދައިން ނެވެ.”ދޮންބެ އެބަ ކިޔާ ނުކް އެންޑް ޒީކް ނެތީމަ ކައިވެނި ލަސް ކުރާ ވާހަކަ ވެސް.ދޮންބެ ބޭނުމެއް ނުވޭ ނުކްމެން ނެތީސް ކައިވެނި ކުރާކަށް”ރަޔާން ބުނެލީ ރިޔާން އޭނާގެ ގާތު ބުނެލި ވާހަކަ އެކެވެ.”އެެހެން ރިޔާން ގެ ޕާޓީ ގަ ދޯ ކިޔާން ކައެ ކަންތަކާ އުޅޭނީ”މިލާން އިޝާރާތް ކުރީ ކޮންކަމަކަށް ކަން އިނގި ހުރެ ވެސް ކިޔާން ނޭނގޭ ކަމަށް ހެދިލީ އެވާހަކަ ދައްކާ ހިތް ނެތުމުން ނެވެ.

**********************

“އޭދެން މާ ނޫން ކަމަަށް ހެދޭނެ ކަމެއް ނެތް.މަ މި ބުނީ ޒާގެ ވާހަކަ”މިލާން އޭނަ ބުނެލި ވާހަކައިގެ ތަފްސީލް ކިޔާން އަށް ދިނެވެ.”އެއީ މީހެއްގެ ހައްގެއް.މީހެއްގެ ހައްގަށް އަރައިގަންނާކަށް މަމީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނޭ”ކިޔާން ބުނެލީ އިސްޖަހާލަމުންނެވެ.ކިޔާން އޭނާގެ މޫނުމަތީގައި ހުރި އަސަރުތައް މިލާންމެންނަށް ދައްކަން ބޭނުންނުވާތީ އެވެ.”ސޮރީ ބްރޯ މަ އެހެން ބުނެލި ވާހަކަ އެއް ނޫން”މިލާން ކިޔާން ގެ މިޒާޖަށް އައި ބަދަލު ނަގައިގަނެވުމާއި އެކު ބުނެލިއެވެ.”އެދެން އެހާ ވަރުގެ ކަމެއް ނޫނެއްނު”ކިޔާން ބުނެލީ ސައިކަލު އަތިރިމަތީގައި ހުރި ބެންޗް ތަކުން ބެންޗެއް ކައިރީގައި މަޑުކޮށްލަމުންނެވެ.

 

“ދެން ތި ވާހަކަ އެއް ނޫނޭ އަލީކް ގެ ކްރަޝް އެއް ނުހުުރޭތަ؟”މިލާން ބުނެލި ވާހަކަ އަކުން އެންމެ ފޯރި އެރީ ރަޔާން އަަށްށެވެ.”އެއް ގޮތަކަށް ވެސް ނުހުރެ”ރަޔާން އެއް ޖުމުލަ ބުނުމަށްފަހު އަނެއް ޖުމުލަ ބުނަން އުޅުނު ވަގުތު އަލީކް އޭނާގެ ސައިކަލު ގައި އިނދެފައި ރަޔާން އާއި ދިމާލަށް ފުންމައިގެން އެރީ ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އެވެ.”އިތުރަށް އެންމެ ޖުމުލަ އެއް ބުންޏަސް ބޮނޑި އެއް ބާލާނަން”ރަޔާން އަަށް އަލީކް ދިން އިންޒާރުގެ ސަބަބުން މާ ބޮޑު އަސަރެއް ކުރި ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ މޫނުމަތިންނެއް ނުފެނުނެވެ.”އެއް ކަލަ ރޭ ހަނދާންވެއްޖެ ތަ؟ނާޔާގެ ބާރތްޑޭ ގަ”ރަޔާން އޭނަ ބުނަން އުޅޭ ވާހަކަ ބުނެލީ މިލާންމެންނަށް ހަނދާންވާނެ ފަދައިންނެވެ.ރަޔާންގެ ވާހަކަ ކުރި އަށް ދިޔަ ވަރަކަށް އަލީކް އޭނާގެ އިސްތަށިގަނޑު ގެ ތެރެ އަށް އަތް މަހާލައިގެން އިނީ ލަދުގަންކަން ނުދައްކާން ވެގެންނެވެ.

 

“ރިއަލީ.އައި ކާންޓް ބިލީވް ދެޓް”މިލާން އަނގަ އަށް ހަދާލި ގޮތުން އެކަނި ވެސް އެންމެންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދިނެވެ.”ކިޔާން މީންދީ އައިކާ ޅިޔަނު އިނގޭ”ރަޔާން ބުނެލީ އަލީކް އާއި ދިމާކޮށްލާ ފަދަ ގޮތަކަަށްށެވެ.ހަވީރުގެ ވަގުތު ރަޔާންމެންނަށް ދިޔައީ އެ ގޮތަށް ސަކަރާތް ޖެހުމުގައި އެވެ.

 

މެލޭޝިޔާ ގެ ހޮސްޕިޓަލުގެ ތެރޭގައި ތިބި ޒިވާ އާއި ޒީކާން ގެ އިތުރުން ދެންތިބި މީހުން ވެސް ނޭވާ ހިފަހައްޓާލައިގެން ތިބީ ޑޮކްޓަރު އައިސް އެމީހުންގެ ކުރިމަތީގައި ހުއްޓިލުމުންނެވެ.ޑޮކްޓަރުގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ދެނެގަންނަން އެތަނުގައި ތިބި އެކަކު ވެސް ނުކުޅެދުނެވެ.”މިހާރު ޕޭޝަންޓް ގެ ހާލު ދަނީ ރަނގަޅު ވަމުން.އިން ޝާ ﷲ ވަރަށް އަވަހަށް ޕޭޝަންޓް ރަނގަޅުވާނެ.އެކަމަކު….”ޑޮކްޓަރު އެކަމަކު އޭ ބުނެފައި ދެން ބުނަން އުޅުނު ޖުމުލަ ބުނަން ފަސް ޖެހުނީ ނާއިޝް އާއި ނަވްޔާގެ އިތުރުން ނުކްޝާން ގެ ހާލަތު އޭނާ އަށް ފެނިފައި ވުމުންނެވެ.

 

“އެކަމަކު؟”ޒީކާން އެހެން ބުނެލީ ކުރިއަށް ދާށޭ ބުނާފަދަ ގޮތަކަށްށެވެ. “ޕޭޝަންޓް ކޯމާ އަށް ދިއުމުގެ ފުރުސަތު ބޮޑު. އަޅުގަނޑުމެން ހެދި ޓެސްޓުތަކުން ފާހަގަވި ޕޭޝަންޓް އަަށް ވަނީ ކެންސާރ ޖެހިފަ ކަން”ޑޮކްޓަރު އެހެން ބުނެލުމަށްފަހު ނާއިޝްމެންނާއި ދިމާލަށް ބަލާލީ ހިތްވަރު ކުރާށޭ ބުނުމުގެ ގޮތުންނެވެ.ޑޮކްޓަރު އެނބުރި ކޮޓަރި އަށް ދިއުމުން ނުކްޝާން އަށް ނަވްޔާ އާއި ދިމާލަށް ބަލައިލެވުނީ ނަވްޔާ ގެ މޫނުމަތިގައި ހުރި ކުލަވަރު ދިރާސާ ކޮށްލަން ތޯ އެއްޗެކެވެ.”މަންމަ ކެންސަރ ޖެހުންކަން ބައްޕަ އަށް އިނގޭ ދޯ”ނަވްޔާ ބުނެލީ ނާއިޝް އަށް ޒީވާ އަށް ކެންސަރު ޖެހިފައިހުރި ކަން އިނގޭނެކަމުގެ ޔަގީންކަން އޮތުމުން ނެވެ.

 

ނާއިޝް ގެ ހިމޭންކަމުން ނަވްޔާ އަށް އޭނާ ބޭނުންވާ ޖަވާބު ލިބިގެން ދިޔަ އެވެ.”ދެން ކީއްވެ އަޅުގަނޑުމެން ގާތު ނުބުނީ.ކީތްވެ؟”ނަވްޔާ އަަށް އެސުވާލު ތަކުރާރު ކޮށްލެވުނީ ހިތަށް ކުރި އަސަރުގެ ސަބަބުންނެވެ.

 

ތިމާ ބަނޑުއަޅައި ވިހި މައިމީހާ ދުނިޔޭގައި އެބަ އޮތް ކަން އިނގުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟ނަމަވެސް އެ އުފާ ވެރި ހަބަރާއި އެކު ނަވްޔާ އަށް ލިބިގެން ދިޔަ ހަބަރުން އިތުރަށް ހިތަށް ލިބެމުން ދިޔައީ ވޭނެވެ.ހިތް ދަތި ކަމެވެ.ހިތުގައި މީހަކު އެއްޗަކުން ޖަހާ ފިސް ފިސް ކޮށްލިހެން ވެސް ނަވްޔާ އަށް ހީވި އެެވެ.

 

ލިބިގެން ދިޔަ ހަބަރެއްގެ ސަބަބުން ނަވްޔާ ގެ ލޮލުން ހޫނު ކަރުނަތިކި ތައް ފައިބަން ފެށިއެވެ.ކޮޅަަށް ހުންނާނެ ހިތްވަރުވެސް ނެތް ހެން ހީވުމުން ނަވްޔާ އަށް މޫނުމަތިގައި އަތް އަޅާލަމުން އިންތަނަަށް ތިރި ވެވުނީ ފައިގައި ވެސް ބާރު ނެތްހެން ހީވުމުން ނެވެ.އަލުން އަނބުރާ ޒީވާ އޭނާ އާއި އެކީ ދިރިއުޅުމަށް އަންނާނެ ކަމުގެ އުންމީދު ހިތުގައި ރޯ ވެފައި އޮތްވާ އެ ހިތުގެ އުންމީދުގެ ކަނި ނިވިގެން ދިޔައީ ދުވަހަކު ވެސް ފަރުވާ ނުލިބޭ ބައްޔެއް ޒީވާ އަށް ޖެހިފައިވާ ކަން ޑޮކްޓަރު ބުނުމުންނެވެ.

 

މޫނުމަތީގައި އަތް އަޅައިގެން އިން ނަވްޔާ މަރުކަޒުން ބޭރަށް ނިކުންނަން ލިފްޓާއި ދިމާލަށް ދުއްވައިގަތީ އިތުރަށް އެތާ ހުންނާނެހާ ހިތްވަރު ނެތުމުން ނެވެ.އެއް ހިތާމަ އަކުން އަރައި ނުގަނެވި އުޅެނިކޮށް އަނެއް ހިތާމަ ލިބުމުން ކެތްތެރިކަން ކޮޅުންލީ އެވެ.ކޮންމެ މީހެއްގެ ވެސް އޮންނަނީ ހިތެކެވެ.އެ ހިތަށް ވެސް ކެތްވާނީ ވަކި ވަރަަކަށްށެވެ.

 

ނަވްޔާ ލިފްޓާއި ދިމާލަށް ދުއްވައިގަތުމާއި އެކު ބަލަން ނުހުރެ ނުކްޝާން އާއި ޒާރާ ގެ އިތުރުން ޒީކާން ވެސް ނަވްޔާ ފަހަތުން ދުއްވައިގަތީ ނަވްޔާ މިސްރާބެއް ނެތި ގޮއްސިއްޔާ ގެއްލިދާނެތީ އެވެ.އަނެތް ކޮޅުން ނަވްޔާ އަށް ހިތްވަރު ދިނުމަކީ އެމީހުން ކޮންމެ ހެން ވެސް ކުރަން ޖެހޭ ކަމަކަށް ދެކޭތީއެވެ.

 

ނަވްޔާ ދިއުމާއި އެކު ޒަޔާން އަށް ބަލާލެވުނީ ނާއިޝް އާއި ދިމާލަށް ށެވެ.ނަވްޔާ ދިޔަ ދިމާލަށް ހިތްވިރިފައި ހުރި މީހެއްހެން ނާއިޝް ބަލަހައްޓައި ގެން ހުރި އިރު އެލޮލުން ވެސް ކަރުނަ ފައްދާލައިފި އެވެ.ފިރިހެނަކަަސް އޮންނަނީ ހިތެއް ވިއްޔާ އެވެ.ދަރިއެއްގެ ލޮލުން ކަރުނަ ފެނުމުން ހެވި ދިއްލިފައި ހުންނާނީ ކޮން ބައްޕަ އަކު ހެއްޔެވެ؟އިރުކޮޅަކު ނަވްޔާ ދިޔަ ދިމާލަށް ބަލަން ހުރެފައި ނާއިޝް އަށް ވެސް އިސްތަށިގަނޑުގައި އަތް ފުނާ އަޅާލެވުނީ އޭގައި އޭނާ ވެސް ކުރާނެ ކަމެއް ނެތުމުންނެވެ.

 

ދުވެފައި ދިޔަ ނަވްޔާ އަށް އިސްއުފުލާލަން މަޖުބޫރުވީ މީހެއް ގައިގައި ޖެހުމުންނެވެ.ޖެހުނު ގޮތުން އެ ކުއްޖާގެ އަތުގައި އޮތް ފައިލް ވެސް ބިންމައްޗަށް ވެއްޓުނުކަން ނަވްޔާ އަށް އިނގުމުން އިސް އުފުލާ ބަލާލީ މާފަށް އެދުމުގެ ގޮތުންނެވެ.އެވަގުތުވީ ޒާރާމެން ވެސް ނަވްޔާ އާއި އަރާ ހަމަ ކުރި ވަގުތަށް ވުމުން ޒާރާ ވެސް އެ އަންހެންކުއްޖާ އާއި ދިމާލަށް ބަލައިލަމުން ވެރިފައި ހުރި ގަނޑުތަކަށް ވެސް ބަލާލީ ނަވްޔާ އާއި އެކު އެ ގަނޑުތައް ނެގުމުގެ ނިޔަތުގައި އެވެ.

 

“މާޝް”ގަނޑުތަކާއި ދިމާލަށް ބަލަހައްޓާލައިގެން ހުރި ޒާރާ އަށް ރާއިލް ގެ އަޑު އިވުމުން އިސްއުފުލާލަން މަޖުބޫރުވިއެވެ.މާޝާ އަށް ގޮވަމުން ދުވެފައި އައި ރާއިލް އަށް މާޝާ ގާތު ހުރި އަންހެން ކުއްޖާ އާއި ޖެހިގެން ހުރި ކުއްޖާ އާއި ދިމާލަށް އެއްލި ފުރަތަމަ ކަޅިން ވެސް އެއީ ޒާރާ ކަން ނަގައިގަނެވުނެވެ.ޒާރާ ވެސް ވީ އެވަގުތު އިސްއުފުލާލި ވަގުތަށް ވުމުން ރާއިލް އަށް ހިންދިރުވާލެވުނީ ދެން ވާނެ ގޮތް އިނގުމުންނެވެ.އިސްއުފުލާލި ޒާރާ އަށް ބަލަހައްޓައިގެން ރާއިލް އަށް ގަނޑު ވެފައި ހުރެވުނެވެ.

 

“ދޮންބެދައްތާ އެހަށް މަޑު ކޮށްބަލަ ރައި…”ދުވެފައި އައި ރައިނާ ބުނެލި ވާހަކަ މެދު ކަނޑާލީ ޒާރާ ފެނުމުން ކަންނޭނގެ އެވެ.ރައިނާ ގެ ވާހަކަ ތަކުން ޒާރާ އަށް ރާއިލް އާއި ދިމާލަށް ބަލައިލެވުން އިރު ރާއިލް ވެސް ބަލާލީ ޒާރާ އާއި ދިމާލަށްށެވެ.އެއްފަހަރު ވެއްޓިފައި އޮތް ޕޮޒިޓިވް ޕްރެގްނެންސީ ރިޕޯޓަށް އަދި އަނެތް ފަަހަރު ރާއިލް އާއި ދިމާލަށް ބަލައިލި ޒާރާ ގެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ.

 

ޒާރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރާއިލް އަށް ޒާރާގެ ދެލޮލުގައިވި ޝަކުވާތައް ފެނުމުން ހިތަށް ހީވީ އެއްފަހަރާ ތީރުތަކެއް ހަރާލިހެންނެވެ.ދުވަހަކު ވެސް ޒާރާ އާއި ވަކިވެ ދާން ޖެހިދާނެއެކޭ އޭނާ އަށް ހީކުރެވިފައި އެއް ނެތެވެ.ނަމަވެސް މިއަދު މީ ޒާރާ އާއި ބައްދަލު ވާނެ ވެސް އެންމެ ފަހު ދުވަހޭ ރާއިލްގެ ހިތަށް އެރިއެވެ.

 

ނުނިމޭ

 

Comments (11)

  1. Butterflyyyyy

    Heyyy Riffoo
    Vrh reethi mi part maasha allah ❤
    Dhen kiyaan & zaara kanneyge gulheyny dhw😂
    Alhey nuk menah dhimaav haadha dhera gothekey 😢
    Zeeva ragalhu vaane baa🤔
    Anyways waiting curiously for a new episode.
    Keep it up 💕
    Lyssm
    💜🦋

  2. White rose

    Good story….

  3. Laura

    Hey gurrll
    Ohhhh noooo raail be like 😅
    Hehe story varah reethi Masha Allah.next part ge inthizaaru ga dhen indheveyni.haadha salhi hisaabakunney thi ninmaali.hama enme salhi hisaabun hehe
    Dhen zaa & yaan dho 🤭
    Hehe 😂
    Kon irakun next part kiyaalan libeyni
    I think next part akee mi vaahaka ge enme salhi episode.adhi kiriyaa ingey mi feshuny kanthah hehe
    Curiosly waiting for the next part gurrl
    Wed ga kiyaalan libeyne dho.next part.vaahaaka ge cover fenifa vx heevi reethi vaaney…
    Dhen indheveyni abadhu next part ge inthizaaru ga.
    Love you gurrll 💋

    1. RIFSHA
      Laura

      Hii Laura 🤗
      Hehe ehen tha.
      Thanks Darla
      next part in sha Allah Wednesday ga ingey Darla
      Hadha gurll vegen ulhey dhuvaskolhei darla
      Hehe in sha Allah next part maadhan rey submit kohlaanan ingey
      Love you DARLA<3

  4. |\|@|_|

    Hi bestie 👋
    Alhey haadha curious kohlaafa ey thi nimmaaly.
    Anyways, mi part vx varah varah reethi.
    Alhey rifoo ge sifa kurun thakun heevee hama vaahaka therey ulhevunhen.
    Mi part kiyaafa neyngun bunaane eii cheii vx.🥰🥰🥰
    Next part ge inthizaaru ga. Mi hama awesome 👏👏👏
    Alhey keeiive thr curious kohlaafa thi nimmaaly.
    Dhn in part kiyaa hithun mi haaru vx hureveny kee noon.
    Ekm 2 dhuvahuge inthizaareii kuran jehey dhw eba. Mihaaru vaguthu gunan fashaifin.🕒🕒.

    1. RIFSHA
      |\|@|_|

      Hi bestie 👋
      Thanks nauuu
      Hama ehaa vx reethi tha??
      Ey naureenuu thi hen name liyefa inyma rifoo akah neynguney thi kaaku kamei vx.hithah araifi mee aneika kaaku baa ey fahun inguny rangalhah belyma.dhen manjj vx kuraa kanthah dho.
      Hehe ehen viyya avahah gadi jahsaa.

  5. RIFSHA

    Hey butterfly 🦋
    Ahaha dhen belyma dho ingeyni vx kiyaan and zaa tho dhen gulheyni.
    Aslu vx nuk men nah evani haadha dhera gothekey
    Ahaha dhen balamaa
    And butterfly ge vaahaka vx varah reethi.varah inthizaaru kurevey next part ah.comment eh kohleemey ekam i think iny pending ga
    Love you DARLA<3

  6. RIFSHA

    Thanks white rose 🌹

  7. Ifoo

    Vv reethi mi part vs maasha allah.. unmeedhu kuran nxt part vs avahah kiyaalan libeyne kamah ☺️

  8. Rauha

    Hey rifoo
    Mi part vx vrh reethi Masha Allah
    Kon irakun next part kiyaalan libeyni
    Vrh curious thankolhakunney thi ninmaali
    Hehe curiously waiting for the next part
    Love you Rifoo 💋💋

  9. Nishva

    Hey rifoo
    Alhe miadhu ge episode adhi ves upload nuvey dhw.anyway mi part varah reethi Masha Allah.mihaaru vaguthu gunaa thaa varah iru vejje hehe.curiosly waiting for the next part Darla
    Love you DARLA ❣️

Comments are closed.