ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ތޭވީސްވަނަ ބައި)
ހުދު ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއި އެކު ބޭބީ ޕިންކް ކުލައިގެ ބޯ ޖެކެޓެއް ލައިގެން ހުރި ޒާރާ ލޯގަނޑު ކުރިމަތީގައި ހުރެ ފަރި ބަލަމުން ދިޔައީ ހޮސްޕިޓަލަށް ދިއުމުގެ ކުރިން ހުރި ގޮތް ބެލުމުގެ ނިޔަތުގައި އެވެ.ޕީޗް ކުލައިގެ ޝޯލް އެއް ބޮލުގައި އޮޅާފައި އޮތް އިރު ޒާރާގެ މޫނުކޮޅު ފެންނަން ހުރީ ކިތަންމެ ހާ ވެސް ރީތިކޮށެވެ.ނަމަވެސް ދުޅަވެފައި ހުރި ލޯ ފެންނަ މީހަކަށް ޒާރާ ރޮއެފައި ހުރިކަން ނަގައިގަނެވޭނެކަން ކަށަވަރެވެ.
***********************
ޒާރާ ކޮޓަރިން ނިކުމެލީ ފުން ނޭވާ އެއް ދޫކޮށްލަމުންނެވެ.ކޮޓަރިން ނިކުން ޒާރާ ގެ ލޮލުގައި ސޯފާގައި އިށީންދެގެން އިން ޒީކާން އަޅައިގަތެވެ.ޒާރާ ނިކުތުމުން ބަލާލި އެއް ކަމަކު ވާހަކަ ދެއްކުމުގެ ހިޔާލެއް އޭނާގެ ނެތް ފަދައެވެ.ނުކްޝާން އާއި ނަވްޔާ ގެ ހަބަރެއް ނުވުމުން ޒާރާ އަށް އަދި އެދެމީހުން ތައްޔާރު ނުވަނީކަން ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.
“ޒާ ފަހުން ވެސް ރޮއުނީ ދޯ”ޒީކާން ބުނެލީ އޭނާގެ ފުރިހަމަ ސަމާލުކަން ޒާރާ އަށް ދެމުންނެވެ.ޒާރާ އިސްޖަހާލުމުން ޒީކާން އަށް އޭނާ ކުރި ސުވާލުގެ ޖަވާބު ލިބުނެވެ.ޒީކާން ފުން ނޭވާ އެއް ލަމުން ޒާރާ އާއި ދިމާލަށް ބަލައިލީ ޒާރާ ގެ ހާލަތާއި މެދު ކަންބޮޑުވެފައި ހުރެއެވެ.
“އޭ ޒާ މިއަދު ދާން ވާނެ ޕާރކަށް އައިސް ކްރީމް އެންޑް ކޮޓަންކޭންޑީ ކާން”ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ނަވްޔާ ސޯފާ މައްޗަށް ފުއްމާލަމުން ބުނެލިއެވެ.މިއޮށް ފިނި އިރު ވެސް ނަވްޔާ ބޭނުންވީ އައިސް ކްރީމް ކާށެވެ.ނަވްޔާ ޒާރާގެ ފަރާތުން ޖަވާބެއް ނުލިބުމުން ޒީކާން ގާތު ލޮލުގެ އިޝާރާތުން ޒާރާ އަށް ކިހިނެތް ވީތޯ ސުވާލު ކޮށްލިއެވެ.ޒީކާން ވެސް ނަވްޔާ އަށް ޖަވާބު ދިނީ ލޮލުގެ އިޝާރާތުން ނެވެ.އިރުކޮޅަކުން ނުކްޝާން އަައުމުން ހަތަރު މީހުން އެކީގައި މަރުކަޒަށް ދާން މިސްރާބު ޖެހިއެވެ.
ދުވެފައި ކަހަލަ ގޮތަކަށް ރާއިލްގެ ކޮޓަރި އަށް ވަދެގެން އައި ރައިނާ އަށް ސިހުމެއް ލިބުނީ ލޯގަނޑު ކުރިމަތީގައި އިސްތަށިގަނޑު ސްޓައިލް ކޮށްލަން ހުރި ރާއިލް ފެނުމުން ނެވެ.ލާފައި ހުރީ މާޝާގެ މަންމަ ރާއިލް އަށް ކައިވެނީގެ ހަދިޔާ އަަކަށް ދިން”އެމް”އަކުރު ޖަހާފައި އިން ހުދު ކުލައިގެ ހޫޑީ އެވެ.އަގައިން މަޑު ރާގެއް ލައްވަމުން ރާއިލް ތައްޔާރު ވަމުން ދިޔަ އިރު ފަހަތުގައި ރައިނާ ހުރި ކަމެއް ނޭނގެއެވެ.ޖީބަށް ފޯނު ޖަހާލަމުން އެނބުރުނު ރާއިލް އަށް މާޝާ ފެނުމުން ސިއްސައިގެން ދިޔަ ވަރުން ފަހަތަށް ފިޔަވަޅެއް ވެސް އަޅާލެވުނެވެ.
ރާއިލްގެ ރަތްކަން ގަދަވެފައި ހުރި ލޯ ފެނުމުން ރައިނާ އަށް ދެންމެ ވެސް ރާއިލް ރޮއެފިކަން ނަގައިގަނެވުނެވެ.”ކޮންތާކަށް ދާން މާ ފަރި ވެލައިގެން”ރައިނާ ބުނެލީ އޭނާ ނުލާ ރާއިލް ތަނަކަށް ދާން އުޅޭކަށް އިނގުމުން އަނގަ ހަދާލަމުންނެވެ.”މާޝާ އާ ބައްދަލު ކުރަން ކަމަށް”ރާއިލްގެ އެ ޖުމުލަ އިން ރައިނާގެ ސަމާލުކަން ވަގުތުން ދަމައިގަނެވުނެވެ.”އޭނ”ރައިނާ އަށް އެހެން ބުނެވުނީ ސިހިފައި ހުރެއެވެ.”ޒާ އެބުނީ ރަނގަޅު ވާހަކަ އެއްނުންތަ؟މާޝާ ބަނޑުގަ އެއޮތީ ދޮންބެ ގެ ދަރިފުޅު ވެއްޖެއްޔާ އެކުއްޖަ ގެ ޒިންމާ ނަގަންޖެހޭނީ ދޮންބެ އެއް ނޫންތަ؟”ރާއިލް ގެ އެޖުމުލައިން އެކަނި ވެސް ރާއިލް މާޝާ އާއި އެކު އުޅެން ބޭނުންވަނީ މަޖުބޫރު ވުމުންކަން ކޮންމެ މީހަކަށްވެސް އިނގޭނެކަން ކަށަވަރެވެ.
“ދޮންބެ ގެ ކުއްޖެއް ނޫނޭ މާޝާ އެބުނީ.ދެން ކޮން ކަމަކާތަ ދޮންބެ ތި އުޅެނީ ހާސް ވެގެން.އެކަހަލަ ގުޅުމެއް ނުހިގަންޏާ ދޮންބެ ގެ ކުއްޖަކަށް އެހެން ނޫނަސް ވޭތަ؟”ރައިނާ ބުނެލީ ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެއެވެ.މާޝާ އަކަސް ކޮންމެ މީހަކަސް އޭނާގެ ދޮންބެ އާ އެކީ ދޮންބެ އަށް މަޖުބޫރުކޮށްގެން އުޅެވޭ ހެއްޔެވެ؟”އަދި ރައި މެންނަށް ނޭނގެނީ.ދެމަފިރިން ދެމެދުގަ ކިތަންމެ ކަމެއް ނުހިނގާ ވޭތޯ ބެލި އަސް ކޮންމެ ވެސް އިރަކުން ގުޅުމެއް ހިނގާނެ.އެއް ކޮޓަރި އެއްގަ އުޅެނީ އެއް އެނދެއްގަ ނިދަނީ.ދޮންބެ މާޝާ އަށް އެހާ ކެއާރ ކުރަން.އެހެން ވީމަ އޮޅިގެން ވިޔަސް އެކަހަލަ ގުޅުމެއް ހިނގާފާނެ”ރާއިލް ބުނެލީ ފުން ވިސްނުމެއްގައި އިނދެއެވެ.”ސޯ ދޮންބެ ތި ބުނީ އެކަހަލަ ގުޅުމެއް ހިނގި އޭ ދޯ”ރައިނާ ރާއިލް އާއި ދިމާލަށް ބުނެލީ އަނގަ މަތީ އަތް އަޅަލައިގެން ދެލޯ ބޮޑު ކޮށްގެން ހުރެއެވެ.
“ޔާހ އެއްފަހަރު”ރާއިލް ބުނެލީ ދެލޯ މަރާލައިގެން ހުރެ އެވެ.”އޯހ މައި ގޯޑް.އެކަމު މާާޝް ބުންޏެއްނު ނުހިނގައޭ”ރައިނާ ރޭގައި މާޝާ ބުނެލި ވާހަކަ ހަނދާން ކޮށްލަ ދިނެވެ.”މާޝް އެއްނޫން ދޮންބެދައްތަ.އެއީ ޒާ ގެ އާ ދޮންބެ ގެ އާ ގުޅުމަށް ބުރޫ އަރާފާނެތީ”ރާއިލް ބުނެލީ ހީލަމުންނެވެ.ރާއިލް އެހެން ބުނެލި ކަމެއް ނޭނގި ފޯނަށް ނޮޓިފިކޭޝަން އެއް އައެވެ.”ދަނީ އިނގޭ”ފޯނަށް އައި ނޮޓިފިކޭޝަން އަށް ބަލާލަމުން ރާއިލް ކޮޓަރިން ނިކުންނަމުން ރައިނާ ވެސް ކޮޓަރިން ނެރުނެވެ.
“ކޫ އޯކޭ ދޯ ޒާ ގޮވައިގެން ޕާރކަށް ދިޔަސް”ލޮލުގެ އިޝާރާތުން އެއްބަސް ވާށޭ ބުނަމުން ނަވްޔާ ޒިވާ ގާތު އަހާލިއެވެ.”ހްމްމްމް.ސަލާމަތުން ގެ އަށް އަންނާތި އިނގޭ”ނަވްޔާ ޒިވާ ހްމްމްމް އަޅުވާލުމުން ޒާރާ އަތުގައި ހިފައިގެން ދުއްވައިގަތުމާއި އެކު ޒިވާ ބުނެލި އެވެ.
“އޭއި ތި ދެމީހުން ތި އަންނަނީ ކީތް ކުރަން”ޒީކާން އާއި ނުކްޝާން ވެސް ނަވްޔާ އާއި ޒާރާގެ ފަހަތުން އައުމުން ނަވްޔާ ބުނެލީ ނުކްޝާން އާއި ދިމާލަށް ވައްތަރެއް ޖައްސާލަމުން ނެވެ.”ނާޔާ ހީކުރަނީ ނާޔާމެންނަަށް އެކަނި ކަމަށްތަ މެލޭޝިޔާ އަށް އައިއްސަ އުފާ ފާޅު ކުރަނީ.އެހެން ނޫނަސް ދޮންބެ މިދަނީ ނާޔާ ފަހަތުން ދާ ހިތަކުން ނޫނޭ”ނުކްޝާން ގެ ވާހަކަ އެހާ ހިސާބަށް ދިއުމުން ނަވްޔާ ނުކްޝާން އާ ވާހަކަ ދައްކަން ފެށިއެވެ.”އޯހޯ އެހާ އަވަހަށް ބިޓެއް ނެގީ އޭ ދޯ”
“ނާޔާ ޖެލެސް ވީދޯ އެހާ އަވަހަށް.ދޮންބެ މިދަނީ ޒީކް ޒީކްގެ ލޯބިވާ ކޮއްކޮ އަށް އަނިޔާ އެއް ވެދާނެތީ ޒާ ފަހަތުން އައީމަ.ޒީކްގެ ފަަހަތުން.އެބަ އުޅެން ވިއްޔާ ނާޔާ ކަހަލަ އިބިލީހުގެ މާމައެއް ފަހަތުން ނުދެވިގެން”ނުކްޝާން ބުނެލީ ނަވްޔާ ރުޅި އަރުވާ ކަހަލަ ގޮތަކަށްށެވެ.”ޝަޓް އަޕް އިބިލީހުގެ މުނި ކާފަ”ނަވްޔާ ބުނެލީ އެންމެން ގެ ނަޒަރު އެމީހުންނަށް ހުއްޓިފައި ހުރުމުން ދަތްތައް ބާރު ކޮށްލަމުންނެވެ.
“އޭއި ޒީކް މަ ބުނީމެއްނު މި ނާޔާމީ އިބިލީހުގެ މާމަ އޭ.ބަލާބަލަ ދެންމެ ވެސް އެ ވާހަކަ ދެއްކީ އެ މާމަ އެއް ހެނެއްނު”ނުކްޝާން ބުނެލީ ނަވްޔާ ވާހަކަ ދެއްކި ގޮތަށް ހަޖޫ ޖަހަމުންނެވެ.ނަވްޔާ ތުން އަނބުރާލާފައި ވެސް އެއްވެސް އެއްޗެެއް ނުބުނީ މަރުކަޒުގައި ތިބި އެންމެންގެ ނަޒަރު ހެން އެމީހުންނަށް ހުއްޓިފައި ހުރުމުންނެވެ.
ރާއިލް ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުނުމުން މާޝާ ރާއިލް ބުނި ތަނަށް ބުނި ވަގުތަށް ދިޔަ އެވެ.ވެހެމުން ދިޔަ ސްނޯ ތަކަށް ބަލަން ހުރި މާޝާ އަށް މީހަކު އޭނާގެ ލޮލުގައި އަތް އެޅުމުން ތެޅިގަނެވުނީ ކިހިނެތް ކަމެއްވެސް ނޭނގުނެވެ.ނަމަވެސް ދެވަނަ ސިކުންތަކަށް އެއީ ރާއިލްކަން މާާޝާ އަށް ޔަގީންވީ ރާއިލް ޖަހާ ސެންޓުގެ ވަސް ދުވުމުންނެވެ.
“ރާއިލް އައި ނޯ އިޓްސް ޔޫ”ރާއިލްގެ އަތް އޭނާގެ ލޮލުން ނަގަމުން މާޝާ ބުނެލިއެވެ.”ހެހެ އަހަންނަށް އޭރު ވެސް ހީވިއޭ މާޝް އަށް އެއީ އަހަރެން ކުރި ކަމެއްކަން އިނގޭނޭ”ރާއިލް ބުނެލީ މާޝާ ގެ ކުރިމައްޗަށް އަރަމުންނެވެ.ރާއިލް މާޝާ ގެ ކުރިމައްޗަށް އެރުމުން މާޝާ އަށް ރާއިލް އާއި ދިމާލަށް ބަލައިލަމުން އަމިއްލަ އަށް ލައިގެން ހުރި ހޫޑީ އާއި ދިމާލަށް ބަލައިލެވުނީ އޭނާ ވެސް ލައިގެން ހުރީ އޭނާގެ މަންމަ ކައިވަނީގެ ހަދިޔާ އަށް ދިން ހުދު ކުލައިގެ “އާރް”އަކުރު ޖަހާފައި އިން ހޫޑީ އަށް ވުމުންނެވެ.މާޝާ އޭނަ އާއި ދިމާލަށް ބަލައިލާފައި މާޝާ އަމިއްލަ ހޫޑީ އާއި ދިމާލަށް ބަލައިލުމުން ރާއިލް އަށް ހީލެވުނީ ދެމީހުންނަށް އިއްތިފާގުން ވެސް އެއްވައްތަރު ގެ ހޫޑީ އެއް ލައިގެން އާދެވުމުންނެވެ.
ޕާކަށް ވަދުން ގޮތަށް ނަވްޔާ އާއި ނުކްޝާން ގެ އިތުރުން ޒީކާން އާއި ޒާރާ އައިސް ޕާކުގައި ހުރި ބެންޗަކުން ބެންޗެއްގައި އިށީންދެލިއެވެ.”އޭއި ހިނގާބަލަ ދޯ ދާން އައިސް ކްރީމް ގަންނަން”ނަވްޔާ ބުނެލީ އެނާ އައިސް ކްރީމް ކާ ހިތް ވެފައި ހުރި ވަރުންނެވެ.”އަޖައިބެއް ނުވާނެ.ކޮބާތަ ލާރި؟”ނުކްޝާން ބުނެލީ ރިންގް ވަމުން ދިޔަ ފޯނު އެނާގެ ޖީބުން ނަގަމުންނެވެ.”ކާކުތަ ގުޅަނީ؟”ޒީކާން އެއް އަރި އަކަށް ޖެހިލަމުން ނުކްޝާން ނެގި ފޯނާއި ދިމާއަށް ބަލައިލި އިރު ނުކްޝާން އެ ފޯނު ނަގައިފިއެވެ.
“އެތަނުން އައިސް ކޯން ގަނެވި ދާނެ އެއްނު”ނަވްޔާ ބުނެލީ އާދޭސް ކުރާ ރާގެއްގައި އެވެ.”ޒީކް އަތުގަ ލާރި އޮންނާނެ ޔަގީން”ނަވްޔާ އެހެން ބުނެލުމުން ޒީކާން ވޮލެޓް ޖީބަށް ލެވުން ތޯ ބަލާލިއެވެ.ޖީބުގައި އޮތް ވޮލެޓް ނަގަމުން ޒީކާން އަތުގައި އޮތީ ކިތަށް ޑޮލަރު ތޯ ބަލާލިއެވެ.”ގަނެގޭވޭނެ ދޯ އައިސް ކްރީމް”ނަވްޔާ ބުނެލީ ޒީކާން ގެ ވޮލެޓުގައި ހުރި ޑޮލަރުތައް ފެނުމުންނެވެ.ނުކްޝާންގެ ހުންނަ ގޮތް ގަނޑު ނުހުންނާތީ ޒީކާން ނަވްޔާ އާއި ޒުވާބު ކުރާކަށް ނޫޅެއެވެ.”ނުކް އެބަ އަންނަން ނާޔާ އަށް އައިސް ކްރީމް ގަނެދީގެން”ޒީކާން ނުކްޝާން ގާތު އެހެން ބުނެލުމަށްފަހު ނަވްޔާ އާއި ޒާރާގެ އިތުރުން ނުކްޝާން ގެ ގާތު ފްލޭވާރ އެހުމަށްފަހު ދާން ހިނގައިގަތެވެ.
“ނުކް އަށް ގުޅަން މަ މި އުޅެނީ”އަޔާން ބުނެލީ އެމީހުންގޭ ޖޯލީގައި ތިބި ލައިކާ އާއި މިޝްޔާގެ އިތުރުން ރިޔާން އާއި އައިރާ ގާތު އެވެ.އަޔާން އާއި ޖެހިގެން އިން ޖޯލީގައި އިން މިޝްޔާ އަށް އުންމީދު ކުރެވުނީ އެއް ފަހަރު ނަމަވެސް ޒީކާން ގެ މޫނު ފެނޭތޯ އެވެ.ތިން ދުވަސް ވަންދެން ޒީކާން ނުފެނި އުޅެން ޖެހުމުން އެ ހިތަށް އުނދަގޫވި ވަރު އިނގޭނީ ހަމަ އެންމެ ފަރާތަކަށްށެވެ.
ނުނިމޭ
12 Comments!
Comments are closed.




Heyyy riffoo
Vrh vrh reethi mi part vx maasha Allah❤
Zaa ulhey gothun vrh sad😢
Raail ah butterfly faraathun congra bunedhehchey riffo.. dad akah vaathyy 😂
Lyssm dear ❤
Hi dear
Mi part vx vrh salhi as usual.hey darl dhen ulheba kiyaan and zaa gulhuvan.varah beynun ingey zaa and yaan gulhey than balan.
Mi vaahaka ga innany kithah part tha dear.mi vaahaka nimidhaane thy biru ganey.cuz mee alhugandah enme reethi vaahaka.
Love you Rifoo 💞
Hello my fan 😊
Varah ufaa vejje rifoo ge fan akah mi episode ves reethi vi kan ingunyma.
ahah dhen vaa goi balamaa
It’s a secret 🤯 hehe.
In sha Allah mi vaahaka ninmaafa break eh nagaafa viyas ehen vaahaka eh genesdheynan.
Love you Darla<3 and thank you too
vv reethi mi part vs maasha allah…when nxt part???
Thanks ifoo next part in sha Allah admin team in upload kohlihaa avahakah kiyaalan libeyne.mi ulheny submit kohlan hehe
Hi rifoo
Mi part vx varah reethi Masha Allah ❤️
Kon irakun next part kiyaalan libeyni ☺️
Curiosly waiting for the next part
And congratulations raail
Hehe
Love you Rifoo 💋
Hey lauu gandaa
Thanks darlls
Next part mi ulheny submit kohlan.in sha Allah admin team in upload kohlihaa avahakah kiyaalan libeyne
Love you too Darla<3
The one story that keeps improving day by day. Bravo! Stunning work Rifoo! Hama v obi
In a reply to @butterfly
Thanks darla ☺️
Dhen zaa ulhey gothun dho hehehe
Raail gaathu congra ey bunaanan ingey bunaani butterfly kiyaa kuhjekey buny vx lol 😆
Hehe love ya darling ❤️💕
In a reply to @white rose
Thanks White rose 😊
Masha Allah mi part ves vrh reethi I wish zaa kiyaan ah gulhen
When is next part curiously waiting for the next
Lysm rifoo❤️☺️🤗
In a reply to @only urs
Hi only mine 🤭
Thanks darll.
Ahaha dhen vaa goi balamaa
Mihaaru iny upload vefa
Love you more darla<3