Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ހަތާވީސްވަނަ ބައި)

Anonymous Level 4100 Login10 Stories100 Comments
May 14, 2024 4 Mins Read
10 Comments

ނަވްޔާ މިލާން ބޭނުންވި ސުވާލަށް ޖަވާބު ދިނުމާއި އެކު މިލާން އަވަހަށް ގެ އަށް ދިއުމަށް މިސްރާބު ޖެހީ މިޔާ އަކީ ފިންޏަށް ބަލި މީހެއް ކަމުންނެވެ.”ޑާރލިންގް ދާނަންތަ ގެއަށް މަށާ އެއްކޮށް؟ގެ އަށް ލާދޭނަން”ކިޔާން މިލާން ފަހަތުން ދިއުމުގެ ކުރިން އައިކާ ގާތު އަހާލި އެވެ.”ނޫޅެން ތެމިފަ ހުރި މީހަކާ އެއްކޮށް ސައިކަލު ފަހަތަށް އެރީމަ މަ ވެސް ތެމޭނީ ކުޑަ ހިފައިގެން އިނަސް.ކީއްކުރާ ބޭކަރު ކަމެއް”އައިކާ އަނގަ ހަދާލީ ކިޔާން ވެސް އައިކާ އެހެން ބުނުމުން އަނގަ ހަދާލުމުންނެވެ.

*************************

އައިކާ އެހެން ބުނުމުން ކިޔާން ބަލާލީ ދުރުގައި ހުރި އަލީކް އާއި ދިމާލަށް ށެވެ.ހަގީގަތުގައި ކިޔާން ބޭނުންވީ އަލީކް އާއި އެކީ އައިކާ ފޮނުވާލާށެވެ.އެންމެ ސަބަބަކަށްޓަކައި އެވެ.އަލީކްގެ ހިތުގައި އައިކާ އަށް ޓަކައި އުފެދިފައިވާ އިހުސާސްތައް އޭނާ އަށް އިނގޭތީ އެވެ.

 

ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ސްޓަޑީ ޓޭބަލް ކައިރީގައި އިން ޒާރާ ގެ ނަޒަރު އިރުއިރުކޮޅާ އެނދުގައި ނިދާފައި އޮތް ނަވްޔާ އަށް ހުއްޓެމުން ދިޔަ އެވެ.ބާރަ ޖަހަނިކޮށް ޒާރާ އަށް ހޭލެވުނީ ފެން ބޮވައިގަނެގެންނެވެ.ފެން ބޮއެގެން އައިސް ވެސް ޒާރާ އަށް ނިދޭ ގޮތް ނުވުމުން ހިސްޓޮރީ ފޮތް ހިފައިގެން ސްޓަޑީ ޓޭބަލް ކައިރީ ގައި އެ ހިފައިގެން އިނީ ނަމާދު ނުކުރެވޭ ދުވަސްކޮޅަކަށް ވުމުން ނަމާދު ވެސް ނުކުރެވޭނެ ތީ އެވެ.އާންމުކޮށް ދަންވަރު ހޭލައިގެން ނުނިދިއްޖެ ނަމަ އަބަދު ވެސް އެންމެ ފުރަތަަމަ ތަހައްޖުދު ނަމާދު ކުރަން ޒާރާ އަވަސްވެ ގަނެ އެވެ.

 

އެއް ފަހަރު ފޮތަށް އަދި އަނެތް ފަހަރު ނަވްޔާގެ މޫނާއި ދިމާލަށް ބަލައިލަމުން ޒާރާ ގޮނޑީގައި ހަމަޖެހިލީ ނަވްޔާ ނުހޭލާނެކަން އިނގުމުންނެވެ.ފޮތަށް ނަޒަރު ހުއްޓާލައިގެން އިން ޒާރާ ގެ ހިޔާލުތަކާއި ގުޅިފައިވަނީ ކިޔާން ގެ ސޫރަ އެވެ.ކިޔާންގެ ސޫރަ ހިތުން އެއްލާލަން އުޅެ އުޅެ އޭނާ ވަރުބަލި ވެއްޖެ އެވެ.ކިޔާންގެ ސޫރަ ހިތުގައި ކުރުއްސާލެވޭ ކޮންމެ ފަހަރަކު ވެސް ރާއިލްގެ ސޫރަ ހިތުގައި ޒާރާ ކުރުއްސާލަނީ ކިޔާންއަށްޓަކައި ހިތުގައި އުފެދޭ އިހުސާސްތަކަށް ބީރު ކަންފަތެއް ދިނުމުގެ ގޮތުން ނެވެ.ނަމަވެސް ޒާރާ އަށް ނޭނގުނީ ކިތަންމެ ހިތުގައި އުފެދޭ އިހުސާސްތަކަށް ބީރު ކަންފަތެއް ދޭން އުޅުނުކަމުގައި ވިޔަސް އޭނާގެ ހިތުގައި އުފެދެމުން އަންނަ އެ އިހުސާސްއަކީ އަމިއްލަ ހަށިގަނޑު ވެސް ބަލި ކޮށްލާ އިހުސާސް އެއް ކަމެވެ.

 

ގަދަ ނޫކުލައިގެ ޝޯލްގައި އެންމެ ފަހު ޕިން ޖަހާލަމުން ޒާރާ އަވަސް ހަރަކާތްތަކާއި އެކު ސްޓަޑީ ޓޭބަލް މަތީގައި އޮތް ޑައިރީ ނަގާ ލައްޕާލިއެވެ.ޑައިރީ ނަގާ އޭނާ ގެ ދަބަސް ތެރެ އަށް ލީ ޒާރާ ސިހިގެން ދިޔައީ ކޮޓަރި ދޮރު ހުޅުވުނު އަޑަށް ށެވެ.ޒާރާ އަށް ވީ ގޮތް ފެނި ނަވްޔާ ފަހަތަށް ފިޔަވަޅެއް އަޅާލި އެވެ.”ސިއްސައިގެންނޭ ދިޔައީ”ޒާރާ ބުނެލީ އޭނާގެ ދަބަހުގައި ޒިބު އަޅުވާލަމުންނެވެ.”އާނ ކާކު ހީކުރާނީ ދެން މީހަކު ދޮރު ހުޅުވާލި ކަމަށްޓަކާ ޒާ ސިއްސައިގެން ދާނެ ކަމަށް”ނަވްޔާ ބުނެލީ ދެފަރާތަށް ބޯ ހޫރުވާލަމުން ނެވެ.

 

“މިލާން އައީތަ؟”ޒާރާ އަހާލީ މައުޟޫ ބަދަލު ކޮށްލަމުންނެވެ.”އައިމަ ބަލައޭ މި އައީ”ނަވްޔާ ބުނެލީ އޭސީ ރިމޯޓް ނަގާ އޭސީގެ ފިނި މަޑު ކޮށްލަމުންނެވެ.”ހިނގާ ދާން”ޒާރާ އެހެން ބުނެލަމުން ކޮޓަރިން ނިކުމެލިއެވެ.ޒާރާ ކޮޓަރިން ނިކުތުމުން ނަވްޔާ ޒާރާ ދަބަހަށްލާ ފޮރުވީ ކޯޗެއް ތޯ ބަލައިލީ ޒާރާ ސިހިގެން ދިޔައީ ވައްކަމެއް ކޮށްގެން މީހަކު ފަޅާ އަރުމުން ސިހިގެން ދާނެ ގޮތަށް ވިއްޔާ އެވެ.”އޯހ ހާރ ޑައިރީ”ނަވްޔާ މަޑު މަޑުން އެހެން ބުނެލަމުން ކޮޓަރިން ނިކުތީ ޒާރާގެ ޑައިރީ ކިޔާ ހިތް ނެތުމުންނެވެ.

 

ނަވްޔާ ކޮޓަރިން ނިކުން އިރު ޒާރާ އާއި ލައިނީ ގެ އިތުރުން އައިކާ އާއި މިލާން ފިޔަވާ އިތުރު މީހަކު އެވަގުތު އެތާކު ނެތެވެ.”ކޮބާތަ އެމީހުން.އަދިވެސް އާދެވޭ ކަމަށް ނުވޭ ދޯ”އައިކާ ފޯނުން ގަޑި ބަލާލަމުން ޗުސް ތަޅާލިއެވެ.ހަތަރު ގަޑި ބަޔަށް ހިނގާލަން ދާން ގަޑި ކިޔާފައި އޮތް އިރު މިހާރު ގަޑިން ސާޅީސް ފަހެއް ހިނގީ އެވެ.އަދި ވެސް ކިޔާން އާއި ރަޔާންގެ އިތުރުން އަލީކް އަށް އާދެވޭ ކަމަކަށް ނުވެއެވެ.

 

“ކަލޭނޭ ކައެމެން އަންހެންނުން ނަށް ދޫނުކުރޭ ދޯ.ޕިސް ޕިސް”މިލާން ބުނެލީ ރަޔާން އާއި ކިޔާންގެ އިތުރުން އަލީކް އައުމުން ނެވެ.”ސޮރީ އަލީކް އާ ހެދި ލަސްވީ”ކިޔާން ޒާރާ އަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ.”އާނ މީނަ ވެއްޖެ ވިއްޔާ އެވަރަށް އިސްތަށިގަނޑު ސްޓައިލް ކުރަން.އޭރުންނެއްނު އަންހެން ކުދިން މީނަ އާ ދިމާލަށް ބަލާނީ”ރަޔާން ވެސް ކިޔާން އާއި އެއްބައި ވެލިއެވެ.

 

ކަޅު ކުލައިގެ ރިޕް ކާރލް ޖެހި ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ޖިންސް އެއްލައިގެން ހުރި އަލީކް ބޭރު މޮޑެލް އަކަށް ދޫނުކުރާނެކަން ކަށަވަރެވެ.އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ހުރީ ނިތްމައްޗަށް ދެތިން އިސްތަށި ވެއްޓިފައި އޮންނަ ގޮތަށްށެވެ.

 

“އޯހޯ ކާކަށް ދައްކަންތަ؟”މިލާން ބުނެލީ ސޯފާއިން ތެދުވަމުންނެވެ.އަލީކް އައިކާ އާއި ދިމާލަށް ނުގޮތަކަށް ބަލާލި އިރު އައިކާ ވެސް ހުރީ އަލީކް އާއި ދިމާލަށް ބަލަން ކަމުން ހަތަރު ކަޅި ބައްދަލުވެގެން ދިޔަ އެވެ.އަލީކްގެ ހިތުގެ ތެޅުން ބާރުވި އެވެ.އަވަހަށް އެެހެން ދިމާލަކަށް ބަލާލީ އައިކާ އާއި ހަތަރު ކަޅި ބައްދަލު ކޮށްގެން ހުންނަން ވެއްޖެ ނަމަ އެހިތުގެ ހާލު ބޭޒާރު ވެދާނެތީ އެވެ.

 

“މީހަކަށް ދައްކަން ނޫނީ މަށަށް ރީތި ނުވެވެނީ ތަ؟”އަލީކް ނިތް އަރުވާލަމުން މިލާން ގެ ފަހަތުން ދާން ހިނގައިގަތެވެ.ނަވްޔާމެން ވެސް އަނގަ ނަގައިގެން ނުހުރެ މިލާންމެން ފަހަތުން ނިކުންނަން ހިނގައިގަތެވެ.”މަންމާ ދަނީ އިނގޭ”ގޭގެ ދޮރާއްޓައި ހިސާބަށް އައިސްފައި ލައިނީ ލައިޝާ ގާތު ބުނެލި އެވެ.

 

ގޭގެ ދޮރުން ނިކުމެގެން އައި މިލާންމެންނަށް އެރުނީ އީޝާ މެންގެ ކުރިމައްޗަށް ށެވެ.ވަގުތުން ލައިނީގެ ހިތަށް އަނެއް ފަހަރު އަނެއްކާ އަނެއް ކަންތަކޭ ހިތަށް އެރި އެވެ.”މިލާންމެން ކޮންތާކަށް”އީޝާ އަހާލީ ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުންނެވެ.”ހިނގާލަން”މިލާން ގެ ޖަވާބު ކުރުވެފައި ސާދާ އެވެ.”ކޭން ވީ ޖޮއިން”އީޝާ އަހާލުމުން މިލާން އަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.

 

“އެންމެ ފަހުން ހިނގާލަން ދިޔަ ދުވަހު ވެސް މިމީހުންނާ ހެދި ހަރާބުވީ އަނެއްކާ މިއަދު ވެސް”އައިކާ ބުނެލީ ގާތުގައި ހުރި ލައިނީގެ ކަންފަތް ބުޑުގައި އެވެ.އައިކާ ވެސް އީޝާމެންނާއި މެދު ނުރުހޭ ކަން އައިކާ ގެ ވާހަކައިން ލައިނީ އަށް ނަގައިގަނެވުނެވެ.

 

މިލާން އާއި ނަވްޔާ ގެ އިތުރުން ލައިނީ އާއި އައިކާ ކުރީގައި ހުރެގެން އިނގަމުން އައިއިރު އެމީހުންގެ ފަހަތުން އަލީކް އާއި ރަޔާންގެ އިތުރުން ކިޔާން އާއި ޒާރާ ހިނގަމުން އައެވެ.”ހައި ޔާން”ޝަހްނާ ބުނެލީ ކިޔާން އާއި ޒާރާގެ ދެމެދަަށް ވަންނަމުންނެވެ.ކިޔާން ހިތްހަމަނުޖެހުނީ ޝަހްނާ އައިސް އެދެމީހުންގެ ދެމެދަަށް ވަނުމުންނެވެ.ހުރީ ވެސް ކިޔާންގެ ގައިގައި ޖެހިގަނެގެންނެވެ.

 

“ހޭ ޝަހްނާ މިތާ ދެމެދަށް ނުވަދުނަސް ޝަހްނާ އަށް ހުރެވިދާނެ ދޯ”ކިޔާން އެހެން ބުނި އިރު ނަސީބަކުން އެމީހުންނަށް އަތިރިމައްޗާއި ހިސާބަށް އާދެވިއްޖެ އެވެ.އަތިރިމަތީގައި އެމީހުން ތިބި ހިސާބުގައި މީހުން ގިނަ ނުވިކަން އެއީ ކިޔާންގެ ނަސީބެވެ.ކުއްލިއަަކަށް ހުރެފައި ކިޔާން އެއްޗިހި ކިޔައި ގަތުމުން މިލާންމެންގެ އިތުރުން ޝަހްނާ އަށް ވެސް ސިހުމެއް ލިބުނެވެ.”ކިޔާން ދެން ރީތިކޮށް ބުނި ނަމަ އަހަރެން ވެސް ތިދެމެދަކަށް ނުވަންނާނެ ދޯ”މިލާން މެން އެންމެން ގެ ސަމާލުކަން ވެސް ޝަހްނާ އަށް ހުއްޓުމުން ޝަހްނާ ކުޑަ ކޮށް ލަދުގަންނަ ގޮތްވިއެވެ.ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ ޝަހްނާ ބެލިއެވެ.

 

ކިޔާން އޭނާ އާއި ދިމާލަށް އެހެން ބުނުމުން ޝަހްނާ އަށް އެކަމުގެ ކުށް ވެސް އެޅުވީ ޒާރާގެ ބޮލުގައި އެވެ.ޒާރާ އެތަނުގައި ނެތް ނަމަ އެނާ އައިސް ކިޔާން ގާތު ހުއްޓުމުން އެއްޗެކޭ ނުބުނާނެ ވިއްޔާ އެވެ.ނަމަވެސް ޝަހްނާ އަށް ނޭނގުނީ ޒާރާ ނާންނަ އިރު ވެސް ޝަހްނާ އައިސް ކިޔާން ގާތު ހުއްޓުމުން ކިޔާން އަށް އުނދަގޫވާ ކަމެވެ.

 

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ެއުކައިލް

Next

ސައިކޯ 03 ވަނަ ބައި

Next
May 14, 2024

ސައިކޯ 03 ވަނަ ބައި

Previews
May 14, 2024

ެއުކައިލް

10 Comments!

  1. Maash Butterflyyyyy says:
    May 14, 2024 at 2:00 pm

    Heyy rifoo
    Mi part vx vrh reethi maasha Allah❤❤
    Shahna zaa aa kiyaan ge medhah vanuna nudhehchey.. Ekam heevey eyna kameh kuraane hen…
    Anyways when’s the next part?
    Waiting curiously for the next part☺
    Lyssm dear💜🦋

  2. Laura says:
    May 14, 2024 at 3:13 pm

    Ohhh kiyaan molhu.saabahey
    Haadha curious thankolhakunney thi ninmaali darla ☺️
    Mi part vx vrh reethi Masha Allah
    Dhen next part ge inthizaaru ga hureveyni.dhen neynge shahna kon kulhi eh kamei kulheynyki.
    Boa halaaku.mi shahna eh madu vaani adhi landei libunyma.
    Avahah yaan and zaa gulhuvaafa shahna jealous kohlaa.eyrun shahna hunnaany shahna ah vefa 😤.haadha foohi vaa meehekey eii.shahnaa oh olhuny ingey shahoo Lol 😂
    Miadhu vs mi part upload vi tho mihaaru 5 to 10 faharu belijje.mi vaahaka hama reethiyyey
    Curiosly waiting for the next part
    Love you Rifoo 💋

    1. RIFSHA says:
      May 15, 2024 at 5:15 am

      Hi Laura 👋
      Hehe ehen tha hama ehaa vx curious thankolhakun tha Rifoo ah ninmaalevifa iny.
      Ahaha dhen vaane gothei balamaa dho.shahna ah landei libifa kiyaan and zaa gulheyni tho nooni shahna zaa and kiyaan ah landei dheyni tho
      Ehen tha next part in sha Allah mi rey submit kohlaanan
      Love you more Darla 💋

  3. ސްލީޕިން ބިއުޓީ says:
    May 14, 2024 at 7:37 pm

    Waaw Masha Allah mi ep vrh reethi mi ep gains in kusheh eii dhanvaruge Hama himeyn vaguthuthu Zara ge nazaru nidhaafai oiy navyaa eh huhte eve.baara jahanikoh Zara ah heylevuny eey inee so Ethan kudakoh confused vey so bunely
    Totally vrh nice
    When is next ep
    Curiously waiting
    Lysm dear☺️☺️

  4. Rauha says:
    May 14, 2024 at 8:50 pm

    Hi rifoo
    Mi part vx varah reethi masha Allah 💓
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Kiyaan ah saabahey.alhe hama enme salhi thankolhun thi ninmaali.shahna vx dho dhen
    Love you darling ❤️

    1. RIFSHA says:
      May 15, 2024 at 5:18 am

      Hi Rauha
      Thanks thi dhehvaa support ah.
      in sha Allah next part mi rey submit kohlaanan
      Konme reader eh vd thi hen bunani 🤭
      Love you more Darla 😘

  5. ifoo says:
    May 14, 2024 at 10:49 pm

    vv reethi mi part vs maasha allah..when nxt part??

    1. RIFSHA says:
      May 15, 2024 at 5:19 am

      Thanks ifoo.varah ufaa vejje ifoo ah mi part vx kamudhiya kan ingunyma
      Next part in sha Allah mi rey submit kohlaanan

  6. RIFSHA says:
    May 15, 2024 at 5:23 am

    In a reply to @butterrly
    Thanks maash
    Dhen Rifoo visnaalaanan ingey.
    Ahaha dhen vaane gothei balamaa dho 🤭
    Next part in sha Allah mi rey submit kohlaanan
    Love you more maash <3

  7. RIFSHA says:
    May 15, 2024 at 5:26 am

    In a reply to @ސްލީޕިން ބިއުޓީ
    Thanks sleeping beauty
    Thank you varah bodah hedhifa in mistake eh bunela dhinyma.aslu alhugandu vx beynun hedhifa hunna mistakes balaalan.eyrun ehnu e mistakes rangalhu kohleveyni aslu
    Next part in sha Allah mi rey submit kohlaanan.admin team in upload kohlihaa avahakah kiyaalan libeyne
    Love you more sleeping beauty 💋

Comments are closed.



All Right Reserved!