Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ނަވާރަވަނަ ބައި)

ޒަޔާން ވެސް ޝުކުުރުގެ ލޮލަކުން ނާއިޝް އާއި ދިމާލަށް ބަލައިލަމުން އެއްފަރާތަކަށް ޖެހިލި އެވެ.ނާއިޝް ވެސް ބަދަލުގައި ޒަޔާން އާއި ދިމާލަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.ދެވަނަ ސިކުންތަކަށް ޑޮކްޓަރާއި ދިމާލަށް ނާއިޝް ބަލައިލީ އަވަސް ހިތަކާއިގެންނެވެ.ޑޮކްޓަރުގެ މޫނުމަތީގައި ހުރި ކުލަވަރު ދިރާސާ ކޮށްލާ މީހަކު ފަދައިން ނާއިޝް ޑޮކްޓަރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ޑޮކްޓަރު ދިން ހަބަރަކުން ނާއިޝް ވާންވީ އުފާ ކަމެއް ނުވަތަ ކުރަންވީ ހިތާމަ ކަމެއް ވެސް ނޭނގުނެވެ.

************************

“ޕޭޝަންޓް ގެ ހާލު ވަރަށް ސީރިއަސް.އެކަމު އަދި ފުރާނަ އެބަ ހުރި.ގައިން ވަރަށް ބޮޑަށް ލޭ ފައިބާފަ ހުރީމަ ލޭ ބޭނުންވޭ.މި ވަގުތުން މިވަގުތަށް ލޭ ނުހޯދިއްޖެއްޔާ ޕޭޝަންޓް ގެ ފުރާނަ އަށް ގެއްލުންވުން އެކަށީގެންވޭ “ޑޮކްޓަރުގެ ޖުމުލަތައް ނާއިޝް ގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.”ބްލަޑް ޓައިޕް ބުނެދެވިދާނެ ތޯ؟”ނާއިޝް އަހާލީ އޭނާ އަށް ވެސް ޒީވާގެ ލޭގެ ބާވަތް ނޭނގޭތީ އެވެ.”އޭ ޕޮޒިޓިވް”ޑޮކްޓަރު އެހެން ބުނެލާފައި މަޑު ކޮށްލީ ނާއިޝް އެއްޗެކޭ ބުނޭތޯ ކަންނޭނގެ އެވެ.ނާއިޝް އެއްޗެކޭ ނުބުނުމުން ޑޮކްޓަރު އެނބުރި އައި ކޮޅަށް ދިޔަ އެވެ.

 

އިރުކޮޅަކުން ޒަޔާން ވެސް ޒީކާން ފޯނު ބޭއްވުމުން ނާއިޝް ގާތު ހުއްޓިލި އެވެ.”ކީކޭ ޒީކް ބުނީ؟”ނާއިޝް އޭނާގެ މޫނު މަތީގައި ހުރި ހާސްކަން ފޮރުވަމުން ބުނެލިއެވެ.”ޒީކް މެން މިރޭ އަންނަ ވާހަކަ ބުނީމެއްނު.ދެންމެ ގުޅާފަ އެބުނީ ނާދެވޭނެ ޔޯ.ޒިވާ އެޑްމިޓް ކޮށްފަޔޯ އޮތީ އެހެންވެ ޓިކެޓް ކެންސަލް ކޮށްލިއްޔޯ”ޒަޔާން ނާއިޝް އަށް ދިން ހަބަރަކުން ނާއިޝް ގެ މޫނުމަތީގެ ކުލަ އޮއްސުނެވެ.

 

“ޑޮކްޓަރ ކީކޭ ބުނީ؟”ޒަޔާން ނާއިޝް ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު ނާއިޝް އާ ސުވާލު ކޮށްލި އެވެ.”ލޭ އަޅަންވިއްޔޯ.އަދި މަ މި ހުރީ ނުކް މެން އައިއްސިއްޔާ ކޮންމެވެސް އެއްކުއްޖަކު ގައިގަ ޒީވާގެ ލޭ ހުރެދާނެއެއްނު އެހެންވެ ވަރަށް ހަމަޖެހިލައިގެން “ނާއިޝް ބުނެލީ އެއްވެސް އުންމީދެއް ނެތް ފަދަ އިންނެވެ.”ބްލަޑް ޓައިޕް ބުނެބަލަ އޭރުން ދޯ މަށަށް އިނގޭނީ ވެސް ހެލްޕެއް ވެދޭން”ޒަޔާން ބުނެލީ އޭނާ އަށް އެހީ އެއް ވެވެން އޮވެދާނެތީ އެވެ.”އޭ ޕޮޒިޓިވް.މަގޭ ގައިގަ ވެސް ހުންނަނީ އޯ ޕޮޒިޓިވް އޭ ދެން ކިހިނެތް ހަދާނީ.މަށަށް އިނގޭ ޒާންގެ ހުންނާނީ އޭބީ ނެގެޓިވް ކަން”ނާއިޝް ބުނެލީ ސީދާ ޒަޔާން ގެ މޫނަށް ބަލައިލަމުންނެވެ.

 

ނާއިޝް ގެ ވާހަކައިން ޒަޔާންގެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ.”އަހަރެން ގައިގައި އެޓައިޕް ނެތަސް ނާއިޝް އަށް ލޭ ހޯދާދޭނަން ކޮންމެ ހާލެއްގަ ވިޔަސް”ޒަޔާން ނާއިޝް ގެ ނިވެން ކައިރިވެފައި ވާ އުންމީދު އާކޮށްލަދިނެވެ.”ތެންކްސް ޒާން”ނާއިޝް ބުނެލީ ޒަޔާން އާއި ދިމާލަށް ޝުކުރުން ފުރިގެންވާ ލޮލަކުން ބަލައިލަމުންނެވެ.ޒަޔާން ހީލީ އެއީ އެއްވެސް ކަމެއް ނޫނޭ ބުނާފަދަ ގޮތަކަށްށެވެ.”އެބަ އަންނަން އިނގޭ ބޭރަށް ގޮސްލާފަ”ޒަޔާން ބުނެލީ މުހިއްމު ކަމެއް މަތިން ހަނދާންވުމުންނެވެ.

 

މަރުކަޒުން ބޭރަށް ގޮސް ޒަޔާން މަޑު ކޮށްލީ މަރުކަޒުގެ ގޭޓު ފެންނަ ހިސާބުގައި އެވެ.ގަޑިން ހައެއް ޖެހި އެއް ކަމަކު ފިނި މޫސުމް ފެށިގެން އުޅޭތީ އަދި ކިރިޔާ އުޑުމަތީގައި ނޫކުލަ ފާއްދާލީ އެވެ.މަރުކަޒަކީ ސައުވީސް ގަޑިއިރު ހިދުމަތްދޭ ފެންވަރު ރަނގަޅު މަރުކަޒަކަށް ވުމުން އޭރު ވެސް ބަލި މީހުންތައް ވަނީ މަރުކަޒު ފުރާލާފައި އެވެ.ފޯނު ކޯލެއް އައުމުން ފޯނު ކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަމުން ދިޔަ ޒަޔާންގެ ސަމާލުކަން ހުއްޓުނީ އަންހެން ކުއްޖެއް ގޮވައިގެން ބޭރަށް ނިކުން ރާއިލް އެވެ.ދުރުން ފެނުނެއް ކަމަކު ޒަޔާން އަށް ރާއިލް ވަކި ކުރަން އިނގުނެވެ.ނަމަވެސް އެ އަންހެން ކުއްޖާ އަކީ ކާކު ކަމެއް ޒަޔާން ބަލަ ބަލާ ވެސް ނޭނގުނެވެ.

 

ކަޅު ކުލައިގެ ފަން ފަން އިސްތަށިގަނޑު އުނަގަނޑާ ހިސާބަށް އަރާ އިރު މޫނުމަތިން އެކަނި ވެސް އެއީ ބޭރު ކުއްޖެއްކަން ނަގައިގަންނާކަށް ޒަޔާން އަކަށް އުނދަގުލެއް ނުވިއެވެ.ލާފައި ހުރި އައިސް ބްލޫ ކުލައިގެ ހޫޑީ އެ އަންހެން ކުއްޖާގެ ހަންގަނޑާއި ވަރަށް ގުޅެއެވެ.ރާއިލްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން އެކުއްޖާ ހިނގަމުން ދިޔަ އިރު ބަލާ ބެލުމަށް ބަލި ފާޑެއް ޖަހަ އެވެ.

 

ފޯނު ކޯލު ކުރުކޮށްލަމުން ޒަޔާން ރާއިލް އާއި ދިމާލަށް ދާން ހިނގައިގަތީ ރާއިލް ކާރަކާއި ދިމާލަށް މިސްރާބު ޖެހުމުންނެވެ.ޒަޔާން އަވަސް ހިނގުމެއްގައި ގޮސް ކާރު ކައިރީ މަޑު ކޮށްލަމުން ކަރު ކެހިލީ ރާއިލްގެ ސަމާލުކަން އަތުލުމުގެ ގޮތުން ނެވެ.ޒަޔާން ކަރު ކެހިލުމުން ރާއިލްގެ އިތުރުން އެއަންހެން ކުއްޖާގެ ސަމާލުކަން ވެސް ޒަޔާން އަށް ލިބުނެވެ.

 

ޒަޔާން އާއި ދިމާލަށް ބަލައިލި ރާއިލްގެ ލޮލުގައި ސިހުމުގެ އަސަރު ހުރިކަން ޒަޔާން އަށް ވެސް ފާހަގަ ވި އެވެ.ރާއިލްގެ ގާތުގައި ހުރި އަންހެންކުއްޖާ ވެސް އަޖައިބު ވެފައި ހުރެ ޒަޔާން އަށް ބަލަމުން ދިޔައީ ގާތުގައި މިލިއަނާރ އެއް ހުރުމުން ކަންނޭނގެ އެވެ.”މާޝް.ކާރުގަ މަޑުކޮށްލާ އިނގޭ.ރާއި އެބަ އަންނަން”އެ އަންހެން ކުއްޖާ އާއި މުޚާތަބު ކޮށް ރާއިލް އެހެން ބުނެލުމަށްފަހު ޒަޔާން އާއި ދިމާލަށް ބަލައިލިއެވެ.

 

ޒިވާ ހޮސްޕިޓަލުން ދޫކޮށްލީ ދަންވަރު ތިނެއް ޖަހަން ގާތްވެފައި ވަނިކޮށް ށެވެ.އެހެން ކަމުން ޒާރާ އާއި ޒީކާން ވެސް އޯވާރ ނައިޓް ކުރުކޮށްލަމުން ޕިންކްރޯޒްވިލާ އަށް ދިޔައީ މަންމަ ގާތު ހުރުމަށްށެވެ.”ކޮން އިރެއްގެ ފްލައިޓްއެކޭ ނަގަންވީ”ޒީކާން އާއި ނުކްޝާން އޭރު ތިބީ ޕިންކްރޯޒްވިލާ ގޯތީގެ މެދެއްހައި ހިސާބުގައި އެވެ.ނުކްޝާން އާއި ޒީކާން ގާތު ހުރި ނަވްޔާ ގެ މޫނުމަތިން ވެސް އެދެމީހުން ދައްކަމުން ދިޔަ ވާހަކަ އަށް ޝައުގުވެރިވެފައި ހުރި ވަރު އަންގާދެއެވެ.”އެހެންވީމަ މިހާރު ތިނެއް ޖެހީ.މިސްކިތަށް ގޮއްސަ އައިއްސަ ސައި ބޮއެގެން ހަތެއްގެ ލޯންޗް އަށް.އޭ ޒީކް ނުނިދާތި އިނގޭ.މަ ވެސް ނުނިދާނަން”ނުކްޝާން ނުނިދާނަމޭ ބުނެފައި ބޮލުގެ ފުށްކިބަ ގައި އަތް ހިނގާލީ ނުނިދާނަމޭ ބުންޏަސް އޭނާ އަށް ނިދޭނެހެން ހީވާތީ އެވެ.”އޯކޭ މަށެއް ނުނިދާނަން”ޒީކާން ބުނެލީ ފޯނު ނިވާލުމަށްފަހު ޖީބަށް ފޯނު ކޮށްޕާލަމުންނެވެ.

 

ބްލޫ ބެލް ގެއަށް ވަދެގެން އައި ނަވްޔާ އާއި ނުކްޝާން ފަރާތް ފަރާތް ހޯދާލީ އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ އެވެ.އެއްވެސް މީހެއްގެ ކީތް އެއްވެސް ދިރޭ އެއްޗެއްގެ ވެސް ހިލަމެއް ނުވުމުން ނަވްޔާ އާއި ނުކްޝާން ދެމީހުންގެ ކޮޓަރި އަށް ދިޔައީ ފައިގަ އިނދިލި ކުރި ޖައްސާލައިގެން ކަހަލަ ގޮތަކަށް ށެވެ.

 

ނުކްޝާން އަށް އޭނާގެ ގެ ކޮޓަރީގެ ތެރެ އަށް އެޅުނު އެންމެ ފުރަތަމަ ފިޔަވަޅާއި އެކު މޫނުމަތީގައި ބާލީހަކުން ޖެހުމުން ދެ ބުމަ ގޮށްޖަހާލެވުނެވެ.”ރިއަލީ އަދިވެސް ނުނިދަން ދޯ”ނުކްޝާން އަށް މުޅި ކޮޓަރިތެރެ އަަށް ނަޒަރު ހިނގާލެވުނެވެ.ނުކްޝާން އަށް ފުން ނޭވާ އެއް ދޫކޮށްލެވުނީ ކޮޓަރިތެރެ އަށް ބާލީސްތައް އުކާފައި ހުރުމުންނެވެ.ނަމަވެސް ނަސީބަކުން ކޮޓަރިތެރެ އަށް ބާލީސްތައް އުކުން ފިޔަވާ އިތުރު އެހެން ތޫފަނެއް ކޮޓަރިތެރެ އަކަށް އަޔާން އާއި ރިޔާން އެއް ނާރުވައެެވެ.

 

“ތީ މިރޭ ދާން ބުނި މީހަ އެއްނު.ނުދަނީތަ؟”އަޔާން ބުނެލީ ކޮޓަރިތެރެ އަށް އުކާފައި ހުރި ބާލީސްތައް އެނދަށް އަރުވަމުންނެވެ.”ތި ވާހަކަ އެއް ނޫނޭ .ތިދެމީހުންނެއް ނުނިދަން ތަ؟”ނުކްޝާން އަހާލީ އަޔާން އާއި ބައިވެރިވަމުން  އޭނާގެ ފައިބުޑަށް ވެއްޓިފައި އޮތް ބާލީސް ނަގައި އެނދަށް ލަމުންނެވެ.”ނުނިދިގެން ފޯނާ ކުޅެން މި އޮތީ”އަޔާން ބުނެލީ މޯޅި އަކަށް ދެމިލަމުންނެވެ.”ފަތިސް ނަމާދަށް ގޮވަނީ އެއްނު އެހެންވެ މީނަ އެ އުޅެނީ ނިދަން”ރިޔާން އެނދަށް އަރާ ލޯ މަރާލުމުން އަޔާން ބުނެލި އެވެ.”އޭ މަށަށް ހަތަރު ގަޑި ބައިގަ ގޮވާތި އިނގޭ”ނުކްޝާން ބުނެލީ ފޯނުން އެލާމް ކޮށްލަމުން އެވަރުން ވެސް އޭނާ އަށް ނުހޭލެވިދާނެތީ އެވެ.

 

“ޑޭޑް ކީތްކުރަނީ މިތާ؟ޒާމެން މީހަކު އެޑްމިޓް ކުރީތަ މި ކޮޅުގަ؟”ރާއިލް ބުނެލީ ޒަޔާން އާއި އެއްކޮށް އެއްފަރާތަކަށް ޖެހިލަމުންނެވެ.”ނޫނޭ މި އުޅެނީ ޒާގެ ދޮންތަ އެކްސިޑެންޓް ވެގެން.އިނގޭ އެންނު ނުކް. ނުކްގެ މަންމަ ޒީވާ.ހާލު ވަރަށް ސީރިއަސް އެހެންވެ ޑޭޑް މި ކޮޅުގަ ހުރީމަ މި ހުރީ މިތާ.ނުކްގެ ބައްޕަ ވެސް އެބަ އުޅޭ”ޒަޔާން ރާއިލް އޮޅުން ފިލުވަން ބޭނުންވާ ވާހަކަ އޮޅުން ފިލުވާލަ ދިނެވެ.”އޯހ ޒާ އެ އެބަ އުޅޭތަ؟”ރާއިލް އަހާލީ ޒާރާ އުޅޭތޯ އެވެ.”ނޫނޭ ނޫޅެ.ތި އެއް ނޫނޭ އެއީ ކޮން އަންހެން ކުއްޖެއް؟”ޒަޔާން އެހެން އަހާލީ އޭނާ އަށް ރާއިލްގެ އާއިލާގައި ރާއިލްގެ ކޮއްކޮ ރައިނާ ނޫން އެހެން އެއްބަނޑުއެއްބަފާ ކުއްޖަކު ހުންނަކަން ނޭނގޭތީ އެވެ.

 

“އެއީ މާޝާ.ރާއިލްގެ ދޮންތަ.ދޮންތަ ބަލިވެ އުޅޭތީ މިއައީ ޑޮކްޓަރަށް ދައްކާލަން ވެގެން.ރަނގަޅު ވަގުތަކު ދޯ މި އާދެވުނީ”ރާއިލް ހީލި އެވެ.”އާނ.ޑޭޑް ވެސް ދެންމެ ޑޮކްޓަރ ޒީވާ ގަޔަށް ލޭ އަޅަން ޖެހެއޭ ބުނީމަ މި ނިކުމެލީ މީހަކު އަތުން ވިޔަސް ލޭ ލިބޭތޯ”ޒަޔާން ހަގީގަތުގައި ބޭރަށް ނިކުމެ މީހަކަށް މި ގުޅި ސަބަބު އިނގުނީ އަދި ކިރިޔާ އެވެ.”އެހެން ތަ؟ބްލަޑް ޓައިޕް.އޭރުން ރާއިލް އަށް ވެސް ހެލްޕެއް ވެވިދާނެ ޑޭޑް އަށް”ރާއިލް ބުނެލީ އަތުގައި އަޅާފައި އޮތް ރޮލެކްސް ގަޑިން ގަޑި ބަލާލަމުން ނެވެ.”ރާއިލް ގައިގައި ވެސް ހުންނަނީ އޭ ޕޮޒިޓިވް”ޒަޔާން ލޭގެ ބާވަތް ބުނުމުން ރާއިލް ބުނެލިއެވެ.”މަޑު ކުރޭ އިނގޭ އަންނާނަން މާޝް ގެއަށް ލާފަ”ގަޑި ބަލާލަމުން ރާއިލް ބުނެލި ގޮތުން އެކަނި ވެސް އޭނާ އެހުރީ ލަސް ވެފައި ކަން ޒަޔާން އަށް އިނގިގެން ދިޔައެވެ.ޒަޔާން ވެސް ރާއިލް ފޮނުވާލީ ރާއިލް އެދާ ތާކަށް ދިއުމުގެ ފުރުސަތު ދިނުމަށްޓަކައި އެވެ.

 

ނުނިމޭ

Comments (13)

  1. Seesaw

    mi part ves varah reethi !
    last thakolhuga i varah revealedvi . same blood type personeh fenunima .
    Next part ah inthi zaaru kuraanan !
    Also exam phaas vitha ?
    Insha allah u Phaas vaane 🙂
    LY Rifoo ❤️

  2. Seesaw

    mi part ves varah reethi !
    last thakolhuga i varah revealedvi . same blood type personeh fenunima .
    Next part ah inthi zaaru kuraanan !
    Also exam phaas vitha ?
    Insha allah u Phaas vaane 🙂
    LYSM Rifoo ❤️

  3. Laura

    Hey RIFOO
    Mi episode ves varah reethi Masha Allah…
    Kon irakun next part kiyaalan libeyni 😊
    Curiosly waiting for the next part…
    Kurin part ah vx comment nu kohlevun dho…
    Alhe raail aa eky ehe ry kon kujjei tha??
    Varah curious vejje.gaimu zayaan ah eii kon kujjei kan neyngeyni raail aa e kujja aa gulhumei nethyma ehnu..dhen neynge varah curious 🤨
    Love you Rifoo 😘💕

    1. RIFSHA
      Laura

      Hey Laura
      Comment nukohlevun ei mahsala eh nooney.
      Next part in sha Allah mi rey submit kohlaanan.
      Dhen next part kiyaalyma ingeyne ei kon kujjei kan.hehe
      Love you more Darla<3

  4. Nishva

    What’s up rifoo
    Varah reethi ingey mi part vx…kon irakun next part kiyaalan libeyni..haadha curious thankolhakunney thi ninmaali.maasha and raail ge thankolhei gennahche.e dhemyhun othy kon gulhumei tho balaalaa hiyy vejje.. hehe
    Love you Rifoo 💋

    1. RIFSHA
      Nishva

      Hi nish
      Thank you nishva
      Next part in sha Allah mi rey submit kohlaanan
      Dhen next part kiyaalyma dho ingey kon gulhumei oi dhe myhun tho eii.yeah next part ga in sha Allah raaaaaail ge baeh gennaanan ingey
      Love you more nish darlings<3

    2. RIFSHA
      Nishva

      @seesaw comment
      Thanks seesaw
      Next part in sha Allah mi rey submit kohlaanan.
      Hehe Alhamdhulillah Rifoo enme hee nukuraa subject ah full marks vx libun.seesaw buni hen A+ vx huri.seesaw ahaali ma ingey mi buneli 😉
      Love you more seesaw Darla<3

  5. Butterflyyyyy

    Hey riffoo
    mi part vx varah reethi maasha allah💜💜
    Emmefahun Butterfly mi v raail ge sis ah dhw😭😭
    Alheyy nuk ge mamma ragalhu vaane dhw 😥😥
    Keep up the good work luv.. your doing great
    Btw How was your exam?? hope it went good
    Lyssm💜🦋

  6. Rauha

    Hey rifoo
    Mi part vx vrh reethi Masha Allah.
    Kon irakun next part kiyaalan libeyni
    Curiosly waiting for the next part
    May Allah bless you and your work🤲
    Love you Rifoo 💋💋

    1. RIFSHA
      Rauha

      Hey rauha
      Thank you ingey varah bodah thi dhey support ah.next episode submit kohlin reyga.pending ga adhi iny
      Love you more DARLA<3

  7. RIFSHA

    Hey butterfly 🦋
    Thanks butterfly…. rifoo ah kihinei ingeyni maasha ei butterfly kamei.hehehe
    Dhen next part kiyaalyma ingeyni rangalhu vaane kamei nooni noon kamei vx
    Love you butterfly Darla 💋

  8. Ifoo

    Vv reethi mi part vs maasha allah

    1. RIFSHA
      Ifoo

      Thanks ifoo

Comments are closed.