ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ބާވީސްވަނަ ބައި)
ޒާރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރާއިލް އަށް ޒާރާގެ ދެލޮލުގައިވި ޝަކުވާތައް ފެނުމުން ހިތަށް ހީވީ އެއްފަހަރާ ތީރުތަކެއް ހަރާލިހެންނެވެ.ދުވަހަކު ވެސް ޒާރާ އާއި ވަކިވެ ދާން ޖެހިދާނެއެކޭ އޭނާ އަށް ހީކުރެވިފައި އެއް ނެތެވެ.ނަމަވެސް މިއަދު މީ ޒާރާ އާއި ބައްދަލު ވާނެ ވެސް އެންމެ ފަހު ދުވަހޭ ރާއިލް ގެ ހިތަށް އެރިއެވެ.
**************************
“ކީތްވެ ރާއީ؟ކީތްވެ؟”ޒާރާ ގެ އަޑުގައި ވީ ޝަކުވާ އެވެ.ޒާރާ އަށް އެހެން ބުނެވުނު ކަމެއް ނޭނގި އޭނާގެ ލޮލުން ހޫނު ކަރުނަތައް އޮހިގެން ދިޔައެވެ.ގައިމު ވެސް ވެއްޓިފައި އޮތް ޕްރެގްނެންސީ ރިޕޯޓުން ވެސް މާޝާ އާއި ރާއިލްގެ ދެމެދުގައި އެކަހަލަ ގުޅުމެއް ނުހިނގައޭ ނުބުނެވޭނެއެވެ.ޒާރާ ކިތަންމެ ގަބޫލު ކުރަން ބޭނުންނުވިޔަސް މިއަދު މި އޮތީ ހަގީގަތާއި ކުރިމަތި ލާން ޖެހިފައި އެވެ.ކަރުނަ އަކަށް ފަހު ކަރުނަ އެއް ޒާރާ ގެ ލޮލުން ފައިބަން ފެށުމާއި އެކު ވެސް ޒާރާ ކަރުނަތައް ފޮހެލަމުން ރާއިލްގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ޒާ ލެޓް މީ އެކްސްޕްލެއިން”ރާއިލް ބުނެލީ އޭނާގެ ކުރިމަތީގައި އައިސް ހުއްޓިލި ޒާރާ ގެ ކޮނޑުގައި ހިފަހައްޓާލަމުންނެވެ.އެވަގުތު ރާއިލް ގެ ހަނދާނަށް ނައީ ގާތުގައި މާޝާ ކުޅިވަރު ބަލަން މަޑު ކޮށްގެން ހުރި ކަމެވެ.”ތީ ރާއި ގެ ޖީ އެފް ތަ؟”މަންޒަރު ބަލަން ތިބި އެންމެންނަށް ވެސް ސިހުމެއް ލިބުނީ މާޝާ އައިސް ޒާރާގެ ދެ އަތުގައި ހިފާލަމުން ސުވާލުކޮށްލުމުންނެެވެ.މާޝާ ގެ އަޑުގައި ވާ ވޭން ޒާރާ އަށް ނަގައިގަނެވުމާއި އެކު ޒާރާގެ ހިތުގައި ވެސް ކޫރުމެއް އެޅުނު ފަދައެވެ.
ރާއިލް ޒާރާ އަށް ބޭވަފާތެރި ވުމުން ޒާރާއަށް އެހިތުގައި އެޅި ވޭން އިނގޭނެތާ އެވެ.ދެން އަދި އަމިއްލަ ފިރިމީހާ ބޭވަފާތެރި ވުމުން މާޝާ ގެ ހިތުގައި އެޅި ވޭން ދެނެގަންނަން ޒާރާ އަށް ވެސް ނޭނގޭނެކަން ޒާރާ އަށް އިނގޭތީ މާޝާ ދައްކާ ވާހަކަ އަޑު އަހަން ބޭނުންވި އެވެ.”ސޮރީ ޒާ.ޒާރާ ދޯ ކިޔަނީ”ޒާރާ އާއި ދިމާލަށް ބަލައިލަމުން މާޝާ ބުނެލީ ޒާރާގެ ނަން ޔަގީން ކުރާ ފަދައިންނެވެ.”އަހަރެން ތި ދެމެދަަށް ވަނީ.ރާއިލް ޒާރާ އަށް ބޭވަފާތެރި އެއް ނުވެ”މާޝާގެ ވާހަކަަ ހުރި ގޮތުން އެންމެންނަށް ވެސް ހައިރާންކަމެއް ލިބުނެވެ.”މި ކައިވެންޏަކީ މާޝާގެ ބައްޕަ މަރުވަމުން ކުރި ވަސިއްޔަތަކަށް ވީމަ މި ކައިވެނި ކުރީ.އަސްލު އަހަރެން ވެސް ރާއިލް ދެކެ ލޯބި ވާތީ.އޭރު ނޭނގެ ޒާ ޔާ ރާއިލް އާ އުޅެނީ ރައްޓެހިވެގެން ކަމެއް.އަހަރުމެން ދެމީހުން ދެމެދަކު ޒާރާ ތި ހީކުރި ކަހަލަ ގުޅުމެއް ނެތް.އޮންލީ އެއް ކޮޓަރި އެއް ގަ ނިދާކަން.ނޮޓް އެނީ ތިންގް އެލްސް”މާޝާ ޒާރާ ގާތު ބުނީ ވެސް ދޮގު ވާހަކަ އެއް ނޫނެވެ.
“އަހަރެންގެ ބަނޑުގަ މި އޮތީ ރާއިލްގެ ކުއްޖެއް ނޫން”މާޝާ އެ ޖުމުލަ ބުނެލީ އުނދަގުލުން ކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ.އޭރު އެދެލޮލުގައި ކަރުނަ ވިދާ ބަބުޅަމުން ދިޔަ އެވެ.ނަމަވެސް ދެން ވެސް ފައިލް ހިފައިގެން ނިކުންނަމުން މާޝާ ބުނެލީ އެންމެ ވާހަކަ އެކެވެ.”ރާއިލް.ރާއިލްގެ ދިރިއުޅުމުން އަަހަރެން މި ދުރަށް ދަނީ.އެއްވެސް މީހެއް ގާތު ރާއިލް ނުބައި ކޮށްފަ ވާހަކަ އެއް ނުދައްކާންނަން. ތިދެމީހުންނަށް ބާއްޖަވެރި ޙަޔާތަކަށް އެދެން.ވަރަށް ސަލާމް”މާޝާ ފައިލް ހިފައިގެން ދަމުން ބުނެލި އިރު ވެސް އެއަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ.ފަހަތަށް ބަލާލުމެއް ނެތި މާާޝާ ބުނެލީ ރައިލް އާއި ދިމާލަށް ބަލާފައި އެހެން ބުނުމުގެ ހިތްވަރު ނުހުރެ ދާނެތީ އެވެ.
މާޝާ ދިޔަ ދިމާލަށް ބަލަން ހުރި ޒާރާ އާއި ރާއިލް ގެ އިތުރުން ދެންތިބި މީހުންނަށް ވެސް މިތިބެވުނީ މަރުކަޒުގައި ކަން އިނގުމުން އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނެވެ.”ރާއިލް ފަހަރެއްގައި އަހަރެން މިހެން ބުނީމަ ރާއިލް ގެ ހިތަށް ފާޑު ފާޑުގެ އެއްޗިހި އަރާފާނެ.އެކަމު…”ޒާރާ އެހެން ބުނެލަމުން ޒީކާން އާއި ދިމާލަށް ބަލައިލީ އޭނާ ބުނާ ވާހަކަ ބުނުމުގެ ކުރިން ޒީކާން ގެ ހިޔާލެއް ހޯދުމަށްޓަކައި އެވެ.ޒާރާ ނުބުންޏެއް ކަމަކު ޒީކާން އަށް ޒާރާ ބުނަން އުޅޭ ވާހަކަ އިނގުނެވެ.ޒީކާން ޒާރާ އާއި ދިމާލަށް ބަލައިލަމުން ބޯ ޖަހާލީ ބުނާށޭ ބުނާ ފަދަ ގޮތަކަށްށެވެ.”ރާއިލް.ޒާ މި ދައްކާ ވާހަކަ އަށް ރަނގަޅަށް ވިސްނައްޗެ އިނގޭ.އުންމީދު ކުރަން ޒާ މި ހެން މި ބުނާނީ ކީތްވެ ކަން ރާއިލް އަަށް ނަގައިގައިގަނެވޭނެކަމަަށް.ލެޓްސް ބްރޭކް އަޕް”ޒާރާ ބުނެލީ އޭނާގެ ކޮނޑު ގައި އޮތް ރާއިލް ގެ އަތް ނަގަމުންނެވެ.ޒާރާ އެހެން ބުނުމުން ރައިނާގެ މޫނުމަތިން ވެސް ގަބޫލު ނުކުރެވިފައި ހުރި ކަހަލަ ކުލަވަރެއް ފެނުނެވެ.
“ރިއަލީ ޒާ.އަހަންނަކަަށް ޒާ ނުލާ”ރާއިލް އަށް ބުނެވުނީ އެހާ ވަރަށް ށެވެ.ޒާރާ ވާހަކަ ދައްކަން ފަށައިފި އެވެ.”ރާއިލް.އެހެން މިބުނީ މާޝާގެ ބަނޑުގަ އޮތް ތުއްތު ފުރާނަ އަށް ވިސްނާފަ.މާޝާ އެހެން އެބުނީ އަހަރުމެން ދެމީހުން ދުރު ކުރަން އޭނަ ބޭނުން ނުވީމަ.މާޝާ އެހެން ދުލުން ބުންޏަސް އެއީ ރާއިލްގެ ވެސް ލޭ.އެކަމެއް ބަދަލެއް ނުވާނެ.އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން.ތުއްތު ކުއްޖަކު ބައްޕަ އެއްގެ ލޯބިން މަހުރޫމު ކޮށްލާފަ އަހަރެން އުފަލުގަ އުޅޭކަށް”ޒާރާ އެ ހުރިހާ ވާހަކަ އެއް ދެއްކީ އަމިއްލަ ހިތާ ދެކޮޅަށް ށެެވެ.
“އައި ލަވް ޔޫ ރާއިލް”ރާއިލް ގައިގައި ޒާރާ ބައްދާލުމަށްފަހު ދުރުވެލީ ދުރުވާން ބޭނުން ނުވެފައި ހުރެއެވެ.ރާއިލް އަށް އެންމެ ފަހުގެ ހިނިތުންވުން ހަދިޔާ ކޮށްލުމަށްފަހު ޒާރާ ދާން ހިނގައިގަތީ ނަވްޔާ އާއި ނުކްޝާން ގެ އިތުރުން ޒީކާން ދާން ހިނގާށޭ ބުނުމުންނެވެ.
ރާއިލް ފަސްދީފައި ޒާރާ އަށް އެނބުރެވުން ކަމެއް ނޭނގި ކަރުނަތައް އޭގެ މަގާމު ދޫކޮށްފައި ފައިބަން ފެށިއެވެ.ހޫނު ކަރުނަތަކުން ޒާރާގެ ކޯތާފަތް ތެމެމުން ދިޔަ އިރު އެހިތަށް ދިޔައީ މީހަކު ހަންޖަރަކުން ޖަހާލުމުން ވާނެ ތަދު އިހްސާސް ވަމުންނެވެ.”ޒާ.ޔޫ ޑިޑް ދަ ރައިޓް ތިންގް.އަދި ރާއިލް އަށް ވުރެ މާ ރަނގަޅު ކުދިން ޒާ އަށް ލިބޭނެ”ޒީކާން ބުނެލީ ޒާރާ ގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަދެމުންނެވެ.”ނައު ސްމައިލް.ކޫ އަށް ޒާ ރޮނިކޮށް ފެނިއްޖެއްޔާ މާ ކަންތައް ބޮޑު ވާނެ އިނގޭ”ޒިވާ މެން ތިބި ދިމާލަށް ދަމުން ނަވްޔާ ބުނެލި އިރު ނަވްޔާ ގެ ހިތަށް އޭނާގެ މަންމަ މަތިން ހަނދާންވުމުން ވަމުން ދިޔަ ތަދު ވަކި ކުޑަ އެއް ނޫނެވެ.
ބަންދު ދުވަހެއް ކަމުން ފަތިސް ނަމާދު ކޮށްލައިގެން އައި ކިޔާން ނިދާ ހިޔާލެއް ނެތެވެ.އޭގެ ބަދަލު ގައި ކިޔާން ވިސްނަމުން ދިޔައީ ޒާރާ އާއި މެދުގައި އެވެ.ޒާރާގެ ހިޔާލުގައި އޮތް ކިޔާން އަށް އަޔާން އައިސް ގެއަށް ވަދުން އިރު ވެސް ނޭނގުނެވެ.”މޮޔައެއް ވެފަ ހުރި ދުވަހެއް ތަ؟”އަޔާން އަހާލީ އޭނަ ގޮވަ ގޮވާ އަނގަ ވާޅުވި އިރު ވެސް ކިޔާން ގެ ފަރާތުން ޖަވާބެއް ނައުމުންނެވެ.”އޭ މިރޭ އެއްކަލަ ރިޔާންމެން އެއުޅެނީ ރިޔާނާ ދައްތަމެން ކައިރީ އެއްކަލަ ވާހަކަ ބުނަންނޯ.އަޅެ ނުކް ހުރި ނަމަ”އަޔާން އޭނާ އަށް ލިބިފައިވާ ހަބަރެއްގެ ވާހަކަ ކިޔާން އަށް ދިނެވެ.
“އަސްލު ވެސް ނުކް ނެތީމަ ދޯ”ކިޔާން ނުކް ނެތީމަ އޭ ހަގީގަތުގައި ބުނީ ފޮރުވިފައިވާ މާނަ އަކާއި އެކު އެވެ.
“ކޮން އިރަކުން ނުކް މެން އަންނަނީ”ކިޔާން އެހެން ބުނުމުން އަޔާން ގާތަށް ލާނެތް ހިންޏެއް އައީ އަދި ނުކްޝާންމެން ދިޔަތާ ކިރިޔާ ދެ ދުވަސް ވުމުންނެވެ.”ނޭނގެ ނުކް މަންމަ އަށް ވާ ގޮތް ބަލާފަ އަދި އިނގޭނީ”އަޔާން ގަސްތުގައި ކިޔާން ބޭނުންވި ސުވާލަށް ޖަވާބު ނުދިނީއެވެ.ހަގީގަތުގައި އަޔާން އަށް ޒާރާ އާއި ނަވްޔާ މީގެ ތިން ދުވަސް ފަހުން އަންނާނެކަން އިނގެއެވެ.އޭރަށް ވާ އިރަށް އެދެކުދިންގެ ޓާރމް ޓެސްޓް އޮންނާނެ ވިއްޔާ އެވެ.
ހަވީރު ހަތަރެއް ޖެހި އިރަށް ޒާރާ ނަވްޔާ އާއި ނުކްޝާން ގެ އިތުރުން ޒީކާން އާއި އެކު ހޮސްޕިޓަލަށް ދާން ތައްޔާރުވިއެވެ.އަދި ޒީވާ ހޭނޭރިއަސް މިހާރު ކުރި އަށް ވުރެ ރަނގަޅެވެ.ނަމަވެސް ޑޮކްޓަރުންނަށް ސީދާ ސީދަލަށް ޒީވާގެ ހާލަތު ބުނެދޭކަށް ނޭނގެއެވެ.އެހެން ނަމަވެސް ޒީވާގެ ހާލަތު ހުރި ގޮތުން ކޯމާއަށް ދިއުމުގެ ފުރުސަތު ބޮޑު ކަން އެމީހުން ނަށް އިނގެއެވެ.
ހުދު ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއި އެކު ބޭބީ ޕިންކް ކުލައިގެ ބޯ ޖެކެޓެއް ލައިގެން ހުރި ޒާރާ ލޯގަނޑު ކުރިމަތީގައި ހުރެ ފަރި ބަލަމުން ދިޔައީ ހޮސްޕިޓަލަށް ދިއުމުގެ ކުރިން ހުރި ގޮތް ބެލުމުގެ ނިޔަތުގައި އެވެ.ޕީޗް ކުލައިގެ ޝޯލް އެއް ބޮލުގައި އޮޅާފައި އޮތް އިރު ޒާރާގެ މޫނުކޮޅު ފެންނަން ހުރީ ކިތަންމެ ހާ ވެސް ރީތިކޮށެވެ.ނަމަވެސް ދުޅަވެފައި ހުރި ލޯ ފެންނަ މީހަކަށް ޒާރާ ރޮއެފައި ހުރިކަން ނަގައިގަނެވޭނެކަން ކަށަވަރެވެ.
ނުނިމޭ
12 Comments!
Comments are closed.




Heyyy riffo darlll
Vrh vrh reethi mi part vx maasha allah ❤
Zaara ah haadha visney dhw.. Dhen avahah zaa aa kiyaan aa gulhuva they both are made for each other😭❤
Keep it up girly
Lyssm
💜🦋
Hi Darla
Mi part vx varah reethi Masha allah.kon irakun next part kiyaalan libeyni.
Alhe mi part ky iru heevi hama vaahaka ga ulhevun hen.ehaa vx sifa kurun furihama.heevi hama zaa mn ge seen balan ethaa madu kohlaigen hurevun hen.of cause mee mi vaahaka ge enme reethi episode.hey darl dhen ulheba kiyaan and zaa gulhuvan.eii mi vaahaka ge enme loabi couple.
Curiosly waiting for the next part
Love you Rifoo 💋
Hi Rauha
Next part hama dhenme mi submit kohlee.in sha Allah esfiya team in upload kohlihaa avahakah kiyaalan libeyne
Thanks Rauha
Ahaha dhen vaa goi balamaa
Love you more Darla<3
Hi gurrl
You are doing great gurrl
Mi part vx varah reethi Masha Allah.
Dhen kiyan n zaa gulheyni dho
Alhe i can’t wait to see it.rau buni hen mi ee mi vaahaka ge enme reethi episode.and sifa kurun thah vs varah reethi Masha Allah 💗.mi mihaa thanah kiyun ehme reethi vaahaka.zaa ge aa raail ge seen varah reethi.dhen zaa mennah dhera eh nudhehche.lau ah hama roeny mi vaahaka ge bai thah kiyaafa.
maadhan dho next part kiyaalan libeyni
Curiosly waiting for the next part gurrl
Suvaalei ingey.dhen mi vaahaka ninmaafa ehen vaahaka eh upload kuraanan tha rifoo dhen innaany enme fahu aharei nu.ehenve mi suvaalu kohlee.school ninmaafa viyas upload kohlache vaahaka.cuz your stories are amazing.neekiyaa vaahaka vx
Love you Rifoo 💋💋
Hi lauu
And thanks lau ☺️
Ahaha dhen vaane gothei balamaa dho
Dhenme mi submit kohlee.in sha Allah admin team in upload kohlihaa avahakah kiyaalan libeyne.
In sha Allah mi vaahaka ninmaafa vx konmes dhuvahakun ehen vaahaka eh submit kohlaanan 😊
Dhigu vaahaka kiyuntherinaa hisaabah nugenevunsa kuru vaahaka genesdheynan dhigu vaahaka eh kiyuntherinaa hisaabah geneven dhen in sha Allah
Ummeedhu kuran lau ge suvaalah javaabu libijje kamah
Love you DARLA<3
Hi rifoo❤️
Masha Allah mi part ves vrh reethi kon irakun next part libeyny
Curiously waiting for the next part 🤗
Love you rifoo❤️❤️
vv reethi mi part vs maasha allah.when nxt part kiyaalan libeynee???
Thanks ifoo.next part dhenme mi submit kohlee.in sha Allah admin team in upload kohlihaa avahakah kiyaalan libeyne
Hi rifoo
Mi part vx vrh reethi Masha Allah.
Next part miadhu dhw.cant wait for next part.alhe mihaaru haadha vaahaka reehchey
Curiosly waiting for the next part Rifoo
Love you Rifoo 💋
Hey nish 👋
In sha Allah admin team in upload kohlihaa avahakah kiyaalan libeyne.neynge ekam miadhu kamei iyye vx submit nuvey dho vaahaka eh.thanks darla
Love you Darla<3
@butterflyyyy comment
Thanks butterfly.
Ahaha dhen vaane gothei balamaa dho 🤭
Yeah i know hehe 😁
Love you more Darla<3
@💜ONLY URS💜
thanks darla 🙂
In sha Allah next part admin team in upload kohlihaa avahakah kiyaalan libeyne
Love you more Darla 😗💖