ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަންސަވީސްވަނަ ބައި)
ޒިވާ އެހެން ބުނެލި ވަގުތުވީ ނާއިޝް ވެސް އެތަނަށް އައި ވަގުތަށް ވުމުން ނުކްޝާން ނާއިޝް ގެ ހިޔާލެއް ވެސް އެކަމުގައި ހޯދިއެވެ.ވާހަކަ ދައްކަން ތިބި އެންމެންނަށް ވެސް ސިހުމެއް ލިބުނީ ޑޮކްޓަރ ދޮރު ހުޅުވާލައިފައި އައުމުންނެވެ.ޑޮކްޓަރުގެ މޫނަށް ބަލާލާފައި އެކަނި ވެސް ނުކްޝާން މެންނަށް ޑޮކްޓަރު ދޭން އުޅެނީ ކޮންކަހަލަ ހަބަރެއްކަން ނަގައިނެވޭކަށް ސިކުންތު ކޮޅެއް ވެސް ނުނެގިއެވެ.
********************
“ޕޭޝަންޓް ހޭ އަރައިފި.މިހާރު އޮތީ ނިދިފަ.އަދިވެސް އެހާ ރަނގަޅެއް ނޫން.އަދި މިކޮޅުގެ ވީކްއެއް ވަރު ބަލާފަ ދޫ ކޮށްލެވޭނީ.ބައްދަލު ކޮށްލަން ވަދެވޭނީ ފަހަރަކު މީހަކަށް”ޑޮކްޓަރު ދެމުން ދިޔަ އިރުޝާދު އަޑު އަހަމުން ދިޔަ އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ.
“ކޫ އެންމެ ފުރަތަމަ ދޭ”ނަވްޔާ އާއި ނުކްޝާން އެހެން ބުނެލީ ކިތަންމެ ޒީވާ ގެ ހާލު ބަލާލަން ބޭނުންވި އެއް ކަމަކު ޒިވާ އާއި ނާއިޝް ގެ ފަހުން ނޫނީ ވަންނަން ބޭނުން ނުވީމަ އެވެ.ނުކްޝާންމެންނަށް ވުރެ ގިނަ ދުވަހު ޒީވާ އާއި އެއްކޮށް އުޅެފައި ހުރީ އެދެމީހުންނަށް ވުރެ ޒިވާ އާއި ނާއިޝް އަށް ވުމުންނެވެ.
“ކޫ ދިޔަ އިރަކުން ނޫނީ ނާޔާމެނެއް ނުދާނަން ދޯ ދޮންބޭ”ޒިވާ ނުދާން އުޅެން ހެދުމުން ނަވްޔާ ގަދަ ދައްކާލިއެވެ.އެމަންޒަރު ބަލަން ދުރުގައި ހުރި ނާއިޝް އަށް ހީލެވުނީ ނަވްޔާ ކުޑަ އިރު ވެސް ޒިވާ ގާތުން ކުރި ހޯދަން އެގޮތަށް ބޮޑާ ހާކާ ހަނދާން ވުމުންނެވެ.ނާއިޝް ކައިރީގައި ޒަޔާން ވެސް ފޯނާ ކުޅެން އިނެވެ.އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ހުއްޓެއް ކަމަކު އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ސަބަބުން އެހިތަށް ވަނީ ހަމަޖެހުމެއް ލިބިފައިއެވެ.
ދުވަމުން ތެޅި ފޮޅެެމުން މިލާން އައިސް ކިޔާންމެންގެ އަށް ވަދުނީ ކިޔާން ގާތު ވަރަށް މުހިއްމު ވާހަކަ އެއް ބުނަން ވެގެން ނެވެ.”މިލާނޫ.ކޮން މޮޔަ އެއް ވެގެންތަ ތިހާ ބާރަކަށް ތި އައީ”ކިޔާން ޖޯލީގައި އޮތް އިރު ވެސް މިލާން އަށް ކިޔާން ފެނުނީ ކިޔާން ވާހަކަ ދެއްކުމުންނެވެ.އަވި ބާރު ކަމުން ދެލޯ ހުޅުވާލެވެނީ ވެސް ކިރިޔާ އެވެ.އެވަރުން ވެސް މިލާން އަށް ކިޔާން ގާތު އެވާހަކަ ބުނުން ފަސް ކޮށްލެވޭ ކަމަކަށް ނުވިއެވެ.
“އޭއި މި އުޅެނީ ވަރަށް ބޮޑު ކަމެއް ވެގެންނޭ.ނާޔާމެން މާދަމާ އާދެއެއްނު”މިލާން އެެހެން ބުނުމާއި އެކު ކިޔާން ދެނޭ ބުނެލީ އޭނާ އަށް ވާގޮތް ނަގައިނުގަނެވުމުންނެވެ.”ދެން މަށާ އެއްކޮށް މާލެ ދާނެ މިހެކޭ ބޭނުން ވަނީ.ރަޔާން އެއް ނުދާނެ.އެހެންވެ މަ މި އާއި ކައެ ހުރި ތާކުން ވެސް ދަމާ ނެރިގެން ގެންދަން ކަމަށް”މިލާން ބުނެލީ ފޮނި ގޮތަކަށް ބުމަ އަރުވާލަމުން ނެވެ.”އެވާހަކަ ބުނަންތަ ދެން ތި އައީ މި ގަޑީގަ”ކިޔާން އަހާލިއެވެ.”ހްމްމްމް ހަމަ ނާޔާމެން ބަލާ ދާން ވާ ގަޑި އަށް މާލެ ގޮއްސަ ނަގައިގެން އަނެއްކާ ރަށަށް.ޒަޔާންބެ ބުނީ ޒަޔާންބެ ލާރީގެ ކަންތައްތައް ކޮށްދޭނަމޭ.މަންމަ ވެސް އޯކޭ.ދެން ކިޔާން އަހާ ކައިދައްތަ ކައިރީގަ”މިލާން އާއި ކިޔާން އެހެން ވާހަކަ ދައްކަން ތި ބުމަށް ފަހު މިލާން ގެ އަށް ދިޔައީ ވެސް ނަވްޔާ ގުޅުމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ހުރި ނަވްޔާ އާއި ޒާރާ ފަރާތް ފަރާތް ހޯދަން ފެށީ ދަންނަ މޫނެއް ފެނޭތޯ އެވެ.ޒާރާ އެއްލި ކަޅިން ގުރާ ފެހި ކުލައިގެ ޓީޝާޓަކާ ޕީޗް ކުލައިގެ ސޯޓެއްގައި ހުރި ކިޔާން އާއި އެއްކޮށް އަންނަމުން ދިޔަ މިލާން އާއި މިލާން ގެ މަންމަ މިޔާ އަޅައިގަތެވެ.ޒާރާ އަށް ކަޅި ޖަހާ ނުލާ ކިޔާން އާއި ދިމާލަށް ބެލެމުން ދިޔަ އެވެ.
ދޮން ހަންގަޑަކާއި ބައިމަތި ފުޅާ ހަށިގަނޑެކެވެ.އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ހުރި ގޮތުން އަޅައިގަންނަ ގޮތެއް ހުއްޓެވެ.ލައިގެން ހުރީ ޓީޝާޓެއް ކަމުން އަތުގެ މުލައްދަނޑީގެ ވަރުގަދަކަން ހާމަވެގެން ދެއެވެ.ޒާރާ އަށް ހިތާ ހިތުން ކިޔާންގެ ރީތިކަމަށް ތައުރީފު ކޮށްލެވުނެވެ.ކުރިން އޭނާ އަށް އެ ރީތިކަން ފާހަގަ ނުވީ ކީއްވެ ހެއްޔެވެ؟ޒާރާ އަމިއްލަ ހިތާ އެސުވާލު ކޮށްލި އެވެ.
ކިޔާންމެން ކައިރި އަށް އަންނަމުން ދިޔަ ވަރަކަށް ޒާރާގެ ހިތުގެ ތެޅުން ބާރު ވަމުން ދިޔަ އެވެ.އަނެއްކާ އޭނާ އަށް ލޯބި ވެވުނީ ހެއްޔެވެ؟ނަމަވެސް އެހެން ވާންވީ ކީއްވެ ހެއްޔެވެ؟އަދި ރާއިލް އާއި ރުޅިވިތާ މި އުޅެނީ ހަފްތާ އެއް ވެސް ނުވެގެން ނެވެ.
“ނާޔާ މިހާރު މަންމަ ރަނގަޅު ތަ؟”ކައިރި އަށް އައިސް މިޔާ ކޮށްލި ސުވާލަށް ނަވްޔާ ޖަވާބު ދިނީ ބޮލުގެ އިޝާރާތުން ނެވެ.”މަންމާ އިރު ކޮޅަކުން އަނެއްކާ ލޯންޗް ނައްޓާލާނެ”މިލާން މިޔާ އަށް ވާހަކަ އަޅުވާލައިގެން މިހެން ތިބެވެން ނެތްކަން ހަނދާން ކޮށްލަ ދިނެވެ.މިޔާ ވެސް ދާން ހިނގާށޭ ބުނެލީ ފޯނުން ގަޑި ބަލާލަމުން ނެވެ.ނަވްޔާ އަތުން ލަގެޖް އަތުލަމުން މިލާން ކުރީ ގައި ހުރެ ދާން ހިނގައިގަތީ މަގު ދައްކައިދޭ އާރުކާޓީ އެއް ހެންނެވެ.
ލޯންޗް އަށް އަރާފައި ޒާރާ އިންނަން ޖެހުނީ ކިޔާން އާއި ޖެހިގެންނެވެ.ޒާރާގެ ހިތް ތެޅެމުން ދިޔައީ އެހެން މިހެނެއް ބަލާފައި އެއް ނޫނެވެ.ޒާރާ އަކީ އަބަދު ވެސް ކަނޑަށް ބަލި ކުއްޖަކެވެ.ނަވްޔާމެން މީހަކު ގާތުގައި ނެތުމުން މީހެއްގެ ކޮނޑުގައި ބޯ އަޅާފައި ނުވެސް ނިދޭނެ އެވެ.ޒާރާ އަަށް ކިޔާން އާއި ޖެހިގެން އިންނަން އުނދަގޫވީ އެހެންވެ އެވެ.
ނަވްޔާ އިނީ މިޔާ ގާތު އެވެ.އޭނާ އިން ތަނުގެ ގޮތުން ޒާރާ އާއި ކިޔާން ގެ ހުރިހާ ހަރަކާތްތެއް ފެންނަމުން ދިޔައެވެ.ލޯންޗް ދުއްވަން ފެށުމުން ނަވްޔާ ގެ ނަޒަރު ޒާރާ އާއި ކިޔާން އިން ކައްސާ ނުލައެވެ.ޒާރާ އަކީ ކަނޑަށް ބަލި ކުއްޖެއްކަން އިނގޭތީ ކިޔާން ގާތު އިނުމުން ހަދާނެ ގޮތެއް ވެސް ނަވްޔާ އަށް އިނގެނީ އެއް ވެސް ނޫނެވެ.
ޖަހާލި ބިޔަ ރާޅާއި އެކު ޒާރާ އަށް ގާތުގައި އިން ކިޔާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލެވުނެވެ.ކަނޑުގެ ބިޔަ ރާޅުތަކަށް ބަލަހައްޓައިގެން އިން ކިޔާން އަށް ހަމަ ރަނގަޅަށް ވެސް ޒާރާގެ ފިނި އަތްތިލަ ޖެހުމުން ސިހުމެއް ލިބުނެވެ.”ސޮރީ”ކިޔާން ބަލާލުމާއިއެކު ޒާރާ ވަގުތުން ބުނެލީ ކިރިޔާ ކިޔާން އަށް އަޑު އިވޭ ވަރަށް ށެވެ.ކިޔާން ހިނިތުންވެލީ އެއީ އެއްވެސް ކަމެއް ނޫނޭ ބުނާފަދަ ގޮތަކަށްށެވެ.
ޒާރާ އަމިއްލަ ސީޓުގައި ބޯ އަޅައި ރަނގަޅަށް ހަމަޖެހިލަމުން ނިދޭތޯ އުޅުނީ ހޮޑު ލަވާ ގޮތް ވުމުންނެވެ.މަޑު މަޑުން ނިދެމުން ގޮސް ޒާރާ އަށް ނިދީގެ ފޮނި އާލާމަށް ދަތުރު ކޮށްލެވުނެވެ.ޒާރާގެ ބޯ މަޑު މަޑުން އަރިވަމުން ގޮސް ކިޔާންގެ ކޮނޑުގައި ޖެހިލިއެވެ.ނިދާފައި އޮތް ޒާރާ އަށް މީން އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ފަދަ އެވެ.ކިޔާންގެ ކޮނޑުގައި ބޯ އަޅާލަމުން ޒާރާ އިތުރަށް ހަމަޖެހިލީ އެވެ.
މުޅި ދަތުރުގައި ހެން ކިޔާންގެ ނަޒަރު ހުއްޓިފައި ހުރީ ޒާރާގެ ދޮން ދޮން މޫނަށްށެވެ.ކިތަންމެ ބައެއްގެ ނަޒަރު އެދެމީހުންނަށް ހުއްޓެމުން ދިޔަ އެއް ކަމަކު ކިޔާން އަށް މީގެން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ.އެހެން ނުވާންވީ ސަބަބަކާއި ނުލަ އެއް ނޫނެވެ.ޒާރާގެ މޫނަށް ޒާރާ ހޭލާ ހުއްޓާ އެހާ ގިނަ އިރު ވަންދެން ބަލަން ހުންނާކަށް ނުކެރޭނެ ވިއްޔާ އެވެ.އެހެނެއް ކަމުން ކިޔާން ދިޔައީ އެވަގުތު ގެ ބޭނުން ހެޔޮ ގޮތުގައި ހިފަމުންނެވެ.
ލޯންޗް ރަށަށް ލެފުމާއިއެކު އެންމެން ތައް ނިކުން ނަން ފެށިއެވެ.އޭރު ވެސް ޒާރާ ނުހޭލުމުން ކިޔާން ހަދާނެ ގޮތް ހުސްވި އެވެ.އެންމެ ފަހުން ޒާރާ އަށް ގޮވާލީ އެނޫނީ ގޮތަކުން ޒާރާ ނުހޭލެއާވޭނެކަން އިނގުމުންނެވެ.ޒާރާ އަށް ވަގުތުން ކިޔާންގެ އަޑު ޖެހުމުން ފުންމައިގެން ތެދުވެވުނު ގޮތެއް ވެސް ނޭނގުނެވެ.އަވަހަށް ލޯންޗުން ފައިބަން އުޅެގަތެވެ.އެމަންޒަރު ބަލަން ހުރި ކިޔާން އަށް ހީލެވުނީ ބޭއިޙްތިޔާރުގައި އެވެ.
ޒީވާ އޮތް ކޮޓަރި އަށް ވަދެގެން އައި ނާއިޝް ޒީވާ އާއި ދިމާލަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.ކެންސަރު ޖެހިފައި ވުމުގެ ސަބަބުން އިސްތަށިގަނޑު ފައިބައިފައި ހުރި މުގެ ސަބަބުން ބަލައިލަން އައިބު ގޮތެއް ހުއްޓަސް އަދިވެސް ޒީވާގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ.
ނުނިމޭ
4 Comments!
Comments are closed.




Heyyy riffoo
mi part vx vrh vrh vrh reethi maasha allah..
kiyaan ulhey goii haadha cute eyy dhww… alhey real life boys kiyaan hen vaane nama😭 ohhhh zaara vx kiyaan ah emme fahun fall vany ey dhww… they both are made for each other.. Hope nuk menge mom ragalhu vaaney kamah.. haadha dhera ey nuk menah v goi dhw..
anyways mi part ge sifakurunthah and stuff are just perfect.. mi story nimmaafa rifooge new story eh fennaan kamah ummeedhu kurany.. also whens the next part??
curiously waiting for a new episode❤
Love you darll
Hi Rifoo
Mi part vx vrh reethi Masha Allah
Alhe zeeva rangalhu vaane dhw darlss.mihaaru eulheny kiyaan and zaa gilhen dhw.yess i can’t wait to see that
And dhen vaahaka nimeny dhw e zaa and yaan gulhifa aika and aleek gulhunyma
Kithah part thr innany mi story ga
Hope mi vaahaka ninmaafa rifoo aa vaahaka eh liyaane kamah
Curiosly waiting for the next part
Love you 😘
Hey Rifoo
Kurin part ah comment nukury time nulibunyma ingey comment kohlan mi ulheny dhathuru gossi geney.bandhu v ma.lau vx eba in kairy ga.
Any way story haadha curious thankolhakunney thi ninmaali
I mean zaa men ge bai
Next part maadhan dho
Curiosly waiting for the next part
Love you Rifoo Darla 💋
Vv reethi mi part vs maasha allah