Skip to content
އެސްފިޔަ

ނޭވާ ލާ ހިނދުު ހީވޭ ގާތުގައި ވާހެން (ޓްރެއިލާރ)

އެއްދިމާލަކަށް ބަލަހައްޓައިގެން ހުރިއިރު އެދެލޮލުގައި ވަނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ. ފޮރުވިފައިވާ ހިތާމަތަކެއް ވާފަދައެވެ.

“ޒެވިއަލް” ފާރުގައި ލެގިލައިގެން ހުރި ޒެވިއަލްގެ ސަމާލުކަން ހުއްޓުނީ ދޮރުން ވަދެގެން އައި ޖަލު ބަލަހައްޓާ އޮފިސަރަށެވެ. ބަލާބެލުމަށް އެ އެއީވެސް އެއުމުރުގެ ޒުވާނެކެވެ. އޭނާ ފެނުމުން ޒެވިއަލްގެ މޫނުމަތިން ކުޑަ ހިނިތުންވުމެއް ފާޅުވިއެވެ.

“ޒެވިއަލް..އަހަރެން ވަރަށް ހަނދާން ވާނެ . ހީކުރަން މިތަނުން ދަސްވި ކަންތަކާއި އުނގެނުން އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ކަމަށް.. އަހަރެން މިތާގައި ހޭދަ ކުރި ހަތް އަހަރުގެ ތެރޭގައި އަހަންނަށް ދިމާވި އެންމެ ތަފާތު ޒުވާނާ ތިޔައީ.. އުއްމީދުކުރަން ޖަލުން މިނިވަންވި ނަމަވެސް އަހަރެންނާއި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ކަނޑާނުލާނެ ކަމަށް..ތިއީ އަހަންނަށް ލިބުނު އެންމެ ގާތް އެކުވެރިޔާ” އޮފިސަރު ކަޔާން ހީލިއިރު ޒެވިއަލް އާއި ސަލާމް ކޮށްލަމުން އެއަތުގެ ތެރެއަށް ކަރުދާސްކޮޅެއް ލައްވާލިއެވެ. ޒެވިއަލް ހައިރާންވެފައި ބަލަހައްޓާއިގެން ހުރިއިރު ކަޔާންއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮން އެތަނައް އައިސް ވަނީ އިތުރު ދެ އޮފިސަރުންނެވެ.

**

“އަލާރާ މުހައްމަދު އަޒީޒް” އޮފެރޭޝަން ތީ އޭޓަރުގެ ތެރެއިން ނުކުމަތް ޑޮކްޓަރާއި އެކު ހުރި ނަރުހުގެ އަޑަށް  ތީއޭޓަރުގެ ބޭރުގައި ތިބި ދެމީޙުން ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް ދިޔައެވެ. “ޑޮކްޓާރ..އަޅުގަނޑުގެ ދަރިފުޅު ސްޓޭބަލް ތޯ” އަވަސް އަވަހަށް އަހައިލިއިރު އަޒީޒް މޫނުމަތީގައިވަނީ ހިތްދަތިކަމުގެ އަސަރެވެ. އެދެލޮގައިވަނީ ކަރުނައިގެ އަސަރެވެ.

“ﷲ އިރާދުކުރެއްވީތީ އަލާރާގެ އޮޕަރޭޝަން ކާމިޔާބު.. ނަމަވެސް އެކްސިޑޭންޓްވެ ޖެހުނު ގޮތުން ނުހަނު ބޮޑަށް ބޮލާއި ލޮލުގެ ނާރުތަކަށް ވަނީ ގެއްލުންވެފަ.. ހާއްސަކޮން ލޮލުގެ ފެނުމުގެ ހިއްސު ބަލަހައްޓާއިދޭ ނާރު ކަމަށްވާ އޮޕްޓިކް ނާވްގެ އެއިޓީ ޕަސެންޓްވަނީ ޑެމޭޖް ވެފަ.. ކޯމާއަކަށް ވެސް ދިޔުމަކީ އެކަށީގެންވާ ކަމެއް.. އަދި މިވަގުތު ޕޭޝަންޓް ހޭ ނާރާތީވެ ވަކި އެއްޗެއް އަޅުގަނޑުމެންނަށް ބުނަން ދަތި.. އިތުރު ސުވާލެއް އެބައޮތްތޯ” ޑޮކްޓާރުގެ ވާހަކަތަކުން އަޒީޒްއަށް ހުރިދިމާލަށް ތިރިވެވުނެވެ.

***

އައްސަލާމް އަލައިކުމް

މިއީ އަޅުގަނޑު މިސައިޓަށް ލިޔާ ތިންވަނަ ވާހަކައެވެ. އަޅުގަނޑުގެ އެހެން ވާހަކަތައް ފަދައިން މިވާހަކައަށް ވެސް ކިޔުންތެރިންގެ ތަރުހީބު އެންމެ ފުރިހަމައަށް ލިބިގެންދާނެކަމަށް ހީކުރަމެވެ. މިވާހަކައިން އިން ފެނިގެންދާނީ އަލާރާ އަދި ޒެވިއަލްގެ ހަޔާތުގައި ދިމާވާ ކަންތައްގަނޑެވެ.  މިވާހަކައިގެ ފުރަތަމަ އެޕިސޯޑު އިންޝާﷲ ވަރަށް އަވަހަށް ކިޔާލަން ލިބޭނެއެވެ.

 

 

 

Comments (6)

  1. Cutie girl

    Can’t wait to read
    Keep it up
    Annora ge hurihaa story eh ves v Reethi masha allah
    Love you ❤️

  2. Anony mee

    Eheeyyyy new story alert 🥰🥰🥰🥰thankuuu huvanyyy varah reethi vaane hen cant wait hama🥰🥰🥰
    Varah reethi vaane hen vaane ye🥰🥰🥰🥰

  3. Kurefi

    Zevial and alara ge kife egen v beynun vehje
    Hyvany varah ves rewthi vaane hen💝🤍
    Cant wait my fav author ever
    When mi story up vany

  4. Lilly

    So alara is blind rught
    Alhey 😢😢
    Zevial jail in😢
    Hope kuran themi vaareyga veemey nuhutti up vaane kamah💕💕💕

  5. Dhrrr

    Alhe v lwwbi vaane hen hyvany mi story..
    Waiting hama first ep ah 🤍🤍

  6. LAM

    wow i cant wait
    when mi vaahaka up kuran fashany
    hyvany varah reethi vaane hen
    storyge cover plush story ge name varah furihama and aslo zevial and alara ge name
    zevial describe kohdheefa in gothun v mysterious character eh hen heevany
    wowwwww i just cant wait
    you are my fav author
    unmeedhu kuran mi vaahaka ves hraas aai themi vaareygaa veemey fadhain hit vaane kamah
    themi vaareyga veemey genesdhinun nuhuttahche

Comments are closed.