Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 19

Annora Level 610 Stories100 Login100 Comments100 Stories
February 6, 2025 7 Mins Read
21 Comments

“އަނދިރި ހަވޭއްޔަކުން އަލި މަގަކަށް އާދެވުން ކަހަލަ އިޙްސާސް އެއް ކުރެވެނީ..އެހެންނު.. މަށައް މި ލިބުނު ގޮތެއް ބަލާނެ ކަމެއް ނެތް..މިއޮތީ މިވެސް ހޯދާފަ.. ޑޯންޓް ޔޫ ތިންކް ދެޓް މީ ހޭވް ޓް ޑޫ ދިސް ޓްގެދާރ” ޝަވަން ބަލައިލިއިރު ސޯފިއާގެ ތުންފަތް ފަވާލެވިފައިވަނީ އެ ވިހަ ހިނިތުންވުމުންނެވެ.
****
އަރްކާންގެ ކެބިންގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ލިއާނާ ދެފަހަރަކު ފުންނޭވާއެއް ދޫ ކޮށްލިއެވެ. އެތެރެއަށް ވަނުމަށްޓަކައި ދެތިން ފަހަރު ދޮރުގައި ޓަކި ޖަހަންވެސް އުޅެފިއެވެ. ނަމަވެސް ޖެހިލުންވަނީއެވެ. ދެ ހަފްތާއަށް ފަހު އޮފީހަށް އާދެވުނު އިރު އަރްކާންއާއި ކުރިމަތިލާން ޖެހޭނެކަން އެނގި ހަށިގަނޑުގައި ތުރުތުރެއް ލަމުންދިޔައެވެ. އޭނާއަށް ވަމުން ދިޔަ ގޮތްތަކުން އަމިއްލަ ނަފްސަށް އަޑުވެސް ލައިގަތެވެ.
އެހެން ހުރެފައި އެންމެފަހުން އެތެރެއަށް ވަނުމަށް ދޮރުހުޅުވާލި ހިނދު އެތެރެއިން ނުކުމައިން އަރްކާންއާއި މުޑިއެރިއެވެ. އެތަނަވަސް މޭމަތީގައި ޖެހުނު ހިނދު ސިހިފައި ލިއާނާ ބަލައިލި ހިނދު ފުރަތަމަ ވެސް ފެނުނީ އަރްކާންގެ ސިހުރުވެރި ނަޒަރެވެ. ލިއާނާގެ މުޅި ހަށިގަނޑުގައި ކަރަންޓްގެ އޮއިވަރެއް ހަލަބޮލިކޮށްލި ފަދައެވެ. އެދެލޮލުގެ ތެރެއަށް ގެނބިފައި ހުރި ލިއާނާއަށް ހަމަބިމަށް އާދެވުނީ އަރްކާން އޭނާގެ އަތުގައި ހިފައިލި ހެން ހީވުމުންނެވެ.
އަރްކާންގެ މޭ މަތީގައި އޮތް ލިއާނާގެ އަތްތިލަ ނަގާލި ހިނދު ވަގުތުން އަތް ފޮޅުވާލުމަށްފަހު ލިއާނާ ދުރަށް ޖެހުނީ ބިރެއް ފެނިގެން ދާ ބީދައިންނެވެ. “މްމްމް ސޮރީ..ހިއާސް ދި ޕެންޑްރައިވް..އަޒީޒްބެ ދިން” ލިއާނާ ދިއްކޮށްލި ޕެންޑްރައިވްގައި އަރްކާން ހިކަން ޔަގީންވުމުން އެވަހަކަށް އެތަނުން ދުރަށް ދުއްވައިގަތެވެ.
ލިއާނާ އުޅުނު ހުރި ގޮތުން އަރްކާންއަށް ހީނުގަނެވުނީ ކިރިއާއެވެ. ހިނިގަނޑު ބަނޑަށް ހިންދާލިއިރު އޭނާއަށް ހުންނަން ޖެހުނީ އަނގަމަތީގައި ދެއަތް އަޅުވާލައިގެންނެވެ.
“ސާރ..އަނގަޔަށް ތަދުވަނީތަ” އަރްކާން ހޯދަން އައި ޝުހާދުއަށް އަރްކާން ހުރި ގޮތް ފެނުނު ހިނދު ނިކަން އަވަހަށް އަހާލައިފިއެވެ. ވަގުތު އަނގަމަތިން އަތްދުރުކޮށްލާފައި ދެފަރާތައް ބޯހޫރުވާލިއެވެ.
“އެހެމް އެހެމް.. ކޮބާތަ ޑޮކިއުމެންޓްސް..އެންޑް އިޒް ސަމްތިންގް ރޯންގް” ޝުހާދުގެ މޫނުމަތިން ފެނިގެން ކަންބޮޑުވުމުން އަރްކާންއަށް ނިތްއަރުވާލެވުނެވެ.
“މިއޮތީ ސާރ..މްމް ސާރ ކެން ވީ ހޭވް އަ މޯމެންޓް ޓް ޓޯކް .. ދެއާސް އޭން އިޝޫ” ޝުހާދު ކަންބޮޑުވެފައި ހުރި ދެތިން ފަހަރު ފޫނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. އަރްކާން އެދުމުގެ މަތިން  ދެމީހުން ވަނީ އަރްކާންގެ ކެބިންއަށެވެ.
“ވީ ގޮތަކީ ކޮމްޕެނީގެ ޔާރލީ ފައިނޭންޝިއަލް ރިޕޯޓް ނެރެންޖެހޭތާ އެބަ ނޮވެމްބާރ ގަ.. ސޯ މި އަހަރު ނިމެމުންދާތީ އަޅުގަނޑުމެން އެކަމާއި މިއުޅުނީ..ދަ ތިންގް އިޒް..ފާއިތުވެ ދިހަ އަހަރުވެސް ޕްރޮފިޓް ލޮސް ނުވާ ވަރަށް އެބަހުރި މި ޔާރ ގަ ލޮސް ވެފަ.. ވީ ޗެކްޑް އޯލް ދޯސް ބޭންކް ސްޓޭޓްމެންޓްސް.. ވަރަށް ސްޓްރޭންޖް ކަމެއް ފާހަގަ ވީ..”ޝުހާދުގެ ދެއަތް ދެއަތާއި ގުޅުވާލައިގެން އިން އިރު އެވާހަކަ ބުނަން ވީބާއޭ ނޫނީ އެތަނުން ދުވެ ފިލަން ވީ ބާއޭ ހީވަމުން ދިޔައެވެ. އެކަން އެނގިއްޖެނަމަ ގައިމުވެސް އަޒީޒް އާއި އަރްކާން ރުޅި އަންނާނެއެވެ.
“ޝުހާދު މަށަކަށް ކަމަކު ނުދޭ ތިހާ އިންޑައިރެކްޓް ވީމައެއް..ތަންކޮޅެއް މީހަކަށް އެއްޗެއް ފަހުމް ވާހެން ބުނަންވީނު..” ޝުހާދު ދުރުދުރުން ވާހަކަ ގެންދަން ފެށުމުން އަރްކާންއަކަށް މަޑަކުން ނީނދެވުނެވެ.
“ދަ ތިންގް އިޒް…ކުންފުނީގެ ސާފް ފައިދާއަށް ބަލާއިރު، އެއްމަހުން އަނެއް މަހަށް ހަމަ ޕްރެޖެކްޓް ތަކުގެ އެގްޒެކްޓް އެމައުންޓްތައް އެބަހުރި ޖަމާވެފަ ކޮމްޕެނީ ހުރިހާ އެކައުންޓްތަކަކަށް..އެކަމަކު ކޮންޕެނީގެ މައި އެކައުންޓުން އެބަހުރި ކޮންމެ މަހަކު ވެސް ވަރަށް ބޮޑެތި އަދަދުތަކުން އެހެން އެކައުންޓަކަށް ފައިސާ ޑައިވާޓް ކޮށްފަ” ޝުހާދު ބުނެލި ވާހަކައަކުން އަރުކާންއަށް ކީކޭހޭ އަހައިލެވުނެވެ. ޝުހާދުގެ މޫނުމަތިން ފެނިގެންދާ ސީރިއަސްކަމުން އެއީ ތެދުކަން ހާމަވެއެވެ. އެހެންނޫނަސް ޝުޙާދުއަކީ އޭނާއާއި ސަމާސާ ކުރާނެ ވެސް މުއައްޒަފެއް ނޫނެވެ.
“މަޑުކޮށްބަލަ..ޑައިވާޓް ކޮށްފައޭ..މައްސަލައެއް އުޅެންޏާ މަށާ ހިސާބަށް އަންނަ އިރު ތިއަށް ވުރެން ރޯ ފިލާހެން މައުލޫމާތު ހޯދައިގެން ގެންނަން ޖެހޭނެ” އަރްކާން ކޯކަށިގަނޑަށް  ވާންވެލި އިރު އެ ވާހަކައިން އޭނާގެ ގާތައް ރުޅި އަންނަމުން ދިޔައެވެ.
“ސޮރީ އަރްކާން ސާރ..މިބުނަން އުޅޭ ވާހަކައަކީ އަޅުގަނޑުމެންނަށް އުޅެ އުޅެ ވެސް ދެނެއެއް ނުގަނެވުނު އެ އެކައުންޓްގެ އެއްވެސް ޑީޓެއިލްއެއް.. ސްޓްރޭންޖް ކަމަކީ އެކައުންޓު ނަމްބަރުގެ ލާސްޓް ފައިވް ނަމްބާރް އިންނަނީ ބްލާރ ކޮށްފަ…”
“ވަޓް..ކީކޭ” އަރްކާން އަޑު އިހުނަށްވުރެން ބާރުވިއެވެ. މޫނުމަތީގެ ރަތްކަން ވެސް ދެގުނަވިފަދައެވެ.
“މިބުނީ ބޭންކް ސްޓޭޓްމަންޓް ބަލާއިރު ފެންނަން އިނދޭ ފައިސާ ޖަމާކުރި އެކައުންޓު ނަމްބާރ…ނަމަވެސް އެ އެކައުންޓު ނަމްބަރުގެ ލާސްޓް ފައިވް ޑިޖިޓް އިންނަނީ ބްލާރ ވެފަ…ނުވަތަ އެންކްރިޕްޓް ކޮށްފަ..ވަރަށް ތަފާތު އިޝޫއެއް.. އަޅުގަނޑު ވެސް އަޖައިބުވެފަ މިހުންނަނީ.. އަދި ދުވަހަކު ވެސް އެއްވެސް މީޙެއްގެ އަދި އެއްވެސް ތަނެއްގެ އެކައުންޓަކަށް މިކަހަލަ ކަމެއް ދިމާވެގެން ކީ އަޑެއް ވެސް ނާހަން.. އެންޑް އަޅުގަނޑަށް ހީވަނީ ފައިނޭސް ޑިޕާޓްމެންޓްގެ ސިސްޓެމްތައް ވެސް ހެކް ވެފަ ހުރި ހެން… އެހެންވެ އައިޓީ ޑިޕާޓްމެންޓް އަށް އެކަން އިންފޯމް ކޮށްލާފަ މިހާރު ވާނީ.. މިޙާރު އެކަމާއި އެބައުޅޭ… މިވަގުތު ފައިނޭންސް ހެޑް އާކިފް ހުންނެވީ ޗުއްޓީގަ..ދެން އޭނާގެ ދަށުން މަސައްކަތް ކުރާ އެސިސްޓެންޓް ހެޑް މައުމޫން މިވަގުތު އެބައުޅޭ..އޭނާއަށް ވެސް އެކަންކަން ނޭނގޭ ކަމަށް ބުނަނީ” ޝުހާދު ތަފްސީލް ދިންހެން އަރްކާންގެ ރުޅިގަނޑު ހައްތަހާވީ އިތުރެވެ. ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގައި އަތް މުއްކަރުވާފައި ޖަހާލިގޮތުން މޭޒަށް ވެސް ގުޑު އަރައިގެން ދިޔައެވެ. އަރްކާންގެ ރުޅި އަކީ އާއެއްޗަކަށް ނުވިނަމަވެސް މިއަދު އެ ރުޅި ދެގުނަވެފައި ހުރިކަން އެނގޭތީ ޝުހާދު ވެސް ހުރީ ބިރުން ހިތް ތެޅިތެޅިއެވެ.
“ނޭނގެއޭ..ކިހިނެތް ތަ ފައިނޭންސިންގް ގެ ކަންތައް އެ ޑިޕާޓްމެންޓުގެ ބޮޑުންނަށް ނޭނގެންވީ.. އާކިފް ކައިރީގަ ބުނޭ ތިއަށް ވުރެން ޒިންމާދާރު ނުވެވެންޏާ ވަޒީފާއިން ވަކިވެގެން ގޭގަ މަޑުކޮށްލާށޭ.. ބާރަ މަސް ދުވަސް ވަންދެން ހިނގި ކަމެއް ރެއަކާ ލާން އަދިވެސް އަވަހެންނު…ޝުހާދު ވީހާ ވެސް އަވަހަކަށް އެކައުންޓް ނަމްބާރ ގެ ތަފްސީލްތައް ހޯދާ..ކޮމްޕެނީގެ އިތުރު އެއްވެސް ސްޓާފަކަށް މިކަން ނާންގާ އަދި ސިއްރުކޮށްފަ ބާއްވާ… މީޑިއާއާއި ހިސާބަށް ގެންދާކަށް ބޭނުމެއް ނުވޭ.. ބައްޕައާއި ހިސާބަށް ވެސް އަދި ގެންދާނެ ކަމެއް ނެތް…މަ އެބަ ބަލަން ބޭންކް ފަޅިން” އިތުރަށް މަޑުކުރުމެއް ނެތި ފޯނު ހިފައިގެން ހުރެ އަރްކާން ބޭރަށް ނުކުތެވެ. އޭނާގެ ފަހަތުން ޝުހާދުވެސް އައިއެވެ. ނަމަވެސް އަރްކާން އަތުގެ އިޝާރާތުން ޝުހާދު ކައިރީގައި ނައުމަށް ބުނުމުން އޭނާ ހުއްޓުނީ ލިއާނާގެ މޭޒުގެ ކައިރީގައިއެވެ.
އަރްކާން މާ ބާރަކަށް ނުކުމެގެން ދިޔަގޮތުން ލިއާނާއަށް ވެސް ތެދުވެވުނެވެ. ހައިރާން ވީ އެ މޫނުމަތިން ފެންނަން ހުރި ރުޅިއަކުންނެވެ. އޭނާ ޝުޙާދުއަށް ބަލައިލަމުން ނިތް އަރުވާލި އިރު އޭނާގެ މޫނުމަތިން ވެސް ފެނިގެންދިޔަ ސީރިއަސްކަމުން ބޮޑު ކަމެއް ވެއްޖެކަން އެނގުނެވެ.
” އައްދޭ އެންމެން ހާދަ ސީރިއަސްވެފަ…ކަމެއް ވީތަ” ލިއާނާ އަހައިލުމުން ޝުހާދު ޖަވާބެއް ނުދީ ހީލުމަކުން ފުއްދާލިއެވެ. އިތުރަށް އެ ވާހަކަ ލިއާނާ އަހައިފާނެތީވެ ފާހާނާއަށް ދިޔުމުގެ ބަހަނާގައި ޝުހާދުގެ އޭނާގެ ކުރިމަތިން ދިޔައެވެ.
”ވަޓްސް ރޯންގް ވިތް ދިސް ޕީޕަލް…އަރްކާން ފާޑެއްގެ ރުޅި ގަނޑެއް ގެންގުޅުނަސް މިއަދު އެއައިސް ހުރި ފޯރިގަނޑު އަދި މާ ވަރުގަދަހެން ހީވަނީ..އާހްހް..ޝުޙާދުވެސް ފޮނިކަމުން ނުބުންޏެއްނު..ހުރެބަލަ މަ ކައިރިއަށް އަޔަސް ހަމަ އެހެން ހަދާނީ ހުހް” ތުންފިއްތާލައިގެން ހުރެ ލިއާނާ ކުދި ކިޔައިގަތެވެ.
****
ލެޕްޓޮޕް ކިހިއްޔަށް ޖަހައިގެން ހުރެ ޒެވިއަލް އައީ އަލާރާގެ ކޮޓަރިއަށެވެ. އޭނާ ވައިން ތަން ފެނިގެން ރައިހާ ވެސް އިންތަނުން ތެދުވިއެވެ.
“ކޮބާ އަލާ” ކޮޓަރިތެރެއިން އަލާރާގެ ހިލަމެއް ނުވުމުން ޒެވިއަލް އަހައިލިއެވެ. ރައިޙާ އިޝާރާތް ކުރީ ފާހާނައަށެވެ.
“މިހާރު ނުކުންނަން އުޅޭނެ…ދަނީ އެނގޭ..ބުނައްޗޭ އަހަރެން ދިޔަ ވާހަކަ ” ރައިހާ ބުނެލި ހިނދު ބޯޖަހާލައިފާ ގޮސް އިށީނީ އޭނާ އާންމުކޮން އައިސް އިންނަ ސޯފާގައެވެ. ބެލްކޮނީގެ ސާފް ވައި ލިބެމުން ދިޔައިރު ހިތައް އާދަޔާއި ހިލާފް ފިނިކަމެއް ދިޔައީ އިޙްސާސް ކުރެވެމުންނެވެ. އަރާމްވި ވަރުން މޫނުމަތިން ވެސް ފެނިލަނީ ލުއި ހިނިތުންވުމެކެވެ. ކޮފީ މޭޒުގައި ބައިންދާފައި އިން ލެޕްޓޮޕުން ފެންނަމުންދިޔައީ ކްލާހެއް ނަގައިދެމުން ދިޔަ މަންޒަރެވެ. މިއީ އޭނާގެ އޮންލައިން ކްލާސް އިންނަ ވަގުތެވެ. ކަންފަތައް އިއާރޕޮޑު ޖަހާލައިގެން ހުރެ ބެލްކޮނީގެ ރެއިލިންގްގައި އަތް އަޅުވާލައިގެން ހުއްޓެވެ. ކްލާހުގައި ކިޔައިދެމުން  ދިޔަ އެއްޗިހި އަޑުއަހަމުން ދިޔަ ނަމަވެސް އޭނާގެ ހިތް ދޫކޮށްލައިގެން ހުރީ ދުރުދުރަށް ދާންދެން ވެސް ފެންނަން ހުރި  ހުދު އަލިތަކުން ޖަރީވެފައިވާ ބިޔަ އުސް އިމާރާތްތަކަށެވެ.
“ވަޓް އަ ކޮންކްރީޓް ޖަންގަލް…”އެއްމިޔަކަނުން ހީލައިގެން ޒެވިއަލް ހުއްޓެވެ. އެހެން ހުއްޓާ ސިހުނީ ފަހަތުން މީހަކު އޭނާގެ ގައިގާ އަތްލުމުންނެވެ.
“އާހްހް ސިއްސައިގެންނޭ ދިޔައީ..އަލާ ވެސް ދޯ…ވެއިޓް ކިހިނެތް މަ މިތާގަ ހުރިކަން އެނގުނީ” ޒެވިއަލް ހުރީ ހައިރާންވެފައި އެވެ. އަލާރާ ލުއި ގޮތަކަށް ހީލީއެވެ.
“ޒެވް.. ޔޯ ސްމެލް.. އައި ނޯ ” އަލާރާ އިސްދޮށައް ޖަހައިލި އިރަށް މޫނުން މަޑުރަތްކަމެއް ވެސް ފެނިލި ހެން ޒެވިއަލްއަށް ހީވިއެވެ. ޒެވިއަލްގެ ހިތައް އާދަޔާއި ހިލާފް ހހިތްހަމަ ޖެހުމެއް އިހްސާސްވި އިރު އަލާރާގެ ހިތުގައި އިޙްސާސްތަކެއް ވަނީބާއޭ ފުރަތަމަ ފަހަރަށް ހީވިއެވެ.
“އަހަންނަށް ރޫމް ތެރޭގަ ހިނގަން އެނގެއޭ…އެކަން އެނގެއެންނު..ކީއްވެ އެއްޗެއް ނުބުނީ.. އަހަންނަށް ޒެވް އެއް ނޯޅޭނެ އޭ ދުވަހަކުވެސް..މްމްމްމް ބައި ދި ވޭ…ވައި ޑޫ އައި ފީލް ލައިކް ދެޓް.. އަމް ދެޓް އައި މީން ޔޫ އާރ ހޭންޑްސަމް”
އަލާރާގެ ޖުމްލައިން މިފަހަރުވެސް ޒެވިއަލްގެ ހިތައް ގޮތެއް ވިއެވެ. އެ މޫނަށް ކަޅި ޖަހައިނުލާ ބެލެމުންދިޔައިރު އެ ރީތިކަމުން ހިތައް އިންތިޙާއަށް ގޮތްވަމުން ދިޔައެވެ. އެގޮތުގައި ހުރެ އަލާރާއާއި ކައިރިވެވުނު އިރުވެސް ޒެވިއަލްއަށް ނޭނގުނެވެ. ހުދުކުލައިގެ ޖިންސާއި ސްވެޓާރ އެއްގައި ހުރިއިރު އިސްތަށިގަނޑު ވެސް ދޫގޮތަކަށް ގަތާލާފައި ގެނެސް ކޮނޑު މައްޗަށް އޮތީ ގެނެސްފައެވެ. މައުސޫމްކަމުން ހިތް ބަންޑުންވާހާ ވެއެވެ. އަލާރާއަށް ނުފެނުނު ކަމުގައިވީ ނަމަވެސް ޒެވިއަލް ކައިރީގައި ހުރިކަން އެނގިއްޖެކަން ޒެވިއަލްއަށް ފަހުމްވީ އެ މޫނުން ޖަންބުކުލަ ފެނުމުންނެވެ. އިޙްސާސްތައް ފުންވަމުން ދިޔަ ޒެވިއަލްއަށް ހޭވެރިކަންވީ ކަންފަތައް ޖަހާފައި ހުރި އިއާރޕޮޑު އިން ލެކްޗަރާރ އޭނާއަށް ގޮވި އަޑު އަހާފައެވެ.
“އާހްހް ޝިޓް..ނަސީބެންނު މަށައް ގޮވިކަން.”ހިތާހިތުން ކިޔަވައިދޭން ހުރި ޓީޗަރަށް ޒެވިއަލްގެ ހިތުގެ އެންމެ ފުނުން ޝުކުރުވެރިވިއެވެ. އޭނާއަށް ނުގޮވިނަމަ ޔަގީނުންވެސް މިރޭ ޅަ އެއްޗެއް އެޅޭނެއެވެ. އެހެން އިންދާ އެކޮޓަރިއަށް ވަދެގެން އައީ އީވާއެވެ.
“ޒެވް ބޭބޭ..މިރޭ މައްސަލައެއް ނެތް ރެސްޓު ކޮށްލަން ދިޔަސް.. އީވް މަޑުކޮށްލާނަން ދޮންތި ކައިރީގަ” އީވާގެ ޖުމްލަ އަހާފައި އަލާރާ މޫނު ބަނަވެގެން ދިޔަގޮތް ޒެވިއަލްއަށް ފެނުނެވެ. އަލާރާ ބޭނުންވަނީ އޭނާ މަޑުކުރަން ހެއްޔެވެ. އަޅެ އެހެން ބުނާނެ ނަމައެވެ. އޭރުން އީވާ ފޮނުވަލާފައި އެ ސޯފާގައި މުޅި ރޭ ވެސް އޭނާ މަޑުކޮށްފާނެއެވެ.
“މްމް އޯކޭ” އަލާރާގެ ފަޜާތުން އުއްމިދުކުރި ފަދަ އެއްވެސް ބަހެއް ނީވި ދާންޖެހުމުން ހިތައް އުނދަގޫވިއެވެ. ލެޕްޓޮޕް ނަގައިގެން  ދާން ހިނގައިގަތް އިރު ވެސް އަލާރާ އެހުރިގޮތައް ހުއްޓެވެ. ހިތިގޮތަށް މޫނު ހަދައިގެން ހުރެ ކަންނެތް ފިޔަވަޅު ތަކެއްގައި ޒެވިއަލް ނުކުމެގެން ދިޔައެވެ.
”ދޮންތީ… އޭމް އައި އިންޓްރެޕްޓިން ސަމްތިން” ޒެވިއަލް އާއި އަލާރާގެ މޫނަށް ވެރިވެގެން ދިޔަ ކުލަތައް އީވާ ރަނގަޅަށް ދުއްޓެވެ. އެކަމާއި ހިނިއަންނަ ގޮތްވެފައި ހުރިއިރު އީވާ ހުރީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ.
އަލާރާ ވަގުތުން ނޫނެކޭ ބުނެ ބަނޑާއި ދިމާލަށް އަތް ނަގައިގެން ހުރެ އެނދާއި ދިމާލަށް ދިޔައެވެ. އަތް ހާކާލަމުން އެނދުގެ ފަޑީގައި ވި ދަގަނޑު ގަނޑު ފާހަގަކޮށް އޭގައި ހިފާލަމުން މަޑުމަޑުން އެނދުގައި އިށީނެވެ.
“ދޮންތީ އަޅެ އަހަރެން ކައިރީގަ ހެލްޕަށް ބުނެބަ.. އަހަރެން މިހުރީއޭ.. ސޮރީ އޭ ދެން ދެކުދިންގެ ވަގުތުކޮޅަށް ޑިސްޓާބް ކޮށްލެވުނީމަ” ތުންދަމާލައިގެން  ހުރެ އީވާ އައިސް އަލާރާގެ ގައިގާ ބައްދާލިއެވެ. އީވާގެ އެ ޅަ އާދައިން އަލާރާގެ ގާތައް ހިނިއައެވެ.
”އެކަހަލަ ކަމެއް ނެތޭ ދޮންތި އާއި ޒެވް ގެ..މްމްމް އީވް ދަސްކޮށްދީބަލަ ވޮއިސް ރެކޯޑިންގްސް ފޮނުވަން މި ފޯނުން…ތަންކޮޅެއް އީޒީ ގޮތަކަށް” އަލާރާ އެދުނެވެ.
“ދޮންތީ ކާކަށް..” ، “ދެން ކިއައި ދީބަލަ..”އީވާ ސުވާލް ކުރަން ފެށުމުން އަލާރާ ކުސްތަޅައިގަތެވެ.

“އޯހް އޯކޭ..ފަސްޓް ބޭނުން ވާ ނަމްބާރ އަށް އޮބާލާފަ އެންމެ ލެފްޓަށް މިއިން ބަޓްން އަށް އޮބާލައިގެން ހުރެލާ..ދެން ކިޔަން ބޭނުންވާ އެއްޗެއް ކިޔާފަ ދެން މެދުގަ މިއިން ފަލަ ބަޓުންއަށް އޮބާލީމަ އޭތި ސެންޑް ވާނެ” އީވާ ކިޔައިދެމުން ދިޔައިރު އަލާރާ ނިކަން ޝައުގުވެރިވެފާ އިނެވެ. އޭނާގެ ބޭނުމަކަށް ވީ ޒެވިއަލްއަށް ވޮއިސް މެސެޖް ފޮނުވުމެވެ. ނަމަވެސް އެ ވާހަކަ އީވާގެ ގާތުގައި ބުނާކަށް ބޭނުމެއް ނުވިއެވެ.
“ޔެސް ޔެސް..ފައިނަލީ ދަސްވެއްޖެ.. ތެންކިއު އީވްކޮޅާ…” ހުރިހާ ދަތެއް ފެންނަ ވަރަށް ހީލިއިރު އެކަމާއި އުފާވެފައި ހުރިވަރު އަލާރާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެހެން އިންދާ އަލާރާ ކުއްލިއަކަށް ރައިހާގެ މަތިން ހަނދާންވިއެވެ.

“ބަޓް އީވް..ދޮންތަ އެބައޮތޭ ވާހަކަ އެއް ބުނަން ވެފަ..ކެން އައި ސްޓާޓް” އަލާރާގެ އުފާވެރިކަން ފޮރުވާލުމަށްފަހު މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން އަހައިލިއެވެ. އީވާ ބުނާށޭ ބުނި އަޑު އިވުމުން އިތުރަށް ލަސްކުޜާކަށް އަލާރާވެސް ނުހަދައެވެ.
“ރައި އާއި އީވްގެ ގުޅުން ގޯސްކަން ދޮންތި އަށް އެނގޭ.. ދޮގު ނުހަދާ ބުނެބަލަ ވެގެން ތިއުޅޭ ގޮތެއް.. ނުވެސް ވާނެ އެންނު ފެމެލީއާއި އެހާ ގާތް ބައެއްގެ ދަރިއަކާ އެފަދަ ގޮތަކަށް ޖައްސާލާކަށް” އަލާރާ ފެށި ޥާހަކައަކުން އީވާގެ މަޖާ މޫޑު މުޅިން ކިލަނބުވިއެވެ.
“މިހާރު ދޮންތަ ކައިރީގަ އޭނަ ކުޓުވާލީ ދޯ.. މަ އެހެންވެ އެ މަންޖެ ދެކެ ފޫހިވަނީ..”
“ނޯ ނޯ ނޯ..ކުރީ ދުވަހު ރައި މި ރޫމަށް އައި ތަނާ އީވް އައިސް އޭނާއާއި ދިމާލަށް ބަވައިލީ ކިހިނެތް.. އެހުރިހާ އިރު ދޮންތަ އޮންނާނެ ސޯފާގަ..އީވް ހީކުރީ ދޮންތަ އޮތީ ނިދާފަ ކަމަށް ދޯ.. ހިތައް އެރި އެ ކުއްޖާ ހާދަ ހިތްވަރުގަދައޭ.. ހަމަގައިމު ވެސް އެއީ މަ ނަމަ ހުރިތަނަށް ރޮވުނީސް.. ދެން އޭގެ ފަހުން މިއަދު ރައި އައީމަ އީވް ހަމަ އެހެން ބަވާލި..މި ރޫމް ދޮރުމަތިން..އަޑެއް އިވިގެން ދޮރު ކައިރިއަށް ދިޔަ އިރު އީވް ހަމަ އެހެރަ ރައި އާއި ދިމާލަށް އެއްޗިސް ކިޔަނީ.. އަހަންނަށް ތަންތަން ނުފެނުނަސް މިހާރު ކޮންމެ ވެސް ވަރަކަށް ރޫމް ތެރޭގަ ހިނގަން އެނގޭ ..ލިވިންގްރޫމަށް ވެސް މީހަކު ގެންގޮސްދީފިއްޔާ އުޅެން އެނގޭ.. ނުފެނުނަސް ދޮރު ކައިރީގަ ހުރި އިރުވެސް އެނގޭ ރައި ހަމަ ވަރަށް ދެރަވާނެކަން.. އެކުއްޖާ ނުބުނެ އޭ އެވަރުން ވެސް އީވްގެ ކުރިމަތީގަ އެކައްޗެއް ވެސް… ކިހިނެތް ވެގެންތަ ތިއުޅެނީ ރައި އާއި ޖައްސާލައިގެން” އީވާގެ ވާހަކަ ހުރިގޮތުން އަލާރާގެ ގާތައް ހުރީ  ރުޅި އަންނަގޮތް ވެފައެވެ. އޭނާއަށް ވާހަކަ ދެއްކުނީވެސް ފުދޭވަރަކަށް ބާރަށެވެ. ދުވަހަކުވެސް އީވާއާއި އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ނުވާތީ ހިސާބަކަށް އުނދަގޫވެސް ވިއެވެ.
“ދޮންތަ ވެސް ބަލާ އޭނާގެ ސައިޑް އެންނު ނެގީ..ބަލާ އީވް އެކަނި ކޮށްލި ވަރު…ރައިހާ ދެކެ ފޫހިވަނީ އެހެންވެ..ހުރިހާ އެންމެ ޖަހައިގަނެ އަމިއްލަ އެދުން އިސް ކުރާނީ.. ވަރަށް ތުއި ވާ އަންހެނެއް..ދޮންތަ އަކަށް ނޭނގޭނެ ދޯ އޭނަ އުޅޭ ފާޑެއް ރާއްޖޭން ބޭރުގަ އުޅުނީމަ..އަބަދު މިގެއަށް އައިސްގެން އުޅޭނީ..އެއްދުވަހު އީވްގެ ރޫމްގަ ހުއްޓަ ފެނުނީ..އެދުވަހު ވީ ގޮތަކީ އީވް ބޭރުން އައި އިރު އެގޭ މީހުން މިގެއަށް އައިސް އުޅުނީ..އެހެންވެ ފޫހިވެގެން ލިވިންގްރޫމްގަ ވެސް ހުންނަން ބޭނުން ނުވެގެން ރޫމްއަށް އައީ.. އައި އިރު އޭނާ ހުރީ ރޫމް ގަ..އީވް ފެނުނީމަ އަދި ބުންޏޭ ތިމަންނަ ޓޮއިލެޓްއަށޭ.. ބަލަ އެ ރޫމް އެކަނިތަ އެ މީހާއަށް ފެނުނީ..ހަމަ އެއްޗިހިތަކެއް އަތުލާ ގަންނާށޭ ވަދެ އެހުރީ..މަ އޭނާ އަތުގަ ހިފާފަ ރޫމުން ބޭރަށް ހޫރާލީ..ގޭގަ ބައިވަރު މީހުން އުޅޭތީ ބައްޕައަށް ބަލާލި ތަންކޮޅަށް މަޑުން ހުރީ އެހެން ނޫންނަމަ ހޭ އަރުވާލާނަން… އޭނައާއި އޭނާގެ ބައްޕަ އުޅެނީ އަހަރެމެންގެ ބައްޕަގެ ބޮލަށް ތެޔޮ އަރުވާލައިގެން މި މުދާ ގަނޑާއި ފައިސާއަށް ދަހިވެތިވެގެން އަތުލައިގަންނަން..ވަރަށް”
“އީވާ” އީވާ ފުރިހަމަ ކުރަމުން އައި ޖުމްލަ ހުއްޓުމަކަށް އައީ މުޅިތަން ގުޑައިގެން ދާ ފަދަ ބާރު އަޑަކުން އޭނާއަށް ގޮވާލި އަޑާއި އެކު ވަރުހުރި އެތިފަހަރެއް އޭނާގެ މޫނު މައްޗަށް އަރައިގެން ދިޔުމުންނެވެ. ވީ ތަދުން މޫނުމައްޗަށް އެނބުރުން އަރައިގެން ދިޔަ އިރު ދެފައިވެސް ބިންމަތީގާ ހަރުލާ ގޮތެއް ނުވިއެވެ. މޫނުމަތީގައި އަތް އަޅުވާލައިގެން ހުރެ ލަސްލަހުން މޫނު ހިއްލާލި އިރު ރުޅި އައިސް ރަތްވެފައި އެހުރީ އަޒީޒެވެ. އޭނާގެ ކައިރީގައި ދިނާޔާ ހުރި އިރު އޭނާގެ މޫނުމަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

***

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

އެ އަންހެން ކުއްޖާ 02

Next

ފުރާނައިގެ ދިރުމޭތިއީ 2

Next
February 7, 2025

ފުރާނައިގެ ދިރުމޭތިއީ 2

Previews
February 6, 2025

އެ އަންހެން ކުއްޖާ 02

21 Comments!

  1. Yumna zaki says:
    February 6, 2025 at 11:28 pm

    Vvvvvvv salhiiii
    Mihaaru mashah hamaa eeva dheke rulhi aadheveny
    Ehera ikhey gothakun
    Missed vehje kayaan

    1. Anonymous says:
      February 9, 2025 at 11:41 am

      VAAHAKAIGE NAME ADHI SALHI KOlhinama

      mihaaru in gothun kuda odd kameah eba huri

    2. ANNONYMOUS says:
      February 9, 2025 at 11:50 am

      VAAHAKAIGE NAME ADHI SALHI KOlhinama

      mihaaru in gothun kuda odd kameah eba huri

    3. Shauna says:
      February 10, 2025 at 10:54 am

      Mmm for me gulhey
      Focus innany zev r ala ahnu.. ala is blund and sev is there for her 24 hours ah
      So
      It is related

    4. Shauna says:
      February 10, 2025 at 10:54 am

      Blind*
      Zev*

  2. cutie girl says:
    February 6, 2025 at 11:29 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it upthey
    arkaan and liaa gulhuvachey
    rai and kayaan khineh vee
    alaa and zev ves gulhuvachey
    they all are made for each other
    whats wrong with eeva
    i appreciate your hard work
    your my fav author
    love you annora

  3. Detective Choco says:
    February 6, 2025 at 11:50 pm

    EV(il)A 😈 v salhieyyy inge 🤍

    1. Lahu says:
      February 6, 2025 at 11:55 pm

      Ahhaha salhi igey 🤣🤣😭😭😭

      Annnsss vvvv reethi
      Avas igeyyyy next part 😭😭😭

  4. Lam’aa says:
    February 6, 2025 at 11:51 pm

    What the hell eevaaaaa😒😒😒 cmon i thought eyna eii javaa hireh kamah at the end she became janavaaru
    Aaiii i have this bad feeling .. i mean somehow. Eyna r enemies thakaa connect vefa in hen

  5. Shayerrr 💞 says:
    February 6, 2025 at 11:53 pm

    Vvv reethi igey
    Hama cant wait next part ah
    Avaskohla dheythi igey dhoonyaa
    We do understand authors hardwork and bxy schedule
    Thihaa burakon ulhemun ves vaahaka continue kuraathee varah ufaa kuran… ma sha allah my gurllll🥰🥰🥰💕💕💕💕💕

  6. Ghost girl 👻 says:
    February 7, 2025 at 12:16 am

    Maaiy kalaakkoa dhen kihineh baa vaani curiously waiting for the next part vrh reethi mi part ves I love this 😍

  7. gurrrrl says:
    February 7, 2025 at 12:21 am

    Vrh salhi mi part ves EVA the hell
    I heekuree vrh rangalhu kuhjeh kamah aahiruga nimigen dhiya iru Eva badhah vi evil ah hahaha
    Btw Lia n Arkaan gulhivahche alaa n zev ves vrh nice I appreciate your hard work cant wait for next
    Ly annora U are one of my fav

  8. Kudu says:
    February 7, 2025 at 9:04 am

    Kiriyaa hama zev salaamai v 🫢🫢😳😳🥰🥰
    Vvvvv salhiiiiiii
    ❤️

  9. Shimmer says:
    February 16, 2025 at 10:01 pm

    Vaahaka hama 💯💯
    Now I think Eva is the devil who is plotting against alaa
    Let’s c what happens
    Pls next part avas kohlabala

  10. Annora says:
    February 17, 2025 at 5:56 pm

    assalam alaikum.. vaahaka continue kurumugai lasthakeh annamun dhaathii hurihaa kiyuntheringe arihun ves nihaayathah maafah edhen.. mihen dhimaa vee alhugaduge exam feshigen ulheythy…exam there ah vee nama ves alhugadu v try kurin vaaahaka continue kureveytho..bt free time eh nulibeythy i coudnt.. insha allah exam nimunuhaa avahakah kurin upload kuramun dhiya gothah weekly 2 episodes up kuramun dhaanan… once again really sorry..
    lots of love from me dear readers… <3 🙂

    1. Anonymous says:
      February 22, 2025 at 7:57 am

      Its okey good luck to your exam

  11. Eelam.. says:
    February 27, 2025 at 4:43 pm

    Btw annora when’s the next??????????

  12. Anonymous says:
    March 5, 2025 at 6:08 pm

    Annora kon irakun next ep

  13. storylover says:
    March 8, 2025 at 6:55 pm

    annora when is the next part? curiously waiting…

  14. Anonymous says:
    March 9, 2025 at 12:51 pm

    When is the next part??
    Curiously waiting

  15. Ghost girl 👻 says:
    March 9, 2025 at 8:39 pm

    Annora when’s next???? Curiously waiting

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 20 & 21←


All Right Reserved!